Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އަދު ރޮނީއޭ ނުދާށޭ – 15 ވަނަ ބައި –

Aathu Level 110 Stories
March 12, 2013 3 Mins Read
2 Comments

– 04 މާރޗްގެ ބަޔާއި ގުޅޭ –

މާލެއައި ފަހުން ދިމާނުވެގެން އުޅުން ޝަހުމްއާއި ލަޔާއަށް ދިމާވެވުނީ އޭގެ ތިންދުވަސް ފަހުންނެވެ. އޮފިހުން ކޮންމެރެޔަކު ލަހުން ގެއަށް އާދެވުމާއިއެކު ނަމާދު ކޮށްލާތަނުން ލަޔާއަށް ނިދެނީއެވެ. އެފް. ބީގައި ޝަހުމް ބުނާއެެއްޗަކަށް ޖަވާބެއް ދެވެނީވެސް  ފޯނުން އެސް. އެމް. އެސް އެެއްގެ ސިފައިގައެވެ. އެހެންކަމުން މިއަދު ލަޔާ ބެލީ އޭނާއާއި ޙަވާލު ކުރެވިފައިވާ މަސައްކަތްތައް ނިންމާލުމަށްފަހު، ޝަހުމްއަށް އޭނާ އިނީ އޮންލައިންކަމުގައި ބުނެ މެސެޖް ފޮނުވާލިއެވެ. މާގިނައިރެއްނުވެ ޝަހުމްގެ ވާހަކަތައް ސްކްރީނުން ފެންނަން ފަށައިފިއެވެ. އޭނާގެ އެނބުރި އައުމުން ގޭގެ އެންމެނަށް ލިބިގެންއުޅޭ އުފަލުގެ ވާހަކައެވެ. އަދި އެތައް ފަހަރަކު ލަޔާއަށް ޝުކުރު އަދާކޮށް ލަޔާއާއި ފެނިގެން ބައްދަލުކޮށްލުމަށް ބޭނުންވާ ވާހަކަ ތަކުރާރު ކޮށް ބުނަމުން ދިޔައެވެ.

“ލެޓްސް މީޓް ނައު.ޕްލީޒް! ޕްލީޒް! ޕްލީޒް!..މިހެން ވާހަކަ ދައްކާތާ އެއް އަހަރު ވީ… ދެން ރެޕެންޒިލް އަކީ ކޮންކުއްޖެއްތޯ ބަލާލަން ބޭނުމީ.. ތިހާ ރަނގަޅު ފްރެންޑެއް ހަމަ ދެކިލާ ހިތްވާނެއެއްނު…މަންމަމެންވެސް ބޭނުންވަނީ ރެޕެންޒެލް ދެކިލަން…ގެއަށް ގެންދާށޭ އަބަދު ކިޔަނީ…ޝަހުމް ލަޔާއަށް ވާހަކަ ދައްކާނޭ ވަގުތެއްވެސް ނުދެމުން ކުރިއަށް ދިޔައެވެ.

“މްމްމްމްމްމްމ… ކެން އައި ޓޯކް ނައު؟….” އެތައް އިރަކު އެހެން އިނުމަށްފަހު އެންމެ ފަހުން ޝަހުމްގެ ވާހަކަތައް މާ ދިގުލައިގެން ދިއުމުން މަޑުންނެއް ނީނދެވުނެވެ. އެއާއިއެކު ޝަހުމް ކުއްލިއަކަށް ހިމޭންވިއެވެ.

“އޯކޭ!…” މި ހެން ލިޔެފައި އިންތަން ލަޔާއަށް ފެނުންތަނުން ހީނލެވުނެވެ. އަދި އެމީހުންނަށް ބައްދަލުނުވެވިގެން އުޅޭ ސަބަބު ކިޔައިދިނެވެ. މިދުވަސްކޮޅު ލަޔާއަށް ބުރަވެގެން އުޅެނީ އަންނަ ހަފްތާގައި އޮންނަ އެ އޮފީހުގެ އަހަރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރާތީއެވެ. ޝަހުމް އަށް މާބޮޑު އުނދަގުލަކާއި ނުލައި އެ ވާހަކަތައް ޤަބޫލުކުރެވުނެވެ. ސަބަަބަކީ އޭނައަކީވެސް އެއް އިރެއްގައި ހަމަ އެފަދަ ވަޒީފާއެއްގައި އުޅެފައިވާ ކުއްޖަކަށްވެފައި، އުފުލަންޖެހޭ މަޞްޢޫލިއްޔަތުގެ ބުރަކަންވެސް އިނގޭތީއެވެ. އެއާއިއެކު ލަޔާގެ ފަރާތުން އުފާވެރި ޚަބަރެއް ޝަހުމްއަށް ލިބުނެވެ. ލަޔާމެންގެ އޮފީހުގެ ޕާރޓީ އަށް ލަޔާ، ޝަހުމްއަށް ދަޢުވަތުދިނެވެ. ވީ އުފަލުން އެތައްފަހަރަކު ޝަހުމް ލަޔާއަށް ޝުކުރުވެރިވިއެވެ. އެންމެފަހުން އޭނާގެ ދިގު އިންތިޒާރަށް ނިމުމެއް އަންނަންއުޅޭ ކަމުގެ ސިގްނަލް ޝަހުމްއަށް ލިބުނީއެވެ.

ލައިޝާ މިހާރަކަށް އައިސް ހަމަ އެއްވެސް ވަރަކަށް ނިޙާލަށް ފެންނާކަށް ބޭނުމެއްނޫނެވެ. އަދި ދެމީހުންގެ ދޭތެރެގައި ހިނގި ހަމަނުޖެހުމަށްފަހު، ލައިޝާއަށް ނިޙާލް އެއްގޮތަކަށްވެސް ނުފެނެއެވެ. ނިޙާލް ތިންދުވަހުގެ ޗުއްޓީީއަކަށްފަހު މިއަދުވަނީ ހޮސްޕިޓަލަށް ނިކުމެފަކަން ޝަފާގެ ފަރާތުން ލައިޝާއަށް އިނގުނެވެ. އެހެންކަމުން ބްރޭކް ގަޑިޖެހުމުން ވަރަށްް ސިއްރުން އޭނާގެ ރޫމް ދޫކުށް ނިކުންނަން ދިޔައެވެ.

“ލައި” ފަހަތުން އެއިވުނީ ލައިޝާއާއި އެއްޑިޕާރޓްމެންޓެއްގައި މަސައްކަތްކުރާ މުވައްޒަފެއް ކަމުގައިވާ ޑޮކްޓަރ ލިވާއުގެ އަޑެވެ. އެހިނދު ލައިޝާގެ ނުތަނަވަސްކަން ވެރިވެފައިވާ ހިތަށް ކުޑަ ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ހިނިތުންވެލައިގެން ހުރެ ލިވާއުއާއި ވީ ފަރާތަށް އެނބުރެލީ، ފަހަރެއްގައިވެސް ލިވާއުގެ ފަހަތުން ހިނގާފައި އަންނަ ނާހިލް ފެންނާނެ ކަމަކަށް ނޫނެވެ. އެއާއިއެކު އެ ރީތި އޮމާން މޫނުން ދާތިކިތައް ފާޅުވާންފެށިއެވެ.

“ހެއި…އާ ޔޫ އޯލްރައިޓް ގާރލް؟..މަޑުމަޑުން ލައިޝާއާއި ދިމާލަށް ގުދުވެލަމުން ލިވާއު ސުވާލު ކޮށްލިއެވެ. ފުރިހަމަ ހިނިތުންވުމަކާއިއެކީ އޭނާއަށް ދެންމެ ފެނުން ކުއްޖާ މިހައި އަވަހަށް ހާސްކަމާއެކީ ފެނުމުން ލިވާއުއަށްވެސް ޙައިރާންކަމެއް ލިބުނެވެ. އޭރުވެސް ލައިޝާގެ ދެ ލޯ ހުއްޓިފައި ހުރީ އެމީހުންނާއެއް ހަމައެއްގައި ހުއްޓިލައިގެން ހުރި ބޮޑާ ފިރިހެނާއާއި ދިމާލަށެވެ.އެއީ އެއްދުވަސް ކޮޅެއްގައިި އޭނާ އެމީހަކަށްޓަކައި އެތައްރެއެއްގެ ނިދިން މަޙްރޫމް ވެގެން އުޅެން ޖެހުނު މީހެކެވެ. ނަމަވެސް ހަމަ އެ ޒުވާނާ މިއަދު ވަނީ ލައިޝާގެ އިތުބާރު އޭނާގެ އަމިއްލަ އަތުން ނަގާލާފައެވެ.

“ދެން އަޅެ..މިދެމީހުން ކިހިނެއްވެފަތަ މިތިބެނީ؟ …ނާހިލް…މަ މިދައްކާ ވާހަކަ އެބަ އަޑު އިވޭތަ؟..މިއަދު މަ ސައިދެނީއެޭ ޑިޕާރޓްމެންޓް އެންމެނަށް…”މިފަހަރު ލިވާއުގެ އަޑުން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިބި ދެމީހުނަށް ހަމަ ހޭވެރިކަން ލިބުނެވެ. ލައިޝާ ޙައިރާން ކަންމަތީ ލިވާއުއާއިއެކު ހިނގައިގަތެވެ. މީހުންގެ ތެރޭގައި މިއަދު ނާހިލް އޭނާއަށް ޖެއްސުމެއް ނުކޮށްލިތާނގައި އިސްއުފުލައި ބަލާވެސް ނުލިއެވެ. ލައިޝާގެ ހަނދާނަށް އައީ އެންމެ ފުރަތަމަ އެދެމީހުންގެ ގުޅުން ފެށިގެން އައި ގޮތުގެމަތީންނެވެ.

ނާހިލް ވަޒީފާއަށް އައި ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އޭނާ އެކި ފަހަރުގެ މަތީން ވަނީ ލައިޝާއާއި ފްލާރޓް ކޮށްފައެވެ. ނާހިިލްގެ ކޮންމެ މަޅިއަކަށް ލައިޝާއަށް ބޯލެނބެވެމުން ދިޔައީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ނަމަވެސް ނާހިލްގެ އަޞްލު ސިފަ އެނގެން ލައިޝާއަށް މާގިނަ ވަގުތެއް ނުނެގިއެވެ. އެތަނަށް ތަމްރީނަކަށް އައިސް އުޅުނު އެ ޢާއިލާގެ ކުއްޖެއްކަމަށްވާ ޑޮކްޓަރ ލިވާއުގެ ދައްތަ، ލުބާ އައި ހިސާބުން ފެށިގެން ލައިޝާއަށް އެދެމީހުންގެ ގުޅުން އެނގުނެވެ. އެއީ އެއްދުވަހެއްގައި ނާހިލްގެ ޕޭޝަންޓެއް ނާހިލްއާއި ބައްދަލުކުރުމަށް އައި ދުވަހެއްގައެވެ. ލައިޝާ އެކެބިންއަށް ވަތްއިރު ފެނުނު މަންޒަރުން އަނގަމަތީގައި އަތް އެޅުނެވެ. އޭނާގެ ދެތުންފަތް ދޭތެރެއިން މަޑު އާޙެއްގެ އަޑުއައެވެ. އަދި އެތަނުން ނިކުންނަން އަޅައިލި ފިޔަވަޅަށް ހުއްޓުމެއްއައީ ނާހިލްގެ ބާރު ހަޅޭކުގެ އަޑު އޭނާގެ ކަންފަތަށް ފޯރިހިނދުންނެވެ.

“އަހަރެންގެ ކެބިންއަށް ވަނުމުގެ ކުރިން ނޮކް ކުރުމަކަށް ނުބުނަންތަ؟..”ނާހިލްގެ އެ ހަރުކަށި ސިފަ މީގެ ކުރިން ދެކެފައިނުވާ ލައިޝާއަށް ވީ އެހެން ގޮތެކެވެ. އޭނާއަށް ޖެހިބުދެއްހެން ނާހިލްއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިކަމުން ނާހިލްގެ ރުޅި އިތުރަށް ގަދަވަމުން ދިޔައެވެ.

“ބޭބީ..ހޫޒް ދިސް ؟ ކޭންޓް ޝީ ޓޯކް؟  ބޮޑުބޭބެވެސް މި ހޮސްޕިޓަލުގެ އަގު  ވެއްޓޭ ކަހަލަ ޑީ ގްރެޑް މީހުން ގެންގުޅެނީ ކީއްކުރަންތަ؟” ނާހިލްގެ ކަރުގައި އެލިގަނެގެން ކަހަލަ ގޮތަކަށް ހުރި އަންހެން ކުއްޖާ ލޯހަނިކޮށްލާފައި ބޮޑާރާގެއްގައި ނާހިލްއަށް ބުނެލިއެވެ. އޭރު ނާހިލްގެ ދެލޮލުން އަލިފާންކަނި ބުރާހެންވެސް  ލައިޝާއަށް ހީވެއެވެ.

“އައި ޑޯންޓ ނޯ ހަނީ؟ ޔޫ ނޯ ހޫު މައި ޑޭޑް އިޒް؟  ވީ ކޭންޓ ސެއި އެނީތިންގ ޓް ޑޭޑްސް ޑެޒިޝަންސް..އޭތް..ހަމަ މިހާރު މިތަނުން ނިކުމޭ..އަދި ބުނަން…އަހަރެންގެ ޕްރައިވެސީއަށް އަރައިގަންނަން ކައެ ނަމަވެސް ނޫޅެއްޗޭ!… އަދި ބުނަން…ޑޭޑްއާއި ހަމައަށް މިކަންތައް ގޮސްފިނަމަ..ޔޫ އަރ ގޮއިންޓ ޕޭއި ފޯރ ދިސް…ނައު..ގެޓް ލޮސްޓް..” ނާހިލް ވާހަކަ ދައްކަމުން ދިޔައީ ސީދާ ލައިޝާގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. ލައިޝާއަށް ދުއްވައިގަނެވުނީ ގައިގައި ނެތް ބާރުލައިގެންނެވެ. ނަސީބަކުން އެއީ ޑިޔުޓީ ނިމުނު ގަޑިކަމުން ލައިޝާ ބާރު ހިނގުމެއްގައި ދިޔައީ ގެއަށެވެ. ލިބުނު ހިތްދަތިކަމުން ކާރުގައި ދާކަށްވެސް އޭނާ ބޭނުމެއްނުވިއެވެ. އެރެއަށްފަހު ލައިޝާއަށް ކޮންމެ ރެއެއްގެ ނިދިވަނީ ރުޅިިއެއްޗަކަށް ވެފައެވެ. އޭނާއަށް ވިސްނެނީ އެމީހުންގެ ބަދު ނަސީބު ކަމާއިމެދުގައެވެ. އެންމެ ފުރަތަމަ ލައިޝާއާއި އޭނާގެ ލޯބިވާ ކޮއްކޮވަނީ މަންމައެއްގެ ލޯބިން މަޙްރޫމްވެފައެވެ. އެއަށްފަހު، ދެކުދިންނަށް ޒުވާންކަމުގެ ޖޯޝުގައި ވެވުނު ލޯބި ވެސް ނުލިބުނެވެ. ނަމަވެސް ލައިޝާ ޢަޒުމް ކަނޑައެޅީ، ގޭގެ އެއްވެސް މީހަކަށް، އަދި ހަމަ ރަޙްމަތްތެރިއަކަށްވެސް އޭނާގެ ހިތުގެ ޙާލު ނޭނގުމަށެވެ. ބައްޕައާއި ކޮއްކޮގެ ހިތާމަތަކަށް އިތުރު ބަރުކަމެއް ނުދިނުމަށެވެ. އޭރުން ފެށިގެން ނާހިލްއައީ އެކި ގޮތްގޮތުން ލައިޝާއަށް ބްލެކް މެއިލްކޮށް އުނދަގޫ ކުރަމުންނެވެ. މިކަންތައް ނާހިލްގެ ބައްޕައާއި ހަމައަށް ގެންދިއުމަށް އެތައްފަހަރަކު ލައިޝާގެ ޙާލާއިމެދު ޙަމްދަރުދީވާ އެތައް ބަޔަކު މުވައްޒަފުންގެ ތެރެއިން ބޭނުންވިއެވެ. އެ އެންމެންވެސް ހުއްޓުވީ ލައިޝާއަމިއްލައަށެވެ. އޭނާއަށް ނާހިލް ދެކެ ވެވުނު ލޯބި، ނާހިލްއާއި އިދިކޮޅަށް ނުކުތުމަށް އޭނާއަށް ހުރަސްއެޅިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Aathu

Level 110 Stories

Other Articles

Previous

އުމުރަށްވެސް އެކީގައި ވާނަމޭ…..10

Next

އުމުރަށްވެސް އެކީގައި ވާނަމޭ…..11

Next
March 12, 2013

އުމުރަށްވެސް އެކީގައި ވާނަމޭ…..11

Previews
March 9, 2013

އުމުރަށްވެސް އެކީގައި ވާނަމޭ…..10

2 Comments!

  1. ސަމް says:
    March 25, 2013 at 11:38 am

    ވވ ރީތި ވާހަކައެއް!!!!!!!!!!!! އެކަމު ކޮބަާ އަނެއް ޕާޓް ހާދަ ލަސްވޭ، ޕްލީޒް!!!!!!!!!!!!!!!!!!!

  2. zeenaa says:
    January 18, 2014 at 11:16 pm

    Reethi.haadha lahey up vaaleh…….

Comments are closed.


All Right Reserved!