Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަފުން ވެވިފާ…09

eysh Level 510 Stories100 Comments100 Login500 Comments
September 27, 2019 4 Mins Read
46 Comments

ޔުމާން ބުނެބަލަ… ތިހާ ސައިލެންޓްވީމަ، އަހަރެންގެ ހިތް ބިރުގަންނަން ފަށައިފި… ކޮންމެވެސް ކަމެއް ގޯސްވާހެން ހީވެއޭ އެބަ… އާދޭސްކޮށްފައި ބުނަން… އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު… ޔުމާންވެސް އެދަރިފުޅުދެކެ ލޯބިވަންޏާ އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހާ ވާހަކައެއް ކިޔައިދީ…” އިވްޔާ ތެދުވިއިރު، ފެންކަޅިވެއްޖެއެވެ. އޭނައަށް ޔުމާންގެ އަތުގައި ހިފައިލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

“އައިމް ސޮރީ… އައިމް ސޯ ސޮރީ އިވީ… އަހަންނަށް ވަނީ ވަރަށް ބޮޑު ގޯހެއް ހެދިފައި…” ޔުމާން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

********

ވާނުވާ ނޭނގިފައި އިވްޔާއަށް ހުރެވުނީ ޔުމާންއަށް ބަލާށެވެ. އެ ހިތް ޝައްކާއި ވަސްވާންތަކުން ފުރިގެން ދިޔައެވެ. އިވްޔާ ޔުމާންގެ އަތުން ދޫކޮށްލިއެވެ. ބިރުވެރި އެއްޗެއް ފެނުމުން ދުރަށްޖެހިލާހެން އޭނަ ޔުމާން އާއި ދުރަށްޖެހުނެވެ.

“އިވީ… އަހަންނަށް ކުށް ކުރެވުނު… އެކަމަކު އަހަންނަށް އެކަން ކުރެވުނީ އަހަރެންގެ ދަރިފުޅަށްޓަކައި…” ޔުމާން ހުރީ ދެރަވެފައެވެ.

އިވްޔާގެ ދެލޯ ފެންކަޅިވިއެވެ. އޭނަ ޔުމާންއަށް ބަލަމުންދިޔައީ، އުއްމީދު ގެއްލިފައިވާ މީހަކު ފަދައިންނެވެ. އޭނަ ޔުމާންއަށް ކުރި އިތުބާރު ހިނދުކޮޅެއްގެ ތެރޭގައި ގެއްލިދާން އުޅޭހެން ހީވެ، އިވްޔާގެ ހިތް ތެޅެން ފެށީ މާ ވަރަކަށެވެ. ޔުމާންގެ ކޮންމެ ޖުމްލަ އަކާއިއެކު އެ ހިތުގެ ތެޅުންވެސް އިތުރުވަމުން ދިޔައެވެ. ނޭވާލާންވެސް ޖެހިލުންވެފައި އޭނަ ހުރީ ޔުމާން ދެން ބުނާނެ އެއްޗަކުން އެހިތަށް ކޮށްފާނެ އަޞަރަކަށް ވިސްނައިގެންނެވެ.

“އަހަރެން ހުރިހާ ކަމެއްވެސް ކުރީ ކައިލަންއަށްޓަކައި… އެކަމަކު…” ޔުމާން އިސްޖަހައިލިއެވެ. ދެން އޭނަ އިސްއުފުލައި އިވްޔާއަށް ބަލައިލިއެވެ.

އިވްޔާގެ ލޮލުން އޮހެރެމުންދިޔަ ކަރުނަތައް ފެނި، ޔުމާންގެ ހިތަށް ތަދުވިއެވެ. އޭނަ އިވްޔާގެ ކައިރިއަށް ޖެހިލަން އުޅުނެވެ.

“އިވީ އައިމް ސޯ ސޮރީ… ނައިރާއަށް…” ޔުމާން ބުނަން އުޅުނު ޖުމްލަ ހުއްޓުވީ އިވްޔާއެވެ.

“ދެން އޯކޭ… ތިވަރުން ފުދިއްޖެ… ކައިކްދެކެ ތިހާ ލޯބިވާ ވާހަކަ ޔުމާން ބުނާއިރު، ތިހުރިހާ ކަމެއްކޮށްފައި އައިސް ހިމޭނުން ތިހުރީ ކީއްވެ؟…” ޔުމާން އާއި ދިމާއަށް އިވްޔާ ބަލައިލީ ހިތްހަމަނުޖެހިފައި ހުރެއެވެ.

“މިހާރު އަހަންނަށް އެނގިއްޖޭ ކައިކް އެއްވެސް އެއްޗެއް ނުބުނީ ކީއްވެކަން… އޭނައަށް އެނގޭ ނައިރާއަށް އެހެން ހެދީ ޔުމާންކަން…” އިވްޔާ ހަޅޭއްލަވައިގަތެވެ.

“ޔުމާންގެ އަމިއްލަ ބައްޕައެކޭ ޔުމާންއެކޭ އެއްވެސް ތަފާތެއް ނެތެއްނު… ރިޔާޒުގެ މަކަރުވެރިކަން ޔުމާންގެވެސް ހުންނާނެކަން އަހަންނަށް ކުރިން ނޭނގުނީތީ މިއަދު ހިތާމަކުރަން…” އިވްޔާގެ އަޑު ކުރިއަށްވުރެވެސް ބާރުވިއެވެ.

ޖެހި ބުދެއްހެން ޔުމާން ހުރިއިރު، ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ރިޔާޒުގެ ވާހަކަ ދެއްކުމުން އެތެރެއިން ނަފުރަތުގެ ހުޅުގަނޑު ފަޅައިގެން ދިޔަހެން ހީވިއެވެ. ދެއަތް މުށްކެވުމުގެ ކުރިން ޖީބަށް ކޮށްޕައިލިއެވެ. އެއްޗެކޭ ބުނުމަށް ޔުމާން އަނގަ ހުޅުވައިލާ ކޮންމެ ފަހަރަކު، އިވްޔާ ހަޅޭއްލަވައިގަންނާތީ، ހިމޭންކަން އިޚްތިޔާރުކުރަން ޔުމާންއަށް މަޖުބޫރުވަނީއެވެ.

“މަންމާ…” ކޮޓަރިން ނުކުމެގެން އައި އިޔާނީ ރޮވިފައި ގޮވާލި އަޑަށް އިވްޔާ ދިޔައީ ސިއްސައިގެންނެވެ.

އިޔާނީ ގޮވައިގެން އިވްޔާ ގޮސް ކޮޓަރިއަށް ވަންނަންދެން ބަލަން ހުރެފައި ޔުމާން ހުރިތަނަށް ތިރިވިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓަމުން ދެލޯ މަރާ ބާރުކޮށްލީ މުޅި ނަފުޞު އޭނައަށް މަލާމާތްކުރާހެން ހީވުމުންނެވެ.

********

ހެނދުނުގެ ވަގުތެވެ. ނިދިފައި އޮތް ކައިލަންއަށް ހޭލެވުނީ މާބޮޑަށް ހޫނުވާން ފެށުމުންނެވެ. ތެދުވެ ފާރުގައި ލެނގިލުމާއިއެކު، ކުރިމަތީގައި ހުރި ނައިރާ އެލޮލުގައި އަޅައިގަތެވެ. ނައިރާ ހުރީ ހިނިތުންވެލައިގެންނެވެ. ކުއްލިއަކަށް އެ ހިނިތުންވުން ފަނޑުވަމުންގޮސް ފެނުނީ ރޯންފެށި ތަނެވެ. ގިސްލުން ރުއިމަށް ބަދަލުވެގެން ގޮސް، ހަޅޭއްލަވައި، ސަލާމަތަށް އެދި އާދޭސްކުރަމުންދިޔަ އަޑު އިވެން ފެށިއެވެ. ކައިލަން ހާސްވެގެން ކޮޅަށް ތެދުވިއެވެ. ނައިރާ އާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. މަންޒަރު ފުސްވަމުން ގޮސް ގެއްލުނެވެ. ތަން އޮތީ ފަޅުކޮށެވެ. ނައިރާއެއް ނެތެވެ. އެ ހަމަހިމޭން ގޮޅީގެ ތެރޭގައި ހުރީ ކައިލަން އެކަންޏެވެ.

“ނައިރާ…” ކައިލަންއަށް ހުރިތަނަށް ތިރިވެވުނެވެ. އޭރު ތަނުގައި ހަރުލާފައިވަނީ ކައިލަންގެ ވޭނީ ގިސްލުމުގެ އަޑެވެ.

ކައިލަންގެ ހަނދާނަށް އައީ ނައިރާ އެންމެފަހުން ފެނުނު ރޭ ކަންތައް ހިނގައިދިޔަ ގޮތެވެ. ނައިރާގެ ހަޤީގަތް އެނގުމުން އޭނަ މުޅީންހެން ގުޅުން ކަނޑައިލިއެވެ. އެހެންނަމަވެސް ނައިރާ ކުރި އާދޭސް އޭނައަށް ދުރުގައި ހުންނަން އުނދަގޫވިއެވެ. އޭނަ ނައިރާގެ ކައިރިއަށް ދިޔައީ މަޢާފުކޮށް ކައިވެނީގެ މަތިވެރި ގުޅުމަކުން، ގުޅެން ނިންމައިގެންނެވެ. ނަމަވެސް އެރޭ ކަންތައްތައް ބަދަލުވެގެން ދިޔައީ ހުދު އޭނަވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ.

********

ނައިރާގެ ކޮޓަރި އާއި ހަމައަށް ގޮސްފައި ކައިލަން ހުއްޓުނެވެ. އަތުގައި އޮތް މާބޮނޑި ރީތިކޮށްލާފައި، ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ނައިރާގެ ކޮޓަރި ދޮރުގައި ޓަކި ޖެހުމަށް އަތް ހިއްލައިލިއެވެ. ކައިލަންގެ ތުންފަތްމަތީގައިވި ހިނިތުންވުން ގެއްލެން ނެގީ ފަޅި ސިކުންތުކޮޅެކެވެ. ޓަކިޖެހުމަށް ހިއްލައިލި އަތް، ޖެހުނީ ތިރިކޮށްލާށެވެ.

ކޮޓަރިތެރެއިން އިވެމުންދިޔައީ ނައިރާގެ އަޑެވެ. އެއާއިއެކު ފިރެހެނެއްގެ އަޑުވެސް އިވެމުން ދިޔައެވެ. ދެމީހުން ދައްކަމުންދިޔަ ވާހަކަ ފުރަތަމަ އިވުނީ ވަރަށް މަޑުންނެވެ. ދެން އިވުނީ ދެމީހުން އެކުގައި ހީގަތް އަޑެވެ.

“ކައިލަންގެ މަތިން ހަނދާން ނައްތާލާ… އޭނައަކީ މިކަހަލަ ލޯބި ކުއްޖަކާއި އެކަށީގެންވާ ވަރުގެ މީހެއް ނޫން… ނައިރާ ތިބޭނުންވެގެން އުޅޭ ހުރިހާ ކަމެއް ކޮށްދޭނީ އަހަރެން… މިހާރުވެސް މިކޮށްދޭގޮތަށް…” އިވުނީ ފިރެހެނެއްގެ ލާނެތް އަޑެކެވެ.

ކައިލަންއަށް އެއަޑު ސާފުކޮށް އިވުނެވެ. ކާކުގެ އަޑެއްކަން އޭނަ ދެނެގަތީ ހިނދުކޮޅެއްގެ ތެރޭގައެވެ. ކައިލަންގެ ދެލޯ ބޮޑުވެގެން ދިޔައީ އެއީ ކާކުކަން ކަށަވަރު ވުމުންނެވެ. ދެއަތް މުށްކެވިގެން ދިޔުމާއިއެކު އަތުގައި އޮތް މާބޮނޑި މުށުތެރޭގައި ފިތެމުން ދިޔައެވެ. ގޮށްޖެހިފައިވާ ދެބުމަ، މަޑުމަޑުން ދުރުވަމުން ގޮސް، އެ މޫނުމަތިން ފެންނަން ފެށީ ހިތާމައިގެ އަޞަރެވެ. ކައިލަންގެ ދެލޯ ފެންކަޅިވިއެވެ. ކަރުނަތައް ދެލޮލުން އޮހިގަންނާކަށް ގިނައިރެއް ނުނެގިއެވެ.

“އޭތް… އަދިވެސް އެކަމާއި ދެރަވެފަތަ؟… ދެން އޭނަ މަތިން ހަނދާން ނުކޮށްބަލަ… އަހަރެން މިހުރީނު… ނައިރާ ބޭނުންވާ ވަރަށް އުފާކޮށްދޭނަމޭ…” ކޮޓަރިތެރެއިން އިވެމުންދިޔަ އަޑުން ކައިލަންއަށް ދެކަންފަތްމަތީގައި އަތްއަޅައި ބާރުކޮށްލެވުނެވެ.

އަތުގައި އޮތް މާބޮނޑި ކުދިކުދިކޮށްލާފައި ކައިލަން އެގެއިން ނުކުތެވެ. ބޭރުގައި އިރުކޮޅަކު ވިސްނަން ހުރެފައި އޭނަ އަނެއްކާވެސް އެތެރެއަށް ވަނީ އޭނައަށް ހުރިހާކަމެއް އެނގުނުކަން ނައިރާއަށް އެންގުމުގެ މަޤުޞަދުގައެވެ. ނައިރާގެ ކޮޓަރި ދޮރާއި ހަމައަށް ގޮސްފައި ކައިލަން އޭނަގެ ދުލަށް އައިހާ އެއްޗެއް ނައިރާ އާއި ދިމާއަށް ގޮވީ އަޑު ހަރުކޮށެވެ. ދޮރުގައިވެސް ޓަކިޖަހަމުންނެވެ. އެހުރިހާއިރު، އޭނަ ވާހަކަ ދެއްކިއިރުވެސް ނައިރާ ނުނުކުތްތަނުގައި އެއްވެސް އެއްޗެއްވެސް ނުބުނުމުން ކައިލަންގެ ރުޅި ގަދަވިއެވެ. ދެފައިން ދޮރުގައި ތެޅިއެވެ. އެންމެފަހުން އޭނަ ނުކުތީ ނައިރާގެ ނަން އެހިތުން ފޮހެލުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

ބޭރަށް ނުކުތްތަނައި، ކައިލަންގެ ލޮލުގައި އަޅައިގަތީ ނައިރާ އޭނަގެ އަތުގައި އެޅުވި އަނގޮޓިއެވެ. އައި ރުޅީގައި އަނގޮޓި ނަގައި، އަތުގެ ކޮޅަށް ހޫރާލަން އުޅެފައިވެސް، ކައިލަންގެ ޚިޔާލު ބަދަލުވިއެވެ. އޭނަ ބޭނުންވީ ނައިރާގެ ކުރިމަތީގައި އޭގެ އެއްވެސް އަގެއް ނެތްކަން ދައްކާށެވެ. އެހެންވެ، އަނެއްކާވެސް އޭނަ ގޭތެރެއަށް ވަދެގެން ގޮސް ނައިރާގެ ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ.

ކުއްލިއަކަށް އިވުނީ ނައިރާ ހަޅޭއްލަވަން ފެށި އަޑެވެ. ސަލާމަތަށް އެދި ރޮއެ އާދޭސްކުރަމުންނެވެ. ވޭނީ އަޑަކުން ރޮމުންދިޔަ ނައިރާ ދިޔައީ އޭނައަށް އަނިޔާ ނުކުރުމަށް އެދި އާދޭސްކުރަމުންނެވެ. ކައިލަންގެ ބޮލުގައި ހީވީ މީހަކު އެއްޗަކުން ޖެހިހެންނެވެ. ނައިރާއަށް ގޮވައި ދޮރުގައި ތަޅައި ހެދިއެވެ. ކައިލަންއަށް ގޮވަމުންވެސް ނައިރާ ހަޅޭއްލެވިއެވެ. ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރިއެވެ. ދޮރު ވައްޓާލެވޭތޯ ކައިލަން އެތައް މަސައްކަތެއް ކުރިއެވެ. އެކަމަކު އެކަމެއް ނުކުރެވުނެވެ.

ގޭގެ ފަހަރަކު ކޮޓަރިއެއްގެ ދޮރުގައި ތަޅަމުން، ކައިލަން ދިޔައީ ނައިރާ ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރަމުންނެވެ. މުޅި އެގޭގައިވެސް އިތުރު މީހަކު ނެތް ވަގުތެކެވެ. ކައިލަން އަނެއްކާވެސް ދުވެފައި އައީ ނައިރާގެ ކޮޓަރި އާއި ދިމާއަށެވެ. އެވަގުތު ނައިރާގެ ކޮޓަރިން ނުކުމެގެން ކޮންމެވެސް މީހަކު ދުވެފައި ދިޔަތަން އޭނައަށް ފެނުނެވެ. އެމީހެއްގެ ފަހަތުން ދާން އުޅެފައިވެސް، ކައިލަންގެ ޚިޔާލު ބަދަލުވިއެވެ. އެ ނަޒަރު ހުއްޓުނީ ނައިރާގެ ކޮޓަރި އާއި ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. އެތެރެއިން ނައިރާގެ ވޭނީ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. ލަސް ފިޔަވަޅުތަކެއް ނަގަމުން ކައިލަން ގޮސް، ނައިރާގެ ކޮޓަރި ދޮރުމަތީގައި ހުއްޓުމާއިއެކު ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ވާނަން އުމުރަށް – 30 –

Next

ވަޢުދު (ފަނަރަވަނަ ބައި)

Next
September 28, 2019

ވަޢުދު (ފަނަރަވަނަ ބައި)

Previews
September 26, 2019

ވާނަން އުމުރަށް – 30 –

46 Comments!

  1. Naju says:
    September 27, 2019 at 9:02 pm

    I’m speechless ??? masha Allah eysh ge new n nice story eh kiyaalan libey kamahtakaa maaih ﷲ ah shukuru kuran… ❤❤❤❤❤❤❤❤❤ Dear ge hurihaa stories thakeh vx naju time vi varakun hama kiyan ingey bt mihaaru aslu miulheny v balikoh ingey ehnve knme part akah cmnt nukurevidhaane bt hama enme part eh vx miss eh nukuraanan insha Allah ????????????

    1. eysh says:
      September 27, 2019 at 9:23 pm

      Ohh so sad to hear that.. Avas sifaa akah edhen.. Thank u so much dear.. varah ufaavehje cmnt kiyaalaafa.. appreciate kuran thi dhey support ah..

  2. I.s.H.a says:
    September 27, 2019 at 9:18 pm

    Reeethi second dhw

    1. eysh says:
      September 27, 2019 at 9:24 pm

      Thank u so much dear.. varah ufaavehje story kamudhiyaeema.. yess Isha mifaharu second dho.. dhen faharakun first libeytho balahchey..

  3. eysh says:
    September 27, 2019 at 9:27 pm

    Salaam all here is the 9th part of Kafun vevifaa.. kamudhaane kamah heekuran.. kiyaalaafa cmnt eh dhehchey.. ragalhukohlan jehey kameh inas faahagakohla dhineema eysh ah engeynee kiyuntherinnah kamudhaa gothah story genesdheyn..
    Mihaaruves thidhehvaa support hama v ufalaa eku balaigannan
    Thank u all..
    Good nyt..

  4. jiji says:
    September 27, 2019 at 9:54 pm

    Me third..kiyaafa comment eh kohlaanan ingey eysh

    1. eysh says:
      September 27, 2019 at 10:09 pm

      Yess jiji third.. ok dear.. waiting..

  5. ??Neha?? says:
    September 27, 2019 at 11:17 pm

    Finally ???wow just wow… Amazing… Varah happy vehje ehen faharu thakah vure Avahah up kohleema.. Again curious kohlaafa thi ninmaaly.. Ekam ehvec shakuvaa eh neiyy… Vaahaka up vaane dhuvahakah inthazaaru kuraanan…. World Best story writer… Ly sissy ???❤️❤️inthazaaru kuramey loabi vaathy… Roe roe ma innan keh nuvaathy…. ??when next… Assu SIS kon iraku tha story Liyan feshy… If you don’t mind can I ask you something..?? How old are you??? ????Javaabu dheyn beynun nethiyya mee nukuraa suvaaleh kamah balaa…. ???

    1. ??Neha?? says:
      September 27, 2019 at 11:20 pm

      I forget about something.. Mmm sorry
      ?MY FAV WRITER ?
      ❤️❤️LOABI LOABI EYSH SIS ❤️❤️

    2. ??Neha?? says:
      September 28, 2019 at 12:55 pm

      ??… Alhe keehve neha comment ah reply nukoh myny

    3. eysh says:
      September 28, 2019 at 2:05 pm

      Ohh Im so sorry dear.. eyru rply kuri gady cmnt fennan netheema rply nukurevunee.. mihaa sweeet cmnt akah rply nukoh hunnaanee kihineh.. Neha ge cmnt is very special and sweet as always.. also Neha ves Eysh ah v special vehje..
      Thank u sooo much Neha.. varah varah bodah happy vehje cmnt kiyaalaafa.. avahah upkohlevenee mikahala sweeet cmnts libeythee.. In Sha Allaah dhen in part ves lasnukoh upkohleveytho balaanan.. Neha v molhey dho lava kiyanves.. Maasha Allaah ?
      Eysh story liyan feshithaa adhi maa gina dhuvaheh nuvey.. midhiya aharu feshee.. adhi 1 yr mi vee..
      Unmeedhukuran dhen inna part ah happy velaafa inthizaaru kuraane kamah. Nurohchey.. hehe.. ly2 dear.. thank u so much fr the support

  6. Unique says:
    September 28, 2019 at 12:43 am

    Alhey haadha sad Konney naaira aamedhu kanthah higaidhiyaew??

    Story varah reethi Maasha allah

    Keep the good work going sissy

    1. eysh says:
      September 28, 2019 at 11:42 am

      Thank u so much unique.. varah ufaavehje story kamudhiyaeema.. keep waiting for the next..

  7. Fortnite says:
    September 28, 2019 at 2:53 am

    Awwwww mi ves fortnite au vvv reethi vaahaka eiy. My first comment to this story.. But regular koh kiyan inge.. When next?? Hope avahah upload kolladheynekamau.. Good night.. Waiting for the next episode

    1. eysh says:
      September 28, 2019 at 11:44 am

      Thank u so much Fortnite.. varah ufaavehje story kamudhiyaeema and cmnt kohleema.. unmeedhukuran story nimendhenves kiyaalaane kamah.. In Sha Allaah next part ves lasnukoh upkohkeveytho balaanan.. keep waiting for the next..

  8. jiji says:
    September 28, 2019 at 7:11 am

    Wow..speechless?????alhey dhn kihineh baa dhw vaany…so curious?????alhey rain ah vey gotheh vx balailan v curious vefa mihury??????when is next yash sis?????Waitingssss

    1. eysh says:
      September 28, 2019 at 11:46 am

      Thank u so much Jiji.. varah ufaavehje story kamudhiyaeema.. yahh.. lets c wht hppns.. next part ves Eysh ah liyevunuhaa avahah genesdheynan.. keep waiting..

  9. Cuty says:
    September 28, 2019 at 3:08 pm

    V reethi mi part vs… Eysh ge adafi ga inna story ah kihineh hadhaany

    1. eysh says:
      September 28, 2019 at 3:16 pm

      Kon story eh dear? Fenvaru.com ga in “Vaudhu veemey” tha? E story In Sha Allaah mireyge vaguthehga upvaane.
      Thank u so much dear.. varah ufaavehje story kamudhiyaeema..

  10. Sheen says:
    September 28, 2019 at 3:58 pm

    Wow vvvv salhi mi baives. Vvv furihama ♥️♥️♥️♥️?????? Dhen kihinehbaa dhw vaaneeves. Suvaalu thakun furifa ????????????????? Ekamves rangalhu gotheh vaane kamah my balanee.. ???????????? Waiting for the next part ???????????????????????

    1. eysh says:
      September 29, 2019 at 12:38 pm

      Hingaa dho vaagotheh balaalan kuriyah huri baithah kiyaalamaa.. suvaalu thakah javaabu ves libigendhaane..
      Thank u so much sheen.. varah ufaavehje cmnt kiyaalaafa.. as always very sweeet nd colorful.. thank u so much fr the support nd love.. really appreciate it.. lysm dear.. keep waiting..

  11. ??Neha?? says:
    September 28, 2019 at 5:05 pm

    It means that you are not ready to give answer for that question.. But why sis.. Is that a problem… I’m 14 years…

    1. eysh says:
      September 29, 2019 at 1:01 pm

      Neha dear.. public ga ehaa ragalheh nuvaane ehnu dho personal info haamakuraakag.. ehenve ingey.. goaskoh nuvisnahchey.. BTW im older than u.. Neha akee v sweet kuhje.. i know u will understand..

  12. ލަމް says:
    September 28, 2019 at 6:51 pm

    މާޝާﷲ.. މި ބައިވެސް ވަރަށް ފުރިހަމައެވެ. ވަރަށް ކިޔާ ހިތުން ވަރަށް ޝައުގުވެރިކަމާއިއެކު ކިޔާލެވިއްޖެއެވެ. ވަރަށް ކިޔަން ބޭނުން ވެފައި އިންދާ ކުއްލިއަކަށް އެ ނިމުނީ ބޮޑު ސުވާލަކުންނެވެ. ސިފަކޮށްދިނުން ސަތޭކައެވެ. ޢިބާރާތް ކުރުން އެހާ ނަލައެވެ. އޭޝް ތީ ހަމަ އެންމެ ސަޅި ރައިޓާރއެވެ. އެސްފިޔައުގެ އެންމެ ކުރީގައި އުޅޭ މަދު ލިޔުންތެރިންގެ ތެރެއިން އެކަކެވެ. އަޅުގަނޑުގެ ފޭވަރިޓް އެވެ… ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އެތައް ވާހަކައެއް ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަމެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.

    1. eysh says:
      September 29, 2019 at 12:42 pm

      Aww.. very sweeet..
      Thank u so much Lam.. varah ufaavehje cmnt kiyaalaafa.. means a lot.. cmnt kiyaalaafa dhen huri bainthakunves lam ge cmnt eh fennaane kamah unmeedhu kureven fashaifi.. thank u so much fr the kind words.. really appreciate it.. keep waiting fr the next part dear..

  13. Anonymous says:
    September 29, 2019 at 1:27 pm

    varah curious. gamiu e firihen meehaa aa ehkoh naira roomga indhe heyn v kyhve? and e firihen meeha kailan dhookohlaashey bunymaves baheh nubune iny keehve. nairaves rangalhu heneh hiyyeh nuvey. kyhkuran hashi vihkaigen ulheny eh. eyna ah emyhunaa dhurah dheveyne ehnu. or polihahves dheveyne ehnu. kailan ah hurihaa hageegatheh kiyaaves dheveyne ehnu. ekam hama kailan aa rahtehi vegen ulhunu iruves hashi vihkamun dhuvany.

    1. eysh says:
      September 30, 2019 at 5:52 pm

      Thank u so much dear.. hingaa dho vaagotheh balamaa.. Naira akee kon kahala meehehtho aa keehvekan ekahala kankan kuranee.. hurihaa suvaaluthakah ves In Sha Allaah javaabu libeyne.. varah ufaavehje cmnt eh kohleema.. unmeedhukuran kuriyah huri baithakun ves fennaane kamah.. and interest aa ekee story nimendhenves kiyaalaane kamah.. keep waiting fr the next..

  14. Kylie says:
    September 29, 2019 at 3:23 pm

    Wwwwww… V reethi mi part vs…. Whn is nxt part?????luv u Eysh sis???

    1. eysh says:
      September 30, 2019 at 5:55 pm

      Awww. Thank u so much dear.. varah ufaavehje story kamudhiyaeema
      Eysh ah v reethi nameh Kaily.. In Sha Allaah Eysh ge next story ge main character akah vaanee Kaily..
      Next part In Sha Allaah Thursday ge kurin genesdheynan.. keep waiting.. ly2 dear..

  15. Kylie says:
    October 1, 2019 at 1:34 pm

    Thanks sis… Varah ufaavejje thihen buneema… Can’t wait for the next story ❤️???????????❣️???

    1. eysh says:
      October 21, 2019 at 3:16 pm

      ?❤

  16. Kairaa says:
    October 1, 2019 at 2:57 pm

    Wowwwwwww…mi part vx hama varah reethi….. Can’t wait
    for next part… ??????luv u dear

    1. eysh says:
      October 21, 2019 at 3:17 pm

      Thank u so much Kai.. varah ufaavehhe story kamudhiyaeema.. means a lot.. rply lasveethee maafah edhen.. eki kankan dhimaavegen site ah nuvadhevi midhiyaee midhiya dhuvaskolhuga.. ly2 dear

  17. Shifna says:
    October 1, 2019 at 6:03 pm

    Wowwww.. Mi part vx varah reethi.. When is next part
    ?

    1. eysh says:
      October 21, 2019 at 3:18 pm

      Thank u so much shifna.. varah ufaavehhe story kamudhiyaeema.. means a lot.. rply lasveethee maafah edhen.. eki kankan dhimaavegen site ah nuvadhevuneema lasvee..

  18. Shuha says:
    October 2, 2019 at 8:09 am

    Wow…… Varah reethi mi part ves…… Eysh ge adafi Garden in a vaahaka Kobaa…..

    1. Lamko says:
      October 2, 2019 at 10:09 am

      Adhafi ga garden eh indheytha shukko

    2. eysh says:
      October 21, 2019 at 3:20 pm

      Thank u so much dear.. varah ufaavehje story kamudhiyaeema.. which story dear?
      Rply lasveethee maafah edhen..

  19. Anonymous says:
    October 2, 2019 at 9:29 am

    This is one of my favourite story in esfiya….❤️❤️❤️❤️❤️luv u eysh sis…..

    1. eysh says:
      October 21, 2019 at 3:21 pm

      Awwww… thats so sweeeet… Thank u so much dear.. varah varah ufaavehje cmnt kiyaalaafa.. and story kamudhiyaeema.. means a lot..
      Rply lasveethee maafah edhen.. ly2 dear

  20. Shuha says:
    October 2, 2019 at 9:47 am

    Hahahaaa… Adafi ga in vaudhu veemey..

    1. eysh says:
      October 21, 2019 at 3:27 pm

      Vaudhuveemey story mihaaru nimifa innaanee.. unmeedhukruan dear ah kamudhaane kamah ?

  21. Lamko says:
    October 2, 2019 at 9:52 am

    I luv your storys eysh sis…… Mi story vx bunan neyngey haa varah varah vx reethi ingey sis….. Sis ur the best story writer ingey i dhekey gothuga ❤️❤️❤️best o luck sis…. Miss your storys❤️❤️❤️

    1. eysh says:
      October 21, 2019 at 3:22 pm

      Awwww… thats so sweeeet… Thank u so much Lamko… varah varah ufaavehje cmnt kiyaalaafa.. and story kamudhiyaeema.. means a lot.. once again thank u sooo much…
      Rply lasveethee maafah edhen.. will miss ur cmnt in the next part ?

  22. Shifna says:
    October 11, 2019 at 11:02 am

    Mi part vx varah reethi…. Can’t wait for next part❤️❤️

    1. eysh says:
      October 21, 2019 at 3:25 pm

      Thank u soo kuch shif.. varah ufaavehje story kamudhiyaeema.. new part mihaaru kiyaaleveyne.. lasveethee varah bodah maafah edhen.. unmeedhukuran 10 vana baives kamudhaane kamah..

Comments are closed.

Next Episodeކަފުން ވެވިފާ…10←


All Right Reserved!