ބަގީޗާގެ ބެންޗުގައި ޝާޔާ އިށީނދެލައިގެން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ދިރިއު ޅުމާމެދުއެވެ. ކޮންފަދަ ބަދުނަސީބެއް ތޯއޭ އޭނާ ހިތާހިތާ ކިޔާލިއެވެ. ނަމަވެސް މާތްﷲ ގެ ނިޔާ އާއި މެދު ޝުކުރު ކޮށްލައިގެން އޭނާ ދިރިއު ޅެނީއެވެ. ކޮންމެވެސް ދުވަހަކުން އަލިމަގެއް ފެންނާނެކަމުގެ އުއްމީދުގައެވެ. ޚިޔާލުތަކުން ބޭރުވެވުނީ އޭނާގެ މަންމަ ހަސީނާ ހަ ޅޭލަވައިގަތުމުންނެވެ. ” ކޮންކަމަކާ ތިޔަ ވިސްނަނީ . ރޭގަނޑު ކާންވެސް ނުހަދަން ދޯ އަދި!” “ނޫން މަންމާ! ހަދައިފިން. ދޭ ކާން. […]
“މަންމާ” މިއްލީއަށް ރޮއެގަނެވުނީ ސްޓްރެޗަރއެއްގައި ގެންދަމުން ދިޔަ އޭނާގެ މަންމަ ފެނިފައެވެ. އެ ލޮބުވެތި މޫނުގައި އެތައް ކޫރުންތަކެއް އެޅިފައިވީ އިރު ދިރިހުރި ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އޭނާ މަަންމަ ގެ ފަހަތުން ލެއިން ތަތްތެޅިފައި ތިބި އޭނާގެ ބައްޕައާއި ބޭބެގެ އިތުރުން ފަހަރިވެސް ގެން ދިޔައީ އޭނާގެ ލޯކުރިމަތީގައެވެ. ހަމައެއާއި އެކު ތުއްތު މާލް މެޑިކަލް ޓީމްގެ މެމްބަރެއްގެ އަތުގައި އޮތް ތަން ފެނި މިއްލީއަށް ހީވީ މުޅި ދުނިޔެ އެނބުރެން ފެށިހެންނެވެ. ދެފައިން […]
ވެހެމުން ދިޔަ ބޯވާރެގަނޑުތެރޭ މަގު ގެއްލިފައިވި މުސާފިރެއް ފަދައިން ދަހުލާން ހިނގަމުން ދިޔައެވެ. އޭނާގެ މަންޒިލަކީ ކޮބައި ކަމެއް ޚުދު ދަހުލާންއަކަށް ވެސް ނޭންގެއެވެ. އަދިވެސް ކަންފަތް ދޮށުގައި ގުގުމަމުން ދިޔައީ ދުވަހަކުވެސް އިވޭނެކަމަށް ހީކުރި ބަސްތަކެއް ނޫނެވެ. އެ ބަސްތައް އަޑު އިވުމުގެ ކުރިން އޭނާ ބީރުވީ ނަމައޭވެސް ދަހުލާންގެ ހިތަށް އެރިއެވެ. މަގުގެ ވަކި ހިސާބަކަށް ގޮއްސައި ދަހުލާން ހިނގުން ހުއްޓާލިއެވެ. އުޑުމައްޗަށް މޫނު އުފުލާލުމާއެކު ވާރޭތިކިތައް އޭނާގެ މޫނުގައި ބޮސްދީފައި ފައިބަމުން ދިޔައެވެ. […]
ނަވާރް ހަމައަކަށް އެޅިލުމަށްފަހު ކުރުގޮތަކަށް ހަމްދާމެންގެ ވާހަކަ ކިޔައިދިނެވެ. އޭނާ މާލެއައީ އަސްލު މައިންބަފައިން ހޯދަން ކަމުގައިވެސް ބުންޏެވެ. އިސްރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އިވާން އޭނާގެ ދަރިފުޅު އެހާ އަނިޔާވެރި ޒީލަގަދަ އަންހެނެއްގެ އަތް މައްޗަށް ދޫކޮށްލުމުން އެހިތުގައި އިވާންއަަށްޓަކައިވި ރުޅިވެރިކަން ދެގުނަވިއެވެ. ނަވާރްއަށް ހީވީ ބޮލުން ބޮޑު ބުރައެއް ނެގިހެންނެވެ. އޭނާގެ އަސްލު މައިންބަފައިން ގާތަށް ދެވެން މާގިނަ ދުވަހެއް ނެތްކަން އެނގުމާއެކު އެ ހިތަށް އުފާވެރިކަން ލިބުނެެވެ. މާނީމެން އިވާން ހޯދާނެކަމުގެ ޔަގީންކަން […]
ޔާޝާ އޮފީސް ނިންމާފައި ގެއަށް ދާން ނުކުތެވެ. ވެފަ ހުރި ވަރު ބައްޔަކުން ޔާޝާ ދިޔަ މަގުމަތިން ފިހާރަ އަކަށް ވަދެ ފިނި ދެ ކޯކު ދަޅު ގަނެގެން ދިޔައީ ގެއަށެވެ. ގެއަށް ގޮސް ވަތްއިރު ޔަނާލް ފެންނާކައް ނެތެވެ. ”ނާލް… ނާލް”. ޔާޝާ ޔަނާލް އަށް ގޮވަމުން ދިޔައެވެ. ނަމަވެސް ގޭގެ އެކި ތަންތަން ހޯދާ ހޯދާ ވެސް ޔަނާލް އެށް ނުފެނުނެވެ. ޔަނާލް ނުފެނުމުން ޔާޝާ ހުރީ ވަރަށް ހާސް ވެފައެވެ. ޔާޝާ ކޮޓަރީގައި […]
ޢައްސަލާމް އަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހު. މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ. މި ވާހަކަ އާދިއްތަ، އަންގާރަ، ބުރާސްފަތި މި ތިންދުވަހު ކިޔާލަން ލިބޭނެ އިންޝާﷲ. ފާޑުކިޔުންތައް އަދި ރަނގަޅު ކުރަންވީ ކަންކަން ބުނެދިނުމަކީ އަޅުގަނޑަށް ލިބޭ ހިތްވަރެކެވެ. މި ހަފްތާގެ ހުކުރު ދުވަހު ފުރަތަމަ ބައި . ސަބަބަކީ ކުޑަކޮށް ބިޒީ ވީމާ. އަންނަނީ ! ޢިންތިޒާރު ކޮށްލައްވާ
ޔަޒަން އަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވީ ފަތިސް ނަމާދަށް ދިޔުމަށެވެ. އުމުރުން 9 އަހަރުގެ ޔަޒަން ކިތަންމެ ކުޑަނަމަވެސް ނަމާދަށް ދިޔުމަށް އޭނާއަށް ގޮވާކަށް ނުޖެހެއެވެ. އެންމެ ތުއްތު އިރުންސުރެންވެސް އޭނާގެ މައިންބަފައިން ދަސްކޮށްދިނުމަށް އެންމެ އިސްކަމެއް ދިނީ އަޅުކަންތައްތަކަށެވެ. ދީނާއި ހިލާފް ފިކުރުތަކާއި ދިމާލަށް އެބުރިގެން ހިގާދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. ބޭރުގެ ގިނަ އަދަދެއްގެ އެހެން ދީންތަކުގެ މުދައްރިސުން މަދަރުސާގައި ކިޔަވާދެމުންދާއިރު އެއީވެސް ވުން ދުރުކަމެއްނޫނެވެ. ގިނަ ފަހަރަށް […]
ހެނދުނު އައިނާ ސްކޫލަށް ދިޔައިރު އަޝްހާ ކުލާހުގައި އިނެވެ. އައިނާ ވަރަށް ނޭނގޭ ކަމަށް ހަދާލާފައި ގޮސް އަޝްހާ ކައިރީގައި އިށީންދުނެެވެ. “އަނާ!!؟؟” އަޝްހާ ގޮވާލީ އައިނާގެ ސަމާލުކަން ހޯދާށެވެ. “ހޫމްމްމް..” އައިނާ މަޑުމަޑުން ފަރުވާ ކުޑަ ގޮތަކަށް ހޫމް އެއް އަޅުވާލިއެވެ. އަޝްހާ ހަދާ އެއްޗެއް ބަލާލާށެވެ. ވީވެސް އައިނާ ހީކުރި ގޮތަށެވެ. އަޝްހާ އަށް އޭނާ ‘އެކްޓް’ ޖައްސާކަން އެނގުނެވެ. “އޯހް ގޯޑް އަނާ!! ނޭނގޭ ކަމަށް ނަހަދަބަ.. އެއްމެ ފަހުން އަހަރެންގެ ޑްރީމް […]
ކޮނޑުގައި އޮތް ކަޅުކުލައިގެ ދަބަސް ޒައިން އީނާލް ކައިރީގައި ބައިންދަމުން މަގާ ދިމާލަށް ބޯ ދިއްކޮށްލިއެވެ. އޭރު މާސްކު އެޅި މީހަކު އީނާލް ހޯދަމުން ދިޔައެވެ. އީނާލްވެސް ޒައިންގެ ފުރަގަހުން ބޯ ދިއްކޮށްލިއެވެ. އެމީހާ ފެނި އޭނާގެ ހައިރާންކަން އިތުރު ކުރުވައިފިއެވެ. އެވަގުތު އީނާލްގެ ލޮލުގައި އަޅައިގަތީ އެމީހާ ކައިރީ ހުރި ގަހުގައި އިން ކުޅަނދުރު ހަތައެވެ. އޭނާގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައެވެ. އަރައިގެން ހުރި ފައިވާން ކިބަ އަތަށް ނަގަމުން އޭނާ ތެދުވިއެވެ. ޒައިން […]