Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 12

Emm Level 3100 Comments10 Stories100 Login
September 26, 2019 4 Mins Read
19 Comments

ރައުލްއާއެކު މަލްޝާ އެންމެން ކުޅެން ތިބި ހިސާބަށް ދިޔައިރު އެންމެން ވަށް ބުރެއް ހަދައިގެން ކުޅެން ތިއްބެވެ. ރައުލްއާ މަލްޝާވެސް މަޑު ކަފަ ކޮޅެއް ފަދަ ވިނަގަނޑުމަތީގައި އިށީނދެލިއެވެ. މަލްޝާއާ ޖެހިގެން އިން އީވާއާ ސުވާލުކުރުމަށްފަހު މަލްޝާއާ ޖެހުމުން މަލްޝާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަތްފައި ފިނިވެފައި ވިއެވެ. ” ޓްރުތް އޯރ ޑެއަރ… ” އައިލީޝް ބުމަ އަރުވާލަމުން އަހާލުމާއެކު މަލްޝާ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ޓްރުތް އޭ ބުނެލިއެވެ. ” އާރ ޔޫ އަ ވާރޖިން؟! ” އައިލީޝްގެ ސުވާލާއެކު މަލްޝާގެ ނަޒަރު ރައުލްއާ ދިމާލަށް ދަތުރުކުރީ އަލި ދަތުރުކުރާ ބާރުމިނުގައެވެ.

ރައުލް ބޮލުގެ އިޝާރާތުން އާނއެކޭ ބުނާށޭ މަލްޝާ ކައިރީ ބުނެލިއެވެ. މަލްޝާ އިސްޖަހާލައިގެން އިނދެ އާނއެކޭ ބުނެލިއެވެ. ” އޯކޭ… ” އިތުރަށް އެ މައުލޫއަށް ނުގޮސް އެންމެންވެސް ކުޅުމައިގެން މަޝްއޫލުވުމުން މަލްޝާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އިހްސާސް ކުރެވެމުން ދިޔަ ނުތަނަވަސްކަން ކޮންމެސް ވަރަކަށް ނެތިގެން ދިޔައެވެ.

ރައުލް ފިޔަވާ ހުރިހާ ފިރިހެންކުދިން އެތަނުން ތެދުވެގެން ދިއުމާއެކު ކުޅިވަރުގެ ފޯރި ގެއްލިގެން ދިޔައެވެ. ކުޅުން ހުއްޓާލާފައި ވާހަކައެއް އަޅުވާލައިގެން ދެން ތިބި މީހުން ތިބި އިރު މަލްޝާ އިނީ ފާޑަކަށް ބާކީވެފައެވެ. ފޫހިވެފައި އިނދެ ވިނަކޮޅެއް އަތަށް އޮޅާލަ އޮޅާލަ އިން މަލްޝާގެ ބުރަކައްޓާ ދިމާލުން އެއްޗެއް ޖެހުނު ފަދަ އިހްސާސެއް ކުރެވުމާއެކު މަލްޝާ ފަސް އެނބުރި ބަލާލިއިރު ތިބީ ލަޔާންއާ ރާއިން އެވެ. މަލްޝާ ވާނުވާ ނޭނގިފައި ބަލަހައްޓައިގެން އިންދާ ލަޔާން އަތުގެ އިޝާރާތުން އައުމަށް ބުންޏެވެ. މަލްޝާ ވަށައިގެން ބަލާލީ ވާހަކަ ދައްކަނީ ކާކާ ކަން ޔަގީން ނުވެފައެވެ. ދެން ތިބި އެންމެން ވާހަކައިގައި ޖެހިފައި ތިބުމުން މަލްޝާ އަނެއްކާވެސް ލަޔާންމެންނާ ދިމާލަށް އެނބުރިފައި މޭގައި އަތް ޖައްސާލީ އަހަރެން ހޭ އަހާލާ ފަދަ ގޮތަކަށެވެ. ލަޔާން ބޯ ޖަހާލުމާއެކު މަލްޝާ މަޑުމަޑުން އިން ތަނުން ތެދުވެގެން އެ ދިމާލަށް މިސްރާބު ޖެހިއެވެ.

” ކަމެއް ކޮށްދީބަލަ… ” މަލްޝާ ގޮސް އެމީހުން ކައިރީ ހުއްޓުމާއެކު ލަޔާން އެދުނެވެ. މަލްޝާ ބުމަ އަރުވާލަމުން ކޮން ކަމެއް ހޭ އަހާލިއެވެ. ލަޔާން ސިއްރު ސިއްރުން މަލްޝާއަށް ހަދަންވީ ގޮތް ކިޔައިދިން އިރު ދެލޯ ހުއްޓިފައިވީ ވާހަކައިގައި ޖެހިފައި ތިބި ގުރޫޕަށެވެ. މަލްޝާ ބޯ ޖަހާލުމަށްފަހު އެމީހުން ތިބި ދިމާލަށް ހިނގައިގަތުމާއެކު ލަޔާން މަލްޝާ ހުއްޓުވާފައި އަދި ނުވެއޭ ބުނެލިއެވެ. މަލްޝާ އެ ހުރި ހިސާބުގައި މަޑުކޮށްލައިގެން ހުރީ ލަޔާންގެ އިޝާރާތެއް ލިބެން ދެންނެވެ. ލަޔާން ބޮލުގެ އިޝާރާތުން ދާށޭ ބުނެލުމާއެކު މަލްޝާ މަޑުމަޑުން އެ ދިމާލަށް ފިޔަވަޅުތައް ނަގަމުން ކުރިއަށް ހިނގައިގަތެވެ.

” އަމް… ކޭން ޔޫ ޓެލް މީ ވެއަރ ދަ ވޮޝްރޫމް އިޒް؟ ” މަލްޝާގެ އަޑަށް އެންމެން އެއްފަހަރާ ހެން އެނބުރި މަލްޝާއަށް ބަލާލިއެވެ. ” ޔާ ޝުއަރ… ” އައިލީޝް ހީލަމުން އެތަނުން ތެދުވެ މަލްޝާއަށް އައުމަށް އިޝާރާތްކޮށްލިއެވެ. މަލްޝާ އައިލީޝްގެ ފަހަތުން ހިނގައިގަތް އިރު މޫނުމަތީގައިވީ ފުޅާ ހިނިތުންވުމެކެވެ.

” އަޅޭ… މިރޭ ހާދަ އަނދިރި އޭ ދޯ މިތަންވެސް… ” އައިލީޝް އަނދިރީގެ ތެރެއަށް ލޯ ހާނަމުން ސްވިޗުތައް ހުންނަ ދިމާލަށް ހިނގައިގަތެވެ. މީހަކު އަތުގައި ހިފައި ދަމައިގަތުމާއެކު ލިބުނު ސިހުމުގައި އައިލީޝްގެ އަނގައިން ތޫލި ހަޅޭކެއް ބޭރުވެގެން ދިޔައެވެ. ހަށިގަނޑު ފާރުގައި ޖެހިފައި މަތަވުމާއެކު އައިލީޝް އަނެއްކާވެސް މަސައްކަތް ކުރީ ހަޅޭއްލަވައި ގަންނާށެވެ. ލިބިފައިވީ ސިހުމުގައި ސިކުނޑި މަސައްކަތް ނުކުރާ ފަދައެވެ. އައިލީޝްގެ އަނގަ މަތީގައި އެޅިގެން ދިޔަ އަތާއެކު އެމީހެއްގެ ހޫނު ނޭވާ ވަރަށް ކައިރިން އިހްސާސް ކުރެވުނެވެ. އައިލީޝްއަށް ނޭވާ ހިފަހައްޓަލައިގެން ހުރެވުނީއެވެ.

ކުއްލިއަކަށް މުޅި ތަން އަލިވެގެން ދިއުމާއެކު މީހެއްގެ ފިޔަވަޅުތަކުގެ އަޑު ދުރު ދުރުން އިވެމުން ގޮސް އެއްކޮށް ހެން އޮބުނެވެ. އައިލީޝްގެ ނަޒަރު މަޑުމަޑުން ގޮސް އޭނާގެ ގާތުގައި ހުރި މީހަކަށް ހުއްޓުމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ޑަންޑަން ލާފައި ތެޅެމުން ދިޔަ ހިތުގެ ތެޅުން ދެގުނަ ބާރުވިހެން ހީވިއެވެ. އުޅެވެމުން ދިޔައީ ހުވަފެނެއްގަ އޭ ހީވާ ފަހަރުވެސް މަދެއް ނޫނެވެ. މިއީ ހުވަފެނެއް ނަމަ ދުވަހަކުވެސް ހޭލާކަށް އޭނާ ބޭނުމެއް ނޫނެވެ.

ލަޔާންއާ އައިލީޝްގެ ހަތަރުކަޅި ހަމަވުމާއެކު ވަށައިގެންވީ މާހައުލުގައި ހިނގާ ހުރިހާ ކަމެއް ގަނޑުވެގެން ދިޔަ ފަދައެވެ. އެމީހުންގެ އަމިއްލަ ދުނިޔެއެއްގައި ދެމީހުން ރަސްކަން ކުރަމުން ދިޔައެވެ. ” ބޭބީ… އައި ލަވް ޔޫ… ” ލަޔާން އައިލީޝްގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލިއިރު ހިތަށް ލިބިފައިވީ ހިތްހަމަ ޖެހުން ބަޔާންކުރަން ދައްޗެވެ. އެ ތިން ލަފްޒު ދުލުން ބޭރުކުރަން އޭނާ ހާދަ މަސައްކަތެއް ކޮށްފިއެވެ. އޭނާގެ ހިތް އައިލީޝްގެ ކުރި މައްޗަށް ބަންޑުންކޮށްލެވުމާއެކު ހިތް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ ޖަވާބަކަށެވެ.

ހުއްޓުން އަރާފައި ހުރި ބުދެއް ފަދައިން އައިލީޝްއަށް ހުރެވުނީ ގާވެފައެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލެވުނީ ހުވަފެނުން ހޭލަން ބޭނުންވެފައި ހުރުމުންނެވެ. ތިން ފަހަރު ލޯ ހުޅުވާލިއިރުވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. އެއްވެސް ތަފާތެއް ނެތެވެ. އައިލީޝްއަށް ލަޔާންގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ގަބޫލު ނުކުރެވިފައެވެ. ލަޔާންގެ ދުލުން އެ ތިން ލަފްޒު އަޑު އަހަން އޭނާގެ ހިތް ހާދަ ދިގު އިންތިޒާރެއް ކޮށްފިއެވެ. މާޔޫސްކަމެއް ވަރުބަލިކަމެއް ނެތިއެވެ. އުމުރު ދުވަހު އިންތިޒާރުކުރަން ޖެހުނަސް ހެޔޮ ކަމަށެވެ. ހިތުގައި އުފެދެމުން އައި ލޯބީގެ މޫތައް ފަސްގަނޑުގެ ތެރެއަށް ގަނބާލެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އަލުން އެ މޫތައް ރޯވެ ދުވަހަކަށް ވުރެ ދުވަހެއް ފަހަރަކަށް ވުރެ ފަހަރެއް ވަރުގަދަވުން ނޫން ކަމެއް ނުވިއެވެ. ކުރެވެނީ ބޭކާރު މަސައްކަތެއް ކަން އިނގުމުން އެ ބާރުގަދަ އިހްސާސް އަށަގަތުމަށް ހުރަހަކަށް ވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް އަލިލީޝް ގަބޫލުކުރިއެވެ. ކޮންމެވެސް ދުވަހަކުން އެ ލޯބި ލިބޭނެ ކަމަށް އުންމީދުކޮށް އޭނާ ދެކުނު ހުވަފެންތަކުގައި މިއަދު ކުލަ ޖެހިއްޖެއެވެ.

އައިލީޝްގެ ބޮޑު ދެލޯ ފުރިގެން ދިޔައީ ތާޒާ ކަރުނައިންނެވެ. ކޯތާފަތުގައި ފިރުކިލާފައި ދަތްދޮޅިން ތިރިއަށް މިސްރާބު ޖެހި ކަރުނަ ތިއްކެއްގައި ލަޔާން ދޫ ޖައްސާލިއެވެ. އެ ވަގުތު އައިލީޝްގެ އަތް އޭނާގެ ހަށިގަނޑުގައި ވަށައިލިކަމުގެ އިހްސާސްވުމާއެކު ލަޔާންގެ ހިތަށް ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އައިލީޝް އޭނާޔާ ގަޔާ ވާކަމުގެ ނިޝާނެއް ފެނުމުންނެވެ.

އައިލީޝްގެ ލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތައް ލަޔާން ފޮހެދިނީ ލޯތްބާއެކުއެވެ. ” ލީޝްގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވައްޓާލާކަށްވެސް އަހަރެން ބޭނުމެއް ނޫން… ” ލަޔާންގެ އަސަރުގަދަ އަޑު ކަންފަތުގައި ޖެހުމާއެކު އައިލީޝްއަށް އިތުރަށް އެމޭގެ ތެރޭގައި ބޮނޑިވެ ގަނެވުނެވެ. ” ބޭބީ ޕްލީޒް… ” ލަޔާން ބުނެލުމާއެކު އައިލީޝް އަތުން ލޯ ފުހެލުމަށްފަހު ހިނިތުންވެލިއެވެ.

” ދެން ލަވް ޔޫ ޓޫ އެއް ނުބުނާނަން ތަ؟ ” ދެރަވާ ކަމަށް ހެދެމުން ތިރީ ތުންފަތް ކުރިއަށް ނެރިލާފައި ލަޔާން ބުނެލުމާއެކު އައިލީޝްގެ ދޮން މޫނު ރަތްވެގެން ދިޔައެވެ. އަނެއް ފަރާތަށް އެނބުރުނީ ލަޔާންއަށް އެމަންޒަރު ނުދެއްކުމަށެވެ. ” ބޭބީ… ދެން ލަވް ޔޫ ޓޫ ބުނެބަލަ… ” ލަޔާން އައިލީޝްގެ އަތުގައި ހިފާ އޭނާއާ ވީ ފަރާތަށް އަނބުރާލަމުން ބުނެލިއެވެ. ” ލަވް ޔޫ… ” އައިލީޝް އިސްޖަހާލައިގެން ހުރެ ބުނެލިއިރު އެ އަޑު މަޑުކަމުން ސިއްރެއް ހެން ހީވެއެވެ. ” ހާދަ މަޑުން… ތިހާ މަޑުން ބުނެގެން ނީވޭނެ… ވަރަށް ކަންފަތް ބީރުވާނެ… ” ލަޔާންގެ މަޤުސަދަކީ އައިލީޝް ލަދުގެންނެވުން ހެން ހީވެއެވެ.

” އުހުމް އުހުމް… މިހާރު ދެން ތިކަން ނިންމަން ވެއްޖެ އެއްނު… ދެން ތިމީހުން މާފޮޅުވާ ކޮންމެސް އެހެން ގަޑިއަކު… ” އެތެރެއަށް ވަދެގެން އައި ލާޝީންގެ އަޑަށް އައިލީޝްއާ ލަޔާންއަށް ދުރަށް ޖެހިލެވުނީ ސިހިފައެވެ. އެކަކަށްވެސް އައިލީޝްގެ ތުންފަތްމަތީގައިވީ ފަނޑުވުމެއް ނެތް ހިނިތުންވުން ފާހަގަ ނުވެ ނުދިޔައެވެ.

އީވާ ގޮސް އައިލީޝްގެ ގައިގައި ބައްދާލުމަށްފަހު މަރުހަބާ ކިޔެވެ. އައިލީޝްގެ ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ފޭދިގެން ނުދެއެވެ. ލަޔާންގެ ދުލުން އެ ތިން ލަފްޒު އަޑު އިވުނު ސިކުންތުން ފެށިގެން އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ނަސީބުގަދަ ކުއްޖާކަމުގައި އައިލީޝް އަމިއްލައަށްވެސް ގަބޫލުކުރިއެވެ. އެހިތުގައި ކުޅެވެމުން ދިޔަ ރާގުގެ ފޮނިކަމުން އައިލީޝްއަށް އަބަދުހެން ހުރެވެނީ ހިނިތުންވެލައިގެންނެވެ. އޭނާގެ ޚިޔާލީ ދުނިޔެ ޖަރީވަމުން ދިޔައީ ލަޔާންގެ ޚިޔާލުތަކުންނެވެ.

” ބޭބް… އާދެބަ… ” އައިލީޝްގެ އަތުގައި ހިފާލަމުން ލަޔާން ބުނެލުމާއެކު އައިލީޝް ލަޔާންއާއެކު ހިނގައިގަތީ އިތުރު ބަހެއް ބުނެލުމެއް ނެތިއެވެ. ތަންކޮޅެއް ދުރުގައި ތަނބެއްގައި ލެނގިލައިގެން ހުރި މަލްޝާގެ ގާތަށް ގޮސް ލަޔާން ހުއްޓެލުމާއެކު އައިލީޝްއަށް ލަޔާންގެ މޫނަށް ބަލާލެވުނީ ހައިރާންވެފައެވެ. ލަޔާން ހިނިތުންވެލުމަށްފަހު އަނެއްކާވެސް މަލްޝާއަށް ނަޒަރު އަނބުރާލިއެވެ. ” ތޭންކްސް މަލް… ވަރަށް ވަރަށް ބޮޑަށް… އަސްލުގަވެސް ވަރަށް ބޮޑު ކަމެއް އަހަރެންނަށް ތި ކޮށްދިނީ… ” އައިލީޝްއާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ލަޔާން ބުނެލުމާއެކު އައިލީޝް ހިނިތުންވެލަމުން އެއީ އެވަރު ކަމެއް ނޫނޭ ބުނެލިއެވެ. ” ލީޝްއަށް އިނގޭތަ؟ މަލް ވަރަށް ހެލްޕް ވެދިން އަހަރެންނަށް… ” ” އެހެންމަ އެއްކަލަ އިރު ވޮޝްރޫމްއޭ ކިޔާފަވެސް އެއީ މީގެ ބައެއް ދޯ؟ ” ލަޔާންގެ ވާހަކަ ނުނިމެނީސް އައިލީޝް އަރާފައި ހުރި ފޯރީގައި ބުނެލިއެވެ. ލަޔާން ހީލަމުން ބޯ ޖަހާލުމާއެކު އައިލީޝްއަށް އޭނާގެ ކަރުނަތައް ހިފަހައްޓަން ދަތިވިއެވެ. ” ތޭންކްސް މަލް… ތޭންކްސް އަ ލޮޓް… ” އައިލީޝް މަލްޝާގެ ގައިގައި ބައްދާލަމުން ބުނެލިއިރު ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.

 

= ނުނިމޭ =

 

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 13

Next

ވާނަން އުމުރަށް – 30 –

Next
September 26, 2019

ވާނަން އުމުރަށް – 30 –

Previews
September 26, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 13

19 Comments!

  1. Maisha says:
    September 26, 2019 at 2:19 pm

    Me first dhw… vrh reethi n vrh furihama..maasha allahw waitingfor next part..??

    1. Emm says:
      September 26, 2019 at 2:23 pm

      yes u r first dear… ❤❤❤ congratss! ??? thanks a million… ☺☺☺ keep waiting… ??? luv yuh! ???

  2. jiji says:
    September 26, 2019 at 2:28 pm

    Yey me sec dw

    1. Emm says:
      September 26, 2019 at 2:33 pm

      yh! alhey mifaharu vx second dhw… better luck next time… 🙂

  3. Emm says:
    September 26, 2019 at 2:31 pm

    hello dears… ??? here’s the 12th ep of shakuvaa hithah kurevey romun… ??? hope u all liked it… ??? leave a comment after reading… ??? plx point out the mistakes… ??? luv yuh all! ??? have a nice day… ❤❤❤

  4. jiji says:
    September 26, 2019 at 2:54 pm

    Masha allah v v v rythi❤❤❤❤❤❤vrh vrh kiyaa hithun indha nimuny vx??????mi bai sifakohlaafa hurileh vx v habbu ngey???Each n every scene too..basthah athuraafa hurileh vx dhen hama v fashuvi ey buneveyny??????I really love ur creative idea em…em mihaathanah liyunu hurihaa vhk eh vx v rythi masha allah???????Thi gothuga abadhuvx huredhehchey em..I guess someday u would be the Queen of this site???..Bundles of luv from me????????

  5. I.s.H.a says:
    September 26, 2019 at 5:52 pm

    Awsome

  6. Meekkomee says:
    September 26, 2019 at 6:39 pm

    Woww???? mi part ves varah varah varah reethi ?????????????? whn is next part ????? luv it ???????? waiting for the next part ???????? lysm ???????❤️❤️❤️❤️❤️❤️

    1. Emm says:
      September 26, 2019 at 8:03 pm

      so sweet… ❤ thanks deary… ??? next part in sha allah saturdayga up kohdheynan… keep waiting… ??? lug yuh much more… ???????????????

  7. Yaanee says:
    September 26, 2019 at 7:28 pm

    Varah reethi…
    Maasha Allah…
    Dhen raul ge ulhun change Kohbala…Raul nd malsha vx Dhen gulhuva bala please please please……When is next part.
    Waiting for the next part..

    1. Emm says:
      September 26, 2019 at 8:07 pm

      awwwnn… ??? thanks a bunch darlxx… ??? raulge ulhun change kureveyny raulge ehbaarulun libinennehnu… ? let’s c dhw dhn vaagotheh… ??? next part saturdayga in sha allah… keep waiting… ??? luv yuh! ???

  8. NODDY says:
    September 26, 2019 at 10:18 pm

    Wow! Nice story dear… can’t wait for the next… Please upload soon… 🙂

  9. Amii says:
    September 27, 2019 at 10:16 am

    thee virgin eh tha, mibunee mi vaahaka liyaa manje vaahaka

    1. Emm says:
      September 27, 2019 at 11:03 am

      what’s the point? but as u asked me i’ll tell the truth… 🙂 yes! i’m a virgin… thanks for the comment dear… ???

    2. Amii says:
      September 27, 2019 at 12:13 pm

      Aslu magey emme bodah hairaan vanii manje ah migothah liyan ingeythee!mibuny manje ah protection akee kobai kan thiya varuge kuhjakah liyan engeythy..Gaimu thinoonii thi umuruge kuhjaku mihaa kaafaru vaahaka eh liyun thaneh magey nudheken! Thayah heevedhaane ma miulheny thayaa jahsaalaigenney ves..ekamu habareh ahaaleveny..magey thikuhjaa thee virgin eh hey ehy tha mikahala stories liyan ingeynee ehen ulhefa huryma hen heevaa thy..malsa hen protection use kohgen hedhiyas meehakah neygeyne thaa dho?!..mifaharu tha kohme anga eh theliyas magey madakun nuhuhnaan..kurin faharugaaves huree thashah visney tho..ekam ehen nuvithaa dho?!

  10. Some one says:
    September 28, 2019 at 5:12 pm

    Hey u Amii…plx mind ur words ingey…what do u think u r talking about….plx don’t go to her character…u don’t have the right to ask such kind of questions and also how dare u to tell such dirty words to her…she is just 13…have some shame…i know i don’t have to interfere but it’s kind of odd if ppl are asking how she knows abt all…and if she knows abt all it doesn’t mean she has done something like that…plx just think twice before saying something to others….respect others…and most importantly don’t discourage writers…ekudhin ves varah vhk liyaa hithun dhw e liyany…eem dear plx just ignore this all and keep going…u r stry is awesome…mihaaru hama society ga hingaa kan kan mee…Amii..don’t get me wrong owkay…just wanted to tell ehnve hama bunely…srry if talked lil rude…

  11. unknown says:
    September 30, 2019 at 1:10 pm

    Mi story hama habeys. maa share Allah….Emm meehun kiyaa ehcheissah Alhaa nulaathi ingey…Baeh meehun kiyaane faadu faadu ehchehi Alhaaa laane ehchei noon…But mihen bunyas emm dhera vaane kan ingey meehun faadu dhogu vaahaka dhahkka emm dhimaalah hadi kon vaahaka dhahkkan yaamun.Ehen noonas hageegei balaa nulaa meehun naa dhimaalah ehchehi kiyunakee ranganlhu kamei noon…..please vaahaka kuriah gendhaathi ingey…huhttaa nulaathi..Ekahala kanthah ingidhaane dhw nukuriyas adhi..Story hadih yaamun nukeema numunee dhw.meehun naa dhimaalah ehchehi nukiyaa…. (Vaki meehakaah dhimaalakah noon mihen mibuniii)Story varah reethi..

  12. ?SAMMI? says:
    October 3, 2019 at 12:51 pm

    Kobaatha next part? ??

  13. jiji says:
    October 5, 2019 at 9:45 am

    Hey guyss…em menah exam dhuvas kolhu miaky….so she’ll upload after finishing her exams ingey…ok readers ?

Comments are closed.



All Right Reserved!