ލޯބިވަން ޔާރާއޭ 08

- by - 66- November 1, 2019

ޔަނާލްގެ އަމަލުތައް ހުންނަ ގޮތުން އޭނަގެ ހަޔާތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަމަށް އިކާންއަށް ގަބޫލުކުރެވުނެވެ. މިފަދަ އެތައް ކަންތައްތަކެއް އިކާންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އޭނަގެ ލޮލަށް ނިދި ސަވާރުވީވެސް އެވިސްނުންތަކުގައި އޮތްވައެވެ.

ރޭގައި ލަހުން ނިދުމުގެ ސަބަބުން ހަތެއް ޖަހާއިރަށް ފޯނު އެލާމްކުރުމަށްފަހު ޔަނާލް ފަތިސް ނަމާދުކޮށްލައިގެން ކުޑަ ވަގުތުކޮޅަކު ނިދާލުމަށް އޮށޯވެލިއެވެ. ގަޑިން ހަތެއް ޖެހުމާއެކު އިވިގެންދިޔަ އެލާމްގެ އަޑާއެކު ޔަނާލްއަށް ނިދިން ހޭލެވުނެވެ. ކަންނެތްކަމާއި ވަރުބަލިކަން އިހުސާސްވި ނަމަވެސް މިއަދުވެސް ބުރަ ދުވަހަކަށް ވާނެތީ އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށްލުމެއްނެތި ޔަނާލް އެލާމް އޮފްކޮށްލުމަށްފަހު އެނދުން ތެދުވިއެވެ. އެނދުމަތި ތަރުތީބުކޮށްލުމަށްފަހު ފެންވަރާލުމަށް ޔަނާލް ފާޚާނާއަށްވަނެވެ. ފެންވަރާލައިގެން ނުކުންއިރު ޔަނާލްގެ މޫނުމަތި ވަނީ ތާޒާވެފައެވެ. ހަށިގަނޑުގައިވި ކަންނެތްކަން ފިލާ މުޅިން އައު ދިރުމެއް ލިބުނުފަދަ އިހުސާސެއް ކުރެވުނެވެ. ތައްޔާރުވެނިމުންތަނާ ކޮޓަރީގެ ދޮރުގައި ކޮންމެވެސް މީހަކު ޓަކިދިން އަޑުއިވުމާއެކު ޔަނާލް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

” ވާއު… އަހަރެންގެ ކޮއްކޮ ޕްރޮފެޝަނަލްކޮށް ހުންނައިރުވެސް ހާދަ ރީއްޗޭ މާޝާ ﷲ… ހެހެހެ… ” ކޮޓަރީގެ ދޮރު ކުރިމަތީ ހުރި ޔަލްވީ ޔަނާލް ފެނުމާއެކު ތަޢުރީފުކޮށްލިއެވެ. ވައިލެޓް ކުލައިގެ ގަމީސް ޓޮޕަކާއެކު ކަކުލުގެ ތިރީކައިރިއަށް ހުރި ކަނޑު ނޫކުލައިގެ ޕެންސިލް ސްކާޓްގައި ޔަނާލް ފެންނަލެއް ނުހަނު ފުރިހަމައެވެ. އޭނަގެ ވޭވީ އިސްތަށިގަނޑު މެދުން ކަފިކޮށްލެވިފައިވީއިރު އެދޮން މޫނުގައި ވަނީ ގުޅޭނޭހެން ލުއި ލުއި މޭކަޕެއް ކުރެވިފައެވެ. ” ދޮންތަވެސް މާޝާ ﷲ ހަމަ ވަރަށް ރީތި… ” ބަދަލުގައި ޔަނާލްވެސް ހިނިތުންވެލަމުން އޭނަގެ ކުރިމަތީގައި ހުރި ޔަލްވީއަށް ތަޢުރީފުކޮށްލިއެވެ. ޔަލްވީވެސް ބަލާލަން ނުހަނު ހިތްގައިމެވެ. ރޯޔަލް ބްލޫ ކުލައިގެ ފައިފަލަ މަސްގަނޑާއި ހަމައަށް އަންނަ ހެދުމަކާއެކު ކަޅު ކުލައިގެ ސްކިނީގައި ހުރިއިރު އޭނަގެ ބޯ ނިވާކުރެވިފައިވަނީ ކަޅުކުލައިގެ ޝޯލްއަކުންނެވެ. ކަޅުކުލައިގެ ޝޯލްގެ ތެރެއިން ޔަލްވީގެ މައުސޫމް މޫނު ފެންނައިރު އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނަގެ ތުންފަތުގައިވި ހިނިތުންވުމުންނެވެ. ”ހޫމް… ދެން ހިނގާ އަވަހަށް ކޮފީ ބޯން… ނުނީ ފުރަތަމަ ދުވަހުވެސް ގަޑި ޖެހިދާނެ… ” ޔަލްވީ މިހެން ބުނުމުން ޔަނާލްވެސް އޭނަގެ ފަހަތުން ކާކޮޓަރިއަށް މިސްރާބުޖެހިއެވެ. ކޮފީބޮއެ ނިމިގެން ދެމީހުން އެކުގައި އޮފީހަށް ދިއުމަށް ނުކުތެވެ. ވަކި ހިސާބަކުން ދެމީހުންވެސް ވަކިވީ ދެމީހުންގެ މަންޒިލްވެސް ތަފާތުވުމުންނެވެ.

ހެލޯ ޓްރޭޑާސް އޮފީހުގެ ކުރިމައްޗަށް ހުއްޓުނު ޔަލްވީގެ ހިތްވަނީ އަވަސްވެފައެވެ. ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއްވީއިރު އޭނަގެ އަތްފައިވެސް ވަނީ ހިސާބަކަށް ފިނިވެފައެވެ. ދެތިން ފަހަރު ފުންނޭވައެއް ލުމަށްފަހު ޔަލްވީ ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ. ލިފްޓުގެ އެހީގައި އޮފީސް އިމާރާތަށް ގޮސް ވަން ޔަލްވީ ރިސެޕްޝަނާ ކައިރިވެލާ ވާހަކަ ދެއްކިއެވެ. ރިސެޕްޝަންގަ އިން އަންހެން ކުއްޖާ އޭނާ ގާތު މަޑުކޮށްލުމަށް ބުނުމުން ޔަލްވީ ގޮސް އެއްފަރާތުގައި ހުރި ސޯފާގައި އިށީނެވެ. މާގިނައިރެއްނުވެ އަންހެން ކުއްޖަކު އޭނަގެ ނަމުން ގޮވާާލުމުން އިސްއުފުލާލަމުން ޔަލްވީ އަޑުއައި ދިމާލަށް ބަލައިލިއެވެ. އޭރު ހިތްހެޔޮ ހިނިތުންވުމެއްވެރިކުރުވައިގެން ހުރި އަންހެން ކުއްޖަކު ސޯފާސެޓުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޔަލްވީވެސް އަވަހަށް ހިނިތުންވެލަމުން ތެދުވިއެވެ. އެވަގުތު އެއަންހެން ކުއްޖާ ކުރިއަށް ޖެހިލާ ސަލާމަށް އަތްދިއްކޮށްލަމުން ތަޢާރަފުވެލިއެވެ. ” އަޅުގަނޑަކީ ނައުފާ… ވިޝާލް ސަރގެ ޕާސަނަލް ސެކެޓްރީ…” ނައުފާގެ އަތުގައި ހިފާ ސަލާމްކޮށްލަމުން ޔަލްވީވެސް ހިނިތުންވެލިއެވެ. ނައުފާ އިށީނުމަށް އިޝާރާތްކުރުމާއެކު ޔަލްވީ ސޯފާގައި އިށީނެވެ. އޭނަ އާއި ކުރިމަތިވާނޭހެން ނައުފާވެސް އިށީނެވެ. ” އަޅުގަނޑު ދެން މިމަޤާމުގަ ހުންނާނީ ކުރިއަށް އޮތް ހަފްތާ ނިމެންދެން… އެއަށްފަހު އަޅުގަނޑުގެ ހުރިހާ ޒިންމާތަކެއް އަދާކުރަންޖެހޭނީ ޔަލްވީ… އަޅުގަނޑު ވަޒީފާއިން ވަކިވުމުގެ ކުރިން ވިޝާލް ސަރ ބޭނުންވީ ދެން މިޤާާމަށް ހޮވޭ ކުއްޖަކު ރަނގަޅަށް ޓްރެއިންވާން… އެހެންވީމަ މިދުވަސްކޮޅު ޔަލްވީވެސް ވާނެ ފަރުވާތެރިކަމާއެކު މަސައްކަތްތައް ދަސްކުރަން… ކުރިންވެސް މަސައްކަތްކޮށްފަ ހުރީމަ ވަރަށް ފަސޭހަވާނެކަމަށް އަޅުގަނޑު މިބަލަނީ… ” ނައުފާ ނުހަނު މަޑުމައިތިރިކަމާއެކު ގާތްގޮތަކަށް ވާހަކަ ދެއްކުމުން ޔަލްވީ އިނީ ވަރަށް ހަމަޖެހިފައެވެ. ” އަޅުގަނޑުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނަން އިންޝާ ﷲ… ” ހިނިތުންވުމަކާއެކު ޔަލްވީ ބުނެލިއެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު ނައުފާއާއެކު ޔަލްވީ ވިޝާލްގެ ކެބިންއަށް ދިއުމަށް މިސްރާބުޖެހިއެވެ. ނައުފާއަށް ގުޅާ އޭނައާއެކު ކެބިންއަށް އައުމަށް ވިޝާލް އެދުމުން ޔަލްވީގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ކުރިންވެސް އިހުސާސްވީ ފަދައިން އަތްފައި ފިނިވާކަމުގެ އިހުސާސްކުރެވުނެވެ. ނައުފާ ކެބިންގެ ދޮރު ކުޑަކޮށް ހުޅުވާލަމުން އެތެރެއަށް ވަނުމުގެ ހުއްދައަކަށް އެދުމާއެކު ވިޝާލް އެތެރެއަށް ވަނުމަށް އެދުނެވެ.

ނައުފާގެ ފަހަތުން އެތެެރެއަށް ވަން ޔަލްވީއަށް ފުރަތަމަވެސް ނޭފަތް އެތެރެއަށް ދަމާލެވުނީ ދުވި ފިރިހެންވަންތަ ސެންޓުގެ ވަހުންނެވެ. އެވަހުން އޭނަގެ ސިކުނޑި ތާޒާކޮށްލިފަދައެވެ. އެވަގުތު ވިޝާލް އޭނައަށް ބަލައިލާ ހިނިތުންވުމެއް ރައްދުކުރިއެވެ. އެފިރިހެންވަންތަ ހިނިތުންވުން ފެނި ޔަލްވީގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެސްފިޔަޖަހާލުމެއްނެތި އެހިނިތުންވުމަށް ބަލަހައްޓާއިގެން ހުރުމަށް ޔަލްވީގެ ހިތްއެދުނެވެ. ވިޝާލް އިށީނުމަށް އިޝާރާތްކުރުމާއެކު އަވަސްވެފައިވި ހިތަކާއެކު ޔަލްވީ ގޮސް ވިޝާލް އާއި ކުރިމަތިވާނޭހެން ހުރި ގޮނޑިތަކުން ނައުފާ އާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ވިޝާލް ފުރަތަމަވެސް ޔަލްވީއަށް މަރުހަބާ ކިޔަމުން ތަޢާރަފުވެލިއެވެ. އަދި ޔަލްވީގެ ފަރާތުން އޭނާ ރަނގަޅު މަސައްކަތްތަކެއް ފެނިގެންދާނެކަމަށް އުއްމީދުކުރާކަން ހާމަކޮށް އިތުރު ބައެއް ވާހަކަތައްވެސް ދެއްކިއެެވެ. ފަރުވާތެރިކަމާއެކު ޔަލްވީ ވިޝާލްގެ ކޮންމެ ބަހެއްމެ އަޑުއަހަމުން ދިޔައީ ނުހަނު އަޑުއަހާ ހިތުންނެވެ. ”އަޅުގަނޑުގެ ފަރާތުން އިންޝާ ﷲ އަޅުގަނޑުގެ ފުލް ސަޕޯޓް ކޮންމެ ކަމަކަށްވެސް ދޭނަން… އައި ވިލް ގިވް މައި ބެސްޓު… ސަރ ޝަކުވާކުރާނެފަދަ ފުރުސަތެއް އަޅުގަނޑުގެ ފަރާތުން ނުފެންނާނެ އިންޝާ ﷲ… ” ޔަލްވީގެ އުއްމީދީ ވާހަކަތައް އަޑުއިވި ވިޝާލްއަށް މިފަހަރުވެސް ހިނިތުންވެލެވުނެވެ. ޔަލްވީގެ އިންޓަވިއުއިންނާއި ލިބިފާވި ތަޖުރިބާގެ އިތުރުން ތަޢުލީމީ ފެންވަރާއި ޔަލްވީގެ ވާހަކަތައް ހުރިގޮތުން އޭނައަށް ނިންމުނީ ރަނގަޅު ނިންމުމެެއްކަން ވިޝާލްއަށް ހިތާހިތުން ޤަބޫލުކުރެވުނެވެ. ” ވަރަށް އުފާކުރަން ޔަލްވީގެ ފަރާތުން އިވުނު ވާހަކަތަކާމެދު… އުއްމީދަކީ ޒިންމާތައް ވަރަށް ފުރިހަމައަށް އަދާކުރާނެކަމަށް… މަސައްކަތްތައް ކުރިއަށްދާގޮތް ނައުފާގެ ފަރާތުން އިނގިގެންދާނެ… ދެން އެންމެ ރަނގަޅު ދިޔަޔަސް… ” ވިޝާލް ހިނިތުންވެލަމުން އެހެން ބުނުމާއެކު ނައުފާ އާއި ޔަލްވީ ކެބިން އިން ނުކުތެވެ.

” ސަރ ވަރަށް ރަނގަޅުވާނެ… އަދި ވަރަށް ކުޑަ ދުވަސްކޮޅެއް ވިޝާލް ސަރއާއެކު މިމަސައްކަތްކޮށްލެވުނީ… މިވީ މަދު ދުވަސްކޮޅު ތެރޭގަވެސް ވިޝާލް ސަރގެ ހިތްހެޔޮކަން ފާހަގަކުރެވޭ… މަސައްކަތްކުރަން އުޅޭ އެހެން ސްޓާފުންނަށް ވަރަށް އިޙްތިރާމްކުރާނެ… ހީ ރިއަލީ އީޒް އަ ކޫލް ބޮސް… ހެހެހެ… އަސްލު ވަރަށް ދެރަވޭ މިއޮފީސް ދޫކޮށްދާން… އެކަމަކުވެސް މެރީ ކުރުމަށްފަހު ދެން ޖޮބްގަ ނޫޅެވޭނެތީ… ” ވިޝާލްގެ ކެބިންއިން ނުކުމެ ހިނގައިގަންނަމުން ނައުފާ ވާހަކަ ދެއްކިއެވެ. ނައުފާގެ ވާހަކަތަކުން އެތަނާ ބެހޭ ބައެއް ކަންކަންވެސް އިނގިގެން ދިޔައެވެ. ނައުފާގެ އެއެކުވެރި މިޒާޖުގެ ސަބަބުން ޔަލްވީއާވެސް ދާދި އަވަހަށް އެކުވެރިވިއެވެ. ދެމީހުން އެކުގައި ދެން ދިޔައީ އޮފީހުގެ އެހެން ސްޓާފުންނާ ބައްދަލުވެލާ ތަޢާރަފްވެލުމަށެވެ. ޔަލްވީގެ މަސައްކަތްތަކައިގެން ކުރިއަށް ދިޔުން އޮތީ އެއަށްފަހުގައެވެ.

ކެބިންގައި އިން ޔަނާލްގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ ލެޕްޓޮޕަށެވެ. އޭނާ ދިޔައީ ޕަވަރ ޕޮއިންޓްް ޕްރެޒެންޓޭޝަނެެއްގެ މަސައްކަތެއް ކުރަމުންނެވެ. ކެބިންގެ ދޮރުގައި ޓަކިޖަހާލި އަޑަށް ޔަނާލް އޭނަގެ ނަޒަރު ލެޕޓޮޕްގެ ސްކްރީނުން ވަކިކޮށްލާ ދޮރާއި ދިމާލަށް ބަލައިލިއެވެ. އަނބުރާ ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓާލަމުން އެތެރެއަށް ވަނުމަށް ޔަނާލް އެދުނެވެ. އެތެރެއަށް ވަން ދިމްނާ އޭނަގެ އަތުގައި ހުރި ކަރުދާސްތައް ޔަނާލްއަށް ދިއްކޮށްލިއެވެ. ޔަނާލް އިށީނުމަށް އިޝާރާތްކުރުމުން ދިމްނާ އޭނަގެ ކުރިމައްޗަށް ވާނޭހެން އިށީނެވެ. ކަރުދާސްތައް ބަލަމުންދިޔަ ޔަނާލް މަޑުމަޑުން ބޯ ޖަހަމުން ދިޔައެވެ. އޭނަގެ ތުންފަތަަށް ވެރިވެފައިވި ހިނިތުންވުމުން އެމަސައްކަތާމެދު ހިތްހަމަޖެހިފައިވިކަން ދިމްނާއަށް އެނގިގެން ދިޔައެވެ. އެކަމުން ހިތަށް ހަމަޖެހުމެއްވެސް ލިބިގެން ދިޔައެވެ. ” ދިމް… ވަރަށް ރަނގަޅު އިނގޭ… އަހަރެން ހައިލަޓްކޮށްލި ކަންކަން ވަރަށް ފުރިހަމައަށް ހިމަނާފަ އެބަހުރި… ގުޑް ޖޮބް… ” ޔަނާލް ދިމްނާގެ އެމަސައްކަތާމެދު ހިތްހަމަޖެހުނުކަން ހާމަކުރިއެވެ. އެއާއެކު ޔަނާލްގެ ބަސްތަކުން ދިމްނާގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ” ދެން ޕްރެޒެންޓޭޝަންއަށް ބައެއް ބަދަލުތައް ގެނެސްފަ ހުންނާނީ… ” ޔަނާލް އޭނަގެ ލެޕްޓޮޕް ދިމްނާއަށް ފެންނާނެހެން އަނބުރާލަމުން ޕްރެޒެންޓޭޝަންއަށް ގެނެވުނު ބަދަލުތައް ހިއްސާކުރިއެވެ. އެމީހުން ތައްޔާރުވަމުން އެދަނީ މިއަދު ބްލޫސް ކޮމްޕެނީއާއެކު އޮންނަ ޚާއްސަ މީޓިންއަކަށެވެ. ބްލޫސް ކޮމްޕެނީގެ އަހަރީ އާއްމު ޖަލްސާ އޯގަނައިޒްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވުމާއެކު ޔަނާލް އެފުރުސަތު ބޭނުންވީއެވެ. އެންމެ ފުރިހަމަ ޕްލޭނިންތަކެއް ހިއްސާކުރާ ފަރާތަކަށް އެފުރުސަތު ލިބިގެންދާއިރު އެފަދަ ބޮޑު ކޮމްޕެނީއަކާއެކު މަސައްކުރުމަށް ޔަނާލް ހުރީ ނުހަނު ބޭނުންވެފައެވެ. މިފުރުސަތު ޔަނާލްއަށް ލިބިއްޖެނަމަ އޭނަގެ ހުނަރުވެރިކަން ގިނަބައަކަށް ދައްކަލެވޭނެފަދަ އިވެންޓަކަށް މިއިވެންޓް ވެގެންދާނެއެވެ. މީޓިންގެ ތައްޔާރީތަކުގައި ވަނިކޮށް މަސައްކަތް މެދުކަނޑާލަން ޖެހުނީ ޔަނާލްގެ ފޯނު ރިންގުގެ އަޑަށެވެ.

” ހަލޯ މަންމާ… ” ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ޔަނާލް ބުނެލިއެވެ. ” ނާލް.. ސައިބޯން އަންނާކަށްނުވޭތަ އަދިވެސް… އެހެރަ ދިހައެއްޖަހާ ބޮޑުވީ މިހާރު… ކުރިންވެސް ގުޅާ ގުޅާ ފޯނު ނުނެގީމަ ދޮންތަ ގޮއްސި ސައިބޮއެގެން މިހާރު…” ޔުސްރާގެ ޝަކުވާތައް އަޑުއިވި ޔަނާލް އޭނަގެ ކަނާއަތުގައި އަޅާފައިވި ގަޑިއަށް ނަޒަރެއް ދިނެވެ. ތެދެކެވެ. ގަޑިން ދިހަގަޑި ފަނަރަ ހިނގުމަކާ ގާތްވަނީއެވެ. މަސައްކަތުގެ ތެރެއަށް ގޮސް ގެއްލިފައި އިންވަރުން ޔަނާލްއަށް އެކަން ރޭކާނުލީއެވެ. ” ސޮރީ މަންމާ… މިހާރު މިދަނީ އިނގޭ… ” ޔުސްރާގެ ޝަކުވާތަކުން ސަލާމަތްވުމަށް އަވަސް އަވަހަށް އެހެން ބުނެލަމުން ޔަނާލް ފޯނު ކަނޑާލިއެވެ. ” ދިމް… އަންނާނަން އަހަރެން ސައިބޮއެގެން… ޕްރެޒެންޓޭޝަން އެއްފަހަރު ޗެކްކޮށްލާފަ މިޕޭޕާސްތައްވެސް ފައިލްކޮށްލާފަ ބަހައްޓާ އިނގޭ… ހުރިހާ ކަމެއް ނިންމާލާފަ ހުރީމަ ފަސޭހަވާނީ… އައި ވިލް ބީ ބެކް… ” ދިމްނާއަށް އިރުޝާދު ދިނުމަށްފަހު ހިނިތުންވުމެއް ހަދިޔާކުރަމުން ޔަނާލް އަވަސް ހިނގުމެއްގައި ކެބިންއިން ނުކުތެވެ.

ސައިބޮއެގެން ދާނިޝް ގެއަށް ލުމަށްފަހު އަނބުރާ އޮފީހަށް ދިއުމަށް އިކާާން ކާރު ދުއްވާލިއެވެ. ޓްރެފިކް ރެޑް ލައިޓް ދިއްލުމާއެކު ޤަވައިދަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ދުއްވަމުންދިޔަ ކާރު އިކާން ހުއްޓިއެވެ. އެވަގުތު އެއްލި ކަޅިއަކުން މަގުގެ އެއްފަރާތުން ހިނގާފައިދިޔަ އަންހެން ކުއްޖާ އިކާންގެ ލޮލުގައި އަޅާއިތެވެ. ފަހަތުން ފެނުނުނަމަވެސް އެވޭވީ ސްޓައިލްގެ އިސްތަށިގަނޑުންނާއި ލޫޅާފަތި ހަށިގަނޑުން އެއީ ޔަނާލްކަން އިކާން ދެނެގަތެވެ. ރަސްނީކޮށް ހުންނައިރުވެސް ޔަނާލްއާ ނުހަނު ގުޅެއެވެ. ޔަނާލް ފެނުމާއެކު އެންމެ ފުރަތަމަވެސް އިކާންގެ ސިކުނޑިއަށް ވެރިވެގަތީ ރޭގެ ޚިޔާލުތަކެވެ. މިފަހަރުވެސް ލަސްލަހުން އޭނަގެ ލޮލުގެ ކުރިމަތީގައި އެމަންޒަރުތައް ސިފަވެގެން ދިޔައެވެ. އެވަގުތު ނޭނގުމެއްގެ ތެރޭގައި ނަމަވެސް އެޚިޔާލުތަކުން އިކާންގެ ތުންފަތަށް ހިނިތުންވުމެެއްވެރިވިއެވެ. ޚިޔާލުތަކުގެ ތެރޭގައި ޢަރަޤުވަމުން ދަނިކޮށް ޚިޔާލި ދުނިޔެއިން ނުކުންނަން އިކާންއަށް މަޖުބޫރުކުރުވީ ފަހަތުގަ އޮތް ކާރު ބަރުގޮނު އަޅާލުމުންނެވެ. އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރަލުމަށްފަހު ފެހި ލައިޓް ދިއްލިފައިވުމުން ކާރު ދުއްވާލިއެވެ.

ސައިބޮއެގެން އައިސް ޔަނާލް އަވަސްވެގަތީ މީޓިންއަށް ދިއުމަށެވެ. އަމިއްލަ ކާރުވެސް ލިބިފައިވުމާއެކު ބޭނުންވާ އެއްޗެހި ހިފައިގެން ދިމްނާއާއެކު ބްލޫސް ކޮންޕެނީއަށް ދިއުމަށް ޔަނާލް ދަތުރުފެށިއެވެ. ގަޑިޖެހުމުގެ ފަނަރަވަރަކަށް މިނިޓުގެ ކުރިން އެދެމީހުނަށް މަންޒިލާއި ހަމައަށް ދެވުނެވެ. މީޓިން ފެށުމަށް ކަނޑައަޅާފައިވި ވަގުތު ޖެހުމާއެކު މީޓިން ފެށިގެން ދިޔައެވެ. ޔަނާލް އިސްވެހުރެ ވާހަކަދައްކަމުން ދިޔައިރު ޔަނާލް އާއި ޖެހިގެން އިން ގޮނޑީގައި އިށީންދެ އިނދެ ދިމްނާ ކޮންމެވެސް އެއްޗެއް ނޯޓުކުރަމުން ދިޔައެވެ. ޔަނާލް ނުހަނު ޝައުޤުވެރިކަމާއެކު އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ނުހަނު ތަފްސީލުކޮށް އެމީހުންގެ ޕްލޭން ހިއްސާކުރަމުން ދިޔައެވެ. ޔަނާލްގެ ހުށައެޅުމުގައިވި ހުނަރުވެރިކަން ފެނި ބްލޫސް ކުންފުނީގެ ފަރާތުން ބައިވެރިވި ސްޓާފުން ތިބީ ހައިރާންވެފައެވެ. ޔަނާލްގެ ހުށައެޅުމުގައި އެމީހުން ބޭނުންވާނެފަދަ ތަފާތުތަކެއް އެކުލެވިފައިވިއެވެ. ޚާއްސަކޮށް މައުލޫމާތު ސެޝަންގައި އެމީހުން ފާހަގަކުރި ކަންތައްތައް ޔަނާލް އޭނަގެ ޕްލޭނިންގައި ވަރަށް ފުރިހަމައަށް ބޭނުންކޮށްފައިވެއެވެ. އެހުށައެޅުމާމެދު އެމީހުން ދެކޭ ގޮތް ވަރަށް ސާފުކޮށް އެމީހުންގެ މޫނުމަތިންވެސް ހާމަވާން ހުއްޓެވެ. ކޮންމެ މީހެއްގެ މޫނުމަތީގައިވެސްވީ އެހުށައެޅުމާމެދު ހިތްހަމަޖެހިފައި ތިބިކަމުގެ އަސަރުތަކެކެވެ.

” ދިމް… އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ މިއަދު މީޓިންއާ ދޭތެރޭ… ވަރަށް ހީވޭ މިޕްރޮޕޯސަލް އަހަރެމެންނަށް ލިބިދާނެހެން… ” ފުޅާ ހިނިތުންވުމެެއް ވެރިކުރުވައިގެން ހުރެ ޔަނާލް އޭނަގެ އޮފީހަށް ވަންނަމުން ދިމްނާއާ ވާހަކަ ދެއްކިއެވެ. ދެމީހުންގެ މޫނުމަތީގައިވެސްވީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. މީޓިންގެ ވާހަކަތައް ދައްކަމުން އޮފީހަށް ވަން ޔަނާލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ވެއިޓިން އޭރިއާގެ ސޯފާގައި އިން ޒުވާނާ ފެނިފައެވެ. އެޒުވާނާއަށްވެސް ޔަނާލް ފެނުމާއެކު ކޮޅަށް ތެދުވެވުނެވެ. އޭރު ޔަނާލްގެ ތުންފަތުގައިވި ހިނިތުންވުން ފޭދިފައިވީއިރު މޫނުމަތީގައިވީ ހިތްހަމަޖެހުން އެކީހެން ފިލާގޮސްފިއެވެ. ހިތުގެ ތެޅުން ބާރުވެގެން ދިޔައިރު މަދު ސިކުންތުކޮޅެއް ގެތެރޭގައި ހިތުގައިވި ހަމަޖެހުމުގެ މައްޗަށް ނުތަނަވަސްކަން ވެރިވެގަތެވެ. ” ދާ… ދާނިޝް… ” ޔަނާލްގެ ދެތުންފަތް ދޭތެރެއިން މަޑުމަޑުން ދާނިޝްގެ ނަން އިވިގެންދިޔައެވެ. އޭރުވެސް އޭނައަށް އެހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. ޔަނާލްގެ މޫނުމަތީގެ ކުލަވަރު ފެނި ދާނިޝްއަށްވެސް ކުރިއަށް ފިޔަވަޅެއް އަޅަން ނޭނގިފާ ހުރެވުނީއެވެ. ކައިރީގައި ހުރި ދިމްނާވެސް ހުރީ ވާނުވާ ނޭނގިފައެވެ. ޔަނާލްގެ ހަރަކާތްތަކަށް ގެނުވި ކުއްލި ބަދަލާއެކު ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ދިމްނާގެ ސިކުނޑި ވިސްނައިދިނެވެ. އަދި އެބަދަލު ގުޅިފައިވަނީ މިނުދަންނަ ޒުވާނާއާކަމަށް ތަކުރާރުކޮށް އޭނަގެ ސިކުނޑި ބުނަމުން ދިޔައެވެ. ” ޔަނާލް މޭމް… މޭމްއާ ބައްދަލުކޮށްލަން އައި ފަރާތެއް… އަޅުގަނޑު ބުނިން މިވަގުތު އޮފީހުގަ ނޫޅޭ ވާހަކަ… ބުނީމަވެސް މޭމް އަންނަންދެން މަޑުކޮށްލާނަންކަމަށް ބުނީ… ” ރިސެޕްޝަންގައި އިން އަންހެން ކުއްޖާ އައިސް ޔަނާލް ކައިރި ބުނެލިއެވެ. ” ބައްދަލުކުރަން ބޭނުންނަމަ އަހަރެންގެ ކެބިންއަށް އައުމަށް ބުނޭ… ” ދާނިޝް ފެނުމުން އޭނަގެ ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކުގެ ސަބަބުން ދެލޮލަށް ޖަމާވި ކަރުނަތައް ހިންދާލަމުން މިހެން ބުނެ ޔަނާލް އަވަސް ފިޔަވަޅުތަކެއް ގޮސް ސިޑިން މައްޗަށް އަރާ އޭނަގެ ކެބިންއަށް ވަނެވެ. އޭރު ޔަނާލްގެ މޫނުމަތީގައިވި ނުތަނަވަސްކަން ރުޅިވެރިކަން އިޚްތިޔާރުކޮށްފާވެއެވެ. ހިތްހަމަނުޖެހުނު ވަރުން އަތުގައި އޮތް ލެޕްޓޮޕާއި ފައިލްވެސް ޔަނާލްއަށް މޭޒު މަތީގައި ބޭއްވުނީ ތަންކޮޅެއް ބާރަށެވެ. ފުން ނޭވައެއް ލަމުން ޔަނާލް ދެލޯ މަރާލީ ނަފްސަށް ކުޑަނަމަވެސް ހަމަޖެހުމެެއް ލިބޭތޯއެވެ.

ދާނިޝް އެހުރި ފިޔަވަޅު މަތީ ޔަނާލް ގޮސް ކެބިންއަށް ވަންނަންދެން ބަލަހައްޓާއިގެން ހުއްޓެވެ. ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ޔަނާލްއާ ބައްދަލުކުރުމަށް އެކެބިންއަށް ދިއުމަށް ބުނުމާއެކު ދާނިޝްވެސް ސިޑީގެ ހަރުފަތްތަކުން މައްޗަށް އަރާ ޔަނާލްގެ ކެބިންގެ ދޮރުގައި ޓަކިދިނެވެ. އެވަގުތު ދެލޯ މަރާލައިގެން ހުރި ޔަނާލް ދެލޯ ހުޅުވާލަމުން އެތެރެއަށް ވަންނާށޭ ބުނެލިއެވެ. ޔަނާލްގެ އަޑު ކަންފަތުގައި ޖެހުމާއެކު މަޑުމަޑުން ދާނިޝް ކެބިންގެ ދޮރު ހުޅުވާލާ އެތެރެއަށްވަނެވެ.

” ކީއްކުރަން ދާނިޝް އަހަރެންނާ ބައްދަލުކުރަން ބޭނުންވީ… ދާނިޝް އަހަރެންނާ ބައްދަލުކުރަންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތަ… ” ހިތުގައި އުފެދިފައިވި ނުތަނަވަސްކަމާއި ރުޅިވެރިކަން ޔަނާލްގެ އަޑުންވެސް ދާނިޝްއަށް ހާމަވެގެން ދިޔައެވެ. ” ޔަނާލް… ރިލޭކްސް… އަހަރެން މިއައީ ޔަނާލްއާ ރީތިކޮށް ވާހަކަދައްކާލަން… އެއްވެސް ހާލެއްގަ ޔަނާލްއަށް… ” ދާނިޝްގެ ވާހާކަ މެދުކެނޑިގެން ދިޔައީ ޔަނާލް ހުއްޓާލުމަށް އަތުން އިޝާރާތްކުރުމުންނެވެ. ” ސީރިއަސްލީ ދާނިޝް… ދާނިޝްއަށް ހީވޭތަ އަހަރެންނަށް ދާނިޝްއާ ރީތިކޮށް ވާހަކަ ދެއްކިދާނެހެން… އެހުރިހާ ކަމެއް އިނގިހުރެ އަހަރެންގެ ދިރިއުޅުން ހަލާކުގެ ތެރެއަށް އެއްލާލުމުގަ ދާނިޝް ބައިވެރިވިއިރު ދާނިޝްއަށް މިއަދު އަހަރެންގެ ގާތަށް އަންނަން ކެރުނުކަމާމެދުވެސް ހައިރާންވަން… ” ޔަނާލްގެ ކޮންމެ ޖުމްލައަކުން ދާނިޝްއަށްޓަކައި އެހިތުގައިވި ރުޅިވެރިކަން ހާމަވެގެންދެއެވެ. ޔަނާލްގެ ޖުމްލަތަކުން އިހުސާސްވި ލަދުވެތިކަމާއެކު ދާނިޝްއަށް އިސްޖަހާލެވުނެވެ. އިސްޖަހާލި ދާނިޝްއަށް ބަލަހައްޓާއިގެން ހުރި ޔަނާލް އިތުރަށް އެއްޗެކޭ ބުނާކަށް ނޫޅުނެވެ. ” ޔަނާލް… އައިމް ސޮރީ… ވެދިޔަ ހުރިހާ ކަމަކަށް އަހަރެން މަޢާފަށް އެދެން.. އަހަރެން… ” އިސްއުފުލާލާ ދެވަނަ ފަހަރަށް ވާހަކަ ދައްކަން މަސައްކަތްކުރި ދާނިޝް ވަކި ހިސާބަކުން ހުއްޓުނީ ޔަނާލްގެ ހުނުމުގެ އަޑުއިވިފައެވެ. ހައިރާންކަން އެކުލެވިފައިވި ނަޒަރަކުން ދާނިޝްއަށް ޔަނާލްއަށް ބަލައިލެވުނެވެ. ” ސޮރީ… ސޮރީ އަކުން ހުރިހާ ކަމެއް ނިމުނީތަ ދާނިޝް… އަހަރެންގެ މުޅި ދިރިއުޅުން އެކަމުގެ ތެރޭގަ ހަލާކުވެގެން ދިޔައީ… ހަޤީޤަތް އެނގިހުރެ އެކަން ސިއްރުކުރުމަށްފަހު މިއަދުތަ ދާނިޝްއަށް މަޢާފަށް އެދެން ތިއިނގުނީ… ދާނިޝްގެ ސޮރީއިން އެދުވަސްތައް އަހަންނަށް އަނބުރާ ލިބިދާނެތަ… އަހަރެން ތަހައްމަލުކުރަންޖެހުނު ހިތާމަތަށް ފިލައިގެންދާނެތަ… ދާނިޝްގެ އެހީތެރިކަން އަހަރެން އެންމެ ބޭނުންވި ވަގުތު އެހީތެރިކަމެއް ފޯރުކޮށްނުދީފަ މިއަދު އަހަރެންގެ މަޢާފު ދާނިޝްއަށް އެހާ މުހިއްމުވާންޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނުނު… އަހަރެން ހިތަށްއަރަނީ… އަހަރެންގެ ބަދަލުގަ ދާނިޝްގެ ދައްތައަކު ނޫނީ ކޮއްކޮއަކު ނޫނީ އާއިލާ އެހެން މީހަކު ނަމަވެސް އެހާލަކަށް ދާނިޝް ދޫކޮށްލާނީތަ… ތިހިތުގަ އެއްވެސް ރަހުމެއް ހަމަނެތީތަ… ” ރުޅިއަންނަން ބޭނުންވިނަމަވެސް އެދުވަސްތަކުގެ ހަނދާންތަކާއެކު ޔަނާލްގެ ދެލޯ ކަރުނުން ފުރާލިއެވެ. ޔަނާލްގެ ދުލުން ބޭރުވާ ކޮންމެ ބަހެއްގައިވީ އެތައް ހާސް ޝަކުވާއަކާއި ވޭނެވެ. އެހިތި ހަނދާނުން ހިތުގައިވީ ޒަޚަމްތަކުން ދިލަ ތަދެއް އިހުސާސްކުރެވެމުން ދިޔައިރު ޔަނާލް އޭނަގެ ވާހަކަ ހުއްޓާލީ އިތުރަށް ކުރިއަށް ނުގެންދެވިގެންނެވެ. ދެތުންފަތް ޖައްސާ ބާރުކޮށްލީ ރުއިމުގެ އަޑު އެއްވެސް މީހަކަށް އިއްވަން ބޭނުން ނުވާތީއެވެ. އޭރުވެސް ދެލޯ ފުރި ބަންޑުންވަމުންދިޔަ ކަރުނަތަކުން ޔަނާލްގެ ދޮން މޫނުގައި ބޮސްދެމުން ދިޔައެވެ. އޭނަގެ ކަރުނަތައް ދާނިޝްއަށް ދައްކަން ބޭނުންނުވާތީ ޔަނާލް ފަސްއެނބުރުނެވެ. ހިތުގެ ތެރޭގައި އުފެދިފައިވި ހައިޖާނުގަނޑުގެ ސަބަބުން ޔަނާލްއަށް ދެއަތް މުއްކަވާާ ބާރުކޮށްލެވުނެވެ.

” ޔަނާލް… އަހަރެން މިއަދު ޤަބޫލުކުރަން އަހަންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއްކަމަށް… އެކަމަށް އަހަރެން ހަމަ ހަޤީޤަތުގަވެސް މަޢާފަށް އެދެން… އަހަރެންގެ މަޢާފުން އެދުވަސްތައް އަނބުރާ ނުލިބޭނެކަން އަހަރެންނަށް އިނގޭ… ވެފަ އޮތް ކަމެއް ބަދަލުނުކުރެވޭނެކަން އިނގޭ… ޔަނާލް އަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްގެ ގޮތުގަ އަހަރެން މިއަދު ދެކެނީ… ވެދިޔަ ހުރިހާ ކަމަކަށްފަހު ޔަނާލް އަމިއްލަ ފައި މައްޗަށް ތެދުވެ ކާމިޔާބުކަމާއެކު މިބިޒްނަސް ހިންގަމުންދާތަން ފެނި އަހަރެން ހަމަ އަސްލުވެސް ވަރަށް އުފާކުރަން… ޔަނާލްގެ އާއިލާއިން ޔަނާލްއާމެދު ފަޚުރުވެރިވާނެކަން ޔަގީން… އުއްމީދުކުރަން އަބަދުވެސް ހިތްވަރާއެކު ޔަނާލް ތިގޮތުގައި ކުރިއަށްދާނެ ކަމަށް… ޔަނާލް ފެނުނީނަމަ މަޢާފަށް އެދި ބައްދަލުކޮށްލަން ބޭނުންވީމަ މިހިސާބަށް އައީ… ދިއުމުގެ ކުރިން އަދި އެއްވާހަކަ ބުނެލަން ބޭނުން… އެެރޭ އޮފީހުން ނުކުމެ ޔަނާލް ގެއަށް ދިޔަ ވަގުތު އަހަރެން ޔަނާލްއަށް ފާރަލީ… ޔަނާލްކަން ޔަޤީންކުރަން ބޭނުންވާތީ އަހަރެން ޔަނާލްއަށް ފާރަލާން ބޭނުންވީ… އެކަމަށްވެސް މަޢާފަށް އެދެން… އައިމް ރިއަލީ ސޮރީ… ” ދާނިޝްގެ ދުލުން އިވިގެންދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން ހުރި ޔަނާލްއަށް ގަބޫލުނުކުރެވިފައިހުރެ ދާނިޝްގެ މޫނަށް ބަލައިލެވުނީ އެންމެ ފަހުން އޭނަގެ ކަންފަތަށް އިވުނު ވާހަކަތަކުންނެވެ. ޔަނާލްގެ މޫނު މަތީގެ ކުލަވަރު ފެނި ދާނިޝްއަށް ކުއްވެރިކަމާއެކު އިސްޖަހާލެވުނެވެ. ” ޕްލީޒް ލީވް ރައިޓް ނައު… ޖަސްޓް ގެޓް އައުޓް… ” ޔަނާލްއަށް އިތުރަށް ބުނާނެ އެއްޗެއްވެސް ސިކުނޑިއަކަށް ނައެވެ. ހިތްހަމަނުޖެހުނު ވަރުން އޭނައަށް ވަގުތުން ދާނިޝް ގާތު އެތަނުން ނުކުތުމަށް އެދެވުނެވެ. ޔަނާލްއަށް ބަލައިލުމަށްފަހު އެންމެ ރަނގަޅު ގޮތަކީ އެތަނުން ނުކުމެގެން ދިއުން ކަމުގައި ވިސްނި ދާނިޝް މަޑުމަޑުން ކެބިންއިން ނުކުތެވެ.

ދާނިޝް ދިއުމާއެކު ފުން ނޭވައެއް ދޫކޮށްލަމުން ޔަނާލް ގޮނޑީގައި އިށީނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލަމުން ދެލޯ މަރާ ބާރުކޮށްލީ އޭނައަށް އުނދަގޫ ކުރަމުންދިޔަ ޚިޔާލުތަކެއްގެ ސަބަބުންނެވެ. ބޮލުގައި އުފެދިފާވި ރިހުމާއެކު އެހަނދާންތައް ސިކުނޑީގެ ތެރޭގައި ގަދަވެގެން ދިޔަހެން ހީވިއެވެ. ” ނޯ ޔަނާލް… ނޯ… ޔޫ ހޭވް ޓު ބީ ސްޓްރޯންގް… ޔޫ ހޭވް ޓު ބީ ސްޓްރޯންގް ފޯ ޔުއަރ ލަވްޑް ވަންސް… ” އިސްތަށިގަނޑުގެ ތެރެއިން އަތް މިނިވަންކޮށްލާ ދެލޯ ހުޅުވާލަމުން އަމިއްލަ ނަފްސަށް އިވޭވަރަށް ޔަނާލް ބުނެލިއެވެ. އޭނާ ބޭނުންވަނީ އެޚިޔާލުތަކާ ދުރަށް ދާށެވެ. އޭނަގެ ހިތާއި ސިކުނޑިން އެހަނދާންތައް ނެރެ އެއްލާލާށެވެ. ޔަނާލް މޫނުމަތި އަތުން ފުހެލުމަށްފަހު ގޮނޑިން ތެދުވެ ކެބިންއިން ނުކުތެވެ. އޭނަގެ މިސްރާބު ހުރީ ވޮޝްރޫމާ ދިމާލަށެވެ. ވޮޝްރޫމަށް ވަދެ މޫނު ދޮވެލައިގެން ނުކުންއިރު ޔަނާލް ހުރީ ކުޑަކޮށް ހަމަޖެހިފައެވެ. އަނބުރާ ކެބިންއަށް ގޮސް ލެޕްޓޮޕް ހުޅުވާލާ އޭނާ މަސައްކަތައިގެން ކުރިއަށްދާން ފެށިއެވެ. އެޚިޔާލުތަކުން ދުރުވުމަށް އޭނައަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އެއީއެވެ.

މެންދުރުގެ ވަގުތުތައް ފަހަނައަޅާ ހަވީރުގެ ވަގުތުތައް ފެށިގެން ދިޔައެވެ. ކަފަ ވިލާކޮޅުތައް ސާފު ނޫ އުޑުގައި ކޮޅުކޮޅަށް ދަތުރުކުރަމުން ދިޔައިރު ހިތްފަސޭހަ ވަރަކަށް ވައި ޖެހެމުން ދިޔައެވެ. ހުދު ކުލައިގެ ކާރު އައިސް ބޮޑު ގޭޓުން އެތެރެއަށް ވަނުމާއެކު ދޮރުވާނަކަށް ހުރި ފަރާތުން ގޭޓު ލައްޕާލިއެވެ. ދެބުރިއަށް ހުރި އިމާރާތުގެ އެއްފަރާތުގައި ހުރި ގަރާޖުގައި ކާރު ޕާކުކުރުމަށްފަހު ކާރުން ފޭބި ޒުވާނާ އެއިމާރާތަށް ވަނުމަށް ހިނގައިގަތެވެ. ރަސްމީކޮށް ހުރިއިރު އެޒުވާނާގެ ފިރިހެންވަންތަ މޫނު މަތީގައިވީ ވަރުބަލިކަމެވެ. ކަރުގައި އަޅާފައިވި ކަޅު ކުލައިގެ ހިމަ ޓައިއަށް ދޫކުރަމުން ބޫޓު ބޭލުމަށްފަހު އެޒުވާނާ އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. ”ޑެޑީ…” އެތެެރެއަށް ފިޔަވަޅެއް އަޅާލުމާއެކު ސިޓިންރޫމު ސޯފާގައި ކުޅޭ އެއްޗެހިތަކެެއް ހިފައިގެން ކުޅެން އިން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާ އެޒުވާނާ ފެނިފައި ގޮވާލިއެވެ. އެއަޑަށް އިސްއުފުލާ ބަލައިލި ވިޝާލް ނުހަނު ބޮޑަށް ހިނިތުންވެލަމުން ތިރިވެލާ ދެއަތް ފުޅާކޮށްލިއެވެ. އެއާއެކު އެއަންހެން ކުއްޖާ ދުވެފައި އައިސް ވިޝާލްގެ ކަރުގައި ދެއަތް ވަށާލިއެވެ. ނުހަނު ލޯތްބާއެކު ވިޝާލް އެކުއްޖާގެ ކުޑަ ހަށިގަނޑުގައި ބައްދާލަމުން އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ.

 

66

ifoo

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

You may also like...

15 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. އައްސަލާމްޢަލައިކުމް ހުރިހާ ކުދިން… އެންމެ ފުރަތަމަވެސް މިޕާޓް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ލަސްވިކަމަށްޓަކައި އެންމެހާ ކިޔުންތެރިންގެ ކިބައިން އިފޫ މަޢާފަށް އެދެން… މިދުވަސްކޮޅަކީ އިފޫގެ ޝެޑިއުލް ވަރަށް ބިޒީކޮށްދާ ދުވަސްކޮޅެއްވީމަ ވާހަކަ ލިޔުމަށް ބޭނުންވާވަރަށް ވަގުތު ނުވާތީ ގެނެސްދިނުން ލަސްވީ… އުއްމީދުކުރަން މިޕާޓް ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް… އިފޫ މިގަސްތުކުރަނީ ޝެޑިއުލް ހަމައަކަށް އެޅިލަންދެން ވާހަކަ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ހުކުރު ދުވަހު ގެނެސްދެން… އިންޝާ ﷲ އެދެދުވަހު ވާހަކައިގެ އައު ބައެއް ގެނެސްދޭނަން… ވަރަށް މަސައްކަތްކުރާނަން… އުއްމީދުކުރަނީ ކިޔުންތެރިންނަށް އިފޫގެ ހާލަތު ވިސްނޭނެކަމަށް… ވާހަކައިގެ ނުވަވަނަ ބައި އިންޝާ ﷲ އަންނަ ހަފްތާގެ އަންގާރަ ދުވަހު ގެނެސްދޭނަން… އިންތިޒާރު ކުރައްޗޭ ހުރިހާ ކުދިން… ކިޔުންތެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ❤❤❤😊😊😊…

    ⚠Report!
  2. It’s okay ifoo…Aharumen ah understand vey….Vishal married tha???so sad.😣😣Yalvy varah dhera vaane.😭😭mi part varah varah reethi maa sha allah…waiting for the next part..

    ⚠Report!
    1. Yanaa ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️😊😊😊… V v v ufaavehje 😊😊😊… Let’s see whether vishaal is married or not…

      ⚠Report!
  3. Its ok las viyas. I will wait🌺🌺🌺🌺.. Btw varah reethi mi part vx💜💜💜💜💜💜💜💜💜💜💜💜💜… Waiting for next part🌸🌸🌸🌸🌸.

    ⚠Report!
    1. Thankyou soooooo much dear ❤️❤️❤️😊😊😊… V v v ufaavehje comment kohleema ❤️❤️❤️😊😊😊… Much more loves ❤️❤️❤️😊😊😊…

      ⚠Report!
    1. Maahkko❤️❤️❤️… Thankyou soooooo much dear ❤️❤️❤️😊😊😊… V v v ufaavehje comment kohleema ❤️❤️❤️😊😊😊… Much more loves ❤️❤️❤️😊😊😊…

      ⚠Report!
    1. Maayu ❤️❤️❤️😊😊😊… Soooo happy to see ur comment 😊😊😊❤️❤️❤️… Thankyou soooooo much dear 😊😊😊❤️❤️❤️… Much more loves ❤️❤️❤️😊😊😊…

      ⚠Report!
  4. ބުލޫސް ކޮންޕެނީ އަކީ ބުނެދޭށޭ ރުހެމޭ ވާހަކައިގައި ހައިޒަލް
    ސީއީއޯ އަށްވެގެން އުޅުނު ކޮންޕެނީ…….

    ⚠Report!
    1. Naju ❤️❤️❤️… Thankyou soooooo much dear 😊😊😊❤️❤️❤️…

      ⚠Report!

Leave a Reply

Your email address will not be published.