” އަހަރެންވެސް….. ޔާނާ ބޭނުން……………. ” ފަހުދަށް ބުނެވުނެވެ. އޭނާއަށް އެތާ މަޑުކުރާނެ ހިތްވަރެއް ނުލިބުނެވެ، އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ. ޔާނާ ރޮމުން ރޮމުން ސައިމަންގެ މޭގައި ލައްވިއެވެ. ” ލޯބި… ދެން ނުރޮއި.. ހިނގާ ކޮޓަރިއަށް.. ފްރެޝްވެގެން ދާން ހިނގާ… ” ސައިމަން ޔާނާގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ލޯމައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅުތައް އެއްފަރާތްކޮއްލަމުން ނިތްކުރީގައި ބޮސްދިނެވެ. ” އޭނަ ކީއްކުރަން އަނެއްކާ އަހަރެންގެ ދިރިއުޅުން ހަލާކުކުރަން އެއައީ؟ ” ޔާނާ ސައިމަންގާތު […]
މަޑުމަޑުން އިސް ޖަހާލުމަށްފަހު ލިމްނާ ސިޓީއުރަ ނަގާ އޭގެތެރޭގައި އޮތް ކާޑު ނަގާ ހުޅުވާލިއެވެ. އެވަގުތު އޭނާގެ މައުސޫމް ދެލޯ ބޮޑުވެ ކުރިމަތީގައި ހުރި ޝާންއާއި ދިމާއަށް ބަލާލީ ހައިރާންކަމުން ފުރިގެންވާފަދަ ގޮތަކަށެވެ. އުންމީދުވެސް ނުކޮށް ހުއްޓާ އެކަހަލަ ޚަބަރެއް ލިބުމުން ލިމްނާއަށް ހުރެވުނީ ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގިފައެވެ. ދުނިޔޭގައި ކަންތައްތައް ބަދަލުވެގެންދަނީ ކިހާ އަވަހަކަށް ހެއްޔެވެ؟ “ޝާން މެ.. މެރީ ކުރަނީތަ؟..” ލިމްނާއަށް ވާހަކަދެއްކުނީ ހައިރާންކަމާއިއެކުއެވެ. އެވަގުތު އެމޫނަށް ވެފައި ހުރިގޮތް ފެނުމުން ޝާންގެ […]
” ތިވަރު ބޮޑުކަމެއް ހަނދާން ނެތުނީ؟ ތިވަރު ބޮޑުކަމެއް ނުބުނެ ހުރެވުނު؟ ” އެއަޑަށް ޔާނާ އިސްނަގާ ސައިމަން ގާތަށް ދިޔައެވެ. ސައިމަންގެ އެއް އަތުގައި ހިފާ އޭނާގެ އަތުތެރެއަށް ލުމަށްފަހު އަތަށް ބޮސްދިނެވެ. ސައިމަން ހުރީ ޔާނާގެ މޫނަށް ބަލާށެވެ. ” އަހަރެން ދޮގެއް ނުހަދަން… އަހަންނަށް އުފަލެއް ލިބުމުން އުފާތައްމަތީ ދެމިހުރުމަށް ބޭނުންވިލެއް ބޮޑުކަމުން އެއްވެސް ހިތާމައަކަށް ޖާގަ ނުދެވުނީ…. ” ޔާނާގެ އަތުގެ ތެރެއިން ސައިމަން އަތް ދަމައިގަތެވެ. އޭރު އޭނާގެ ލޮލުން […]
މީކާއިލް މުޅި ދުވަސް ދިޔައީ އުނދަގުލެއްގައެވެ. ޒިމްނާއަށް ވީ ގޮތެއް ނުބަލާލެވުނީމައެވެ. އަހަރެންގެ މައްސަލައެއް ކަންނޭނގެއެވެ. އޭގެ އިތުރުން އަންނަން އޮތް އަހަރީ ދުވަހަށް ތައްޔާރު ވުމުގެ ކަންތައްތަކެވެ. އަހަރެން ފުން ނޭވާއެއް ލީމެވެ. ޒިމްނާ އަދިވެސް ހުރީ ލޯ ބޮޑުވެފައެވެ. އަހަރެންނަށްވެސް އަދިވެސް އޭނާގެ މޫނުން ދެލޯ ދުރު ނުކުރެވެއެވެ. ނަމަވެސް އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކަރު ކެހިލި އަޑާށެވެ. ފުރަތަމަ ފަހަރަށް ޒިމްނާ ފިޔަވާ އެހެން މީހަކު ހުރިކަން އެނގުނެވެ. “މަންމަ […]
އެގޮތަށް އެތައް އިރަކު ހުރުމަށްފަހު ފެރީއަށް އެރުމަށް އޭނާ ހިނގައިގަތެވެ، ފޯން ރިންގް ވުމުން ބަލާލި އިރު ލިޔުޝާއެވެ. ބިޒީކޮއްލުމަށްފަހު ބޭގަށް ފޯންލިއެވެ. ދެލޮލުން ކަރުނަތައް ފުހެމުން އޭނާ އަނެއްކާވެސް ހިނގައިގަތެވެ. ހިނގައިގަތް ވަގުތު ފަހަތުން ސައިމަން އޭނާގެ އަތުގައި ހިފިއެވެ. ޔާނާ އެނބުރިބަލާނުލާ މަޑުކުރިއެވެ. ދެލޯމަރާ ފިއްތާލިވަގުތު އަނެއްކާވެސް އޭނާއަށް ރޮވުނެވެ. ” އައި ލަވް ޔޫ ” އެ އަޑާއި އެކު ޔާނާ އެނބުރުނެވެ. ކުރިމަތީގައި ހުރީ އޭނާގެ ސައިމަންއެވެ. ބާރަށް ރޮވެން އުޅުމުން […]
އާލިކްގެ ހޫނު ނޭވާތައް މާގާތްވުމުން އޭނާ ހިތްވަރުކޮށްފައި ލޯހުޅުވާލަން ހިތައްއެރި ވަގުތު އާލިކް ކޮށްލިކަމަކުން ވިޝާގެ ހިތް އުދުއްސައިގެން ދިޔަފަދައެވެ. ގަދަކަމުން ލަމުންދިޔަ ނޭވާވެސް ކަރުތެރޭގައި ތާށިވިއެވެ. ސިކުނޑި ކިތަންމެ ދެކޮޅު ހެދިޔަސް އާލިކްގެ ޓީޝާޓުގައި ހިފަހައްޓާލަމުން އެއަމަލުގައި އޭނާއަށް ބައިވެރިވެވުނީ ހިތް އޭނާގެ މައްޗަށް ގަދަވެގަތުމުންނެވެ. ކޮންމެ ގޮތެއްވިޔަސް އޭނާގެ ހިތައް ބުނެދޭން ނޭނގޭފަދަ ހަމަޖެހުމެއް ލިބިގެންދިޔައެވެ. އާލިކް ވިޝާގެ މޫނުން ދޫކޮށްލީ ދެމީހުންވެސް ނޭވާ ހުސްވާހާ ވަރުވުމުންނެވެ. އޭރު ވިޝާގެ މޫނާއި ތުންފަތް ރަތްކަމުން […]
މިރާންގެ އަޑުކަރުތެރޭ ތާށިވެގެންދިޔައީ ތާރާގެ ރީތި އަޑުން މިއުޒިކާއި އެއްވަރަށް ކިޔަންފެށިލަވައިންނެވެ. ރެއިލިންގައި އަތްއަޅުވާލަމުން މިރާން ރަގަޅަށް ހަމަޖެހިލިއެވެ. ހާދަ އަސަރުގަދަ ލަވައެކެވެ. އެލަވައިގެ ކޮންމެ ލަފްޒެއްވެސް މިރާންގެ ހިތުގައި ބިންވަޅުނެގެމުންދިޔައެވެ. “އެރޭ ހާދަ ރުއިމޭ ހަނދާންވޭ އެމަންޒަރު […]
ހަރީރާ އެހެން ބުނުމުން އިމްރާން ވަފާ އާއި ވާހަކަ ދައްކާލާ ހިތްވިއެވެ. ޔަޝްމީދެކެ ވެވުނު ލޯބި ވަފާ ދެކެ ވާން ބޭނުންވިއެވެ. ލިބުމެއް ނެތް ލޯތްބަކަށް އިންތިޒާރު ކުރުމަށްވުރެން ، ނިވެމުންދާ ބޮކި ދިއްލޭތޯ ބެލުމަށްވުރެން ފެހި ސިގްނަލް ދިއްލާލި ބޮތްކާއި ދިމާއަށް ދަތުރުކުރުން މާ މުހިއްމެވެ. ޔަޝްމީގެ މަސައްކަތްތައް ކިތަންމެ ހާވެސް ރަނގަޅެވެ. އޭނާގެ ހިތްވަރުން ޕްރޮޑިއުސަރުންވެސް ތިބެނީ ވަރަށް އުފަލުންނެވެ. އެމީހުންގެ ސްޓޫޑިއޯއަށް ފައިދާ ވާނެތީވެއެވެ. ޔަޝްމީ އާއި ޖިޔާ އޮލަ ވާހަކައެއްގައި ތިއްބާ […]
ޑޮކްޓަރުގެ އެޖުމްލައަށް އާލިކްގެ އަތްތިލަ ލައްޕާލަމުން އޭނާގެ ބައްޕައާއި ދިމާއަށް ބަލާލިއިރު ޝާހީންގެ އަލި މޫނުވެސް ހުރީ ރަތްކުލަ އަރާލާފައެވެ. އޭނާ ދަތްކުނޑި ވިކާލަމުން ފަޔާޒްއާއި ދިމާއަށް އެނބުރުނުއިރު ފަޔާޒް ޝާޔަންގެ ކޮނޑުގައި ހިފަހައްޓާލައިގެން އެނދުކައިރީގައި ކަންތައްބޮޑުވެފައި ހުއްޓެވެ. މާހައުލުގައި ނުތަނަވަސްކަމެއް އުފެދިއްޖެހެން ހީވުމުން ޑރ.ނިޔާފް އެތަނުގެ ތެރެއިން ނުކުމެގެން ދިޔައީ “އެކްސްކިއުޒް” އޭ ބުނެލާފައެވެ. އޭނާ ނުކުތުމާއިއެކު ޝާހީން ފަޔާޒްއާއި ކުރިމަތިލީ ރުޅި އައިސްގެން ތުރުތުރުލާ ހާލުގައެވެ. “ފަޔާޒް.. މީ ކޮންފަދަ ކަމެއް؟..” ޝާހީންގެ އަޑު […]