ތޫމާގެ ހަޔާތް އަހަރެން ހަދާން ހުންނަން ފެށީއްސުރެ އަބަދުވެސް މަންމައާއި ބައްޕަ ޒުވާބުކުރެއެވެ. ކުދިކުދި ކަންތަކާ ބައްޕަ ރުޅިއިސްކުރަނީއެވެ. މަންމަވެސް ހަމަ އެފަދައެވެ. އަހަރުމެން 2ކުދިންނަށް އެކަމުން ކުރާނެ އަސަރު އެއްވެސް މީހަކު ވިސްނައެއް ނިލައެވެ. އަބަދު ޒުވާބުކުރުމެވެ. އަހަރެންނަށް 19 އަހަރުވިތާ ތިން މަސްފަހުން އަހަރެންނަށް އެގުނީ މަންމަމެން ވަރިވިކަން، އެދުވަހުއަހަރެން ވަރަށް ރުއިމެވެ. ހެދުނު ހޭލައިގެން ބޭރަށް ނުކުންނައިރު ކޮންމެ ދުވަހަކު ފެންނަ މަންމަގެ މޮޅިވެރި މޫނު ނުފެނުމުން ދެރަވިއެވެ. ނަމަވެސް ރޭގައި މަންމަގެ […]
ނިހާއަށް ލިބުނު ހިތްދަތިކަމަކުން ލޯފެންކަޅިވިއެވެ. އެއްފަހަރު ތޫމާއަށް އަނެއްފަހަރު ޒިހާންއަށް ބަލާލެވުނީ އަޑުއިވުނު ބަސްގަބޫލު ނުކުރެވިގެންނެވެ. ނަމަވެސް ޒިހާންގެ މޫނުމަތީގައިވާ ހިނިތުންވުން ނިހާގެ ހިތްކަތިލިއެވެ. ދެންމެގަ އިވުނު ބަސްތަކަކީ ތެދުކަން ގަބޫލުކުރަން ނިހާއަށް މަޖުބޫރުވިއެވެ. އަރުހިކި ހިން ދިރުވާލަން އުދަގޫ ވާން ފެށިއެެވެ. ދެންމެގަ މަލެއްފަދައިން ފޮޅިފައިވާ މޫނު މިލާ މޯޅިވިއެވެ. އެންމެން ކާރަށް އަރާ ހަމަޖެހިލިއިރުވެސް ނިހާގެ ހިތަށް ހަމަޖެހުމެއްނުލިބުނެވެ. “ނިހާ…. ހާދަ ބަސްމަދުވެފަ؟؟؟” އަދީލްއަށް ނިހާގެ ހަމަހިމޭންކަން އިހުސާސްވުމުން ސުވާލުކޮއްލިއެވެ. “ނޫން…. އެއީ ކަމެއްނުވޭ…” […]
“ކީއްވީ؟؟؟؟” ނިހާއަށް ވީގޮތްފެނިފަ ހައިރާންކަމާއެކު ތޫމާއަށް ސުވާލުކޮށްލެވުނެވެ. “ކަމެއްނުވޭ… އަންނާނަން ފެންބޮއެގެން..” ނިހާ ހަމަޖެހޭގޮތް ދައްކަމުން އަވަސްއަވަހައް ކޮޓަރިން ނުކުތެވެ. ނިހާގެ ހިތް އުފަލުން ފުރުނެވެ. ހިތުގައިވާ އެއްޗެއްހާމަ ނުކުރެވުނު ނަމަވެސް ޒިހާންއާ އެއްގެއެއްގަ އުޅުމުގެ ނަސީބުލިބުމުން ނިހާ އުފާވިއެވެ. އާދައިގޮތަކަށް އެދުވަސް ނިމިގެން ދިޔައީއެވެ. ތޫމާއާއި ނިހާގެ މެދުގައިވަނީ ވަރުގަދަ އެކުވެރިކަމެއް އުފެދިފައެވެ. އެހެންކަމުން ގޭގައި އެކަނިވީ ވަގުތުގައި ދެމީހުން އެކުވެގެން ގޭތެރެ ސާފުކޮށް ތަރުތީބު ބަދަލުކޮށްލިއެވެ. ހުރިހާ ކަމެއްނިމުނުއިރު ނިހާވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. […]
މާލޭގެ ފަޅުތެރެއަށް ލޯންޗު ވަނުމުން އަދީލް ނިހާ ކައިރިއަށް ދިޔައެވެ. އޭރު ނިހާއަށް ވަނީ ނިދިފައެވެ. ކުޑަކުއްޖެއްފަދައިން ފައިކުރު ކޮށްލައިގެން އޮތްގޮތުން ނިހާއަށް ބަލަން ހުރެވުނީއެވެ. ލޯންޗުގެ އިންޖީނު ހުއްޓުމާއެކު ނިހާއަށް ހޭލެވުނެވެ. ކުރިމަތީގައި ހަށަންބަދެލައިގެން ހިނިއައިސްފައިހުރި އަދީލް ފެނުމުން ނިހާވެސް ހީލިއެވެ. “އެގޭތަ؟؟؟ ދެންމްގަ ނިހާ ނިދާފަ އޮތްގޮތުން ހީވަނީ ކުޑަކުޑަ ބޭބީ އެއްހެން” އަދީލް ނިހާއާ ދިމާކޮއްލިއެވެ. އޭރު ނިހާގެ ނަޒަރުހުއްޓިފައިވަނީ މާލޭގެ ބައިބޯ މަގުމައްޗަށެވެ. ދުއްވާއެއްޗިހި ގިނަކަމުން ނިހާއިނީ ބޮލަށް އުދަގޫވެފައެވެ. ނަމަވެސް […]
ނިހާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެން ފެށިއެވެ. މުޅިމީހާ ތުރުތުރު ލާންފެށިއެވެ. ނޭވާލާން އުދަގޫވާން ފެށިއެވެ. ނަމަވެސް އެނުލަފާމީހާ ދިޔައީ އޭނާގެ ވަހުޝީކަމުގެ ދަލުގައި ނިހާ ޖެއްސޭތޯބަލަމުންނެވެ. “ހެޔޮނުވާނެ އަހަރެން ދޫކޮއްލާ… އަހަރެންނަށް ވަރަށް ތަދުވޭ….. ” އުނަގަނޑުގައި އަޅުވާފައިވާ އަތް ނައަޓާލަން މަސައްކަތްކުރަމުން ނިހާ ވާހަކަ ދެއްކިއެވެ. “ނިހާ…. ނިހާ….. ” ތަންކޮޅެއް ދުރުން އިވުނު އަދީލްގެ އަޑާއެކު އެމީހާ ނިހާގެ ގައިން ދޫކޮއްލިއެވެ. “ދޮންބޭ….” ނިހާ އަދީލްގެ ފަހަތުގައި ހުއްޓި މަޑުމަޑުން ގޮވާލިއެވެ. […]
ގޮޑުދޮށުގައި އިށީދެލައިގެން އިން ނިހާގެ ނަޒަރުހުއްޓިފައިވަނީ އޮއްސެމުން ދިޔަ އިރާދިމާލަށެވެ. ނިހާގެ ލޮލުން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. ނިހާގެ އުމުރުން 20 އަހަރުވެފައި ވާއިރު، ހަދާން ހުންނަން ފެށީއްސުރެ ކޮންމެ ރެއެއްވެސް ވެފައިވަނީ ވޭނާއި ހިތް ދަތިކަމުން ފުރިގެން ވާ ރެއަކަށެވެ. އަނިޔާވެރިކަމާއި އެތަށް ވޭނެއް ތަހަންމަލް ކުރަން ޖެހިފައިވާރެއަކަށެވެ. ނިހާވަނީ މި އަނިޔާތަކުން ސަލާމަތް ކޮށްދޭނެ އެހީތެރިއަކަށް ބޭނުނަވެފައެވެ. އުފަލާއި ހިތްހަމަޖެހުމުން ހިތް ފުރާލަން ބޭނުންވެފައެވެ. ނަމަވެސް އެކަން ވާނެ ކަމަށް ނިހާ އެއްވެސް އުންމީދެއް […]