ޔަޝްމީ ދުއްވައިގަތެވެ. އުފަލުން ހެވެމުންނެވެ. ޔަޝްމީ ދިޔަ ބާރުމިނުގައި ނިކްގެ ގައިގައި ޖެހިގަތްތަނުން ނިކް އޭނާ އުރާލިއެވެ. އެންމެން އަތްޖަހަންފެށިއެވެ. އެވަގުތު މުޅިތަން އެއް އަޑު ކޮއްލީ ޔަޝްމީގެ އަޑުން ކިޔާފައިވާ ” އައި ލަވް ޔޫ ފޯރ އެވަރ މައި ޑާލިންގ ” އެލަވައިންނެވެ. ޔަޝްމީއަށް ހީގަނެވުނެވެ. އެ އުފާވެރިކަމާއި އެކު ނިކް ޔަޝްމީގެ އަތުގައި އަނގޮއްޓި އެޅުވިއެވެ. ” މިހާރު ރާއްޖޭގަވެސް އެންގޭޖްމަންޓް ރިންގް އަޅުވާތަ؟ ” ނާއިޒް ޖިޔާގެ ކަންފަތްދަށުގައި ބުނެލިއެވެ. ޖިޔާ […]
” އެބަ އާދެ މަގޭ ރައްޓެއްސެއް.. އޭނަ އާއި އެކު ދާނީ… އޭނަ ޔަޝް ގެންގޮސްދޭނެ އިމްރާންގެ ގެއަށް.. ދެން ވާނުވާ އަންގާލާތި.. އަހަރެން ވަރަށް އަވަހަށް ފުރަން ބޭނުން.. ” ނިކް އެހެން ބުނުމަށްފަހު ޔަޝްމީގެ މޫނަށް ބަލާލީ ވަރަށް ފުން ނަޒަރަކުންނެވެ. ޔަޝްމީއަށްވެސް ކުރެވެނީ އާދަޔާ ޚިލާފް އިހުސާސެކެވެ. އޭނާގެ ނިންމުން ރަނގަޅުބާވައޭ އަމިއްލައަށް ހިތާ ސުވާލުކޮއްލެވުނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ދެމީހަކު އައިސްފިއެވެ. އަދި ސައިކަލްގެ ތަޅުދަނޑި ނިކް އަތަށް ދިއްކޮއްލުމުން ނިކް […]
ހޯލްތެރެ ގުގުމާލުމާއި އެކު ޔަޝްމީ ހުއްޓުން އެރިއެވެ. ދެފައި ބާރުވިއެވެ. މުށިތަކުމަތީ ތަތްވިއެވެ. ޖިޔާ މަޑުމަޑުން ޔަޝްމީގެ ގައިގައި ކޮށްޓާލިއެވެ.ޔަޝްމީ އަދވެސް ހުރީ ސްޓޭޖަށް ނާރައެވެ. ” އޭތް.. އަވަހަށް ހިނގާ…” އެންޑީވެސް ބަލާލިއެވެ. ޔަޝްމީ ގަނޑުވެފައި ހުރުމުން ޖިޔާ ޔަޝްމީގެ އަތުގައި ހިފައި ދަމައިގަތެވެ. އޭނާއަށް ރެއަކާލީ ދެނެވެ، ޔަޝްމީ މަޑުހިނގުމެއްގައި ސްޓޭޖަށް އެރި އިރުގައިވެސް ނިކް އާއި ދިމާއަށް ބެލެނީއެވެ. ނިކްވެސް މިހާރު ކުރިއަށްވުރެން މާ ރީޢްޗެވެ. ޔަޝްމީގެ ދެފައި ތުރުތުރު އަޅަނީއެވެ. އޭނާ […]
” ދޫނިއަށް އެނގެ އެއްނު އޭނައަށް އިނގުނިއްޔާ ފަހުދުއަށް އެނގޭނެކަން… ” ލޯތްބާއި އެކު ސައިމަން ބުނެލިއެވެ. އަސްތާއެވެ. ސައިމަން ހަސަދަވެރިވީބާވައެވެ؟ ޔާނާގެ އެއްވެސް މައުލޫމާތެއް ފަހުދަށް ލިބެން ބޭނުން ނުވަނީބާވައެވެ؟ޔާނާ ގެއްލި ދާނެތީ ސައިމަން ބިރުގަންނަނީ ހެއްޔެވެ؟ ޔާނާ އިނީ ކަޅިޖަހާނުލާ ސައިމަންއަށް ބަލާށެވެ، ސައިމަން މިފަހަރު ރަނގަޅަށްވެސް ލަދުގަނެފިއެވެ. ” ކހިނެތްވީ؟ ” ސައިމަން އަހާލިއެވެ. ” ކަމެއް ނުވެ.. ފަހުދަށް އަހަރެން ހުރިތަނެއް އެނގުމުން ވާނީ ކީއް؟ ލޯބިއަކަށް އަހަރެން ނުގެއްލޭނެޔޭ……….” ޔާނާ […]
” އަހަރެންވެސް….. ޔާނާ ބޭނުން……………. ” ފަހުދަށް ބުނެވުނެވެ. އޭނާއަށް އެތާ މަޑުކުރާނެ ހިތްވަރެއް ނުލިބުނެވެ، އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ. ޔާނާ ރޮމުން ރޮމުން ސައިމަންގެ މޭގައި ލައްވިއެވެ. ” ލޯބި… ދެން ނުރޮއި.. ހިނގާ ކޮޓަރިއަށް.. ފްރެޝްވެގެން ދާން ހިނގާ… ” ސައިމަން ޔާނާގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ލޯމައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅުތައް އެއްފަރާތްކޮއްލަމުން ނިތްކުރީގައި ބޮސްދިނެވެ. ” އޭނަ ކީއްކުރަން އަނެއްކާ އަހަރެންގެ ދިރިއުޅުން ހަލާކުކުރަން އެއައީ؟ ” ޔާނާ ސައިމަންގާތު […]
” ތިވަރު ބޮޑުކަމެއް ހަނދާން ނެތުނީ؟ ތިވަރު ބޮޑުކަމެއް ނުބުނެ ހުރެވުނު؟ ” އެއަޑަށް ޔާނާ އިސްނަގާ ސައިމަން ގާތަށް ދިޔައެވެ. ސައިމަންގެ އެއް އަތުގައި ހިފާ އޭނާގެ އަތުތެރެއަށް ލުމަށްފަހު އަތަށް ބޮސްދިނެވެ. ސައިމަން ހުރީ ޔާނާގެ މޫނަށް ބަލާށެވެ. ” އަހަރެން ދޮގެއް ނުހަދަން… އަހަންނަށް އުފަލެއް ލިބުމުން އުފާތައްމަތީ ދެމިހުރުމަށް ބޭނުންވިލެއް ބޮޑުކަމުން އެއްވެސް ހިތާމައަކަށް ޖާގަ ނުދެވުނީ…. ” ޔާނާގެ އަތުގެ ތެރެއިން ސައިމަން އަތް ދަމައިގަތެވެ. އޭރު އޭނާގެ ލޮލުން […]
އެގޮތަށް އެތައް އިރަކު ހުރުމަށްފަހު ފެރީއަށް އެރުމަށް އޭނާ ހިނގައިގަތެވެ، ފޯން ރިންގް ވުމުން ބަލާލި އިރު ލިޔުޝާއެވެ. ބިޒީކޮއްލުމަށްފަހު ބޭގަށް ފޯންލިއެވެ. ދެލޮލުން ކަރުނަތައް ފުހެމުން އޭނާ އަނެއްކާވެސް ހިނގައިގަތެވެ. ހިނގައިގަތް ވަގުތު ފަހަތުން ސައިމަން އޭނާގެ އަތުގައި ހިފިއެވެ. ޔާނާ އެނބުރިބަލާނުލާ މަޑުކުރިއެވެ. ދެލޯމަރާ ފިއްތާލިވަގުތު އަނެއްކާވެސް އޭނާއަށް ރޮވުނެވެ. ” އައި ލަވް ޔޫ ” އެ އަޑާއި އެކު ޔާނާ އެނބުރުނެވެ. ކުރިމަތީގައި ހުރީ އޭނާގެ ސައިމަންއެވެ. ބާރަށް ރޮވެން އުޅުމުން […]
ހަރީރާ އެހެން ބުނުމުން އިމްރާން ވަފާ އާއި ވާހަކަ ދައްކާލާ ހިތްވިއެވެ. ޔަޝްމީދެކެ ވެވުނު ލޯބި ވަފާ ދެކެ ވާން ބޭނުންވިއެވެ. ލިބުމެއް ނެތް ލޯތްބަކަށް އިންތިޒާރު ކުރުމަށްވުރެން ، ނިވެމުންދާ ބޮކި ދިއްލޭތޯ ބެލުމަށްވުރެން ފެހި ސިގްނަލް ދިއްލާލި ބޮތްކާއި ދިމާއަށް ދަތުރުކުރުން މާ މުހިއްމެވެ. ޔަޝްމީގެ މަސައްކަތްތައް ކިތަންމެ ހާވެސް ރަނގަޅެވެ. އޭނާގެ ހިތްވަރުން ޕްރޮޑިއުސަރުންވެސް ތިބެނީ ވަރަށް އުފަލުންނެވެ. އެމީހުންގެ ސްޓޫޑިއޯއަށް ފައިދާ ވާނެތީވެއެވެ. ޔަޝްމީ އާއި ޖިޔާ އޮލަ ވާހަކައެއްގައި ތިއްބާ […]
ޔާނާ އޭނާގެ ހިތުގެ ޙާލަތު ސިއްރުކުރީ ލަކުނުން ފުރިފައިވާ ހިތުގައެވެ. މަޑުމަޑުން ލަކުނުތައް ފިލުވުމަށްޓަކައެވެ. އޭނާގެ ހިތް ސައިމަންއަށް ޙަވާލުކުރުމަށް ބޭނުންވަނީ ކޫރުމެއްވެސް އަޅުވާނުލައެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ސައިމަންއާއި ދުރުދުރުން އުޅޭށެވެ. ވޭންދެނިވި ހަނދާންތައް ހިތުން ފުހެލުމަށް އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށެވެ. ސައިމަން ޔާނާދެކެ ލޯބިވާވަރު ބެލުމަށް ސައިމަންއަށް ސަމާލުކަން ނުދީ އުޅުމަށެވެ. ސައިމަންގެ ފަރާތުން ފެންނާނެ ކަންކަން ބެލުމަށް ޔާނާ ބޭނުންވިއެވެ. ****** ޖެހިގެން އައި ދުވަހެވެ. ޔާނާ ފޯން ބޭއްވީ ލިޔުޝާ އައުމުންނެވެ. […]