Skip to content
އެސްފިޔަ

އެކުގާވުމަށް ހިތް އެދުނަސް….

“ދަރިފުޅާ.. މިހާރު ކައިވެނީގެ ހަފްލާ ފެށޭ ގަޑި ޖެހެނީ… އަދިވެސް ތައްޔާރު ނުވަންތަ…” ލިސާން ތައްޔާރުވާން ނޫޅެ އަދިވެސް އެނދުގަ އިށީންދެގެން އިންތަން ފެނިފަ ކޮޓަރިއަށް ވަދެގެން އައި ނާދިޔާ ހުރީ ކުޑަކޮށް ހިތްނުތަނަވަސް ވެފައެވެ.

” މަންމާ.. އަހަރެންނަށް މިކުރެވެނީ ރަނގަޅު ކަމެއްތަ.. އަހަރެންނަށް ހިއްޔެއް ނުވޭ ނީރާ ދެކެ ވެވުނު ލޯބި އެހެން މީހެއްދެކެ ވެވިދާނެހެން..” ކައިރީގަ އިށީންނި ނާދިޔާ އާ ވާހަކަ ދައްކަމުން ލިސާން ބުނެލިއެވެ. އެ ހިތުގަ އެފަދަ އެތަށް ޝައްކުތަކެއް ވާނެކަން ނާދިޔާވެސް ގަބޫލް ކުރެއެވެ. ނަމަވެސް އަންހެން ކުއްޖެގެ ލޯބީގަ ޖެހި އޭނަގެ ހުރި ހަމައެކަނި ދަރިފުޅުގެ ދިރިއުޅުން ހަލާކު ވާކަށްވެސް އޭނާ ނޭދެއެވެ.

*************

” ނީރާ.. އަހަނަށް މާފް ކުރޭ.. އަހަރެންނަށް ދުވަހަކުވެސް ނީރާ ދެކެ ވެވުނު ލޯބި އެހެން މީހެއްދެކެ ނުވެވޭނެ.. އަހަރެންގެ ހިތުގަ އަބަދުވެސް ރަސްކަން ކުރަމުންދާނީ ނީރާ.. އެ މަޤާމް އަދި އިތުރު މީހަކަށް ނުވެސް ދެވޭނެ.. އަހަރެން ކައިވެނި ކުރަން އެއްބަސް ވީ ވެސް މަންމަމެން އާދޭސް ކުރާ ވަރުން.. މަންމައަށްޓަކާ ނޫންނަމަ އަހަރެންގެ މުޅި އުމުރުވެސް ނީރާއަށްޓަކައި ހުސްކޮށްލީމުސް..” ނީރާގެ ތަސްވީރު ތަކަށް ބަލަން އެތަށް އިރަކު އިނދެފަ، ކަރުނަ ފޮހެލާފަ ލިސާން ގޮސް ވަނީ ފާހާނާއަށްށެވެ.

**************

އާމާލް ކޯސް ނިންމާފަ ރާއްޖެ އައިފަހުން މީހަކާ ނީންދެގެން މަންމަ ކިޔާވަރުން ބޮލަށް އުނދަގު ވެގެން އެންމެ ފަހުން މަންމައަށް ކަމުދާ ކުއްޖެއް ހޯދުމަށް އެދުނެވެ. އާމާލް އަކީ ކުޑައިރުއްސުރެ ކިޔެވުމަށް ފޯރި ހުންނަ ކުއްޖެކެވެ. ގްރޭޑް ބާރަ ނިންމީވެސް މުޅި ރާއްޖޭން އެއްވަނަ ހޯދާ ދުނިޔޭގެ ފެންވަރުގެވެސް އެކި ވަނަތަށް ހާސިލް ކުރަމުންނެވެ. ކިޔަވާ ނިމުނު ގޮތަށް އާމާލް ބޭނުންވީ މެލޭޝިއާއަށް ކިޔަވަން ދާށެވެ. ކޯހުގަ އުޅުނުއިރުވެސް ކިޔެވުމާހެދި އާމާލްއަށް އެހެން ކަމަކާ ވިސްނޭ ވަރެއް ނުވެއެވެ. އާމާލް އުމުރުގެ އެހެން ކުދިން ލޯބިވެރިން ނަގައިގެން އުޅުނަސް އާމާލް އުޅުނީ ކިޔެވުމުގެ ކަންތަކުގަ ހޭބޯނާރައެވެ. ނަތީޖާއަކަށްވީ މުޅި ކޯހުން އެއްވަނަ ހޯދާ ރައްޖެ ފަހުރުވެރިވާ ފަދަ ނަތީޖާއަކާ އެކު ކޯސް ނިންމާލުމެވެ. ރާއްޖެ އައުމުން އެކަމާ އެންމެ އުފާކުރީ އާމާލްގެ މަންމައާ ބައްޕައެވެ.

****************

އެކުގާވުމަށް ހިތް އެދުނަސް އަދު ނެތީއޭ މި ނަސީބުގާ…

 

އޮކްޓޯބަރ މަހުގަ ކިޔުންތެރިންނާ ހަމައަށް ގެނެސްދެނީ އެކުގާވުމަށް ހިތް އެދުނަސް………

 

Comments (10)

  1. Anonymous

    yeyyyy.. your back… cant wait for the story…

  2. Maisha

    varah reethi ingey… waiting for story❤❤

  3. I.s.H.a

    Yeyy.. mimisis ge fun laobi kyn ekm comm eh nukuran vv loabi e story ves. Adhi loabivey ves kinhama habeys e story.. ekm dhen in story nukiyan?and trailar wow

  4. Anonymous5

    Mistake eh bunelaanan raskan intha innaaany ranikan…Feshun v Habeys.. waiting

  5. jiji

    Salhi v…waiting for the first part

  6. Mimmi7

    Mee vx Mimmi eh dhw????BTW stry vrh vrh reethi… Whn nxt prt??

  7. Maya

    I love arrange marriage love stories, hope mi waahaka reethi waanekamah n up kurumahfahu medhunukendi genes dheyne kamah , cant wait

  8. I.s.H.a

    Habeye

  9. Aish

    CANT WAIT… CANT WAIT.. Aish heekury mihaa dhuvas v ma mimmi esfiyain dhiyai kamah. so glad your back. mimmige aneh 3 story hen mi storyves ehaa reethivaane kamah heekuran.

  10. Nash

    Kon irakun first part Genesdheyne….can’t wait

Comments are closed.