ހިތް އަދު ރޮނީއޭ ނުދާށޭ – 14 ވަނަ ބައި –
– 22 ފެބްރުއަރީގެ ބަޔާއި ގުޅޭ –
މިއަދު މާލެއަށް އައި ގޮތަށް ޝަހުމް އަށް ވިސްނެނީ އޭނާގެ ރެޕެންޒިލް މަތިންނެވެ. އެކުއްޖާ އެފް.ބީ އިން ޗެޓް ކުރާއިރުވެސް ދުވަހަކުވެސް ފޮޓޯއެއްހާ ހިސާބުވެސް ލާފައިވާ ތަނެއް ނުފެނެއެވެ. އެކަމަކުވެސް އެ ކުއްޖެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާކަން ޚުދު ޝަހުމްއަށްވެސް އިނގެއެވެ. އެތައް ދުވަސްތަކެއް ބޭކާރު ގޮތުގައި ހޭދަކުރެވިއްޖެކަމަށް އޭނާވެސް ޤަބޫލުކުރެއެވެ. އެ އަންހެން ކުއްޖާ ނޭނގިނަމަވެސް ވަރަށް ބޮޑަށް އޭނާގެ ދިރިއުޅުމާއި ކުޅެލައިފިއެވެ.
“ހައި…..” ޝަހުމްއަށް އެންމެ ފަހުން ނީނދެވިގެން ލަޔާއަށް ގޮވައިލިއެވެ. އޭރު ގަޑިން ބާރަ ޖަހަނީއެވެ. އެހައި ބޮޑަށް އެހީތެރިވީ މީހަކަށް ޝުކުރު އަދާކުރަން ޝަހުމް ބޭނުމެވެ. އެހެން އެތައް އިރެއްގަ އިން އިރުވެސް ޝަހުމްއަކަށް ރެޕްންޒިލްގެ ފަރާތުން ރެސްޕޯންސެއް ނައެވެ. ދެން ފުހިވީީ ވަރުން ޖައްސާލާއިރަކަށް ނިދި އޭނާގެ ލޮލަށް ސަވާރުވެއްޖެއެވެ.
ލައިޝާ ގެއަށް އައި ގޮތަށް މަޣްރިބް ނަމާދު ކޮށްލައިގެން ކިޔަވަން އިންއިރުވެސް ހިވަނީ ނިދެން އުޅޭހެންނެވެ. މިއަދު އެއްކޮށް ވަރަށް ބުރަކޮށް އުޅެން ޖެހުމުން އޭނާގެ ހަށިގަނޑުގައި ވަރުބަލިކަމެއް ހުއްޓެވެ. ނަމަވެސް ޢިޝާނމާދު ވަގުތު ގާތްވާތީ ތަންކޮޅެއްގަޔާވެލައިގެން ކިޔަވަން އިނީ ނަމާދު ކޮށްގެން ނިދުމަށް ނިންމައިގެންނެވެ.
ލަޔާލްއަށްވެސް މިއަދު އޭނާ ހިކުރި ގޮތަކަށް އެއްވެސް ކަމެއް ނުއެވެ. އެހެނަސް އެކުއްޖާގެ ރޫޙަށްވަނީ އިތުރު ހަމަޖެހުމެއް ގެނެސް ދީފައެވެ. ޝަހުމްއާއި އެއްފަސްގަނޑެއްގައި ހުރެވޭތީއެވެ. ކުއްލިއަކަށް އޭނާ ހަނދާންވީ މާލެ އައުމަށްފަހު ޝަހުމްގެ ޚަބަރެއް ނުވާތީއެވެ.
އަވަސް އަވަހަށް އޭނާގެ ފޯން ނިވިފައިވާ ފޯން ހުޅުވާލިއިރު މިސް ވެފައިވާ ކޯލުތަކުގެ ލިސްޓަށްފަހު ލިބިފައިވާ މެސެޖް ތަކަކުން ލިބުނު އުފަލެއްގެ ބޮޑު ކަމާއެވެ. އެފް. ބީއިން ޝަހުމް އޭނާއާއި ވަހަކަ ދެއްކުމަށް މަސައްކަތް ކޮށްފައިވާތަން ދެކެފައި އެތައް އިރަކު ސްކްރިނަށް ބަލަހައްޓައިގެން އިނދެވުނެވެ.
ޖެހިގެން އައި ދުވަހު ނާހިލް އޮފީހަށް ދިޔައީ އަމިއްލައަށް ހޭލައިގެންނެވެ. މިކަމާއި އޭނާގެ މަންމަ ކިތަންމެ ހައިރާންވީ ކަމުގައި ވިޔަސް އެކަމުގެ ސަބަބުން ވީ އުފާ މާބޮޑެވެ. އަވަހށް އެ ދަރިފުޅަށް އޭނާގެ އަމިއްލަ އަތުން ސައިހަދައިދިނެވެ. ނާހިލް މިއަދު ސައި ބުއި އިރުވެސް ޙަރަކާތްތައް އެހެން ދުވަސްދުވަހަށްވުރެ ވަނީ އަވަސް އަރުވާލާފައެވެ.
ގަޑިން ބާރަގަޑި ބައިވުމުން ގެއަށް ދިއުމަށް ނިކުތް ލައިޝާއަށް ހުއްޓެވުނީ ފަހަތުން އައި ޟިހަކުއޭނާގެ އަތުގައި ހިފާފައި، އެވަގުތު އޭނާއަށް ހުރެވުނު ކެބިންގެތެރެއަށް ވެއްދުމުންނެވެ. އެތަނަކީ ފުދޭވަރަކަށް އެތެރޭގައި ހުރި ބަޔަކަށް ވެފައި، އެމީހެއްގެ ހުޝިޔާރުކަމުން ލައިޝާއަށް ވާނުވާ އެނގެން އިރުކޮޅެެއްނެގިއެވެ. ތަނުގެ އަނދިރިކަމުން ލައިޝާއަށް އެއްވެސް ތަނެއް ނުފެނުނެވެ.
“ލައި…” ބިރުން ހާސްވެފައި ހުރި ލައިޝާ ޙައިރާންވީ އޭނާގެ ކަނާތު ކޮނޑާއި ދިމާއިން ވަރަށް ކައިރިން އެ އިވުނު އަޑަކީ އޭނާ ވަރަށް ދަންނަ އަޑަކަށް ވީމައެވެ. ފަހަކަށް އައިސް އަހާ ހިތުން އޭނާގެ ހިތް ބޭޤަރާރު ވަމުންދާ އަޑެއްމެއެވެ. އެހެނަސް އެއި އެތައް ބައެއްގެ ކުރިމަތީގައި އޭނާ ލަދުގަންނުވާލާފައިވާ އަޑެކެވެ.
“ނާހިލް..” މަޑުމަޑުން ލައިޝާއަށް ބުނެވުނެވެ. އަދި ހިންދެމިލުމަށްފަހު، މަޑު ހީނލުމަކާއެކީ ނާހިލްއާއި ވީ ފަރާތަށް އެނބުރެލިއެވެ. އެއީ މިއަދު އޭނާވެސް ވަކި ދެރަ ނުވާންވެގެންނެވެ. ނާހިލްއެއް ކަމަކު އަބަދަކު އޭނާއަށް ބޭނުން ގޮތެއް ނުހެދޭނެއެވެ.
މީގެ ދެމަސްކުރިންވެސް ކެންޓީންގެތެރެއަށް އޭނާ ވަދެ ވަދެ ހުއްޓައި ޖެހިގަތް ގޮތަށް ލައިޝާ އޮތީ ބިން މަތީގައެވެ. އެހެންނަމަވެސް ފަހުން ފަހުން އައިސް ނާހިލްއަށް ލައިޝާގެ މޫނު މަތިން ފެންނަމުން ދިޔަ މޮޅިވެރިކަމުން އެގޮތަށް ޖެއްސުން ކުރާކަށް ނުކެރެއެވެ. ބަދަލުގައި ކުދ ކުދި ގޯނާތައް ކޮށްލެއެވެއެވެ. ނާހިލްއަށްވެސް ނޭނގުނީ މިހުރިހާ ގޮތަކަށް އޭނާގެ ޢަމަލުތައް ބެހެއްޓެމުން ދިޔައީ ލައިޝާގެ ސަމާލުކަން ހޯދަންކަމުގައެވެ.
ދެވަނަ ސިކުންތުގައި ލައިޝާގެ ހިތުން ބިރުވެރިކަމުގެ ސިގްނަލް ދޭންފެށީ، އޭނާގެ މޫނާއި ދާދި ގާތުގައި ހުރި ނާހިލް ފެނުމުންނެވެ. އޭރު ނާހިލްގެ ހޫނު ނޭވާ އާއި އެ ހިތުގެ ތެޅުމުގެ އަޑު ވަރަށް ސާފުކޮށް ލައިޝާއަށް އިވެމުންދެއެވެ.
“ޝްޝްޝް…..ލައި..ނާހިލް ވާހަކަދެއްކިޔަދީ….ޑޫ ޔޫ ހިޔަރ މައި ހާޓް ބީޓް؟….ޓްރައި ޓް އަންޑަސްޓާންޑް …”ނާހިލްގެ އަޑުގައިވީ އަސަރުން ލައިޝާ މުޅިން ގަނޑު ކޮށްލައިފިއެވެ. “އިނގޭތަ އިއްޔެވެސް ލައި ނުފެނުމުން މިހިތަށް ތަދުވި ވަރު؟ ވަރަށް ދުވަހު މި ޖަޒުބާތުތައް އޮބި އަޅައިގެން ހިފަހައްޓައިފިން… އެހެން ފިރިހެން ކުއްޖަކު ލައީގެ ގައިގަ ބީހިލާ ކަށްވެސް އަހަރެން ބޭނުމެއް ނުވޭ.. އަހަންނަށް ވުރެ ގާތްކޮށް ލިވާއު މެނާއި ލައި ވާހަކަ ދައްކާތަން ފެނުނަސް އަހަރެންގެ ހިތުގައި އެމީހުންގެ މައްޗަށް އަލިފާންކަހަލަ ރުޅި ވޭ.ތިވަރަށް ދެން މިހިތް ނުތަޅުވާ ލައި…ޕްލީޒް….” އަދިވެސް އަލައިޝާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. މިވަރަށް ނާހިލް އޭނާގެ ސަބަބުން ފޯލް ވެދާނެކަމަކަށް އޭނާ ހިނދު ކޮޅަކަށްވެސް އަންދާޒާ ކޮށްލާފައެއް ނުވެއެވެ.
“ލައި.. އާންސާރ މީ.. ލައި ޓެލްމީ..ބަޓް ޔޫ ހޭޓްމި ރައިޓް؟….ނާހިލް މޮޔައަކު ފަދައިން އާދޭސް ކުރަމުން ދާތަން ފެނުމުން ބަނޑުހައި ވެފައި ހުރި ކަންވެސް ހަނދާންނެތިފައި، ކަރުނުން ފުރިފައިވީ އެދެލޮލަށް ބަލަހައްޓައިގެން ލައިޝާއަށް ހުރެވުނެވެ. އެންމެފަހުން ލައިޝާއަށް ހަމަ ބިމަށް އާދެވުނެވެ. އޭނާއަށް ހިވީ މިއަދުވެސް ނާހިލް އެއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނާ ލަދުގަންނުވާލަން ކަމަށެވެ. އެހެންކަމުން ލައިޝާ އޭނާގެ ނުކުޅެދިފައިވާ ހިތަގެ މައްޗަށް ބާރު ފޯރުވައލީ ދާދި އަވަހަށެވެ. އަދި ފުރަގަހަށް ވާ ގޮތަށް ގެންގޮސް ހިފަހައްޓާފައިވާ އޭނާގެ އަތުން ނާހިލްގެ އަތަށް ނިޔަފަތީގެ ޙަމަލާއެއް އަރުވާލިއެވެ. އެއާއިއެކު ނާހިލް ތަދުވި ވަރުން އެއަތުން ދޫކޮށްލުމަށްފަހު އޭނާގެ އަތުގައި ނިޔަފަތި އެޅުން ތަނުގައި ފިރުމާލިއެވެ.
“ނާހިލް ..ބުނަނަތަ ވާހަކައެއް… ތި އަހަރެންގެ ބޮސްގެ ދަރިއަކަށްވީމަ ކޮންމެ ގޮތަކަށް އަހަރެންނާމެދު ކަންތައް ކުރިއަސް އަޅައެއް ނުލަން… ކޮންކަމެއްތަ ޙާޞިލްވަނީ ނާހިލްއަށް ތިގޮށް ކަންތައް ކޮށްގެން..” އޭރު އެ ބޮޑު ދެލޮލުން ފެނުނު ރުޅިވެރިކަމަކި މީގެ ކުރިން ނާހިލް ދެކެފައިނުވާފަދަ އަސަރެކެވެ. އެ ޖަހިލުން ކުޑަ ޢަމަލުން ނާހިލް ހަމަ ރަނގަޅަށްވެސް ސިހިއްޖެއެވެ. އެއީ މީގެ ކުރިން ހެދިހާ ގޮތެއް ހެދިގެން ހުންނަ ކުއްޖެކެވެ.
” އަދި ބުނަން… އަހަރެންގެ އަގު ވައްޓާލަން މިފަދަ ގޮތަކަށް ކަންތައް ކުރަން ހިތުވެސް ލާނެ ކަމެއްނެތް…ވަން މޯ ތިންގ… އިފް ޔޫ އަރ ނޮތް ހެޕީ ވިތް މީ.. ޔޫ ހޭވް ދަ ރައިޓް ޓް ފަޔަރ މީ… އައި ޑޯންޓް ކެއަރ..” އެހެން ބުނެލުމަށް ފަހު އަވަސް ފިޔވަޅުތަކެއްގައި އެތަނުން ނިކުމެ ދުއްވައިގަތެވެ. އޭރު ލައިޝާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭނާގެ ޖަންބު ކުލައަރާ ދެ ކޯތާފަތް ތެންމަމުން ދެއެވެ.
ހިލައިގެ ބުދެއްހެން ނާހިލްއަށް ހުރެވުނީ ދެންމެ އިވިގެން އެދިޔަ އަޑު ތަކަކީ އޭނާއަށް ޙައްޤުބަސް ތަކަކަށްވީމައެވެ. އެހެނަސް އެއީ އަޑު އަހަން އޭނާގެ ދެ ކަންފަތަށް އުނދަގޫވި ދަނޑިވަޅެކެވެ. އޭނާ ހުރި ލައިޝާގެ ގާތުން މަޢާފަށް އެދޭށެވެ. އެހެނަސް ޖަޒުބާތުގައި ބެހިގެން ދިޔަލެއް ބޮޑުކަމުން ހިތުގެ ތެރޭގައި ރައްކާކޮށްގެން ގެންގުލުނު އެބަސްކޮޅުވެސް ލައިޝާއަށް އަޑު އިއްވާލެވިއްޖެއެވެ. އެހެނަސް އެކަމުގެ ޖަވާބު ލިބުނީ ލައިޝާގެ ނަފްރަތުން ފުރިގެންވީ ލަފުޒުތަކެއްގެ ސިފައިގައެވެ. މިއަދު ނާހިލްއަށް އޭނާގެ ނާކާމިޔާބީ އަންދާޒާ ކޮށްލެވިއްޖެއެވެ. އޭނާއަކީ މިވީހާތަނާށް ހިތުލީ ހުރިހާ ކަމެއް ޙާޞިލް ކުރަމުން އައި ހިތްވަރުގަދަ ޒުވާނެކެވެ. މިއަދު ލައިޝާގެ ލޯބިވަނީ އޭނާ ބަލިކަށި ކޮށްލާފައެވެ.
މާލެއައި ފަހުން ދިމާނުވެގެން އުޅުން ޝަހުމްއާއި ލަޔާއަށް ދިމާވެވުނީ އެގެ ތިންދުވަސް ފަހުންނެވެ. އޮފިހުން ކޮންމެރެޔަކު ލަހުން ގެއަށް އާދެވުމާއިއެކު ނަމާދު ކޮށްލާތަނުން ލަޔާއަށް ނިދެނީއެވެ. އެފް. ބީގައި ޝަހުމް ބުނެލާ އެއްޗަކަށް ޖަވާބެއް ދެވެނީވެސް ފޯނުން އެސް. އެމް. އެސް އެއްގެ ސިފައިގައެވެ.
-ނުނިމޭ-
6 Comments!
Comments are closed.
varah salhi….
ވވވވވވވވވވވވވވވވވވވވވވވވވވވ ސަޅި އާތު…..މިސް ޔޫ….
ސލޖ
ވ ސަޅި….އާތޫ އަޅެ އަވަހައް އަޕް ކޮއްދީ……ވ ވ ސަޅި…….
Varah salhi. Ekam dhen haada kurey
Varah salhi.