އަހަރެންނަށް ހޭލެވުނީ ގަޑި ސޯނާވާ އަޑަށެވެ. ގަޑިން ހަތަރު ގަޑި ބައިވީއެވެ. އިރުކޮޅެއްފަހުން ފަތިސް ނަމާދު ބަންގިވެސް ގޮވާނެއެވެ. އަވަސް އަވަހަށް ތެދުވެ ވަނީ ފާހާނާ އަށެވެ. އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް ފަތިސް ނަމާދަށް ފަހު އަތިރިމަށްޗަށް ދިޔުމަށް ތައްޔާރުވާން ފެށީމެވެ. ގަޔަށްދޫ ކަޅު ބޮޑު ހެދުމަކާއި އެކު ކަޅު ބުރުގަލެއް އަޅާލީމެވެ. އެއަށް ފަހު އިތުރު ފޮތިގަނޑަކުން ލޯ އެކަނި ފެންނާނެހެން މޫނު ނިވާ ކޮށްލީމެވެ. ބޭރަށް ދާން ނުކުތްއިރު ބޮޑުދައިތަ އިނީ ސިޓިންގ […]
ޒައިރާ އަނެއްކާވެސް ފޯނު ނެގިއެވެ. ޔަޒަންގެ ފަރާތުން އޭނާ ބޭނުންވަނީ މާފް ލިބުމެވެ. އެކަމަކު ޔަޒަން އޭނާއަށް މާފް ކުރާނެބާއެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު ޔަޒަންގެ ނަންބަރަށް ގުޅާލިއެވެ. މާ ގިނަ އިރުތަކެއް ނުވެ ފޯނު ނަގައިފިއެވެ. ” އަހަރެން މި އިންތިޒާރު ކުރަނީވެސް ތި ކޯލަށް” ޔަޒަންގެ އަޑު އިވުމުން ޒައިރާގެ އަށް ވީގޮތްވެސް ނޭގުނެވެ. މުޅި މީހާ ތުރުތުރުއަޅަންފަށައިފިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލިނަމަވެސް އަޑު ވަނީ ބެދިފައެވެ. ” އެނގޭ ވާހަކަ […]
ޔަޒަން، މަޑުމަޑުން އައިސް ޒައިރާއާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ. މިހާރު އެއިނީ ދެމީހުންގެ ނޭވާގެ އަޑު އިވޭހާ ކައިރީގައެވެ. ޒައިރާގެ ހިތުގެ ތެޅުން އަވަސްވާންފެށިއެވެ. ޔަޒަން މިހާކައިރިން ފެނިދާނެކަމަށް ޒައިރާ ހީވެސް ނުކުރެއެވެ. ޒައިރާގެ ހިތައް އަރާ ފައިބަމުންދާ ޝުއޫރުތައް ޔަޒަންއަށް ފެންނަ ކަހަލައެވެ. ޔަޒަން މަޑުމަޑުން ޒައިރާގެ އަތްތިލާގައި ހިފާލިއެވެ. ޒައިރާއަށް ސިއްސައިގެން ގޮސް ހޭލެވުނީ މަންމަ ކޮޓަރީގެ ދޮރުގައި ތަޅާ އަޑަށެވެ. ” ދަރިފުޅާ ތެދުވެބަލަ މިހުރީ ނާޒިމް އައިސް.” މި އަޑު […]
މީހުންގެ ލޯތައް އޭނާއަށް އަމާޒު ނުވޭތޯ ދުއާ ކުރަމުން ކުރިޔަށް ހިނގަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ގޮސް ހުއްޓުނީ ޒައިރާގެ ގެ ކައިރީގައެވެ. ނަސީބު ވަރަށްވެސް ރަގަޅެވެ. އޭރު ޒައިރާވެސް ގޭ ދޮރާށިން ނުކުންނަނީއެވެ. ޒައިރާއަށް އޭނާ ފެނުމާއި އެކު އެއީ ކާކު ކަން އެގިއްޖެއެވެ. ” ކަލޭ އަނެއްކާވެސް އައީތަ؟ ” މަގުގެ ދެފަރާތް ބަލާލުމަށްފަހު ޔަޒަން ކައިރިޔަށް އައެވެ. ” ކަލެއަށް ކޮށްލި ވަރު ކުޑައީތަ އަދިވެސް” ޒައިރާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. […]
ސާހިލް ދިޔައީ ބޮޑުބޭބެގެ ގެއަށެވެ. ދޮރުގައި ޓަކި ޖަހާލުމާއިއެކު ހުޅުވައިފިއެވެ. ދޮރު ހުޅުވީ ބޮޑުބޭބެގެ އަންހެނުންނެވެ. ބޮޑުބޭބެއަށް ސާހިލް ފެނުމާއި އެކު އެތިވަރު ގޮވައިގަންނަން އަނގަ ހުޅުވާލައިފިއެވެ. ނަމަވެސް ކުއްލިއަކަށް ހުއްޓުން އަރައިފިއެވެ. ސާހިލް ލައިގެން ހުރި ހހެދުމާއި އަރައިގެން ހުރި ފައިިވާން ފެނިގެންނެއް ނޫނެވެ. ސާހިލްގެ ފަހަތުން އެ އައި ޒުވާނާ ފެނުމުންނެވެ. އަޅައިގެން ހުރި އައިނު ނަގާ ރަގަޅަށް ސާފު ކޮށްލައިފިއެވެ. ހަދާނަށް އަންނަމުން ދިޔައީ އޭނާގެ ޒުވާން ދުވަސްވަރެވެ. އޭރު އެކުގައި އުޅުނު […]
” އަހަރެންނަކީ ރީހާން. ތިގޮތަށް އަހަރެން ކަހަލަ ޒުވާނަކު ހުރީތީ ފެނުނީމަ ހަގީގަތުގަވެސް ވަރަށް ދެރަވެއްޖެ” ގެނައި ސައިތަށީގައި ހިފަމުން އޭނާ އަމިއްލަ އަށް ތައާރަފް ވެލިއެވެ. ރީހާން ހުއްޓާނުލާ ވާހަކަ ދައްކަން ފެށުމުން ސާހިލްއަށްވެސް ވާހަކަ ދެއްކުމުގެ ހިތްވަރު ލިބިއްޖެއެވެ. ” އަޅުގަނޑު ކުރާނެ މަސައްކަތެއް ލިބޭތޯ.. ވަރަށް ގިނަ ތަންތަނަށް ދަތުރު ކުރެވިއްޖެ” އެންމެ ފަހުން ރީހާން ތަކުރާރުކޮށް ކުރި ސުވާލަށް ޖަވާބުދީފިއެވެ. ކަންތައް މިވީ ހަމަ ރީހާން ހީކުރި ގޮތަށެވެ. އެއީ ހަމަ […]
ބޯޓު މާލޭ ބަދަރަށް ލަފާ އެތައް އިރެއްވީ އިރުވެސް ސާހިލް އޮތީ ބޯޓުގައެވެ. ފައިބައިގެން ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ.؟ ވަރަށް ވިސްނުމަށްފަހު ބޯޓުން ފައިބައިފިއެވެ. މިސްރާބު ޖެހީ އެންމެ ފަހުން ސާހިލް އުޅުނު ގެޔާއި ދިމާއަށެވެ. *** ދޮެުގައި ޓަކި ޖަހާލުމުން ހުޅުވީ ބިދޭސީއެކެވެ. ސިޓިންގ ރޫމްގައި އަހުމަދުގެ ބޮޑު ދައިތައާއި އޭނާގެ އަންހެނުން އިނެވެ. ” މިގެއިން ކުރާނެ މަސައްކަތެއް… ” ސާހިލްގެ ޖުމްލަ ފުރިހހަމަ ކުރެވޭ ވަރެއް ނުވެއެވެ. އަހހުމަދުގެ އަންހެނުން ހަޅޭއްލަވައިގަނެފިއެވެ. […]
ހ” އަހަރެން ވަރަށް ބޮޑު ކަމެއް ޖެހިގެން މީގެ ކުރިންވާނީ ލޯނެއް ނަގާފަ. ކޮންމެ މަހަކުވެސް އަހަރެންނަށް ލިބޭ ވަރަކުން އެމީހާއަށް ދެން. އެކަމަކު މިހާރު އެމީހާ ލޯނު އަވަހަށް ނުދައްކައިގެން ވަރަށް އެއްޗެހި ކިޔާ. އެހެންވެ މިހުންނަނީ ވަރަށް ހާސްވެފަ. މަންމަމެންނަށް އެގިއްޖެއްޔާ ވާނެ ގޮތެއްވެސް ނޭނގެ” ޒައިރާ ގެ ސިކުނޑީގައި ރޭވި ބަސްތައް ސާހިލް ކުރިމައްޗަށް އޮއްސާލިއެވެ. ” ކިހާ ވަރެއް ބާކީ ދައްކަން ޖެހެނީ ” ޒައިރާ ލޯނު ނެގީ ކޮން ބޮޑު […]
ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދިޔައެވެ. ސާހިލަށް ޒައިރާއާއި ދޭތެރޭ ވިސްނާ ވިސްނުންވެސް ދިޔައީ އިތުރު ވަމުންނެވެ. އެކުގައި މަސައްކަތް ކުރިނަމަވެސް އެދެމީހުންގެ މެދުގަައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ޒައިރާއާ ކިތަންމެ ވާހަކަ ދައްކަން ބޭނުންވިނަމަވެސް ޒައިރާ ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ނުބުނެއެވެ. ކަސްޓަމަރުންނެތި ލިބޭ ހުސްވަގުތު ތަކުގައިވެސް ޒައިރާ އިންނާނީ އަތުގައި އޮންނަ ފޯނަށް ގެއްލިފައެވެ. މިގޮތުގައި މާގިނަދުވަހެއް ނުވެއެވެ. ޒައިރާ އަށް ސާހިލްގެ ފަރާތުން ކަންތައްތަކެއް ފާހަގަ ވާން ފަށައިފިއެވެ. ޒައިރާ […]