ކުއްލިއަކަށް މީހަކު އަހާނާގެ އަތުގައި ހިފާ އޭނާ އާއި ދިމާއަށް އަބުރާ ލިއެވެ. އެއީ އަހާނާއަށް ދުވަހަކުވެސް ފެނިފައި ހުރި މީހެއް ނޫނެވެ. ނަމަވެސް އޭނާގެ އަގައިން ދުވި ނުބައި ވަހުން މަސްތުވާތަކެތީގެ އިސްތިޢުމާލު ކުރާ މީހެއްކަން އަހާނާއަށް އެގުނެވެ. އޭނާ އަހާނާގެ ހެދުމުގެ އަތް ކުރީގައި ހިފާ ދަމާ ލުމާއިއެކު އިރާގެން ދިޔައެވެ. ” ހެލްޕް… ހެލްޕް… ހެލް” އަހާނާ އެހީއަކަށް އެދި ގޮވަން ފެށުމުން އެމީހާ ގާތަށް ރުޅި އައިސްގެން އަހާނާގެ މޫނުގައި ބާރަށް […]
ދުވަހަކަށްފަހު ދުވަހެއްދަނީ ފާއިތުވަމުންނެވެ… އަހަރުގެ ބޮޑުޗުއްޓީ އާ ޖެހިއްޖެވެ. އަހަރެންނަކީ ހިރިޔާ ސުކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. އަހަރެންނަކީ ލާމު މާވަށަށް އުފަން މީހެކެވެ. އަހަރެން ވަރަށް ކުޑަ އިރު މަންމަ އާއި ބައްޕަ ވަނީ ކައިވެނި ރޫޅާލުމަށްފަހު އާ ދިރިއުޅުމެއް ފައްޓާފައެވެ. އަހަރެން ހުންނަނީ މަންމަ ގާތުގައެވެ. ދޮން ބައްޕަ އަޅުގަނޑަށް ވަރަށް ހެވެ. އުފަން ބައްޕަ އެކޭ ތަފާތެއް ނެތެވެ. ބޮޑު ޗުއްޓީކަމުން މަންމަ މެން ރާވާފައި އޮތީ މާވަށަށް ދިއުމަށެވެ. މެންދުރު […]
ފިލްމް ބަލާ ނިމުން އިރު 10 ޖަހާފިއެވެ. އެންމެން ކޮޓަރިއަށް ވަނީ ނިދާށެވެ. ލަމްޔާއަށަ ނިދުނު އިރު ވެސް ކައިޒާން އަކަށް ނުނިދެއެވެ. ހައިފާގެ ހާލަކީވެސް މިއެވެ. ކައިޒާން ހައިފާ އަށް ގުޅަލިއެވެ.އަދި ބޭރަށް ނިކުތުމަށް އެދުނެވެ. މިރޭ އެ މީހުން ވަނީ ގޭގައި ހުސް ކޮން ހުރި ކޮޓަރިއަށެވެ. ދެމީހުން އުފާ ހޯދަމުން ދިޔައިތު ހިލޭ މީހެއް ކަމެއްވެސް ހަނދާނެއް ނެތެވެ. ދެމީހުންގެ އެކި ގޮތް ގޮތަށް ފޮޓޯ ނެގިއެވެ.ހަށިގަނޑުގައި ފޭރަމެއް ނެތިއެވެ. މިއީ ކިހާ […]
ޝާހިދު ލޫންގެ އަތް އޭނާގެ އަތުތެރެއިން ނަގަމުން ނުކުތުމަށް އެނބުރިލީ ދެލޯ ފުރިބާރުވަމުންދިޔަ ކަރުނަތަށް ފޮހެލަމުންނެވެ. ކުރިމަތި ބަލާލިވަގުތު ޝާހިދުގެ ދެލޯ ބޮޑުވެގެން ދިޔައީ ފެނުނު ސޫރައަކުންނެވެ. ___________________________________ “އަ..އައިލީން..” ޝާހިދުއަށް އައިލީންއަށް ގޮވާލެވުނީ އުނދަގުލާއެކުއެވެ. އޭރު އައިލީންގެ ދެލޯ ފުރި ބާރުވަމުންދިޔަ ކަރުނަތަށް ކޯތާފަތްމަތިން ބޮސްދެމުން ތިރިއަށް ދެމެމުންދިޔައެވެ. ކުއްލިޔަކަށް އައިލީންގެ ފަހަތުން ނުކުތް ސައިރާ ފެނިފައި ޝާހިދު ގަބުވިއެވެ. ސައިރާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުތަށް ފައިބަމުންދިޔައީ އެ ހިތަށް ކޮއްފައިވާ ފުން އަސަރަކުންނެވެ. “ސަ..ސައި…” […]
ހަމަ އެވަގުތު އޭނަގެ ދެފައިގައި ވެސް ރިހުމެއް އުފެދެން ފެށުމުން މަލާކަށް އޭނަގެ އެއްފަރާތަށް ނަޒަރު ހިންގާލެވުނެވެ. އޭނަގެ އިސްޓާކީން ބާއްވާފައި އޮންނަނީ އަބަދުވެސް އަރިމަތީ މޭޒުމަތީގައި ކަމަށްވާތީވެއެވެ. އެހެނަސް އޭނައަށް މި އޮވެވުނީ މުޅިން އާ ގެއެއްގައިކަން އެނގުންވުމުން މަލާކްގެ ހިތް ގެނބުނެވެ. އަދި އަމުދުން އިޙްސާސްކުރެވެމުން ދިޔަ ފިންޏަކުން އިސްޓާކީނަކުން ވެސް އޭނައަށް މާ ބޮޑު އެހީއެއް ނުލިބޭނެކަން ޔަޤީންވުމުން މަލާކަށް ސީދާވެލަމުން އެނދުގައި އިށީނދެވުނެވެ. ހަމަ އެވަގުތު އޭނައަށް ދެފައި ވެސް ލަންބާލެވުނު […]
ބެގްޕެކް އަޅުވާލައިގެން ކާކޮޓަރީ ދޮރުކައިރީ ހުރީ ޒުވާން ފިރިހެނެކެވެ. ހަމުގެކުލަ އަތްޔެވެ. އިސްތަށިގަނޑު ރީތި ސްޓައިލަކަށް ކޮށާލެވިފައިވެއެވެ. ކަޅުދެލިކޮޅެއްފަދަ ކަޅިއެކެވެ. ތުންފަތްމަތީގައި ވަނީ ފިރިހެންވަންތަ ހިނިތުންވުމެކެވެ. އެ ޒުވާނާގެ ތޫނު ނަޒަރު ހުއްޓިފައިވަނީ އޭނާއާ ފުރަގަސްދީގެން މޭޒުދިށުގައި އިން އައިރާއަށެވެ. ***************************** އެންމެންގެ ކަންފަތުގެ ތޫރިތައް ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަންނަމުން މީރާގޮސް އޭނާގެ ހުރިހަމައެކަނި ބޭބެ ކައިޝް ގައިގައި އޮޅުލައިގަތީ ލިބިފައިހުރި އުފާވެރިކަމެއްގެ ބޮޑުކަމުންނެވެ. އެއްއަހަރުގެ ކޯހަކަށް މެލޭޝިއާއަށް ފުރިގޮތަށް މީރާއާ ރީމާއަށް ކައިޝް ފެންނަވަރުވީ […]
“ލޫން….ދޮގު ނުހަދާ ބޭބެ ކައިރީ ބުނާތި…….ލޫންގެ މަންމައަށް ކިޔަނީ ކޮންނަމެއް؟….” ލޫން ކައިރީގައި ހުއްޓިލަމުން ޝަހިދު އަހާލީ އޭނާއަށް އިވޭނީ އެނަންކަން ނުދެނެހުރި ހާލުގައެވެ. އިވުނު ނަމަކުން ޝާހިދުގެ ދިރިއުޅުމަށް ޒަލްޒަލާއެއް އައިފަދައެވެ. * * * * * * * * * * * * * * * * * ” ލަ…ލައު..ލައުރީން..” އިއްބާންގެ އަތުގައި ހިފާ ބާރުކޮއްލައިގެން އޮވެ ލޫން ބުނެލީ ދެލޯ މަރައިގެން އޮވެއެވެ. ޝާހިދު ހުރީ […]
ފަނަރަ އަހަރު ފަސް…… ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން މުޅި ދަނޑު ގުގުމަމުން ދިޔައެވެ. އެންމެން އެއް އަޑަކުން ގޮވަމުން ދިޔައީ އުމުރުން އެންމެ އަށާރަ އަހަރުގެ ޔޫސުފްގެ ނަމެވެ. އޭރު ޔޫސުފް ހުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތަށް އަރަން ތައްޔާރަށެެވެ. ފެހިކުލައިގެ ޖާޒީގެ ފަހަތުގައި ކަޅު ކުލައިން ޔޫސުފްގެ ނަން ޖަހާފައި ހުއްޓެވެ. ނަމުގެ ތިރީގައި ވިހި ނަންބަރު ޖަހާފައި އިނެވެ. އަންހެންކުދިންގެ ލޯތަށް ޔޫސުފް އާއި ދިމާއަށް ވަނީ ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އިސްކޮޅުން […]
އެއަރޕޯޓުގެ އެރައިވަލްސް ގޭޓުން ނުކުން ޒުވާނާއަށް ގިނަ އަންހެން ކުދިންގެ ލޯތައް އަމާޒުވެފާވެއެވެ. އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ސްކިނީގައި ހުރިއިރު ރީތި ވަރަކަށް ކޮށާލާފައިވި ބޮލުގެ އިސްތަށިކޮޅު ވަނީ ސްޕައިކް ޖައްސާފައެވެ. ތުނިތުނިކޮށް ބަހައްޓާފައިވި ތުނބުޅި އާއި މަތިމަހުން އެޒުވާނާގެ ފިރިހެންވަންތަކަން އިތުރުކޮށްދޭއިރު ދެލޯ ވަނީ ކަޅު ކުލައިގެ ރޭބަން އަވި އައިނަކުން ފޮރުވާލާފައެވެ. ކޮނޑުގައި ބެކްޕެކެއް އަޅުވާލައިގެން ހުރެ އަނެއް އަތުން ފޮށި ދަމަމުން އައި ޒުވާނާގެ ތުންފަތަށް ހިނިތުންވުމެއް […]