ލޯބިވެވުނީ 4
ލިޔާންއަށް މައިހާފެނުނު ވަގުތު ރޭގެ ހާދިސާގެ މަތިން ހަނދާންވިއެވެ.މައިހާ އޭނައަށް ބަލަހައްޓައިގެން ހުރި އިރު މައިހާގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރުގެ މާނަ ލިޔާންއަށް ނަގައިނުގަނެވުނެވެ.
އެވަގުތަކީ ޝަހީދާއާއި ރަޝީދު ވެސް ގެއަށް އައި ވަގުތެވެ.ގެއަށް ވަން ޝަހީދާއަށް އެކަކު އަނެކަކަށް ގެއްލިފައިތިބި ލިޔާންއާއި މައިހާ ފެނުނެވެ.އެދެމީހުންގެ މޫނުމަތިން ޝަހީދާއަށް ފެނުނީ އެއް ކުލަވަރެކެވެ.
“ޔާން ކީއްވެ މިތާ ތިހުންނަނީ އިނާ ގޮވައިގެންތަ ތިއައީ”ޝަހީދާ އެހެން ބުނުމުން ލިޔާން ސިއްސައިގެން ގޮސް ޝަހީދާއަށް ބަލާފައި ބޯ ޖަހާލިއެވެ.
“މައި އާދޭ ސައި ބޯން އިނާ ވެސް އާދޭ ދައްތައަށް ޔަގީން ދެމީހުންވެސް ސައިނޮބޯކަން..އަދި ހަނދާން ނެތުނީޔޭ ޔާން ވެސް އިނާ ބަލާ ދިޔައީ ސައި ނުނަގާ ޔާން ވެސް ދޭ ސައި ބޯން”ޝަހީދާ އެހެން ބުނުމުން މައިހާ އާއި އިނާ ބަދިގެއަށް ދިޔައިރު ލިޔާން އަންނީއޭ ބުނެ ދިޔައީ ކޮޓަރިއަށެވެ.
އިނާ މޭޒުގެ އެއްފަރާތުގައި އިނުމުން މައިހާ އިނާގެ ކުރިމައްޗަށްވާ ގޮތަށް އިށީނެވެ.”ހާއި އިނާ”މައިހާ އިށީނުމުން އިނާ ބުނެލީ އޭނައަށް އަދި މައިހާއަށް ތއާރަފް ވެފައިނެތުމުންނެވެ.”މައިހާ”މައިހާ ހިނިތުންވެލާފައި ބުނެލި ވަގުތަކީ ލިޔާން ވަން ވަގުތެވެ.
ލިޔާން އައިސް އިނާ އާއި ޖެހިގެން އިށީންނަމުން އިނާއަށް ރީތި ހިނިތުންވުމެއްދިނެވެ.އެވަގުތު މައިހާގެ ހިތުގައި އިނާއާ މެދު ނަފްރަތު އުފެދުނެވެ.
“ޔާން މިރޭ އިނާއާއި އެކު ތަނަކަށް ދެވިދާނެތަ”އިނާ ލިޔާންއަށް ބަލާލަމުން އަހާލިއެވެ.ލިޔާން އިނާއަށް ބަލާލަމުން ބޯޖަހާލިތަން މައިހާއަށް ފެނުނެވެ.
“އިނާ ދައްކާ ވާހަކަ ދޯ ދެން ޔާން ނޫން ކާކުތަ މިހާރު އިނާ ގޮވައިގެން ދާނީ…”ބަދިގޭގައި ކެރެޓް ކޮށަން ހުރި ޝަހީދާ ބުނެލިއެވެ.
ޝަހީދާ އެހެން ބުނުމާއެކު މައިހާ ކޮށި އެރިއެވެ.އެންމެންގެ ލޯ މައިހާއަށް ހުއްޓުން ވަގުތު މައިހާއަށް ބަލާލެވުނީ ލިޔާންއަށެވެ.
“މައި ކިހިނެތްވީ”މައިހާގެ ބުރަކަށީގައި ފިރުމާލަމުން ޝަހީދާ އަހާލިއެވެ.އެވަގުތު ޝަހީދާއަށް ހިނިތުންވެވުނެވެ.އޭނައަށް ކުރެވުނު ހީ ޔަގީންވިއެވެ.މައިހާގެ ހިތުގައި ލިޔާންއަށް އަށް ޖާގައެއްވާކަން ޝަހީދާއަށް ޔަގީންވިއެވެ.
ކެއްކުމުގައި އުޅުނު ވަގުތު މައިހާއަށް ޝަހީދާއާއި ލިވްޔާ އިނާއާއި ގާތް ވަރު ފާހަގަކުރެވުނެވެ.ޔަގީނުން ވެސް ޝަހީދާއާއި ލިވްޔާ އިނާ އެއާއިލާއަށް ގަބޫލު ކޮއްފިޔޭ މައިހާގެ ހިތަށްއަރަމުން ދިޔައެވެ.
ޝަހީދާ އޭނަގެ ދަރިއެއް ގޮތުގައި ދެކޭ ކުއްޖަކު ޅީ ދަރިއެއްގޮތުގައި ގަބޫލުކުރާނެބާއެވެ.މައިހާ އޭނަ ދޮންތިއެއް ގޮތުގައި ދެކޭ މީހަކު ފަހަރިއެއް ގޮތުގައި ގަބޫލުކުރާނެ ބާއެވެ.ދެން ހުރީ ލިޔާންއެވެ.މައިހާއަށް ލިޔާން އޭނަދެކެނީ ކިހިނެތް ކަމެއް ނުވެސް އެނގެއެވެ.މައިހާގެ ސިކުނޑީގައި ހިނގަމުން ދިޔައީ ހުސް ޖަވާބު ނުލިބޭ ސުވާލުތަކެކެވެ.
އެރޭގެ ވަގުތެވެ.މައިހާ ލިޔާންމެން ގެއަށް އައީ އެންމެ ބޭނުމަކުގައެވެ.ލިޔާން ގެ މޫނު ދެކިލުމަށެވެ.ނަމަވެސް މައިހާއަށް އާދެވުނު އިރު މާލަސްވެއްޖެއެވެ.ލިޔާން އިނާ ބުނި ތަނަށް ދާން ގޮސްފިއެވެ.ނަމަވެސް މައިހާ ލިޔާން ނުފެނި ގެއަށް ސާން ބޭނުން ނުވިއެވެ.
އެއްގަޑި އިރު ފަހެވެ.ސޯފާގައި އިން މައިހާއަށް ދޮރާދިމާއަށް ބަލާލެވުނީ ދޮރު ހުޅުވުނު އަޑަށެވެ.”ޔާން”މައިހާ ސިޑިއާއި ދިމާއަށް ދިޔަ ލިޔާންްއަށް ގޮވާލުމުން ލިޔާންއަށް މައިހާއަށް ބަލާލެވުނެވެ.
މައިހާއައިސް ލިޔާންއާއި ދެ ފޫޓް ކިއިރީ މަޑުކުރެވުނެވެ.”ޑޭޓް ކިހިނެތް”މައިހާ ލިޔާން އަށް ބަލާލަމުން އަހާލިއެވެ.ލިޔާންއަށް މައިހާއަށްއަށް ބަލެވުނީ ގަބޫލުނުކުރެވިފައެވެ.ކޮން ޑޭޓެއްބާއެވެ.
“ޔާން އައީ ދޯ…އިނާ ގެއަށް ލާފަދޯ ތިއައީ”ޝަހީދާ އަހާލުމުން ލިޔާން ބޯޖަހާލިއެވެ.”މިހާރު އެއްގަޑިއިރަށް ވުރެ ގިނައިރު ވަނީ މައި ޔާން އަންނަށް ދެން އިންނަތާ”ޝަހީދާ ބުނެލުމުން ލިޔާން މައިހާއަށް ބަލާލިއިރު މައިހާ ހުރީ ލިޔާންއަށް ބަލަހައްޓައިގެނެވެ.އެވަގުތު ލިޔާންއަށް މައިހާގެ ލޮލުގަެިވި އެއްޗެއް ނަގައިނުގަނެވުނެވެ.
“ގެއަށް ގެންދެވިދާނެތަ”މައިހާ ބުނުމުން ލިޔާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ބޯޖަހާލިއެވެ.
-ނުނިމޭ-
އެނގޭ މި ޕާޓް ކުރުކަން
ދެން އަންނަ ޕާޓެއް ދިގުކުރާނަން އިންޝާﷲ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Me first dhw. Varah reethi mi part vx??❤??. When next part????????. Waiting??????
Varah reethi..Maa sha allah…when is next part??waiting for the next part…
I came again for our SOOBINIE and YEJI….btw mi part vx varah reethi…whn next???..LYSM????❤
And me second dho…
Woooww?? varah reethi….kihinehbbaa kuriah oii part thakuga vaan eulhenee….unmeedhu kuranee nxt part avahah up kolla dheyne kamah….nxt part dhigu kollaathi
V reethi…. Waiting for nxt……