އަނެއް ދުވަހުގެ އިރު އެރުމާއެކުހެން ހަނީފާ ގެއްލުނު ހަބަރު މުޅިރާއްޖެއަށް ފެތުރުނެވެ. ވައިރޯޅިއެއްފަދައިންނެވެ. ހަނީފާ ހޯދުމުގެ މަސައްކަތް ކުރިއަށް ދިއައީ ފުލުހުންގެ އިތުރުން އެމްއެންޑީއެއފްގެ ވެސް އެހީތެރި ކަމާއެކުއެވެ. މުޅިރަށުތެރެއާއި މޫދާއި އެތަން މިތަނުގަ އަތް ފުނާ އަޅަމުން ގެންދެއެވެ. އީނާޝް އަށް މިހަބަރު ވީ ވަރަށް ފުން ހިތާމައެއް ކުރުވި ހަބަރަކަށެވެ. އޭނާ ހީކުރީ އޭނާއާއި އަވަލަވާގެން އުޅޭ ޖިންނި އޭނާ ގެންދިއައީ ކަމަށެވެ. […]
“އަސްތާ! މަގޭ ދަރި” ހަސީނާއަށް އޭނާގެ ދަރިފުޅުގެ އުގުގައި އޮތް އޭނާގެ މާމަ ދަރިފުޅު އީނާޝްގެ އަތުން ދޫވާތަން ފެނުމާއެކު ހުށިޔާރު ކަމާއެކު އެތުއްތު ދަރިފުޅު ނަގާ އުރާލިއެވެ. އެއާއެކު އެކުޑަ ދަރިފުޅުރޯލިއެވެ. އީނާޝް އޭނާގެ ދަރިފުޅު އުރާލީންސުރެ ހަސީނާ އިނީ އޭނާގެ ދަރިފުޅުގެ ހަރަކާތްތަކަށް ބަލާށެވެ. އީނާޝް ދަރިފުޅު އުރުމުން އެޖިންނީގެ ފަރާތުން ގޯނާއެއް އަތުވެދާނެ ކަމަށް ހަސީނާ އިނީ ވިސްނައިގެންނެވެ. ކަންތައްވީވެސް ހަމަ އެގޮތަށެވެ. ހަސީނާގެ މާމަ ދަރިފުޅު އެސަލާމަތް ކުރެވުނީ ހަސީނާގެ […]
އަނީސާ ގެއަށް ގޮސް ދެން ހަދަން ވީގޮތަކާއި މެދު ވިސްނާލިއެވެ. އެތައް އިރަކު ވިސްނަން އިނުމަށް ފަހު އެކަމާ ގުލޭ ގޮތުން އޭނާގެ މަންމައާއި މަސްވަރާ ކޮށްލިއެވެ. އަނީސާގެ މަންމަގެ ބަހަކަށްވީ ލަސް ނުކޮށް އެކަން ފުލުހުންނަށް ރެޕޯޓް ކުރުމެވެ. މިހެންވެ އޭނާ އަނެއްކާވެސް ހަނީފާމެންގެ ގެއަށް ދިއައެވެ. އެގެއަށް ގޮސް ހަނީފާ އާއި އޭނާގެ މަންމަ […]
“ކަލޭ ތިހުންނަނީ ކަލޭގެ ބަނޑުގައި ތިވާ ދަރިފުޅު ދެކޭ ހިތުން ކެތް މަދުވެފަ ދޯ!” އަހަރެންވެސް މިހުރީ އެދުވަހަކަށް ކެތްމަދުވެފަ ބަނޑުއަޅާ ވިހާ ދަރިފުޅު މަރުވުމުން މައި މީހާގެ ހިތަށް ކުރާއަސަރު މިފަހަރު ކަލެއަށް ދައްކާނަން!” އެޖިންނި ބުނެލިއެވެ. އަދި ގެއްލިއްޖެއެވެ. އޭތި ގެއްލުމާއެކު އީނާޝްއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. “މަންމާ ކޮންފިކުރެއްގަ…؟” ހަނީފާ ކޮޓަރިން ނިކުތްއިރު ގޭގެ ބޮޑު ކޮޓަރީގަ ފުންހިޔާލެއްގެ ތެރެއަށް ގެއްލިފަ އިން މަންމަ ފެނުމުން ހަނީފާ އަހާލިއެވެ. ހަނީފާގެ އަޑަށް މަންމަ […]
އެހެން ދުވަހެކެވެ. އީނާޝް އިނީ ގޭދޮރުމަތީގަ ހުރި ޖޯލިފަތީގަ ހަނޑޫ ހޮވާށެވެ. އޭނާ ހަނޑޫ ހޮވަން އިންއިރު ވިސްނެނީ ދެން ކަންތައްތައް ވާނެގޮތަކާއި ދޭތެރޭގައެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހަށިގަނޑު ދުޅަހެއޮވެ ބަލިވެއިންކަމުގެ ނިޝާންތައް ފެންނަމުން ދާންފެށިއެވެ. ދުވަހަކަށްވުރެ ދުވަހެއް ބަނޑު ތެރޭގައިވާ ދަރިފުޅު ހެދިބޮޑުވާވަރަކަށް ބަނޑުން އެކަން އެގެމުން ދިއައެވެ. އޭނާގެ ހުރިހާވެސް ހިތާމައަކީ އޭނާގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެޖިންނި އެދަރިފުޅު މަރާލަފާނެތީއެވެ. އެކަން ހިތަށް […]
ރޭގަނޑުގެ ވަގުތެވެ. ހަނީފާ އޮތީ އޭނާގެ އެނދުގައެވެ. ނިދާލުމުގެ ބޭނުމުގައި އޮށޯވެލައިގެންނެވެ. އޭނާގެ ފިރި އަޔާ ވީތަނެއް ހަނީފަ އަކަސް ނެނގެއެވެ. އޭނާ އައްނާނެ އިރެއް އެނގޭނީ ހަމަ އޭނާއަށެވެ. ކިތައްމެ ލަހުން އަޔަސް އެކަމާ ޝަކުވާ ކުރުމުގެ ފުރުސަތެއްވެސް ހަނީފާއަކަށް ނޯވެއެވެ. އެކަމަކު އެއީ ހަނީފާގެ ފިރިމީހާޔޯލައެވެ. އެދެ މީހުން ކައިވެނި ކުރިތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ފާއިތުވީއެވެ. ނަމަވެސް މިހާ ދުވަސް ވީއިރު އަދި […]
“މަންމާ! ތިރޮށި ކޮޅު ފިހެ ނިމެންވާއިރަށް އައްނާނަން އަޔާއަށް ގޮވާ ހޭލައްވާލާފަ އިނގޭ!” ހަނީފާ ބުނެލިއެވެ. ދަރިފުޅުމިހެން ބުނުމާއެކު އާއެކޭ ބުނުމުގެ ގޮތުން އާބިދާ ބޯޖަހާލިއެވެ. ހަނީފާ ބަދިގެތެރެއިން ނިކުމެގެން ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަތްއިރު އަޔާ ގަދަނިދީގައި އޮތެވެ. އަޔާއޮތީ އުޑުތިލަމަތިންނެވެ. ހަނީފާއަށް އަޔާގެ މޫނު ފެނުމައެކު އަޔާގެ ރީތިކަން ހަނީފާގެ ހިތަށް އުދަގޫކުރަން […]
ރޭގަނޑުގެ ހަތް ގަޑި ތިރީސް ވީއިރު އަޔާ އޮތީ ނިދާފައެވެ. މިހެންވެ ހަނީފާ ގަސްތު ކުރީ ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާށެވެ. އޭނާ ޓެންޓް ނިކުމެ މިސްރާބު ޖެހީ އަތިރިމައްޗަށެވެ. އޭނާ ގަސްތުކުރީ އަތިރިމަތީގަ އެކަނިވެރި ކަމާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މިހާރު ހަނީފާގެ އެއްމެ ގާތް އެކުވެރިންނަކީ އެކަނިވެރިކަމާ ހިތާމަޔާއި ހިތްދަތިކަމެވެ ހަނީފާ އަތިރިމައްޗަށް ފައިބައިގެން ހިނގާފަ ގޮސް އިށީނީ ދަތުރުގެ ބައިވެރިންނާއި ވަކިން ތަންކޮޅެއްދުރުގައި އަތިރި […]
“އަހަނ! ހަނީފާ އިނގިއްޔަށް ކިހިނެތް ހަދާފަތިއޮތީ..؟” ރޮށިފިހަން އިން އީނާޝްއަށް އެއްލިކަޅިއަކުން ހަނީފާގެ އިނގިލީގަ ބޭސް އަޅާފަ އޮތް ތަން ފެނުމުން އަހާލިއެވެ. އީނާޝް މިހެން އަހާލުމާއެކު އެތާތިބި އެހެން ކުދިންގެ ސަމާލުކަން ހަނީފާއަށް ހުއްޓުނެވެ. އަދި މިސުވާލު ކުރުމާއެކު ހަނީފާއަށް ކުއްލި ސިހުމެއް ލިބުނެވެ. ހަނީފާ އެކި ކުދިންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. މޫނަށް ބަލާލިއެވެ. ރޭގަ ހިނގާދިއަ ހުރިހާކަމެއް ކިޔައިދޭންވީއޭ ހަނީފާގެ ހިތަށް […]