“އަޒްހާން….” އެ ނަން ހައިރާގެ ދުލުން ބޭރުވީ ބޭއިޙްތިޔާރުގައެވެ. އޭނަގެ ކުރިމަތީގައި ހުރީ އަޒްހާންނޫންކަން އިނގިހުރެވެސް އެ ނަމުން ގޮވާލެވުނީ އެ ސޫރައާއިއެކު އޭނަގެ ހިތުގައި މަރުހޫމް ފިރިމީހާގެ ހަނދާންތައް އާވެގަތުމުންނެވެ. އެއީ ހަމަ އެ ސޫރައެވެ. ރޫފައާއި އިސްކޮޅެވެ. ތަފާތުކަމެއްވީ އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުރި ބީރައްޓެހި ނަޒަރުގައެވެ.
“ދަރިފުޅާ… ޒެލް….” ހައިރާގެ ފިޔަވަޅުތައް ގަނޑުވީގޮތަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅިފައި ހުރެފައި ދެލޯ ތެންމާލިކަރުނަތަކާއިއެކު ދުވެފައި އައިސް ހައިޒަލްގެ ގައިގައި ބައްދައިގަތެވެ. ދުރުން ބަލައިގެން އޭނަ ކެތްކޮށްގެން ހުއްޓަސް ކުރިމަތީން އެ މައުސޫމް މޫނު ފެނިއްޖެނަމަ އޭނަގެ ހިތްވަރުދޫވެދާނެކަމާއިމެދު ހިތުގައި އުފެދިފައިވާ ބިރުވެރިކަން ތެދަކަށްވެގެން ދިޔައެވެ. ނަމަވެސް އޭނަގެ ފަރުވާލެެއްނެތެވެ. ފަރުދާގެ ފަހަތުގައި ފޮރުވިގެންހުރެ އަމިއްލަ ހިތާމަތައް ވަންހަނާކޮށްގެން އޭނައަށް ލައްކަދުވަހު އުޅެވިއްޖެއެވެ. މިއަދު އެ ދަރިފުޅު ދިޔަދީފިނަމަ އޭނައަށް މުޅި އުމުރަށް ހިތާމަކުރަން ޖެހިދާނެއެވެ. ހައިރާ ހައިޒަލްގެ ނިއްކުރިއާއި މޫނުގައި ބޮސްދެމުން ރުޔެވެ. އެހަރަކާތުން ސިހުނު ހައިޒަލް ދޮރުފަތުގައި އަތްވިއްދާލިއިރު އެ މޫނުމަތީން ހައިރާންކަން ފާޅުވިއެވެ. ހައިރާގެ މި ހަރަކާތްތަކުން އޭނައަށް ހުރެވުނީ ވާނުވާ ނަގައިގަންނަން ނޭނގިފައެވެ.
“ދަރިފުޅު… ހަމަ އައީތަ….” ހައިރާ ހައިޒަލްގެ މޫނުގައި ދެއަތުން ހިފާފައި ބަލައިލީ ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. މިއީ އޭނައަށް ފެންނަ ހުވަފެނެއްބާވައެވެ. ނޫނީ އޭނަގެ ދުއާތައް އިޖާބަވެގެން އޭނައާއި ބައްދަލުކުރީހެއްޔެވެ؟
“ދަރިފުޅާ… މަންމައަށް މައާފުކުރޭ… ދަރިފުޅު ދޫކޮށްލައިފައި އާދެވުނީތީ…. ދަރިފުޅު ހޯދަން މަސައްކަތްނުކުރެވުނީތީ… މަންމައަށް މައާފުކުރޭ… މަންމައަކީ ދަރިފުޅުގެ ކުށްވެރިއެއް…” ކޮންމެ ޖުމްލައަކާއިއެކު ހައިރާގެ ރުއިން ބާރުވަމުން އައިސް ހައިޒަލްގެ ޓީޝާޓުގައި ހިފާލެވިފައި ދެއަތަށް ބާރުކުރަމުން ފައިގެ ވަރުދޫވެފައިވާފަދައިން ބިންމައްޗަށް ތިރިވިއެވެ. އަޑުން އަޑުނަގައި ރޮއެގަންނަމުން ހައިރާ މޭމަތީގައި ގޮށްމުށުން ތަޅައިގަތެވެ. އޭނަގެ މާޒީ ހިނދުކޮޅަކަށް ލޯމަތީ ކަޝްފުވެ އޭނައަކީ ދަރިފުޅުގެ މައާފު ހައްޤުވާވަރަށްވުރެ ބޮޑު އަނިޔާވެރިއެއްކަން ވިސްނައިދީފިއެވެ. އޭނައަކީ އަމިއްލަ ނަފްސުގެ ސަލާމަތާއިމެދު ބިރުހީވެ އަލިފާންގަނޑުގެ ތެރެއަށް ދަރިފުޅު ދޫކޮށްލައިފައި ފިލި ރަހުމްކުޑަ މައިމީހާއެވެ. ޒުވާންވެގެން އަޔަސް އެ ޝަކުވާ އެދަރިފުޅުގެ ހިތުގައި އޮންނާނެއެވެ.
މުޅިތަން ކަރުނައިގެ ކޯރަކަށް ގެނބިގެންދިޔަވަގުތު ހައިޒަލް ހައިރާއާއި އެއްހަމަޔަކަށް ތިރިވެ އިނދެފައި ވަރުދޫވެފައި އެހަށިގަނޑު ގެނެސް މޭގައި ލައްކޮށްލިއެވެ. އެކަރުނަތަކުން އޭނަގެ ހިތަށްވެސް އެތައް އަސަރެއްކޮށް ލޯތެމިފައިވިއެވެ. ހިތަށް އަސަރުކޮށްފައިވިއެވެ.
“މަންމަ…” ހައިރާގެ ގެނެސް އަތުގެ ތެރެއަށްލަމުން ހައިޒަލް ނައިނާއަށް ބަލާލަމުން ކިޔާލިއެވެ. ބޮޑަށް ހީވީ އޭނަގެ ލޯމައްޗަށް ފެންނަމުންދިޔަ މަންޒަރު ޤަބޫލުނުކުރެވިގެން ސުވާލުކުރީހެންނެވެ. އޭނަވަނީ މަންމަގެ މަހާނަ ދެކިފައެވެ. ވެލީގެދާނުގައި މަންމަ ވަޅުލެވިފައިވާކަން އަމިއްލަ ނަފްސަށް ވިސްނައިދީގެން ހުއްޓާ ހާމަވެގެންދިޔަ ހަޤީގަތް އޭނަގެ ސިކުނޑިއަށް ޒަލްޒަލާއެއް ގެނުވައިފިއެވެ.
މަންމައާއި ދަރިފުޅަށް ފުރުސަތުދީގެން އެ މަންޒަރު ދެކެން ފެންކަޅިވެފައިހުރި ނައިނާ ބޯޖަހާލިއެވެ. އެ ކުޑަ ހަރަކާތާއިއެކުވެސް ހައިޒަލްގެ މެޔަށްތޫނު އެއްޗަކުން ހަމަލާދިންފަދައެވެ. އޭނަ ލޯމަރާބާރުކޮށްލިއިރު ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގަތެވެ. ދުވަހަކު ނުފެންނާނޭކަމަށް ހީކޮށްގެން ހުއްޓާ މަންމަ ފެނުމުން އޭނަގެ ހިތަށް ކުރީ ފުން އަސަރެކެވެ. މަންމާއޭ ކިޔާފައި އެ އުނގުތެރޭގައި ފޮރުވިގަންނަން ހިތް އެދުނެވެ. މިހުރިހާ ދުވަހު އޭނަ ހުރިތަނެއް ހޯދަން ނޫޅުނީތީ ޝަކުވާކުރަން ބޭނުންވިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މަންމަގެ ލޯތްބަށް އެދި އެ ޒުވާން ހިތް ރުއިވަރު ދެވަނަ އިންސާނަކަށް ނޭނގެެއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ލިބިމެ އޭނަ ބޭނުންވީ ލޯބިންވީ މަޙުރޫމްވެފައެވެ. މަންމައެއްގެ ލޯބި ނުލިބި އޭނަ ބޮޑުވެގެންއައިރު މަންމަގެ ފަޅުކަން އިހުސާސްނުކުރެވޭ އެންމެ ސިކުންތުކޮޅެއްވެސް އޭނަގެ ދިރިއުޅުމުގައި ނާދެއެވެ. މަޔެއްގެ ލޯތްބަަށް އޯގާތެރިކަމަށް އެހިތް ކަނޑަނޭޅި އެދުނެވެ. ނަމަވެސް އެހުރިހާ ދުވަހު އޭނައަށް އެލޯތްބަށް އުންމީދުކުރެވުނީ ހިލޭ މީހެއްގެ ފަރާތުންނެވެ. އޭނަ އުފަންކުރި މައިމީހާ ދުނިޔޭގައި ހުރެވެސް ވީ މަރުވެފައެވެ. މައިވަންތަކަމުގެ ލޯބިން އޭނަ މަރުހޫމްކޮށްލައިފައި މާދުރަށް ގޮސްފައެވެ. މިއަދު މަންމަ އެތައްދުވަހެއްފަހުން އައިސް އޭނަގެ މުޅި ދުނިޔެ ހުއްޓުވާލައިފިއެވެ.
“ކީއްވެ މިހުރީ ދުވަހު އަޅުގަނޑު ހޯދަން މަސައްކަތްނުކުރީ…” ހައިޒަލް ހިންދިރުވާލިއެވެ. އަލްްހާން އޭނަގެ ސިކުނޑިއަށް ވިހަލާން ހަދާލި ވާހަކަތައް ހަޤީޤަތަކަށްވެގެން އައިސް އޭނައާއި ބައްދަލުކޮށްފިއެވެ. އޭނަގެ ހިތުގައި މަންމަގެ މައްޗަށް އެރޭ އުފެދުނު ހުރިހާ ޝަކުވާތަކެއް އަލުން އަނބުރާ އައިސް އޭނަގެ ހިތް ފުރާލައިފިއެވެ. އެ ސުވާލުތަކުގެ ޖަވާބު އޭނަ ބޭނުމެވެ. މިހުރިހާ ދުވަހަކަށްފަހު އެގޮތަށް އައުމުން މަންމަގެ ގޮތުގައި ޤަބޫލުކުރެވުނަސް މައާފުކުރުމަކީ ފަސޭހަކަމެއްނޫނެވެ. މަންމަގެ ސަބަބުން އޭނަ އެތައް ވޭންތަކެއް ތަހައްމަލްކޮށްފިއެވެ. މަންމަ އޭނަ ގާތުގައި ހުރިނަމަ އޭނަގެ ދިރިއުޅުން ކަށިކުނބުރުގެ ހާއްޔަކަށްނުވީހެވެ.
“ދަރިފުޅުގެ އަމާން އޮމާން ހަޔާތުގެ ތެރެއަށް ވަންނަން މަންމަ ބޭނުންނުވީ… ހުރިހާ އުފަލެއް ލިބިހުރެ ދަރިފުޅު ބޮޑުވާން ބޭނުންވާތީ ހިލައަށްވުރެ ހިތް ހަރުކޮށްފައި މަންމަ ދުރަށްދިޔައީ… މަންމައަކީ އަޅާލާނޭ އެއްވެސް މީހެއް ނެތް މީހެއް… މަންމަގާތު ދަރިފުޅު ބަހައްޓައިގެން ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދެވޭނޭކަމުގެ އެއްވެސް ޔަގީންކަމެއް މަންމައަކަށް ނެތް… ދަރިފުޅުގެ މުސްތަޤުބަލު ހަލާކުކޮށްލާހާ އަމިއްލަ އެދުން ބޮޑު މަޔަކަށްވާން މަންމަ ބޭނުންނުވީ… ކިހިނެތް އިނގޭނީ ރަނގަޅަކަށް ކަމަށް ހީކޮށް ދަރިފުޅު ދޫކޮށްލެވުނީ ޖަނަވާރުންނަށްވުރެ ނުބައި ބައެއްގެ އަތްމައްޗަށްކަމެއް… ބަނޑުއަޅާ ވިހޭ ދަރިފުޅު ހަވާލުކުރެވުނީ ދަރިފުޅުގެ ބައްޕަގެ ގާތިލުންގެ އަތްމައްޗަށްކަމެއް….” ހައިރާގެ ލޮލުގެ ތެރެއަށް ގިނަވި ކަރުނަތަކާއިއެކު ވޭނީ އާހެއް ދޫކޮށްލަމުން ތުންފަތުގައި ދަތްއަޅާލިއެވެ. އެތައް އަހަރެއްފަހުން ހަމަލޮލަށް ދަރިފުޅު ފެނުމަށްފަހު ލިބުނު އުފާކޮޅު އެ ސުވާލުތަކުން ފެނަށް ހަދާލައިފިއެވެ. އޭނައަށް މައާފު ހައްޤުވެގެންނުވާކަން ދަރިފުޅު އަންގައިދިނީއެވެ. އޭނަގެ ހިތްހަލާކުވިޔަސް ޝަކުވާއެއްނެތެވެ. އޭނަ މިންވަރުފުޅަށް ޝުކުރުކުރާނެއެވެ.
“މިވީ 21 އަހަރުގެ ތެރޭގައި ދަރިފުޅުމަތީން މަންމަ ހަނދާންނެތުނު އެންމެ ހިނދުކޮޅެއްވެސް ނާނދެ… ދަރިފުޅާއިނުލާ މަންމަގެ ދިރިއުޅުންވީ ހުއްޓިފައި… ދަރިފުޅާއިއެކު މަންމައައީ ހިތްވެސް ދޫކޮށްލައިފައި… ކޮންމެވެސް ދުވަހަކުން ހަޤީޤަތް އިނގިގެން ދަރިފުޅު މަންމަ ހޯދަން އަންނާނޭކަމުގެ އުއްމީދުގައި މަންމަ ދުވަސްތައް ގުނީ… މިއަދާއި ހަމަޔަަށްވެސް މަންމަ ދިރިމިހުރީ ދަރިފުޅާއި ބައްދަލު ކުރެވޭނޭ އިރެއްގެ އިންތިޒާރުގައި… ކޮންމެ ނަމާދެއްގެ ފަހަތުގައި މަންމަ ކުރި ހުރިިހާ ދުއާއެއް ގުޅިފައިވީ ދަރިފުޅާ… ހިތްހަލާކުވިޔަސް މަންމަ ކެތްތެރިވީން… އިނގިދިޔަ ހަޤީގަތާއިއެކު ދަރިފުޅުގާތަށްދާން މަންމައަށް ނުކެރުނީ… ދަރިފުޅުގެ ހިތް މަންމަގެ މައްޗަށް ރަނގަޅުނުވާނެކަން އިނގޭ… މަންމަ ދޫކޮށްލައިފައި ދިޔަސް، ކުށްވެރިކުރިޔަސް މަންމަ ޝަކުވާއެއްނުކުރާނަން…. އެކަމަކު މަންމައަށް އެންމެ ކަމެއްކޮށްދީ… ޒެލްގެ ދުލުން މަންމާއޭ ކިޔާފައި ގޮވާލަދީ… އެންމެފަހަރަކު….” ހައިރާގެ ހައިޒަލްގެ މޫނުގައި ހިފަހައްޓާލިއިރު އެލޮލަށް ބޮޑިވެފައިވީ ކަރުނަތަކާއިއެކު ތުންފަތް ރޫރޫއަޅަމުންދިޔައެވެ. ކަރުނުން ލޯފުސްވަމުންދިޔައިރު ހައިރާ އެ މޫނަށް ބަލަމުންދިޔައީ ކޮންމެ ސިފައެއް ދަސްކުރަން ބޭނުންވެފައި ހުރެއެވެ. މިއީ އޭނަ އެދުވަހު ދޫކޮށްލައިފައި އައީ އޭނަގެ ކުޑަަދަރިފުޅެވެ. ލޮލުގެ ފިނިކަމެވެ. މަރުހޫމް ފިރިމީހާގެ އެންމެ ފަހު ހަނދާންނެވެ. އޭނައަށް ނުފެނިހުރެ އެ ތުއްތު ދަރިފުޅު ފުރާފުރިހަމަވެ ރީތިކަމުގެ ދެވަނައެއް ނެތްފަދަ ޒުވާނަކަށްވެއްޖެއެވެ.
“މަންމާ…” ހައިރާގެ ކަރުނުން ފުރެމުންދިޔަލޮލާއި ނަޒަރު ހަމަކޮށްލައިގެން ހުރެ އެއަޑުން ގޮވާލުމާއިއެކު ހައިރާގެ ހިތުގައިވާ ހުރިހާ ޒަހަމެއް ފަސޭހަވެގެންދިޔަފަދައެވެ. އޭނަގެ ހިތަށް އެތަށް ދުވަހެއްވާންދެން ނުލިބިވީ ހުރިހާ އުފަލެއް އެކުވެގެން އެ ހިތް ފުރާލިފަދައެވެ. ހިތަށް ލިބުނު އުފާ ކަރުނައިގެ ގޮތުގަައި ލޮލުން ފައިބައިގަތްއިރު ބަހެއް ބުނަން ނުކުޅެދުނެވެ. ކުރިއަށް ފިޔަވަޅެއް އަޅާލިގޮތަށް ތުއްތުކުއްޖެއް ފަަދައިން ހައިރާ އެއަތުގެ ތެރޭގައި ހައިޒަލް ފޮރުވާލިއެވެ.
“އަލްހަމްދުލިއްލާހް… މަންމަގެ ހުރިހާ ދުއާއެއް އީޖާބަކުރައްވައިފި… މިހާރު ލޯމަރާލަން ޖެހުނަސް މަންމަ ލޯމަރާލާނީ އުފަލުން… ހިތްހަމަޖެހިގެން ހުރެ….” ހައިޒަލްގެ ބޮލުގައި ފިރުމާލަމުން ހައިރާއަށް ބުނެވުނެވެ. އެއާއިއެކު ހަައިޒަލް މަންމަގެ ހަށިގަނޑުގެ ހޫނުކަން ހޯދަން ހުރެފައިވެސް ދުރުވެލިގޮތަށް މަންމަގެ އަނގަމަތީ އަތްއެޅިއެވެ. ވަކިވާ ވާހަކައަކީ އޭނަ އެއްގޮތަކަށްވެސް އަހަން ބޭނުންވާ ވާހަކައެއްނޫނެވެ. އޭނަގެ ދުއާއަކީ އޭނަ މަރުވަންދެންވެސް ލޯބިވާ މީހުން އޭނައާއިއެކީގައިވުމެވެ. އެއްވެސް މީހަކު އޭނައާއި ވަކިނުވުމެވެ.
“މަންމާ… ވަކިވާވާހަކަ ނުދައްކަފާނަންތަ… ބައްޕަ އަޅުގަނޑާއި ވަކިވުމުގެ ފަޅުކަން އިތުރުވާކަށް ނޭނދެން… މަންމަގެ ލޯތްބަށްވުރެ އަޅުގަނޑު އެދޭކަމެއްނެތް… މަންމަ ދޫކޮށްލައިފައި ދިޔުމަކީ އަޅުގަނޑު ކުރާނޭކަމެއްނޫން…. މަންމައަކީ ކުށްވެރިއެއްނޫން… މަންމަ އެގޮތަށް ކަންތައްކުރަން ޖެހުނު ސަބަބެއް އޮންނާނެ… ދިރިހުރެ މަރުވެފައިވީމީހެއްގެ ގޮތުގައި ދުނިޔޭގެ ލޯތަކަށް ސިއްރުން އުޅުނު ސަަބަަބަކީ ކޮބާ؟” ހައިޒަލްގެ ކޮންމެ ޖުމްލައާއިއެކު ކަރުނައިގެ ތެރެއިންވެސް ހައިރާގެ ދެލޯ ވިދަމުންދިޔައެވެ. އެއިން ކޮންމެ ޖުމްލައަކުން ހައިރާގެ ހިތްފުރި ބަންޑުންވިއެވެ. ދަރިފުޅުގެ ލޯބި އިހުސާސްވެ އޭނަގެ ހުރިހާ ހިތާމަތަކެއްވެސް އޭނަ ދޫކޮށްލައިފައި މާދުރަށް ދިޔަފަދައެވެ.
ހައިޒަލްގެ ހިތުގައި ސުވާލު އުފެދިފައިވިއެވެ. ދިރިއުޅުމުގައި “މަޖުބޫރު” އެ ބަހުގެ ނުފޫޒުގަދަކަމާއިއެކު ދިރިއުޅުމެއް އެފުށްމިފުށަށް ޖަހާލަން ކުޅޭ ރޯލް އޭނައަށް އިނގިފައިވެއެވެ. އޭނަގެ ހިތް ބުނަނީ މަންމަވެސް އެ ނިންމުން ނިންމަން މަޖުބޫރުވި ސަބަބެއް އޮންނާނޭކަމަށެވެ. ހުދު އޭނައަށްވެސް މަޖުބޫރުވެގެން އަމިއްލަ ހިތާއި ދެކޮޅަށް ދިރިއުޅުމުގައި އެތައް ނިންމުންތަކެއް ނިންމިއެވެ. ކުށަކާއިނުލާ އޭނަދެކެ ލޯބިވަމުން އައި މައުސޫމް އަންހެންކުއްޖެއްގެ ހިތްހަލާކުކޮށްލިއެވެ.
ހައިރާ ހައިޒަލްގެ އަތުގައި ހިފައިގެން އެޕާރޓްމެންޓަށް ވަދެ ސޯފާގައި ބޭންދިއެވެ. އެއީ ވަރަށް ހަމަޖެހިގެންނޫނީ ނުދެއްކޭނޭ ވާހަކަތަކެކެވެ. މިހާތަނަށްވެސް އެއީ ހައިރާގެ ދުލުގައި ތަޅުއަޅުވާ ވާހަކަތަކަކަށްވިޔަސް އަހަރުތަކަށްފަހު އެވާހަކަތައް ދުލުގެ ކުރިއަށް ގެންނަން ހައިރާ ތައްޔާރުވިއެވެ. ދަރިފުޅަށްޓަކައެވެ. އަދި ހަމަ އެހެންމެ އެއީ ނައިނާއަށްވެސް އިނގެންޖެހޭ ވާހަކަތަކަކަށް ވާތީއެވެ.
“މިހުރިހާ ދުވަހު ހުރިހާ އެންމެންނަށް ސިއްރުކޮށްގެން ކިހިނެތް ދައްތާ؟ ކީއްވެ ދައްތަގެ ނަމަކީ ހައިރާއޭ ބުނީ…” ހައިލާގެ ބޮޑު ސިއްރު ފަޅާއެރުމުން ޝޮކެއްގައި އިން ނައިނާ ސުވާލުކުރިއެވެ. މިހުރިހާ ވަގުތު އެ ސުވާލުތައް ސިކުނޑީގެ ހަމަޖެހުން ނަގާލިޔަސް ހައިޒަލްއާއި ހައިލާއަށް ވަގުތުދޭންވެގެން އެސުވާލުތައް ކުރުން އޭނަ ލަސްކޮށްލީއެވެ. ނަމަވެސް ހައިލާ އެހާ ކުޅަދާނަކަމާއިއެކު އެކަން ކުރިގޮތެއް އޭނައަށް ވިސްނައިގަންނާކަށް ނޭނގުނެވެ. ހައިލާފަދަ އެންމެންދަންނަ މީހަކަށް ޝަހްސިއްޔަތު އޮޅުވާލުމަކީ ފަސޭހަކަމަކަަށްނުވާނެެއެވެ. ހައިޒަލްވެސް އެވަގުތު ހައިލާގެ މޫނަށް ބަލާލީ އެސުވާލުގެ ޖަވާބު ބޭނުންވެފައި އިނދެއެވެ.
“އެނަމުން ދައްތައަށް ގޮވޭހާ ހިނދަކު އެހަނދާންތަކުން ދައްތަގެ ހިތް ފިސްކުރާނެކަން އިނގޭތީ… އެކަމާއި ދުރަށްދާން ބޭނުންވާތީ… އާ ދިރިއުޅުމެއް ފަށަން ބޭނުންވާތީ ދައްތަ އާނިޔާގާތުގައި އެ ނަން ސިއްރުކޮށްދޭން އެދުނީ… ހައިރާއަކީ އާނިޔާ ކިޔަންފެށިނަމެއް… އާނީއަކީ ވަރަށް މާތް އިންސާނެއް… މިހުރިހާކަމެއްގައި މަންމައަށް އެންމެ ބޮޑަށް އެހީވީ ނައިނާގެ މަންމަ އާނިޔާ… އާނީގެ އެހީއާއިއެކު މަންމަ ދެވަނަފަހަރަށް ދުނިޔެއަށްނޭވާލީ އެހެންމީހެއްގެ ގޮތުގައި… މާޒީގެ ހަނދާންތަކާއިއެކުވެސް ދިރިއުޅުމައިގެން ކުރިއަށްދާން މަންމަ މަސައްކަތްކުރީން… ހައިލާގެ ހިޔަނިން ފިލަން ކުރެވެން ހުރި ހުރިހާކަމެއް މަންމަ ކުރީން… މީހަކަށް ޝައްކެއްވެދާނެއަތީ މީހުންގެ ތެރެއަށް ނިކުމެ އުޅުމަކީ އެ ދުވަހުން ފެށިގެން މަންމަ ކުރިކަމެއްނޫން… ބައްޔެއްވިޔަސް ފަރުވާހޯދީ އާނީގެ ފަރާތުން… ދިރިއުޅުމުގެ ބައެއް ޒަރޫރީ ބޭނުންތަކުންވެސް މަންމަ މަހުރޫމްވީ… މަންމަ ދިރިހުރިކަން އެއްވެސް މީހަކަށް އަންގަން މަންމަ ބޭނުންނުވީ… ދަރިފުޅަށް ނޭނގުނަސް ބައްޕަގެ ގާތިލުންގެ ދެވަނަ އަމާޒަކީ މަންމަ… އެމީހުންގެ ލޯމައްޗަށް ފިލައިގެން އުޅުމުގައި މަންމަ އުމުރުގެ ގިނަދުވަސްތައް ހޭދަކުރީ…” ހައިލާގެ ފަހު ޖުމްލައާއި އެކު ހައިޒަލްގެ އަތްމުށްކެވުނެވެ. ހަށިގަނޑުގެ ތެރޭ ހުޅުފަޅައިއެރި ހޫނު އަލިފާނުން ޖިސްމުގައި ހުޅު ރޯވިއެވެ. މަންމައަށް އެހާލުޖެއްސި މީހުންގެ ފުރާނަ ނަގާލަން ޝައިތާނާ އޭނައަށް ވަސްވާސް ދިނެވެ.
މާޒީވެ ދުވަސްތަކުގެ ވާހަކަތައް ކިޔައިދެމުންދިޔައިރު އިހުތިޔާރަކާއިނުލާ ހައިލާގެ ލޯތެމެމުންދިޔައެވެ. ވާހަކަދައްކަން އުނދަގޫވިޔަސް އޭނަގެ ދެފަރާތުގައި އިށީދެލައިގެން ތިބި ހައިޒަލްއާއި ނައިނާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ހައިލާ އެވާހަކަކިޔައިދެމުންދިޔައެވެ. އެއާއިއެކު އޭނަގެ ހިޔާލަށް އެދުވަސްތައް އަންނަމުންދިޔައެވެ. އެންމެ ފުރަތަމަ އާނިޔާއާއި ބައްދަލުވިގޮތެވެ. އާނިޔާގެ އޯގާތެރިކަމާއިއެކު ވީރާނާވެފައިވާ އޭނާގެ ހަޔާތް އާރާސްތުވެގެންދިޔަގޮތެވެ. ދައްތައެއްގެ މަޤާމު ފުރަމުން އައިސްފައި ވަދާއުގެ ސަލާމްކޮށްލުމެއްނެތި ނައިނާ ބިކަކޮށްލުމަށްފަހު އާނިޔާ އޭނަ ދޫކޮށްދިޔަގޮތެވެ. އެދުވަހު އޭނަ މުޅިން މާޔޫސްވެގެންދިޔައިރު އޭނައަށް ލިބުނު ހިތްވަރަކީ އޭނަގެ އަތްމައްޗަށް އާނިޔާ ދޫކޮށްފައިދިޔަ އަމާނާތެވެ. ޒުވާންވަމުން އައި ނައިނާއެވެ. ހަޔާތަށް ބިންދާލި ބޮޑު ރާޅާއިއެކު އޭނަ ވެއްޓުނުވަގުތު އަލުން ކޮއްޅަށް ތެދުވީ ނައިނާއަށްޓަކައެވެ. އޭނަ ބަންދުވެފައިވާ ތޮށި ފަޅާލުމަށްފަހު ނިކުމެ ދުނިޔެއާއި ކުރިމަތިލީ ނައިނާއަށްޓަކައެވެ. އޭރު އަހަރުތައް ފާއިތުވެ އޭނަގެ ބުރުސޫރައާއި ބައްޓަން ރީތި ހަށިގަނޑަށްވެސް ބަދަލުތަކެއް އައިސްފިއެވެ. އެކަމުގެ ސަބަބުން މީހުންގެ ތެރެއަށް ނިކުމެ އުޅެން ހައިރާއަށް ތަންކޮޅެއް ފަސޭހަވިއެވެ. ފާއިތުވަމުންދިޔަ ކޮންމެ ދުވަހަކާއިއެކު އޭނަައަށް ހިތްވަރެެއް ލިބެމުންދިޔައެވެ. ނަމަވެސް އެއީ ދެވަނަ ފަހަރަށް އޭނަގެ ކުރިމައްޗަށް ހައިޒަލް އަންނަންދެންނެވެ. އެއާއިއެކި ފާއިތުވާން ކޮންމެ ދުވަހަކީ އޭނައަށްޓަކައި އަޒާބެކެވެ. ލޯމަތީން ދަރިފުޅު ފެންނައިރުވެސް ނުދަނެހުރިކަމަށް ހަދާލައިގެން ހުރެ ދިރިހުރުމެ އެތައް ފަހަރަކު އެތައް މަރަކުން އޭނަ މަރުވިއެވެ.
އޭނަގެ ހަޔާތް އެފުށްމިފުށަށް ޖަހާލައި އޭނަ ދުނިޔޭގެ އުފާތަކުން ރަހުމެއްނެތި މަޙުރޫމްކޮށްލި ދުވަހުގެ ހަނދާންތައް ކިޔައިދެމުންދިޔައިރު ހައިލާގެ ލޮލުން ކަރުނަތިއްކަކަށްފަހު ކަރުނަތިއްކެއް ވެއްޓެމުންދިޔައެވެ. މޭގައި ޒަވި ރިހުމެއް ނަގައިގަތީ ލޮލަށް އެ މަންޒަރު ފެނުނު ދުވަހެކޭ އެއްފަދައިންނެވެ. އެތަށްވެސް ދުވަހު އެހިތަށް ލިބުނު ސިހުމާއިއެކު ހިތަށް ލިބުނު ރިހުންތައް ފިލާނުދެއެވެ. އެ ޒަހަމްތަކުގެ ފާރުތައް ތާޒާކަމާއިމެދު މިއަދުވެސް އެހިތުގައި ދެމިއެބަހުއްޓެވެ. ހައިލާ އެވާހަކަތައް ކިޔައިދެމުންދިޔަވަރަކަށް ލޯމައްޗަށް މަންޒަރު ސިފަވިއެވެ. 21 އަހަރުފަހުންވެސް އޭނަގެ ލޯމައްޗަށް އެ މަންޒަރު ފެނުނީ ދެންމެ ހިނގާދިޔަކަމެއް ހެންނެވެ. ކޮންމެ މަންޒަރެއް އެހިތުގައި ބިންވަޅުނެގިފައިވަނީ ދުވަހަކު ހަނދާން ނެތިގެންނުދާނޭ ފަދައިންނެވެ. މަޑުމަޑުން ސިކުނޑި ލާމެހެމުންދިޔަ ހިޔާލުތަކަށް އޭގެ މިނިވަންކަން ދެމުން ހައިލާ އެތަށްދުވަހެއްފަހުން ސިކުނޑި ހުޅުވާލިއެވެ.
*** *** *** *** *** ***
ތަނުގެ ތެރެއަށް ގަދަވެގަންނަމުން ދިޔަ ހޫނުން ވަމުންދިޔަ އުދާސްކަމާއިއެކުު ހައިލާގެ ހިތުގެ ތެރޭގައި އޮތް ބިރުވެރިކަމުގެ އިހުސާސް ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ގަދަވެގަންނަމުންދިޔައެވެ. ތަނުން ބޭރުވާން އަޒްހާން ކުރަމުންދިޔަ މަސައްކަތް ބަލަންހުރެފައި ހައިލާ ހަރުގަނޑާއި ފާރާއި ދޭތެރެއަށް ވަދެގެން ސަލާމަތްވެވޭފަދަ މަގެއް ފެނޭތޯ މަސައްކަތްކުރިއެވެ. މަޑުމަޑުން އަނދިރިކަމަކަށް ގެނބެމުންދިޔަ ގުދަނުގެ ފާރުގައި އަންހިންގަމުންދަނިކޮށް އޭނަގެ އަތުގައި ފިލާގަނޑެއް ޖެހުނެވެ. ދެތިންފަހަރަކު ފިލާގަނޑުގައި އަތްހިންގާލުމަށްފަހު އަތްތިލަ ގޮށްމުއްކަވާލަމުން ފިލާގަނޑަށް ހަމަލާއަށް ފޮނުވާލަން ތައްޔާރުވީ ވަގުތު އިވުނު އަޑަކުން ހައިލާގެ އަތް ތިރިއަށް އެލިގެންދިޔައެވެ. އަލިފާން ކަނޑާ އަޑާއިއެކު ފިރިހެނެއްގެ އަޑުން އިވުނު ރަހުމްކުޑަބަސްތަކުން ހައިލާގެ ސިކުނޑި އައްސިވެގެންދިޔައެވެ. ހައްޔަރުވެފައިވާ ދަންތުރައިގެ ނުރައްކާތެރިކަން ރޭކާލުމާއިއެކު އޭނަގެ ހަށިގަނޑު ރޫރޫއަޅައިގަތެވެ.
“އަހަރެން އިޝާރާތެއްދެންދެން މިތާ ފާރައަށް ހުރޭ… ހަނދާންކުރާތި… އެމީހުން މިތަނުން ފިލާނެ ފުރުސަތެއްނުދޭތި… އެ އަޒްހާންއާއިއެކު އެ އަންހެނާގެ ދުވަސްވެސް ދާންޖެހޭނެ….” ދުރުވަމުން ދިިޔަ ފިޔަވަޅުތަކުގެ އަޑު އަހަންހުރެފައި ހައިލާ ދުވެފައި ހަރުގަނޑުގެ ދޭތެރެއިން ނިކުތުމާއިއެކު ކަންފަތަށް އިވުނު ތޫލި އަޑުން ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއެވެ. ކެތްތެރިކަން ކުޑަވެފައި ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއާއިއެކު ދެން ފެނުނު މަންޒަރުން ހައިލާގެ ލޯބޮޑުވެގެންދިޔައެވެ. ހަޅޭލަވައިގަނެވުނެވެ. އޭނަގެ ބުއްދިވެސް ލުހިގެން ދިޔައީހެން ހީވިއެވެ.
ވަޅީގެ މުއްގަނޑަށް ބާރުވަމުންއައިސް ކުއްލި ޖަހާފައި ބަނޑުން ދަމާގަނެވުނު ވަޅިއާއިއެކު އަޒްހާންގެ ހަށިގަނޑުގެ ހުރިހާ ހަކަތައެއްވެސް ދަމައިގަނެވުނުފަދައެވެ. ދުނިޖަހާފައި ބަނޑާއިދިމާލުން ލޭތައް ނިކުތްއިރު ބަނޑުގައި އަތްއަޅާބާރުކޮށްލި އަޒްހާންގެ އަނގައިން ވޭނީ އާޙްއެއް ބޭރުވިއެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނާއި އެކުވަމުންދިޔަ ކަރުނަތައް އެލޯ ވިދުވަމުންދިޔައެވެ. ހަށިގަނޑުގެ ބާރު ހުސްވެގެންދިޔަ ވަގުތުކޮޅު ހަށިގަނޑު ފަހަތަށް ދޫވެގެންދިޔައިރު އަމިއްލަ ދިފާއުގައި އަޒްހާން މަަސައްކަތްކުރިއެވެ. އެންމެ ކައިރިއަށް ހުރި ދޮރުފަތުގައި އިނގިލިތައް ޖެހިފައިވެސް ދޫވެގެންދިޔަގޮތަށް ތަޅުންމައްޗަށް އެ ހަށިގަނޑު ޖެހުނެވެ. ލޮލަށް ފެނުނު މަންޒަރު ޤަބޫލުނުކުރެވިފައިހުރި ހާލު ހައިލާ އަޑުގެ ކޮޅަށް ހަޅޭލަަވައިގަތެވެ.
އަޒްހާންގެ ހަށިގަނޑު ތަޅުންމަތީ ޖެހި ހިމޭންވެގެންދިޔައިރު ބަނޑާއިދިމާލުން ފައިބައިގަތް ލޭތަކުން ތަޅުންގަނޑު ކަޅިވެގެންދިޔައެެވެ. ހަށިގަނޑުގެ ހުރިހާ ހިއްސެއް ކެނޑިގެންދިޔައީހެން ހީވި ވަގުތުކޮޅަކަށްފަހު ވޭނާއި ސިހުމުން ފުރިގެންވީ ގޮތަކަށް ރޮއެގަންނަމުން ހައިލާ އަޒްހާން ގާތަށް ތިރިވިއެވެ. އަޒްހާންގެ ބަނޑާއިދިމާލުން ފުންކޮށްވާ ޒަހަމްގައި އަތްއަޅާބާރުކޮށްލަމުން ލޭމަނާ ކުރަން މަަސައްކަތްފެށިއިރު ހައިލާއަށް ގިސްލެވެމުންދިޔައެވެ. އަޒްހާންގެ ލެއިން ހައިލާގެ ދެއަތް ރަތްވެގެން ދިޔައިރު އޭނަ ލައިގެން ހުރި ވައްތިރި ހެދުމުގެ ފަސްބައި އިރާލިގޮތަށް އަޒްހާންގެ ބަނޑުގައި އަޅާ ބާރުކޮށްލިއެވެ. ސިކުންތުކޮޅެއްތެރޭގައި ހުދު ފޮތިކޮޅު ލެއިން ފެވިގެންދިޔައިރު ރޮއެގަންނަމުން ހައިލާ ބޯހޫރައިގަތެވެ. އެވަގުތު އަޒްހާން ހައިލާއާއި ދިމާލަށް ބަލާލަމުން ކޮންމެވެސް އެއްޗެކޭ ބުނަން ތުންފަތް ހަރަކާތްކޮށްލިއެވެ. އޭގެ ކުރިން އަރުތެރެއިން ބޭރުވި ކޮށިކެއްސުމާއިއެކު އަނގައިގެ ތެރެއަށް ޖަމާވެފައިވާ ލޭތައް ހައިލާގެ މޫނަށް ބުރައިގެންދިޔައެވެ.
ހައިލާގެ ހިތަށް ލިބުނު ސިހުމާއިއެކު ހަރަކާތެއްނުކޮށް އިނދެފައިވެސް އަޒްހާންގެ ހަށިގަނޑުން ކެނޑިނޭޅި ބޭރުވަމުންދިޔަ ލޭތައް ހުއްޓުވަން މަސައްކަތްކުރިއެވެ. ޖައްސަޖައްސައިގެން އަޒްހާންގެ ބަނޑުމަތީ ބޭއްވި ފޮތިކޮޅުތައް ލޭކުލައަށް ބަދަލުވެގެންދާތަން ބަލަހައްޓައިގެން އޮވެފައި އަޒްހާން ހައިލާގެ އަތުގައި ހިފަހެއްޓިއެވެ. ދެފަރާތަށް ބޯހޫރާލިއިރު ލޮލުގެ ހިމަކޮޅުންލާފައި ކަރުނަތައް ކަންފަތުގެ ވޮއްޓާއި ދިމާލަށް ދެމެމުންދިޔައެވެ. އަޒްހާންއަށް އެއީ އޭނަގެ ފަހުވަގުތުކޮޅުންކަން އަމިއްލައަށްވެސް އިހުސާސް ވަމުންދިޔައެވެ. ދެން އޭނަ ސަލާމަތްވުންވާނީ ކަރާމަތަކަށެވެ.
އެކުޑަ ހަރަކާތުން ކާއިނާތުގެ ދައުރުވުންވެސް މަޑުޖެހިލިއިރު ހައިލާގެ ލޮލަށް ގިނަވަމުންދިޔަ ކަރުނަތައްވެސް އޭގެ މަޤާމުގައި ތިބެ ގަނޑުވިފަދައެވެ. ހައިލާގެ އުއްމީދުގެ އެންމެ ފަހުހުޅުކޮޅު ކަނިވެގެންދިޔަ ވަގުތުކޮޅު ހިތަށް ލިބުނު ގަދަފަދަ މޮޅިވެރިކަމާއިއެކުވެސް ހިތްވަރުދޫކޮށްލާކަށް އޭނަ ބޭނުމެއްނުވިއެވެ. އަޒްހާންގެ ހިތުގެ އެންމެ ފަހުވިންދާއި ޖެހެންދެން އޭނަ ހިތްވަރުކުރާނެއެވެ.
ދެއަތުގެ ހަންދާވަރަށް ހައިލާ ދެއަތުން ދޮރުގައި ތެޅިއެވެ. އެހީއަކަށްއެދި ހަޅޭލެވިއެވެ. ހަށިގަނޑުގައި ނެތް ހިތްވަރު ނެރެ އެ ބިޔަ ދޮރު ހުޅުވޭތޯ މަސައްކަތްކުރިއެވެ. އަލިފާން ދަނޑީގެ އަޑާއި ކަންފަތްބަށްވާހާ ބާރު އަޑުފަށްގަނޑު އަދި ދުރުވަމުންދިޔަ ދިޔަ ފިޔަވަޅެއްގެ އަޑު ސާފުކޮށް އޭނައަށް އިވުނެވެ. ދޮރުގެ ހިންމިދަށުން އަރައިގަތް އަލިފާންގަނޑު ދެކެންހުރެފައި ވަރުދޫވެގެން ހައިލާއަށް ބިންމައްޗަށް ތިރިވެވުނެވެ. އޭނަގެ މޫނުން ނަޒަރުވަކިކޮށްނުލާ އިން ދަރިފުޅުގެ މައުސޫމް މޫނަށް ބަލާލެވުނެވެ. އެލޮލުގެ ތެރޭގައި ރަސްކަންކުރަމުންދާ ބިރާއި އަދި ސިހުމުގެ އިހުސާސާއިއެކު ލޮލަށް ގިނަވި ކަރުނަތަކުން ހައިލާގެ ލަގޮނޑިއަށް ދަތިވިއެވެ. މަންމަގެ ހިމާޔަތަށް އެދަރިފުޅު ބޭނުންވެފައި ވީއިރު އޭނަ ހުރީ އެހެންމީހަކަށް އެހީއެއްވެދެވޭފަދަ ހާލެއްގައެއްނޫނެވެ.
ހަރަކާތެއްކޮށްލާނެހާ ހަކަތަ ނެތްހާލުގައިވެސް އަޒްހާން އަތްއުފުލާލަމުން ހައިލާގެ އަތުގައި ހިފަހައްޓާލިއެވެ. ނުރުއިމަށް އެދި ދެފަރާތަށް ބޯހޫރާލިއެވެ. އެއާއިއެކު ހައިޒަލްއާއި ދިމާލަށް ބަލާލުމަށްފަހު ފަޑުގޮތަކަށް ހިނިތުންވެލިގޮތަށް ދެލޯމަރާބާރުކޮށްލިއެވެ. އެ ނުތަނަވަސްވަގުތުކޮޅު އޭނަ އުނދަގޫ ނިންމުމެއް ނިންމީއެވެ. ހިތާއިދެކޮޅަށް ނިންމި ނިންމުމާއި ނުރުހުން ފާޅުކުރަމުން އޭނަގެ ކޯތާފަތްމަތިން ކަރުނައިގެ ތިކިތައް ދެމުނެވެ.
“ހައި… އަހަރެން ދޫކޮށްލައިފައި ޒެލް ގޮވައިގެން މިތަނުން ސަލާމަތްވޭ…” އަޒްހާންގެ ދުލުން ބޭރުވެގެން ދިޔަ ބަސްތަކާއިއެކު ހައިލާ އަޒްހާންގެ މޫނަށް ނަޒަރު ހުއްޓާލީ ސިހިފައެވެ. އެއާއިއެކު އަޑުނަގާ ރޮމުން އަޑުނަގާ ރޮމުން ދެފަރާތަށް ބޯހޫރަންފެށިއެވެ. އޭރު ހައިލާގެ އަތުގެ ތެރޭ ހިފަހައްޓާލެވިފައިވާ އަޒްހާންގެ އަތުގެ ބާރު މަޑުމަޑުން ދޫވަމުންދިޔައިރު އުނދަގުލުން ކޮންމެވެސް އެއްޗެކޭ ބުނަން އަޒްހާން މަސައްކަތްކުރަމުންދިޔައެވެ.
“ހައި… ޕްލީޒް… އަހަރެން ބުނާގޮތް ހަދާބަލަ… މިއީ ދެބަސްވާންވީ ވަގުތެއް ނޫނޭ… އަހަރެމެން ވިސްނަންވީ ޒެލްއާއިމެދު… ހައި ތިގޮތަށް ކަންތައްކުރީމަ ޒެލްއަށްވާނީ ކިހިނެތް؟ ތިނޫނީ އެދަރިފުޅު ސަލާމަތްކުރަން ހުރީ ކާކު… އަހަރެން އާދޭސްކުރަން… އަހަރެން ދޫކޮށްލައިފައިދޭ…. މިތަނުން ސަލާމަތްވިޔަަަސް އަހަރެން ދިރިހުންނާނޭކަމުގެ މާބޮޑު އުއްމީދެއްނެތް….” ފުންވަމުންދާ ނޭވާތަކާއިއެކު އަޒްހާން އުނދަގުލާއިއެކު ވާހަކަދެއްކިއެވެ. އެންމެ ފަހު ޖުމްލަތައް ކެއްސުމުގެ ތެރެއަށް އޮބިގެންދިޔައިރު އަނގައިން ބުރައިގެންދިޔަ ލޭތަކާއިއެކީ ހައިލާއަށް ރޮއެގަންނަމުން އަޒްހާންގެ ކޮނޑުގައި ހިފައި ތަޅުވައިގަނެވުނެވެ.
“ނޫން… އަޒްހާން.. ނޫން…” ހާސްވެފައި ހައިލާއަށް އަޒްހާންގެ އަތުގައި ހިފާލެވުނުއިރު އަޒްހާން އެއަތްތިލަ ނައްޓާލަމުން ލޮލުގެ އިޝާރާތުން އެ ކުޑަފިރިހެންކުއްޖާ ދައްކާލިއިރު ބުނަން އުޅޭ އެއްޗެއް ފަހުމްވެފައި ހައިލާގެ އެތެރެހަށިވެސް ވިރިގެންފޭބިފަދައެވެ. ލޮލަށް ބޮޑިވެގަތް ކަރުނަތަކާއިއެކު ދެފަރާތަށް ބޯހޫރައިގަނެވުނެވެ.
“އަޒްހާން ނޫން… މިހާރު އަހަރެން އަޒް ދޫކޮށްލައިފައި ގޮސްފިނަމަ ދުވަހަކު މިއަތުގައި ހިފައެއްނުލެވޭނެ… ހެޔޮނުވާނެ… އަހަރެން އެކަނިކޮށްލަން ނޫޅޭ… އަހަރެން ނުދާނަން އަޒް ދޫކޮށްލާފައެއް…” ހައިލާގެ އަރުތެރެއިން ނިކުންނަމުންދިޔަ މަޑު ގިސްލުމާއިއެކު އަޒްހާންގެ ހިތަށް އުނދަގޫވިކަން އިނގުނީ ލޯމަރާލިގޮތުންނެވެ.
“ހައިލާ… ދުވަހެއްގެކޮޅުންވެސް އަހަރެން ދެކެ ލޯބިވީނަމަ ހައިޒަލްގޮވައިގެން މިތަނުން ނިކުމޭ…” އަޒްހާންގެ ދަތްތަކަށް ބާރުވެގެންދިޔައިރު ރުޅިވެރިކަމުގެ ބަދަލުގައި ލޮލުން ފެނުނީ ކަރުނައެވެ. އެ ޖުމްލަތަކަކީ ހައިލާ ދުވަހުގެ ކޮޅުންވެސް އަހަން ބޭނުންނުވާ ޖުމްލަތަކެއްކަން ހާމަކޮށްދީ އެސްފިޔަތަށް ފޫދުއްވާލައި އޮހިގަތް ކަރުނަތާއިއެކު ވޭނީގޮތަކަށް ކަރުތެރެއިން ނިކުތް އަޑުންނެވެ.
“އަހަރެން ވަރަށް ލޯބިވޭ… އަބަދުވެސް ހަނދާންކުރައްޗޭ… ބޭނުމެއްނޫން ދުވަހަކު ދުރަށްދާކަށް… އަހަރެން ހަށިގަނޑުގައި ވަރުހުރިނަމަ އަހަރެންގެ އަންހެނުންނާއި ދަރިފުޅު ސަލާމަތްކުރީމުސް… މިއަދު ޒެލް ދުނިޔެެއާއި ވަކިވެއްޖެނަމަ ހައިއަށް އަމިއްލަ ނަފްސަށް މައާފުކުރެވޭނެތަ؟ އެދަރިފުޅުގެ މުސްތަގުބަލެއް އެބައޮތް… އަހަރެން ފަދައިން ނިމިގެންދާތަން ދެކެންތަ ބޭނުމީ… ޒެލްގެ ހަށިގަނޑަކު ނުހުންނާނެ މިވިހަގޭސްތައް ހިފަހައްޓާލެނެހާ ހިތްވަރެއް… އަހަރެން ދެން ދުނިޔެއަކު ނުހުންނާނެ… އަހަންނަށް ކޮށްދޭ އެންމެފަހުކަމެއްގެ ގޮތުގައިވެސް މިކަމެއް ނުކުރެވޭނެތަ؟” އަޒްހާންގެ ދެއަތުން ހައިލާގެ އަތުގައި ހިފާލަން މަސައްކަތްކުރިއެވެ. އެވަގުތު އަޒްހާން ނޭފަތުން ދުނިޖަހާފައި ލޭގަނޑު ފައިބާގަތްއިރު އަރުތެރެ ފުރެމުންދިޔަ ލޭތަކާއިއެކު ނޭވާލާން އުނދަގޫވެގެން ކެއްސައިގަތެވެ. އަނގައިގެ ދެމިޔަކަނިން ފޭބި ލޭތަކުން ތަޅުންގަނޑު ފެވުނެވެ. ހައިލާގެ އަތުގައި ހިފަހައްޓާލިއިރު ދިރުން ކެނޑެމުންދާ ދެލޮލުން ފެނުނީ އާދޭހެވެ.
ފާރުގެ މަތީގައި ކަޑާފައިވާ ފެންލައިޓްގެ ބިއްލޫރިގަނޑު ކުދިކުދިވެގެން ފައިބައިގަތް އަޑާއިއެކު ރޮއެރޮއެ އިނދެފައި ހައިޒަލް ބަލާލީ ސިހިފައެވެ. އޭރު ހައިލާ ހުރީ ކުދިކުދިވެގެން ބިމަށް ފައިބައިފައިވާ ބިއްލޫރިތަކަށް ނަޒަރު ހުއްޓާލިގޮތަށް ގަނޑުވެފައެވެ. އެ ދޮރުން އަޒްހާން ގޮވައިގެން ހިންދެމި ނުލެވޭނެކަން އިނގޭތީ ހިތްވެސް ދެކޮޅަށް ކިރެމުންދާކަމަށް މޫނުމަތިން ފެންނަމުންދާ ކުލަވަރު ހެއްކަކަށްވިއެވެ. އެންމެފަހުން ގަނޑުވެފައިވާ ދެފައި ގަދަކަމުން ބިމުން ހިއްލަމުން ކަހަލަގޮތަކަށް އައިސް ހައިޒަލްއާއި ކައިރިވުމަށްފަހު އެދަރިފުޅު ނަގާ މެޔާލައި ބޮޑިކޮށްލިއެވެ. މަޑުމަޑުން އެ ވަށްކޯތާފަތުގައި ތުންފަތް ޖައްސާލިއިރު ހައިލާއަށް ގިސްލެވެމުންދިޔައެވެ.
އުސްކޮށް ހަދާފައިވާ ފެންލައިޓާއި ހަމަޔަށް ހައިރާ ވާސިލްވީ ފީފާ ބުރިއެއްގެ މައްޗަށް އަރައިގެންނެވެ. ހައިޒަލްގެ ހަށިގަނޑު އަތުތެރޭ ބޮޑިކޮށްލަމުން ހައިލާ އަދިވެސް ފަސްއެނބުރި ބަލާލިއެވެ. އޭރު ހައިޒަލްވެސް މަޑުމަޑުން ގިސްޖެހެމުންދިޔައެވެ. އަޒްހާން އަތެއް ފަޔަށް ހަލުވާނުލާ އެދެމައިންނާއި ދިމާލަށް ބަލަހައްޓައިގެން އޮތްއިރު އެ ހަށިގަނޑުގެ ހަރަކާތް ކެނޑެމުންދަނީކަން އިނގެނީ މަޑުމަޑުން އަތާއި ފައިގެ ހަރަކާތްތައް ލަސްވަމުންދިޔަގޮތުންނެވެ. އޭރު ހުޅުކޮޅު ދޮރުގެ ދަށުން ބޯދިއްކޮށްލައިފިއެވެ
“އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލައްޗޭ…” މަޑުމަޑުން ތުންފަތް ހަރަކާތްކޮށްލަމުން އަޒްހާން ބުނެލި ޖުމްލަ ހަމަރަނގަޅަށްވެސް އިނގުނެވެ. ހައިލާ ހިތްދަތިގޮތަކަށް ލޯމަރާލުމަށްފަހު ހައިޒަލްގެ ހަށިގަނޑުގައި އެއްއަތުން ހިފަހައްޓާލަމުން އަނެއް އަތް ދާރާގައި އަޅާ ބާރުކޮށްލުމަށްފަހު ބޭރަށް ފުންމާލިއެވެ. އެވަގުތު މަންމާއޭ ކިޔާ ހައިޒަލް ވަރަށް ބާރަށް ރޮއެގަތެވެ. ހީވީ ތަނެއްގައި އަލިފާންޖެހިގެން ރޮއެގަތްހެންނެވެ. ހައިޒަލްގެ އަތުން ފައިބައިިގަތް ލޭތަކުން ހައިލާގެ ހެދުންކަޅިވިއެވެ.
ގޯތިތެރޭގައި ބަރިއަކަށް ޖަހާލެވިފައިވާ ފީފާތަކުގެ ބިއްދޮށުގައި ހައިޒަލް ބައިންދާލަމުން ހައިލާގެ އަނގަމަތީގައި ބަނދެފައިވާ ފޮތިގަނޑު ނައްޓުވާލާ ހައިޒަލްގެ އަތުގައި ކަނޑައިގެން ގޮސްފައި އިން ތަނުގައި އައްސާލިއެވެ. އެއާއިއެކު ހައިޒަލްއާއި އެއްހަމަޔަކަށް ތިރިވެ ހައިޒަލްގެ ކޮލުގައި ހިފަހައްޓާލިއެވެ. ފުށްކޮޅެއްފަދަ އެ މޫނަށް ބޮސްދިނުމަށްފަހު ދަރިފުޅާއި ދެއްކި ވާހަކައަށްފަހު ހައިލާ ކޮއްޅަށް ތެދުވުމާއިއެކު ހައިޒަލް ހައިލާގެ ހެދުމުގައި އެލިގަތެވެ.
ހައިޒަލްގެ ދެއަތް ހެދުމުން ނައްޓުވާލަމުން ހައިލާ ހައިޒަލްގެ ކޮނޑުގައި ހިފާލިއެވެ. އެއާއިއެކު ހައިޒަލް ދުރުކޮށްލަމުން ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ހައިޒަލް ހައިލާގެދެފައިގައި ހިފަހައްޓާ ހުރަސްއެޅިއެވެ. އިރުކޮޅެއްވާންދެން ހުއްޓުންއަރާފައިހުރުމަށްފަހު ހައިޒަލްގެ އަތްވަކިކޮށް ދުރަށް ކޮއްޕާލުމަށްފަހު އެ ހައިލާ ދުރަށް ދުއްވައިގަތެވެ.
އޭރު ހަނގުރާމައިގެ ލަޝްކަރަކަށް ފަތަހަ ލިބުނުފަދައިން އަލިފާންގަނޑު މުޅި އިމާރާތުގެ ގޯތިތެރެއަށް ފެތުރިގަތީއެވެ. ކަޅުދުންތަކުން ފަޒާއަށް ވެރިވެފައިވާ ފުސްކަމުގެ ތެރެއަށް ދެލޯ ހާނުވަމުން އަލިފާންގަނޑުން ރެކެމުން ހައިލާ ދުވެފައި ގޮސް ގުދަނާއި ދިމާލަށް ނިކުތެވެ. ނަމަވެސް އޭނައަށް ކުރިއަށް އަޅާލެވުނީ އެންމެ ފިޔަވަޅެކެވެ. ބާރު އަޑުފަށްގަނޑާއިއެކު ގުދަނުގެ ތެރެއިން ހުޅުގަނޑު ފަޅައިގެން އެރިއެވެ. މޫނާއި ދިމާލުން އަރައިގަތް ދިލަ އާވިގަނޑާއިއެކު ހައިލާއަށް މޫނުގައި އަތްހުރަސްކޮށްލިއެވެ. ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ތަނުގެ ހޫނުކަމަށް ކެތްނުވެގެން ވިއްސައިގެން އައި ދޮރު ހައިލާގެ ބޯމަތިންލާފައި ގޮސް ގޯތިތެރޭގައި ހުރި ގާފުންޏެއްގެ މައްޗަށް ޖެހުނު އަޑާއިއެކު ހައިލާއަށް ހަޅޭލަވައިގަނެވުނެވެ. އެ ދޮރުގައި އަލިފާން ހިފީ އޭނަ ބަލަބަލާހުއްޓައެވެ. އޭރު ގުދަނުގެ ދޮރުން ހުޅުކޮޅުތައް ބޯދިއްކޮށްލައިގެންތިއްބެވެ. ގުދަނުގެ ތެރޭގައި ހިފާފައިވާ އަލިފާންގަނޑާއި ދުމުގެ ފުސްކަމާއިހެދި އެތެރެ ފެންނަ ވަރެއްވެސް ނޫނެވެ.
“އަޒްހާން….” ހިނދުކޮޅަކަށް ހުއްޓުންއަރާފައި ހުރުމަށްފަހު ހައިލާގެ ލޮލަށް ކަރުނަތައް ގިނަވެގަތެވެ. އިމާރާތްހުރި ހާލު ފެނިފައި އެތަނުން ދެން ނެރެންޖެހޭނީ އަޒްހާންގެ ފުރާނަ ނެތް މަސްގަނޑުކަން ދެވަނަ މީހަކު ބުނުމަކާއިނުލާ ހައިލާއަށް ވިސްނުނީއެވެ. އިރުކޮޅެއްވަންދެން ހަރަކާތެއްކޮށްނުލާ ހުރެފައި ހައިލާ ފަހަތަށް ފިޔަވަޅުތައް ނަގަންފެށިއެވެ. ވަކި ހިސާބަކުން އޭނަ ފަހަތު ގޭޓާއި ދިމާލަށް ދުއްވައިގަތީ ސިކުނޑި އެންގި އެންގުމަށް އަމަލްކުރަންވެގެންނެވެ.
ފައިގެ ހަންމެށިގެން ދަގަނޑު ތޭރިކުގައި އެލިގެން ގޭޓް މައްޗަށް އެރިގޮތަށް ހައިލާ މަގުމައްޗަށް ފުންމާލިއެވެ. އެދިމާލުގައި އަލިފާން ރޯވެފައި ނެތްކަމީ އޭނަައަށް ލެއްވި ރަޙުމަތެކެވެ. ހުސްފަޔާއި އޭނަ ދުވެފައި ނިކުތީ އެ އިމާރާތާއި ކައިރީގައި ހުންނަ ފޯން ބޫތާއި ދިމާލަށެވެ. ފަޔަރ ރެސްކިއުއަށް ގުޅާފައިވެގެން އުޅޭގޮތެއް ކިޔައިދެވުނުއިރު އޭނައަށް މައިނޭވާލެވި ރޮވެމުންދިޔައެވެ. ނަސީބަކުން އެވަގުތު އަލިފާން ނިއްވާ މީހުން ތިބީވެސް އެއިމާރާތާއި ފުދޭވަރަކަށް ކައިރީގައެވެ. ފޯން ބޭއްވިގޮތަށް ހައިލާ ދުވެފައި ގޮސް އިމާރާތުގެ ތެރެއަށް ވަތްއިރު ދުރުން ފަޔަރ އެލާރމްގެ އަޑު އިވެންފަށައިފިއެވެ.
ހިތަށް ލިބުނު ކުޑަ ހަމަޖެހުމާއިއެކު އޭނަ އަވަސްވެގަތީ ދަރިފުޅުގެ ގާތަށް ދާށެވެ. ނަމަވެސް އެވަގުތު އޭނަގެ ކަންފަތްދަށުގައި ތަކުރާރުވެގެން އައި އަޑާއިއެކު ހައިލާއަށް ފަހަތަށް ފިޔަވަޅެއްއަޅާލެވުނެވެ. ދެފަރާތަށް ބޯހޫރާލެވުނުއިރު އެލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ. އެނބުރިގޮސްފިނަމަ އެދެވެނީ އަމިއްލަ މަރާއިދިމާލަށްކަމަށް ހިތް ބުނެލުމުން ހައިލާއަށް ލޯމަރާލެވުނެވެ. އެއާއިއެކު މޭގައި އަތްއަޅާ ބާރުކޮށްލެވުނީ އޭނަގެ ހިތުގެ އެތިކޮޅުކަމަށްވެފައި ދަރިފުޅާއިމެދު ވިސްނާލެވިފައެވެ. ގޮތެއް ނުނިންމިފައި ހުރި ވަގުތުކޮޅަކަށްފަހު ކަރުގައި އޮތް ފަށްބާލައި ހައިލާ އަލިފާންގަނޑުގެ ތެރެއަށް އެއްލާލިއެވެ. ދުރަށް ފިޔަވަޅުތައް ނަގަންފެށިއެވެ. އޭރު އެދެލޮލުން ކަރުނަ ދެމެމުންދިޔައެވެ. އަމިއްލަ ނަފްސުވެސް އޭނަގެ ނިންމުމާއި ނުރުހި އަމިއްލަ ނަފްސަށް ލައުނަތްދެމުންދިޔައެވެ. ނަމަވެސް އޭނަގެ މަޖުބޫރު ހާލަތު އެހެން ހުރިހާކަމަށްވުރެ ބޮޑަށް އޭނަގެ މައްޗަށް ގަދަވެގަތީއެވެ. އޭނަގެ މައްޗަށް އަމުރު ހިންގާ އެނިންމުން ނިންމުމަށް ބާރު އެޅީއެވެ.
*** *** *** *** *** ***
“އެ ދުވަހުގެ ފަހުން މަންމަގެ ހިތަށް ހަމަޖެހުމުގެ ޒައްރެއްވެސް އިހުސާސްވި އެންމެ ހިނދުކޮޅެއްވެސް ނާނދެ… އަމިއްލަ ދަރިފުޅު ދޫކޮށްލައިފައި އާދެވުމަކީ މަންމައަށް ކުރެވުނު މޮޔަކަމެއްކަމަށް އަމިއްލަ ނަފްސުވެސް ވިސްނައިދިން… މަންމަ އެދުވަހު އަލްހާންއަށް އިތުބާރުކުރީ… ދަރިފުޅަށް ލޯތްބާއި ރައްކާތެރިކަން ދޭނެކަމަށް ޔަގީންކުރީ… އަޒްހާން ފަދައިން މަރުވެގެންވެސް ޒެލް ސަލާމަތްކުރާނެކަމަށް މަންމަ ހީކުރީ… އެކަމަކު އެއީ މަންމައަށް ކުރެވުނު ކިހާ ބޮޑު ކުށްހީއެއް….” ހައިލާގެ ލޮލުން އޮހިގަތް ކަރުނަތަކުން ކޯތާފަތް ތެމިގެންދިޔައިރު ހައިޒަލް ގާތްވެ ހައިލާ ގެނެސް މޭގައި ޖައްސާލިއެވެ. ނައިނާވެސް ލޯފުހެލިއެވެ. ހައިލާ އެވާހަކަތައް ކިޔައިދިންއިރު އެ އަޑުގައިވީ އަސަރަކުން ހިލަ ހިތަކުންވެސް ކަރުނަ އޮހޮރާލާނެއެވެ. ހައިލާ ހާދަ ހިތްވަރުގަދައެވެ.
“އަޅުގަނޑަށް ވިސްނޭ… މަންމަ ހުރި ހާލުގައި އެހެންމީހަކު ހުރިނަމަވެސް…. މިހުރިހާ ދުވަހު ހަނދާނުގައި ނެތަސް ކޮންމެ ރެއަކު އެ ހަނދާންތައް ހުވަފެނެއްގެ ގޮތުގައި އަޅުގަނޑާއި ބައްދަލުކުރި… ދެނެގަންނަން ނޭނގުނީ… އެންމެގާތްމީހުން ދުރުގައިވާކަމުގެ އިހުސާސްނުކުރެވުނީ… މަންމާ ތޭންކްސް… އަޅުގަނޑަށް އިންތިޒާރުކުރީތީ… ފަހުން އަންނަވެގެން އެދުވަހު ދިޔައީތީ… އެހެންނޫނީ މަންމަވެސް ވީހީ ބައްޕައާއިއެކު…. އަޅުގަނޑާއި ދުރުގައި…” ހައިޒަލް ހައިލާގެ ބޮލުގައި މޫނު ޖައްސާލިއެވެ. އޭނަގެ ލޮލުން ކަރުނައޮހޮނީ ހިތަށް ލިބުނު އުފަލުގެ ބޮޑުކަމުންނެވެ. އޭނަ އުއްމީދުނުކޮށްވެސް ހުއްޓާ 21 އަހަރުފަހުން އޭނަގެ މަންމަ އަނބުރާ ލިބިއްޖެއެވެ. ފަޅުވެފައިވާ އޭނަގެ ހިތް މަންމައެއްގެ ލޯބިން ފުރާލައިފިއެވެ.
އިރުއޮއްސެންދެން ޑައިމެންޑްވޭލީގައި މަޑުކުރުމަށްފަހު ހައިޒަލް ވިންޓަރ ބްރީޒްއަށް އައީ ހައިލާ ގޮވައިގެންނެވެ. ހަޤީގަތް އިނގުމަށްފަހު އެންމެ ވަގުތުކޮޅަކަށްވެސް މަންމަ އޭނައާއި ދުރުގައި ބަހައްޓަން ހައިޒަލް ބޭނުންނުވީއެވެ. އެކަނިވެރިކަމުގައި ބާކީވެގެން މަންމަ ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކޮށްފިއެވެ. މިއަދު މިއީ މަންމަ އުފާކުރަންވީ ދުވަހެވެ. އަމިއްލަ މަންޒިލްގައި އަމިއްލަ ދަރީންނާއި އެކުގައެވެ.
މަޢްރިބު ނަމާދުކޮށްލައިގެން ކޮޓަރިން ނިކުމެގެން އައި ޝާދީންގެ ފިޔަވަޅުތައް ބެހެއްޓީ ޑައިނިން ރޫމްއާއި ދިމާލަށެވެ. ލިވިންރޫމް ހުރަސްކޮށް ދަނިކޮށް ގެއަށް ވަދެވެން އިންނަ ދޮރުހުޅުވިގެންދިޔުމާއިއެކު ސޯފާގެ ކުރިމަތީގައި ހުއްޓި ހުރެ ބޯއަރިކޮށްލަމުން ޝާދީން ދޮރުގެ ދޭތެރެ ބަލާލިއެވެ. އެއައްއަތުން ދެފޮށި ހިއްލާލައިގެން ހުރެ ހައިޒަލް އެތެރެއަށްވަތްއިރު ފަހަތުން ނައިނާ ހުރީ ކޮންމެވެސް އަންހެނެއްގެ އަތުގައި ހިފަހައްޓާލައިގެން ހުރެއެވެ. އެ މީހެއްގެ މޫނު ސާފުނުވީ އެދިމާލަށް އެޅިފައިވާ ފަޑު އަލިކަމަކުންނެވެ.
ނައިނާގެ އެހީގައި ފައްތަރުތަކުން ލާފައި އެރުމަށްފަހު ހުޅުވާލައިފައި ދޮރުން އެތެރެއަށްވަދެ ހައިލާ ނަޒަރު ހިންގާލިއެވެ. އަދިވެސް އެއީ އޭނައާއި އަޒްހާން ދޫކޮށްދިޔަ ގަނޑުވަރެވެ. ޒަމާނާއި އެއްކޮށް ޒަމާނީ ކުލަތައް އައިސްފައިވިޔަސް އެ ހަތަރު ފާރުގެ ތެރޭގައި ރައްކާކުރެވިފައިވާ ހަނދާންތަކަށް ބަދަލު އައުމެއްނުވެއެވެ. އެއިން ކޮންމެ ހަނދާނަކަށް ސިކުނޑި ޣަރަޤުވެގެންދިޔުމުގެ ކުރީން ހައިލާގެ ސަމާލުކަން ހޯދީ ސޯފާތަކާއި ދިމާލުގައި މަޑުކޮށްލައިގެން ހުރި އަންހެން ކުއްޖާއެވެ. އޭނަގެ ލޮލަށް ކަރުނަ އެއްވިއިރު ހިނިތުންވެވުނީ އެއީ ކާކުކަން ނަގައިގަނެވިފައެވެ. ރިހާނާގެ ފަރާތުން ޝާދީން މިލްކުކޮށްލައިފައިވާ ރީތިކަމާއިއެކު ފެންނަ މީހަކަށްވެސް އެންމެ ނަޒަރަކުން އެއީ ކާކުކަން ދެނެގަނެވޭނެއެވެ.
“ދަރިފުޅާ… ޝަވާ….” ބުމަކައިރިކޮށްލައިގެން ނައިނާގެ ގާތުގައި ހުރި އަންހެންމީހާއަކީ ކާކުކަން ދެނެގަންނަން މަސައްކަތްކުރަމުންދިޔަ ޝާދީންގެ ކަންފަތުގައި ޖެހުނު ބަސްތަކާއިއެކު ދެލޯ ބޮޑުވެގެންދިޔައެވެ. އެގޮތަށް އޭނައަށް ގޮވާލާނީ އެންމެ ދެމީހުންނެވެ. އެހެންނޫނަސް އަހަރުތަކެއް ފާއިތުވެގެންދިޔަޔަސް އެ ހަންހާރަވެތި އަޑު އޭނަ ހަނދާންނެތިދާނެ ހެއްޔެވެ؟
“ކުޑަ މަންމަ….” ޝާދީންގެ ދުލުން ބޭރުވި ނަމާއިއެކު އަނގަމަތީ އަތްއަޅާލެވުނެވެ. ދެފަރާތަށް ބޯހޫރާލެވުނީ އޭނައަށް ހީވާ ހީވުން ޤަބޫލުނުކުރެވިގެންނެވެ.
“ޝީ އިޒް އަވަރ މަދަރ….” އެވަގުތު ހައިޒަލް ޝާދީންގެ ކޮނޑުމަތީގައި އަތްބާއްވާލަމުން ބުނެލިއިރު ޝާދީންއަށް ހީވީ ހައިޒަލް ސަމާސާކުރަނީހެންނެވެ. އެކަން ޔަގީންކުރުމުގެ ގޮތުން އޭނަަައަށް ނައިނާއާއި ދިމާލަށް ބަލާލެވުނެވެ. ވަގުތުން ނައިނާ ބޯޖަހާލިއިރު ހައިލާ ކުރިއަށް ފިޔަވަޅެއްއަޅާލަމުން ޝާދީންއާއި ދިމާލަށް އަތްދިއްކޮށްލީއެވެ.
“ކުޑަ މަންމާ….” ހިނދުކޮޅަކަށް ހަށިގަނޑުގެ ހިނގުން މެދުކަނޑާލައިގެން ހުރެފައި ހިތާމައާއި އުދާސްތައް ކަރުނައާއި ހަވާލުކޮށްފައި ޝާދީން ދުވެލައިފައި ގޮސް ހައިލާގެ އަތުގެ ތެރެއަށްވަނެވެ. އެއީ އަބަދުގެ އަބަދަށްވެސް އެދެއަތުން އޭނައަށް މައެއްގެ ލޯބި ދޭނޭ ދެއަތެވެ. އެތަށް އިންތިޒާރަކަށްފަހު އަމިއްލަ ހިތަށް ވިސްނައިދިން ވަގުތުތަކަކަށްފަހު އަލުން އޭނައާއި ބައްދަލު އެކުރީ އުންމީދުވެސް ނުކޮށް ހުއްޓައެވެ.
“ކުޑަމަންމަ… ކިހިނެތް؟ ކީއްވެ މިހުރިހާދުވަހު އަޅުގަނޑު ގާތަށް ނައީ… މަންމައެއްގެ ލޯބި ލިބުނީ ހަމައެކަނި ކުޑަމަންމަގެ ފަރާތުން… އެއްވެސް އިރެއްގައި މަންމައަށް އަހަރެން މުހިންމެއްނުވޭ… އެކަން އިނގިހުރެ ކީއްވެ އެގޮތަށް ދޫކޮށްލާފައި ދިޔައީ… މިހުރިހާ ދުވަހު ހަބަރެއްނުވެ އުޅުނީ…” ޝާދީންގެ ހިތުގައިވީ ޝަކުވާތައް އެއްފަހަރާ ބަންޑުންކޮށްލިއެވެ. މިގޮތަށް ހައިލާ ފެނުމުން އޭނަގެ އަސަރުތަކެއްކުރީ ހައިލާގެ ވަކިވުމަށްފަހު އޭނަ ރުއި ރުއިންތަކާއި ނުފެނިގެން ހޯދި ހޯދުންތައް ހަނދާންވެފައެވެ. ހައިޒަލްއަށް ނޫނަސް އޭނައަށް އެދުވަހު ގެއްލުނީ އަމިއްލަ މައިމީހާކަމަށް ދެކިގެން އުޅުނު ފަރާތެވެ.
“ކުޑަމަންމައަށް މައާފުކުރޭ ދަރިފުޅާ… ކުޑަމަންމައަށް މަޖުބޫރުވީ…” ހައިލާ ޝާދީންގެ ގައިގައި ދެއަތްވަށާލަމުން އިސްތަށިގަނޑުގައި ފިރުމާލިއެވެ.
“ނޫން… މައާފަށް އެދެންޖެހޭ މީހަކީ އަޅުގަނޑު…. މިހުރިހާދުވަހު ހުރިހާކަމެއް އިނގިހުރެ އަޅުގަނޑު ހުރީ ހައިއަށް ސިއްރުކޮށްގެން… މަންމަމެންގެ ނުބައި އަމަލުގައި ބައިވެރިވެގެން… އަޅުގަނޑަށް މައާފު…” ޝާދީންގެ ޖުމްލަ ފުރިހަމަނުވަނީސް ހައިލާ ޝާދީންގެ ދެތުންފަތުގައި އިނގިލި ހުރަސްކޮށްލިއެވެ.
“މިއީ ދަރިފުޅުގެ މަންމައޭ… ދެން ޝަވާ ދުވަހަކުވެސް ތިހެން ނުބުނައްޗޭ… އަމިއްލަ ކޮއްކޮއަކަށްވުރެ ބޮޑަށް ޝަވާ ޒެލްދެކެ ލޯބިވާނެކަން އިނގޭ… ދެން ނުރޮއެ ހުއްޓާލާ… އަލްހާންއާއި ރިހާނާ ކުރިކުށުގެ ޒިންމާ ދަރިފުޅު ނަގާކަށް ނުޖެހޭނެ… އެކަމާއި މަންމަ ޝަވާ ކުށްވެރިއެއްނުކުރާނަން… ރިހާނާގެ ބަނޑުން އުފަންވިޔަސް ތިއީ ހަމަ މިމަންމަގެ ދަރިއެއް….” ޝާދީންގެ ލޮލުން އޮހުނުކަރުނަތައް ލޯތްބާއިއެކު ފުހެލަދެމުން ހައިލާ ޝާދީންގެ ނިއްކުރީގައި ތުންފަތްޖައްސާލިއެވެ. އަދިވެސް ޝާދީންއަކީ އޭނަގެ އަތުތެރެއަށްލީ ތުއްތު ދަރިފުޅެވެ. އަޒްހާންގެ އަނތްބެއްގެ ގޮތުގައި އޭނަ އެގެއަށް ފިޔަވަޅެއް އަޅާލިގޮތަށް ޝާދީންއަށް އުނިވެފައިވާ މަޔެއްގެ މަޤާމު ފުރަންފެށިއެވެ. އެދެއަތުގެ ތެރޭގައި ޝާދީންއަށް ހިމާޔަތްދިނެވެ. އަހަރުތަކެއްފަހުން ހައިޒަލް އައުމުން ދެކުދީން ބޮޑުވެގެން އައީ ދެބެންފަަދައިންނެވެ. އެހާ އެކުވެރިކޮށެވެ.
ޝާދީން ހައިލާގެ ކޮނޑުގައި މޫނު ފޮރުވާލިއެވެ. ވޭތުވެދިޔަ ހުރިހާ ދުވަހެއްގެ ހިތާމަތައް އެ ކޮނޑަށް ދޫކޮށްލަން އޭނަގެ ހިތްއެދުނެވެ. ހިތް ފުރެންދެން ރޯލަންބޭނުންވިއެވެ. އެއަތުގެ އޯގާތެރި އެންމެ ފިރުމުމަކަށް އޭނަވަނީ ކެތްމަދުވެފައެވެ. އެއަތުގެ އެންމެ އޯގާތެރި ފިރުމުމަކުން ހުރިހާ ހިތާމަތަކެއް ފިލައިގެން ހިނގައިދާނެއެވެ. އަލުން ހިނިތުންވެވިދާނެއެވެ.
*** *** *** *** *** ***
އިރުއޮއްސުނީއްސުރެ ލައިޝާ އިންތިޒާރުކުރަމުންދިޔައީ ޝަޔަމް ގެއިން ބޭރަށްދާނޭ އިރަކަށެވެ. އެންމެފަހުން ވަގުތުތައް ފާއިތުވަމުންގޮސް އަށްގަނޑި ބައިވީތަނާ ލީވާންގެ ފޯނެއްގައި ހުރެ ޝަޔަމް ގެއިން ނިކުމެގެންދިޔުމާއިއެކު ލައިޝާ ކޮޓަރިއަށް އައިގޮތަށް ބޭރަށްދާން ތައްޔާރުވާންފެށިއެވެ. ރޭގަނޑުގެ ވަގުތައްވިޔަސް މާބޮޑަށް ރީތިވާކަށް ލައިޝާ ނޫޅުނެވެ. ނޫކުލައިގެ ރޮނގުދެމި ގަމީސްކޮޅަކާއިއެކު މަޑު ނޫކުލައިގެ ސްކްނީ ބެގީކޮށްލުމަށްފަހު އިސްތަށިގަނޑު ކުރިމައްޗަށްވާގޮތަށް އައްސާލިއެެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާލިއެވެ. އެންމެފަހުކަމަކަށް ސެންޓްކޮޅެއް ބުރުވާލަމުން ހޭންޑްބޭގް ހިފައިގެން ނިކުންނަމުން ފޯނު ނަަގައި ލައިޝާ ކޮންމެވެސް މީހަކަށް ގުޅާލިއެވެ.
ފޯނުގައި ހުރެ ކާރަށް އެރިގޮތަށް ލައިޝާ މިސްރާބުޖެހީ މާބްލް ހޮސްޕިޓަލާއި ދިމާލަށެވެ. އޭނަގެ ހިތުގައި ހިނގާލައިފައި ޝައްކު ޔަގީންކުރުން ކޮންމެހެންވެސް މުހިންމުކަމަކަށްވެފައިވެއެވެ. އޭނައަށް އަންނަ ބަދަލުތަކާއިއެކު އެ ހަށިގަނޑުގައި އުފާވެރިކަމުގެ ވިންދެއް ޖަހާލައިފައިވެއެވެ. އޭނައަށް ހީވާ ހީވުން ތެދަކަށްވުން އެދި ދުއާކުރެވުނު އަދަދެއް ހުދު އޭނައަކަށްވެސް ނޭނގުނެވެ.
*** *** *** *** *** ***
ރޭގަނޑުގެ ކެއުމަށްފަހު ކޮޓަރިއަށްވަތްގޮތަށް ސްޓަޑީ މޭޒުކައިރީ އިށީދެ އޮފީސް ކަންކަމަށް ބޭނުންކުރާ ލެޕްޓޮޕް ހައިޒަލް ހުޅުވާލިއެވެ. މިވޭތުވެގެންދިޔަ ދުވަސްތަކުގައި ކޮމްޕެނީގެ މަސައްކަތްތަކަށް ވަގުތު ނުދެވުނީތީ މަސައްކަތްތައް ފުނިޖެހިފައިވެއެވެ. އެހެންނޫނަސް މިހާރު ކުންފުނީގެ ބޮޑެތި ނިންމުންތަކެއް ނިންމަންޖެހިފައިވެެއެވެ. ހައިޒަލް ވިސްނަމުންދަނީ ކުންފުނީގެ ނަން ބަދަލުކޮށް ކުންފުނީގެ ބޯޑުވެސް އަލުން އެކުލަވާލުމަށެވެ. އައްމާރާއި އަލްހާންގެ ނުފޫޒް ކުންފުނީގެ ތެރޭގައި ހިނގާފަދަ ފުރުސަތެއްދޭކަށް އޭނަ ބޭނުމެއްނޫނެވެ. މިހާރު ބޯޑް މެންބަރުންގެ ގޮތުގައި ތިބި އަލްހާންއާއި އައްމާރުގެ ގާތް ފަރާތް ތަކުން އޭނަގެ ނިންމުންތަކާއި ދެކޮޅު ހަދާ ކޮމްޕެނީތެރެ ގަނޑުބަނޑުކުރަން އުޅޭނޭކަމީ ހައިޒަލްއަށް ޔަގީންވާކަމެކެވެ.
މޭޒުމަތީގައި އޮތް ފައިލް ހުޅުވާލަމުން ހައިޒަލް ލެޕްޓޮޕަށް ނަޒަރު ހުސްކޮށްލިތަނާ ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ހައިޒަލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ އެއީ ނައިނާކަމަށް ހިތް ބުނެލުމުންނެވެ. ހައިލާއާއިއެކު ވިންޓަރބްރީޒްއަށް އައުމަށްފަހު އެދެލޯބިވެރިންނަށް ލިބިފައިވާ ފަހި ފުރުސަތުގެ ބޭނުން ހައިޒަލް ހިފާނެކަން ޔަގީންވާތީ ކޮޓަރިން ބޭރަށް ފިޔަވަޅެއްވެސް ނާޅާ ހުރެފައި ނައިނާއަށް ކެތްނުކުރެވުނީކަން ޔަގީނެވެ. ހައިޒަލްގެ ހަށިގަނޑަށް ލިބުނު ފޯރިއާއިއެކު ވައިރޯޅިއެއް ފަދައިން ގޮސް ދޮރުހުޅުވާލިއެވެ. އެއާއިއެކު އޭނަ ރަކިވީ ދޮރުމަތީހުރި ހައިލާ ފެނިފައެެވެ. އޭނަ އައިގޮތުންވެސް މަންމައަށް ޝައްކުވާނެކަން ޔަގީނެވެ.
“އެހާ ބާރަކަށް އައިސް ދޮރުހުޅުވީ މަންމަކަމަށް ހީކޮށްފައެއްނޫން ދޯ…” ހައިޒަލްގެ މޫނަށް ވެރިވެގެންދިޔަ ކުލަވަރު ދެކެން ހުރެފައި ހައިލާ އޭނަގެ ފިރިހެންދަރިފުޅާއި ދިމާކޮށްލިއެވެ.
“އެހެނެއްނޫން… މަންމާ ކަމަކުތޯ…” މޫނަށް ވެރިވެގެންދިޔަ ކުލަވަރު ފޮރުވާލަމުން ހައިޒަލް ސުވާލުކުރުމުން ހައިލާގާތަށް ހިނި އަންނަ ގޮތްވިއެވެ.
“މަންމަ ދަރިފުޅާއި ވާހަކައެއްދައްކާލަންވެގެން… ދަރިފުޅަށް ބުރަ ވަގުތެއްތަ؟” ހައިލާ ސުވާލުކުުރިއެވެ.
“މަންމަ ބޭނުންވާވަގުތަކު އަޅުގަނޑު ބުރައެއްނުވާނެ…” ހައިޒަލް ހައިލާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެ ސޯފާގައި ބޭންދިއެވެ. ސޯފާގެ ތިރީގައި ދުއްވާލެވިފައިވާ ބޯކާޕެޓްގަނޑު މަތީގައި އިށީދެ ހައިޒަލް ހައިލާގެ އުނގުގައި ބޯއަޅާލިއެވެ.
“މަންމާ ބުނެބަލަ…” ހައިލާގެ އިނގިލިތަކުން ހައިޒަލްގެ ބޯމޮޑެދެންފެށިއިރު އަރާމްވެގެން ހައިޒަލް ލޯމަރާލިއެވެ.
“ދަރިފުޅު މަންމައަށް ކިޔައިދޭންޖެހޭ އެއްވެސް ވާހަކައެއް ނެތްތަ؟” ހައިޒަލްގެ ފަން އިސްތަށިގަނޑު ތެރޭގައި އިނގިލިތައް ހިންގަމުން ހައިލާ ސުވާލުކުރިއިރު ނަޒަރު ސީދާވެފައިވީ ހައިޒަލްގެ މޫނަށެވެ. ނައިނާއާއި ހައިޒަލްގެ ގުޅުމާއި ޝަލީންއާއި ކުރެވުނު ކައިވެނީގެ ހަބަރު ލިބިފައިވީނަމަވެސް ހައިލާ ބޭނުންވީ ސުވާލުކުރުމަކާއިނުލާ ހައިޒަލްގެ ފަރާތުން އޮޅުންފިލުވާށެވެ. ނަމަވެސް އެސުވާލުގެ ޖަވާބެއްގެ ގޮތުން ހައިޒަލް ބޯހޫރާލިގޮތުން ހައިލާ އެވާހަކަފެށިއެވެ.
“ދަރިފުޅާއި ނައިނާއާއި ދެމެދު އޮތީ ކޮންގުޅުމެއްކަމާއިމެދަކު މަންމަ ސުވާލެއްނުކުރާނަން… މަންމައަށް ވަރަށް ރަނގަޅަށް އިނގޭ ތިދެކުދީންގެ ގުޅުން…. ނައިނާ ބްލޫސްއަށް ވަނުމަށްފަހު ދެކުދީންގެ ގުޅުން ބަދަހިވެގެން އައި ތަން މަންމަގެ ލޮލުން ދެކުނީން…. މަންމަ އެކަމާއި އުފާކުރީން… އެކަމަކު ސަބަބަކާއި ނުލައި ޒެލް ނައިނާ ދޫކޮށްލާފައި ޝަލީންއާއި ކައިވެނިކުރުމަކީ މަންމައަށް ޤަބޫލުކުރެވުނު ކަމެއްނޫން… ދަރިފުޅާ ކީއްވެ އެގޮތަށް ކަންތައްކުރީ… ނައިނާ ބޭނުންނުވިނަމަވެސް ރީތިކޮށް އެކަން ނިންމާލިނަމަ… ހާދަވަރަކަށް ދަރިފުޅު ނައިނާ ހިތުގައި ޖެއްސީމައޭ ނައިނާ އެވަރަކަށް ރޯނީ… ޒެލްއަކީ މަންމަގެ ދަރިއަކަށްވިޔަސް ކައިވެންޏެއް ކޮށްގެން ހުރެ ދަރިފުޅު ތިގުޅުން ކުރިއަށްގެންދާކަށް މަންމައަކަށް ހުއްދައެއް ނުދެވޭނެ… އަމުދުން ޝަލީންއަށް އެހާބޮޑު ހިތާމައެއް ލިިބިފައި އިންދާ… މިހާރު ތިހެން އުޅެގެން ދެކުދީންނަކަށްވެސް ދިރިއުޅުމެއްނުލިބޭނެ…” ހައިލާ ވާހަކަދައްކަމުންދިޔައިރު އެއަޑުގައިވީ ހައިޒަލްއަށް ވިސްނައިދޭފަދަ ރާގެކެވެ. މިހާ ދުވަސްފަހުން ދަރިފުޅުގެ ދިރިއުޅުމަށް އައިސް ގޮތްކިޔަން ބޭނުންނުވިޔަސް ނައިނާއަށްޓަކައި އެވާހަކަދެއްކުން މުހިންމުކަމަކަށްވެފައިވަނީއެވެ. ހައިޒަލްއަކީ ދަރިއަކަށްވިޔަސް ހައިޒަލްގެ ސަބަބުން ނައނާއަށް ދެރައެއް ލިބޭތަން ދެކޭކަށް އޭނައަކަށް ނުހުރެވޭނެއެވެ.
“މަންމާ… ޝަލީންއަކީ މިހާރު އަޅުގަނޑުގެ އަނތްބެއްނޫން… އަޅުގަނޑު ޝަލީން ވަރިކޮށްފިން… ޝަލީންގެ ބައްޕަ ޝަލީންއަށް މަޖުބޫރުކުރުވައިގެން އެކައިވެނި ކުރުވިއިރުވެސް އެ ކައިވެނި ސައްހައެއްނުވާނެ… އަޅުގަނޑުގެ އަނތްބަކަށްވުމުގެ ކުރީންވެސް ޝަލީންއަކީ އެހެންމީހެއްގެ އަނތްބެއް… މަންމަ ތިހީކުރާފަދަ ގުޅުމެއް އަޅުގަނޑުމެން ދެމީހުންގެ މެދަކު ނެތް… އަޅުގަނޑު އަބަދުވެސް ބޭނުންވީ ނައިނާ… ހާލަތު މަޖުބޫރުކުރިގޮތުން ނައިނާ ދޫކޮށްލީ ލޯބިނުވާތީކީނޫން… ނައިނާގެ ދިރިއުޅުން އަނދަވަޅަކަށް ވައްޓާލަން ބޭނުންނުވީ….” ހައިޒަލް ހައިލާގެ އަތުގައި ހިފައިލައިގެން އެ މޫނަށް ނަޒަރުހުއްޓާލައިގެން އިނދެ ކިޔައިދެމުންދިޔަވަރަކަށް ހައިލާގެ ލޮލަށް ކަރުނަގިނަވިއެވެ. މަޔަކަށްވެ ހުރެ ދަރިފުޅު ތަހައްމަލްކުރި ވޭންތައް އަޑުއެހުމަކީ ގައިމުވެސް ފަސޭހަކަމެއްނޫނެވެ. އެއީ އޭނަގެ ލޮލުގެ ނޫރެވެ. ކުޑަވެސް ހިތާމައެއް އެހިތަށް ލިބެން އޭނައަށް ރުހެވިދާނެ ހެއްޔެވެ؟
“ގަދަކަމުން ކައިވެނިކުރީމަ ވާގޮތް ރަނގަޅަށް އެނގިހުރެވެސް އަލްހާން…. އަލްހާންއާއި ރިހާނާގެ ކައިވެންޏަކީ އަލްހާން ބޭނުންވެގެން ކުރެވުނުކަމެއް… ޝާދީން ލިބުމަށްފަހުވެސް އެދެމެދުގައި ހިނގާދިޔަ ޒުވާބުތައް އަލްހާން ހަނދާންނެތުނީބާވައޭ ހިތަށް އަރާ…” ހައިލާގެ އަތްމުށްކެވިގެންދިޔައިރު އެދެލޮލުން ރުޅިވެރިކަން ފެނިލިއެވެ. އަލްހާން ހަމައެކަނި ހަލާކުކޮށްލީ އަޒްހާންގެ ދިރިއުޅުމެއްނޫނެވެ. ހައިޒަލްގެ ހަޔާތްވެސް އަނދިރިކަމަށް ގަންބާލިއެވެ.
“ދަރިފުޅާ… ބޭރުފުށުން ހިތްވަރުގަދަކަމަށް ފެނުނަސް ނައިނާއަކީ ބަލިހިތެއްގެ ވެރިއެއް… އާނީއާއި ނިހާންގެ ވަކިވުމަށްފަހު ހަޔާތަށް އައި އަނދިރިކަމުން ނައިނާ އަރައިގަނެގެން އެ ހުރީ ލައްކަ މަސައްކަތުން… ދަރިފުޅު ނައިނާއަށް ދެރަގޮތެއް ނުހަދައްޗޭ… އެއީވެސް މަންމަގެ ދަރިއެއް… ދެރަގޮތެއްވާކަށް މަންމައަކަށް ނޭނދެވޭނެ…” ހައިލާ ހައިޒަލްގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ވާހަކަދެއްކިއެވެ. ނައިނާއަކީ އަންހެންކުއްޖަކަށްވާތީ ވަކި ހިސާބަކުން އޭނަގެ ލޯމަތީން ދުރަށްދިޔުމަކީ ނުވެ ނުދާނޭކަމަކަށް އިނގޭތީ އޭނައަށް އެކަމާއި ނުހަނު ވިސްނުނެވެ. މިއަދު އޭނަގެ ހިތަށް ލިބުނު ޔަގީންކަމާއިއެކުވެސް ބިރުހީވެފައިވަނީ އަމިއްލަ ދަރިފުޅުގެ އަތުން އެ ނާޒުކް ހިތް ހަލާކުވެގެން ހިނގައިދާނެއަތީއެވެ.
“މަންމަ އަޅުގަނޑަށް އިތުބާރުކުރޭ… ކޮންމެގޮތަކަށް ފެށިގެން އައި ގުޅުމެއްކަމުގައިވިޔަސް އަޅުގަނޑު ނައިނާދެކެ އިންތިހާއަށް ލޯބިވަން… ނައިނާ ދޫކޮށްލުމަކީ ފުރާނަހުރެގެން ކުރާނެކަމެއްނޫން… ރުހުމުގައި އަޅުގަނޑުގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުންވާ ކުއްޖަކު ނައިނާ ނޫނީ ނެތް….” ހައިޒަލް ވާހަކަދައްކަމުންދިޔައިރު އެއިން ކޮންމެ ބަހަކުން އެބަސްތަކުގެ ޔަގީންކަން އަންގައިދިނެވެ. އެލޮލުން ފެނުނީ ނައިނާދެކެވާ މަތިވެރި ލޯތްބެވެ.
“މަންމަ ވަރަށް އުފާވެއްޖެ… މާތްﷲ ދަރިފުޅުމެން ދެކުދީންނަށް އުފާވެރިދުވަސްތަކެއް ދެއްވާނެ… ދަރިފުޅުގެ އަނތްބެއްގެ ގޮތުގައި އަންނަ ކުއްޖެއްގެ އަތުގައި އަޅުވަން މަންމަ މި އަނގޮއްޓި ގެންގުޅޭތާ ހާދަ ދުވަހެއްވެއްޖެއޭ… މީ ބައްޕަގެ ފަރާތުން މަންމައަށް ލިބުނު ކައިވެނީގެ ހަދިޔާ… ބައްޕަގެ އެންމެފަހުގެ ހަނދާން.. ދަރިފުޅު ފެނުނީމަވެސް އެދުވަސް ހަނދާންވެއްޖެ… ދަރިފުޅު ތިއީ ދަރިފުޅުގެ ބައްޕަ… އަޒްހާން ދުނިޔެއާއި ވަކިވީއިރު ހުރީ ހަމަ ތިހެން… މިއަދު އަޒްހާން ހުރިނަމަ ވަރަށް އުފާވީސް…” ހައިޒަލްގެ އަތުގެ ތެރެއަށް އެ އަނގޮއްޓި ލައިދެމުން ހައިލާގެ ލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި ފުހެލަން ލޯ ކައިރީ އިނގިލި ޖައްސާލުމާއިއެކު ހައިޒަލްގެ ދެއަތުން ކަރުނަ ފުހެލަދިނެވެ. މަންމަ ގާތު ނުރުއިމަށް އެދުނެވެ. މަންމަގެ ކަރުނަތަކުން ބައްޕަގެ ފުރާނައަށް ދަތިކަން ލިބޭނޭކަމަށް ބުނެދިނެވެ. އަޒްހާން ދުނިޔޭގައި ނެތަސް ބޭނުންވާނީ އަންހެނުންނާއި ދަރިފުޅު އުފަލުގައި ތިބުމަށެވެ. އެހެނީ އަޒްހާން ދުނިޔެ ދޫކޮށްދިޔައީ އަންހެނުންނާއި ދަރިފުޅުގެ ހައްޤުގައެވެ. އެދެމައިންދެކެ ވާލޯބި ޝައްކެެއްނެތް މިންވަރަށް ސާބިތުކޮށްދީފައެވެ.
“މަންމަ ބޭނުންވެލައްވާ ކަމެއް އޮތްނަމަ ބުނުއްވަބަލަ… އަޅުގަނޑުކޮށްދޭން ބޭނުން… މަންމަގެ ބޭނުންނަމަ މަންމަގެ އާއިލާވެސް ގެނެސްދެން އަޅުގަނޑު މިހުރީ…” ހިނދުކޮޅަކަށް ދެމިގެންދިޔަ ކަރުނަވީ ވަގުތުކޮޅަށްފަހު ހައިޒަލް ވާހަކަދެއްކިއެވެ. މަންމަގެ އުފަލަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއްކުރަން އޭނަ ހުރީ ތައްޔާރަށެވެ. މިއީ އޭނަގެ ދުނިޔޭގެ ރާނީއެވެ. ވޭތުވެެގެންދިޔަ ހުރިހާ އަހަރަކަށްވާވަރަށް މަންމަައަށް ލޯތްބާއި އުފާދޭން ބޭނުންވެއެވެ.
“މަންމައަކީ އާއިލާއެއް ހުރި މީހެއްނޫން… މަންމަގެ ގާތްބަޔަކަށް ތިބި މީހަކީ މިލީއާއި މިޙުރާން… ނުދެކޭތާ 21 އަހަރުވިޔަސް މިލީ ފެނުނަސް މިއަދުވެސް މަންމައަށް އިނގޭނެ… އެއީ މަންމަގެ އެންމެ ގާތް އެކުވެރިޔާ… މިހުރިހާ ދުވަހު ދުރުން އުޅުނަސް މިލީގާތަށްދާން ބޭނުންވި… އެކަމަކު މިޙުރާންއަށް ދިމާވިކަންތަކަށްފަހު އެދެމަފިރިންނަށް އިތުރު ބުރަކަމެއްދޭން ބޭނުންނުވީ… ހިތަށް އަރާ މަންމައަށް މިލީ ފެންނާނެނަމައޭ…” ހައިލާގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ މާޒީގެ ފޮނި ހަނދާންތަކެއް އާވެފައިހެން ހީވިއެވެ. ދުވަސްތަކާއިއެކު ފަނޑުވެގެންދާވަރަށްވުރެ މިލީނާ އެ ހިތުން ހޯދާފައިވާ ޖާގަ މާމަތިވެރިއެވެ. އެއީ އަޒްހާންއާއި މަލަކާއަށްފަހު އޭނަައާއި ދިމާވި އެންމެ އޯގާތެރި އިންސާނާއެވެ.
ފުދޭވަަރަކަށް ދަންވަންދެން ހައިޒަލް އޭނަގެ މަންމައާއި ވާހަކަދައްކަން އިނެވެ. މާޒީގެ ވާހަކަތައް ހިއްސާކުރަމުންދިޔައިރު އެދެމެދުގައި ގުޅުން ކުރިއަށްވުރެ ބޮޑަށް ބަދަހިވިއެވެ. ހައިޒަލްގެ ފޮޓޯތަކުން ފުރާލެވިފައި ފޮތްބަލަން އިންއިރު ހައިޒަލްގެ ލޯތެމުނެވެ. މިހުރިހާ ދުވަހަކު މަންމަ އޭނަ ހާއްސަ ކުރިވަރާއި އޭނަ މަތިން ހަނދާންކުރިވަރު އިނގިފައި އެހިތުގައި ހައިލާއަށް ދެވިފައިވާ މަޤާމު ދެގުނަވިއެވެ. މަންމައަށް ތައުރީފުކުރެވުނެވެ. އެތައް އަހަރެއްފަހުން އެލޯބިލިބުނުކަމީ އޭނަގެ ނަސީބެވެ.
*** *** *** *** ***
މެންދުރުގެ ކެއުން ނިމުނުގޮތަށް އަރާމްކުރަން އެމީހަކު އެމީހެއްގެ ކޮޓަރިވަދެ އަވަދިވުމާއިއެކު މިޑޯވިއުގެ ލިވިންރޫމް މުޅިހެން ފަޅުވިއެވެ. މޭޒުމަތީގައި ހަޑިވެފައިހުރި ތަށިތައް ނަގަން ނޯކަރުންނަށް އެންގުމަށްފަހު އިޔާނާ ޑްރައިވަރާއިއެކު ބޭރަށް ނިކުތީ ރެޔަށް ކެއްކުމަށް ބޭނުންވާ ބައެއް ސާމާނު ގެނައުމަށްޓަކައެވެ. އޭރު ޝަލީން ނޯކަރުކުދީންނާއިއެކު އެކުދީންގެ މަސައްކަތުގައި ބައިވެރިވެގެން އުޅެއެވެ.
ގޭގެ މައިދޮރުގެ ބެލްގެ އަޑާއިއެކު ތަށިތައް ދޮންނަ ހަވާލުވެގެން ހުރެފައި ޒޭބްއަށް ދޮރުހުޅުވަންދާން ޝަލީން އެންގިއެވެ. އެއާއިއެކު ތަށިތައް ޑިސްވޮޝާރއިން ނެގި ގޮތަށް ހޯލްޑަރުގައި ބެހެއްޓުމަށްފަހު ޝަލީން މޭޒުމަތީގައި ފޮނި އެއްޗެހި އަޅާފައިވާ ޓްރޭތައް ނަގަން މޭޒާއި ކައިރިވިއެވެ. އެވަގުތު ބޭރުން ޒޭބް ގޮވާލި އަޑުއިވުނެވެ. ގެއަށް މެހެމާނަކު އައީހެން ހީވިގެން ކުރަން ހުރި މަސައްކަތް ބަހައްޓާފައި ތުވާލިކޮޅަކުން ދެއަތް ފުހެމުން ޝަލީން ލިވިންރޫމްއިން ނިކުތެވެ. ސޯފާވަށައިލައިފައި އޭނަ ދޮރުމައްޗަށް ހުއްޓުމާއިއެކު ޒޭބް ދޮރުގެ ކުރިމައްޗަށްވާގޮތަށް ހުރެފައި އެއްފަރާތްވެލީއެވެ. އެއާއިއެކު ދޮރުމައްޗަށް ހުރަސްވި ބަޔަކުފެނިފައި ޝަލީންގެ ދެފައިގައި ހިލިހިލާގަނޑެއް ޖެހިފަދައެވެ. ދެލޯބޮޑުވެގެންދިޔައިރު ދޮރުމަތީގައި ތިބިމީހުންނާއި ދިމާލަށް ބަލާލެވުނީ އެމީހުން މިޑޯވިއުއަށް އަންނަންޖެހޭ ސަބަބެއް ނޭނގިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
107 Comments!
Comments are closed.






Here is the 77 th part of story.. sorry for the late update.. reyga dhira akah site akah nuvadhevunu.. ehenve vaahaka up nukurevunee.. dhen balaali iru site ah vadheveythee mi upkohlee.. comments thakah reply nukurevuneethee varah bodah maafah edhen.. aslu varah dheravehjje comments kiyaafa gina readers dhira ah trust nukuraakan inguneema.. lasvaa namaves dhira angaalan.. ekm reyga site ah nuves vadevunu.. anyway thanks for waiting patiently.. next part liyevunuhaa avahah up kohlaaanan… adhi suvaaleh eba oih.. shaleen ah efenunee kon baeh hen readers ah heevanee.. mee mi vaahaikaige past genesdheyne enme fahu episode.. ummeedhu kuran past aai behey hurihaa kameh kiyuntherin nah olhun filuvaidhevunu kamah.. thanks for the love and support
Yayyyyy! Me first dhw?
congrats on being first dear
Eyy ma first dhw..kiyaafa comment eh kohlaanan..k
dear mifaharu second
Varah rythi..
thankss dear
Haada lahey up vaalen .. when is the next part?? Pls than’kolhen avahan’ up konla dhen’chey…❤❤❤
sorry dear.. liyevunuhaa avahah upkohlaanan
I was waiting for the story and finally ???kiyaalaafa comment kohlaanu ingyyy ???
Woww varah reethi ingyy???? whn is next part ??? waiting ??? Ly ????????❤️❤️❤️
thanks dear.. as soon as possible
police
hingaa dhw balan
Masha Allah. Hama bunevenee mihen comment akun thaureef hahgu vaavarahvure maa bodahves vaahaka furihama ey. this is the best story I ever read. Thankolheh avahah dhen anna Bai genes dhehchey. Love you mihaaru reethi story eh genesdheythee. ????
thankss dear.. alhe dhira mi inee bunaane ehjeh nethifa mi comment kiyaafa.. varah ufaavehjje dear mi vaahaka ehaa kamudhiyaima.. liyevunuhaa avahah up kohlaannan.. its my pleasure.. thankss once again
Asluves Hama varah salhi mi story hithah arany ebahuttey varah visnalaafa..asluves varah touching story eh…next part when? Haadha inthizaaru eba kuramey
Varah varah reethi ingy
thankss dear
Masha Allah varah reethi mi part ves. Police hen heevany e aee. Next part ah Inthizaaru kurevey. ❤??
thankss dear.. lets see dhw
I think police officers kanne e aii BTW vaahaka Vvvv reethi hama 1 vana dhey varu veyy mi vaahaka ah❤❤❤❤??????
thankss dear.. alhe dhiraa varah ufaavehjee dear ge 1 vana libuneema.. hingaa dhw balamaa police thw
Polihun hen heevani midoview ah aii…shaleen bappa hahyaru kuran
hingaa dhw balamaa
Police
Varh reeethu mi vaahaka ..Konirakun next part
thankss dear.. liyevunuhaa avahah.. hingaa dhw balan kon baeh tho
Thanks for the AP. Vv.reethi mmii part ves. Keep up the Good work.
I wish you a bright future. Dhiraa you’re the best.
mention not.. thankss dear… thank you so much.. love from me
aley varah reethi haige dad ves hurinama dho salaamai vegen
thankss dear.. haige dad ah salaamaih nuvevunee dhw kanthah vee gothun.. its so sad he has to leave his wife and child that way
Polihun aiee yo. ??
aslutha? hingaa bala dhw balan
Naina aa haizal ge part thah haadha madhey dhiraa..and i have a request..mivaahaka nimeynee hai and nai marry kohgen dho.marry kuraa gothah vaahaka ninmaa nulahchey dear..marry kohgen happy life eh ga ulhelaafa ninmaalan vaanee..eyrah vaahakaage nimun veehaa ves reethi vaanee
then huri part thakuga gina kohlaanan ingey.. aslu mihaaru stable vefa huri relations ah vure vaki kolheh ga nujehifa thibi couples ah mi focus kuranee.. like lai and shayam.. shavaa and yazdhaan.. vaahakaige nimun dhw.. eee suprise eh ingey.. gaimuves dears like vaagothakah ahnaanee… lets wait for it dhw.
Police
lets see dhw
Police
lets see dhw
Yageenun ves police
lets see dhw
dhiraa ur my biggest inspiration.. haadha reechey sifa kurun genessa hunna goi.. mi story hama varah habbu.. curiously waiting for the next part.. comment nukuriyas alhugandakee gavaidhun mi vaahaka kiyaa kujjh..????
thankss dear.. varah ufaa vehjee nayaa ge inspiration akah dhira veema.. aslu varah hiyaa hama jehihje mi baige sifa kurunthah hurihaa kudhin nah kamudhiyaima.. varah bodah focus kohgen ebai genesfa ehuree.. varah ufaavehjee baraabarah kiyaakan iguneema.. nice to meet you dear
Esfiya ah vannan udhagoo thakeh dhimaavi hai ah ves anyways dhiraa vaahaka varah reethi igey heevanee police or Mayan men kahneyge varah varah furihama emotions genesdheefa huri goiy varah loabi keep going dhiraa kuriah baarah kuriah dhiraa ah vaane ????♥️
update veema aslu furathama udhagoovi dhw vahnan dear ah.. dhira ah ves thihen vi.. thankss dear.. epart kamudhiyaima aslah ves varah ufaa vehjje.. hingaa dhw balan kaakutho.. thanks for the support and love dear.. your comments make my story complete
Awwwn it’s so touching ? I luved this part! When is the next?
thankss dear.. trying my best to update on saturday night
I loved this story and am reading from the very start???….I can understand if u upload it late…..dont worry….im rooting for you?????
thankss dear.. and thanks for being so understanding and supportive.. im so happy to have a reader like you.. thankss my dear
?????love it
awwn.. thankss dear
Vvv rythi mi part ?♥️?
thanks dear
whennn next part?????
trying my best to update oh saturday night
mi stroy ge adhi baaky kithah bai in kan bunelevidhaane tha ?
enme ginavegenves 3 or 4 eps dhen ihnaanee
Upload kohdhehne dhuvaheh nubunevenetha dhiraaa
dhira my try kuranee saturday night ga kureveytho.. aslu nukurevigen kiyuntherin maayoos kohnulanvegen soon eyy bunee.. but will try my best to bring the next ep on saturday night
Mi meehun haadha moyaeyyy.. Police eh nooney e aeekee.. Mayaan ge parents.. Hama mayaaan govaigen vs aisdhaane ennu.. ? ? ?
hama thihenves vedhaane ingey dear.. lets see dhw
??❤?V v salhi inge mi bai..kon irakun next dhiraa
thanks dear
Dharifulhu dheke loabivaa mayaku nudhaane dhari dhookolaafa no matter what the circumstances are. Anekkaa azhaanves maruvumuge kurin buni Dharifulhu rangalha balachey. So that part was not very realistic
thankss dear… well hailaa had her reasons.. and she was in a tough situation.. it will be very difficult to think straight in that situation.. but for sure hailaa loved her son
Hairaage mahaanaiga Valhulaafa othee dhen kaaku? Kithanme varaakah vakinuvaavarah meehaa zahm ve fihifa othas doctorunnah ingeyne e meehaa akee kaaku kan test thakaa echehi hadhaigen. Dhen mi part in maazee ekkoh ninmaali iru mi hurihaa suvaalu thakuge javaabeh nulibeyey.
visnailaigen kiyaifihyaa thi suvaaluthakuge javaabu libeyne dear.. hailaa noonee dhen ethaa ohnaanee e haadhisaaga maruvi konmeves meehehkan nubunyas ingeyne… dhen dhira akah hiyeh nuvey e haaluga ohna meehehge test takeh hadhaa valhunulaa gina iru kuraane heneh.. dhira ah ingifa in gothun aamukoh body ideny kuranee apearence noonee emeehehge hasigadhuga huhna ehjehin.. like watches, necklace.. hailaa eynage fah ehlaalee ehenve.. body identify kuraanee ailaa meehun.. mi vaahakaige part ehga alhaan aai rihanan body balan mortuary ah vaih vaahaka inehnu.. hope this gives a clear answer
Hairaa karuga oh fai ethana ehllaalee dho. Meehaku karuga elhuvi vaahakaeh nethehnoon bunefa. Dhen raihana aa alhaan body balan mortuary ah vanas kihineh e fai onnaanee. Alifaanuge haadhisaa ga veegoi varah hamanujehey. Mihen bunyas rulhiannaanee magey dheke
As a reader i would like to say something to the writer. You want to be a successful writer dho. Then stop trying to favor your readers. Readers please dont be offended by this. The thing here is she writes it so well and you all should understand the circumstance of a writer she is studying. Some of you all thinks shes free. And writing and typing is easy. If so dirra why dont you give them to typ. You could just give the outline ask them to write. You just cant typ something so fast and thaana is not easy to type. And dhiraa. Actually if you are wrting a story and your not settisfied with it dont upload it. And always make a certain day to upload it. Uploading it everyday ia not a must. And kiyun therin upload upolad upload lasvathy ey kiyan hadhin i thing at sone point of this story you have done lot of mistakes. Kuri masahkai laun ethah fahraku kuran jhunny.
And yet some only accepted it. Look Meehun kiyaane ehchi varah. Ekm ehmnahvx fehnanny mistake not the effort and courage you trying to please them. And upload kohffa dont blend it again its kind of very odd. Keep it like that. Is good. Believe me i love this story Only few will appriciate it. What i want say is. Kuruviyas dhiguviyas. The way you have writen it be it like that. Dont let your work be a reflection of commters thoughts. And their wish. I hope anyone will not feel bad about this but this true. And i loved this story. And have read all the parts and this the 1st comment of me. Dhirra you have done a good job trying to please your reader. But hope you ll not this. ??
Lengthy coco palm-tree varuge commenteh nuliyunas hama nujehey gabool nukurevey kanthah huriyyaa buneveyne, bayakah hajam nuviyas
thanks dear thikan ragalhukuraanan ingey.. mistakes hedhunu ep thakah ehenvee dhira maa avas aruvailagen liyuneema.. e ep thah fahun dhira bahalukurin.. asluves dear thibunee ragalhu vaahakaeh.. thaana type kurumakee varah undhagoo kameh dhw.. thanks for the advice dear,, its no nice to have such an understanding reader.. i will try to correct those parts which im lacking
This story is amazing Masha Allah. To be honest mivaahaka kiyaa hithun mi site ah ves vahnany. Keep it up dear. On waiting. Ly dhiraa?❤?
thank you so much dear.. im so happy to hear that.. your comment motivated me alot.. keep waiting darla
When next…… This story is awesome cannnnnnn’t wait dhiraa???❤️❤️
insha allah mireyge vaguthehga.. thanks dear
Alhe dhiraa mi vaahaka nimumun mihaa reethi ehn vaahakaeh vx liyahcheyyy……Ur sifakurun and vaahaka genessa Inna goi.. I love it….mi vaahaka nimeythee v sad but konmevx dhuvahakun nimeyne dhww….. Mi part vx v v reethi…….. Waiting for Saturday night to read next part
thanks dear.. insha allah dhira ge story eh adhi fehnaane ingey
Hairaa karuga oh fai ethana ehllaalee dho. Meehaku karuga elhuvi vaahakaeh nethehnoon bunefa. Dhen raihana aa alhaan body balan mortuary ah vanas kihineh e fai onnaanee. Alifaanuge haadhisaa ga veegoi varah hamanujehey. Mihen bunyas rulhiannaanee magey dheke
nooney dear.. thibaithah ihna episode eh adhi ineema ebai nuliyunee.. eba ahnaane haila and rihana bahdhaluvaa thankolhu
Baeh meehun hajam vumuga massala ulheyne.. Alhaaala ehcheh nuun .. falhoa kaigen nama vx hajam kohlaashey bunan othy
Alhaan and Raihaanaa mortuary ga oh body check koffa kihinehbaa eyee hairaa kamah ninmee. Hairaage karuga oi fai ehlaalivaahaka oi bunefa ethaange thereah. Meehaku ge karuga elhee eh noon dho.
thanks dear will be giving a detail info about it
Neg comments libuneema e comment approve nukoh comment section ah add nukoh huttas vaahakaiga hama nujehey kankan sirreh nuvaane. Dhen vaahaka liyumaa type kurumakee burakamekey nikan kiyuntherin outline eh namaves liyebalaashey kiyaa iru neygeytha liyuntheriyaa ge zinmaa eh kan vaahaka liyumakee. Kiyuntherin kiyanee binaakuranivi faadukiyaanee. Hamanujehey kameh faahanga vanyaa bunaane dho. Dhen hama very nice very nice lysm kiyaafa liyaa comment ekani dho approve kuranee. Mi vaahaka mee aharen es feshuneesurre kiyaa vaahakaeh. Dhen hamanujehey kankan hureema buneveynethaadho. That’s not discouraging, that’s called being sincere.
vaahaka ah libey hurihaa comments eh hen dhira aprove kuran vaahaka aai kiriyaaves gulhumeh hurinama.. dhenme site ah mi vatheeves.. vaih gothah mi approve kuree… dhen dhira hithakah ves naara mee negative comment ekey ves.. dear amihla ah ehenves thi kiyanee.. i understand your point.. and will correct those
Kobaatha lai..eyna hospital ah dhiya vaahaka inennu fahakun eyna ge habareh nuvey dho..and dhiraa mirey dhw 78 vana episode..thankolheh avahah up kollahche
i will try my best.. ebai fahun naee.. but lai ge scene eh ihnaane next part ga
alhey haadha udhaguley mihaaru mi update vi fahun….vvv reethi masha allah..
thanks dear
Salih asluves
Thanks dear
Dhiraa kobaa tha aneh part???
Haadha gina dhuvahekey dhn pleex up kohllabala
Saturday night ga upkohlaafa ihnaanee.. dear adhi check kohlabala
Wow v v v furihama mi baives … Love it … I’m getting very exited … Best of lick dhiraa .. Love this story n love u dhiraa
thanks dear.. im so happy to hear that
vrh lwbi story eh . vrh herat touching and love it. keep going. cant wait next part. heevany police aiyh hn ehnoony shaleen bappa mayaan govaain egeah aiyh
Thanks dear.. cant express how happy i am to hear those word… next part kiyaaleveyne mihaaru.. dear balaalabala kaakutho aee
Alhe aneh part up kohdheebala curiously waiting
Dear.. saturday night ga upkohlaafa ihnaanee
Dhiraa keehve tha aneh episode nufenanee??
alhe dear nufeneytha ekam varah gina kudhin view kohffa comment kohfa ves eba huri
dears.. dhira saturday night ga 78 vana part upkohffa ihnaanee.. dhira akah neynge baeh kudhin nah nufehnanee keehve kameh.. kon kudhinakah ebai nufehnanee… alun dhira ebai upkohlanveethr? reply kohlahjjey mi comment ah
Alhu akah nufeney ☹️
Alhugadakah vx nufeney
Alhugandakah v nufeneyy
Alhugadakah vx nunufeneyy
77 vana part enme fahun fennan inee keehve anehpart nufennanee esfiyainves nufenun
Nufeney