Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އަދު ރޮނީއޭ ނުދާށޭ – 11 ވަނަ ބައި –

Aathu Level 110 Stories
February 11, 2013 3 Mins Read
3 Comments

– 1 ފެބްރުއަރީގެ ބަޔާއި ގުޅޭ –

ތަނުގެ ވެރިޔާ ޑޮކްޓަރ ނާފިޒް، ތަނުގެ ކުރިއެރުމަށާއި އެހެނިހެން ގޮތްގޮތުން އެތަނުގައި ކުރަން ރާވާފައިވާ ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކައި، މަޝްވަރާކޮށް، ލަފާ އަހައި އޮޅުންފިލުވަމުންދެއެވެ. އޭނާއަކީ ހިތްހެޔޮ، މުވައްޒަފުންނަށާއި ބަލި މީހުންނަށް އޯގާތެރި، ކަމަށް ޤާބިލް ވެރިއެކެވެ. އެހެންކަމުން އެތައްބައެއްގެ ރުހުމާއި އިހްތިރާމް އޭނާއަށްވަނީ ލިބިފައެވެ. އޭނާގެ ދެދަރިން ކަމުގައިވާ ނާހިލްއާއި އަންހެންދަރިފުޅު ޒަވުޝްއަކީވެސް އެކުދިންގެ ބައްޕަ ފަދައިން ނަމޫނާ ކުދިންތަކެކެވެ.

މިއަދުގެ ބައްދަލުވުމުގެ އެއް މަޤްޞަދެއް ކަމުގައި އޭނާ ދެކުނީ އޭނާގެ ދޮށީ ދަރިފުޅު ނިހާލް، ހިތުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެތަނާއި ގުޅުނުކަން އެންގުމެވެ. އަދި އޭނާއަކީ ސީނިއަރ މީހެއްގެ ގޮތުން އެ ޑިޕާރޓްމެންޓްގައި ހުންނާނެ ޑޮކްޓަރ ކަމުގެ ޚަބަރު ނާފިޒް ދިން ވަގުތު، ލައިޝާ ޙައިރާންވެ އިނދެ އެމީހުނާއި ކުރި މައްޗަށް ވާ ގޮތަށް އިށީނދެލައިގެން ތިބި މީހުންގެ ގޮނޑިބަރީގައި އިން ނާހިލްއަށް ބަލައިލެވުނެވެ. އެވަގުތަކީ ދެމީހުންގެ ހަތަރުކަޅި ސީދާވި ވަގުތު ކޮޅެކެވެ. ލައިޝާއަވަހަށް އިސްޖަހާލިއެވެ. ނާހިލްވެސް ކުޑަކޮށް ހިނިތުންވެ އިނދެ، ބައްޕަގެ ވާހަކައަށް ބޯ ޖަހާލަ ޖަހާލައި އިން އިރު އޭނާ ދިިޔައީ ލައިޝާއަށް ސިއްރުން ބަލަމުންނެވެ. މިތަން ވަރަށް ރަނގަޅަށް ލައިޝާއާ ދިމާ ފަހަތުގައި އިން ދިމްޝާ ދުށްޓެވެ. ބައްދަލުވުން ނިމެންދެންވެސް މި ދެމީހުންގެ ޙާލަކީމިއީއެވެ. އެންމެފަހުން ހަވީރުގެޑިޔުޓީ ފެށުމުން އެގަޑީގައި ޙަރަކާތްތެރިވާ މުވައްޒަފުން އެމީހުންގެ ވާޖިބުތަކާއިގެން ދިޔައެވެ.

“ހާދަ އަވަސް އަވަސް އަރުވާލައިގެން ތިއުޅެނީ…މީހަކު އިންތިޒާރުގަ ހުރީތަ؟ ” ލައިޝާމެންގެ ޑިޕަާރޓްމެންޓްގެ ތެރެއަށް ވަދެގެން އައި ނިހާލްއަށް ލައިޝާގެ ޙަރަކާތްތައް އަވަސް ވެފައި ވާތަން ފެނިގެން އެއްބުމަ އަރުވައިގެން ހުރެ އަހާލިއެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ، މި އަންހެން ކުއްޖާ މަސައްކަތް ކުރަމުން އެދަނީ ނިހާލްއަށް ނުފެނި އެތަނުން ދިއުންކަމެވެ.

” ކަމެއް ހަނދާން ކޮށްލަދެންތަ؟ ކިތަންމެ އަވަސް ކުރިއަކަސް ނުދެވޭނެ. އަދި ބަލާ އައިސް ހުރި މީހަކު ކައިރީގަވެސް ގުޅަފަަ ބުނެލާ ޑިޕަރޓްމެންޓް މީޓިން އެބައޮތޭ ފައިވް މިނިޓްސް ފަހުން.” ނިހާލް ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ އޭނާގެ މޮޑްލިންގ ހިނގުމުގައި ގޮސް އޭނާއަށް ފުރަގަސް ދީގެންހުރި ލައިޝާގެ ފަހަތަށް ހުއްޓިލައި އެހެން ބުނެލި ތަނުން ލައިޝާއަށް ވައި އަޑުން ‘ޝިޓް’ އޭ ބުނެލެވުނެވެ. އޭރު ކަރޑިއޮލޮޖީ ޑިޕަރޓްމެންޓްގެ މެމްބަރުން އެތަނަށް ހާޟިރުވާން ފަށައިފިއެވެ. ނިހާލް ކުޑަ ގޮތަކަށް ބައްދަލުވުން ގެންދިޔައީ، ވަގުތުގެ ގޮތުން އެންމެނަށްވެސް މާ ގިނައިރު އެތަނުގައި ތިބެވެން ނެތުމުންނެވެ.

ލަޔާލް އިރު އިރު ކޮޅަކާ އޭނާގެ ފޯން ޗެކްކޮށްލައެވެ. ޝަހުމްއަށް ފޮނުވި ރިކްއެސްޓް އެކްސެޕްޓް ކުރާނެ އިރެއްގެ އިންތިޒާރުގައި ހުންނަތާ އަށް ގަޑިއިރު ވެގެން ހިނގައްޖެއެވެ. ފަޒާލްގެ ފަރާތުން އެނގުނު ގޮތުގައި މިހާރު ޝަހުމް ގިނަ ވަގުތު ހޭދަކުރަނީ އެފް ބީ ގައި ގޭމް ކުޅުމުގައެވެ. އެހެންކަމުން ޝަހުމްއަށް ނޭނގި އޭނާގެ ރަޙްމަތްތެރިއަކަށް ވާން ލަޔާލް ދިޔައީ އެދެމުންނެވެ. އޮފީސް ނިންމާފައި ގެއަށް އައިފަހުންވެސް ފޯނަށް ބެލުނު ޢަދަދެއްވެސް ނޭނގެއެވެ. އެންމެފަހުން ފޯނު އެނދުމަތީ ބާއްވަފައި ފާޚާނާއަށް ވަނެވެ. އޭގެ ފަހުން ސައި ބޯން ބޭރަށް ނިކުތް ގޮތަށް ފޯނުގެ މަތިން ކުޑަކޮށްވެސް ހަނދާން ހުރި ހެނެއް ހިޔެއްނުވެއެވެ.

` ބޮޑުދައިތައާއި އެކު މަޣްރިބް ނަމާދު ކޮށް ނިމިގެން ލައިޝާއާއި ލަޔާލް ތިބީ އެ ކޮޓަރީގައި ޤުރުއާން ކިޔަވާށެވެ. އަދި ޢިޝާ ނަމާދަށް ގޮވުމުން ނަމާދު ކޮށްގެން ތިންމައިން އެކުގައި ސިޓިންގ ރޫމްގައި ޖައްސާލީ މާ ފޯރިގަދަ ޑްރާމާއެއް ބެލުމަށެވެ. އޭގެ އިރު ކޮޅެއް ފަހުން ފާއިޒްވެސް މިސްކިތުން އައިސް ގެއަށް ވަނެވެ.

“އައްދެ ދަރިފުޅުމެންވެސް ބޮއްތަ އާއިއެއްބައި ވެގެން ޑްރާމާ ތަކުގަ ޖެހުނީތާ… ބައްޕަ ޚަބަރު ބަލާލަން ކަމަށް މިއައީ…ފާއިގާ ކޮއްކޮ ދޭބަލަ ލަޔާ މެނާއެކީ ބަދިގޭގެ ޓީވީ އިން ތި ސީރީޒްތައް ބަލަން.” ފާއިޒް އަކީ ގަވާައިދުން ޚަަބަރުތައް އަޑުއަހައި ބަލައި މީހެކެވެ. އޭނާ އަބަދުވެސް އެގަޑިއަށް ސަމާލުކަންދެއެވެ.

“ބޭބެ… ތި ޚަބަރު ދަބަރު ބަލާ ނިމުނީމަ އަންނައްޗޭ ކާން… މިދަނީ މި ދެ މީހުންނާއެކީ އެފަރާތަށް…” ފާއިގާ އަބަދުވެސް އޭނާގެ ބޭބެގެ އެދުންތަކަށް ހެޔޮ ހިތުން އިޙްތިރާމް ކުރެއެވެ. އެހެންކަމުން ބޭބެއާއި ޓީވީ ޙަވާލު ކުރުމަށްފަހު ރެެެޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކުރުމަށް އުޅެންފަށައިފިއެވެ.

……………………………………………………………………………………..

ޝަހުމް މިހާރަކަށް އައިސް އެންމެ ދެރަވަނީ އޭނައާއި ދޭތެރޭ މަންމަމެން ފިކުރު ބޮޑުވެފައި ތިބޭތީއެވެ. މިކަން ވަރަށް ރަނގަޅަށް އޭނާއަށް އިޙްޞާޞް ކުރެވެއެވެ. ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށްފަހު ޝަހުމް ނިންމީ އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ދިއުމަށެވެ. އެހެންކަމުން އޭނާގެ ރަޙްމަތްތެރިންނާއެކު މަޖަލުގައި ހޭދަކުރަންފެށީ ހަމަ ކުރީގަވެސް އުޅުނު ގޮތަށެވެ. މިހާރު ގިނަވަގުތު ހުސްކުރެވެނީ ފޭސްބުކްއިން ގޭމް ކުޅުމުގައެވެ. އެހެން ނޫނީ ކޮންމެވެސް ބަޔަކާއެކީ ކޮފީއެއްގައެވެ. މިއަދުވެސް އެހެން ދުވަސްދުވަހެކޭ އެއްފަދައިން ޝަހުމްއިނީ ފަޒާލްމެންގެ ގެ ކައިރިގައި ހުންނަ ޕާރކެއްގައެވެ. ގަހެއްގެ ދަށުގައި އިށީނދެލައިގެން އިން އިރު، އޭނާގެ ލެޕްޓޮޕް ވެސް ފައިމަތީ ބައިންދައިގެން ފޯރީގައި ގެއްލިފައި އިނީ އެފް ބީ އިން ގޭމް ކުޅުމަށެވެ. ކޮންމެ ދުވަހަކުވެސް އޭނާގެ ގޭމުގައި ބައިވެރިވާނެ މީހުން ހޯދުމަށްޓަކައި ، ދަންނަ އެންމެނަށް ކަހަލަ ގޮތަކަށް އެ ގޭމަށް ދަޢުވަތު ދެއެވެ. މިހެން ހަދާނެ މީހަކު އިންތޯ ޗެކްކޮށްލިއިރު، އާކުއްޖެއް އެޑް ކޮށްފައިވާތަން ފެނުމުން ވަގުތުން އެކްސެޕްޓް ކޮށްލާ، އޭނާއަށްވެސް އިންވިޓޭޝަން ފޮނުވައިފިއެވެ.

……………………………………………………………………………………..

ހޮސްޕިޓަލުގައި ބުރަ ދުވަހެއް ހޭދަކޮށްލުމަށްފަހު ގެއަށް އައިސް ޖައްސާލިތަނުން ނާހިލްގެ ލޮލަށް ނިިދި ސަވާރުވެގެންފިއެވެ. ދެން ނާހިލްއަށް ވަދެވުނީ ރީތި ހުވަފެނީ ދުނިޔެއަކަށެވެ. އޭނާ ފަޅު ރަށެއްގެ ގޮނޑު ދޯށުގައި ހިނގާފައި ދަނިކޮށް، މީހަކު ސަލާމަތަށް އެދި ގޮވާ އަޑު އިވެއެވެ. އެ އަޑު އަންނަ ދިމާލަށް ބަލާލި ތަނުން ފެންނަނީ އެމީހަކު މޫދުގެ އަޑިއަށް ގެނބެމުންދާތަނެވެ. މަޑުވެސް ކޮށްނުލާ، ނާހިލް ދުވެފައިގޮސް އެމީހާ ސަލާމަތް ކުރުމަށް އަވަސްވެގަނެއެވެ. ފަސް މިނިޓެއް ހާއިރު ފަތާފައި އެހިސާބަށް ދެވުނު އިރު އެމީހަކު އެއްކޮށް އަޑިއަށް ގެނބެއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Aathu

Level 110 Stories

Other Articles

Previous

ހިތް އަދު ރޮނީއޭ ނުދާށޭ – 10 ވަނަ ބައި –

Next

17 މާރޗް

Next
February 15, 2013

17 މާރޗް

Previews
February 1, 2013

ހިތް އަދު ރޮނީއޭ ނުދާށޭ – 10 ވަނަ ބައި –

3 Comments!

  1. ޒެން says:
    February 13, 2013 at 6:16 am

    މި އާތުއަށް ވެއްޖެ ކޮންމެސް ގޮތެއް ހަދަން…ކިތަންމެ ރީތިކޮށް ހަމަޖެހިލައިގެން ވާހަކަ ކިޔަން އިނަސް އެބަ ނިންމާލައޭ……އެނީވޭސް ވާހަކަ ހަމަ ވވވވވވވވވވވވވވވވވވ ރީރީރީރީރީރީރީތި……ކޮންމެ ދުވަހަކުވެސް ހަމަ އެހާ ކިޔާ ހިތުން އިންދާ ވާހަކަ ނިމެނީ…..އެނީވޭ، މިސް ޔޫ އަ ލޮޓް…އިންޝާﷲ ސީ ޔޫ ސޫން…..

  2. ފދގފގ says:
    February 13, 2013 at 5:20 pm

    ހާދަ ލަހޭ ދޯ އަޕްޑޭޓްވާލެ 🙁

  3. zeenaa says:
    January 18, 2014 at 10:35 pm

    Grt

Comments are closed.


All Right Reserved!