ޔާނާ އޭނާގެ ހިތުގެ ޙާލަތު ސިއްރުކުރީ ލަކުނުން ފުރިފައިވާ ހިތުގައެވެ. މަޑުމަޑުން ލަކުނުތައް ފިލުވުމަށްޓަކައެވެ. އޭނާގެ ހިތް ސައިމަންއަށް ޙަވާލުކުރުމަށް ބޭނުންވަނީ ކޫރުމެއްވެސް އަޅުވާނުލައެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ސައިމަންއާއި ދުރުދުރުން އުޅޭށެވެ. ވޭންދެނިވި ހަނދާންތައް ހިތުން ފުހެލުމަށް އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށެވެ. ސައިމަން ޔާނާދެކެ ލޯބިވާވަރު ބެލުމަށް ސައިމަންއަށް ސަމާލުކަން ނުދީ އުޅުމަށެވެ. ސައިމަންގެ ފަރާތުން ފެންނާނެ ކަންކަން ބެލުމަށް ޔާނާ ބޭނުންވިއެވެ. ****** ޖެހިގެން އައި ދުވަހެވެ. ޔާނާ ފޯން ބޭއްވީ ލިޔުޝާ އައުމުންނެވެ. […]
………….މަޑުމަޑުން ދެލޯހުޅުވާލަމުން އޮވެވުނު ތަނަށް ރިހާ ނަޒަރު ހިންގާލިއެވެ. ވަށައިގެންވީ ކަނުއަނދިރިކަމެވެ. އެއްވެސް އެއްޗެއް ސާފުވާވަރެއް ނޫނެވެ. ތެދުވަންކުރަމުން ދިޔަ މަސައްކަތުން ބޮލުގެ ރިހުން އިތުރަށް ގަދަވިއެވެ. އޭގެއިތުރުން ރިހާގެ އަނގަ މަތީގައި ޓޭޕް ގަނޑެއް އަޅާ ބަންދުކޮށް، ދެއަށް ފުރަގަހަށްލައި އައްސާފަވާއިރު ދެފައިވެސް ވަނީ އައްސާފައެވެ. ވަރަށް މަސައްކަތުން ތެދުވެ އިށީންތަނާ ކައިރިން މާހިދުގެ އަޑު އިވުނެވެ. “ލުކް އެޓް ޔޫ! ސޯ ބިއުޓިފުލް.” މާހިދު ރިހާގެ މޫނާ މޫނު ގާތް ކޮށްލާ ރިހާގެ […]
ނިހާއަށް ލިބުނު ހިތްދަތިކަމަކުން ލޯފެންކަޅިވިއެވެ. އެއްފަހަރު ތޫމާއަށް އަނެއްފަހަރު ޒިހާންއަށް ބަލާލެވުނީ އަޑުއިވުނު ބަސްގަބޫލު ނުކުރެވިގެންނެވެ. ނަމަވެސް ޒިހާންގެ މޫނުމަތީގައިވާ ހިނިތުންވުން ނިހާގެ ހިތްކަތިލިއެވެ. ދެންމެގަ އިވުނު ބަސްތަކަކީ ތެދުކަން ގަބޫލުކުރަން ނިހާއަށް މަޖުބޫރުވިއެވެ. އަރުހިކި ހިން ދިރުވާލަން އުދަގޫ ވާން ފެށިއެެވެ. ދެންމެގަ މަލެއްފަދައިން ފޮޅިފައިވާ މޫނު މިލާ މޯޅިވިއެވެ. އެންމެން ކާރަށް އަރާ ހަމަޖެހިލިއިރުވެސް ނިހާގެ ހިތަށް ހަމަޖެހުމެއްނުލިބުނެވެ. “ނިހާ…. ހާދަ ބަސްމަދުވެފަ؟؟؟” އަދީލްއަށް ނިހާގެ ހަމަހިމޭންކަން އިހުސާސްވުމުން ސުވާލުކޮއްލިއެވެ. “ނޫން…. އެއީ ކަމެއްނުވޭ…” […]
އައިމަންގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާ އުފާވެރިކަމެވެ. އެތައް ދުވަހަކަށްފަހު ވަޒީފާ ހަމަޖެހުމުން އައިމަން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް އައިމަންގެ ކޮނޑުގައި ބޯ އަޅާލައިގެންއިން އައިމަންގެ ލޯބިވެރިޔާ ރައިނާގެ މޫނުމަތިން އުފާވެރިކަމަށް ވުރެ ބޮޑަށް ފެންނަނީ މާޔޫސްކަމެވެ. އެދެ ލޯބިވެރިން އެކުގައި އުޅޭތާ 2އަހަރު ވެއްޖެއެވެ. “ރާއި! އަހަރެން ޗުއްޓީއެއް ހަމަ ލިބޭއިރަށް ރާއި ގާތަށް އަންނާނަމޭ، އަހަރެން ޖޮބަކަށް މިދަނީވެސް ހަމަ އަހަރެމެންގެ ލައިފަށްޓަކައިއެއްނު” ރައިނާ ދެރަވެފައި އިނުމުން އައިމަން މަސައްކަތް ކުރީ ރައިނާ […]
“ޝީ އިޒް އިން އަ ރިލޭޝަންޝިޕް.. ވިޝޫ ޒައިދުއާއި ރައްޓެހިވެގެން އުޅެނީ..” ވިކާޝް ބުނެލި ޖުމްލައާއިއެކު އާލިކްގެ ހިތައް ކައްޓެއް ހެރުނު ފަދައެވެ. ފެންކަޅިވަމުންދިޔަ ދެލޮލާލިއެކު ވިކާޝް އެތަނަުން ނުކުމެގެން ދިޔައިރުވެސް އޭނާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އާލިކް ލޯ މަރާލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލުމަށްފަހު ބާރުބާރަށް ހަޅޭއްލަވައިގަތެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ވިޝާއަކީ އޭނާގެ ހައްގެކެވެ. ހަމައެކަނި އޭނާގެ މިލްކެކެވެ. ވިޝާގެ ލޮލުން އޭނާއަށް ލޯބި ފެނުނެވެ. ވިޝާ ލޯބިވަނީ އޭނާ ދެކެއެވެ. ހަމައެކަނި އޭނާ ދެކެއެވެ. […]
އެހެން ދުވަހެކެވެ. އީނާޝް އިނީ ގޭދޮރުމަތީގަ ހުރި ޖޯލިފަތީގަ ހަނޑޫ ހޮވާށެވެ. އޭނާ ހަނޑޫ ހޮވަން އިންއިރު ވިސްނެނީ ދެން ކަންތައްތައް ވާނެގޮތަކާއި ދޭތެރޭގައެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހަށިގަނޑު ދުޅަހެއޮވެ ބަލިވެއިންކަމުގެ ނިޝާންތައް ފެންނަމުން ދާންފެށިއެވެ. ދުވަހަކަށްވުރެ ދުވަހެއް ބަނޑު ތެރޭގައިވާ ދަރިފުޅު ހެދިބޮޑުވާވަރަކަށް ބަނޑުން އެކަން އެގެމުން ދިއައެވެ. އޭނާގެ ހުރިހާވެސް ހިތާމައަކީ އޭނާގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެޖިންނި އެދަރިފުޅު މަރާލަފާނެތީއެވެ. އެކަން ހިތަށް […]
“އެވްރިވަން.. މީޓް މައި ބިލަވްޑް ސިސްޓަރ.. ވިޝާ..” ވިކާޝް އުފާވެރި އަޑަކުން ބުނެލި ޖުމްލައާއިއެކު އެންމެންގެ އަތްތިލަބަޑީގެ ގަދައަޑު މާހައުލުގައި ގުގުމާލާފައި ވާއިރު އާލިކްގެ ދުނިޔެ ހީވީ އެނބުރިގަތް ހެންނެވެ. ހިތައް ވީގޮތުން އެސްފިޔަ ޖަހާލަން ނޭނގިފައި އެދެބެންނާއި ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އޭނާއަށް މަލާމާތް ކުރަމުން ދާފަދައެވެ. ދުނިޔެއަކީ ކޮންފަދަ ކުލަތަކެއް ދައްކާ ތަނެއް ހެއްޔެވެ؟ އާލިކްގެ ލޮލުން ހިތާމައާއި ލަދުވެތި ކަމުގެ ކަރުނަ ނީރާލިއެވެ. ވިޝާ ސްޓޭޖުން ފައިބައިގެން […]
އޭސީގެ ފިނިކަމުގެ ތެރެއިންވެސް ތާނިޔާގެ ނިއްކުރިމަތިން ދަލުގެ އަސަރު ފެންނަމުން ދިޔައެވެ. ހާސްވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށިއެވެ، ” ދަރިފުޅާ، ދަރިފުޅާ ތާން” ނައުމާ ތާނިޔާ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު 11 ޖެހި އިރުވެސް ތާނިޔާ ކޮޓަރިން ނުނިކުތުމުން ނައުމާ ހުރީ ފިކުރުބޮޑުވެފައިއެވެ. ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ބުރުގާގައި ގޮށެއް ޖަހާލަމުން ތާނިޔާ ނުކުތެވެ. ” ދަރިފުޅު ބަލީތަ؟ ދެލޯ ހާދަ ދުޅައެ” ތާނިޔާގެ ދުޅަވެފައިވާ ދެލޯފެނުމުން ނައުމާގެ ހިތަށް ތަދުވިއެވެ. […]
ރޭގަނޑުގެ ވަގުތެވެ. ހަނީފާ އޮތީ އޭނާގެ އެނދުގައެވެ. ނިދާލުމުގެ ބޭނުމުގައި އޮށޯވެލައިގެންނެވެ. އޭނާގެ ފިރި އަޔާ ވީތަނެއް ހަނީފަ އަކަސް ނެނގެއެވެ. އޭނާ އައްނާނެ އިރެއް އެނގޭނީ ހަމަ އޭނާއަށެވެ. ކިތައްމެ ލަހުން އަޔަސް އެކަމާ ޝަކުވާ ކުރުމުގެ ފުރުސަތެއްވެސް ހަނީފާއަކަށް ނޯވެއެވެ. އެކަމަކު އެއީ ހަނީފާގެ ފިރިމީހާޔޯލައެވެ. އެދެ މީހުން ކައިވެނި ކުރިތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ފާއިތުވީއެވެ. ނަމަވެސް މިހާ ދުވަސް ވީއިރު އަދި […]