ނާއިންސާފް 34
“ލުވެއިޒް!” ލިބުނު ސިހުމާއި އެކު ސިކުނޑި ހުއްޓުނު ކަހަލައެވެ. ފެނުނު މަންޟަރު ޤަބޫލުކުރަން ހިތް ނޭދޭތީއެވެ. ވެދާނެ ކަމެއްކަމަށް ޚިޔާލަށް ދުވަހަކު އައި ކަމަަކަށް ނުވާތީއެވެ.
މީހެއް ލައްގާފައި އޮތީއެއް ނޫނެވެ. ލައްގުވާފައި އޮތް ފިރިހެނެއްގެ ހަށިގަނޑެވެ. އެއްބަނޑު އެއްބަފާ ބޭބެއަަށް ވުރެ ގާތް އަހަރެންގެ އެކުވެރިޔާއެވެ. ދެއަތް މައްޗަށް އައްސާފައި، ތޮށިގަނޑުން ހިލައެއްގައި އައްސާލާފައެވެ. ހަށިގަނޑު އެ ގަދަފަދަ ރާޅު ތަކާއި ތެޅޭނެ ގޮތަކަށް ތެޅެން ދޫކޮށްލާފައެވެ.
ދަބަހުން، ވަޅިއެއް ނަގާ، އަހަރެން ވާގަނޑު މޮހާލީމެވެ. ކާކުގެ ރަހުމްކުޑަ ޢަމަލެއް ހެއްޔެވެ؟ މިކަހަލަ އަނިޔާއެއް ޙައްޤުވާން ލުވެއިޒް ޢުމުރު ދުހު ކުރީ ކީތްހެއްޔެވެ.
ދެމީހުންވެގެން ލުވެއިޒް، ރާޅު ނުޖަހާ ހިސާބަށް ނެގީމެވެ.
“މާޒިން؟!” ފަހަތުން އައި މާހިލްވެސް، ހުއްޓުންއެރީއެވެ. މަންޟަރު ޤަބޫލު ނުކުރެވިގެންނެވެ. މިއީ މިނިކާ ރާއްޖެއެއް ނޫނެވެ. އަމަން އަމާން ދިވެހިރާއްޖެއެވެ. އެހެނަސް ބައެއް މީހުންގެ އިންސާނިއްޔަތުކަން ނެތީއެވެ.
ވެފައި ހުރި ދެރައިގެ މައްޗަށް ރުޅިވެރިކަން ވެރިވެގަތެވެ. ދެން، އަހަރެން ލޯބިވާ މީހަކަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަމެވެ. ކޮންމެ ގޭންގެއްގެ ކޮންމެ ބަޔަކު މަސައްކަތް ކުރިޔަސް ހެވެވެ. ކޮންމެ މީހަކަށް ކޮންމެ ގޮތެއް ހަދަން ޖެހުނަސް، އަހަރެން ލޯބިވާ މީހުން، އަހަރެން ހިާޔަތް ކުރާނަމެވެ.
“އައިމް ސޮރީ ލުވެއިޒް…” ފުން ނަޒަރަކުން، ލުވެއިޒް އަށް ބަލައިލުމަށް ފަހު، އަހަރެން ތެދުވީމެވެ. އައިސް ހުރި ރުޅިއާއި އެކު ދެފަޔަށް ލެވުނު ހާ ބާރެއް ލައި، ދުއްވައި ގަތީމެވެ. ދުރުގައި ހުރި އިންސާނާއާ ދިމާއަށެވެ. ވެއްޓިދާނެތީވެސް ފަރުވާލެއް ނެތެވެ. އަހަރެންނަށް އެމީހެއް ފެނުނީ، އަޅުވާފައި ހުރި ފްލެޝް ލައިޓްގެ ސަބަބުންނެވެ . މަންޟަރު ވީޑިއޯ ކުރަނީކަން އެނގޭހާ ވެއެވެ
ދިޔަ ބާރު މިނުގައި ގޮސް، އަހަރެން، އެމީހާ ހުރި، ދޯންޏަށް ފުންމާލީމެވެ. އެ މީހެއްވެސް، ދުއްވައިގަތެވެ. ދޯނީގެ އެތެރެއަށެވެ. ދޫކުުރާކަށް ނެތީމެވެ. ވީޑިއޯ ކުރަން ޖެހުނު ސަބަބެއް އަހަރެން ކައިރީ ބުނެފައި ނޫނީ، އޭނާއަށް ދުނިޔޭގައި، ނޫޅެވޭނެއެވެ.
އެމީހާ ވެސް ކަންތައް ކުރި ގޮތަށް، އަހަރެންވެސް، ޖެހިގެން އޮތް ދޯންޏަށް ފުންމާލީމެވެ. ކައިރި ކައިރީ އަޅާފައި ހުރި އުޅަނދުފަހަރުތަކަށް ފުންމަމުން ފުންމަމުން، އަހަރެމެންނަށް، މާލޭގެ ބިމާއި ހަމައަށް، ދެވުނު، އިރ، މާ ނޭވާ ލެވެއެވެ. ނަަވެސް މަޑުނުކޮށް ދުވީމެވެ. އަހަރެންނަށް ވާހާ ގޮތެއް އެމީހަކަށް ވެސް ވާނެ ނޫންހެވެ. ހަނި ގޯޅި ތަކުންނާއި، ބޮޑެތި މަގުތަކުންވެސް، ދުވީމެވެ. ކަންތަކާ ޖެހުނީ، އިތުރު މީހެއް ފަހަތު ލާން ޖެހުމުންނެވެ. ދުވާ ރޭހެއް ފަދައެވެ. އެއްވަނައިގައި އެމީހެކެވެ. ދެވަނައަށް އަހަރެންނެވެ. ދެން، އަހަރެމެން، އަތުލައިގަންނަން، ދުވަމުން ދިޔަ، ފުލުސް މީހާއެވެ.
ވަރުބަލި ކަމަކާއި ވަރުބަލިކަމެއް ބަހައްޓާފައި އަހަރެމެންނަށް މަޖުބޫރުވީ، ދުވެލި މަޑު ނުކޮށް ދުވާށެވެ. އެންމެ ކުރީގައި ހުރި ބުޅި އިސްތަށިލީ ދިގު ފިރިހެނާ، ގޮސް ގެއަކަށްވަނެވެ. ކޮން ގެއަކަށް ކަން ޝައްކުވެސް ކުރާނެ ކަމެއްނެތެވެ. ހަދަން ފަށާފައިވާ ޢިމާރާތެކެވެ. މިމީހުންނަށް ދުނިޔޭގައި ހެއްދެވި ތަނަކީ އެއީ ނޫންހެވެ.
ދެން ޖެހުނީ ދުވުމަށް ވުރެ ހާސްބައި އުނދަގޫ ކަމެކެވެ. ސިޑިން އެރުމެވެ. އަބަދު އަރާއަރާ ލިފްޓަށް ފަރިތަވެފައި ތިބޭ، އަހަރެން ކަހަލަ ބުރަހެލި މީހުން އެކަން ކުރާނީ ކިހިނެއްހެއްޔެވެ. އެހެނަސް، އެކަކުވެސް ދޫކުރާކަށް ނެތެވެ. ފަލަޔަކަސް އެ ފުލުސްމީހާ، ވަކި ދެރައެއް ނޫނެވެ. އަހަރެމެންނާއި އަރާ ހަމަ ކުރަނީއެވެ. ދަނޑިއެއްހެން، ހުރި، ވީޑިއޯ ކުރާ ފިރިހެން މީހާވެސް، ދެރައެއް ނޫނެވެ. ކުޅަދާނަކަމާއި އެކު ޓެރަހަށް އެރީއެވެ. ނެތް ހަށިގަނޑުގައިވެސް ހަކަތަ ހުރި ކަމެވެ. އަހަރެންގެ ޙާލުތޯއެވެ؟ ޖިމަށް ގޮސްގެން ރަނގަޅަށް ރީތިކޮށް ހުރި ހަށިގަނޑު ހަމަ މުޅިން ބޭކާރެވެ. ފުލުސް މީހާއަށް އަހަރެން ކިރިޔާ އަތުނުވާ ކަމެވެ.
ޓެރަހަށް އެރުމާއި އެކު، ދެން، ހަދާނެ ގޮތް ހުސްވީއެވެ. ތިން ފަރާތުގައި ހުރި ތިން ބިލްޑިންވެސް، މާ އުހެވެ. ފުރާޅާކަށް ފުންމާލެވުނީހީވެސް، ތިރި ނަމަތާއެވެ. ދެން އޮތީ މަގުމައްޗެވެ. ފުންމާލައިފިނަމަ، ވަގުތުން މަރެވެ. އެކަކުވެސް އެހާ މޮޔައެއް ނުވާނެއެވެ.
ދެން އޮތީ، ތިން މީހުން، ސުލްޙަވެރި ކަމާއި އެކު، ވީގޮތް ސާފު ކުރުމެވެ. ނޫނީ، ވަކި ކޮޅަކަށް ނިމެންދެން، ތަޅާފޮޅުމެވެ. މާ ނޭވާ ލަމުން، އަހަރެމެން، ކޮޅުކޮޅަށް ޖެހެމުން ދިޔައީމެވެ. އެކަކު އަނެކަކަށް އަތު ނުވޭތޯއެވެ. ޕްރައިމަރީސްކޫލްގައި، އައިސްވޯޓަރ ކުޅެން ދަސްކޮށްދިނީ މިބޭނުމުގައި ހެއްޔެވެ؟
ޕޮލިސް، ވޯކީ ޓޯކީއަށް ސަމާލުކަން ދިން ވަގުތު ބަލާފައި، އަހަރެން، ފުންމައިގެން، ދެން ހުރި މީހާ ގަޔަށް އެރީމެވެ. ހިކި އަނަރޫފަ ކަމުން ކިތަންމެ ހަލުތްވަސް އަތުލައިގަތީމެވެ. އެމީހާ، އަހަރެންގެ ގައިގައި ހިފައިގަތުމުން، ދެންވީ ބޮޑު ކޯޅުމަަށެވެ.
ބަލަން ނުހުރެ، އޮފިސަރ އައިސް، އަހަރެމެން ދެމެދަށް ވަނެވެ. ސުލްހަ ކުރާށޯއެވެ. ދެންއެކަމަކު މީ އޭނަޔާ ކޮން ބެހޭ ކަމެއް ހެއްޔެވެ؟
އެންމެ ފަހުން، ޕޮލިސް، އަހަރެން ކޮއްޕާލިއެވެ. ދިޔަ ބާރ މިނުގައި ގޮސް، އަހަރެން، ތަޅުންމައްޗަށެވެ. ވި ތަދާއި އެކު، ވަރުބަލި ވެފައި ހުރުމުން، އަހަރެން، ތެދުނުވާން ހިތުލައިގެން، ދެފައިދަމާ އިށީންދެލީމެވެ. ދެން ހަމަ ގައިމުވެސް، ފަހަތުގައި ހުރި މީހާއަކަށްވެސް، ފިލައިގެން ނުދެވޭނެތާއެވެ.
“ކިހިނެއް ވެގެންތަ ތި އުޅެނީ؟ ތަޅާ ނުފޮޅުނިއްޔާ ކަލޭމެންނަށް ނުވަނީތަ؟” އަހަރެންނަށް އަމާޒުވީ ސުވާލުތަކެކެވެ. ޖަވާބުދޭކަށް ނެތީމެވެ. އެއިރު، ފުލުސް މީހާ ހުރީ، އަހަރެންގެ ކުރިމަތީ، ފަހަތުގައި ހުރި މީހާއަށް ފުރަގަސްދީގެންނެވެ. ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެން ވާހަކަ ދެއްކީ، އޭނައާއެވެ.
“ކަލޭ މަގޭ ލުވެއިޒްއާ ކުޅޭކަށް ނުޖެހޭ… ހީކުރީތަ ދުއްވައިގަތީމަ ހަމަ ދެން ސަލާމަތް ވާނެޔޭ… އަދި ކުރެވުނީ މާމޮޅު ކަމެއްކަމަށް ވީޑިއޯވެސް ކޮށްފިއެއްނު… ހުރެބަލަ. ކީކޭ ހިތަށް އަރައިގެން، ކީއްވެ ކުރި ކަމެއްކަން ނުބުނިއްޔާ، ބޮލާ ކަނދުރަޔާ ވަކި ކުރާނަން.”
“އޭތް މައިތިރި ވެބަލަ..” އަހަރެންގެ ޖުމުލަ ރަނގަޅަށް ނުނިމެނީސް ، ފުލުސް މީހާ އަމުރު ކޮށްލިއެވެ. އަހަރެން އިތުރު އެއްޗެކޭ ނުބުނެ ރުޅިވެރިކަމާއި އެކު ބަލަހައްޓައިގެން އިނީއެވެ. ސްޓެއަރިން ކޮންޓެސްޓެއް ފަދައެވެ. ނަމަ ވެސް މާ ގިނައިރެއް ނުވިއެވެ. ކޮށްލިކަމަކުން، އަހަރެންގެ ދެލޯ ބޮޑުކޮށްލެވުމާއި އެކު ނޫނެކޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. ހަމަ އެއާއި އެކު، އޮފިސަރު ފަހަތަށް އެނބުރި ބަލައިލިއެވެ.
ލަސް ކުރުމެއްނެތި ، އަހަރެން ތެދުވެ ދުއްވައިގަތީމެވެ. ކިތަންމެ ގޯސް މީހެއް ނަމަވެސް އެކަން ކުރިޔަ ނުދޭންވެގެންނެވެ. ނަމަވެސް، އަހަރެންނަށް އެހިސާބަށް ފޯރުމުގެ ކުރިން، އެމީހާ، ރެއިލިންގައި އިށީންދެ ފުންމާލިއެވެ. ފަސް ވަނަ ފްލޯއެވެ. ޖެހޭނީ ސީދާ މަގު މެދަށެވެ. އެހެން މީހުނަށް ގޮތްގޮތް ހަދަން ކެރުނީތީ، އަމިއްލަ ނަފްސަށްވެސް ރަޙުމެއް ނެތީއެވެ. ވެއްޓިޖެހުމާއި އެކު، ބާރު ހަޅޭކެއްގެ އަޑު އިވުނެވެ. އަހަރެންނަށާއި ފުލުސް އޮފިސަރަށް، އެކަކު އަނެކަކަށް ބަލައިލެވުނެވެ. އަދި ސިކުންތެއްވެސް މަޑުކުރުމެއްނެތި، ތިރިއަށް ފައިބަން ދއްވައިގަތީމެވެ.
މުޅި ހިސާބުގައި ލެޔެވެ. ދުރަށް ބުރާފައިވެސް ލެޔެވެ. ޕަރކްކޮށްފައި ހުރި ވެހިކަލްތަކގައިވެސް ލެޔެވެ. އަހަރެެމެން ދެމީހުން ގޮސް، އެތަނާއި ކައިރިވެލީމެވެ. ވިންދު ނުބެލިޔަސް އެމީހާގެ ފުރާނަ ނެތްކަން އެނގޭހާވެއެވެ. ފުލުސް މީހާ ވޯކީޓޯކީ ނެގި ވަގުތު ބަލާ، އަހަރެން އެމީހާގެ ޖީންސު ޖީބަށް އަތް ކޮއްޕާލީެވެ. ކޮންމެ ގޮތެއްވިނަަވެސް، އެ ވީޑިއޯ ކުރި ބޭނެއް ބަލަން އަހަރެން ބޭނުންވެއެވެ.
އަތުޖެހުނީ، ޕެންޑްރައިވަކާއި ފޯނުގެ އިތުރުން ސިނގިރެޓ ފޮށްޓެކެވެ. ނަސީބު ދެރަކަމުން ފުލުސް މީހާއަށް ފެނުނީއެވެ. ނަމަވެސް، އަހަރެންނަށް ސިނގިރެޓު ފޮށި އެހީވެދިނެވެ. އެހެން އެއްޗެއް ނުނަގާ ކަމަށް ހަދާފައި، ސިނގިރެޓު ފޮށި އެތާނގައި ބޭއްވީމެވެ. ގަމާރު އެމީހާއަށް ގެޓެއްވެސް ނުވިއެވެ.
ޕޮލިހުން އައިސް، އެތަނާއި ކައިރިވުުން އަހަރެން ދުރަށްޖެހިލީމެވެ.
ފުރަތަމަ ރިންގާއި އެކު، މާހިލް ފޯނު ނެގިއެވެ. އަދި ސުވާލު ކުރުމުގެ ކުރިން، އެމީހުން ތިބީ ހޮސްޕިޓަލުގައި ކަމަށް ބުންޏެވެ. ލަސްކުރުމެއް ނެތި ދާންބޭނުންވެފައި ހުރި ނަމަވެސް ދޫނުކުރާނެތީ އަހަރެންނަށް ޖެހުނީ އެމީހުން ކައިރިން ހުއްދަ ވެސް ހޯދާށެވެ.
“އޭ، މަށަކަށްވެސް ދެން މިތާކު ނުހުރެވޭނެ. ވަގުތު ސޭލު އަޅުވާފަކަ ނެތް.” ކުޑަކުޑަ ކަމަކަށް ހަދާލާފައި އަހަރެން، އަހަރެމެންގެ ފަހަތުން އައި ޕޮލިސް އޮފިސަރ ކައިރީ ބުނެލީމެވެ. އެމީހާވެސް ބޮޑު ކަމަކަށް އެކަން ނުހެދިއެވެ. ފަސޭހައިން ދެވުނު ކަންވެސް ހަމަ ނަސީބެވެ.
…………
އައިސީޔޫ ދޮރާ ދިމާއަށް ބަލަހައްޓައިގެން ތިބޭތާ ކިތަންމެ އިރެކެވެ. ވަން ގޮތަށް ޑަކްޓަރވެސް ނިކުންނާކަށް ނޫޅުނެވެ. އެ ހާސްކަމުގައި ހުއްޓާ ފުލުހުން އައިސް އަދި ތަޙްޤީޤުވެސް ކުރިއަށް ގެންދަން ވެއްޖެއެވެ. ކުރިހާ ސުވާލަކަށް ޖަވާބުދޭން، މާހިލް ހުރި ކަންވެސް ނަސީބެވެ.
ދޮރު ހުޅުވާލުމާއިއެކު އަހަރެންގޮސް، ޑޮކްޓަރަށް ކިރިޔާ ނޭވާ ލެވޭ ހިސާބުގައި މަޑުކޮށްލީމެވެ. ބުނާ ވާހަކައެއް ރަނގަޅަށް އިވޭނީވެސް ކައިރީގާ ހރީމަތާއެވެ.
“ލުވެއިޒް.. އަށް ވަރަށް ބައިވަރު ގެއްލުން ލިބިފަ އެބަހުރި. އެކަން ކުރި ބަޔަކު މިކަން ކުރުމުގެ ކުރިން، ވަރަށް ބައިވަރ އަނިޔާކޮށްފަ އެބަހުރި. އެތެރެ ހަށްޓަށްވެސް ކޮންމެސް ވަރަކަށް ގެއްލުން ލިބިފަ އެބަހުރި..”
“ތިއެއް ނޫނޭ ކިޔައިދެންވީ…” ކެތްތެރިކަން ކޮޅުން ލައިގެން އަހަރެންނަށް ރުންކުރުކަމާއި އެކު ބުނެވުނެވެ. ފަރުވާގެ ވާހަކަ އަޑު އަހަން ބޭނުންވާލެއ ބޮޑު ކަމުންނެވެ.
“އަދި ވޯޑަށް ބަދަލު ކުރެވޭކަށް ނެތް. އެކަމަކު ، އިންޝާﷲ، ދެން މާ ގިނަ އިރުތަކެއް ނުވާނެ.” މުޅިން ސާފުކޮށް، އަހަރެެން އިނގެން ބޭނުންވާ މައުލޫމާތު، ނުލިބުނު ނަމަވެސް، ލިބުނު ވަރަށް ޝުކުރު ކޮށްލީމެވެ.. ޝަޔާން ފަދައިން އެވަގުތު ވަކި ނުވީތީ، ހިތް ހަަމަ ޖައްސާލީމެވެ.
ތަންކޮޅެއް ދރަށް ޖެހިލާ ފޯނު ކަންފަތުގައި ޖަހަމުން، އެލީނާގެ ނަންބަރަށް ޑައިލްކޮށްލީމެވެ. އާދަޔާއި ޚިލާފަށް ރިންގު އަޑުއަހަން ހުންނަން ޖެހުނު ވަގުތު ދިގުލަމުން ދިޔައެވެ. އަހަރެން ހާސްކުރުވަމުންނެވެ. ނުނެގިއެވެ. ދެވަނަ ފަހަރަށްވެސް ގުޅީމެވެ.
“މަޢާފް ކުރައްވާ، ތި ގުޅުއްވާ ނަންބަރު މި ވަގުތު ވަނީ ނިއްވާލާފަ. ފަހުން ގުޅުއްވާލައްވާ..” އިވުނު އަޑާއި އެކު، އަހަރެންގެ ހާސްކަން ދެ ގުނައަށް އިތުރު ވިއެވެ. މިޝްކާއަށް ގުޅުމިންވެސް ފޯނެއް ނނެގިއެވެ. ދެން އަހަރެން ގުޅީ އެލީޒާއަށެވެ. އިރުތަކެއް ރިންގުވުމަށް ފަހު ފޯނު ނެގިއެވެ.
“ޒިން!” އެލީނާގެ އަޑެވެ. ކުރަކިވެފައެވެ. ދިރުމެއްވެސް ނެތެވެ.
“ކޮބާ މިޝްމެން.” އަަރެން އެހީމެވެ. އެލީޒާގެ ފޯނު އެލީނާ، ނަގަން ޖެހުންނާއިވެސް އެކުއެވެ. ކުރެވުނު ސުވާލު ގޯހީ ކަންނޭންގެއެވެ. ހުރެ ހުރެ ޖަވާބެއްއް ނައެވެ. އަހަރެން އަނެއްކާވެސް މަޑުމަޑުން އެލީނާއަށް ގޮވާލީމެވެ.
“ކޮބާ އެމީހުން؟“
“ގޭގަ!” އެލީނާ ބުނި ޖުމުލައިން އަހަރެންގެ ހިތައް އަނެއްކާވެސް ހާސްކަން ވެރިވެގަތެވެ. ބޭރަށް ނުދައްޗޭ އަަރެން އެލީނާ ކައިރީ ބުނީމެއްނޫންހެވެ. ދެން އެލީނާ ކޮންތާކަށް ދިޔައީ ހެއްޔެވެ؟
“އީން.. ކޮންތާކ ތިހުރީ؟” ލަސްކުރުމެއްނެތި އެހީމެވެ.
“ކޮޓަރީގަ.” ޖަވާބާއި އެކު އަހަރެންގެ ތެޅި ތެޅި އޮތް ހިތުގެ ތެޅުން މަޑުވެލިއެވެ. އީން އެ އުޅެނީ އަހަރެންނަށް ހަރޓްއެޓޭކެއް ނުޖެއްސިގެން ހެއްޔެވެ.
“އޮހް، އޯކޭ. ހެނދުނު، އެއްކޮށް އަލިވެލީމަ، އާދޭ ހޮސްޕިޓލަށް، ޒިން ގޮސްފާނަން ބަލައިވެސް، ލުވެއިޒް އެެބެތް މިތާ.” އަވަސް އަވަހަށް ބުނެފައި ފޯނު ކަނޑާލީ، އިތުރު ފޯނު ކޯލެއް ފޯނަށް އަންނާތީއެވެ. ދަންނަ ނަންބަރެއްވެސް ނޫނެވެ. ނަމަވެސް ގުޅާނީ ކޮންމެވެސް ބޭނުމެއްގައި ތާއެވެ.
“މާޒިން.” ފިރިހެނެއްގެ ބަރު އަޑެވެ. ކާކު ކަން ކުޑަކޮށްވެސް، ނޭންގުނުނެވެ.
“ނޭންގުން ކާކު ކަމެއް.” ޕްރޭންކް ކޯލެއްނަމަ ނަން ނޭންގޭނެތީ، އަހަރެން ޖަވާބު ދިނީމެވެ.
“ކާކު ކަން އިނގޭކަށްވެސް ނުޖެހެޔޭ. ތިހުރި ތަނުން ނުކުމެބަލަ. ވަރަށް ހައިރާންުރުވަނިވި ޚަބަރެއް ލިބޭނެ.” އެމީހަކު ބުނެލިއެވެ. ހިނިގަނޑަކާއިއެކުއެވެ. އެ ޚަބަރަކާއި ޚަަބަރު ދޭ މީހެއް އެނގެން އޮތް ޝައުުޤުވެރި ކަމަކުން އަހަރެން ނިކުތީމެވެ.
“ކޮބާ؟” އެއްވެސް ކަމެއް ނުފެނުމުން، އަހަރެން އަހާލީމެވެ.
“މަގު ހުރަސްކޮށްފަ ދޭ ވާތް ފަރާތަށް. އެންމެ ފުރަތަމަ ޖެހޭ ގޯޅި އަޅާ.” ލަސްނުވެ ޖަވާބު އައެވެ. ބެދެން އުޅެނީ މަޅިއެއްގައޭ ހީކޮށްފައިވެސް، އަހަރެން އެބުނި ގޮތަކަށް ކަންތައް ކުރީމެވެ. އެމީހާ އެކި ގޮތް ގޮތަށް މަގު ކިޔައިދެމުން ދިޔައެވެ. އަހަރެން ހުރި ލޮކޭޝަން ވެސް އޭނާއަށް އިނގޭ ކަމެވެ. ވަރަށް ދުރަށް ދެވުނު އިރުވެސް، އެ ބުނާ ޚަބަރެއް ނުލިބުނެވެ. އަަރެންގެ ގަމާރު ކަމެވެ. އެ ގުޅި މީހަކަށް ވާނީ ބޮޑު ޖޯކަކަށް ކަން ޔަގީނެވެ.
“އޭ.. ތި އުޅެނީ މަ ފަލަކަމުން ހިއްކަންތަ؟” އަހަރެންގެ އަނގަގަދަ ކަމުން ސުވާލެއް ކޮށްލީއެވެ. ނުހުރެވިގެންނެވެ.
“މިާރު ތިހުރި ދިމާ، މަގުގެ އަނެއް ފަރާތް ބަލާބަލަ.” ޖަވާބު އައެވެ. އަހަރެން ހުމްމް އަޅުވާލީމެވެ.
“ފެނޭތަ ފިހާރައެއް. އެތަނުގަ ޑިސްޕްލޭކޮސްފައި ހުރި ސްކްރީން ބަލާބަ” އަހަރެން އެބުނި އެއްޗެއް ހޯދީމެވެ. އެވަގުތު، ކުޑަވަރެއްގެ ޢިމާރާތަކުން، އެބުނާ ސްކްރީނެއް ދިއްލުނެވެ.
“ހެލޯ މާޒިން..” އެއަށް އެރިއެވެ. މި ބަޔަކު ތައްޔާރު ވެފައި ހުރިކަން ފެނެއެވެ.
“ހިއަރ އިޒް ޔުއަރ ނިއުސް.” ދެންވެސް އެރީ ކުޑަ ޖުމުލައެކެވެ. އަހަރެން ފަރުވާތެރިވެ ސްކްރީނަށް ބަލައިލީމެވެ. ވީޑިއޯއެއް ޕްލޭވިއެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ދެ ގޮނޑި މަތީ، ކޮއްޅަށްހުރި ދެ އަންހެން ކުދިންނެވެ. ކަރުގައި ދަން މަޅިއެއް ޖަހާފައި އޮތް އިރު، ވާގަނޑަށް ވަނީ ވާނވެފައެވެ. ކިރިޔަ ކިރިޔާ، އެދެ ކުދިންނަށް ފައި ޖައްސާލައިގެން ތިބެވޭކަމެވެ.
އާދައިގެ ދެ އަންހެން ކުދިންނެއް ނޫނެވެ. އަހަރެން އެންމެ ލޯބިވާ އަންހެނުންގެ ތެރެއިން ކުރީ ސަފު މީހުނެވެ. އެކަކަށް އަަރެންގެ ލޯބިވާ ކޮއްކޮއެވެ. ދެން އަހަރެންގެ އީންގެ ދައްތައެވެ. ލުވެއިޒްގެ ހާދިސާއަށް މާގިނައިރެއް ނުވެ، އަނެއްކާ އެ ދެމީހުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.




Mi part ves v Reethi.
Keep up the good work. ❤️❤️
Kon irakun next part?
Thankss ??
Vrh reethi… Kon Iraku next part? ?…. And LYSM
Reeth
Thankss.. Working on the next episode… Insha Allah, mirey or maadhamaa… Thankss onece again ???
Varah reethi mi part ves
Thanks zee… ?
Kihineh mikiyaaney… haadha undhaguley liyefa hurigothun kiyan
Varah bodah sorry.. Monsta draft liyun iruves, fahun check kuri iruves hury rangalhahh… But post ai iru mi gotha mi hury ???
Varah reethi mi part ves???whn is next part??? waiting ?????lysm
Thank you… Liyevunu haa avahakah next part… Mi dhuvaskolhu kudakoh busy veema kudakoh lasvedhaane.. But Insha Allah sundayge kurinn.. Thankss again
Meehakah kiyan ingey gothakah liyunyma dhw kiyeeenyy
??
Carah bodah sorry… Liyuny ehngnaa ves liyaa gothasheyyy.. But post vi iru, kommes gothehh vefa mi othy… Once again sorry
Varah*
V salhi.. kaakubaa een and eleeza ge furaanayah dhahivethi vegen e ulhenee.. mi part kiyan v undhagoo vi.. btw next part kon iraku
Thank youuu… Sorry for that, Insha Allah dhn episode rangalhuvaane. Liyevun haa avahakah up kohdheynan
Probably not someone after een and eleeza.. But someone who wants a game with Maazin
Reethi mi part ves
Keep it up
Thanks bro
Monsta sis v undhagoo v kiyan….Plx alun mi part upkohla dhyba..v kiyaa hithun mihury..ekm mi huri gothun nukiyaba myny???…plx avaaass ingey
Hehe it’s okay monsta ehanves vaane baehfaharu…….❤❤❤❤
As I told you should be worried about aleeza and Mish too ???this part is also very very very nice. When is the next part coming please be fast……..
vhk ge next part upload vaany when?