“ހޭއި ދޮންތި” ލިވްޔާއެހެން ބުނެލި އިރު ހީވަނީ އެންމެ ލޯބިވާ ދައްތަ ހެންނެވެ.މިހެން ވާންވީ ކީއްވެ ހެއްޔެވެ.؟ “ލިވްޔާ އެންމެ ފަހަރަކުވެސް އެ ލަމްޔާ އާ ދިމާލަށް ބަލާލާގެން ވެސް ނުވާނެ… ނުވި ތާކަށް ފެންނަ ހިސާބަށް އައިސްގެން ވެސް ނުވާނެ..އަހަރެން މިހާރު ތި ލިވްޔާ ދެކެ ވަރަށް ފޫހިވޭ.. ދުރަށް ޖެހޭ ދާން ވެއްޖެ…” ކައިޒާން ހުރީ ރަތް ވެފައެވެ.
ރުޅި ގަދަވެގެން ގޮސް މީހާ ރޫރޫ އަރަމުން ދިޔައެވެ.ލިވްޔާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެހެންވެ އަވަހަށް އެ ތަނުން ދުރަށް ޖެހުނެވެ.”ޒާން.. އާރ ޔޫ އޯލް ރައިޓް..” ލަމްޔާ އަހާލީ ސައިކަލަށް އަރަމުންނެވެ. ބަދަލުގައި ކައިޒާން އެއްޗެކޭ ނުބުނުންވީ ލަމްޔާގެ ހިތުގައި ޖެހުނު ކަމަކަށެވެ.
ގެއަށް އައިސް ވަތް އިރު އެންމެން ޓީވީ ބަލަން ތިއްބެވެ.
“އަނހާ..!އައިސްބަލަ..މިތާ އިށީދެބަލަ..” މުހައްމަދު ބުނެލިއެވެ.
ކައިޒާން އާއި ލަމްޔާ އައިސް ސޯފާގައި އިށީިނެވެ.”މިހާރު ދަރިފުޅުމެންގެ އަތުގައި އޮތީ ކައިވެނި ހަފްލާ ބޮޑު ކުރުމާއި ކުޑަކުރުން ބައްޕަ ބޭނުންވަނީ ދަރިފުޅުމެން ބޮޑު ކޮން ކައިވެނި ހަފްލާ ބާއްވަން.. ކުލަ އެއް ކަނޑަ އަޅަންވީނު…” މުހައްމަދު ދެއްކި ވާހަކައަށް ތާއިދު ކުރުމުގެ ގޮތުން ކައިޒާން ބުނެލިއެވެ.
“އަހަންނަށް ވަރަށް ރީތި ގަދަ ފެއްސާއި އަޅި ކުލަ.. ލަމްޔާ އެއްބަސްވެއްޖާ އެ ކުލަ ނިންމާ..” ލަމްޔާއަށް އެ ދެ ކުލަ އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ.”އަހަންނަށް އެހާ ކަމަކު ނުދޭ އެ ކުލައެއް…” ލަމްޔާ ބުނެލިއެވެ.”ދެން ކޮން ކުލައެއްތަ ރީތީ…” ކައިޒާން ބުނެލިއެވެ.” ރީތިވާނެހެން ހީވޭ ޕާޕަލް އެންޑް ވައިލެޓް” ކައިޒާން އަށާއި ކައިރާއަށް އެ ދެ ކުލަ ވަރަށް ކަމުދިޔައެވެ.”ވޯވް.. ވަރަށް ރީތި ދެ ކުލަ..” ކައިރާ ބުނެލެވުނެވެ. “އެހެންވީމަ އެ ދެ ކުލަ ސެލެކްޓެޑް… ދެން ތީމް އަކީ…” ކައިޒާން ބުނެލިއެވެ.”ޕާޕަލް އޯކިޑްމާ..” ލަމްޔާ ބުނެލިއެވެ.”ނަހް… ނޮޓް ލައިކް ދެޓް… މިސާލަކަށް ބިރުވެރި… އެކަހަލަ…” ކައިޒާން ބުނި އެއްޗެކާ މެދު ލަމްޔާ ވިސްނާލިއެވެ.”ކިހިނެއްވަނީ ބަޓަރފުލައި.” ކައިރާ ބުނެލިއެވެ.”ނައިސް..” ލަމްޔާ ބުނެލިއެވެ. ކައިޒާން އޯކޭ އޭ ބުނެލިއެވެ.
އެއްމަސް ފަސް
ކައިޒާންގެ އާއިލާއަށް ދެ އީދު އެއްފަހަރާ އައި ކަހަލައެވެ.މިއަދަކީ ކައިޒާން އާއި ލަމްޔާގެ ހުވަފެނުގައި ކުލަ ޖެހޭނެ ދުވަސްކަން ގައިމެވެ. ގޭތެރެ ދަނބު ކުލައިން ޖަރީ ކުރެވިފައިވަނީ ވަރަށް ފުރިހަމަ ކޮށެވެ.ތައުރީފު ކޮށް ކޮށް ގޮސް ނުނިމޭހާ ވެސް ނަލައެވެ.ލަމްޔާއަށް ކޮޓަރިން ނިކުތުން ވަނީ ޝާއިރާ އާއި މުހައްމަދު މަނާ ކޮށްފައެވެ. ކައިޒާންގެ ހާލަކީވެސް މިއެވެ. ލަމްޔާ އެއްކޮން ބެލްކަންޏަށް ގޮއްސިއްޔާމުން ވެސް ފެންނާނެވެ.
******
“އައްސަލާމް އަލައިކުމް..” މީޝަމް ރެޑްރޯސް ގެއަށް ވަނެ ސަލާމް ގޮވާލިއެވެ.”ކިހިނެއް ވީ…” ލިވްޔާ އެހެން ބުނުމުން ދަނބުކުލައިގެ ކާޑް ލިވްޔާ އަށް މީޝަމް ދިނެވެ.”އައިމިނަތު ލަމްޔާ އެން އަހުމަދު ކައިޒާންސް މެރިއޭޖް..ވަޓް…”ލިވްޔާ އަށް ހީވީ ފައިދަށުން ބިން ގަނޑު ދަމާގެން ދިޔަ ހެންނެވެ.
“ކިހިނެއްތަ ވީ…؟؟؟؟” އާބިދާ އެތަނަށް އައެވެ.”މަންމާ ދޮންތަ މީހަކާ..” ލިވްޔާގެ ޖުމުލަ ފުރިހަމަ ނުވަނީސް އާބިދާ ވާހަކަ ފެށިއެވެ. “އާން.. ބައްޕައަށް ރޭގަ ގުޅި ވަލީ ހޯދަން.” އާބިދާ ބުނެލިއެވެ. ކައިވެނި ކުރެވޭނި ވަލީ ދީގެން ތާއެވެ. އެކަން ލިވްޔާއަށް ވެސް އިނގެއެވެ.
“އާބިދާ ތި އޮތީ މަ ބުނި ތާ ޖެހިފަ.. އަހަރެން އަދިވެސް ބުނާނީ ލިވްޔާ ރަން ދަރިއަކަށް ހަދާގެން ގެންގުޅޭށޭ.. އެ މަންޖެ މިއަދު އެ ގުޅުނީ މުއްސަނދި އާއިލަ އަކާ.. ނޭނގޭ ލިވްޔާއަށް ލިބޭނީ ބާ ރުފިޔާ އަތުގަ އޮތް މީހެން ހެންވެސް.” އަހުމަދު ގޭގެ މައިދޮރުން ވަދެ އެއްޗެހި ގޮވަން ފެށިއެވެ.
◇♡◇♡
“އަނބި ގަބޫލް ކޮށްފިން.” ކައިޒާން ބުނެލިއެވެ. ޕާޓީ ފެށިއްޖެވެ. އެންމެން ދަނބު ކުލަ އާއި ވައިލެޓް ކުލައިގެ ހެނދުން ތަކުން ޖަރީވެގެން ތިއްބެވެ. ލަމްޔާވެސް ބޮޑު ގަދަ ދަނބު ކުލައިގެ ބޮޑު ވެޑޖން ޑުރެސް އަކާއެކު ވައިލެޓް ކުލައިގެ ޝޯލްގައި ފެންނަނި ހޫރުއް ލީނެއްގެ ސިފާގައެވެ.
“ލަމް ޔޫ ލުކް ސޯ ބިއުޓިފުލް.” ކައިރާ ކައިޒާން މެން ކާރިއަށް އައިސް ބުނެލިއެވެ.
“ސޮރީ.. ދޮންބެދައްތަ.” ކައިރާ ހިނިގަނޑެއް ޖަހާލިއެވެ.
“ކައިޒާން”
“ޔޫ.. ލީވާން ދޯ..! އަންގާވެސް ނުލަމެއްނު.” ކައިޒާން ބުނެލިއެވެ.”ޒާން ވެސް ނާނގަމެންނު… ޒާން ހާދަ ނަސީބު ގަދައޭ އަހަރެންގެ ހިތަށް ތި ކަހަލަ ރީތި ކުއްޖެއް އަހަންނަށް ލިބޭނެ ނަމައޭ.އެކަމަކު ނަމައަކުން ކޯންޗެއް ލިބޭނީ…ހެހެ..”ހޭން ފަށަމުން ލީވާން ބުނެލިއެވެ.”ވާން ގަނޑު..އާން. ހަނދާން ނެތިފައޭ.. މާދަން މިއުޅެނީ މާލެ ބަދަލު ވާން… އެ ކޮޅުން ލަމް އަށާ އަހަންނަށް ޖޮބް ހަމަ ޖެހިއްޖެ.” ކައިޒާން ބުނެލިއެވެ.”ހަނީ މޫންއަކަށް ނުދަންތަ؟” ލީވާން އަހާލިއެވެ. “މާލެއަށް ގޮސް އެކޮޅު ރަނގަޅުވީމަ މި ވިސްނަނީ ހަނީ މޫންއަށް ދާން..” ކައިޒާން ބުނެލިއެވެ.”އެހެން ދޯ…” ލީވާން ބުނެލިއެވެ.
ޕާޓީ ނިމިގެން އާއިލާ ފޮޓޯތައް ނަގަމުން ދިޔައެވެ. ކައިޒާން އާއި ލަމްޔާ ވަކިން ފޮޓޯ ނަގަން ފެށީ އާއިލީ ފޮޓޯތައް ނަގާފައެވެ. އެކި ކަހަލަ ރީތި ފޮޓޯ ތައް ނެގުމަށްފަހު ކައިޒާންމެން ކާން ދިޔައެވެ.11:30ވުމާއެކު ގެއަށް ދިޔައީ ކައިޒާން މެންނަށް މާރާ ހޭލަން ޖެހޭތީއެވެ.ގެއަށް ގޮސް ކައިޒާންމެން މާ ބޮޑު ކަމެއް ނުކޮށް ނިދަން އޮށޯތެވެ.
ފަތިހު 5:00 ޖެހިއިރު ކައިޒާންމެން ތިބީ ބަނދަރުގައެވެ.” ދަރިފުޅުމެން ރަނގަޅަށް އުޅެއްޗޭ..” ޝާއިރާ އެންމެ ފަހުން ކައިޒާންމެން ކައިރީ ބުނެލިއެވެ.ކައިޒާން މަންމަގެ ގައިގާ ބައްދާލުމަށްފަހު ލާންޗަށް އެރިއެވެ.
ހެނދުނު ދިހައެއް ޖެހިއިރު ލަމްޔާމެން ތިބީ މާލޭގެ ހަލަނޮލި މާ ހައުލުގައެވެ.ލަމްޔާގެ ހިތުގައި ވަނީ ފޫހި ކަމެވެ. ދުއްވާ އެއްޗެހި ގިނަވެފައި ފެހިކަމުގެ އެއްވެސް އަސަރަެއް ނެތީމައެވެ. ކައިޒާންމެން ބަލައި އާ ކާރަށް އެރީ އަވަހަށް ގެއަށް ދިއުމަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



Guys.. how about this part.????
N cover change nukurevuny bixy v ma.. sorry.n next vv avahah
Varah reethi ingyy ??? kudhi kudhi mistakes ehba huri but story varah reethi….???whn is next part????????? waiting for it???????lysm ??????
Thank u
varah varah reethi …….. 😉 whn is next part……..
Thanxx a lot.
Wowwwwwww…. Varah reethi mi part vx…??????luv u dear
Thsnks a lot
Varah varah reethi…. ❤️❤️❤️best of luck
Vrh Vrh Vrh reethi and thankolheh kuru