Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒެރާޝް 2

🌸Hya Level 1100 Login10 Stories
September 18, 2019 3 Mins Read
13 Comments

އޭރު އިނާލްގެ މޫނުމަތިން ފެނިލީ ނުރައްކާތެރި ކުލަވަރެކެވެ. އީނާލް ހިތްހަމަޖެހޭވަރުވުމުން ދުނިދަނޑި ތިރި ކޮށްލިއެވެ. ޝާހިން އަށް އޭނާ އެއްމިޔަކަނިން ހީލީ ލާނެތް ފާޑާކަށެވެ. އީނާލްގެ ދިގު ފަންއިސްތަށިގަނޑު ލުއި ހުޅިއެއް ޖަހާފައި ހުރުމުން ސާދާ ގޮތެއް ހުއްޓެވެ. ހުޅިން ދޫވެގެން ދެއަރިމަތިން އިސްތަށިކޮޅެއް ވެއްޓިފައި އޮތުމުން އީނާލްގެ ރީތިކަން ވީ އިތުރެވެ. ލައިގެން ހުރީ ކަޅުކުލައިގެ އަތް ދިގު މަތިކޮޅަކާ ކަޅު ސްކިނީއެކެވެ.” ކިރިޔާ ހިތް ނުހުއްޓުނީ….އީންގެ ކަމަކީ ތި….ތީގެން އަތް ދޫކޮށްލާނީވެސް އާދޭސް ކޮށްގެން…..ހިނގާބަލަ މެޗު ބަލަން ދާން…ވަރަށް ފޯރި އެބަހުރި….” ޝާހިން އައިސް އީނާލްގެ އަތުން ދުނިދަނޑި އަތުލިއެވެ.އަދި އީނާލްގެ ސައިޑް ބޭގަށް ލިއެވެ.”ހޫމްމްމް….ހިނގާ…” ޝާހިން ކުރުނުކުރާނެކަން އިނގޭތީ އީނާލް ހޫނ އަޅުވާލިއެވެ. މެޗެއް ބަލާކަށް އޭނާ ފޯރިއެއް ނެތެވެ. އޭނާ ބޭނުންވާ ކަހަލަ ހުނަރުވެރި މެޗެއް އަދިއަަދަށްވެސް އޭނާ އަކަށް ބެލިފައެއް ނެތެވެ. ތީރުތައް ދަބަހަށް އަޅަމުން ޝާހިން އާ އެކު އީނާލް މިސްރާބު ޖެހީ ފެރިދޫ ބޯޅަ ދަނޑަށެވެ.

ކައިރީގައި އޮންނަ ރަސްދޫ އާއި ފެރިދޫގެ އެކުވެރިކަމުގެ މެޗު ކުޅެވެމުން ދަނީ ނުހަނު ފޯރި ގަދަކަމާއެކުއެވެ. ފޯރި އާއި އެއްވަރަށް ދަނޑުމަތީ އެއްއަޑަކަށް ހިފާފައިވަނީ ސަޕޯރޓަރުންގެ އަޑެވެ. އީނާލް އަށް ޝާހިން އާއެކު އާދެވުނު އިރު މެޗުގެ ދެވަނަ ހާފް ފެށިއްޖެއެވެ. 1-1 އަކުން ދެޓީމް އެއްވަރުވެފައިވުމުން އެންމެނއ ވެސް ތިބީ މެޗު ނިމިގެން ދާނެ ގޮތް ބަލާލާ ހިތުންނެވެ. ޝާހިންއަކަށް މަޑަކުން ނުހުރެވުނެވެ. އޭނާވެސް ސަޕޯރޓުކުރަން ފެށިއެވެ. ޝާހިންއާ ދިމާލަށް ބަލަން ހުރި އީނާލް ހިނިއައެވެ. މެޗާ ދިމާލަށް އޭނާ ނަޒަރު ހިންގާލީ ކުއްލިއަކަށް ސަޕޯރޓަރުންގެ ހަޅޭކުގެ އަޑު ގަދަވުމުންނެވެ.

ބޯޅައާ އެއޮވަރަށް ފަރިތަކަމާއެކު ރަސްދޫ ޓީމުގެ ގޯލު އޭރިއާ ތެރެއަށް ވަން ޒުވާނާއަށް އީނާލްގެ ދެލޯ ހުއްޓުނެވެ. މީގެ ކުރިން އޭނާ ދުށް ފަރާތަކަށް ނުވުމުން އެ ޒުވާނާ އާ މެދު ހިތުގައި ޝައުޤުވެރިކަމެއް އުފެދުނެވެ.”އޭތް…ބަލަ…އޭނަ ހާދަ ސަޅިއޭ..އަލަށް ކުޅެން ގެނައި މީހެއްތަ؟” އީނަލް ގެ ވާތްފަރާތުގައި ތިބި ދެ އަންހެން ކުދިންގެ ތެރެއިން ކުއްޖަކު ބުނެލިއެވެ.” އާނނ…ނޭނގެ ކާކު ކަމެއް….އެކަމުވާ ދޯ…އެދަނީ ބޯޅަ އާއެކު އަހަރެންގެ ހިތްވެސް ހިފައިގެން….” ރައްދުގައި ދެވަނަ އަންހެން ކުއްޖާ ޖަވާބުދިނެވެ. އެވާހަކަތައް އަޑުއިވުނު އީނާލްގެ ޝައުޤުވެރިކަން ވީ އިތުރެވެ. ލަސްކުރުމެއްނެތި އެޒުވާނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އީނަލް ހުރީ ބަސްހުއްޓިފައެވެ. މެޗުގެ އެހެން ކުޅުންތެރިންގެ ކިބައިން  ވަރުބަލިކަން ފެންނަމުން ދިޔަނަމަވެސް އޭނާއަށް ކަމެއް ހީވެސް ނުވާކަހަލައެވެ.

މެޗުގެ ދެންއޮތް ވަގުތުކޮޅުވެސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.މެޗުގެ ފަހު ފަސް މިނެޓަށް ވެއްޖެއެވެ. އީނާލް ފަރުވާތެރިކަމާއެކު ކުޅުންތެރިޔާގެ ކޮންމެ ހަރާކާތެއް ބަލަމުން ދިޔައެވެ. ރަސްދޫ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ފެރިދޫ ގޯލާ ދިމާލަށް ދިޔަތަން ބަލަން ތިބި އެންމެންނަށް ނޭވާ ހިފަހައްޓާލެވުނެވެ. ދެން ވެގެން ދިޔަ ގޮތް ފެނިފައި އެންމެންނަށް ލިބުނީ ޝޮކެކެވެ. ގޯލުކީފަރު ކުރިމައްޗަށް އަރަމުން އެޒުވާނާ ބޯޅަ ދުރަށް ފޮނުވާލީ ވައިގެ ތެރެއަށް ބުރެއް އަޅާލަމުންނެވެ. ދުރަށް ފޮނުވާލި ބޯޅައާއެކު ކަށިގަނޑު ފުންމާލިއެވެ. ފެރިދޫގެ ރައްޔިތުންނަށް ހީވި ދެއީދު އައިހެންނެވެ. އީނާލްއަށް ވެސް ހިނިތުންވެވުނެވެ. ދެޓީމު އެއްބަޔަކު އަނެއްބަޔަކާ ސަލާމް ކުރުމަށްފަހު ފެރިދޫ ޓީމު ސަޕޯރޓަރުންނާ ދިމާލަށް ހިނގައިގަތެވެ. އީނާލްއަށް އެއްކަލަ ކުޅުންތެރިއާ ދަނޑުން ނިކުންނަ ތަން ފެނުނެވެ. ޝާހިން މަތިން ވެސް އޭނާ އެވަގުތު ހަނދާނެއް ނުވިއެވެ. އީނާލް އަވަސް ފިޔަވަޅުތަކާ އެކު ފަހަތުން ދިޔައެވެ. އޭނާ އަށް ނިކުމެވުނީ މީހުން ނެތް މަގަކަށެވެ. އޭރު ޒުވާނާ ފެންނަން ވެސް ނެތެވެ. އީނާލް ވަށައިގެން ހޯދާލިއެވެ.

” ކީއްވެ ފަހަތުން ތިއައީ؟” އީނާލްގެ ފުރަގަހުން އިވުނީ ފިރިހެންވަންތަ ބަރު އަޑެކެވެ. އީނާލް ތެޅިގަނެފައި އެނބުރުން ގަޑީ ކޮނޑުގައި އަޅުވާފަ އޮތް ދަބަސް ވެއްޓުނެވެ. ދާދި ގާތުން އެ ފިރިހެން ކުއްޖާގެ މޫނު ފެނުމުން އީނާލް ސިހުނެވެ. ތޫނު ބެލުމެކެވެ. ލިބުނު ސިހުމާއެކު އީނަލް ފަހަތަށް އަރި އަޅާލިއެވެ. އެއާކު އޭނާ އަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.އެ ފިރިހެންކުއްޖާ ކުއްލި ހަރަކާތަކާއެކު އީނާލްގެ އުނަގަނޑުގައި އަތް އަޅުވާލަމުން ކައިރިއަށް ދަމާލިއެވެ. އީނާލް ގޮސް ޖެހުނީ އޭނާގެ ގައިގައެވެ. ދެލޯ މަރައިގެން ހުރެފައި މަޑުމަޑުން އީނާލް ދެލޯ ހުޅުވާލިއެވެ. އިސް އުފުލާ ބަލާލުމާއެކު އޭނާ އަށް ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެފިރިހެން ކުއްޖާ ފަރުވާތެރިކަމާއެކު އީނާލްގެ މޫނަށް ބަލާލިއެވެ.އީނާލްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ނަމަވެސް އެކަން ފޮރުވާލަމުން އޭނާ ދުރަށް ޖެހިލިއެވެ. އެ ފިރިހެން ކުއްޖާ ވެއްޓިފައި އޮތް ދަބަސް ނަގައި ދިއްކޮށްލިއެވެ.

އީނާލް ދަބަހުގައި ހިފާލުމުން އޭނާ އަސަރެއް ނެތް ގޮތަކަށް ބަލާލަމުން ދުރަށް ހިނގައިގަތެވެ. އީނާލް މިފަހަރު އޭނާގެ ފަސް ފަހަތުން ދާކަށް ޙިޔާލެއް ނުކުރިއެވެ.ދާތަން ބަލަން ހުރެވުނީއެވެ.އޭނާ ސިހުނީ ޝާހިން ކޮނޑުގައި ހިފާލުމުންނެވެ.” މަ އީން ހޯދާތާ ކޮންއިރެއް؟ކޮންތާކަށް ދާން ތިއުޅެނީ…އީން؟؟ކީއްވެފަ ތިހިރީ؟؟ އީން؟؟؟…އީނާލް..؟؟؟” ޝާހިން އީނާލްގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. އީނާލްއަށް ހަމަބިމަށް އާދެވުނެވެ.” ފަހުންދޯ އެވާހަކަ ދައްކާނީ…މިގަޑީ ހިނގާ ދާން….މަންމަ ލަސްވެފަ ހުންނާނީ….” އީނާލް ބޯހޫރުވާލަމުން ޝާހިންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.މިތަން ބަލަން ގަހަށް ލެނގިލައިގެން ފަހަތުގައި އެކުއްޖާ ހުއްޓެވެ.” އީނާލް….” އޭނާ ކިޔާލިއެވެ.

ގަޑިން 6 ގަޑި ބައިވެއްޖެއެވެ. ރިފްޤާ ޖޯލީގައި އިނީ އީނާލްގެ އިންތިޒާރުގައެވެ. އީނާލް ފެނުމާއެކު ރިފްޤާ ތެދުވިއެވެ. އީނާލް ހިނިތުންވެލީ މަންމަ ހިތްހަމަޖައްސައިދޭ ކަހަލަ ގޮތަކަށެވެ.ރިފްޤާ ވެސް ހިނިތުންވެލިއެވެ. ” ހިނގާ އެތެރެއަށް…” ދެމައިންނަށް އެއްފަހަރާ ބުނެވުނެވެ. އެއާއެކު ދެމީހުން އެއްފަހަރާ ހެމުން އެތެރެއަށް ވަނެވެ.

މެންދަމުން އެކެއް ޖަހާފިއެވެ. ރަށުތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ގޮނޑުދޮށަށް ބިންދާލާ ރާޅުތަކުން ފަޒާ އަށް ލުއި މިއުޒިކެއް ވެރިވިއެވެ. ރާޅުޖަހާފަށުގައި ހުއްޓިލައިގެން ހުރި ފިރިހެންކުއްޖާ މޫދާ ދިމާލަށް ބަލާލިއެވެ.އެއްއިރެއްގައި ހިނިތުންވުމަކާއެކު އެ މޫދަށް ބަލާލިކަމުގައިވިޔަސް މިހާރު މޫދު ފެނުމުން ހިތަށް ވެރިވަނީ ހިތްދަތި އިހުސާސެކެވެ. އެ ފިރިހެން ކުއްޖާ ފަހަތުން ކަނޑިއެއްހެން ހަދާފައިވާ އަލިފާނުގެ ބައްޓަމަށް އިންނަ ކަހަލަ ހަތިޔާރެއް ނެގިއެވެ. އޭގަ އިން ތަނަކަށް ފިއްތާލަމުން މޫދަށް އެއްލާލިއެވެ.އަދި ކުރިއަށް ބުރެއް އަޅާލަމުން އޭގެ މައްޗަށް އެރިއެވެ، އޭރު އެ ހަތިޔާރު ރާޅާ އަރާ ކަހަލަ ބޯޑަކަށް ބަދަލުވިއެވެ. ފަރިތަކަމާއެކު އެނާ މިސްރާބު ޖެހީ ދިމާލަށް އޮތް ފަޅުރަށަށެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌸Hya

Level 1100 Login10 Stories

As a Teenage Girl ??....I love writing stories??.....Please feel free to comment...I hope my stories bring u joy and happiness??????????

Other Articles

Previous

އެ ދުވަސް

Next

ބުނެދޭށޭ ރުހެމޭ 77

Next
September 18, 2019

ބުނެދޭށޭ ރުހެމޭ 77

Previews
September 17, 2019

އެ ދުވަސް

13 Comments!

  1. LoVelY gIrL says:
    September 18, 2019 at 3:15 pm

    Reeethi

  2. Emm says:
    September 18, 2019 at 3:19 pm

    Yey me first dhw… Good work.. keep it up… Luv ya???

  3. Nilma says:
    September 18, 2019 at 4:34 pm

    V salhi. ❤️❤️❤️
    Kon irakun next part?

  4. jiji says:
    September 18, 2019 at 6:47 pm

    Eyy me second dhw..waiting for the next ingey..I think zeraash aee xain and eynal ah libeyne dhariah kiyaane nanhen..So curious to read next..plx mioh loabi story nimendhen genesdhehchey..ly❤❤❤?????????????????????

    1. Luc!F3r says:
      September 20, 2019 at 11:42 am

      A weapon? Or weaponized kid maybe?

  5. Anonymous says:
    September 18, 2019 at 9:52 pm

    Hey Mee Alif Atoll kuhjaku liyefa in story eh thr?? I’m from Alif Atoll Ehenve Hama ahaaly…

  6. Mal says:
    September 19, 2019 at 2:32 pm

    Nice..Maa sha Allah..
    When is next part..waiting for the next part…. boy kuhjjakee insaanei tha????

    1. Luc!F3r says:
      September 20, 2019 at 11:46 am

      Human probably.. If a weapon turns into an engine surfboard then.. thats hightech.. secret organisation agent probably.. highly skilled.. Eenaal good at archery so she gonna be involved too i guess

  7. Cutie says:
    September 19, 2019 at 2:58 pm

    How old are you Hya? ? And this story is wonderful ? varrah molhu ingey???

    1. Hya says:
      September 19, 2019 at 3:52 pm

      I’m 15 years old…..Thanks for your support cutie???☺☺

  8. Cutie says:
    September 19, 2019 at 3:09 pm

    Heyyy curious vehjje next part ga vaa goeh balaalan????excited

  9. Jk 1997 says:
    September 21, 2019 at 12:01 am

    Army e dhoa me too and nice o meet u v ufaaveje dhimaaveema

  10. Taehyung ?? says:
    September 21, 2019 at 10:43 am

    Wow!! Vahahhh salhi !!❤❤❤ Can’twait 4 the next part ???I’M ALSO A ARMY???

Comments are closed.

Next Episodeޒެރާޝް 3←


All Right Reserved!