ދެގަޑިއެއްހައިއިރު ފަހުން ޒާޔާ ހޭ އެރިއެވެ. މަޑުމަޑުން އެސްފިޔަތައް ހުޅުވާ ލުމަށްފަހު ބޮލުގައި އަތް ޖައްސާލިއެވެ. ބޮލަށް ބާރުވެފައި ހުރުމުގެ ސަބަބުން ފުރަތަމަ ތަންތަން ފެނުނީ ވަރަށް ފުސްކޮށެވެ. ރަނގަޅަށް ފެންނަށް ފެށުމުން ޒާޔާ ވަށައިގެންވާ މާޙައުލަށް ނަޒަރު ހިނގާލިއެވެ. އޭނާ އޮތް އެނދުގެ އެއްއަރި މަތީގައި ބޯއަޅައިގެން ފިރިހެނެއް އޮތެވެ. ކުއްލިއަކަށް ޒާޔާ ތެދުވިއެވެ. އެމީހާ ވެސް ސިއްސައިގެންގޮސް ތެދުވިއެވެ. ޒާޔާ ހީކުރީ އެއީ ޒިޔާން ކަމަށެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި ހުރީ ރަޔާންއެވެ.
ރަޔާން މީގެ ކުރިން ދުވަހަކު ވެސް ޒާޔާއަށް ފެނިފައެއް ނުވެއެވެ. އެންމެ ކުޑަ މިނުން ރަޔާންގެ ނަން ވެސް އޭނާއަށް ނޭނގެއެވެ. ނަމަވެސް އެންމެ ފުރަތަމަ ފެންނަ އިރަށް ވެސް ޒާޔާއަށް އެއީ ކޮލެޖުގައި އުޅޭ ލަވަކިޔާ ކުއްޖާކަން އެނގުނެވެ. އެއީ ރަޔާންގެ ގަދަ މުށި ކުލައިގެ ލޮލުގެ ސަބަބުންނެވެ. ޒާޔާ ހުރީ ކުއްލިއަކަށް ރަޔާން ފެނުމުން ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ރަޔާންގެ ދޮން ކުލައިގެހަމާއި ކަޅުކަން ގަޑަ އިސްތަށިގަނޑުގެ އިތުރުން އެ މޫނުގެ ރީތިކަން އިތުރަށް ފުރިހަމަ ކޮއްދެނީ އޭނާގެ ގަދަ މުށިކުލައިގެ ކަޅިންނެވެ. އެ ރީތި ދެލޮލުން ރަޔާން ޒާޔާއަށް ބަލަން ހުރިއިރު އޭނާގެ މޫނުމަތީގައި ވަނީ ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ގެނުވާއި ދޭ ހިނިތުންވުމެކެވެ. އެހާވެސް ރަޔާން ޒާޔާއަށް ރީތި ވެއްޖެއެވެ. “ވާއު… ހާ ދަ ރީއްޗޭ.. އަޑު ވެސް އެހާ ރީތި، މޫނު ވެސް އެހާ ރީތި.. އިސްތަށިގަނޑު ވެސް ސްމައިލްވެސް، ހުރިހާ ކަމެއް ވެސް ހަމަ ޕާފެކްޓް.. އަޅެ ތަންކޮޅެއް ކުރިން ފެނުނު ނަމަ” ޒާޔާ ހިތާއި ހިތުން ބުނެލިއެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް ޒާޔާއަށް ހުރެވުނީ ޖެހި ތާނގައި ހުރި ބުދެއްހެން އަންގާ ހުޅުވައިގެން ރަޔާންއަށް ބަލާށެވެ. އަނގައިން ސޮނި ނުވެރި ހުރީ ވެސް ހަމަ ކިރިޔާއެވެ. ޒިޔާން މަތިންނާއި އޭނާގެ ބަނޑުގައި ކުޑަ ވަގުތުކޮޅެއް ކުރިން އޮތް ދަރި މަތިން ވެސް ޒާޔާ ހަނދާން ނެތުނު ކަހަލައެވެ. ޒާޔާ ބަލަން ހުރި ގޮތުން ރަޔާން ލަދު ގަންނަ ގޮތްވިއެވެ.
އިތުރަށް ކެތް ނުވެގެން ދެމީހުން ދެމެ ދަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގަލީ ރަޔާންއެވެ. “އަހަންނަށް ކިޔަނީ ރަޔާން” ރަޔާން އަމިއްލައަކަށް ތައާރަފު ވެލިއެވެ. އަދި ފަވާޒްއާއި ހައްވައަށް ކިޔައިދިން ގޮތަށް ޒާޔާއަށް ވެސް ކިޔައިދިނެވެ. ޒާޔާ ސިޑިން ވެއްޓުނު ހިސާބުން ފެށިގެން ހޮސްޕިޓަަލަށް ގެނައުމާއި، ޒާޔާގެ ބަނޑުގައި އޮތް ދަރި ބައިގެން ދިއުމާ، ޒާޔާގެ މަންމަމެންނަށް ޒާޔާ ބަނޑުބޮޑު ވީކަން އެނގުމާއި ހަމައަށް ހުރިހާ ވާހަކައެއް ތަފްސީލުކޮށް ކިޔައިދިނެވެ. “ކީކޭ މަގޭ ދަރި މަރުވީއޭ… ނޫން ބުނޭތީ ދޮގެކޭ… ނޫން ނޫން އެހެން ވެގެން ނުވާނެ… ރަޔާން.. ބުނޭތީ ދޮގެކޭ” ޒާޔާގެ ލޮލުން ތާޒާ ކަރުނަ ފައިބާން ފެށިއެވެ.
ރަޔާންއަށް މި މަންޒަރު ބަލަން ކެތް ނުކުރެވުނެއެވެ. ޒާޔާގެ ކައިރިއަށް އައިސް އެނދުގެ އަރިމައްޗެއްގައި އިށީނުމަށްފަހު ޒާޔާގެ ގައިގާ ބާރަށް ބައްދާލިއެވެ. އެވަގުތުގެ ގޮތުން ޒާޔާ ވެސް ރަޔާން ދުރު ކުރާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި ޒާޔާ ވެސް ރަޔާންގެ އަތުގެ ހިމާޔަތުގެ ދަށަށް ވަދެ ރަޔާންގެ މޭގައި މޫނު ފޮރުވާލިއެވެ. އެ ދޮން ރީތި މޫނުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް ދިޔައީ ރަޔާންގެ ގަމީސް ތެއްމަމުންނެވެ. އެކަނި އިންދެ ރޮޔުމަށް ވުރެ މިވަގުތު ޒާޔާއަށް ވިސްނުނީ މީހެއް ކައިރީގައި އޭނާގެ ހިތުގެ އުދާސްތައް ޙިއްޞާ ކުރާށެވެ.
“މަންމައާއި ބައްޕަ ކޮބާތަ! އެމީހުންނަށް އިނގޭތަ މި ވާހަކަ” ރަޔާންގެ މޫނަށް ބަލާލަމުން ޒާޔާ އަހާލިއެވެ. ރަޔާން ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ. “ކީކޭތަ އެމީހުން ބުނީ…. ވަރަށް ރުޅި އައިއްސަ ލ ދޯ ހުރީ..” ޒާޔާ އަނެއްކާވެސް ސުވާލު ކޮށްލިއެވެ. “އެ.. އެ.. އެމީހުން… ގޮއްސި ގެއަށް.. ވަރަށް ރުޅިވެސް އައިއްސަ ތިބީ.. ޒާޔާގެ ބައްޕަ ދަމުން ބުނި ޒާޔާ ތިއީ ދެން އެމީހުންގެ ދަރިއެއް ނޫނޭ.. އެމީހުންގެ ނަޒަރުގައި ޒާޔާ މަރުވެއްޖޭ” ރަޔާން ނުބުނާން ހުރެފަ ވެސް ބުންޏެވެ. ޒާޔާއަށް ހީވީ އޭނާގެ ހިތަށް މީހަކު ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލީ ބޮލުގެ ނާށިގަނޑު ފަޅާލާފައި ސިކުނޑި ނިކުންނަން އުޅޭހެން ހީވުމުންނެވެ. އޭނާއަށް މިފަދަ ޙާލެތް ޖެހުނު ދުވަހު އެންމެ ކައިރިން ހުރި އޭނާގެ އަމިއްލަ މަންމައާއި ބައްޕަ ވެސް އެންމެ ފަހަރަކުވެސް އޭނާގެ ގާތުގައި ވީގޮތް އަހާވެސް ނުލައި ދިޔުމުން ޒާޔާގެ ހިތް ކުދިކުދިވިއެވެ.
” ރަޔާން…. އަހަރެން މަންމަމެން ކައިރިއަށް ގެންގޮސްދީ… އަހަރެން ބޭނުން އެމީހުން ގާތު ކަންތައް ވީގޮތް ކިޔައިދޭން… އަހަރެންގެ އެއްވެސް ކުށެއް ނެތް… ޒިޔާން އަހަންނަށް ފާޑެއްގެ ބޭހެއް ކާންދީފައި އަހަރެން ހޭނެތުނީމަ އަހަރެންގެ ޢިއްފަތްތެރިކަން ނަގާލީ… މިހާރު ހިތަށް އަރާ މަންމަ ބުނީ ބަސް އަހައިގެން ގޭގާ ހުރެވުނީ ނަމައޭ… އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ޒިޔާން މަށަށް އެވަރުގެ ބޮޑު ލަނޑެއް ދޭނެކަމަކަށް… އަހަރެން އޭނަ ދެކެ ވަރަށް ލޯބިވިން އެކަމަކު… ” ވާހަކަ ދައްކާ ނިމުނު އިރު ޒާޔާ އިނީ އިސްޖަހައިގެންނެވެ. އޭނާގެ ދެލޯ ވަނީ ރޮއެރޮއެ ރަތް ލައިޓެއްހެން ދިލިފައެވެ.
” ޒާޔާ.. އަހަންނަށް އިނގޭއޭ ޒާޔާގެ ކުށެއް ނެތްކަން… ޒިޔާންއާއި ޒާޔާއާއި ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް އަހަރެން އަޑުއެހިން… އަހަރެން ޒާޔާގެ މަންމައާއި ބައްޕައަށް ވަރަށް ނަސޭހަތް ލައިދިނިން .. ޒާޔާގެ ކުށެއް ނެތް ވާހަކަ ވެސް ބުނިން އެކަމަކު އެމީހުން ތިބީ އެއަށްވުރެ މާ ރުޅި ގަދަވެފައި…….. މަށަށް ހީވަނީ މިވަގުތު ޒާޔާ އެ މީހުންނާއި ވާހަކަ ނުދެއްކިއްޔާ ކަންނޭގެ ރަނގަޅު ވާނީ… ތަންކޮޅެއް ރުޅި މަޑުވީމަ ވާހަކަ ދައްކަން މަޑުކޮށްލާ… ދެން ޒާޔާ އެވަރަށް މިކަމާއި ވިސްނާނެ ކަމެއް ނެތް… މާޒީއަކީ އެއްވެސް އިންސާނަކަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫން…. ކިތަންމެ ބޭނުން ވީ ކަމުގައި ވިޔަސް ވެ ނިމިފައިވާ ކަމަކާއި މެދު ވިސްނައިގެން އެކަން ބަދަލެއް ނުވާނެ… އެއްވެސް ދޮގެއް ނަހަދާ ބުނާނަމަ މަގޭ ހިތަށް އެބަ އަރާ އެ ޒިޔާންގަނޑު ޖެހިޖެހީނުން މަރާލާ ފާނަމޭ …ރަޔާންއަށް އަމިއްލައަށް ބުނެވުނު އެއްޗަކާ ރޭކާލީ މާ ފަހުންނެވެ. އަދި މަޑުމަޑުން ލޯމަރާލުމަށް ފަހު ޝިޓްއޭ ބުނެލިއެވެ.
“ރަޔާން ކީއްވެތަ މަށާއި ދޭތެރޭ ތިވަރަށް ތި ވިސްނަނީ… ތިއީ މަގޭ… ކާކުތަ.. ރަޔާން އަކަށް އަދި މަމީ ކޮންތާކުން އާއި ކާކު ކަމެއް ވެސް ނޭނގޭ އެއްނުން” ޒާޔާ އޭނާގެ ހިތުގެ ތެރޭގައި އުފެ ދިފައިވާ ސުވާލު ކޮށްލިއެވެ. ” އަހަންނަށް އިނގޭ ތިއީ ކާކުކަން… ޒާޔާއާއި ގުޅުން ހުރި ހުރިހާ ކަމެއްވެސް މަށަށް އިނގޭ… ތެދުތެ ދަށް ބުނާނަމަ އަހަރެންނަށް ޒާޔާ ފެނުނު އެންމެ ފުރަތަމަ ފަހަރު ވެސް ޒާޔާއާއި ގަޔާވެވުނު. އޭގެ ފަހުން އަހަންނަށް ޒާޔާ ދެކެ ލޯބި ވެވުނު އިރެއް ޙުދު އަހަންނަށް ވެސް ނޭނގޭ… ޒާޔާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ބާރަށް ތެޅެންފަށާ، ސިކުނޑި ސުމަކަށް ގޮސް، އަތްފައި ފިނިވާން ފަށާ… އަދި އެއްވެސް އިޙްތިޔަރަކާއި ނުލައި ހިނިތުންވެވޭ. އަހަރެން ޒާޔާއަށް ލޯބި ހުށަހަަޅާން އުޅެނިކޮށް އަހަންނަށް އިނގުނީ ޒާޔާއާއި ޒިޔާން އުޅުނީ ރައްޓެހިވެގެންކަން… އެހެންވެސް އަހަރެން ފަސް ޖެހުނީ… ވަރަށް މަސައްކަތް ކުރިން ޒާޔާއާއި ދުރަށް ދެވޭތޯ، ޒާޔާގެ ހަނދާންތަކާއި ދުރަށް ދެވޭތޯ… ނަމަވެސް އަހަންނަށް ހަމަ ކެތްނުވެގެން މިބުނީ… ޒާޔާ ނުފެނިދާ ކޮންމެ ސިކުންތުކޮޅެއް ވެސް އަހަންނަށް ހީވަނީ ޤަރުނެއްހެން… ކޮންމެ ދުވަހަކު އަހަރެން ކޮލެޖައް ބާރާބާރަށް ދަނީ ވެސް ޒާޔާ ފެނޭތޯ… ރިޔާޝާގެ ޕާޓީ އޮތް ރޭގައި ވެސް ޒާޔާއާއި ޒިޔާން އެއްކޮށް ފެނުމުން އަހަރެންގެ ހިތަށް ވަރަށް ތަދުވި… ހިތަށް އެރި އެވަގުތު އެ މަޤާމުގައި ޒިޔާންގެ ބަދަލުގައި އަހަރެން ހުރީ ނަމައޭ.. އެ ރޭގައި އަހަރެން ކީ ލަވަ ވެސް އެއީ ޒާޔާއަށް ނިސްބަތްކޮށް ކީ ލަވައެއް. ކޮންމެ ދުވަހަކު އަހަރެންގެ އިރު އަރަނީ ވެސް އަދި އިރުއޮއްސެނީ ވެސް ޒާޔާގެ ޙިޔާލުގައި… އަހަންނަށް އެނގޭ މިއީ އަހަރެމެން ބައްދަލުވި ފުރަތަމަ ފަހަރު ކަން އަދި އެންމެ ފުރަތަމަ ފަހަރު ވެސް އަހަރެން ޒާޔާއަށް ލޯބި ހުށައެޅުމުން ޒާޔާ ވަރަށް އަނކޮމްފޮޓަބަލް ވާނެކަން… އެކަމަކު އަހަރެން ދެން އެންމެ ސިކުންތު ކޮޅަކަށް ވެސް ޒާޔާ ގާތު މި ވާހަކަ ނުބުނެ ހުރީ ނަމަ ވެސް އަހަރެން މޮޔަވާނެ…
އަހަންނަށް އިނގޭ މިއީ މި ސުވާލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަން… އެކަމަކު ވެސް އަހަރެން ބުނެލާނަން…. ޒާޔާ އަހަންނާއި މެރީ ކުރާނަންތަ….. އޯކޭ ކޮންމެހެން މިވަގުތު ޖަވާބެއް ނުދިނަސް… ޒާޔާ ބޭނުން ވަރަކަށް ވަގުތު ނަގާފައި ރަނގަޅަށް ވިސްނާފަ އަހަންނަށް ޖަވާބެއް ދީ… އަހަންނަށް އިނގޭ ޒާޔާ ޒިޔާންދެކެ ވަރަށް ލޯބި ވާކަން… އަހަންނަކަށް ޒިޔާން އަކަށް ނުވެވޭނެ އެކަމަކު ޒާޔާ އާނއެކޭ ބުނެފިނަމަ ޒާޔާ ވަރަށް އުފަލުގައި ގެންގުޅޭނަން…. ދުވަހަކު ވެސް ޒާޔާ ދެރަ ވާވަރުގެ ކަމެއް ނުކުރާނަން… ތި ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ވެއްޓުނަ ނުދޭނަން ….އުންމީދު ކުރަން ޒާޔާ މި ކަމާއި މެދު ވިސްނާނެ ކަމަށް…. ޒާޔާގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރާނަން ” އެއްފަހަރާ ހިތު ތެރޭގައި މި އޮތް ވީހާ ދުވަހު ހިފަހައްޓައިގެން ހުރި ހުރިހާ ކަމެއް ޒާޔާ ކައިރީ ބުނެވުމުން ރަޔާންގެ ހިތަށް ފިނި ކަމެއް ލިބުނެވެ.
ޒާޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް ރަޔާން އޭނާ ދެކެ ލޯބިވާ ވާހަކަ ބުނުމުން ޒާޔާ ހުރީ ހުއްޓުން އަރާފައެވެ. އެއްކޮޅަށް ބަލާނަމަ ޒާޔާ އަދި ވެސް ޒިޔާން ދެކެ ލޯބިވެއެވެ. އަދި އޭނާ މަތިން ހަނދާން ނައްތާލުމަކީ ޒާޔާއަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނޫނަސް އަދި ޒާޔާއަށް ރަޔާން އެހާ ބޮޑަށް ނުވެސް އެނގޭއެވެ. އަނެއްކޮޅަށް ބަލާނަމަ ރަޔާންއަކީ ރަނގަޅު ކުއްޖެކެވެ. ޒާޔާ ނަހަލާލަށް ބަނޑުބޮޑު ވީކަން އެނގި ހުރެވެސް ދުނިޔޭގެ ލަދުން އޭނާ ސަލާމަތް ކޮށްދޭން ރަޔާން ހުރީ ތައްޔާރަށެވެ. މިއޮތް ވީހާ ދުވަހު ރަޔާން އޭނާ ދެކެ ވީ ލޯބި އެނގުމުން ޒާޔާ އޭނާއާއި މެދު ހަމްދަރުދީ ވިއެވެ. ރަޔާން ވަނީ މީގެ ކުރިން ވެސް ޒާޔާ ގެންގު ބައެއްގެ ކައިރިން ސަލާމަތް ކޮށްދީފައެވެ. އަނެއްކާ މިއަދު ރަޔާން ވަގުތަށް އައިސް ޒާޔާ ހޮސްޕިޓަަލަށް ނުގެނައި ނަމަ މިއަދު ޒާޔާ ދުނިޔޭގައި ވެސް ނުހުންނާނެ ކަންނޭގެއެވެ . ޒިޔާން ކަހަލަ ބޭވަފާތެރިޔަކަށްޓަކާއި ޒާޔާ އިންތިޒާރު ކުރަންވީ ވަކި ކީއްވެހެއްޔެވެ. މިދެ ޙިޔާލު ޒާޔާގެ ސިކުނޑި ތެރޭގައި ދައުރު ވަމުން ދިޔައެވެ. ސުވާލަކީ ރަޔާންއަށް އޭނާ އާއެކޭ ބުނަންވީތޯ ނުވަތަ ނޫންތޯއެވެ.
ޒާޔާއާއި ރަޔާން މިގޮތަށް އެކަކު އަނެކަކަށް ބަލަން ތިއްބާ ދޮރު ހުޅުވާލާފައި ޑޮކްޓަރު އެތެރެއަށް ވަދެގެން އައެވެ. “ކޮބާ ޒާޔާ މިހާރު ކިހިނެތް” ޒާޔާއާއި ދިމާލަށް ވާގޮތަށް ހުއްޓެމުން ޑޮކްޓަރ އޯގާތެރިކަމާއި އެކު އަހާލިއެވެ. “އައިއޭމް ބެޓާ ނައު” ޒާޔާ ޖަވާބުދިނެވެ. “އެންމެ ރަނގަޅު ދެން ގެއަށް ދިޔަސް… ބަޓް ޔޫ ނީޑް އަ ލޮޓް އޮފް ރެސްޓް… އެންޑް މާ ބޮޑަށް ސްޓްރެސް ނުވާތި” މިހެން ބުނުމަށްފަހު ޑޮކްޓަރ ނުކުމެގެން ދިޔައެވެ.
“ހިންގާ އިހަށް އަހަރެންގެ ގެއަށް ދާން.. ޒާޔާގެ މަންމައާއި ބައްޕަ ޒާޔާ ގެއަށް ނުވައްދާނެ… އެކަމަކު ޒާޔާ އެކަމާ މާ ބޮޑަށް ނުވިސްނާތި… އަހަރެން ދުނިޔޭގައި ހުރީހާ ދުވަހަކު ޒާޔާއަށް އެއްވެސް ކަމަކާ ވިސްނާ ކަށް ނުޖެހޭނެ…. އަހަރެން އަހަރެންގެ މަންމައާއި ބައްޕައާއި ވާހަކަ ދައްކައިފިން އަދި ހުއްދަވެސް ނަގައިފިން…. އެމީހުން ބުނީ ވީހާވެސް އަވަހަކަށް ޒާޔާ ގެންނާށޭ… އެމީހުން ވަރަށް ރަނގަޅު ވާނެ، ޒާޔާއަށް އެއްވެސް ކަމަކުން ދަތި ނުވާނެ” ޒިޔާން ބުނެލިއެވެ. ވަރަށް ވިސްނުމަށް ފަހު ޒާޔާ ރަޔާންއާއި އެއްކޮށް އޭނާގެ ގެއަށް ދިޔުމަށް އެއްބަސްވިއެވެ. ޒާޔާއަށް އިތުރު އެހެން ގޮތެއް ވެސް ނެތެވެ. އަމިއްލަ ގެއިން ނެރެލުމުން އޭނާ ވަކި ދާނީ ކޮންތާކަށް ހެއްޔެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




?Me first dhw
Ma Sha Allah v v rythi..kon irakun next mimmi???
Thanks jiji???nxt prt vry soon inshallah
Maasha allah?… Warah reethi ingey mi part vx. Waiting for next part. When next??????❤
Awwwwn thanks a lot maisha??what a beautiful comment….. Nxt prt nimunuhaa avahakah up kohlaanan ??
Yayyy u first ?? congrats darlin??
Hey guys… So here is the 13th part of my story…. I know mihaa dhuvas kohlaafa up kohleema readers Ehaa hinhama nujeheyne kan n I’m extremely sorry for the that… Actually I was really busy.. Ehnve Las vee.. But I promise nxt prt inshallah Ehaa Las nukuraanan… N mi partga thankolheh silly mistakes vx gina vaane cuz Mimmi rangalhah kiyaa vx nulaa avahah up kohlee so sorry for that too?? feel free to comment n share ur advice or opinion with me so that I could improve…. once again sorry guys n hope u lyk this prt…. Go on enjoy n have a nice day,???luv u all… ????
Curiously waitin for the next part….?…
Btw I love the story…?.. waiting for the next part…?☺️❤️
Nice ingey mimmi sis curios ly waiting.
Lysm
I love this part!!!!!!! Varah bodah reethi..
Thanks zainab???? means a lot
??????
Woww mi story varah reethi?????whn is next part???? waiting for it ????? luv this story so much ??????? LYSM ❤️❤️❤️❤️❤️❤️❤️❤️❤️??????????
Thanks meekkomee for the lovely and sweet comment???? Mimmi vrh ufaa vejje Meekko ah stry kamudhaane dhiyaeema… Nxt prt mihaaru liyamun midhanee inshallah vrh avahah up kohlaanan ?☺️☺️ luv u more darlin?????❤️❤️❤️❤️???????
jiji my foot??