ޓީވީއެމްއިން ދައްކަމުންދިޔަ އަށެއްގެ ހަބަރަށް ސަމާލުކަން ދީގެންއިން ހަނީފާ ސިއްސައިގެން ދިޔައީ ގޭގެ ބެލްޖެހި އަޑަށެވެ. އެގަޑީގައި އެގެއަށް އަންނާނީ ކާކުބާވައޭ އޭނާގެ ހިތަށް އެރިއެވެ..އެގެއަކީ މާގިނަ ބަޔަކު އުޅޭގެއެއްނޫނެވެ. ހަނީފާއާއި އޭނާގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ސާހިލް ފިޔަވައި ދެންއުޅެނީ އޭގޭ މަސަތްކަތު ދެމީހުންނެވެ..ސާހިލް ކައިގެން އޭނާގެ ކޮޓަރިއަށް ދިޔަތާ އަދި މާގިނައިރެއް ނުވެއެވެ. “ކިޝަން ނިކަން ދޭބަލަ ކާކުތޯ ބަލާލަން…” ހަނީފާ ކިޝަންއަށް ގޮވާލަމުން އަނެއްކާވެސް ޓީވީއަށް ނަޒަރު ހުއްޓާލިއެވެ.ކިޝަން އަކީ ހަނީފާ ލަންކާއަށް […]
“އެހެންނޫނަސް ލޯބި ވަނީ އާލިކް ދެކެ.. ރައިޓް؟..” ވިކާޝް ހިިނިތުންވެފައި އިނދެ ބުނެލިއެވެ. އެއާއިއެކު ވިޝާ އަނެއްކާވެސް ދެލޯ ބޮޑުކޮށްލީ ވިކާޝް ބުނެލި އެއްޗަކުން ހައިރާންވެ އިނދެއެވެ. ދޮންބެއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ “ޓެލް މީ.. މީ ވިޝޫގެ ދޮންބެއެއްނު.. ޝެއަރ ވިދް މީ.. އާލް ދެކެ ލޯބިވޭތަ؟..” ވިކާޝް ތަކުރާރުކޮށްލިއެވެ. އާލިކްގެ ފަރާތުން އެނގިފައި އޮތްގޮތުން ވިޝާވެސް އާލިކް ދެ ލޯބިވެއެވެ. މިހާރު އޭނާ ބޭނުންވަނީ ވިޝާގެ ފަރާތުން އެކަން އޮޅުން ފިލުވުމަށެވެ. އެއާއިއެކު […]
ޒިމްނާ އަހަރެމެންގެ އެސިސްޓަންޓް ޕްރިންސިޕަލް އަހަރެންނާއި ދިމާލަށް އަންނަތަން ފެނެއެވެ. ނަމަވެސް އިތުރު ވައްތަރެއް ޖެއްސުމުގެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އެހެން މީހުންނަށް އަހަރެން ޖަހާނެ ސިފަ ރަނގަޅަށްވެސް އެނގެއެވެ. ވަރަށް މަސައްކަތް ކުރަމުން ފަހުވެސް އަހަރެންގެ ލޮލަކަށް ތަފާތެއް ނާދެއެވެ. ހުރީ ބަލަން ނުކެރޭ ވަރަށް ރަތްވެފައެވެ. އެހެން ނޫނަސް މީކާއިލް އަކީ އެކަހަލަ މީހެކެވެ. އެހެން މީހުންގެ މައްސަލައަކީ އޭނާގެ މައްސަލައަށް ނަގާ މީހެވެ. މިކާއީލް؟ ފޮއްޗެއް ގޮސް އަމިއްލައަށް ރޭވުން […]
ލުޖެއިން އޭނާގެ ލޯބީގެ ވާހަކަ އަހަރެން ކައިރީ ބުނި އަޑު އަދިވެސް ކަންފަތުން ރަނގަބީލު ޖަހަމުން ދާކަހަލައެވެ. އަހަރެންނަށް އޭރުވެސް ލުޖެއިންއަކަށް ދޭނެ ޖަވާބެއް ނޭނގެއެވެ. އަދިވެސް ނޭނގެއެވެ. ނޫނެކޭ ބުނަން ނުކެރޭނެ ކަމަކީ ޔަގީން ކަމެކެވެ. ނަމަވެސް އަހަރެންނަކަށް ލުޖެއިންއާއި އެކު ‘ފެއިރީ ޓޭލްގެ އެންޑިންގ’ އަކަށް ނުދެވޭނެއެވެ. ލުޖެއިން އެ ދޭ ލޯތްބެއް އަހަރެންނަކަށް އަނބުރައެއް ނުދެވޭނެއެވެ. ލުޖެއިން އަށް ކީއްކުރަން ހެއްޔެވެ؟ އިތުރު އެކަކަށްވެސް ނުދެވޭނެއެވެ.
ލަސްލަހުން ތުންފަތުގައި ދަތްއަޅާލަމުން ވިޝާއާއި ދިމާއަށް ދެއަތް ފުޅާކޮށްލީ އަންނާށޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު ބެލެނިވެރިއެއްގެ ލޯތްބާއި ހިމާޔަތަށް ފެންބޮވައިގަނެފައި ހުރި ވިޝާއަށް ދުވެފައިގޮސް ވިކާޝްގެ އަތުތެރެއަށް ވަދެވުނީ އިތުރު ވިސްނުމަކާއިނުލައެވެ. “ވިޝޫ..” އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ވިކާޝްގެ ކުލުނުން ފުރިގެންވާ މަޑުމައިތިރި އަޑުންނެވެ. އެވަގުތު ވިޝާ ސިހިފައި ކުއްލިއަކަށް ވިކާޝްގެ ގައިން ދޫކޮށްލުމަށްފަހު ދުރަށްޖެހިލިއެވެ. އަނެެއްކާ އޭނާއަށް ކުށްހީއެއް ހީކުރެވުނީ ހެއްޔެވެ؟ އަނެއްކާ އެއީ އޭނާގެ ދޮންބެއެއް ނޫން ހެއްޔެވެ؟ އެހެން ހިތައް އެރުމާއިއެކު […]
……….”ސިސް، ކިހިނެތް ވެފަ ތީނީ؟ ހާދަ މޫޑީ ހެން ހީވެއޭ.” މާޔާ އެމީހުން ދައްކަމުން ދިޔަ ވާހަކައަށް މާބޮޑު ސަމާލުކަމެއްނުދީ އިނުމުން މާހީ އަހާލިއެވެ. “ޒާން މަންމަ ބަލިވެގެން މިއަދު އެފުރީ ރާއްޖޭން ބޭރަށް މަންމަ ގޮވައިން. އެހެންވެ ވެޑިންވެސް ޕޯސްޕޯން ކުރަންޖެހުނީމަ ކުޑަކޮށް މޫޑީވީ.” މާޔާ ކުޑަކޮށް ދެރަވެފަ އިނދެ ބުނެލިއެވެ. “ދަރިފުޅާ މާޔާ! ދެން އެކަމާ އެހާބޮޑަށް ދެރަނުވެބަލަ.” ނަސީރަށް މާހީމެން ދެއްކި ވާހަކަ އަޑުއިވުމުން މާޔާއަށް ހިތަވަރުދެމުން ބުނެލިއެވެ. “ޒާން އައިސްދާނެ […]
” މަންމަ އޭ؟؟؟؟” ނިކްއަށް އަހާލެވުނެވެ. ޔަޝްމީގެ ލޮލުން ފައިބަމުންދާ ކަރުނަތަކުންނާއި އޭނާ ގިސްލަމުންދާވަރުން އިތުރު ހެއްކެއް ނިކް ބޭނުމެއް ނުވިއެވެ. ޔަޝްމީގެ މޫނުމަތިންވެސް އެ މަޖުބޫރީ ފެނެއެވެ. އެއީ ފުރަތަމަ ޔަޝްމީއަށް ނިކް ފެނުމާއި އެކު އޭނާގެ މޫނު އުޖާލާވި ގޮތާއި ލޯބިން ފުރުވާލި ގޮތްގަނޑު ފަހުން ބަދަލުކޮއްލީ އެ މަޖުބޫރީގެ ސަބަބުންކަން ނިކްއަށް ފާހަގަކުރެވުނީ އަދި ކިރިޔާއެވެ. ” މިވަރުން ވާނެތަ؟ ކިހާ ވަރެއް އިތުރަށް ބޭނުމީ؟ ” ފަސްސަތޭކައިގެ ބޮނޑިއެއް މޭޒުމައްޗަށް ހޫރާލަމުން […]
ނާސިހާ ބޭރަށް ހިނގައިގަތުމާއި އެކު ހުއްޓުނެވެ. އޭނާގެ މޫނުމަތިން ހާސްކަން ފެނުނެވެ. ނާސިހާގެ އަތް ފޮޅުވާލުމަށްފަހު ޖަމީލާވެސް ހުއްޓުނެވެ. ޝާނާ ބޭރަށް ބޯދިއްކޮއްލިއެވެ. އޭނާ އިންތިޒާރު ކުރި ވަގުތު އައިސް ޖެހުނީއެވެ. ފަހުދު މިޔަދު އަންނަކަން އޭނާއަށް އެނގެއެވެ. ދޮރާށި ހުޅުވާފައި އެހެރަ އަންނަނީ ފަހުދެވެ. ޝާނާ ދުވެފައި ގޮސް ފަހުދު ގައިގައި އޮޅުލައިގަތެވެ. އަދި ރޮމުން ރޮމުން ކުޓުވަން ފެށިއެވެ. “އަހަރެން ބުނީމެއްނު… މަންމަގެ ކަންކަން ހުރި ނެތް ގޮތް ބަލަން އަންނާށޭ.. މީހުން ގޮވައިގެން […]
ލަސްލަހުން އެސްފިޔަ ޖަހަމުން ބަލަހައްޓައިގެން ހުއްޓެވެ. ދެލޯ ބޮޑުވެފައެވެ. އަދި އޭނާގެ ތުންފަތް ހަރަކާތްކޮއްލިއެވެ. ” ފަހުދު!؟ “ ދެމީހުންގެ މޫނަށް ބަލަން ހުރި ޝާނާ ރުޅިއައިސް ފުފުނެވެ. ފަހުދުގެ އަތުން ދޫކޮއްލުމަށްފަހު އޭނާ ބާރަށް ހިނގައިގަތީ ބޭރަށް ނުކުތުމަށެވެ. ފަހުދު ޝާނާއަށް ބަލާލުމަށްފަހު އަނެއްކާވެސް ޔާނާގެ މޫނަށް ބަލާލިއެވެ. ފަހުދު އަވަސް އަވަހަށް ނުކުތެވެ. އޭރު ޝާނާ ލެކިޔުޓް ދޮރުމަތީގައި ހުއްޓެވެ. ފަހުދު ފެނުމާއި އެކު އޭނާ ދެބުމައިގައި ގޮއްޖެހިއެވެ. ” ހިނގާ އެހެން ޝޮޕަކަށް؟ […]