ހުރީމެ އިންތިޒާރުގަ (2)
ދުވަސްތައް މާޒީއާ އެކުވަމުން ގޮސް ސުނާމީ ކާރިސާއަށް 12 އަހަރު ވީއެވެ. ސުނާމީގައި ގެއްލުން ލިބުނު ރަށްތަކުގެ މީހުން އެހެން ރަށްރަށުގައި ވަޒަންވެރި ކޮށްފިއެވެ. ކިތަންމެ ގިނަ އަހަރުތަކެއް ވޭތުވެ ދިޔަނަމަވެސް އެ ދުވަހުގެ ބިރުވެރިކަން ހިތުން ފިލާގެން ނުދެއެވެ.
*****
ހޫނުމޫސުމުގެ ހިތްގައިމުދުވަހެކެވެ. ވަށައިގެން ވަނީ ފެހިކަން ގަދަ ގަސްތަކެވެ. އެކި ކުލަ ކުލައިގެ މާތަކުން ގަސްތައްވަނީ ޖަރީވެފައެވެ. މާދުރަށް ދާންދެން ފެންނަން އޮތީ ފަރުބަދަ ތަކާއި ވާދީތަކެވެ. ބަލާފޫހިނުވާނެ ގުދުރަތީ މަންޒަރެކެވެ.
ސާހިލް އިނީ އޮޔެދެމެމުންދާ ކޯރަށް ނަޒަރު ހުއްޓަލައިގެންނެވެ. ވަށައިގެންވާ މާހައުލު ކިތަންމެ ހިތްގައިމު ނަމަވެސް އޭނާގެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ކީއްވެބާއެވެ؟
ސާހިލް އަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދެލޮލުގެ ކޮއި ފަދައިން ސާހިލް ދެކެ ލޯބިވެއެވެ. ނަމަވެސް އެމީހުން އަތުގައި ނެތީ ފައިސާއެވެ. ސާހިލް އަކީ ކިޔަވައި މޮޅު މީހަކަށް ހަދަން ބޭނުންވިއެވެ. ރަގަޅު ވަޒީފާއެއް ލިބި އެމީހުންގެ ދިރިއުޅުން ތަނަވަސްވާނެ ކަމުގެ ހުވަފެންތައް ދެކުނެވެ. ނަމަވެސް މަންމަގެ ބަލިހާލާއެކު ކިޔެވުމުގެ މެދަކާއި ހިސާބުން ސާހިލް އަށް ޖެހުނީ ކިޔެވުން މެދު ކަޑާލާށެވެ. ބައްޕަ އެޝަހަރުގެ މުއްސައްޖެއްގެ ގެއަކަށް ނޯކިރީ ކޮށްދީގެން ލިބޭ ރުފިޔާއިން މަންމައަށް ބޭސްކުރަމުން ސާހިލް އަށް ކިވައިދެވޭ ވަރު ނުވަނީއެވެ. ދަރިފުޅުގެ ހުވަފެންތައް ފުރިހަމަ ކޮށްދޭން ބައްޕަ ކިތަންމެހާވެސް ބޭނުމެވެ. ނަމެވެސް ކުރާނީ ކީއްހެޔެވެ؟ ހުރިހާވެސް އެއްޗަކީ ފައިސާއެވެ. މަންމަގެ ބަލި ވީހާވެސް އަވަހަކަށް ރަގަަޅުވުމަކީ މިހާރު އެންމެ ބޭނުންވާކަންތަކެވެ. އިންޑިޔާގައި ބޮޑެތި ހޮސްޕިޓަލްތަކާއި މޮޅު ޑޮކްޓަރުން ބައިވަރެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އެހާވަރަކަށް ފައިސާއެއް ނެތެވެ.
ސާހިލް މަންމަ ދޫކޮށްލާފަ އެއްވެސް ތަނަކަށް ނުދެއެވެ. ރެއާ ދުވާލު ހޭދަ ކުރަނީ މަންމަ އަށް ހިދުމަތް ކުރުމުގައެވެ. ބައްޕަ ވަޒީފާ އަށް ނުފޮނުވާ ސާހިލް މަސައްކަތު ނުކުތުމަށްވެސް ކިތަންމެ ފަހަރަކު ބައްޕަގާތު އެދެފިއެވެ. ނަމަވެސް ބައްޕަ އެކަމާ އެއްބަހެއް ނުވިއެވެ. ބައްޕަ އެދުނީ މަންމަގެ ބަލި ރަގަޅުވަންދެން މަންމަކައިރީ މަޑުކުރުމަށެވެ. ސާހިލް ފިޔަވާ މަންމަ އަށް އަޅާލާ އެހީތެރިވެދޭނެ މީހަކު ނެތެވެ. ބައްޕަ ފަރާތުގެ އެއްވެސް މީހަކު ނެތެވެ. މަންމަ ފަރާތު ހުރީ ބޮޑުބޭބެއެވެ. ނަމަވެސް މަންމަގެ ހާލުބަލާލަންވެސް އެގެއަށް ވަދެ ނުލައެވެ. ކަމަކު ޖެހުނަސް ބޮޑުބޭބޭ ކައިރިޔަށް ދާކަށްވެސް ނުކެރެއެވެ. ރުންކުރުވީމައެވެ. ދިޔަ ޔަސް ހުންނާނީ ކުދި ކިޔާލަ ކިޔާލައެވެ. ސާހިލް ހަދާން ހުންނަން ފެށީންސުރެންވެސް ބޮޑުބޭބެ އޭނައާ ރީތި ކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ ބައްޕައަކީ ފަގީރަކަށް ވީމަ ހެއްޔެވެ؟ އެއީ މިއަދާ ހަމައަށްވެސް ޖަވާބު ލިބިފައި ނުވާ ސުވާލެކެވެ. ސާހިލް މަންމައާ ކިތަންމެ ފަހަރަކު މި ސުވާލު ކޮށްފިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޖަވާބަކަށް ވަނީ އެއީ ބޮޑުބޭބެގެ މިޒާޖުގައި ހުންނަގޮތެވެ. އެމީހުންނަށް ބޯ ހިޔާވަހިކަމެއް ލިބިފައި މިވަނީ ބޮޑުބޭބެގެ ސަބަބަބުންކަމުގައި ބުނެއެވެ. އަބަދުވެސް އެކަމަށް ޝުކުރުވެރިވުމަށް ބުނެދެއެވެ.
*****
އާދައިގެ މަތިން މިއަދުވެސް ބައްޕަ ތައްޔާރުވަމުންދިޔައީ ވަޒީފާއަށް ނުކުތުމަށެވެ. ރޭންސުރެން އޮތީ ހުމާއެވެ. މޭގައާއި ބޮލުގައި ރިއްސާތީ އުޅޭތާވެސް ކިތަންމެ ދުވަހެކެވެ. ނަމަވެސް އެކަމެއް އެކަކަށްވެސް ނާންގައެެވެ. މާދަމާ ގޭގައި ކާނެ އެއްޗެއް ހުންނާނީވެސް މަސައްކަތަށް ނުކުމެގެންނެވެ.
” ދަރިފުޅާ މަންމަ ރަގަޅަށް ބަލާތި.” ބައްޕަ ގެއިން ނުކުންނަމުން ބުންޏެވެ. މިއީ ކޮންމެ ދުވަހެއްގެވެސް ބައްޕަގެ އާދައެވެ.
ބައްޕަ ބޭރަށް ނިކުންފަހުން ދިހަވަރަކަށް މިނިޓްވެސް ނުވެއެވެ. ސާހިލް ދޮރުހުހުޅުވާލީ މީހަކު ގޮވާތީއެވެ. ދޮރުމަތީގައި ހުރީ އެ ހިސާބު ގަނޑުގެ އޮޓޯ ޑުރައިވަރެކެވެ
” ބައްޕަ ގޮވައިގެން މިއައީ .. ފެނުނީ މަގުމައްޗަށް ވެއްޓިފަ އޮށްވަ” ޑުރައިވަރުގެ އެހހީއާއި އެކު ބައްޕަ ގޭތެރެއަށް ވައްދައިފިއެވެ.
މޫނުގައި ފެންފޮދެއް އުގުޅާލުމާ އެކު ބައްޕަަ ލޯހހުޅުވާލިއެވެ. އެއަށް ފަހު ސާހިލް ގެ އަތުގައި ބާރަށް ހިފާލުމަށް ފަހު މަސައްކަތް ކުރީ ވާހަކަ ދެއްކޭތޯއެވެ.
” މަންމަ ރަގަޅަށް ބަލާ ދޭތި..” ބައްޕަ ބުނެވޭ ވަރުވީ މި ޖުމްލައެވެ. ސާހިލް ގެ އަތުން ބައްޕަގެ އަތް މަޑުމަޑުން ދޫވަމުންގޮސް އައް ވެއްޓިޖެއެވެ. ސާހިލް ބައްޕަ އަށް ގޮވަމުން އަތުގައި ހިފާ ތަޅުވާލިއެވެ. އެއަތުގައި އެއްވެސް ވާތްގެއް ނެތެވެ. ދެންބަލާލީ ނޭވާލާތޯއެވެ. ނޭވާގެ އެއްވެސް އި ހހހުސާސެއް ނުވިއެވެ. ބައްޕަ މި ދުނިޔެ ދޫކޮށް ދިޔައީއެވެ. ސާހިލް އަށް ހުރިހާ ކަމެަް ހަވާލު ކޮށްފައެވެ
****
ސާހިލް މަސައްކަތް ކުރަމުން ދިޔައީ ކުރާނެ މަސައްކަތެއް ލިބޭތޯއެވެ. ހަފްތާއެއް ވޭތުވެގެން ދިޔަ އިރުވެސް ރަގަޅު މަސައްކަތެއް ނުލިބުނެވެ. ސާހިލް އެންމެ ފަހުން ނިންމީ ބައްޕަ ނޯކިރީ ކޮށްދީގެން އުޅުނު ގެ “ތާޖު ވިލާ” އަށް ދިޔުމަށެވެ. ބައްޕަ ބުނެފައިވާގޮތުން އެގޭގެ ވެރިޔާ ކަމާލް އަކީ ވަރަށް ރަގަޅު މީހެކެވެ.
ސާހިލް “ތާޖު ވިލާ” ގޭޓު ކުރިމަތީ ހުއްޓި ހުރީ ދެ ފިކުރެއް މަތީގައެވެ. ހިތަށް އަރަމުން ދިޔައީ މިހާރު ބައްޕަގެ މަގާމަށް މީހަކު ހުންނާނީ ހަމަޖައްސާފަކަމުގައެވެ. ނަމަވެސް މަންމަގެ ހާލާއި ބައްޕަ މަރުވުމުގެ ކުރިން ކުރި ވަސިޔަތް މަތިން ހަދާން ވުމާއެކު ގޭޓުގެ ބޭރުގައިން ރަނގަބީލަށް ފިއްތާލިއެވެ.
އިރުކޮޅެއް ނުވެ ގޭޓު ހުޅުވިއްޖެއެވެ. ސާހިލް މަޑުމަޑުން ގޭޓުން އެތެރެއަށް ވަންނަން ފެށިއެވެ. ހާދަ ބޮޑު ގެއެކެވެ. ސާހިލްގެ ހަޔާތުގަވެސް މިފަދަ ބޮޑު ގެއަކަށް ވަން މީ ފުރަތަމަ ފަހަރެވެ. ގޯތިތެރެ ވަނީ މާމެލާ މެލީގެ ގަސްތަކުން ފުރާލާފައެވެ. ހިގުމަށް ހާއްސަކޮށް ހަދާފައިވާ މަގުން މަޑުމަޑުން ހިގަމުން ދިޔައެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ސާހިލް އަށް ހިނގަމުން ގޮސް ހުއްޓެވުނީ ފެންއަރުވާ ވަޑާމެއްގެ ކުރިމައްޗަށެވެ. މިހާރު އެހހުރެވުނީ ގޯތިތެރޭގެ ސީދާ މެދުގައެވެ. މިހހާ ހިސާބުން ފެންނަ އޮތީ މަގުތަކެކެވެ. ގޯތިތެރޭގެ ހަތަރު ފަރާތަށް ދާނެ ހަތަރު މަގެވެ. ސާހިލް ހުރީ މިތަނުން ކުރިޔަށްދާންވީ ކޮން މަގަކުން ކަން ނޭގިފައެވެ.
” ކީއްކުރާ ކުއްޖެއް’ ސާހިލް ދިޔައީ ސިއްސައިގެންނެވެ.
ކުރިމަތީ ހުރީ ކަމާލުއެވެ.
” އަޅުގަނޑު މިއައީ ވަޒީފާއެއް ދެއްވާތޯ” ސާހިލް ވަރަށް އަދަބުވެރި ކަމާ އެކު އާދޭހާއެކު ބުންޏެވެ. އެއަށްފަހު އޭނާ އަކީ ކާކު ކަމާއި ބައްޕަގެ މަރުގެވާހަކަ ބުނެދިނެވެ.
‘ ބައްޕަގެ ވަޒީފާއަށް އަދި މީހަކު ނުލެވިގެން މި އުޅެނީ. މާދަމާއިން ފެށިގެން ވަޒީފާ އަށް ނުކުންނަންވީ” ކަމާލު ސާހިލް އަށް ބައްޕަގެ ވަޒީފާ ހަމަޖައްސައިދީފިއެވެ. ބައްޕަ ބުނިހެން ކަމާލުއަކީ ވަރަށް ރަގަޅު ހިތްހެހެޔޮ މީހެކެވެ.
ސާހިލް ހުރީ ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭގިފައެވެ. އޭނާ ވައުދުވިއެވެ. ވަޒީފާގައި އިހްލާސްތެރި ވުމަށެވެ.
މަންމަ އެކަނި ގޭގައި ބާއްވާފައި ވަޒީފާއަށް ދިޔުމަކީވެސް ހިތައް ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު މިކަން މިގޮތައް ކުރަން އޭނާއަށް މަޖުބޫރެވެ.
*****
ހަފްތާއެއް ފަހެވެ. ” ތާޖު ވިލާ” އަށް ހީވަނީ އީދެއް އަންނަން އުޅެނީ ހެނެވެ. މުޅިގޭ ޒީނަތްތެރި ކުރެވެމުންދަނީއެވެ. ސާހިލްވެސް ހަވާލު ކުރެވިފައިވާ މަސައްކަތުގައި އަވަދި ނެތި އުޅެމުން ދިޔައެވެ. ކަމާލުގެ އަންހެން ދަރިފުޅު ކަޝަފް ލަންޑަނުން އެބުރި އަންނަނީއެވެ. އެއީ ކަމާލުގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ލަންޑަނަށް ދަރިފުޅު ކިޔަވަން ފޮނުވީ ދަރިފުޅު އެކަމަށް އެދުނީމައެވެ. ކަޝަފްގެ އެއްވެސް އުއްމީދެއް ފުރިހހހަމަ ނުކޮށްދީ ހުންނާކަށް ކަމާލް ބޭނުމެއް ނޫނެވެ. މި ވޭތުވެ ދިޔަ ހަތަރު އަހހަރު ދަރިފުޅުކައިރިޔަށް ގޮސް ހެދީ ކަމާލުގެ ދެމަފިރިންނެވެ. ކަޝަފް އެމީހުން ކައިރިޔަށް އެ އަންނަނީ 4 އަހަރަށް ފަހުއެވެ. މުޅިގެ ކުލަބޮކިތަކުން ޒީނަތްތެރި މިކުރަނީ އެސަބަބަށް ޓަކައެވެ.
***
މިއަދަކީ ކަޝަފް އަންނަ ދުވަހެވެ. ކަމާލުގެ ދެމަފިރިންނާއި ކަޝަފްގެ ބޮޑުދައިތަވެސް އެއާޕޯޓު ގައި މަޑުކޮށްލައިގެން އެހހހުރީ ކަޝަފް އަންނާނެ އިރަކަށެވެ. ލަގެޖުތައް އުފުލާ ބާލާ ހެދުމަށް ކަމާލް ގެނައީ ސާހިލްއެވެ.
އެންމެ ފަހުން އިންތިޒާރަށް ނިމުމެއް އަތުވެއްޖެއެވެ. ބޯޓު ޖައްސާފިއެވެ. މާގިނަ އިރުތަކެއް ނުވެ ކަޝަފް އަންނަތަން ފެނިއްޖެއެވެ. ކަޝަފް މަންމައާ ބައްޕަ ކައިރިޔަށް އާދެވުމާއެކު ދެމީހުންގައިގަ ބައްދާލިއެވެ. އަސަރުން ފުރިގެންވާ ވަގުތު ކޮޅެކެވެ.
އެންމެން އައީ ކާރަށް އެރުމަށްޓަކައެވެ. ކަޝަފްގެ ލޮލުގައި އަޅައިގަތީ ކާރު ކައިރީގައި ހުރި ސާހިލްއެވެ. އޭނާ ހިތައް އަރަމުން ދިޔައެވެ. މި ޒުވާނާ މިތަނުގައި މިހުރަި ކީއްވެބާއެވެ. އެ ޒުވާނާ ލައިފަ ހުރި ހެދުން މި ޒަމާނާއި ނުގުޅުނަސް އޭނާ ހާދަ ފުރިހހަމއެވެ. އިސްކޮޅާއި އެއްވަރުގެ ރޫފައެއް އެބަ ހުއްޓެވެ. ފަން އިސްތަށިގަނޑުގައި ޒަމާނީ ކަޓެއް ޖައްސާފައި ނެތަސް ހާދަ ރީއްޗެވެ. ސާހިލް ފުރަތަމަ ފެނިލުމާއެކުވެސް ކަޝަފްގެ ހިތުގައި އާ ރާގެއް ކުޅެލާފިހެން ހީވެއްޖެއެވެ.
ސާހިލް ކަމާލުމެން އަންނަ ދިމާ އަށް ބަލާލިއެވެ. ކަޝަފް ހުރީ މަޑުނޫކުލައިގެ ޖީންސަކާއި ހުދު ކުލައިގެ ޓޮޕްކޮޅެއްލާފައެވެ. ކަރުގައި ސްކާފެއް އޮޅާލާފައޮތެވެ. ފަން އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލާފައެވެ. ހެދުން އެޅުމުގައި ވިލާތުގެ ގޮތްގަނޑު ހުރިކަމުގައިވިޔަސް ރީތި ދޮންމޫނުގައި މޭކަޕްގެ އެއްވެސް އަސަރެއް ނެތެވެ. މޭކަޕަކާ ނުލާވެސް އެ މޫނު ހާދަ އޮމާންވެފަ ރީއްޗެވެ.
ސާހިލް އަވަސް އަވަހަށް އައިސް ލަގެޖްތައް ކާރަށް އެރުވި އިރުވެސް ކަޝަފް ހުރީ ސާހިލް އާއި ދިމާއަށް ބަލަހައްޓައިގެންނެވެ . މިއީ ގޭގެ ނޯކަރެއްތާއެވެ. ކިތަންމެ ފަހަރަކު އަދި ފެންނާނެތާއެވެ. ކަޝަފްގެ ހިތައް އަރަމުންދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Wow❤. Varah reethi. Waiting for next
Thank u ❤
V reethi…….. Masha Allah ♥️♥️♥️ next part kn irakun
Thank u ❤.. Insha Allah v avahah.. ?
Vara reethi mi part ……. waitimg for the next part
Wowwwww….. First part hama habeys…….. Waiting fr nxt…..
Thank u ❤
Thank u Aaaaaaaaaaaaaa ❤❤
Interesting. Please upload the next part soon. suspense is kiiling it.
Interesting. suspense is killing it.