
އެކުގައިވާން އެދެމޭ… 17
“ޝީ އިޒް އިން އަ ރިލޭޝަންޝިޕް.. ވިޝޫ ޒައިދުއާއި ރައްޓެހިވެގެން އުޅެނީ..” ވިކާޝް ބުނެލި ޖުމްލައާއިއެކު އާލިކްގެ ހިތައް ކައްޓެއް ހެރުނު ފަދައެވެ.
ފެންކަޅިވަމުންދިޔަ ދެލޮލާލިއެކު ވިކާޝް އެތަނަުން ނުކުމެގެން ދިޔައިރުވެސް އޭނާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އާލިކް ލޯ މަރާލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލުމަށްފަހު ބާރުބާރަށް ހަޅޭއްލަވައިގަތެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ވިޝާއަކީ އޭނާގެ ހައްގެކެވެ. ހަމައެކަނި އޭނާގެ މިލްކެކެވެ. ވިޝާގެ ލޮލުން އޭނާއަށް ލޯބި ފެނުނެވެ. ވިޝާ ލޯބިވަނީ އޭނާ ދެކެއެވެ. ހަމައެކަނި އޭނާ ދެކެއެވެ. އާލިކް ދެލޯ ފޮހެލިއެވެ. ވިޝާ އޭނާދެކެ ލޯބިވާކަން އޭނާ ޔަގީން ކުރެއެވެ. ދެން ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. ވިޝާއަކަށް އޭނާއަށް އޮޅުވައެއް ނުލެވޭނެއެވެ. ވިޝާގެ އެދުލުން އޭނާއަށްޓަކައިވާ ލޯބި ހާމަ ނުކުރުމަކީ ނެތްގޮތެކެވެ.
އެދުވަސް އެގޮތުގައި ފާއިތުވެގެން ދިޔައިރު ވިޝާ،ވިކާޝް އަދި އާލިކްވެސް އޮފީހަކަށް ނުދެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަންތައްތަކެއް ވެއެވެ. ވިޝާ ވިކާޝްއާއި ވާހަކަ ދެއްކުމަށްފަހު ގަސްދުކުރީ ޖެހިގެން އަންނަ ދުވަހު އޮފީހަށް ނުކުތުމަށެވެ. ކުރަން ޖެހިފައި ބައިވަރު މަސައްކަތްތައް ހުރިއިރު އޭނާއަށް ފުދޭވަރަކަށް ގޭގައިވެސް ހުރެވިއްޖެއެވެ. އެހެންނަމަވެސް އާލިކްއާއި އެއްތަނެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭނެތީ ވިޝާ ކަންބޮޑުވީ ނަމަވެސް މާބޮޑަށް އެކަމާއި އަޅާނުލީ އާލިކްގެ ފަރާތުން މާ ޚާއްސަ ކަންތައްތަކެއް ނުފެންނާނެކަމުގައި ޔަގީންކޮށްފައެވެ. ވިކާޝްވެސް ވިޝާއަށް އެފުރުސަތު ދިނީ އޭނާގެ ކޮއްކޮގެ ހިތްވަރަށާއި ކަންތައްތަކަށް ކުރިމަތިލާން ދަންނާތީ އެކަމަށް އިތުބާރުކޮށްފައެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ އާލިކް ތެދުވެގެން އުޅުނުއިރު އޭނާގެ ދުވަހުގެ ތާވަލް ރޭވިފައި އޮތީ އެހެން ދުވަސްތަކާއި ޚިލާފަށެވެ. މެންދުރުގެ ވަގުތެއްގައި އޭނާގެ މަންމައާއި ބައްޕަ ބަލާ އެއަރޕޯޓަށް ދާންޖެހޭނެތީ އޭނާ ގަސްދުކުރީ އޮފީހަށްވެސް ތަންކޮޅެއް ކުރިން ދާށެވެ. ކުރީ ރޭގައި ވިކާޝްމެންގެ ޕާޓީން އައި ގޮތަށް އޭނާއަށް ރަނގަޅށް ނިދިފައި ނުވާއިރު ހަށިގަނޑުގައި ވަރުޖެހެންދެން ކާއެއްޗެއްވެސް ނުކައި ހުރުމުގެ ސަބަބުން ހުރީވެސް ވަރުބަލިވެފައިވާ ގޮތަށެވެ. ބޮލުގައި ރިއްސަމުން ދިޔަނަމަވެސް މާބޮޑު ކަމަކަށް ނުހަދާ އޭނާ ތައްޔާރުވެލައިގެން އާންމު މުވައްޒަފުންވެސް އޮފީހަށް ދާގަޑިއަށް އޭނާ އޮފީހަށް ދިޔައީ އެއްގޮތަކަށްވެސް ވިޝާ އޮފީހަށް ދާނެކަމުގައި އުންމީދުކޮށްފައެއް ނޫނެވެ. އެހެންނަމަވެސް ކެބިންގެ ދޮރު ހުޅުވާލުމާއިއެކު ގޮނޑީގައި އިށީނދެލައިގެން ތާޒާ މަލެއް ފަދަ ވިޝާ ފެނުމުން އާލިކްގެ ހިތުގެ ތެޅުން ބާރުވެލިއެވެ. މޫނުމައްޗަށް ވެރިވި ފަނޑު ހިނިތުންވުމާއިއެކު ގޮސް ގޮނޑީގައި އިށީނދެލާ މަޑުމަޑުން ބޯ ޖައްސާލުމަށްފަހު ލޯ މަރާލިއެވެ. އޭނާގެ ކަންފަތުގައި ހަރުލާފައި ހުރީ ވިކާޝް ދެއްކި ވާހަކަތަކެވެ. ސިފަވަމުން ދިޔައީ ޒައިދުގެ ގާތުގައި ވިޝާ ހުއްޓިލައިގެން ހުރިތަނެވެ. ވަގުތުން ގޮނޑީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލުމަށްފަހު ލޯ މަރާ ބާރުކޮށްލީ ވެރިވަމުން ދިޔަ ރުޅިގަނޑު ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. އޭރު ވިޝާ އާލިކްގެ ކޮންމެ ހަރަކާތަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެން އިނެވެ. އޭނާގެ ސިކުނޑިތެރޭގައި ހިނގަމުންދަނީ ކޮންފަދަ ޚިޔާލުތަކެއްބާއޭވެސް ހިތައް އަރަމުންދިޔައެވެ.
އިރުކޮޅެއްގައި އެހެން އިނދެލުމަށްފަހު އާލިކް ލޯ ހުޅުވާލީ ފޯނު ރިންގުވާން ފެށުުންނެވެ. ގުޅަނީ ޝާޔަންކަން އެނގުމުން ވަގުތުން ފޯނު ސައިލެންޓަށް ލާފައި ޖީބަށް ލީއިރު މޫނުމަތީގެ ވަރުބަލިކަން ދެގުނަވެފައިވާ ފަދައެވެ. އެއަށްފަހު ގޮނޑީގައި ލެނގިލަމުން އޭނާގެ ނަޒަރު ހުއްޓާލީ ކުރިމަތިން ފެންނަން އިން ހޫރުޕަރީއެއްފަދަ އޭނާގެ ހިތުގެ ރާނީއަށެވެ. ގަދަ އަދި މަޑު ފިޔާތޮށި ކުލައިގެ ސްކާފްގެ ތެރެއިން ފާޅުވާން އިން އޮމާން ދޮން މޫނެކެވެ. މޭކަޕަކާއި ނުލާ ހުންނައިރުވެސް ދެކޯތާފަތް މައްޗަށް އަރާލާފައި މަޑުރަތްކުލައިން މީހަކު އަޖާއިބު ވެގެންދާާހާވެއެވެ. ތިރިކޮށްލާފައިވާ ބޯ އެސްފިޔަތައް ހަރަކާތްކޮށްލާ ގޮތުންވެސް އެރީތި ބޮޑު ދެލޮލުގެ މައުސޫމްކަން އިތުރުވަމުން ދިޔަފަދައެވެ. ކުޑަ ނޭފަތަކާއިއެކު މަޑުރަތްކުލައިގެ ފުޅާ ތުންފަތުގައިވާ އަޖައިބެއްފަދަ ރީތިކަން އާލިކްގެ ޒަޚަމްވެފައިވާ ހިތުގައި ބޭހެއް އަޅާލި ފަދައެވެ. ފޫހިކަމެއްނެތި ވިޝާގެ އެ ލޯބި ލޯބި މޫނަށް ބަލަހައްޓައިގެން އާލިކްއަށް އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އާލިކްގެ ހިތައް ތަދުވި ކަމަކީ އެހުރިހާއިރު ވީއިރު އެންމެ ފަހަރަކުވެސް ވިޝާ އެސްފިޔަތައް އުފުލާލާ އާލިކްއަށް ބަލާނުލުމުންނެވެ. ވިޝާގެ އެ ދުރުކަން އޭނާގެ ހިއްސުތަކާއި ކުޅެލައިފިއެވެ. ނޭނގުމުގެ ތެރެއިން އޭނާގެ ހަށިގަނޑު ތެރޭގައި މުޅިން އެހެން ކަހަލަ އިހުސާސްތަކެއް އުތުރިގެން ދިޔަފަދައެވެ.
ދެން ފެނުނީ އާލިކް ކުއްލިއަކަށް ތެދުވެގެން އައިސް ވިޝާގެ ގޮނޑި ކައިރީގައި ހުއްޓިލިތަނެވެ. އެވަގުތު މިއޮއް ހުރިހާއިރު ހިތްވަރުކޮށްގެން ނުބަލަން އިން ވިޝާއަށްވެސް އާލިކްގެ މޫނަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެމޫނުމަތީގައިވާ ވަރުބަލިކަމާއި، އެލޮލުގައިވާ ރިހުން ވަގުތުން ވިޝާގެ ހިތައް ގޯނާ ކޮށްލިއެވެ. އަވަސް އަވަހަށް ިއސްޖަހާލުމަށްފަހު އާލިކް ބުނާ އެއްޗެއްގެ އިންތިޒާރުގައި މަޑުކޮށްލިއެވެ. އެހެންނަމަވެސް އާލިކް ވާހަކައެއް ނުދައްކައެވެ. އޭނާ ވިޝާގެ ގޮނޑީގެ ދެއަތްގަނޑުގައި އަތް ވިއްދާލަމުން ގުދުވެލިގޮތުން ވިޝާގެ ހިތް ތެޅިގަތްގޮތުން ހީވީ ފުންމާލަފާނެހެންނެވެ. ވަރަށް މަސައްކަތް ކުރުމުންވެސް ވިޝާއަށް ވާހަކައެއް ނުދެއްކުނެވެ. އަތްފައި ފިނިވެ ނޭވާވެސް އަވަސް ވެއްޖެއެވެ. އާލިކް ތޫނު ނަޒަރަކުން ވިސްނުންތެރިކަމާއިއެކު ވިޝާއަށް އަންނަމުންދިޔަ ބަދަލުތަކަށް ބެލިއެވެ. ވިޝާގެ ނުތަނަވަސްވެފައިވާ މޫނަށް އެޅެމުންދިޔަ ރަތްކުލައިން އެމޫނުގެ ރީތިކަން ވަނީ އިތުރެވެ. އާލިކް ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ. ވިޝާ އޭނާއާއި ހަތަރުކަޅި ހަމަކުރަން ބިރުގަންނަނީ ކީއްވެހެއްޔެވެ؟ އެކަމާއި ގުޅިގެން އެއްޗެއް ބުނެލަން އަނގަ ހުޅުވާލި ވަގުތު ވިޝާގެ ފޯނު ވައިބްރޭޓް ވުމުން އޭނާގެ ނަޒަރު ހުއްޓުނީ ފޯނަށެވެ.
“ކާކުގެ މެސެޖެއް؟..” އާލިކް ތެދުވުމަށްފަހު ވިޝާގެ މޭޒުލައިރީ ހުއްޓިލާ ސުވާލުކޮށްލީ އަމުރުވެރި ރާގަކަށެވެ. އޭރުވެސް ވިޝާގެ ތެޅެމުންދިޔަ ހިތައް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ. ފޯނު ބަލާލުމަށްފަހު އާލިކްގެ ސުވާލަށް ޖަވާބު ދިނުމަކާއިނުލާ އޭނާ އުޅުނީ އަވަސް އަވަހަށް ކެބިންއިން ނުކުމެވޭތޯއެވެ. ނަމަވެސް ކުރިއަށް ދެތިން ފިޔަވަޅެއް އެޅުމާއިއެކު ވިޝާއަށް ހުއްޓެން މަޖުބޫރުވީ އާލިކްގެ ބާރުގަދަ އަތުން އޭނާ އަތުގައި ހިފެހެއްުޓުމުންނެވެ.
“ކާކުހޭ މެސެޖް ކުރީ؟..” އާލިކްގެ އަޑުގައިވަނީ ހަރުކަށި ގޮތެކެވެ. އެކަމާއި ވިޝާވެސް ކުޑަކޮށް ހައިރާންވިއެވެ. އޮފީހަށް ވަންތާ ފުރަތަމަކޮޅު އާލިކްގެ ހަރަކާތްތައްހުރި ފާޑަށް މިއަދު ކަންތައްތައް އެހުރީ ކީއްވެގެން ހެއްޔެވެ؟ ހީވަނީ ކަމަކާއި ހިތްހަމަނުޖެހިގެން އުޅޭ ހެންނެވެ. ވިޝާ ޖަވާބެއް ނުދީ އާލިކްގެ މޫނަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އާލިކް ވިޝާގެ ފޯނު އަތުލުމަށްފަހު އަންލޮކް ކޮށްލިއެވެ. ކަންދިމާކުރިގޮތުން ފޯނުގައި ކޯޑެއް އެއްޗެއްވެސް ޖަހާކަށް ނުޖެހުނެވެ.
” އައި މިސް ޔޫ ވިޝޫ..” އާލިކް ޒައިދުގެ މެސެޖް ކިޔާލިއިރުވެސް ވިޝާހުރީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެއާއިއެކު އެމޫނަށް ވެރިވެގެންދިޔަ ނުރުހުމުގެ ކުލަވަރު ރަނގަޅަށް ވިޝާއަށް ފާހަގަވިއެވެ.
“ދެން ދޭންވީނުން ފޯނު..” މިފަހަރު ވާހަކަ ދެއްކީ ވިޝާއެވެ. އާލިކްގެ ހަރަކާތްތައް ހުރިގޮތުން ވިޝާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. އޭނާ އޮފީހަށް އައީވެސް އާލިކްގެ ފަރާތުން މިކަހަލަ ކަންތައްތައް ނުފެންނާނެ ކަމުގެ ޔަގީންކަން އޮވެގެންނެވެ. އެކަމު މިއަދު ކުރިއަށްވުރެވެސް ވިޝާގެ ހިތައް އުނދަގޫވާފަދަ ކަންތައްތައް ކުރަނީއެވެ.
“ޒައިދުއާ ކޮން ގުޅުމެއް އޮންނަނީ؟..” އާލިކް ވިޝާގެ ފޯނު އޭނާގެ އަތަށް ލާދިނުމަށްފަހު ސުވާލުކޮށްލީ ވިޝާގެ ސީދާ ލޮލަށް ބަލަން ހުރެގެންނެވެ. އޭރު އޭނާ ހިފަހައްޓާލާފައި ހުރިލެއް ބާރުކަމުން ވިޝާގެ އަތް ހީވަނީ ބިންދައިގެން ހިނގައިދާނެހެންނެވެ. އާލިކްގެ އެގާތްކަމުގެ ސަބަބުން ވިޝާގެ ހިތް ކިތަންމެ ބާރަށް ތެޅެމުން ދިޔަނަމަވެސް އޭނާ މޫނުމަތިން ދެއްކީ އާދައިގެ ގޮތެކެވެ. އާލިކް ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟އޭނާގެ ހިތައް ބާރު ފޯރުވާފައި އޭނާގެ ކުރިމަތީގައި އެހެން އަންހެން ކުއްޖަކަށް ކައިވެންޏަށް އެހުމަށްފަހު މިހާރު އޭނާގެ ހިތާއި ކުޅެވޭނެ ކަމަށް ހެއްޔެވެ؟ ވިޝާއަކީ އެހާ ބަލިކަށި ކުއްޖެއް ނޫނެވެ.
“ސަރ އާއި ޝާޔަންއާއި އޮންނަ ގުޅުން..”ވިޝާގެ ޖަވާބު ކުރުވެފައި ސާފެވެ. އާލިކްގެ ލޮލަށް ބަލަހައްޓައިގެން ހުރެ އެޖުމްލަ ބުނެލިގޮތުން އާލިކްގެ މޫނުމައްޗަށް ވެރިވެގެންދިޔައީ ފާޑެއްގެ ލަދުވެތިކަމެކެވެ. ކުއްލިއަކަށް އިސްޖަހާލަމުން ވިޝާގެ އަތުން ދޫކޮށްލުމަށްފަހު އޭނާ ވިޝާއަށް ފުރަގަސްދިނެވެ. އެއާއިއެކު ވިޝާ އެތަނުން ނުކުމެގެން ދިޔައީ އާލިކް ހުރިގޮތުން ކަންބޮޑުވެފައި ހުރެގެންނެވެ.
ވިޝާ ނުކުމެގެން ދިއުމާއިއެކު އާލިކް ފަސްއެނބުރި ދޮރާއި ދިމާއަށް ބަލާލިއިރު އެލޮލުން ފެންނަމުންދިޔައީ ހިތާމައިގެ އިންތިހާއެވެ. ވިޝާ އެހެން ބުނެލިގޮތުން އޭނާގެ ހިތައް ނުހަނު އަސަރުކޮށްފިއެވެ. ވިޝާ އެބުނެލީ މާނަފުން ޖުމްލައެކެވެ. އެޖުމްލަ ކިތަންމެ ކުރުނަމަވެސް އޭގެން އެތައް މާނައެއް އާލިކްއަށް ނެގުނެވެ. އާލިކްއަކީ އެހެން މީހެއްގެ ހައްގެއްކަން ވިޝާ ހަނދާން ހުރިކަމެވެ. އާލިކް އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ ވިޝާއަށްވެސް އުޅެވިދާނެކަމެވެ. އާލިކް ޝާޔަންއާއި ގުޅުން އޮތްހާ ހިނދަކު ވިޝާއަކީ އެހެން މީހެއްގެ ހައްގެއްކަމެވެ. އާލިކް ގޮނޑީގަައި އިށީނދެލުމަށްފަހު ލޯ މަރާލިއެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއި، ބޮލުގައި ވާ ގަދަ ރިހުމާއިއެކު އޭނާގެ ހިތައްވެސް އަސަރުކޮށްފައިވަނީ ވަކިވަރަކަށް ނޫނެވެ. ދެން އޭނާ ހަދަންވީ ކިހިނެއް ހެއްޔެވެ؟ މަންމައާއި ބައްޕަ އައުމުން ހުރިހާ ވާހަކައެއް ތެދުތެދައް ކިޔައިދޭންވީ ހެއްޔެވެ؟ އޭރުން ޝާޔަންއަށް ވާނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ނިންމުން އަޑު އިވުމުން ޝާޔަން ބަލިވެއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެކަހަލަ ހާލަތެއްގައި އޭނާގެ އަމިއްލަ ނަފްސު ކުއްވެރިނުކޮށް ހުރެވިދާނެ ހެއްޔެވެ؟ އާލިކް މޫނުގައި އަތް ހިންގާލިއެވެ. ވިސްނާ ވިސްނާ އޭނާގެ ބޯ ހީވަނީ ފަަޅައިގެން ހިނގައިދާނެހެންނެވެ. ހައިރާންވާން ޖެހޭ ކަމަކީ އެވަރަށް ވިސްނާ ފިކުރު ކުރާއިރުވެސް ވިޝާ ނޫން އެހެން ކުއްޖަކާއިއެކު އުޅުމަށް އޭނާގެ ބަސްނާހާ ހިތް އެއްބަސް ނުވާތީއެވެ.
ވިޝާ އެނބުރި ކެބިންގެ ތެރެއަށް އައި އިރު އާލިކް އެތަނުން ނުކުންނަނީއެވެ. ދޮރުކައިރިން ދެމީހުން ބައްދަލުވީގޮތުން ނުހަނު ގާތުން އެކަކު އަނެކަކުގެ މޫނު ފެނި ހިނދުކޮޅެއްގައި އެގޮތުގައި ތިބެވުނެވެ. އާލިކްގެ މޫނުގައިވާ އިންތިހާ ދަރަޖައިގެ މޮޅިވެރިކަން އެވަގުތުކޮޅުވެސް ވިޝާގެ ހިތުގައި އެތައް ސުވާލެއް އުފެއްދިއެވެ. ލަސްލަހުން ކެބިންގެ ތެރެއަށް ވަންއިރުވެސް އާލިކް ބަލަހައްޓައިގެން ހުރިގޮތުން އެތައް ފަހަރަކު ވެގެން އުޅޭގޮތް އަހާލަން ހިތައް އެރި ނަމަވެސް އޭނާއަށް އެހިތްވަރެއް ނުލިބުނެވެ. އާލިކް އެތަނުން ދިއުމުން ވިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލާތޯ އާލިކް މިފަހަރު އިޚްތިޔާރުކުރީ އެންމެ ފުރިހަމަ ގޮތެވެ. މެންދުރު ނަމާދަށް ބަންގި ގޮވުމުން މިސްކިތައް އެރުމަށްފަހު ނަމާދުކޮށްލައިގެން އޭނާގެ ހިތައް ހަމަޖެހުން ލިބޭތޯ ދުޢާ ކުރުމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ. އެދުވަހު އޭނާ އަޒުމް ކަނޑައެޅީ އެއަށްފަހު ދުވަހަކަވެސް ނަމާދަށް ފަރުވާކުޑަ ނުކުރުމަށެވެ. އޭނާގެ ދިރިއުޅުމުގައި ވާހާ ނުތަނަވަސްކަމަކީ އޭނާގެ އަޤީދާގެ ބަލިކަށިކަން ކަމުގައި އޭނާގެ ސިކުނޑިއަށް ވިސްނުނީ އަޖައިބެއްފަދަ ގޮތަކަށެވެ. ދެގަޑިއެއްހާއިރު މިސްކިތުގައި ހޭދަކުރުމަށްފަހު ނުކުތްއިރު އާލިކްގެ ބޮލާއި ސިކުނޑިއަށް އެތައް ތަނެއް ލުއިވެފައިވާ ފަދައެވެ. ލުއި ހިނިތުންވުމަކާއިއެކު މަންމަމެން ބަލާ އެއަރޕޯޓަށް ދާން މިސްރާބު ޖެހިއިރު އޭނާގެ ހިތުގައި އަނެއްކާވެސް ކޮންމެވެސް ވަރަެއްގެ އުންމީދެއް އާވެއްޖެއެވެ.
އާލިކް ހުޅުލޭއަށް ދިޔައިރު ޝާޔަންވެސް އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ފަރިވެލައިގެން އުފާވެރި ހިނިތުންވުމެއްގައި ހުރި ޝާޔަން އާލިކް ފެނުމާއިއެކު ދުވެލާފައި ގޮސް އަތުގައި ހިފަހައްޓާލިގޮތުން އާލިކްގެ ކޯކަށިގަނޑަށް ގުޑުމެއް އަރާލިއެވެ. އެމީހުން ހުޅުލެއަށް ދިޔަތާ މާގިނަ އިރުތަކެއް ނުވެ ޝާހީންގެ ދެމަފިރިން އަތުވެއްޖެއެވެ. އެތައް ދުވަހަކަށްފަހު މައިންބަފައިން ފެނުމުން އާލިކްގެ ހިިތައް ލިބުނު އުފާވެރިކަމާއިއެކު އެމީހުން ގާތަށް ދާން ހިނގައިގަތް ވަގުތު އޭނާގެ ކުރިން ޝާޔަން ދުވެލާފައި ގޮސް އިހުސާނާގެ ގައިގައި ބައްދާލިއެވެ. “ދެއްކުންތެރިކަމުގެ އިންތިހާ..!!” އާލިކް ހިތާއި ހިތުން ބުނެލިއެވެ.
“ބައްޕާ.. މަންމާ..” އާލިކް ދިޔަ ގޮތަށް އޭނާގެ ބައްޕައާއި މަންމަގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ހާލު އޮޅުންފިލުވިއެވެ. އާލިކް އެމީހުން ފެނިގެން އުފާވެލާފައި ހުރިނަމަވެސް އެދެމަފިރިންގެ މޫނުމަތިން ގިނަ ދުވަސްތަކަކަށްފަހު ހުރި ހަމައެކަނި ދަރިފުޅު ފެނިގެން ފެންނަންޖެހޭ އުފާވެރިކަމެއް ނުފެނެއެވެ. އިހުސާނާވެސް ހިނިތުންވެލާފައި ޝާޔަންއާއި ވާހަކަ ދައްކަމުން ދިޔައިރު އެންމެ ކުޑަ މިނުން އާލިކްގެ ހާލުވެސް އަހާނުލިއެވެ. އެމީހުންގެ އެ އާދައިގެ ހަރަކާތްތައް އާލިކްގެ ހިތައް ގޯނާ ކުރިނަމަވެސް މޫނުމަތިން އޭނާ ދެއްކީ ހަމަޖެހޭ ގޮތްގަނޑެވެ.
“ޝާޔާގެ ބައްޕައަށ ް އާދެވޭނީ މާދަން ނޫނީ އަނެއް ދުވަހުން.. މިހާރު ދަރިފުޅުމެން ހުރިހާ ކަމެއް ރެޑީ ކުރީތަ؟..” ގެއަށް ދިއުމުގެ މަގުމަތީގައި ޝާހީން އެކި އެކި ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ބައްޕަގެ ސުވާލުތަކަށް ޖަވާބުދެމުން ދިޔަ އާލިކް ވިސްނަމުން ދިޔައީ އޭނާގެ ހިތުގެ އަޑު ބައްޕައަށް އިއްވާނެ ގޮތަކާއި މެދުގައެވެ.
އާލިކް އޭނާގެ މަންމައާއި ބައްޕަ އައުމުން ޖެހިގެން އޮތް ދެދުވަހުވެސް އޮފީހަށް ނުގޮސް އެމީހުންނާއިއެކުގައި ވަގުތު ހޭދަކުރިއެވެ. އޮފީހުގެ ކަންތައްތައް ވިޝާއާއި ހަވާލުކުރުމަށްފަހު ގިނަވަގުތު މަންމަމެން ގާތުގައި ހޭދަކުރިޔަސް ދެދުވަސް ވީއިރުވެސް އޭނާ ބޭނުންވާފަދަ ފުރުސަތެއް ނުލިބެއެވެ. ހަގީގަތުގައި އެމީހުން އައި ދުވަހުން ފެށިގެން ޝާޔަންވެސް ގިނަ ވަގުތު އެގޭގައި ހޭދަކުރާތީ އާލިކްއަށް ފުރުސަތު ނުލިބެނީއެވެ. އެދުވަހުވެސް ހެނދުނު އައި ގޮތަށް މެންދުރު ވީއިރުވެސް ޝާޔަން ގެއަށް ދާފަދަ ޚިޔާލެއްވެސް ނުކުރެއެވެ. އެކަމާއި އާލިކް ރުޅިގަދަވީ ނަމަވެސް އެއްޗެއް ނުބުނީ ބައްޕަމެން ކުރިމަތީގައި އޭނާއަށް ކުރި ނުލިބޭނެކަން ޔަގީންވާތީއެވެ.
“އާލް މަންމާ.. މިއަދު ހަވީރު ޝާޔާގެ ބައްޕަ ބަލާ ދާނަންތަ؟..” ޝާޔަން ވާހަކަ ދެއްކީ ސޯފާގައި ޓީވީ ބަލަން އިން އިހުސާނާއާއިއެވެ. އޭރު ޝާހީން ބެލްކަނީގައި ފޯނެއްގައި ހުރިއިރު އާލިކް އުޅެނީ ކޮފީއެއް ހަދާށެވެ. ޝާޔަން ދެފައި ވަށްކޮށްލައިގެން ޅަގޮތަކަށް ސޯފާގައި އިނދެ ވާހަކަދައްކާތަން ފެނުމުންވެސް އާލިކްއަށް ހުރެވުނީ ފާޑަކަށް މޫޑް ގޯސްވެފައެވެ. ކައިވެނި ކުރެވެން ތިން ދުވަހަށް ވީއިރުވެސް އޭނާއަށް ބައްޕަމެންނާއި ވާހަކަ ނުދެއްކިގެން މިއުޅެނީ ޝާޔަން ތުއި ދައްކާ ވަރުންނެވެ. ދެދަތްޕިލަ ޖައްސާލައިގެން ހުރެ ކޮފީއެއް ހަދަމުން ދިޔައިރު ހިތުގައިވާ ރުޅިވެރިކަން އޭނާގެ ހަރަކާތްތަކުން ފެންނަން ހުއްޓެވެ. އެއްޗެހި ބަހައްޓާލެއް ބާރުވެފައި އަޑުގަދަކަމުން އިހުސާނާއަށްވެސް އެކަން ފާހަގަ ވެގެން ބަލާލިއެވެ.
“އާނ.. އެންމެންވެސް ދާނެއެއްނު ޝާޔާ ބައްޕަ ބަލާ..” ޝާޔަންގެ ސުވާލަށް ޖަވާބު ދިނީ ސޯފާގައި އިށީނދެލި ޝާހީންނއެވެ. އެވަގުތު ޝާޔަން ތއި ގޮތަކަށް ހީނލުމުންވެސް ޝާހީންވެސް ހިނިތުންވެލާފައި އިހުސާނާއަށް ބަލާލިއެވެ. ޝާޔަންގެ ބައްޕަ ފަޔާޒް އަންނަން ހަމަޖެހިފައި އޮތީ ހަވީރުގެ ވަގުތުކަމުން 4.30 ވީއިރު އެންމެންވެސް އެއަރޕޯޓަށް ދާން ތައްޔާރުވެއްޖެއެވެ.
“ޝާޔަން..!! އަވަސްކޮށްބަލަ..” ޝާހީންއާއި އިހުސާނާ މަގުމަތީގައި މަޑުކޮށްލައިގެން ހުރިއިރު އާލިކް ހުރީ އެޕާޓްމެންޓް ދޮރުކައިރީގައެވެ. ޝާޔަން ނުކުމެފައި އަނެއްކާވެސް ކޮންމެވެސް އެއްޗެއް ބަލާ ވަނުމުން އޭނާ ހުރީ ރުޅިގަދަވެފައެވެ.
“ހާދަ ރުޅި ގަދަވީ..” ޝާޔަން ދަބަސް ކޮނޑުގައި އަޅުވާލައިގެން ދޮރުމައްޗައް އެރުމަށްފަހު އާލިކްއަށް މޫނުކުނިކޮށްލީ ހިތްހަމަ ނުޖެހިގެންނެވެ. އޭނާގެ އެހަރަކާތަށް ބެލުމެއްނެތި އާލިކް ދޮރު ލައްޕާލުމަށްފަހު ތަޅުލަން އުޅުމުން ޝާޔަންވެސް ތުން އަނބުރާލަމުނުް ގޮސް މަގުމައްޗަށް ވާގޮތަށް ތިރިއަށް ދާން ހުންނަ ސިޑީގައިފައި އަޅާލިއެވެ.
“މަންމާ…..!!!!!” ކުއްލިއަކަށް އާލިކް ސިއްސައިގެން ދިޔައީ ޝާޔަންގެ ތޫލި ހަޅޭކުގެ އަޑަށެވެ. އާލިކް ސހިފައި ސިޑިއާއި ދިމާއަށް ބަލާލިއިރު ޝާޔަން ސިޑިން ވެއްޓިއްޖެއެވެ.
“އެެހެންވާނެ.. އަރަން ވަނީ 5 ސްޓޯރީ ހީލް ހުންނަ ފައިވާނަށް..” ކަންބޮޑުވެފައި ހުރެގެން ސިޑިއާއި ދިމާއަށް ދަމުންވެސް އާލިކްގެ ދުލުން ބޭރުވީ ހިތްހަމަނުޖެހުމުގެ ޖުމްލައެކެވެ.
“ޝާޔަންން..” އާލިކްއަށް ސިޑިކައިރީގައި ގުޅައަކަށް ވެއްޓިފައި އޮތް ޝާޔަންގެ ގާތަށް ދެވުނުއިރު ޝާހީންއާއި އިހުސާނާވެސް އޭނާގެ ހަޅޭކުގެ އަޑަށް އައިސްފިއެވެ. އޭރު ވެއްޓިފައި އޮތް ޝާޔަންގެ ނިތްކުރިމަތިން ފަޅައިގެން ދިޔަތަނުން ލޭ އަންނަން ފަށައިފިއެވެ. އައްދިއްޔޯއޭ ކިޔާ ރޮވެމުން ދިޔައިރު އޭނާގެ ބޮލަށް އެނބުރުން އެރިވަރުން ހެޔަށް ގޮތްވާންވެސް މާގިނަ އިރުތަކެއް ނުވެއެވެ. އެމަންޒަރު ފެނުމުން އާލިކްވެސް ހާސްވެއްޖެއެވެ. ޝާހީންއާއި އިހުސާނާއާއި ތިންމީހުން ވެގެން ލަސްތަކެއް ނުކޮށް ޝާޔަން ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އާލިކްގެ ކާރުގައެވެ.
ޝާޔަން ހޮސްޕިޓަަލަށް ގެންދިއުމަށްފަހު އޭނާ އެނދުމަތި ހުރީ ބޮލަށް ލިބުނު ގެއްލުމުގެ އިތުރުން ކަނާތު ފައިގެ ކަށިގަނޑުގައި ރެނދުލާފައި ހުރުމުންނެވެ. ފުރާނައަށް ގެއްލުންވާފަދަ ގެއްލުމެއް ނުލިބުނު ކަމުގައިވިޔަސް ހެއަށް ގޮތްވުމުންނާއި ފައިގައި ޕްލާސްޓަރު އަޅާތީ ޑޮކްޓަރު ބޭނުންވީ އެއްދުވަސްވަރު އޮބްޒަރވޭޝަންގައި ބޭއްވުމަށެވެ. ގަޑިއެއްހާ އިރުފަހުން ފަޔާޒް ރާއްޖެ އައިސް އާލިކްމެންގެ ޚަބަރެއް ނުވުމުން އެމީހުންނާއި ގުޅުމުން ކަންތައް ވެގެން އުޅޭގޮތް ކިޔައިދިނީ ޝާހީންއެވެ.
އިރު އޮއްސުނުއިރު ފަޔާޒްއާއި ޝާޔަންގެ ދައްތަ ޝާނީވެސް ތިބީ ހޮސްޕިޓަލްގައެވެ. ޝާޔަންއަށް ބައްޕަ ފެނުމުން ނުހަނު އުފާވެލާފައި އޮތްނަމަވެސް އޭނާގެ ބޮލަށް އެނބުރުން އަރާތީ މާބޮޑަށް އެކަން ފާހަގައެއް ނުކުރެވުނެވެ.
” ފަޔާޒްް ދާންވީނުން ގެއަށް.. ވަރަށް ވަރުބަލި ވެފައެއްނު ތިހުރީވެސް..އަހަރެމެން ޝާޔަން ބަލާނަމޭ..” ދަތުރުގެ ވަރުބަލިކަމާއިއެކު ކަންބޮޑުވެފައި ހުރި ފަޔާޒްއާއި ވާހަކަ ދެއްކީ އިހުސާނާއެވެ. އެވަގުތު ފަޔާޒްވެސް އަރާމުކޮށްލަން ބޭނުންވެފައި ހުރިވަރުން ތަންކޮޅެއް ދަންކޮށްލާފައި އަންނާނަމޭ ބުނެ ޝާނީ ގޮވައިގެން ދިޔައީއެވެ.
ގަޑިން މެންދަމު 1 ޖެހިއިރު ޑޮކްޓަރ ނިޔާފް ގޮވާލެއްވުމުން އޭނާއާއި ވާހަކަދައްކަން ދިޔައީ އާލިކްއެވެ.
“ކަމެއް ގޯސްވީތޯ؟..” އާލިކް ކުޑަކޮށް ހާސްވެފައި އަހާލިއެވެ.
“ނޫނޭ.. މިހާރު ޕޭޝަންޓް އޮބްޒަރވޭޝަންގައި އޮތީމަ އިންޓާނަލް ޗެކްއަޕް އެއް ހަދާލީ.. އަސްލު ހޭނެތޭ ގޮތް ދިމާވީމަ.. އެކަމަކު އިންޝާ ﷲ.. އެއްވެސް މައްސަލައެއް ނޫޅޭ.. ފްރެކްޗަރ ނެތްނަމަ ޝީ އިޒް ޕާފެޓްލީ އޯލް ރައިޓް..” ޑރ.ނިޔާފް ހިނިތުންވެލަމުން އާލިކްގެ ކޮނޑުގައި ޖަހާލިއެވެ. އެވަގުތު ހިނިތުންވެލާފައިވެސް އާލިކްގެ މޫނުމައްޗަށް ސުވާލުމާކުތަކެއް ވެރިވެގެން ދިޔައެވެ.
“ޑޮކްޓަރ.. މީ.. ޝާޔަންއަކީ ހާރޓް ޕޭޝަންޓެއް..” އާލިކް ވިސްނުންތެރިކަމާއިއެކު ނިޔާފްއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އެވަގުތު ނިޔާފްގެ މޫނަށް ވެރިވެގެންދިޔަ ރޫތައްވެސް އޭނާއަށް ރަނގަޅަށް ފާހަގަވިއެވެ.
“ވަޓްް.. އެކަމު.. އޯކޭ އައިލް ސީ..” ކުއްލިއަކަށް ޑރ.ނިޔާފް ސިސްޓަރ އޭ ކިޔާފައި އެތެރެއަށް ވަދެގެން ދިޔައީ ހަލުވިކަންމަތީގައެވެ. އޭރު އާލިކްގެ ފަހަތުން ޝާހީންވެސް ސުވާލުން ފުރިފައި އެދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން ފަޔާޒް ހޮސްޕިޓަލަށް އައުމަށްފަހު ޝާހީންމެން ގާތުގައި ގެއަށް ދިއުމަށް އެދުނެވެ. އެހެންނަމަވެސް ޑޮކްޓަރުގެ ޚަބަރެއް ނުވަނީސް ނުދަން ނިންމައިިގެން ހުރި ޝާހީން ވިސްނުންތެރިކަމާއިއެކު އާލިކްއަށް ބަލާލުމަށްފަހު ފަޔާޒްއަށް ދެކޮޅު ހެދީ އޭނާ އަދި މަޑުކޮށްލާނީއޭ ބުނަމުންނެވެ. ޝާހީން ގެއަށްދާ ޚިޔާލު ނުކުރުުމުން އިހުސާނާވެސް މަޑުކުރީ އެމީހުންނާއި އެކުގައި ދިއުމަށެވެ. އޭރު ޝާހީންއެކޭ އެއަފަދައިން އާލިކްގެ ސިކުނޑި ތެރޭގައިވެސް އެނބުރެމުންދިޔައީ ޑޮކްޓަރ ނިޔާފްގެ މޫނުން ފެނުނު ކުލަވަރެވެ. ކޮންމެވެސް ސަބަބަކާއިހުރެ ޝާހީންއަށްވެސް ކަމެއް ގޯސްވެއްޖެކަމުގައި ހީކުރެވުނީ ބޭއިޚްތިޔާރުގައެވެ.
“ފަޔާޒް.. ޝާޔަންގެ ހިތުގެ މައްސަލަ ހުންނަކަން އެނގުނީ ކޮންއިރަކު..” ފަތިސް ނަމާދު ބަންގި ގޮވުމުން އާލިކް ނަމާދު ކުރަން ދިޔަ ގަޑީގައި ޝާހީން ފަޔާޒްއާއި ވާހަކަދެއްކީ ވިސްނުންތެރިކަމާއިއެކުއެވެ. އޭނާގެ އެސުވާލާއިއެކު ފަޔާޒްގެ މޫނުމައްޗަށް ބަދަލެއް އައި ނަމަވެސް އޭނާގެ ހިތުގައި މާބޮޑު ހާސްްކަމެއް ނުއުފެދެއެވެ. ޝާޔަން ބަލިވެ އޮތީމާ ޝާހީން އެކަމާއިމެދު ވިސްނާލީ ކަމުގައި އޭނާއަށް ގަބޫލުކުރެވުނީއެވެ.
“ޝާޔަން ވަރަށްކުޑައިރު.. ޑޮކްޓަރުން އިރުޝާދު ދެއްވާފައި އޮތްގޮތުން އޭނާ މާބޮޑަށް ދެރަވަންޏާ ބަލިބޮޑުވާނެ..” ފަޔާޒްގެ އަޑުގައި ހުރީ އާދައިގެ ގޮތެކެވެ. އޭރު އޭނާގެ ޖަވާބު ކަނުލާ އަޑު އަހަން އިން ޝާހީންގެ މޫނުމަތީގައިވާ ރޫތައް ދިޔައީ އިތުރުވަމުންނެވެ.
“އެގްޒެކްޓްލީ ކޮން މައްސަލައެއް ހުންނަނީ؟.. ހާޓް ޕޭޝަންޓުންނަށްވެސް އެކި ކަހަލަ ޓްރީޓްމެންޓް ހުރެއެއްނުން.. ސާޖަރީ ވެސް ހެދެއެއްނުން.. ދެން ތަނަވަސްކޮށް އުޅޭއިރު އެކަމާ ނުވިސްނަންތަ؟..”މިފަހަރު ޝާހީންގެ ސުވާލު އަމާޒުވީގޮތުން ފަޔާޒްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭރު ޝާހީންގެ ގާތުގައި އިން އިހުސާނާވެސް ޝައުގުވެރިކަމާއިއެކު ފަޔާޒްގެ ޖަވާބެއްގެ އިންތިޒރުގައި އިނެވެ. ކުޑަކޮށް ގޮނޑީގައި ހަމަޖެހިލާފައި އެއްޗެކޭ ބުނަން އުޅުނު ވަގުތު އާލިކް ކާ އެއްޗެހި ހިފައިގެން އައުމުން އެވަގުތަށް އެވާހަކަ މަޑުޖެހުނެވެ.
ޑރ. ނިޔާފް ޝާޔަން ބާއްވާފައި އޮތް ޕްރައިވެޓް ކޮޓަރިއަށް އައީ އެމީހުން ހެނދުނުގެ ނާސްތާ ކުރުމުގައި އުޅެނިކޮށެވެ. އޭރު ޝާޔަންވެސް ހޭލައިގެން އާލިކް ގެނައި ޖޫސް ޕެކެޓް ބޯން އެނދުގެ ފަޑީގައި ބޯ ޖައްސާލައިގެން އިނެވެ. ޑޮކްޓަރ ފެނުމާއިއެކު އާލިކް ކޮޅަށް ތެދުވެ އޭނާއާއި ސަލާމްކޮށްލިއެވެ. އެވަގުތު ޑރ. ނިޔާފްގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން ނުތަނަވަސްކަން ވެރިވެފައިވަނީ ޝާހީންއާއި އާލިކްގެ ހިތަށެވެ. ފަޔާޒްއާއި ޝާޔަން އަދި އިހުސާނާ ތިބީ ހަމަޖެހިލައިގެންނެވެ.
“އޭމް ސޮރީ ޓު އާސްކް.. އެކަމު ޝާޔަންގެ ހިތުގެ ބަލި ހުންނަ ކަމުގައި ވިދާޅުވީ ކީއްވެތޯ؟..” ނިޔާފްގެ ސުވާލު އަމާޒުވީ އާލިކްއަށެވެ. އެވަގުތު ގޮނޑީގައި އިށީނދެއިން ފަޔާޒް ސިހިފައި ތެދުވިއިރު އެނދުމަތީ އިން ޝާޔަންވެސް ދެލޯ ބޮޑުކޮށްލައިގެން ޑޮކްޓަރުގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ރޭގައި މާ ކުއްލިއަކަށް ހަދަން ޖެހުނު ޓެސްޓަކީ އެއީ ހެއްޔެވެ؟ ޝާޔަންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ނިޔާފްގެ ސުވާލާއިއެކު ފަޔާޒްއަށް ވީގޮތް ފެނުމުން އާލިކް ސުވާލާއި ޝައްކުގެ ނަޒަރަކުން އޭނާގެ ބައްޕަގެ މޫނަށް ބަލާލިއިރު ޝާހީންގެ މޫނަށްވެސް ވެފައިވަނީ އެެފަދަ ގޮތެކެވެ.
” ޔެސް.. ޝީ އިޒް…” “ތިބޭފުޅާ އެހެން ވިދާޅުވުމުން ޕޭޝަންޓްގެ ހިތުގެ ޓެސްޓް ހަދައިފިން.. އަޅުގަނޑުމެންގެ ކާޑިއޮލޮޖިސްޓް ޑރ.ޝާހީވެސް ޓެސްޓްތައް ޗެކް ކުރެއްވި.. އެއްވެސް މައްސަލައެއް ނެތް.. އަދި ކުރީގައިވެސް އެކަހަލަ ކަމެއް ހުރިކަމަށް އެއްގޮތަކަށްވެސް އެނގޭކަށް ނެތް.. ހަރ ސާކިއުލޭޓްރީ ސިސްޓަމް އިޒް ހެލްދީ އެންޑް ފިޓް..” ނިޔާފްގެ މޫނުމަތީގައި ހިނިތުންވުމެއް ހުރިނަމަވެސް އޭނާގެ އަޑުގައިވެސް ނުތަނަވަސްކަމެއް ހުރީ ކަމެއް ގޯސްވެއްޖެހެން ހީވުމުންނެވެ. ޑޮކްޓަރުގެ އެޖުމްލައަށް އާލިކްގެ އަތްތިލަ ލައްޕާލަމުން އޭނާގެ ބައްޕައާއި ދިމާއަށް ބަލާލިއިރު ޝާހީންގެ އަލި މޫނުވެސް ހުރީ ރަތްކުލަ އަރާލާފައެވެ. އޭނާ ދަތްކުނޑި ވިކާލަމުން ފަޔާޒްއާއި ދިމާއަށް އެނބުރުނުއިރު ފަޔާޒް ޝާޔަންގެ ކޮނޑުގައި ހިފަހައްޓާލައިގެން އެނދުކައިރީގައި ކަންތައްބޮޑުވެފައި ހުއްޓެވެ.
ނުނިމޭ
13 Comments!
Comments are closed.
heheheh so dhogu hedhy dhw these ppl
Wow…!!! beautiful… 🙂
Shayan hus dhogu dhw hedhy.
Beautiful
hehe
dhogu hadhaa myhunanh landu libeyny 😛
shaayan ah bolheh
beautiful story
🙂
.Wow varah nice mi prt ves… waitng 4the nxt prt♥♥
.Wow varah nice mi prt ves… waitng 4the nxt prt♥♥
wow….v salhi..dhogu hadhaigen marry kuran ulhunema v goi ae…waiting for next part….
3>
vvvv reeeeeeeeethi mibaives…. laya kyhvetha ehves comenta akah reply nukurany
layaa haadha laheyy vaahaka genesdheyele…thankohe avaha vaahaka genesdhybaa ……..anywayss mi bai ves vvvv rythii <3
mihisaabah araamagu gaves dhn mi nimuny kanneyge
Mee kurin araamaguu varah aka site ga liyunu vaahakaeh 18 vana bayaahamain huttaalaafaothy mifaharu ehen nuvaane kamah heekuran
vvvvvvvvvvvvvvvvvvvvvvvvvv nice!!!!!!!!! <3
waiting 4 nxt part