Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގާ ފޮރުވާލެދޭށޭ 13ވަނަ ބައި

Salaa
March 4, 2014
11 Mins Read
14 Comments

ޔާނާ އޭނާގެ ހިތުގެ ޙާލަތު ސިއްރުކުރީ ލަކުނުން ފުރިފައިވާ ހިތުގައެވެ. މަޑުމަޑުން ލަކުނުތައް ފިލުވުމަށްޓަކައެވެ. އޭނާގެ ހިތް ސައިމަންއަށް ޙަވާލުކުރުމަށް ބޭނުންވަނީ ކޫރުމެއްވެސް އަޅުވާނުލައެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ސައިމަންއާއި ދުރުދުރުން އުޅޭށެވެ. ވޭންދެނިވި ހަނދާންތައް ހިތުން ފުހެލުމަށް އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށެވެ. ސައިމަން ޔާނާދެކެ ލޯބިވާވަރު ބެލުމަށް ސައިމަންއަށް ސަމާލުކަން ނުދީ އުޅުމަށެވެ. ސައިމަންގެ ފަރާތުން ފެންނާނެ ކަންކަން ބެލުމަށް ޔާނާ ބޭނުންވިއެވެ.

******

ޖެހިގެން އައި ދުވަހެވެ. ޔާނާ ފޯން ބޭއްވީ ލިޔުޝާ އައުމުންނެވެ.

” އަހަރެމެން އެކަކުވެސް ޕާރޓީއަށް ނުދާތީ ޝާހު ވަރަށް ޝަކުވާކުރި… “

” އޭނ… ނުދަންތަ؟ ދޮންބެ އާއި އެކު ދާނަމޭ ބުނީމެއްނު.. ކީއްވެ ނުދިޔައީ؟ ” ބޮލުގައި ހުޅިއެއް ޖަހަމުން ލިޔުޝާ އިށީނެވެ. އެވަގުތު ޔާނާގެ ހަނދާނަށް އައީ ރޭގެ އެވަގުތެވެ. ދެހިތް ހިތާ ހިތުން ވާހަކަދެއްކި އަގުބޮޑު ވަގުތުކޮޅެވެ. ޔާނާ ގެއްލިފައި އިނުމުން ލިޔުޝާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

” އޭ! ނުދަންހޭ؟ “

” ހުނ.. އާނ ނުދަން! ދޮންބެ އޮފީހަށް ދާންޖެހިގެން އޮފީހަށް ދިޔައީ… ” ޔާނާ އޮޅުވާލިއެވެ. އެވަގުތު ސައިމަން ކޮޓަރިން ނުކުމެ އެހިސާބަށް އަރާ ހަމަވިއެވެ. އެކަމަކު ޔާނާ ބުނި ޖުމްލައެއް އަޑެއް ނީވުނެވެ.

” އޭތް ދޮންބެ! ބޭރަށް ނުގޮސް މަޑުކޮއްބަލަ! ކީއްވެ ރޭގަ ޝާހުގެ ވެޑިން އަށް ނުދިޔައީ؟ ” ލިޔުޝާ ސައިމަންއަށް ބަލާލަމުން ހަރުކަށި ގޮތަކަށް ބުނެލިއެވެ.

” އެއީ…. އެއީ ރޭގަ ޖައްސާލިތަނާ ނިދުނީ…. ދެން ޔާނާ ނުވެއް ގޮވާ،،،،،،،،، ” ސައިމަންވެސް އޮޅުވާލިއެވެ. ލިޔުޝާ ހީލިއެވެ. ސައިމަން ނުކުމެގެން ދަމުން ވައްކަޅިން ޔާނާއަށް ބަލާލިކަން ޔާނާއަށް އެނގުނެވެ. ޔާނާ ލަދުގަތެވެ.

” ދެމީޙުންވެސް ދޮގު ހެދީ… ނުވެސް ގުޅޭ ޖަވާބެއް ދިނީ… އަހަންނަށް ހީވަނީ ކޮންމެވެސް ކަމެއް އެބަ އުޅޭހެން…”

ލިޔުޝާ ދިމާކޮއްލުމުން ޔާނާ ވެސް ހީގަތެވެ.

” އެކަމު ސައިމަން ބުނީ އޮފީހަށޭ ދާން މިއުޅެނީ.. އެހެންވެ އަހަރެން އޮށޯވެ ނިދީ.. ދެން ނޭނގެ ނުދާކަމެއް..”

ޔާނާ އަވަސް އަވަހަށް އޮޅުވާލިއެވެ. ލިޔުޝާ ބޯހޫރަމުންދަނީ ޤަބޫލެއް ނުކުރާނަމޭ ކިޔަމުންނެވެ،

****************

” އަހަރެންގެ މަންމަ ގާތު ޔާނާގެ ވާހަކަ ދެއްކިން.. ރަނގަޅުވާހަކަވެސް ބުނިން…..މަންމަ ގާތު ބުނިން ވަރަށް ގާތް ރައްޓެއްސެކޭ…… އެނގޭތަ މަންމަ ބުނީ ކީކޭ ކަން…؟ ދޮންބެގާތު ބުނާށޯ ޔާނާ އާއި މެރީ ކުރާށޭ! “

ބަދިގެ ތެރޭގައި ހިނގާލަ ހިނގާލަ ހުރެފައި ލިޔުޝާ ބުނެލިއެވެ. އެއަޑަށް ފިޔާ ކޮށަން ހުރި ޔާނާ ސިހުނެވެ. ޔާނާ ލޯ ހަދާލަމުން ބުނެލިއެވެ.

” ދެން ލިޔު……….. ” ހޭންފަށާފައި ލިޔުޝާ އާއި ދިމާއަށް އަތްމަޅާލުމުން ލިޔުޝާ ދުވެފައި ބޭރަށް ނުކުތެވެ. އޭނާ ވިސްނާލިއެވެ. ޔާނާގެ މޫނުމަތިން އެ އުޖާލާކަން ފެނުމުންނެވެ. މީގެ ކުރިން ފިރެހެނެއްގެ ވާހަކަ ދެއްކިޔަސް ޔާނާ ރުޅިއާދެއެވެ ޔަޤީނެވެ. ވާގޮތް ލިޔުޝާ ހޯދާނެއެވެ.

**************

ފަހުދު ސައިކަލްގައި ދަމުން ލެކިޔުޓާއި އަރާ ހަމަވެފައި މަޑުކޮއްލެވުނެވެ. އޭނާ ބޭނުންވީ އަދިވެސް އެއްފަހަރު ޔާނާ ދެކިލުމަށެވެ. އެއީ އޭނާގެ އިހްތިޔާރުންވީ ކަމެއް ނޫނެވެ. ނޭނގުމެއްގެ ތެރޭގައި ދަމާފައި ކަހަލަ ގޮތަކަށް ހިތް ގެންދިޔައީއެވެ. ދޮރުމަތީގައި ހުރެލުމަށްފަހު އެތެރެއަށް ވަނެވެ. ދިމާއްދިމާލަށް ލޯ ދިއްކޮއްލެވުނެވެ. ނަމަވެސް ޔާނާއެއް ފެންނާކަށް ނެތެވެ. އޭނާ އަވަހަށް ބޭރަށް ނުކުތެވެ. އަދި އެބާރުމިނުގައި ސައިކަލަށް އަރާ އޮފީހަށް މިސްރާބުޖެހިއެވެ.

މިކުރެވުނީ ކީއްހެއްޔެވެ؟ ޔާނާއަށް މިހިތް އެދެންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ ހިތުގައި އެބަ ރިހެއެވެ. އެތައް ދުވަހަކަށް އަހަރެންގެ މޭގައި ޔާނާގެ ހިތްވެސް އޮތެވެ. ނަމަވެސް މިހާރު އެ މަޤާމްވަނީ ހުސްކަމެއްގެ ތެރޭގައެވެ. އެކަމަކު އެތަނަށް ތަދުވެއެވެ. ރިހުން އުފެދެނީއެވެ. އެހިތުގެ އަސަރު ހުރިކަން ޔަޤީނެވެ.

ޝާނާ ސައްޕޭއަށް ގުޅިއެވެ،

” އޯހ މައި ސެކްސީ ޑާލިންގ….. ފިރިމީހާ މިއަދު މާލެއަކު ނެތް! ހެނދުނު ދަބަސް ހިފައިގެން އޮފީސްދަތުރެއްގައި ގޮސްފި! ” އިސްތަށިގަނޑާއި ކުޅެލަން ހުރެފައި ޝާނާ ބުނެލިއެވެ.

” ހިތަކަށް ލިބުނީ ދޯ! ހިނގާ ބަޗަން މިޔަދު! ” ތެޅިގަނެފައި ސައްޕެ ބުނެލުމުން ޝާނާ ހިނގަނޑެއްޖަހާލިއެވެ. ވިހަގޮތަކަށެވެ.

” ނޫން… އަދި ނުވެ! ރުފިޔާ ކޮޅެއް އެއްވީމަ…… ހެހެހެހެ… ދެން އާދެބަލަ! ޕްލީޒް! ” ޝާނާ ފޯންކަނޑާލުމަށްފަހު އޭނާގެ ލޯބިވެރިޔާ ހަދިޔާ ކޮއްދިން ރީތި ހެދުން ލިއެވެ. މާއަޅާ ފުރިފައިވާ ގަހެއްފަދައިން ރީތިވެލައިގެން އެނދުގައި އިށީނީ ކޮޓަރި ދޮރުގެ ތަޅު ހުޅުވާފައި އައިހެވެ.

ދޮރުހުޅުވާފައި ވަނީ ސައްޕެއެވެ. އޭނާގެ ލޯބިވާ މަލްމަލް ޕަރީ އެއިނީ އޭނާގޮވައިގެން އުދުހި ގަންނަން ތައްޔާރަށެވެ. ހަމައެއް ލަމައެއް ނެތި އޭނާއައިސް ޝާނާގެ ބުރަކަށީގައި ފިރުމާލިއެވެ. ޝާނާ ހިނިތުންވެލުމާއި އެކު އެނދުގައި އޮށޯތެވެ. ސައްޕެ ކޮޅަށް ތެދުވެ ޓީޝާޓް ބޭލުމަށްފަހު އޭނާގެ ބިޔަ ހަށިގަނޑު ޝާނާގެ ގައިގައި ހިއްޕާލީ ބަނޑުހައިވެފައިވާ ވާލެއް މޭވާއެއްގެ ދިޔަފޮދެއް ބޯލަން އުޅޭފަދައިންނެވެ،

މަޑުމަޑުން ތަޅަށް ތަޅުދަނޑި ކޮއްޕާލުމަށްފަހު ދޮރު ހުޅުވާލީ ފަހުދެވެ. ގަތް ލަދުން ފަހުދަށް ފުރަގަސް ދެވުނެވެ. ތެޅިގަނެފައި ގައިގައި ޝާނާ ބެޑްޝީޓް އެޅިއެވެ. ސައްޕެ ތެދުވުމަށްފަހު ފާޚާނާއަށް ދުއްވައިގަތެވެ. ފަހުދު ބަލާކަށް ނުހުރެ އައިސް ޝާނާގެ އިސްތަށިގަނޑުގައި ހިފިއެވެ.

” ކަލޭގެ އައުރަ ތިފޮރުވަނީ މަށަށްތަ؟ މަށަށްތަ އަދިވެސް ފޮރުވަންވީ ؟ ގޮތްކުޑަ އަންހެނާ! ”

 ފަހުދު އައި ރުޅިން ޝާނާގެ ގައިގައިވާ ބެޑްޝީޓް ދަމައިގަތެވެ. ޝާނާ އަވަސް އަވަހަށް ކައިރީގައި އޮތް ހެދުން ލާންފެށިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ބިރުގަނެފައިވާ ކަމާއި ހާސްކަމެވެ. އޭރު ސައްޕެ ފާހާނާއިން ނުކުންނަނީއެވެ. ފަހުދު އައި ރުޅިން ޝާނާގެ މޫނުމަތީ ޖަހައިފިއެވެ.

” އޭ! ދެވަނަ ފަހަރަށް އަހަރެންގެ ލޯބިވެރިޔާގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް އަހަރެން ކަލޭ މުގުރާލާނަން… ” ސައްޕެ ޝާނާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮއްލަމުން ބުނެލިއެވެ.

” ވާ! ކިހާ ރީތި! ކަލޭގެ ލަދެއް އަގަލެއް ނެތެއްނު.. އިނދެގެން އުޅެނީ މަށާ! އެކަމަކު ނާޖާއިޒް ގުޅުންތައް ހިންގަނީ އެހެން މީހުންނާއި އެކު،،، މަށަށް ޝައްކުވިތާ ކޮންދުވަހެއް.. މިކަހަލަ ދުވަހަކަށް އިންތިޒާރުކުރިން.. ވަގަކަށް އެއްދުވަހޭ ވެރިޔަކަށް ހާސްދުވަހޭ ބުނާއަޑު އަހަންތަ؟ މިއަދު މިއޮތީ މަގޭ އަތްދަށުވެފަ! ފާފަ އަކަށް ނުވާނަމަ މަގޭ އަތުން ކަލޭ މިއަދު މަރުވާނެ!  ކަލޭގެ ތިހުރި ކެރޭކަން މަގުމައްޗަށް ނުކުމެފަ ދައްކާ! ” ސައްޕެގެ ގައިގައި ތަތްވެފައި ހުރި ޝާނާގެ އަތުގައި ހިފާ ދަމައިގަންނަމުން ފަހުދު ހަޅޭއްލަވައިގަތެވެ.

ޝާނާ އެވަގުތު އަޑުގެ ކޮޅަށް ބުނެލިއެވެ.

” ހަބަރުދާރު! ހަބަރުދާރު އަހަރެންގެ ގައިގަ ތި ވިހަ އަތުން އަތްނުލާތި! ” ފަހުދަށް ލިބުނީ ސިހުމެކެވެ. ޝާނާގެ އަތުން ދޫކޮއްލެވުނެވެ. ޝާނާ އިސްތަށިގަނޑު އެއްފަރާތަކަށް ގެންނަމުން ބުނެލިއެވެ.

” ފަހުދު ހަނދާންވޭތަ މަށާ ރައްޓެހިވީ ދުވަސް؟ ހަނދާންވޭތަ މަށަށް ދެއްކި ހުވަފެން؟ ހަނދާންވޭތަ މަށަށް ކަލޭ ވީ ބޭވަފާ؟ އެނގޭތަ އަންހެނެއްގެ ހިތް ހަލާކު ކޮއްލެވުނުކަން!އެދުވަހު އަހަރެން ނިންމައިގެން ހުރީ ކަލޭ ކޮންމެ ތާކު އުޅުނަސް ކަލޭގެ ދިރިއުޅުމަށް ޒަހަރުލާން… ވިހަ ލާން……… ކަންތައްވީވެސް އެހެން.. ކާކުގެ ނަސީބެއްކަމެއް ނޭނގެ! އާމިރު އާއި ދިމާވި.. މަތިން ދަޅަދައްކާލުމުން މަގޭ ކައިރިއަށް ހިޔަޅެއްހެން ވުސް ލައިފައި އައީ މެއްނު! މަށަށް ލިބުނީ ބާރެއް! ލިބުނީ ހިތްވަރެއް!….”

ސައްޕާ ގާތުގައި ހުރުމުން ކަންނޭނގެއެވެ. ޝާނާއަށް ހިމާޔަތް ދޭނެ މީހަކު ހުރިކަން އޭނާއަށް އެނގެއެވެ، ޝާނާ އަނެއްކާވެސް ގަދަ ކުރަން ފެށިއެވެ،

“ކަލޭގެ މަންމަގެ ޙާލު ބަލާލިންތަ؟ އެކި އެކި ކުށުގައި އޭނާ ބައްދައި ކަލޭގެ ކައިރިއަށް މައްސަލަތައްގެނެވުން އެއީ މަށަށް ވަރަށް މަޖާ ގޭމަކަށް ވި.. މަޑުމަޑުން އަހަރެން ކަލޭގެ މަންމަ އާއި ކަލޭވެސް ދުރުކުރުވަން މަސައްކަތް ކުރިން. އެކަމަކު މާ އަވަހަށް އެކަންވެސް ކާމިޔާބުވި…. އަހަރެން ބޭނުންވި ބަދަލު ……………… “

ޝާނާ ހުއްޓުނީ ބާރު އެތިފަހަރެއް މޫނުމައްޗަށް އެރުމުންނެވެ. ފަހުދުގެ އަތުންނެވެ. މޫނުމައްޗަށް އަނދިރިވީނަމަވެސް ސައްޕެ އޭނާ ހިފެހެއްޓިއެވެ. ފަހުދު ދެރަވެގެން ލޮލުންކަރުނައައެވެ. މަންމަ އާއި މެދު ކަންތައް ކުރެވުނު ގޮތުންނެވެ. މަންމަގެ ޙާލުބަލާ ނުލާތާ މަހެއް ވެއްޖެއެވެ. އެފަކީރު ދުނިޔޭގައި ހުރިތޯ އަދި ނެތްތޯ ވެސް ބަލާނުލައެވެ. އެންމެ ފަހުން މަންމަ ގުޅާތީ ނަންބަރުވެސް ބަދަލުކުރީއެވެ. ހަމަ މި ނުލަފާ ޝާނާއަށްޓަކައެވެ. ސައްޕެ ޝާނާގޮވައިގެން ދިޔުމަށް ހިނގައިގަތެވެ. ފަހުދުއަށް ބުނާނެ އެއްޗެއް ދުލަށްވެސް ނައެވެ. އޭނާ ބަސް ހުއްޓި ހަރަކާތް ހުއްޓި އެނދުމަތީގައި އިށީނދެވުނެވެ. ޝާނާ ދަބަހަށް އެއްޗެހި އަޅަން ފެށިއެވެ. ވިހަ ގޮތަކަށް ހެވިފައި ހުރި ސައްޕޭ ޝާނާ ގާތު ވިއްދާފައި ހުއްޓެވެ. ޝާނާއަތުން އެއްޗެއް ވެއްޓުނު އަޑަށް ފަހުދަށް ހޭވެރިކަން ވިއެވެ، އޭނާ ބަލާލިއެވެ.

” ތިހެނެއް ނުދެވޭނެ! ” އެދެމީހުން ހުއްޓީ ބަލާލީ އެނދުގައި އިށީނދެ އިން ފަހުދަށެވެ.

” ޝާނާ ތީ މަގޭ އަތްބެއް ނޫން. ތިހުރީ ވަރިކޮއްފައި! ” ދިރިއުޅުން ވަޅުލަމުން ފަހުދު ބުނެލިއެވެ. ސައްޕެ ވިހަ ގޮތަކަށް ހީލުމުން ޝާނާ ބަލާލީ ފަހުދަށެވެ. ޝާނާ  ސައްޕެއަތަށް ދަބަސް ދިއްކޮއްލަމުން ހަށަން ބަދެލިއެވެ. އަދި ފަހުދާއި ދާދި ގާތަށް އައިސް މަލާމާތުގެ ރާގަކަށް ބުންޏެވެ.

” އަދި އެއްވާހަކަ ބުނެލަން! މަށަށްޓަކައި ކޮއްދިން ހުރިހާ ކަމަކަށް ޝުކުރިއްޔާ! އަދި ބުނަންތަ މަގޭ ފަރާތުން ދަރިއެއް ލިބުމަށް އެދުނު އެދުން ދުވަހަކުވެސް މަށަކަށް ފުއްދައެއް ނުދެވޭނެ! “

ފަހުދު ޝާނާއަށް ބަލާލިއެވެ. ނުރުހުންވެފައި ނަމަވެސް ކީއްވެތޯ އަހަން ބޭނުންވެފައެވެ.

” މަމީ ނުވިހާ އޮޕަރޭޝަން ކޮއްފައި ހުރި މީހެއް! ދޮންބައްޕަގެ ޝިކާރައިން …….. ދޮންބައްޕަގެ އެދުމަށް… ދޮންބައްޕަގެ އަރިސް އަންހެނަކަށް ވެގެން އުފެދުނު ހިލޭ ގުޅުމަކަށް…. އެކަމަކު ދޮންބައްޕަގެ ކައިރިން އަހަރެން ސަލާމަތް ކޮއްދިނީ ސައްޕެ! ދެން ކަލޭ އަނގަ ހަދާފައި ދޮންބައްޕަގެ މުއްސަނދި ބޮޑު ގެ ކޮބާހޭ އެހި ދުވަހު މަދާނެތަ އެތަނަށް..” ފިރެހެނެއް ފަދައިން ހަރުކަށި ގޮތަކަށް ޝާނާ ބުންޏެވެ

ފަހުދު ތުރުތުރު އަޅައިގަތެވެ. ޝާނާއަކީ ރަހުމެއް ނުހުންނަ މީހެކޭ ހިތައް އެރިއެވެ. އަދި ޝާނާ ފަދަ މުޑުދާރު މީހަކު އޭނާގެ ޙަޔާތަށް އައީތީ އަމިއްލަ ނަފްސުވެސް ފަހުދަށް މަލާމާތްކުރިއެވެ.

ބަދަލުގައި ފަހުދު އެއްޗެއް ނުބުނެއެވެ. ބުނާނީވެސް ކީކޭ ހެއްޔެވ؟ މިނިވަންވެގެން ޝާނާ އުދުހިގަތީ ފަހުދުގެ ދިރިއުޅުމުގައި ހުޅު ޖަހާފައެވެ. ޝާނާ އާއި އޭނާގެ ލޯބިވެރިޔާ ދިޔުމުން ފަހުދު އެނދުގައި ހުރަހަށް އޮށޯތެވެ. މަންމަ މަތިން ހަނދާންކުރަމުންނެވެ

****************

ސައިމަން އޮތީ އެނދުގައި ޖައްސާލައިގެންނެވެ. ކޮންމެވެސް ފިކުރެއްގައިކަން ގައިމެވެ. އެހެންވެސް އޭނާއަކަށް ނޯވެވުނެވެ. ގަމީސް ބޭލުމަށްފަހު ސިޓިންގ ރޫމަށް ނުކުތެވެ. ގަޑިބަލާލި އިރު ދޭއް ޖަހަނީއެވެ. ސޯފާގައި ޖައްސާލަމުން އޭނާ އަނެއްކާވެސް ވިސްނަންފެށިއެވެ. ޔާނާ އާއި ދޭތެރޭގައެވެ. މިހާރު އެގޭތެރޭގައި އުޅެންވެސް އުނދަގޫކަމަކަށް ވެއްޖެއެވެ. މަޑުމަޑުން ޔާނާއާއި ގާތްވެވެން ވެސް ފެށުނީއެވެ. އެކަމުން ޔާނާ ހިތްހަމަ ނުޖެހުން އެކަށީގެންވެޔޭ ވެސް ސައިމަންގެ ހިތައް އެރިއެވެ. މިހާރު ޔާނާ ސައިމަން އާއި ދުރުކަން ފާހަގަކުރެވެންވެސް ފަށައިފިއެވެ. ޔަޤީނެވެ. ޔާނާ ބޭނުން ނުވަނީއެވެ. އެހެންކަމަށް ވާނަމަ ސައިމަންގެ ލޯމަތިން ޔާނާ ގެއްލި ދިޔުން އެކަށީގެންވާތީ ސައިމަންއަށް ކަންތައް ކުރަންވީގޮތް ވިސްނުނެވެ.

ފަތިސްނަމާދު ކޮއްގެން ޔާނާ ސިޓިންރޫމަށް ނުކުތެވެ. ބެލްކަނީގައި ހުރެގެން ފަތިހުގެ ފިނިފިނި ތެތްވައިން ހީގަތުމަށްޓަކައެވެ. އަރާމު ލިބިގަތުމަށްޓަކައެވެ. ނަމަވެސް އޭނާއަށް ހުއްޓެވުނެވެ. ސައިމަން ސޯފާގައި ނިދާފައި އޮތްތަން ފެނުމުންނެވެ. ޔާނާ މަޑުމަޑުން ގޮސް ހުއްޓުނީ ސައިމަން އާއި ދާދި ގާތުގައެވެ. އޭނާގެ އަތް ހަރަކާތް ކޮއްލިއެވެ. ސައިމަންގެ ބޮލުގައި ފިރުމާލާހިތްވިއެވެ. އެހެނަސް އެކަން ކުރާނެހިތްވަރެއް ނުލިބުނެވެ. އަވަސް އަވަހަށް ދުރަށް ޖެހިލުމަށްފަހު، ގޯހެއް ހެދިދާނެތީ ބެލްކަންޏާއި ދިމާއަށް ދިޔުމަށް ހިނގައިގަތެވެ.

އަރާމު ނިދިން ސައިމަންއަށް ހޭލެވުނެވެ. އޭނާ ތެދުވެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތްވަގުތު ބެލްކަނިން އަލިވާހެން ހީވެގެން އެދިމާއަށް ބަލާލެވުނެވެ.

” ޔާނާ! އަހަންނަށް ގޮވާވެސް ނުލާ ،އަޅާވެސް ނުލާ ގޮސް ބެލްކަނީގަ؟؟ ….. ” ސައިމަންއަށް މަޑުމަޑުން ބުނެލެވުނެވެ. އާނ އެކެވެ. ޔާނާ ބޭނުންވަނީ ސައިމަންއާއި ދުރުވާންކަމުގައި ސައިމަންއަށް ވިސްނުނެވެ. ސައިމަން ތެދުވި ވަގުތު ކައިރީގައި ހުރި ކުޑަމޭޒުގައި ޖެހި މޭޒު ގުޑައިގެންދިޔަ އަޑަށް ޔާނާ ބަލާލިއެވެ. ސައިމަން ޔާނާއަށް މާ ބޮޑު ޝައުޤުވެރިކަމެއް ނުބަހައްޓާ ކޮޓަރިއަށް ދިޔުމުން ޔާނާ ވިސްނާލިއެވެ.

” އަހަރެންނަށް ބައެއް ފަހަރު ހީވޭ ސައިމަން އަހަންނާމެދު ޚާއްސަ ގޮތެއް ބަހައްޓައޭވެސް… އެކަމަކު މިހާރު ހަމަ ޔަޤީން އެކަހަލަ ގޮތަކަށް ނުދެކޭކަން.. ދެން ކީއްވެތަ އަޅެ އަހަންނަށް މިހެން މިވަނީ… ” ޔާނާ ހިތާއި ހިތާ ޝަކުވާކުރަމުންދިޔައެވެ.

******************

ފެންވަރާ ތާޒާ ވެލުމަށްފަހު ޔާނާ ކޮޓަރިން ނުކުތެވެ. އާދައިގެ މަތިން ސައިމަންވެސް އޮފީހަށް ދާންވެގެން މިހާރު ނުކުމެ ހުންނާނޭކަން ޔާނާއަށް އެނގެއެވެ. އޭނާ އަވަސް އަވަހަށް ތިރިއަށްދާންފޭބިއެވެ. ވަގުތު ކުޑަތަންވެފައި އޮތީމައެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިޔަދުވެސް ސައިމަން ޔާނާ ލެކިޔުޓަށް ގެންގޮސްދޭނެޔޭ ޔާނާގެ ހިތައް އެރިއެވެ. އެކަމަކު ސައިމަން ޔާނާ އާއި މެދު ލޯބީގެ ނަޒަރަކުން ދެކޭތޯ ބެލުމަށް ޔާނާ މިހާރު ސައިމަން އިމްތިޙާން ކުރަމުންދާތީވެ،  އޭނާ ބޭނުންވީ އަޅާވެސް ނުލާ ހިނގައިގަތުމަށެވެ. ޔާނާ ގާތު ސައިކަލްގައިދާން އަންނާށޭ  ސައިމަން ބުނޭތޯއެވެ.

ދޮރުން ނުކުތް ޔާނާ ފެނުމާއި އެކު އިންތިޒާރުގައި ސައިކަލްމަތީގައި އިން ސައިމަން ސައިކަލް ސްޓާޓްކޮއްލިއެވެ.އެވަގުތު  ޔާނާ ހިނގައިގަތްތަން ފެނި ސައިމަންއަށް ކުއްލި ޝޮކެއް ލިބުނެވެ.. ޔާނާ އެހާ ދުރުވީ ކީއްވެހެއްޔެވެ؟ އެންމެފަހުން އަހަންނާއެކު ސައިކަލްގައިވެސް ނުދާހާ ދުރުކޮއްލީހެއްޔެވެ؟ ރޮއި ރޮއި އޮތް ހިތަކާއިގެން  ބާރަށް ސައިކަލްގައި ސައިމަން،  ޔާނާ ފަސްދީ ގޮސްފިއެވެ. ޔާނާއަށް ހުއްޓެވުނެވެ. ޔާނާ ހިތައް އަރަމުންދެއެވެ.

ޔަޤީނެވެ. ސައިމަން ޔާނާ ގެންދަން  ބޭނުން ނުވަނީއެވެ. އެހެން ނޫންނަމަ މަގުމައްޗަށް އެކަނި ދޫކޮއްފައެއް ނުދާނެއެވެ. ކީއްވެހެއްޔެވެ؟

*************************

ދެހިތެއްގެ ތެޅުން އެއްގޮތެވެ. ވިސްނަނީ އެކައްޗެކެވެ. ބޭނުންވަނީ އެއް މަންޒިލެކެވެ. އެއް ގޮތެކެވެ. އޮފީހުގައި އިނދެގެން ސައިމަންއަކަށް މަސައްކަތެއް ނުކުރެވުނެވެ. ކޮމްޕިޔުޓަރ ހުޅުވާލުމުން ފެންނަނީ ޔާނާގެ ލޯބި ލޯބި މޫނެވެ. އޭނާއަށް ހިނިތުންވާތަނެވެ. ލެކިޔުޓްގައި ޔާނާގެ ޙާލަކީތޯއެވެ؟ ކަސްޓަމަރުން ފެންނަނީ ސައިމަންގެ ސިފައިގައެވެ. އޭނާ ވަށައިގެން ބަލާލިއެވެ. އޭނާގެ ހިތެއް އޮބިއެއް ނޯތެވެ. ބޭނުންވަނީ ސައިމަންގާތަށް ދިޔުމަށެވެ. ހިތުގެ ޙާލު ބަޔާންކޮއްދިނުމަށެވެ. ކޮންމެ ޖަވާބެއް ދިނަސް ހެވެ.

ސައިމަންގެ ލޮލުން ކަރުނަ އައުމުން އޭނާއަށް ވިސްނުނެވެ. އެކަމަކު ޔާނާ އޭނާ ބޭނުން ނުވާނެކަން އެނގުމުން ހިތްވަރު އެލުނެވެ. ސައިމަން ތެދުވުމަށްފަހު މެނޭޖިންޑިރެކްޓަރގެ ކެބިންއަށް ވަނެވެ.

” އަޅުގަނޑު ކޮންޕްލީޓް ނުކޮށް އޮތް މެނޭޖްމަންޓްކޯސް ކޮންޕްލީޓް ކުރުމަށް މެލޭއަށް ދާން ބޭނުން…. ” ސައިމަންގެ ނިންމުމަށް މެނޭޖިންގޑިރެކްޓަރ މަރުހަބާކިއެވެ.

” އެ ކޯސް ހެދުމަށް އެންމެ ޤާބިލަކަން ހުރީ ސައިމަން.. ކޯހަށްފަހު އޮފީސް މީހުންނަށް ޓްރެއިނިންގ ދޭ ދުވަހަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް.. އޭރުން އަހަރެމެންގެ ކުންފުނި ވަރަށް ކުރިޔަށް ދާނެ! އަހަރެން ބޭނުން މިޔަދުން މިޔަދަށްވެސް ފޮނުވަން! އެކޮޅުގައި ހުއްޓަސް މުސާރަ އާއި އެލަވަންސްތައް ލިބޭނެ ބަރާބަރަށް.. އެހެންވެ ސައިމަންއަށް އެއްވެސް ދައްޗެއް ނުވާނެ. ދެން އެކޮޅުގެ އެކަމަޑޭޝަން އާއި ބޭނުންވާ ފައިސާވެސް ކުންފުނިން ހަމަޖައްސައިދޭނަން..” ކަލަންޑަރުގައި ބޮޅެއް އަޅަމުން އެމް ޑީ ދެންނެވިއެވެ.

އެމް ޑީ ސައިމަން އާއި ސަލާމްކޮއްލަމުން ހިނިތުންވެލިއެވެ.

ސައިމަން ލަސްހިނގުމެއްގައި އޮފީހުން ނުކުތެވެ. އޭނާ ބޭނުންވަނީ ޔާނާ ނުފެންނަ ފަށަށް މުޅި އުމުރަށް ދިޔުމަށެވެ. އޭނާގެ ހިތުގައި ޔާނާއަށްޓަކައި ޖަހާ ވިންދު ހުއްޓިދާނެހެއްޔެވެ؟ ކިތަންމެ ދުރަށް ދިޔަނަމަވެސް ޔާނާގެ ސޫރަ ހިތުން ފޮހެވިދާނެހެން ހީވަނީހެއްޔެވެ؟ އެކިއެކި ހިޔާލްތަކެއްގައި ހުރެ ސައިމަން ގެއަށް އައެވެ.

އޭރު ލިޔުޝާ ކޮޓަރިން ނުކުންނަނީއެވެ. ލިޔުޝާ ފެނުމާއި އެކު ސައިމަން ހިނިތުން ވެލަމުން ބުނެލިއެވެ.

” ކޮއްކޮ.. ދޮންބެ މިދަނީ މެލޭއަށް އެއްކަލަ ބޮޑު ކޯސް ނިންމާލަން.. ފައިވް އިޔަރސް އަދިވެސް…. ” ކިތަންމެ މަޖާވާން ބޭނުންވިޔަސް ސައިމަންގެ ލޮލުން ހިތާމައިގެ ކުލަވަރު ލިޔުޝާއަށް ފެނުނެވެ.

” ކުއްލިއަކަށް؟ އެކަމަކު ދޮންބެ ބުނީ އެކޯހެއް ދެނެއް ނަހަދާނަމޭ! ކިޔަވާ ނިމޭއިރު ހުންނާނީ މީހާ މުސްކުޅިވެފައޭ.. އެހެން ވީމަ މިޙާރު ކިހިނެތް ތި ހަދަނީ؟ ”

 ލިޔުޝާގެ ސުވާލަށް ދޭނެ ޖަވާބެއް ސައިމަންއަކަށް ނުވިސްނުނެވެ. ސައިމަން އެއްޗެއް ނުބުނުމުން ލިޔުޝާ ބުނެލިއެވެ.

” ދޮންބެ ކޯހަށް ދާން ނިންމި އިރު ވިސްނާލިންތަ އަހަރެން އެކަނިވާނެކަމެއް!؟ ” ލިޔުޝާ ދެރަވެފައި ހުރުމުން ސައިމަންވެސް ދެރަވިއެވެ. އޭނާ ލިޔުޝާއަށް ފުރަގަސްދިނުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

” ޔާނާ އާއި ދެމީހުންނަށް އުޅެވޭނެއެއްނު! “

” ދޮންބޭ! ޔާނާ އެއީ ދުރުހިލޭ މީހެކޭ! އޭނާ މާދަމާވެސް  މީހަކާ އިނދެގެން ދިޔައީމަ އަހަރެން މިތާ އެކަނިވާނެ ! ” ލިޔުޝާ ސައިމަންގެ ފަހަތުން ހިނގައިގަންނަމުން ބުނެލިއެވެ. ސައިމަން ހުއްޓުނެވެ.

” ދެން ރަށަށް ދާންވީނު ކޮއްކޮ… ” އެ ޖުމުލައިން ލިޔުޝާ ވެސް ހުއްޓުނެވެ. އަދި ސައިމަންގެ ކުރިމައްޗަށް އަރާ ވަރަށް ރަނގަޅަށް އޭނާގެ ދެލޮލަށް ބަލާލިއެވެ. ސައިމަންގެ ލޮލުން ލިޔުޝާއަށް ފެނުނީ މަޖުބޫރެވެ. ދާން ބޭނުންވެގެން ދަނީކީ ނޫންކަމެވެ. ލިޔުޝާގެ ހިތައް ބާރުމިނުގައި އެކިއެކި ކަންތައްތައް އަރާ ފައިބައެވެ.

” ޔާނާ ދެކެ ލޯބިވޭތަ ދޮންބެ؟ ” ލަދުން ހުރެފައި ނަމަވެސް ލިޔުޝާ އެހީ އެއީ އޮޅުންފިލުވުން މުހިއްމު ކަމަކަށް ވާތީއެވެ.

ސައިމަން ލިޔުޝާއަށް ބަލާލިގޮތުންވެސް ލިޔުޝާއަށް ޖަވާބު ލިބުނެވެ. ޓައި ކަރުން ނަގަމުން ސައިމަން ބުނެލިއެވެ.

” ނޫން… ނުވޭ! ކިހިނެތް ޔާނާ ދެކެ ލޯބިވާނީ؟ ” ސައިމަން އޮޅުވާލަން މަސައްކަތް ކުރިއެވެ.

” ދޮގު… ތީ ދޮގު.. ދޮންބޭ! އަހަރެންގާތު ބުނެބަލަ! ” ލިޔުޝާ ސައިމަންގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނާ ހުއްޓުވިއެވެ. ސައިމަން ލިޔުޝާގެ އަތް ނައްޓުވާލުމަށްފަހު އިސްޖަހައިގެންހުރެ، މަޑުމައިތިރިކަމާއި އެކުގައި ގޮސް ކޮޓަރިއަށްވަނެވެ. ލިޔުޝާ ހުރީ ގަބުވެފައި ކަހަލަ ގޮތަކަށެވެ. އޭނާއަށް މިހާރު ޔަޤީންވެއްޖެއެވެ. ދޮންބެ އެދަނީ ދާން ބޭނުންވެގެނެއް ނޫނެވެ. ޔާނާ ދެކެ ދޮންބެ ލޯބިވާކަން އެ ދެލޮލުން ރީތިކޮށް ލިޔުޝާއަށް ފެނުނެވެ. ލިޔުޝާ ކޮޓަރިއަށްވަނެވެ. އެނދުގައި އިށީނދެ ފުންނޭވާއެއް ދޫކޮއްލުމަށްފަހު ގޭތެރެއިން ދިމާވާ ކަންތައްތަކަށް ވިސްނަން ލިޔުޝާ އިނެވެ.

*******************

ލިޔުޝާ އެނދުގައި އޮށޯވެލީ އެއްވެސް އެއްޗެއް އިތުރަށް ނުވިސްނިގެންނެވެ. ބާލީހުގައި ބޯއަޅާލައިގެން އޮވެ ދެލޯމަރާލުމާއި އެކު ދޮރުގައި ޓަކިޖަހާލިއަޑުއިވުނެވެ. ޙިޔާލެއް ފިކުރެއްނެތި އޭނާ މަޑުމަޑު ހިނގުމެއްގައި ދޮރާއި ދިމާއަށް ދިޔައީ ވަރުބަލި ކަމާއި އެކުއެވެ.  ދޮރުހުޅުވިއިރު ދަބަހެއް އަޅުވައިގެން ދޮރުމަތީގައި ހުރީ ސައިމަންއެވެ.ސިހުން ލިބުނީ ލިޔުޝާއަށެވެ. އޭނާ ހައިރާންކަމާއި އެކު ބަލަންފެށީ ސައިމަންގެ މޫނަށެވެ. އެހާއަވަހަށް އޭނާ ހިނގައިދާނެކަމަށް ލިޔުޝާ ހިއެއްނުކުރެއެވެ.

” ކޮއްކޮ! ދޮންބެ ދަނީ.. މަންމައަށް ގުޅާފަ ބުނާތި! ” ލިޔުޝާގެ ބޮލުގައި ފިރުމާލަމުން ސައިމަން ބުނެލިއެވެ. ލިޔުޝާ ފެންކަޅިވެފައި ހުރެ އަދިވެސް ސައިމަންގެ މޫނަށްބަލަނީ ސުވާލުގެ ނަޒަރަކުންނެވެ. ސައިމަންގެ ނިންމުން ބަދަލު ނުކުރީތާއެވެ. ލިޔުޝާ ދޮރުމަތީގައި ހުރީއެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. ހިތާމައިގެ އަސަރުން ފުރިފައިވާ ސައިމަން ގެއިން ނުކުތުމަށް ހިނގައިގަތެވެ. ލިޔުޝާ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ.

******************

ޔާނާގެ ހިތް އުދުހެނީއެވެ. ހިތައް ލިބެމުންދާ އުފާވެރިކަން ދުލާއި ހަމައަށް އަންނަން އުޅޭހެން އޭނާއަށް ހީވާންފެށިއެވެ. ހިތްސާފުވާ ކަމުގެ ޚަބަރުތައް ޔާނާގެ ހިތައް އަންގަމުންދަނީ އޭނާގެ ސިކުނޑިއެވެ. މިޔަދު ގެއަށް ގޮސް ސައިމަންއާއި ކުރިމަތި ލުމަށް އޭނާ ޢަޒުމް ކަނޑައެޅިއެވެ. ބޭއިޚްތިޔާރުގައި ޔާނާގެ ހިތުގައި ސައިމަންއަށްޓަކައި އުފެދެމުންދާ ލޯބީގެ ޚަބަރު ސައިމަންއަށް މިޔަދު ދިނުމަށް ޔާނާ ބޭނުންވިއެވެ.

ލިޔުޝާ ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ފޯނުން ގުޅަން މަސައްކަތްކުރަމުންނެވެ. ޔާނާއަށެވެ. ޔާނާ ފިޔަވައި ސައިމަން ހުއްޓުވޭނެ އެހެން މީހަކު ނެތެވެ. ޔާނާގެ ފޯނަށް ޖަވާބެއް ނުދެއެވެ. ޑިޔުޓީގަޑީގައި ޔާނާ ފޯނަށް ޖަވާބު ނުދޭނެކަން އެނގޭ ހިނދުވެސް ލިޔުޝާ ޔާނާއަށް ގުޅަމުންދިޔައެވެ. އޭނާ އަވަސް އަވަހަށް ލޯގަނޑު ކުރިމައްޗަށް ހުއްޓި ބޮލުގައި ފުނާ ކާއްތާލުމަށްފަހު ދެކޮލުގައި ފުންމަލުން ތަޅާލިއެވެ. އަދި ބާރުބާރަށް ކޮޓަރިން ނުކުތުމަށްފަހު ކާރެއް ހޯދަން މަސައްކަތްކުރިއެވެ.

ކާރުގައިވެސް ލިޔުޝާ އިނީ މޭގައި އަތްޖައްސާލައިގެންނެވެ. ދުޢާ ކޮއްލަކޮއްލައެވެ. ލެކިޔުޓް ދޮރުމައްޗަށް ކާރު ހުއްޓުމާއި އެކު އޭނާ ކާރުން ފޭބިއެވެ.

” ކޮއްކޯ ! ރުފިޔާ…. ”

ކާރު ޑްރައިވަރ ގޮވާލިއަޑަށް ބޮލުގައި ޖަހާލަމުން ލިޔުޝާ އަތުގައި އޮތް ވޮލެޓުން 50 ރުފިޔާ ދިއްކޮލަމުން ބާކީ ބޭބެއަށޭ ބުނެ އޭނާ ލެކިޔުޓަށް ވަނެވެ.

ޔާނާ ހޯދުމަށް ބާރަށް ހިނގަމުންދެއެވެ. އެކި ދިމަދިމާލަށް ބަލަމުން އޭނާ ސިޑިން މައްޗަށްއެރުމަށް ހިނގައިގަތެވެ.

ޔާނާއަށް ހަލުވިކަމާއި އެކު އުޅޭ ލިޔުޝާ ފެނުމުން އުފަލުންގޮސް އަތުގައި ހިފިއެވެ. ލިޔުޝާ ދިޔައީ ސިހިގެންނެވެ. އޭނާއަށް ޔާނާ ފެނުމާއި އެކު ކުޑަގޮތަކަށް ބައްދާލެވުނެވެ. އަދި އަވަސް އަވަހަށް ވާހަކަދައްކަން ފެށިއެވެ.

” ޔާނާ! ދޮންބެ… ދޮންބެ………. ”

ލިޔުޝާގެ މޫނުމަތީގައިވާ އުދާސްކަމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޔާނާއަށް އެނގުނެވެ.

” ކީއްވީ؟ ” ނުސީދާގޮތަކަށް ބަލަން ހުރެ ޔާނާ މަޑުމަޑުން އެހިއެވެ.

” ދޮންބެ މެލޭޝިޔާއަށް ދާން ފުރަންގޮސްފި! ޕްލީޒް… ދޮންބެ ހުއްޓުވާ! ޕްލީޒް… “

ލިޔުޝާގެ ޖުމުލައިން ޔާނާގެ ފައިގައި ކަސްތޮޅު އެޅުނެވެ. ސައިމަން ދާންވީ ކީއްވެހެއްޔެވެ؟ ޔާނާއަށް އަންގާވެސް ނުލާ އޭނާ އެފަދަ ފިޔަވަޅެއް އަޅަންވީ ކީއްވެގެންހެއްޔެވެ؟ ޔާނާގެ ހިތް ރޮއްވާލުމަށްހެއްޔެވެ؟ ޔާނާ ބާކީ ކޮއްލުމަށް ހެއްޔެވެ؟ ޔާނާގެ ހިތުގެ އަޑު ނޭހުމަށް ހެއްޔެވެ؟

ގަނޑުވެފައި ހުރި ޔާނާގައިގައި ކޮއްޓާލަމުން މީހުންނަށް ބަލަމުން ލިޔުޝާ ބުނެފިއެވެ.

” ދޭބަލަ ހުޅުލެއަށް.. ޕްލީޒް…. “

ޔާނާ ބަލާލީ ކައުންޓަރާއި ދިމާއަށެވެ.

ލިޔުޝާއަށް ސަމާލުކަމެއްނުދީ އޭނާ ކައުންޓަރާއި ދިމާއަށް ހިނގައިގަތެވެ. ހިތްނުތަނަވަސްވެފައި ލިޔުޝާ ހުރީ ޔާނާގެ އިންތިޒާރުގައެވެ. އިރުކޮޅަކުން އަތްދަބަސް ކޮނޑުގައި އަޅުވައިގެން އޭނާ އަންނަތަންފެނުނެވެ. ލިޔުޝާ ތެޅިގަތެވެ.. އެއާއި އެކު ޔާނާ އައިސް ލިޔުޝާގެ އަތުގައި ހިފައިގެން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.

” ޔާނާ އެކަނިދާންވީނު… އަހަރެން ހުރުމުން ދޮންބެއަށް އުނދަގޫވެދާނެ……. ”

ލިޔުޝާ ބޭނުންވީ އެދެމީހުންނަށް ފުރުސަތު ދިނުމަށެވެ. ކަންތައް ވެދާނެގޮތެއް އޭނާއަށް އެނގޭތީއެވެ.

ޔާނާ ރޮވެމުން ހިނިތުންވަމުން ފަހަތަށް ފަހަތަށް ގޮސް ހުއްޓުނެވެ. ކާރެއް މަޑުކުރުމަށެވެ. އޭނާ ފުރަތަމަ މިސްރާބުޖެހީ ގެއާއި ދިމާއަށެވެ.

*****************************************

ސައިމަންއިނީ ހުޅުލޭގެ އަކުއާ ރެސްޓޯރަންޓްގައި ކޮފީއެއް ބޯލާށެވެ. އޭނާ ވަނީ މާޔޫސްވެފައެވެ. ހިތަށް ވަމުންދާގޮތް ސައިމަންއަށް މިހާރު އެނގެއެވެ. ދެހިތުގެ ދުރުމިންވެސް އެނގެއެވެ. އެންމެ ފަހު ކޯވަރު ބޯލުމަށްފަހު ދަބަސް އަޅުވައިގެން އޭނާ ނުކުތީ ޗެކިން އަށް ދިޔުމަށެވެ.

” ހަލޯ ލިޔު… ކޮންކުލައެއްގެ އެއްޗެއް ލައިފައި ހުންނާނީ… މީހުން ގިނަކަމުން …….” ދެއަތުން ފޯނުގައި ހިފަހައްޓައިގެން ހުރެ އަވަސް އަވަހަށް ޔާނާ ވާހަކަ ދެއްކިއެވެ.

” މަޑު މަޑު އޮރެންޖްކުލައެއް.. ދެން ކަޅުކުލައިގެ ކުދިކުދި ގޮޅިވެސް ހުންނާނެ ޖަހާފަ.. ޖަންގަލް ގްރީން ކުލައިގެ ބޭގެއް އަޅުވާފަ ހުންނާނީ…… ”

ލިޔުޝާ ބުނެލިއެވެ. ޔާނާ ފޯންކަނޑާލީ އެއްޗެއް ނުބުނެއެވެ. އޭނާއަށް ސައިމަން ފެނުނީއެވެ. މާ ދުރުނޫން ހިސާބެއްގައި، ހުރެ ނުސީދާގޮތަކަށް އޭނާއަށް ބަލަމުންދާ ސައިމަންފެނި ޔާނާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ހިތްވަރުކޮއްފައި ޔާނާ ކުރިއަށް ހިނގައިގަތެވެ. ސައިމަން ހުރީ ހުއްޓިއެވެ. ވަށައިގެން އެކި ދިމަ ދިމާއަށް މީހުން ހިނާބިނގާވެ އުޅެއެވެ. އެ ހަލަބޮލި މާޙައުލުގެ ތެރޭގައި ޔާނާއަށް ހީވަނީ އޭނާ އާއި ސައިމަންއެކަނި ހުރިހެންނެވެ.

” ކީއްވެ ތި ދަނީ؟ “

ޔާނާ ތުރުތުރު އަޅާ ޙާލު ބުނެލިއެވެ. ސައިމަން އިސްޖަހާލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.

” ވަރަށް މުޙިއްމު ކޯހެއް ލިބުމުން… ކޮންމެހެންވެސް ދާންޖެހިގެން… ”

 ސައިމަން މަސައްކަތްކުރީ ހަޤީޤަތް ޔާނާއަށް ސިއްރު ކުރުމަށެވެ.

” އެހެންތަ؟ އަހަރެން މިއީ މުޙިއްމު މީހެއް ނޫންތަ؟”

 ޔާނާ ހުރީ ސައިމަންގެ މޫނަށް ބަލަހައްޓައިގެންނެވެ. ސައިމަން ހީލިއެވެ. ދުނިޔެމަތިން ފޫހިވެ އުދާސްވެފައި ހުރެއެވެ.

” އަހަރެންނަށް މުޙިއްމު އެއްވެސް މީހެއްނެތް.. އެހެންވެ އޮފީސް ކަންތައްތައް މާ މުޙިއްމު ވާނެއެއްނު،،، ”

ސައިމަން ޔާނާއަށް ބަލާލުމުން ޔާނާ ފިނިވިއެވެ.

” އަހަރެންދެކެ ލޯބިވާއިރު ކީއްވެ ތިދަނީ؟ ”

 ޔާނާ ވަރުބަލިކަމާއި އެކު ބުނެލިއެވެ.ކުރިންވެސް ވާހަކަދެއްކި މަޑުމޮޅި ރާގުގައެވެ.

ސައިމަން ހިތާމައިން ފޯވިއެވެ. ދެލޯ ކުޑަވާންފެށިއެވެ. މީހާ އެލެންފެށިއެވެ.

” ނޫން.. ނުވޭ ލޯތްބެއް! ”

 އަދިވެސް ދޮގުހަދަނީއެވެ. އޮޅުވާލަނީއެވެ. ހިތުގެ ޙާލު ފޮރުވަނީއެވެ. ސިއްރުކުރަނީއެވެ. ޔާނާ ކުރިއަށްވުރެންވެސް ސައިމަން އާއި ގާތަށް ޖެހިލިއެވެ.

” އަހަރެންގެ މަރުވެފައިވާ ދިރިއުޅުމަށް ދިރުންދިން މީހަކީ ތީ! އަހަރެންގެ ވީރާނާވެފައިވާ ދިރިއުޅުމަށް ފެންދީ އާރާސްތުކުރުވި މީހަކީ ތީ! ދިރިއުޅުމުގެ އުއްމީދު ގެއްލި ، ޙަޔާތެއް ފެށުމުގެ ވިސްނުން ދޫކޮއްލާ މުޅި ޙަޔާތް އެކަނި ވެރިކަމުގެ ގޮތުގައި ހޭދަކުރުމަށް ނިންމައިގެން ހުއްޓާ، އެގޮތް ބަދަލުކުރުވި މީހަކީ ތީ! މިހިތް ލަކުނުން ފުރިފައިވާ ޙާލު އެހިތް ސާފުކޮއްދީ ވަރުބަލިވެފައިވާ ސިކުނޑިއަށް ތާޒާކަމެއް ގެނެސްދިން މީހަކީ ތީ ސައިމަން!..އާނ! އަހަރެންގެ ގެއްލިފައިވާ އުއްމީދުތައް….. ލޯތްބައްޓަކައި ކުރެވިފައިވާ ހިތާމަތައް މަތިން ހަނދާން ނައްތާލެވުނީ ސައިމަންގެ ސަބަބުން… ޙަޔާތް ބަރުބާދު ވުމަށްފަހު ކުރިމަތިލާންޖެހުނު ގޮންޖެހުންތަކުން ހިތް ހަލާކުވެފައި ވަނިކޮށް އެ ހުރިހާ ހަނދާންތަކަކުން، އެހުރިހާ ހިތާމަ ތަކަކުން މިންޖު ކޮއްދިނީ ސައިމަން… “

ޔާނާގެ ލޮލުން ކަރުނަތައް ފައިބައެވެ. ސައިމަންގެ ގަމީހުގައި ހިފާފައިވާ ޔާނާގެ އަތް ނައްޓާލުވަމުން ނޭނގޭ ކަމަށް ހަދާފައި ސައިމަން ބުނެލިއެވެ.

” އަހަންނަކަށް ނޭނގެ ތިކަމެއް! ”

ސައިމަން ފުރަގަސް ދިނުމުންވެސް ޔާނާ ގޮސް ސައިމަންގެ ކުރިމައްޗަށް އެރިއެވެ.

” އެނގެން މަސައްކަތް ކުރިންތަ؟ އަބަދުވެސް ބަލަނީ ލޯތްބަށްޓަކައި މަރުވެފައިވާ އަހަރެންގެ އިޙްސާސްތައް ދިރުވޭތޯ! ނިދާފައިވާ ޙިއްސުތައް ހޭލައްވާލެވޭތޯ..އެގޮތަށް އަހަންނަށް އެކޮ ގޮތްގޮތުން އިޝާރާތްކުރަންދަނިކޮށް އަހަރެންގެ ހިތަށް އާރޯކަން ލިބޭވަރަކުން  ސައިމަން އަހަންނާ ދުރުވަމުން ދިޔައީ…. ”

ޔާނާ ހިތުގައި ހުރި ހުރިހާ އެއްޗެއް ބަޔާންކުރަމުން ދިޔައެވެ.

ސައިމަން ދެލޯ މަރާ ފިއްތާލިއެވެ. އޭނާ ބުނަން ބޭނުންވާ އެތައްކަމެއް އެބަހުއްޓެވެ. ލޯބިވާކަމަށްބުނެ ޔާނާ އެކަނި ކޮށް ދިޔުންވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. އަނެއްކޮޅުން ކުންފުންޏާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ފުރިހަމަ ކުރުމަށްދާ ކޯސް ދޫކޮއްލުމީ ކުންފުންޏަށް ލިބޭނެ ގެއްލުމެކެވެ. އޭނާ އެހެން ވިޔަކަ ނުދޭނެއެވެ.

” އަހަރެން ލޯބިވޭ ސައިމަންދެކެ! ” އެންމެ ފަހުން ޔާނާގެ ހިތުގެ އަޑީގައި ފޮރުވާފައިވާ ޖުމްލަ ހާމަކޮއްދިނެވެ. ސައިމަންއަށް ކުރި އަސަރެއް ބަޔާންކޮއްދޭންވެސް ނޭނގުނެވެ. އޭނާ އިންތިހާއަށް ޔާނާ ބޭނުންވެއެވެ.

” އަހަރެން ލޯބިވޭ! ވަރަށް ވަރަށް ލޯބިވޭ! ސައިމަން ކީއްވެ ތިހެން ތިހަދަނީ.. އަހަރެންދެކެ ލޯބިވާވަރު ތި ދެލޮލުން އެބަ ހާމަވޭ! ގުޅިފައިވާ ދެހިތެއް ބަދަލުކުރެވިދާނެތަ؟ ޕްލީޒް ސައިމަން… ތިހިތު ތެރޭގަ އަހަރެން މުޅި އުމުރަށް ފޮރުވާލަދީ.. އަހަރެންގެ ލޯބި ފޮރުވާލަދީ.. ”

ޔާނާ ބޭނުންވީ މިހާރުވެސް ސައިމަންގެ މޭގައި ލައްވެ ހިމާޔަތް ހޯދުމަށެވެ. އޭނާ ހީކުރީ ސައިމަން އެގޮތަށް ހަދާނެކަމަށެވެ. އެހެނަސް ފައިބަމުންދިޔަ ކަރުނަތައް އިތުރުވީ ސައިމަން ފަހަތަށް އެޅި ފިޔަވަޅުންނެވެ. ޔާނާއަށް ހުރީ ޤަބޫލުކުރަންވެސް ދަތިވެފައެވެ. ހުއްޓުމެއްގެ ތެރެއިން ސައިމަން ބުނެލިއެވެ.

” އަހަރެންނަކަށް ނެތް މަޑުކުރެވޭކަށް.. އައި އެމް ސޮރީ! ”

 ސައިމަން ޔާނާއަށް ފުރަގަސް ދިނުމުން ޔާނާ ވެސް އަވަސް އަވަހަށް ފުރަގަސްދިނެވެ. އޭނާގެ ހިތައް ކުރަމުންދާ އަސަރުތައް ތަހައްމަލް ނުކުރެވިގެންނެވެ. ހިތް ފަޅިފަޅިވަނީއެވެ. މޭ ވިރޭފަދައެވެ. ހަލުއިކަމާއި އެކު ހިނގަމުންގޮސް އޭނާ މަޑުކޮއްލިއެވެ. ހަށަންބަނދެލުމަށްފަހު އެއް އަތުން މޭގައި އަތްއަޅާލިއެވެ. ކުރިމަތި ވަމުންދާ ނިކަމެތި ޙާލާއި މެދު ވިސްނާލެވުމުން ސިކުނޑިއަށް ގޮތްވާހެންވެސް ހީވެއެވެ. ފައިބަމުންދާ ކަރުނަތައް ވަށައިގެންވާ މީހުންނަށް ދައްކާކަށް ބޭނުމެއް ނުވިއެވެ. ކިތަންމެ ވަރަކަށް ފޮހުނަސް ކަރުނައެއް ނުހިކުނެވެ.

48
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Salaa

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ހިތް ނުރޮއްވާ… (19)

Next

އެއީވެސް ތިބާ ފަދަ އިންސާނެކެވެ.

Next
March 4, 2014

އެއީވެސް ތިބާ ފަދަ އިންސާނެކެވެ.

Previews
March 4, 2014

ހިތް ނުރޮއްވާ… (19)

14 Comments

  1. Shazu says:
    March 4, 2014 at 11:25 am

    vvv reeeeethi <3

  2. hurt says:
    March 4, 2014 at 12:20 pm

    Miohhh kamehhh waaaaasareeeee…..hithugaaaaa foruwaaala dheysheyyyy….nuruhun saiman nuwaaaasheyyyy…. <3

  3. manko says:
    March 4, 2014 at 12:41 pm

    ????vahaka nimunytha

    1. hii says:
      March 6, 2014 at 3:36 pm

      ehaa avahakah nunimeynehnu dhw… adhi hama kunnnnnnnnnu ves arany

  4. hithugaa foruvaaladheyshey says:
    March 4, 2014 at 3:07 pm

    vvv salhi ……. bt next part than kolheh avahah update kohladhehche

  5. hau says:
    March 4, 2014 at 3:28 pm

    saiman dhen thihen yaanaa ah nahadhabala….story vvvvvnice…waiting for da next part………..tcr nd hv a nice day salaaa

  6. kiyuntheriyaa says:
    March 4, 2014 at 4:23 pm

    kihineh vy mibai las v???????? waiting 4 nxt part
    mibaives vv reethi <3

  7. na says:
    March 4, 2014 at 7:25 pm

    v salhi…adhi hithuga foruvaane ey..saiman yaana kairi ah annaane adhi….Mmmmmmwaaahh v lobi…..salaa ah ves mmmwaahh thikahala nice story eh genes dheythi..thankew alotssss…waiting for next part..avas khlanchey salaaaaaaaaa

  8. aroo says:
    March 5, 2014 at 3:09 pm

    woooooooow salaaaaaaaaaaa vvvvvvvvvvvvvvvvvvvvvvvvv nice this part.waiting 4 the next part

  9. Naash says:
    March 5, 2014 at 5:10 pm

    wow beautifull

  10. maahy says:
    March 5, 2014 at 5:43 pm

    haadha salhi ey mi part..next part heevey adhi vakin rythi vaane hen..keep it up

  11. samaa says:
    March 5, 2014 at 6:07 pm

    vvvv….salhi…i really liked it

  12. samaa says:
    March 6, 2014 at 3:12 pm

    alhe plx thnkolhei avaha vaahaka upload khdhba mahaaru vaahaka kiyaa hithun nidhivx naadhey……..

  13. samaa says:
    March 6, 2014 at 3:14 pm

    plx thnkolhei avaha vaahaka upload khdhyba

Comments are closed.

All Right Reserved!