އުމުރަށްވެސް އެކީގައި ވާނަމޭ……6
ހީސަމާސާ ކުރުމުގައި މެންދުރުގެ ކެއުން ނިންމާލިއެވެ. އެކަކު އަނެކަކަށް ދިމާ ކުރުމުގައެވެ.
އެނދުގައި ދެފަރާތަށް ފުރޮޅިފުރޮޅިލަ ނުހާ އޮތެވެ. ނުނިދިފައެވެ. ހިތަށާއި ސިކުނޑިއަށް ކުރާ އުނދަގުލެއްގެ ސަބަބުންނެވެ. ގޮތް ނޭނގޭ ގޮތްތަކެއް ވަނީއެވެ. ލޯމަރާލާ އިރަށް ފެންނަނީ ލުފްޝާންގެ ސޫރައެވެ. ކަންފަތުގައި ހަރުލާފައި ވަނީ ދެވަނަ އެހެން މީހެއްގެ އަޑެއް ނޫނެވެ. ލުފްޝާންގެ އަޑެވެ. ލުފްޝާންގެ ނަން ހިތަށް އަޔަސް މުޅިގައިން ހީބިހި ނަގައިގެން ދެއެވެ. ގަދަ ކަމުން ލޯމަރާލަމުން ބާލީހުގައި ވަރަށް ބާރަށް ބައްދައިގަތެވެ.
އެނދުން ތެދުވެ ކޮޓަރި ތެރޭގައި ހިނގާލުމަށް ފަހު އަނެއްކާވެސް ލުފްޝާން އައިސް އޮތީ އެނދުގައެވެ. ނުނިދިގެންނެވެ. ބާލީސް ކައިރީގައި އޮތް އޭސީ ރިމޯޓް ނަގާ އޭސީގެ ފިނިމިން ވެސް މަޑުކޮށްލިއެވެ. ނުނިދިގެން މިއުޅެނީ ފިނިވެގެން ކަމަށް ހީކޮށެވެ. އެހެންނަމަވެސް ނިދި ވަނީ މާދުރަށްގޮސްފައެވެ. ބޮލުގައި ތެރޭގައި އެނބުރެނީ ހަމަ އެންމެ ނަމެކެވެ، ނުހާއެވެ. އެނދުން ތެދުވަމުން ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލައިލިއެވެ. ގަޑިން ދިހައެއް ޖަހާ ފަސް މިނެޓް ވެއްޖެއެވެ. އެންމެފަހުން ނުނިދިގެން ލުފްޝާން ނުކުތީ ޓެރަސްއަށް ދިޔުމަށްށެވެ.
ޓެރަސްގެ ދޮރު ހުޅުވާލުމަށްފަހު ލުފްޝާން އެހިތްގައިމު މާޙައުލަށް ނުކުތެވެ. ހިތަށް ފިނިކަމެއް ލިބޭތޯއެވެ. ކުއްލިއަކަށް ލުފްޝާންގެ ހިނގުމަށް ހުއްޓުން އެރީ ބެލްކަނީގައި އަތް ވިއްދާލައިގެން ހުރި ނުހާ ފެނުމުންނެވެ. ” ނުހާ….” މަޑުމަޑުން ލުފްޝާން ނުހާއަށް ގޮވާލިއެވެ. ސިއްސައިގެން ގޮސް ނުހާއަށް ފަހަތަށް ބަލައިލެވުނެވެ. ކުއްލިއަކަށް ނުހާގެ ކުރިމަތިން ލުފްޝާން ފެނުމުން މޭތެޅިގަތެވެ. އެފަދަ ވަގުތެއްގައި ލުފްޝާން ފެނިދާނެ ކަމަކަށް ނުހާ އެއްގޮތަކަށް ވެސް ހިއެއްނުކުރެއެވެ. އެވަގުތު ނުހާ ލައިގެން ހުރީ އޭނާ ނިދަން ލާން ގެންގުޅޭ އަތް ކުރު ފެހި ޓީޝާޓާއި ރީނދޫކުލައާއި ފެހިކުލައިގެ މާތަކެއް ޖަހާފައި ހުރި ހަރުވާޅެކެވެ. އެގޮތަށް އޭނާ ހުއްޓާ ލުފްޝާންއަށް ފެނުމުން ނުހާ ލަދުގަތެވެ. އަވަސް އަވަސް އަރުވާލާފައި ނުހާ ބެލީ އެތަނުން ދެވޭތޯއެވެ. ނުހާ ހިނގައިގަތުމުން ލުފްޝާންއަށް ވީގޮތެއްވެސް ނޭނގުނެއެވެ. “ނުހާ ދަނީތަ؟…މަޑުކޮށްލަންވީނު އަހަންނާ ވާހަކަ ދައްކާލަން…” އެޖުމްލައިގައި ތަފާތު އަސަރުތަކެއް ހިމެނުނެވެ. ނުހާ އެތަނުން ދިޔުމަށް ލުފްޝާންގެ ހިތެއް އެއްގޮތަކަށްވެސް ނޭދެއެވެ. ލުފްޝާންގެ އަޑުން ނުހާގެ ފިޔަވަޅު ހުސްވި ކަހަލައެވެ. އިތުރަށް އަޅާނެ ފިޔަވަޅެއް ދެން ނެތޭ ބުނާފަދައެވެ. އެނދުގައިވެސް ފުރޮޅި ފުރޮޅިފައި އަޑު އަހާލުމަށް ހިތް އެދުނު އަޑަކީވެސް ހަމަ އެއީއެވެ. ހިތް މަޑުން ނޯވެ އެދެވެން ފެށީވެސް ލުފްޝާންގެ ސޫރަ ދެކިލުމަށެވެ. ދެލޯ ނޭދި އެދެމުން ދިޔައީ ލުފްޝާންގެ އެދެލޯ ދެކިލުމަށްށެވެ. މަޑުމަޑުން ފަހަތަށް އެނބުރުނެވެ. ތެޅެމުން ދިޔަ ހިތަށް އަވަސް ފަރުވާއެއް ހޯދުމަށް އިސް އުފުލާ ލުފްޝާންއަށް ބަލައިލިއެވެ. އޭރު ލުފްޝާން ހުރީ ލާފައި ހުރި ސޯޓުގެ ޖީބަށް އަތްޖަހާލައިގެން ނުހާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ނުހާއަށް ރަކިގޮތަކަށް ހީލެވުނެވެ. ބުނެދެން ނޭނގޭ ކަހަލަ އިޙްސާސްތަކެއް ކުރުވަން ފެށިއެވެ. ހަތަރުކަޅި ހަމަވި ހިނދު މުޅިމާޙައުލުވެސް އެކަމާ އުފާ ފާޅުކުރާ ކަހަލައެވެ. ވަށައިގެންވާ ގަސްތައްވެސް އެކަމުގެ އުފަލުގައި ވަޔާއިއެކު ނަށާލަނަށާލަ ހުއްޓެވެ. ދެމީހުންނަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ލުފްޝާންގެ އަތުގައި އޮތް ފޯން އޭނާގެ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އެއަޑަށް ދެމީހުންވެސް ދިޔައީ ސިހިގެންނެވެ. ނުހާ ނޫން ކަމަށް ހަދާފައި މޫނުމައްޗަށް އެޅިފައި ހުރި އިސްތަށިތައް ކަންފަތް ކައިރިއަށް ޖަމާކޮށްލިއެވެ. ލުފްޝާން ކުޑަކޮށް ހީލަމުން އެއްފައި މައްޗަށް އިށީނދެ ޓައިލްސްތައް މައްޗަށް ވެއްޓިފައި އޮތް ފޯން ނެގިއެވެ. “ނުހާ..ކީއްވެ ނުނިދާ މިތާ ތިހުރީ…” ކޮޅަށް ތެދުވެލަމުން ނުހާ ގާތު ލުފްޝާން އަހާލިއެވެ. ލުފްޝާންއަށް އެސުވާލު ކުރުމަށް ކިތަންމެ ފަސޭހަވި ކަމުގައި ވިޔަސް ނުހާއަށް އެސުވާލުވީ ބޮޑު ސުވާލަކަށްށެވެ. ޖަވާބު ދޭނެގޮތެއް ނޭނގިފައި އެތައް އިރެއް ވަންދެން ހުރެވުނެވެ. ނުހާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ނުހާއަށް ބަލަން ހުރެ އަނެއްކާވެސް ލުފްޝާން އަހާލިއެވެ. “ނުހާ..ކިހިނެއްވެފަ ތިހުރީ..އަނެއްކާ ކަމެއް ދިމާވީތަ؟؟..” މިފަހަރު ކުޑަގޮތަކަށް ހީލަމުން ޖަވާބު ދެވޭތޯ މަސައްކަތް ކުރިއެވެ. “ދެން ހަމަ އެއްގޮތަކަށްވެސް ނުނިދިގެން މިތަނަށް އައީ…” ލަސް ފިޔަވަޅު ތަކެއްގައި ގޮސް ބެލްކަނި ކައިރީގައި ނުހާ މަޑުކޮށްލިއެވެ. ލުފްޝާންވެސް ނުހާގެ ފަހަތުންގޮސް ނުހާއާއި ދާދި ކައިރީގައި މަޑުކޮށްލަމުން ބުންޏެވެ. “އަހަރެންވެސް…” އެހާ ކައިރިން ލުފްޝާންގެ އަޑު ކަންފަތުގައި ޖެހުމުން ނުހާގެ ހިތުގެ ވިންދު އަވަސްވެ، ނޭވާ އަވަސްވިއެވެ. ލުފްޝާން އަށްވެސް އެހާ ކައިރިން ނުހާ ފެނުންމީ ފުރަތަމަ ފަހަރެވެ. “މިބުނީ…އަހަރެންވެސް މިތަނަށް މިއައީ ނުނިދިގެންނޭ… ބުނަން ނޭނގޭ ކަހަލަ އުނދަގޫތަކެއް ކުރަނީ…އަނެއްކާ..ނުހާއަށް ވެސް..ވަނީ ހަމަ މިހެންތަ؟…” ނުހާއަށް ލުފްޝާންގެ ލޮލަށް ބަލާލެވުނެވެ. “އާނ…ހަމަ ތިހެން..ލުފްޝާންގެ ތިސޫރަ ދެކޭ ހިތުން މިދެލޮލުގެ ނިދި މިހާރުދަނީ މަޙްރޫމް ވަމުން.. ނިދަން ކިތަންމެހާވެސް މަސައްކަތެއް ކުރެވިއްޖެ…އެކަމަކު ކުރި ހުރިހާ ކަމެއް ދިޔައީ ފެނަށްވެގެން…” “ނުހާ..” ލުފްޝާން ގޮވާލުމާއިއެކު ނުހާ ދިޔައީ ސިހިގެންނެވެ. ލަދުރަކިގޮތަކަށް ނުހާ އިސްދަށަށް ޖަހާލިއެވެ. ނުހާ އަށް ވަމުންދާގޮތް ލުފްޝާން ގާތު ބުނަން ބޭނުންވެއެވެ. އެކަމަކު ފަސް ޖެހެވެނީއެވެ. ނުހާ އާއި ލުފްޝާންގެ މެދުގައިވާ ތަފާތު ހިތަށް އަރާފައެވެ. އެހެންވެ ކޮންމެ ފަހަރަކުވެސް ޖެހެނީ ހިތުން ވާހަކަ ދައްކާލައިގެން ހިތްހަމަ ޖައްސާލާށެވެ. ކުއްލިއަކަށް ވަރަށް ބާރަށް ވިދާލުމާއިކު ގުގުރިއެއް ޖެހިއެވެ. ނުހާ ދިޔައީ ސިހިގެންނެވެ. ސިހުނުލެ ބޮޑުކަމުން ލުފްޝާންގެ އަތުތެރެއަށް ވަދެވުނެވެ. ލުފްޝާންގެ ގައިގައި ވަރަށް ބާރަށް ބައްދާލެވުނެވެ. ލޯމަރާލަމުން ލުފްޝާންގެ ޓީޝާޓްގައި ވަރަށް ބާރަށް ހިފަހައްޓާލެވުނެވެ. ނުހާގެ މިހަރަކާތުން ލުފްޝާންއަށް ކުރުވީ އާދަޔާ ޙިލާފް އިޙްސާސް ތަކެކެވެ. މަޑުމަޑުން އޭނާގެ އަތް ހަރަކާތް ކުރަން ފެށިއެވެ. އެފިރިހެން ވަންތަ އަތް ނުހާގެ ހަށިގަނޑު ވަށާލިއެވެ. އަަބަދުގެ އަބަދަށްވެސް އެއަތު ތެރޭން ނުހާއަށް ހިމާޔަތް ދޭނަމޭ ބުނާ ފަދައިންނެވެ. ލުފްޝާންއަށްވެސް ދެލޯ މަރާލެވުނެވެ. ދެމީހުން ވެސް އެގޮތުގައި އަބަދަށްވެސް ހުންނަން ބޭނުންވާ ކަހަލައެވެ. މަޑުމަޑުން ނުހާގެ ދެލޯ ހުޅުވާލިއެވެ. އޭރު ނުހާ ވަނީ ލުފްޝާންގެ އަތު ތެރޭގައެވެ. ކުއްލިއަކަށް ނުހާއަށް ލުފްޝާން އާ ދުރަށް ޖެހިލެވުނެވެ. ކުރެވުނު ކަންތައް ހިތަށް އަރާފައި ނުހާގެ ލޮލުން ކަރުން ހިލުނެވެ. އެދެލޮލުން ފާއްދާލި ކަރުނަތައް ފެނުމުން ލުފްޝާންގެ ހިތަށް ހީވީ މީހަކު ތޫނު ހަންޖަރެއް ހަރާލި ހެންނެވެ. އެއީ އޭނާ އެއްގޮތަކަށް ވެސް ދެކެން ބޭނުންވާ ކަހަލަ މަންޒަރެއް ނޫނެވެ. އަނގަ މަތީގައި އަތް އެޅުމަށް ފަހު ނުހާ ދުއްވައިގަތެވެ. “ނުހާ…މަޑުކޮށްބަލަ…” ގޮތް ހުސްވެފައިވާ މީހަކު ފަދައިން ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނެވެ. ދެއަތް ނަގާ އިނގިލިތައް ލުފްޝާންގެ ބޮލުގެ ފަންފަން އިސްތަށިތަކުގެ ތެރެއަށް ވައްދާލީ ފުން ނޭވާއެއް ލަމުންނެވެ.
ފަތިހުގެ ކޯއްޔާއި އެކުހެން ހެނދުނުހެނދުނާ ތެދުވެގެން ނުހާ އުޅުނީ ބަދިގޭގައި ސައި ހެދުމުގެ ކަންތަކުގައެވެ. މަހޭޝްވެސް ބަލިވެ އުޅޭތީ އޭނާ އަކަށް ނުހާ ނުގޮވައެވެ. ނިދާލަން ބޭއްވީއެވެ. ހަތެއް ޖަހަން ފަސް މިނެޓަށް ވެފައި ވަނިކޮށް އަވަސް އަވަސް އަރުވާލާފައި ފައްތާހް އޭނާގެ ކޮޓަރިން ނުކުތެވެ. ބޫޓު ހަރުގަނޑު ކައިރީގައި ހުރެ ބޫޓަށް އަރަމުން ނުހާއަށް ގޮވާލިއެވެ. “ދަރިފުޅާ ނުހާ…ބޭބެ މިދަނީ ރިސޯޓަކަށް ދާން ވެގެން…ދެދުވަސް ވަރު ވާނެހެން ހީވަނީ…..ލުފްޝާން ގާޓު ބުނައްޗެ މަހޭޝް ޑޮކްޓަރަށް ދައްކާލަން ދާށޭ..އިނގެ…” ކުޑަވަރެއްގެ އަތް ދަަބަހެއް ހިފައިގެން ބާރު ހިނގުމެއްގައި ގޮސް ފައްތާހް ނުކުތެވެ.
ފައްތާހް ނުތުމާއިއެކުހެން ލުފްޝާން ކޮޓަރިން ނުކުމެގެން އައިސް ބަދިގެއަށް ވަންނަމުން ނުހާ ގާތު އަހާލިއެވެ. “ބައްޕަ އެދިޔައީ ކީކޭ ކިޔާފަ…” އެއީ ކޮންމެހެން ލުފްޝާންއަށް ނޭނގިގެން ކުރި ސުވާލެއް ނޫނެވެ. ހަމަ ނުހާ އާއި ވާހަކަ ދައްކާލާހިތުން ކުރި ސުވާލެކެވެ. “ރިސޯޓަކަށްށޯ…ދެދުވަސް ވަރު ވާނެޔޯ..އަދި ބުނި..ލުފްޝާން ގާތު ބުނާށޭ މަހޭޝް ޑޮކްޓަރަކަށް ދައްކާލަން ދާށޭވެސް…” ފުށް މޮޑެން ހުރެ ނުހާ ވާހަކަ ދެއްކިއެވެ. އައިސްއަލަމާރިން ފެން ފުޅިއެއް ނަގަމުން ލުފްޝާން ބުނެލިއެވެ. “ހާދަ ފާޑަކަށް.. އަނެއްކާ..ރޭގަ ވީ ކަންތަކާ ހިތްހަމަ ނުޖެހިފަތަ؟؟.. އެހެންވިއްޔާ ވަރަށް ބޮޑަށް ސޮރީ” ނުހާގެ ހިތް ބާރުބަރަށް ތެޅިގަތެވެ. އަދިވެސް ރޭގަ ވީ ކަންތައް އޭނާގެ ކުރިމަތިން ސިފަވަމުންދާ ކަހަލައެވެ. “ނޫނޭ..މަޢާފަށް އެދެން ޖެހޭނީ ލުފްޝާން އަކަށް ނޫން…އަހަންނަށް…ރޭގަ ކުރެވުނު ކަންތަކަށް ވަރަށް ބޮޑަށް މަޢާފަސް އެދެން…” އިސް ދަށަށް ޖަހާލައިގެން ހުރެ ނުހާ ބުނެލިއެވެ. އޭނާ ހުރީ ލުފްޝާން އާއި ހަތަރު ކަޅި ހަމަކުރަންވެސް ނުކެރިފައެވެ.
-ނުނިމޭ-
4 Comments
Comments are closed.
ވ.ރީތި
ވވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް އިމާދު…
nice
SALHI duen