ސޫޓްގެ ނަންބަރު ޖަހާލުމަށްފަހު ދޮރު ހުޅުވާލަމުން އޭނައަށް އެތެރެއަށް ވަދެވުނީ ރޫރޫއަޅާ އަޑަކުން މަލާކްގެ ނަމުން ގޮވަމުންނެވެ. ވެފައިވި ހާސްކަމެއްގެ ސަބަބުން އޭނަ ވަދެގެން ދިޔައީ ވެސް ސޫޓްގެ ދޮރު ލައްޕާލުމެއްނެތިއެވެ. އަޔާޒް ވަގުތުން ސީދަލަށް ގޮސް އެ ވީޑިޔޯއިން ސާޝާ މަލާކް ލީ ކޮޓަރިއާއި ހަމައަށް ގޮސް އެ ދޮރު ކައިރިއަށް ދިޔައެވެ. ދޮރާއި ކައިރިވަމުން ދިޔަދިޔަހެން ވެސް އޭނައަށް ކުކުރުމެއްގެ އަޑު އިވެމުން ދިޔައެވެ. ކުޑަކޮށް ހުއްޓިފައި ހުރުމަށްފަހު އަޔާޒް ދޮރު ހުޅުވާލުމާއެކު އޭނަ […]
މައިހާ ޝަހީދާގައިގައި ބައްދާލަމުން ދަނީ އޭ ބުނެ ނިކުތުމުން ލިޔާން ވެސް މައިހާގެ ފަހަތުން ނިކުތެވެ. “ހިނގާފަ ދާން ބޭނުމީ”ލިޔާން ކާރާ ދިމާއަށް ދިޔުމުން މައިހާ ބުނެލިއެވެ.ލިޔާން މައިހާއަށް ބަލާލީ ގަބޫލުނުކުރެވޭ ގޮތަކަށެވެ.”އެހެން ނޫން ނަމަ މައިއަށް ޓެކްސީއެއްގައި ވެސް ދެވިދާނެއެއްނޫން”މައިހާ އެހެން ބުނެ ލިޔާންގެ އަތުގައި ހިފިއެވެ. ލިޔާންއަށް މައިހާގެ މިއަމަލުން ނޭނގޭގޮތެއްވިއެވެ.”ކިހިނެތް ވީ މައި ބޭނުންވަނީ ކުރިން ވެސް މައި އާއި ޔާން އާއި ދެމެދު އޮތް ފްރެންޑްޝިޕް ބާއްވަން”މައިހާ ލިޔާންއަށް ބަލާލަމުން ބުނެލިއެވެ. […]
ލިޔާންއަށް މައިހާފެނުނު ވަގުތު ރޭގެ ހާދިސާގެ މަތިން ހަނދާންވިއެވެ.މައިހާ އޭނައަށް ބަލަހައްޓައިގެން ހުރި އިރު މައިހާގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރުގެ މާނަ ލިޔާންއަށް ނަގައިނުގަނެވުނެވެ. އެވަގުތަކީ ޝަހީދާއާއި ރަޝީދު ވެސް ގެއަށް އައި ވަގުތެވެ.ގެއަށް ވަން ޝަހީދާއަށް އެކަކު އަނެކަކަށް ގެއްލިފައިތިބި ލިޔާންއާއި މައިހާ ފެނުނެވެ.އެދެމީހުންގެ މޫނުމަތިން ޝަހީދާއަށް ފެނުނީ އެއް ކުލަވަރެކެވެ. “ޔާން ކީއްވެ މިތާ ތިހުންނަނީ އިނާ ގޮވައިގެންތަ ތިއައީ”ޝަހީދާ އެހެން ބުނުމުން ލިޔާން ސިއްސައިގެން ގޮސް ޝަހީދާއަށް ބަލާފައި ބޯ […]
“މީހުން ބަލާ ވަރުންވެސް..” އިރުކޮޅަކުން އީވާން އައިސް ދަޅުތައް ހުރި ކޮތަޅު ލީނާގެ އުނގަށް ލައިދީފައި ބެންޗްގައި ދިގުދެމިލި ގޮތުން ބަލަންތިބި އަންހެންކުދިން އާގަމަވިއެވެ. ބައެއްކުދިން ސިއްރުސިއްރުން އީވާންގެ ފޮޓޯވެސް ނެގިއެވެ. ޔަގީނުންވެސް އެކުދިންނަށް ޙަޒާނާ ކުރާވަރި އެއްޗަކަށް އެ ފޮޓޯގަނޑު ވެގެންދާނެކަން ގައިމެވެ. އީވާނަށް މިކަންތައް އެނގުނަސް ނޭނގޭކަމަށް ހަދާލައިގެން އިނެވެ. “ރީތި މަންމައަކާއި ބައްޕައެއްގެ ރީތި ދެކުދިންނޭ ތީ…އެހެންވީމަ މީހުން ބަލާނެއެއްނު..” އީވާން ބުނި އެއްޗަކުން ހިނިއައިސްގެން ލީނާ ރައްދު ދިނެވެ. އެލީންވެސް ހިނިއައެވެ. ފްލައިޓަށް އަރަން ދިޔައިރުވެސް ގިނަބައެއްގެ ނަޒަރު ހުއްޓިފައިވަނީ އެދެމީހުންނަށެވެ. އެލީން ހުރީ ހިތާހިތުން ކުދި ކިޔާލަކިޔާލައެވެ. ބަލައިގެން އެމީހުންނަށް އެއްޗެއް ލިބޭނަމަ ބަލަން އެންމެ ރަނގަޅެވެ. ކަންދިމާވިގޮތުން އެލީނަށް ލިބުނީ އީވާންއާއި ޖެހިގެން ހުރި ސީޓެވެ. މީހުންގެ ނަޒަރުން ސަލާމަތްވާން ބޭނުންވެފައި ވީނަމަވެސް އެލީންއަށް މިފަހަރު ޖެހުނީ ނާކާމިޔާބާއި ކުރިމަތިލާށެވެ. ފްލައިޓް ނައްޓާލިގަޑީ އެލީން އީވާންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އީވާން ބަލައިލި ވަގުތު އެލީން ދެލޯމަރާ ތަގުޅިކޮށްލައިގެން ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔަން އިނުމުން ހިނިއައެވެ. އޭނާގެ ބޮޑުނުވާ ކޮއްކޮގެ ޅަ އާދަތަކުން ހިތަށް ފިނިކަން ގެނެސްދެއެވެ. އެވަގުތި އީވާނަށް އައި މޮޅު ހިޔާލާއިއެކު އަވަސްއަވަހަށް ޖީބުގައި އޮތް ފޯނު ނަގައި އޭނާއާއި އެލީން އަރާނެހެން ސެލްފީއެއް ނެގިއެވެ. ރީތި ހިނިތުންވުމަކާއެކު އީވާން އެ ފޮޓޯއަށް ބަލައިލިއެވެ. އެލީނަށް މި ފޮޓޯ ދައްކައިފިއްޔާ އީވާންގެ ގަޔަށް ބޮލަށް އަރައިގަންނާކަށްވެސް ފަހެއް ނުޖެހޭނެއެވެ. ފްލައިޓް ވައިގެ ތެރެއަށް އަރާ ހަމަޖެހިލުމުން އެލީން އީވާންގެ އަތުން ދޫކޮށްލިއެވެ. އަދި މާ ނޫންކަމަށް ހެދިފައި ފޯނާ ކުޅެން ފެށުމުން އީވާނަށް މަޖާވިއެވެ. “ލީން…އައި ހޭވް ސަމްތިންގް ފޯރ ޔޫ…” އީވާން މިހެން ބުނުމުން އެލީން ނިތް އަރުވައިލިއެވެ. ކުޑަ ހުނުމަކާއިއެކު އީވާން އެލީނަށް އެ ފޮޓޯ ދައްކައިލިއެވެ. އެލީންގެ ދެލޯ ބޮޑުވެގެން އައެވެ. “ޑެމްން ޔޫ އިޑިއަޓް…” މިތިބެވެނީ ފްލައިޓްގަކަންވެސް ހަނދާންނެތި ކުޑަ ހަޅޭކަކާއިއެކު އީވާންއަތުން ފޯނު އަތުލަން އެލީން މަސައްކަތްކުރިއެވެ. ކޮމެޑީ ޑްރާމާއެއް ބަލާފަދައިން އޭރު އެންމެންވެސް އެދެމީހުންނަށް ބަލަމުން ދިޔައެވެ. ފަހަތުގައި އިން ލީނާއަށް އެއްއަތުން ނިތްކުރީގައި ހިފާއްޓާފައި ދެފަރާތަށް ބޯހޫރާލެވުނެވެ. އެލީންއަށް ނާކާމިޔާބުވެގެން ދެއަތް ތިރިކޮށްލުމުން އީވާންގެ ފަރާތުން ލުއި ހުނުމެއްގެ އަޑުއިވުނެވެ. “ކްރޭޒީ ގާލް…ދޮންބެ މި ޕިކް ވައްޓާލާނީ އެފްބީއަށް…ސްކެއަރޑީ ޗިކެން އޭ ޖަހާލާފަ…” އީވާންގެ ޖުމްލަ ނިމުމާއެކު އެލީން އީވާންގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. “އައި ހޭޓް ޔޫ ބްރޯ…ހަމަ އަސްލުވެސް މިބުނީ ތި ޕިކް އެފްބީއަށް ލައިފިއްޔާ ވާހަކައެއް ނުދައްކާނަން އިނގޭ…އެން ޔޫ ނޯ ވަޓް..؟ ޔޫ އަރ ދަ ވޯރސްޓް ޗިކެން…!” ދަތްތަކަށް ބާރުކޮށްގެން އިނދެ އެހުރިހާއެއްޗެއް ކިޔާލާފައި އެލީން އީވާންގެ އިސްތަށިގަނޑުން ދޫކޮށްލިއެވެ. އެރު އެ މޫނު ވަނީ ރަތްވެފައެވެ. “މައި ހެއަރ…އެނގޭތަ މިއަދުވެސް މި އިސްތަށިގަނޑު ރީތިކުރަން އަހަރެން ކިހާ މަސައްކަތެއް ކުރިކަން…؟” އީވާން އަނގަޔަށް ހަދާލިގޮތުން އެލީންގެ ރުޅިގަނޑު ފިނިވެ މަޖާވިއެވެ. ފެރީގައި އިން އިރު އެލީންގެ ސަމާލުކަންވަނީ މޫދަށް ހުއްޓާލެވިފައެވެ. މެންދުރުގެ ގަދަ އަވީގައި މޫދު ވިދަމުން ދިޔައިރު ޖަވާހިރުތަކެއް ފަދައެވެ. ދޭތެރެއަކުން މަހެއް ފެނިލައެވެ. ހަމަހިމޭންވެފައިވާ ކަނޑު ހަލަބޮލި ކުރަމުން ފެރި ކުރިޔަށް ދިޔައިރު މިސްރާބުހުރީ ކުރިމަތިން ފެންނަމުންދިޔަ މާލެއަށެވެ. ފެރީ މާލޭގެ ނެރުން އެތެރެވުމާއެކު އިންޖީނުގެ ވަސްދުވަންފެށުމުން މެނުބައިކުރާގޮތްވެގެން އެލީން އެދުމުން އިވާން އެލީން ގޮވައިގެން ހާމަ ދިމާލަކަށް ދިޔައެވެ. މަންމަ ލޯންޗްގައި އަންނަން އެއްބަސް ނުވުމުން ދެބެންނަށްވެސް ޖެހުނީ ފެރީގައި އަންނާށެވެ. މަންމަގެ ކުރިމަތީގައި ކަމަކާ ދެކޮޅުހެދުން އެއީ ވާނެކަމެއްނޫނެވެ. ފެރީގެ ވާ އައްސައިލުމާއެކު އެލީން ފައިބަން އަވަސްވެގަތެވެ. ވާޓަރުމައްޗަށް ފުންމާލަމުން އެލީން ވަށައިގެން ނަޒަރު ހިންގައިލީ އޭނާ ހޯދަން ބޭނުންވާ ފަރާތް ފެނޭތޯއެވެ. އޭރު ލީނާއާއި އީވާންވެސް ފެރިއިން ފައިބައިފިއެވެ. ކޮޅުކޮޅު ބަލަމުން ދަނިކޮށް މީހަކު ބޮލުގައި ފިރުމާލުމުން އެލީން ދިޔައީ ސިއްސައިގެންނެވެ.
ހިތްމަގޭ އެ ލަފުޒުގެ އަޑު އެހުމަށް ވަނީ ކެތް މަދުވެފާ. ހިތް އެދޭ ލޯތްބާއި އުފާ ވީ އެލަފްޒާ ގުޅުވިފާ. ******************************************* މުޅިކާއިނާތުވަނީ ނިދާމަރުވެފައެވެ. ހަމަހިމޭންކަން ވަނީ ހިސާބު ގަނޑަށް ވެރިވެފައެވެ. އެއްވެސް އިންސާނެއްގެ ހިލަމެއް ނުވެއެވެ. އިރުއިރު ކޮޅާ ކާޅުގޮވާލާއަޑު އިވިލައެވެ. ކުއްލިޔަކަށް ފުރާޅުމަތިން ބުޅާ ކޯޅިގަތް އަޑު އިވިގެން ދިޔައެވެ. މެދުއުމުރަށް ދާ ސަކީނާ ސިއްސައިގެން ދިޔައެވެ. އެވަގުތު ރަޝީދާ އަޅަމުން ދިޔަ ވޭނަށް ކެއްކުރަމުން ސިއްސައިގެން ގޮސްފައި ސަކީނާގެ އަތުގައި ހިފިއެވެ. ސަކީނާ […]
” ބީނިޝް ކޮފީތަށި ބޯލާ… އަހަރެން ގުޅަންދެން އިހަށް ބީނިޝްދޭ… ޓެލް އެވްރީ ސަރވަންޓް އޮފް ދިސް ހައުސް ޓު ނޮޓް ޑިސްޓަރބް މީ… މާމަ ކައިރީވެސް ބުނެލާތީ…” ރޫބީ އެއޮތް ގޮތަށް އޮވެ ބުނެލިއެވެ. ބީނިޝްވެސް ވަކިއެއްޗެއް ނުބުނެ ކޮފީތަށި ހިފައިގެން ނިކުންނަމުން މަޑުމަޑުން ދޮރު ލައްޕާލިއެވެ. ބީނިޝް ކޮފީތަށި ހިފައިގެން އެނބުރި އައިސް ވަންތަން ފެނި ފުށް މޮޑެން ހުރި ޒުމްރާ ސުވާލުކޮށްލިއެވެ. ” ކަމެއް ބޭނުންވީމަ ގުޅާލަނަމޯ… ހުރިހާ ނޯކަރުން ކައިރީ ބުނާށޯ […]
“ނޫނެކޭ ބުނެފީމެއްނު؟” ނަޒްހާއަށް ބާރަށް ބުނެވުނެވެ. ޝާދު ކައިރިއަށް ރުޅި އައީ ކުއްލިއަކަށެވެ. “އާނއެކޭ ބުނެބަލަ!” ދެ އަތުން ނަޒްހާގެ ދެ ކޮނޑާ ހިސާބުން ހިފާ ތަޅުވައިގަންނަމުން ޝާދު ބުންޏެވެ. “ތަދުވޭ ޝާދު!” ޝާދުއަށް ވެފައި ހުރި ގޮތުން އެ ވަގުތު ނަޒްހާ ބިރު ގަތެވެ. އަތަށް ވީ ތަދުން ލޮލުން އައި ކަރުނައާ އެކު ނަޒްހާއަށް ޝާދުއާ ދިމާއަށް ބަލަން ހުރެވުނެވެ. ވަގުތުން ޝާދު ނަޒްހާގެ ގައިން ދޫކޮށްލިއެވެ. ދެ އަތުން ބޮލުގެ އިސްތަށިގަނޑު ހާވާލަމުން […]
ޔަނާލްގެ އަމަލުތައް ހުންނަ ގޮތުން އޭނަގެ ހަޔާތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަމަށް އިކާންއަށް ގަބޫލުކުރެވުނެވެ. މިފަދަ އެތައް ކަންތައްތަކެއް އިކާންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އޭނަގެ ލޮލަށް ނިދި ސަވާރުވީވެސް އެވިސްނުންތަކުގައި އޮތްވައެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން ހަތެއް ޖަހާއިރަށް ފޯނު އެލާމްކުރުމަށްފަހު ޔަނާލް ފަތިސް ނަމާދުކޮށްލައިގެން ކުޑަ ވަގުތުކޮޅަކު ނިދާލުމަށް އޮށޯވެލިއެވެ. ގަޑިން ހަތެއް ޖެހުމާއެކު އިވިގެންދިޔަ އެލާމްގެ އަޑާއެކު ޔަނާލްއަށް ނިދިން ހޭލެވުނެވެ. ކަންނެތްކަމާއި ވަރުބަލިކަން އިހުސާސްވި ނަމަވެސް މިއަދުވެސް ބުރަ ދުވަހަކަށް […]
ދުވަސްތައް މާޒީއާ އެކުވަމުން ގޮސް ސުނާމީ ކާރިސާއަށް 12 އަހަރު ވީއެވެ. ސުނާމީގައި ގެއްލުން ލިބުނު ރަށްތަކުގެ މީހުން އެހެން ރަށްރަށުގައި ވަޒަންވެރި ކޮށްފިއެވެ. ކިތަންމެ ގިނަ އަހަރުތަކެއް ވޭތުވެ ދިޔަނަމަވެސް އެ ދުވަހުގެ ބިރުވެރިކަން ހިތުން ފިލާގެން ނުދެއެވެ. ***** ހޫނުމޫސުމުގެ ހިތްގައިމުދުވަހެކެވެ. ވަށައިގެން ވަނީ ފެހިކަން ގަދަ ގަސްތަކެވެ. އެކި ކުލަ ކުލައިގެ މާތަކުން ގަސްތައްވަނީ ޖަރީވެފައެވެ. މާދުރަށް ދާންދެން ފެންނަން އޮތީ ފަރުބަދަ ތަކާއި ވާދީތަކެވެ. ބަލާފޫހިނުވާނެ ގުދުރަތީ މަންޒަރެކެވެ. ސާހިލް އިނީ […]