” ބީނިޝް ކޮފީތަށި ބޯލާ… އަހަރެން ގުޅަންދެން އިހަށް ބީނިޝްދޭ… ޓެލް އެވްރީ ސަރވަންޓް އޮފް ދިސް ހައުސް ޓު ނޮޓް ޑިސްޓަރބް މީ… މާމަ ކައިރީވެސް ބުނެލާތީ…” ރޫބީ އެއޮތް ގޮތަށް އޮވެ ބުނެލިއެވެ. ބީނިޝްވެސް ވަކިއެއްޗެއް ނުބުނެ ކޮފީތަށި ހިފައިގެން ނިކުންނަމުން މަޑުމަޑުން ދޮރު ލައްޕާލިއެވެ.
ބީނިޝް ކޮފީތަށި ހިފައިގެން އެނބުރި އައިސް ވަންތަން ފެނި ފުށް މޮޑެން ހުރި ޒުމްރާ ސުވާލުކޮށްލިއެވެ.
” ކަމެއް ބޭނުންވީމަ ގުޅާލަނަމޯ… ހުރިހާ ނޯކަރުން ކައިރީ ބުނާށޯ އުނދަގޫ ނުކުރައްޗޯ” ކޮފީތަށި ސިންކަށް އަޅާލަމުން ބީނިޝް ވާހަކަދެއްކިއެވެ. ޒުމްރާ ދެފަރާތަކަށް ބޯހޫރާލުމަށްފަހު އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އެވަގުތުވީ ބަދްރާވެސް ޒޯހަލް ގޮވައިގެން އައިސް ބަދިގެއަށް ވަން ވަގުތަށެވެ.
” ޒުމްރާ އާއި ބިނީއާއި ވެގެން ނިކަން ޒޯލީއަށް ކައްކަން ދަސްކޮށްދީބަލަ… މާދަމާ މީހަކާ އިނދެގެން ދާއިރު ބުނާނެ އެއްވެސް އެއްޗެއް ދަސްވެފަ ނެތް ދަރިއެކޭ…” ޒޯހަލްގެ އަތުގަހިފާ ޒުމްރާއާއި ކައިރިކޮށްލަމުން ބަދްރާ ބުންޏެވެ. ޒޯހަލް އޭނާގެ މޫނުފޮތިކޮޅު މައްޗަށް އެއްލަމުން ތުންކޮޅު އޫކޮށްލިއެވެ.
” ޒުމްރާ ނިކަން ޒޯލީ އަތަށް ދީބަލަ ތިފުށްގަނޑު މޮޑެލަން” ބަދްރާ ބުނެލިއެވެ.
” ގުޑްލަކް ޒޯލީ ދައްތާ… މާމާ އަޅުގަނޑު މިދަނީ ކޮލެޖަށް ދާން ރެޑީވާން… ޒުމްރާއްތާ ރޫބީ ދައްތަގެ ނާޝްތާ ހުންނާނެ ޓްރޭތެރޭގަ..” މިހެން ބުނުމަށްފަހު ބީނިޝް އެތަނުން ނިކުތެވެ.
ރޫބީއަށް ހޭލެވުނީ އެގާރަ ޖަހަން އުޅެނިކޮށެވެ. ބަނޑުހައިވެފައި ހުރިވަރު އިހުސާސް ކުރެވުނީ ދެނެވެ. ފޯނު ނަގާ ބީނިޝްއަށް ގުޅާލަން އުޅުނު ވަގުތު ގަޑިން ވީވަރު ބަލާލެވުނެވެ. މިވަގުތު ބީނިޝްވަނީ ކޮލެޖްގައި ކަން އެނގުމުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ކަންނެތް ކަމާއިއެކު ތެދުވެގެން ގޮސް ފާހަނައަށް ވަދެ ފެންވަރައިގެން ނިކުމެ ތައްޔާރުވެލިއެވެ. ފަން އިސްތަށިގަނޑު މައްޗަށް އައްސާލުމަށްފަހު ތުންފަތުގައި ގަދަރަތް ކުލަ ޖައްސާލިއެވެ. ލައިގެން ހުރި ރަތްކުލައިގެ ގަޔަށްބާރު ޓޮޕްކޮޅާއި ހުދު ސްކިނީގައި ހުރިއިރު އޭނާގެ ބައްޓަން ރީތި ހަށިގަނޑު ރީއްޗަށް ފާޅުވެއެވެ. ގުދުރަތީގޮތުން ލިބިފައިވާ ދޮންކަން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. ގޭތެރޭގައި އުޅެއިރުވެސް މިހާވަރަށް ރީތިވުމަކީ ރޫބީގެ އާދައެވެ. ދެފަރާތު ކަންފަތް ކައިރިއަށް ސެންޓުކޮޅެއް ޖަހާލުމަށްފަހު ސްޕްރޭ ފުޅި ނަގާ މުޅިގަޔަށް ބުރުވާލިއެވެ. އެއަށްފަހު އަދިވެސް އެއްފަހަރު ލޯގަނޑު އޭނާގެ ރީތި ސޫރައަށް ބަލާލުމަށްފަހު އާންމުކޮށް ބޭރަށް ދާން ގެންގުޅޭ ހިމަދިގު ވާގަނޑުލީ ދަބަސް ކަނާތު ކޮނޑުގައި އަޅުވާލުމަށްފަހު ކޮޓަރިން ނިކުތެވެ.
ފަރި ހިނގުމެއްގައި ސިޑިން ފައިބަމުން ދިޔައިރު ރޫބީގެ ލޯވަނީ އަތުގައި އޮތް ފޯނަށް ހުއްޓިފައެވެ. އެންމެ ގާތް އެކުވެރިޔާ ޖީނާއަށް ފަނަރަ މިނެޓް ތެރޭގައި ޑައިނަމޯ ސެންޓްރަލް އިން ބައްދަލު ކުރުމަށް ބުނެ މެސެޖެއް ފޮނުވާލިއެވެ. އެއަށްފަހު ޑްރައިވަރް ޝަފީގްއަށް ގުޅާ ކާރު ނެރުމަށް ބުންޏެވެ. ސޯފާގައި ހަތިމު ހިފައިގެން ކިޔަވަން އިން ބަދްރާއަށް މިއަޑު އިވި ތަނަކަށް ދަނީތޯ ސުވާލުކޮށްލިއެވެ.
‘އޮބްވިއަސްލީ ކާރު ނެރޭނީ ތަނަކަށް ދާންވީމަ ދޯ… ހައު ޑަމްބް’ ހިތާ ހިތުން ރޫބީއަށް ކިޔާލެވުނެވެ.
” މިދަނީ ޖީ އާ އެއްކޮށް ލަންޗަކަށް.. މާމައަށް ގެނެސްދޭނަން އިނގޭ މީރު ކާއެއްޗެއް..” ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ރޫބީ ބުންޏެވެ.
” ނޫން ރަނގަޅުވާނެ ނުގެނެޔަސް… ޒޯލީވެސް ގޮވައިން ދާންވީނު.. އެމަންޖެވެސް ބޭރަށް ނުދާތާ ކޮށްދުވަހެއް” ބަދްރާ ބުނެލިއެވެ.
‘ ދާހާތާކަށް ނިންޖާ ގަނޑެއް ގޮވައިން ދެވޭތަ.. ވަރަށް ފޫހިވޭ’ ހިތުގައިވި ބަސްތައް ދުލުން ބޭރު ކުރަން ބޭނުންވި ނަމަވެސް ރޫބީ ކެތްކޮށްލިއެވެ. އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ މަޑުޖެހުނީ ޒޯހަލްގެ އަޑުއިވިފައެވެ.
” އަހަރެން ބޭނުމެއްނޫން ދާކަށް…. އައި ލައިކް ހޯމް މޭޑް ފުޑްސް… އަންލައިކް ދޮންބެދައްތަ” ސިޑީގެ ވާތް ފަރާތަށް ހުރި ކޮޓަރިން ނިކުންނަމުން ޒޯހަލް ބުނެލިއެވެ. މަޖަލަކަށް ހަދާލާފައި ބުނި ނަމަވެސް ޒޯހަލްގެ އެމަލާމާތް ރޫބީއަށް ރަނގަޅަށް އެނގުންވިއެވެ. އައި ރުޅިން ދަތްތަކަށް ބާރުކޮށްލެވުނު ނަމަވެސް ދެވަނަ ހިނދުގައި ހިނިތުންވެލިއެވެ.
” ދަނީ މާމާ…. މިހާރު ޖީ ހުންނާނެ އިންތިޒާރުގަ..” ދަބަހުން ނެގި އަވި އައިނު ލޮލުގައި އަޅާލަމުން ރޫބީ ނިކުތެވެ.
” ޒޯލީ ކީއްވެ ނުދިޔައީ” ބަދްރާ ސުވާލުކޮށްލިއެވެ.
” އަހަންނާ އެކަށީގެންނުވާ މީހުންނާ އެކު ދާން ބޭނުންނުވަނީ” މިހެން ބުނެ ޒޯހަލް އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ. ބަދްރާވެސް ދެފަރާތަކަށް ބޯހޫރާލުމަށްފަހު ކުރިން އިންގޮތަށް ޤުރުއާން ކިޔެވުމުގައި މަޝްއޫލުވިއެވެ.
މީގެ ހަވަރަކަށް އަހަރު ކުރިން އަޒިއަލް މާލެ އައީ އޭނާ ކުޑައިރުއްސުރެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައެވެ. ކުޑައިރުއްސުރެން މަންމަ ޒައިލާ ދެކުދިންނައްޓަކާ ރައްކާ ކުރި ފައިސާއިން މާލޭގައި ވިޔަފާރިއެއް ފެށީ ބޮޑު އުއްމީދަކާ އެކީގައެވެ. ފުރަތަމަ އެއްއަހަރުވަންދެން ވިޔަފާރިން މާބޮޑު ފައިދާއެއް ނުވިނަމަވެސް ބޮޑެތި ފައިދާތައް ލިބެން ފެށީ ހަމަކުއްލިއަކަށެވެ. އެގޮތުން އޭރު ރާއްޖޭގައި ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ރެޝް ކޮމްޕެނީ ވަރަށް ފަސޭހަކަމާއި އެކު ގަނެލިއެވެ. ލިބުނު ކާމިޔާބީއަށްފަހު އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރޫބީއާއި ކައިވެނި ކުރިއެވެ. ރަށުގައި ތިބި އޭނާގެ މަންމައާއި މާމާ އަދި ލޯބިވާ ކޮއްކޮ މާލެ ގެނެސް ކޮއްކޮ ޒޯހަލް މަތީ ތައުލީމް ހާސިލް ކުރުމަށް ބޭރަށް ފޮނުވިއެވެ.
ކައިވެންޏަށް ދުވަސްވީ ވަރަކަށް ރޫބީ އާއި އަޒިއަލްގެ ގުޅުން ހީނަރުވަމުން ދިޔައެވެ. އަޒިއަލް ގިނަ ވަގުތު ވިޔަފާރި ކުރިއެރުވުމުގައި ހޭދަކުރަމުން ދިޔައިރު ރޫބީގެ ވަގުތުތައް ހުސްކުރަމުން ދިޔައީ ޕާޓީ ތަކާއި ރިސޯޓްތަކަށް ދިއުމުގައެވެ. ދުވަހަކަށްވުރެ ދުވަހެއް ދެބަސްވުންތައް ގިނަވެ ޖެހޭ މައްސަލަތައް އިތުރުވާން ފެށިއެވެ. ދެމީހުން ދޭތެރޭ ކޮންމެވެސް މައްސަލައެއް ނުޖެހޭ ދުވަހެއް މަދެވެ. މައިގަނޑު ޝަކުވާއަކަށް ވެފައި އޮންނަނީ އެކަކު އަނެކަކަށް ދެވޭ ވަގުތު މަދުވުމެވެ. ކަން މިގޮތަށް އޮތް ނަމަވެސް ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
ރޫބީއަށް ރެސްޓޯރެންޓާއި ހަމައަށް އާދެވުނުއިރު ޖީނާ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ދެމީހުން އެކީގައ ވަދެގެން ގޮސް ހުސް މޭޒެއްގައި އިށީނުމާއި އެކު ވޭޓަރެއް އައިސް މެނޫ ކާޑެއް މެޒުމަތީގައި ބާއްވާލިއެވެ.
” ޓޫ އެކްސްޓްރަ ސްޕައިސީ ބީފް ސަބްމެރިން ” ޖީނާ ވެއިޓަރަށް ބުނެލިއެވެ.
” ވަޓްސް ރޯންގް ރޫ… ކޮންކަމަކާ ކަޓާފަ ތީނީ… މިއަދު ނުބައިކޮށް އިރުއެރި ދުވަހަކީތަ…” ޖީނާ ވާހަކަދެއްކިއެވެ.
” އަޒިއަލް އާއި އިންފަހުން ރަނގަޅަށް އިރުއެރި ދުވަހެއް ދިޔަތަ…” ވެއިޓަރު ގެނެސްދިން ފެންފުޅީގެ މަތި ކަނޑަމުން ރޫބީ ވާހަކަދެއްކިއެވެ.
” ތިހާވަރުން ކީއްކުރަން އިނދެގެން ތިއުޅެނީ… އަހަރެންނަމަ ދޫކޮށްލިތާ ކިތަންމެ ދުވަހެއް… ” ޖީނާއަށް މިދެވެނީ ރަނގަޅު ނަސޭހަތެއް ނޫންކަން އޭނާއަށް ރޭކާ ނުލާ ކަހަލައެވެ.
” ޑޯންޓް ޓޯކް ރަބިޝް ޖީ… އަހަރެމެންގެ ފައިޓްސް ވަންސައިޑް ގަ… އަހަރެން އަޒިއަލް ދެކެ ވާ ލޯބި ވަން ސައިޑްގަ.. އަހަރެން ހާދަ ލޯތްބެއް ވެޔޭ އަޒިއަލް ދެކެ… ޖީ އަކަށް ނޭނގޭނެ އަޒިއަލްގެ ލޯތްބައްޓަކާ އަހަރެން ހާދަ ސެކްރިފައިސް އެއް ކުރީމޭ…އަސްލު އެހެން ކަމަކާ ޑިސްޓަރބް ވެފަ މީނދީ… އެނގެއެއްނު އަޒިއަލްގެ ކޮއްކޮ ޒޯހަލް… ހުވާ ބޮޑު ބަ*** ކަހަލަ އަންހެނެއް އެއީ..” ފަހު ޖުމްލަ ބުނެލިއިރު ރޫބީ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެއްޖެއެވެ. ކުރުގޮތަށް އިރުކޮޅެއް ކުރިން ދިމާވި ކަންތައް ޖީނާއަށް ކިޔައިދިނެވެ.
” މިހާރު އޭނަ ބޮޑު ފޮތިގަނޑެއް ގަޔަށް ވައްޓާލައިގެން ހުއްޓަސް އެއީ ވަރަށް ނުބައިކޮށް އުޅުނު އަންހެނެއް.. ރަށުން އައި އިރު ބިޑި ހެދުން ލާފަ ހުރި ނާތަހުޒީބު އަންހެނެއް ދުނިޔޭގެ ތަހުޒީބަށް ލޯ ހުޅުވަ ދިނީ އަހަރެންކަން މިހާރު އޭނަ ހަނދާނެއް ނެތް ކަންނޭނގެ… ފެޝަން އެއީ ކޯންޗެއްކަން އޭނައަށް ބުނެދިނީ އަހަރެން.. ހުދު އަހަރެން އޭނަ ގޮވައިގެން ފިހާރަތަކާއި ސެލޫންތަކަށް ގޮސް އޭނަގެ މުޅި ލައިފްސްޓައިލް ބަދަލުކޮށްލީ އަހަރެން… ބޭރުން އައި ގޮތަށް ގަޔަށް ބޮޑު ފޮތިގަނޑެއް މަހައިގެން މާ ދަންނަ މީހަކަށް ވެގެން އުޅޭނީ… ހުވާ ވަރަށް ފޫހިވޭ” ވާހަކަ މިހިސާބަށް ދިޔަތަނާ ވެއިޓަރު ސަބްމެރިން ދެތަށި ގެނެސް މޭޒުމަތީގައި ބަހައްޓަދިނެވެ.
” ދެން ފޫހި މީހުންގެ ވާހަކަ ނުދައްކާ އަހަރެން މިދައްކާ ވާހަކަ އަޑުއަހަބާ… މާދަންރޭ އެބައޮތް ކަރޯކޭ ޕްލަސް ޕާޓީ އެޓް މައި ޕްލޭސް… އަހަރެން ނިއު ބޯއިފްރެންޑްގެ ފަރާތުން ދޭ ޕާޓީއެއް… އަންނާތި ހަނދާންކޮށް” ޖީނާގެ ވާހަކައަށް އެއްބަސްވަމުން ރޫބީ އާއެކޭ ބުނެލިއެވެ.
ހަވީރު ޖިމަށް ގޮސްފައި އައިސް ރޫބީ ފެންވަރަލައިގެން ނިކުމެ ބާތްރޯބާއި އެއްކޮށް އެނދުމައްޗަށް ވެއްޓިގަތީ ވެފައި ހުރި ވަރުބަލިކަން ފިލުވާލުމަށެވެ. ލޯމައްޗަށް ނިދި ސަވާރުވެ ލޯމެރެން އުޅުނު ވަގުތު ދޮރު ހުޅުވާލާފައި ވަން އަޒިއަލް ފެނި ރޫބީ އަށް ހައިރާންކަމެއް ލިބުނީ ދުވަސްތަކަކަށްފަހު އަޒިއަލް އެވަގުތުގައި ގެއިން ފެނުމުންނެވެ.
” ހެއި ލަވް… ހާދަ ވަރަކަށް ތިބަލަނީ” އޮފީސް ދަބަހާއި ކޯޓު ސޯފާ މަތީގައި ބޭއްވުމަށްފަހު އަޒިއަލް ގޮސް ރޫބީ ކައިރީ އޮށޯވެލިއެވެ.
” އެމް އައި ޑްރީމިންގް” އަޒިއަލްގެ މޫނަށް ބަލަހައްޓައިގެން އޮވެ ރޫބީ ބުނެލިއެވެ.
” އޮފްކޯޒް ނޮޓް ބޭބީ” ރޫބީގެ ކޮލުގައި ލުއިގޮތަކަށް ބޮސްދެމުން އަޒިއަލް ބުންޏެވެ.
” ލޯބިވާ އަންހެނުންނާއި އެކު ވަގުތުކޮޅެއް ބޭނުންވި ވަރުން މިއައީ…” އަރިއަކަށް ޖެހިލާ ރޫބީގެ ބަނޑުގައި އަތް އަޅުވާލަމުން އަޒިއަލް ބުންޏެވެ. އަދިވެސް ޤަބޫލުކުރަން ދަތިވެފައި ރޫބީ ހަމަކުރިން އޮތް ގޮތަށް އަޒިއަލް މޫނަށް ބަލަހައްޓައިގެން އޮތެވެ. އެހެން އޮވެފައި ތެދުވެ އިށީނީ ހަމަ ކުއްލިއަކަށެވެ. އަޒިއަލްވެސް މަޑުމަޑުން ތެދުވެ އިށީނދެލިއެވެ.
” ތި ބޭނުންވެގެން އުޅޭ ކަންތައް އެނގިއްޖެ…. އެކަމު އަހަރެން މިހުރީ މޫޑުގައެއް ނޫން… ވަރަށް ވަރުބަލި..” ރުންކުރުކޮށް ރޫބީ ބުނެލިއެވެ.
” ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ ބޭބީ… ހިނގާ މިރޭ ޑޭޓަކަށް ދާން…” އަޒިއަލް މިހެން ބުނި އަޑަށް ރޫބީއަށް އަޒިއަލްއަށް ބަލާލެވުނީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ދެވަނަ ހިނދުގައި އެހައިރާންކަން މޫނުމަތިން ފިލުވާލާ ދުރަށް ނަޒަރު ހިންގާލިއެވެ.
” މިރޭ އެބައޮތް ކްލައިންޓެއް ޑިނާއަކަށް އިންވައިޓް ކޮށްފަ.. އެހެންވެ އަހަރެން ބޭނުންވީ ބޭބީވެސް ގޮވައިގެން ދާން…” އަޒިއަލް އޮޅުންފިލުވައި ދިނެވެ.
” އޯވްހް… ބިޒްނަސް ކަމެއް ދޯ… ސޮރީ އަޒިލް… ޖީ މެން ގޭގަ އެބައޮތް ޕާޓީއެއް މިރޭ… އަހަރެން ދާނީ ޕާޓީއަށް…” ރޫބީ ބުނެލިއެވެ.
” ނޯ ބޭބީ ހަމަހުވާ ބިޒްނަސް ކަމެއް ނޫން… އަހަރެން ބޭނުން މިރޭ ބޭބީ އާއި އެކު ވަރަށް ލޯބިން ވަގުތުކޮޅެއް ހޭދަކުރަން” އަޒިއަލް މަޑުމަޑުން ރޫބީގެ އަތުހިފާލަމުން އެއަތަށް މަޑުމަޑުން ފިއްތާލިއެވެ.
” ޑިނަރ އަށް ވާނީ ކުޑަ ވަގުތުކޮޅެއް… އެއަށްފަހު ދެން ދާނީ ސިނަމާއަށް… ސީ ޓިކެޓްސް” ޖީބުން ދެޓިކެޓު ނަގާ ރޫބީއަށް ދައްކާލަމުން އަޒިއަލް ބުނެލިއެވެ.
” ސިނަމާއަށް ފަހު ވީ ވިލް ގޯ ފޯރ އަ ރައިޑް… ރައިޑަށްފަހު ވީލް ކަމް ހޯމް އެންޑް ޓޭކް ބާތް ޓުގެދަރ” ރޫބީގެ ދަތްދޮޅީގައި ހިފާލަމުް އަޒިއަލް ބުނެލިއެވެ. ރޫބީ އަޒިއަލް އަތް ދުރުކޮށްލަމުން އިސްޖަހާލިއެވެ.
” އޯކޭ އެހެންވީއިރު ދެން ޕްލޭން ކެންސަލް ކޮށްލާނީ … ރޫބީ ދޭ ޕާޓީއަށް.. އަހަރެން ޑިނާއަށް ގޮސްފަ އަންނާނީ ގެއަށް… ރޫބީ ދޯ ޝަކުވާ ކުރަނީވެސް އަހަރެން ޓައިމް ނުދޭތީއޭ ކިޔާފަ… ޓައިމް ދޭން ހެދީމަ ތިހިރީ ކަންތައް ކުރާގޮތް… ” އަޒިއަލް އިން ތަނުން ތެދުވެ ލައިގެންހުރި ވެސްޓްގެ ގޮށްތައް ނައްޓަމުން ވަރޑްރޯބާއި ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އެހިސާބަށް ދެވުމުގެ ކުރިން ރޫބީ އައިސް ފަހަތުން އަޒިއަލް ގައިގާ ބައްދާލިއެވެ. އަޒިއަލް ކުޑަކޮށް ސިހުނު ނަމަވެސް ދެވަނަ ހިނދުގައި އޭނާގެ މޭމަތީގައި އޮތް ރޫބީގެ ދެއަތުގައި ހިފާ ބާރުކޮށްލިއެވެ.
” އަހަރެން ޖީ ކައިރީ ބުނާނަން މިރޭ ޕާޓީއަށް ނުދެވޭނޭ” ރޫބީގެ ޖުމްލަ އަޑު އިވިފައި އަޒިއަލްގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
ރޫބީގެ އިންތިޒާރުގައި އަޒިއަލް ސިޓިންގްރޫމްގައި ދެކޮޅުދެކޮޅަށް ހިނގާލާ ހިނގާލާ ހުއްޓެވެ. އެހެން ހުންނަތާ އިރުކޮޅެއް ފަހުން ސިޑިން ފައިބައިގެން އަންނަ ރޫބީ ފެނުނެވެ. ފެހިކުލައިގެ ގަޔަށް ބާރު އަތްދިގު މެކްސީއެއް ލާފައިވާއިރު ތަންކޮޅެއް ގަދަފެއްސެއްގެ ހައިހީލްއަކަށް އަރާފައިވެއެވެ. އިސްތަށިގަނޑުގައި ބޮޑު ހުޅިއެއް ޖަހާފައިވާއިރު ނުފޯރާ އިސްތަށިތައް ކަންފަތްކައިރިން ތިރިއަށް ވެއްޓިފައި ވެއެވެ. ފެހި ކުލައިގެ ކްލަޗްގައި ހިފާލައިގެން ފަރިހިނގުމެއްގައި އައިއިރު އަޒިއަލް ހުރީ އަޒިއަލްހުރީ ލޯމަރާލަންވެސް ނޭނގިފައެވެ.
” ޔޫ ލުކް ޕަރފެކްޓް ޕްރިންސެސް.. އައިމް ސޯ ލަކީ ޓު ހޭވް ޔޫ” ރޫބީ އައިސް ކައިރީގައި ހުއްޓުމާއި އަޒިއަލް ބުނެލިއެވެ. ރަކި ހިނިތުންވުމެއް ދެމުން އަޒިއަލްގެ އަތުގައި ހިފާލުމުން އަޒިއަލްވެސް މަޑުނުކޮށް ގެއިން ނިކުމެ ކާރަށް އެރިއެވެ.
ލެމަން ގްރާސް ސީ ވިއުގެ ހިތް ގައިމު މާހައުލަށް ކާރު މަޑުކޮށްލުމުން އަޒިއަލް އާއި ރޫބީ ފޭބިއެވެ. އެތެރެއަށް ވަދެގެން އައި ވަގުތު ތަންކޮޅެއް ދުރުގައި މޭޒެއްގައި ދެފިރިހެނުން ތިއްބާ ފެނުނެނެވެ. މެދުއުމުރުގެ ފިރިހެނަކާއި ޒުވާން ފިރިހެނެކެވެ. ރޫބީ ފެނުނީއްސުރެ ޒުވާނާގެ ދެލޯ އެހެން ދިމާލަކަށް ނުދެއެވެ. އަޒިއަލް އާއި ރޫބީ އެމީހުން ކައިރިއަށް އައުމުން އެދެފިރިހެނުން ތެދުވިއެވެ. އޭރު ޒުވާނާގެ އާދަޔާ ހިލާފު ބެލުމުގެ ސަބަބުން ރޫބީއަށް ހުރީ އުނދަގޫ ވެފައެވެ.
” ހެލޯ ރަޝީދު.. މީ އަހަރެންގެ ވައިފް ރޫބީ” އަޒިއަލް އޭނާގެ އަންހެނުން ތައާރަފް ކޮށްދިނެވެ.
” ހެލޯ ރޫބީ… މީ އަހަރެންގެ ކުޑަ ދަރި އަރުޝް… އަރުޝް މީ އަހަރުމެންގެ ކޮމްޕެނީ ލޭޓެސްޓް ކޮންޓެރްކް ހޯދި އަޒިއަލް ދެން އޭނާގެ އަންހެނުން ރޫބީ..” ރަޝީދު އޭނާގެ ދަރިފުޅު ތައާރަފްކޮށްދިނެވެ.
” ހައި އަޒިއަލް…” އަޒިއަލް އާއި ސަލާމް ކޮށްލަމުން އަރުޝް ބުނެލިއެވެ. އެއަށްފަހު ތަފާތު ނަޒަރަކުން ރޫބީއާއި ދިމާއަށް ބަލާލަމުން މަޑުމަޑުން ރޫބީގެ އަތުގައި ހިފާލިއެވެ. މިމަންޒަރު ފެނި އަޒިއަލްއަށް މާބޮޑު ކަމެއް ނުވިޔަސް ރޫބީއަށް ހުރީ އުނދަގުވެފައެވެ.
” ޔޫ ލުކް ކިލިންގްލީ ބިއުޓިފުލް މިސް ރޫބީ” ރޫބީގެ އަތުގެ ނުފުށުގައި އަރުޝް ތުންފަތް ޖައްސާލި ވަގުތު ރޫބީއަށް އަތް ދަމައިގަނެވުނެވެ.
15 Comments!
Comments are closed.


Good afternoon readers.. second part uploaded. Hope you like it.. kiyaalafa commenteh kohlaathi.. kiyuntheringe comments aky liyuntheringe kuri erun. Enjoy ❤️????
Me first tha mifaharu vx:)…kiyaafa comment eh kohlaanan ingey akii❤❤
Wow super???….alhe haadha ey rythii mi bai vx….I jusst love it???…love mo
❤️ thank you jiji
?Kon irakun sis dhen oiy part upkurany
Exactly bunaakah neyngey.. but in Sha Allah day after tomorrow ga up kureveytho balaanan
Wow varah reethi mi part vx.???. Waiting for next part❤❤.
❤️ thank you
Zumraa and beenish aky axial ge aailaa baehtha? Badhraa aky azial ge maama dhw? Zoaly aa axial eii eh bandu dhekudhin?. Mai ah olhey gotheh hunnaathi mi ahaaly☺☺☺
? Mai first episode kiyaalyma saafu vaane
Vv reethi
❤️ thank you
V reethi mi part vx….. Waiting fr nxt…. LYSM Azkii…
❤️ thank you Kylie. ? ly 2
Hey jiji…reply eh kohba…mail in innaane msg eh kohfa…