“މިރާން ބްރޯ…އެހެންވީމާ ތާރާއަކީ ލޯފަން ކުއްޖެއްތާ… މަށަށް ހީވާ އެއްޗެއް ބުނަންތަ. މިރާން ތިހޯދަން އުޅޭ އާއިލާއަކީ އެއީހެން… އެގޭގައި އުޅޭ ދިވެހި ފިރިހެނެއްވެސް އަނެއްކާ ތާރާގެ ދަރިއަކުވެސް އޮވެއެއްނުން.ވެދާނެއެއްނުން ރަޝީދުގެ އަންހެންކުއްޖާކަމަށްވެސް އެއީ …” ކޮޓާރީގައި ދެކޮޅަށް ހިގާލަ ހިގާލައި ހުރި މިރާންގެ ފައިގައި ކަސްތޮޅުއެޅުނު ކަހަަލައެވެ. ސާހިލް އެބުނި އެއްޗަކާމެދު ވިސްނާލަން މަޖްބޫރުވިއެވެ. އެހެން ހިތައް އެރުމުން އެހިތް ނުތަނަވަސްވީ ކީއްވެކަމެއް ނޭގެއެވެ. އެރޭ ނިދަން އުޅެ އުޅެ މިރާންގެ ލޮލަކަށް ނިންޖެއް ނައެވެ. […]
ޔަޝްމީ ދުއްވައިގަތެވެ. އުފަލުން ހެވެމުންނެވެ. ޔަޝްމީ ދިޔަ ބާރުމިނުގައި ނިކްގެ ގައިގައި ޖެހިގަތްތަނުން ނިކް އޭނާ އުރާލިއެވެ. އެންމެން އަތްޖަހަންފެށިއެވެ. އެވަގުތު މުޅިތަން އެއް އަޑު ކޮއްލީ ޔަޝްމީގެ އަޑުން ކިޔާފައިވާ ” އައި ލަވް ޔޫ ފޯރ އެވަރ މައި ޑާލިންގ ” އެލަވައިންނެވެ. ޔަޝްމީއަށް ހީގަނެވުނެވެ. އެ އުފާވެރިކަމާއި އެކު ނިކް ޔަޝްމީގެ އަތުގައި އަނގޮއްޓި އެޅުވިއެވެ. ” މިހާރު ރާއްޖޭގަވެސް އެންގޭޖްމަންޓް ރިންގް އަޅުވާތަ؟ ” ނާއިޒް ޖިޔާގެ ކަންފަތްދަށުގައި ބުނެލިއެވެ. ޖިޔާ […]
” އެބަ އާދެ މަގޭ ރައްޓެއްސެއް.. އޭނަ އާއި އެކު ދާނީ… އޭނަ ޔަޝް ގެންގޮސްދޭނެ އިމްރާންގެ ގެއަށް.. ދެން ވާނުވާ އަންގާލާތި.. އަހަރެން ވަރަށް އަވަހަށް ފުރަން ބޭނުން.. ” ނިކް އެހެން ބުނުމަށްފަހު ޔަޝްމީގެ މޫނަށް ބަލާލީ ވަރަށް ފުން ނަޒަރަކުންނެވެ. ޔަޝްމީއަށްވެސް ކުރެވެނީ އާދަޔާ ޚިލާފް އިހުސާސެކެވެ. އޭނާގެ ނިންމުން ރަނގަޅުބާވައޭ އަމިއްލައަށް ހިތާ ސުވާލުކޮއްލެވުނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ދެމީހަކު އައިސްފިއެވެ. އަދި ސައިކަލްގެ ތަޅުދަނޑި ނިކް އަތަށް ދިއްކޮއްލުމުން ނިކް […]
ހޯލްތެރެ ގުގުމާލުމާއި އެކު ޔަޝްމީ ހުއްޓުން އެރިއެވެ. ދެފައި ބާރުވިއެވެ. މުށިތަކުމަތީ ތަތްވިއެވެ. ޖިޔާ މަޑުމަޑުން ޔަޝްމީގެ ގައިގައި ކޮށްޓާލިއެވެ.ޔަޝްމީ އަދވެސް ހުރީ ސްޓޭޖަށް ނާރައެވެ. ” އޭތް.. އަވަހަށް ހިނގާ…” އެންޑީވެސް ބަލާލިއެވެ. ޔަޝްމީ ގަނޑުވެފައި ހުރުމުން ޖިޔާ ޔަޝްމީގެ އަތުގައި ހިފައި ދަމައިގަތެވެ. އޭނާއަށް ރެއަކާލީ ދެނެވެ، ޔަޝްމީ މަޑުހިނގުމެއްގައި ސްޓޭޖަށް އެރި އިރުގައިވެސް ނިކް އާއި ދިމާއަށް ބެލެނީއެވެ. ނިކްވެސް މިހާރު ކުރިއަށްވުރެން މާ ރީޢްޗެވެ. ޔަޝްމީގެ ދެފައި ތުރުތުރު އަޅަނީއެވެ. އޭނާ […]
“ލިމްމް.. ވިލް ޔޫ މެރީ މީ؟..” ހަދާނެ ގޮތެއް ނޭނގިފައި އން ލިމްނާއަށް ވިކާޝް ބުނެލި އެއްޗަކުން ލަމުން ދިޔަ ނޭވާވެސް ވަކިހިސާބެއްގައި ތާށިވީފަދައެވެ. ބޮޑުކޮށްލި ލޮލާއި އެއްވަރަށް އަނގަވެސް ހުޅުވާލަމުން އޭނާ ވިކާޝްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެމޫނުގައިވަނީ ހިތްދަމައިގަންނަ ފަދަ ޖާދުވީ ހިނިތުންވުމެކެވެ. ލިމްނާގެ މޫނަށް ވީގޮތް ފެނުމުން މިވަގުތު އޭނާއަށް ވާހަކަ ދައްކަން ފަސޭހަ ނުވާނެކަން އެނގޭތީ ވިކާޝް އިތުރަށް އެއްޗެކޭ ނުބުނެއެވެ. ގެއާއި ހަމައަށް ގެންގޮސްދިނުމަށްފަހު “ޓޭކް ކެއަރ” އޭ ބުނެލަމުން ލިމްނާ […]
“ކަލޭ ތިހުންނަނީ ކަލޭގެ ބަނޑުގައި ތިވާ ދަރިފުޅު ދެކޭ ހިތުން ކެތް މަދުވެފަ ދޯ!” އަހަރެންވެސް މިހުރީ އެދުވަހަކަށް ކެތްމަދުވެފަ ބަނޑުއަޅާ ވިހާ ދަރިފުޅު މަރުވުމުން މައި މީހާގެ ހިތަށް ކުރާއަސަރު މިފަހަރު ކަލެއަށް ދައްކާނަން!” އެޖިންނި ބުނެލިއެވެ. އަދި ގެއްލިއްޖެއެވެ. އޭތި ގެއްލުމާއެކު އީނާޝްއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. “މަންމާ ކޮންފިކުރެއްގަ…؟” ހަނީފާ ކޮޓަރިން ނިކުތްއިރު ގޭގެ ބޮޑު ކޮޓަރީގަ ފުންހިޔާލެއްގެ ތެރެއަށް ގެއްލިފަ އިން މަންމަ ފެނުމުން ހަނީފާ އަހާލިއެވެ. ހަނީފާގެ އަޑަށް މަންމަ […]
” ދޫނިއަށް އެނގެ އެއްނު އޭނައަށް އިނގުނިއްޔާ ފަހުދުއަށް އެނގޭނެކަން… ” ލޯތްބާއި އެކު ސައިމަން ބުނެލިއެވެ. އަސްތާއެވެ. ސައިމަން ހަސަދަވެރިވީބާވައެވެ؟ ޔާނާގެ އެއްވެސް މައުލޫމާތެއް ފަހުދަށް ލިބެން ބޭނުން ނުވަނީބާވައެވެ؟ޔާނާ ގެއްލި ދާނެތީ ސައިމަން ބިރުގަންނަނީ ހެއްޔެވެ؟ ޔާނާ އިނީ ކަޅިޖަހާނުލާ ސައިމަންއަށް ބަލާށެވެ، ސައިމަން މިފަހަރު ރަނގަޅަށްވެސް ލަދުގަނެފިއެވެ. ” ކހިނެތްވީ؟ ” ސައިމަން އަހާލިއެވެ. ” ކަމެއް ނުވެ.. ފަހުދަށް އަހަރެން ހުރިތަނެއް އެނގުމުން ވާނީ ކީއް؟ ލޯބިއަކަށް އަހަރެން ނުގެއްލޭނެޔޭ……….” ޔާނާ […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޝިނާނަށް ހޭލެވުނީ ވަރަށްބޮޑަށް ކަރު ހިއްކައިގަނެގެންނެވެ. އޭރު އަހަރެން ހުރީ ކުޑަދޮރު ކައިރީގައެވެ. މަޑު ހިނގުމެއްގައި ޝިނާން އަހަރެން ކައިރިއަށް ދިޔައެވެ. އަހަރެން ހުރީ ފޮޓޯގަނޑަކަށް ބަލަހައްޓައިގެންނެވެ. ޝިނާން އެތަނަށް އައިކަމުގެ އިހްސާސްވެސް އަހަރެންނަކަށް ނުވެއެވެ. އަހަރެން ހުރީ އެއަށްވުރެ މާ ފުން ހިޔާލެއެްގެތެރެއަށް ގެއްލިފައެވެ. ޝިނާން މަޑުމަޑުން އަހަރެންގެ ކޮނޑުގައި ހިފައިލިއެވެ. ސިއްސައިގެންގޮސް އަހަރެންނަށް ޝިނާންގެ މޫނަށް ބަލާލެވުނެވެ. “ޝިނާނެވެ. އަހަންނަށް މައާފު ކުރާށެވެ. އަހަރެން ޝިނާނު ގާތުގައި ވަހަކައެއް […]
“އަދިވެސް ތިހެންހުންނަނީތަ… މިކުއްޖާރޯއަޑު އަދިވެސް ނީވެނީތަ…ކަންފަތް ބީރީތަ ނޫނީ ލޯއަނދިރީތަ މިކުއްޖާގެ ހާލަތު ނުފެންނަން…. ޔޫނޯވަޓް ޔޫޑޯން ޑިސާވް ޓުބީއަ މަމް….ދަރިއަކު ނުލިބެންވާ މީހަކަށް ދަރިއަކު ލިބުނީމަ ވާނެގޮތްމީ.” ނުރޯންވެގެން ތުންފިއްތާލައިގެން ހުރި ތާރާގެ ކެތްތެރިކަން ކޮޅުން ލީދެނެވެ. މޭމަތީ އަތްއަޅާލައިގެން ހުރިތަނަށް އޭނާތިރިވީ ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “ކިހިނެތްވެގެން މިއުޅެނީ….” ފަހަތުން އަންހެނެއްގެ އަޑު އިވުމުން މިރާން އެދިމާއަށް އެބުރުނު އިރުވެސް އޭނާގެ ރުޅި ކޮންޓްރޯލް ވާގޮތެއް ނުވިއެވެ. ޖާމީލާ ވަގުތުން އައިކް އުރާލަމުން މިރާންއަށް […]