Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތީ މަގޭ ޔާރެކޭ… (ތިންވަނަ ބައި)

uniquequeen Level 1
March 1, 2014 3 Mins Read
8 Comments

އޭސީގެ ފިނިކަމުގެ ތެރެއިންވެސް ތާނިޔާގެ ނިއްކުރިމަތިން ދަލުގެ އަސަރު ފެންނަމުން ދިޔައެވެ. ހާސްވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށިއެވެ،

” ދަރިފުޅާ، ދަރިފުޅާ ތާން” ނައުމާ ތާނިޔާ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު 11 ޖެހި އިރުވެސް ތާނިޔާ ކޮޓަރިން ނުނިކުތުމުން ނައުމާ ހުރީ ފިކުރުބޮޑުވެފައިއެވެ. ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ބުރުގާގައި ގޮށެއް ޖަހާލަމުން ތާނިޔާ ނުކުތެވެ.

” ދަރިފުޅު ބަލީތަ؟ ދެލޯ ހާދަ ދުޅައެ” ތާނިޔާގެ ދުޅަވެފައިވާ ދެލޯފެނުމުން ނައުމާގެ ހިތަށް ތަދުވިއެވެ.

” ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ އެހެންވެ ހީވާގޮތް އެއީ، ބޭސް ކާލަނިކޮށް ރަނގަޅުވެދާނެ” ތާނިޔާ ވާހަކަ ދައްކަމުން ގޮސް ސިޓިންރޫމް ސީޓުގައި އިށިއިނެވެ، ނަމަވެސް އެހެން ދުވަސްތަކާ ހިލާފަށް އެ މޫނު މަތިން ފެންނަ ކުލަވަރު މިލާފައިވުމުން ނައުމާ ހިތުގައި އިތުރު ސުވާލު ތަކެއް އުފެދުނެވެ. ނަމަވެސް އެއީ ބޮލުގައި ރިއްސާތީ ހީވާ ގޮތް ކަމަށް ނިންމާ ނައުމާ ތާނިޔާއާއި އިތުރަށް ސުވާލު ނުކުރީއެވެ.

“ދަރިފުޅު ސައިބޯންވީނުން. މިހާރު ބައްޕަވެސް އަންނާނެ ބުރޭކަށް” ނައުމާގެ ޖުމުލަ ނިމުނުތަނާހެން އިޔާދު ގެއަށްވަނެވެ. ތިންމީހުން އެއްކޮށް ގޮސް ކާގެއަށް ވަނެވެ.

” ދަރިފުޅު ހާދަ ގޮތަކަށް ތި އިންނަނީ” އެހެންޏާ ތާނިޔާގެ އަމަލުތަށް ހުންނަގޮތާ ތަފާތުވުމުން އިޔާދު އަހާލިއެވެ،

“ތާން ބޮލުގަ ރިއްސަނީޔޯ” ތައްޓަކަށް ޖޫސް އަޅަމުން ޖަވާބުދިނީ ނައުމާއެވެ.

” އެހެންތަ؟ ބައްޕަ އެބައޮތޭ އަދި ތާން ގާތު ވާހަކައެއް ބުނަންވެފަ. ބައްޕައަށް ވަރަށް ރަނގަޅު ދަރިފުޅު އަވަހަށް ދާނިޝްއާ މެރީ ކުރިއްޔާ” އިޔާދުގެ ޖުމުލައިން ތާނިޔާ އަނގަޔަށްލާލާއިން ރޮށިކޮޅު އަތުން ދޫވެގެން ވެއްޓުނެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ތާނިޔާ އެހާ ސިއްރުން ކުރަމުން އައިކަމެއް ބައްޕައަށް އިނގުނީމައެވެ، ބައްޕަ ހިތްހަމަ ނުޖެހިދާނެތީ ތާނިޔާ އިނީ ވަރަށް ބިރުންނެވެ.

” ޑޭޑް، އަ.. އަ.. އަޅުގަނޑު………” ތާނިޔާ ބުނަން އުޅުނު ޖުމުލަ މެދުކަނޑާލީ އިޔާދުއެވެ.

” ބައްޕަ ވަރަށް ޤަބޫލު ކަމެއްވީމަ އެހެން މިބުނީ. ދާނިޝް އަކީ ކިޔަވައިގެން ހުރި ޒިންމާދާރު އަހުލާޤު ރަނގަޅު ކުއްޖެއް” އިޔާދުގެ ޖުމުލައިން ތާނިޔާ ހާސްކަންފިލިއެވެ. ބޮލުގެ ރިހުންވެސް އެކި ފިލާދިޔަފަދައެވެ. މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ، ތާނިޔާއަށް އައި ބަދަލުފެނި އިޔާދު އާއި ނައުމާ ހީލަހީލާ ތިއްބެވެ.

” ހޭ، ހަނީ! އައި ހޭވް އަ ގުރޭޓް ނިއުސް ފޯ ޔޫ. ވަރަށް އަވަހަށް ފުލެމެންގޯއަށް އިނގޭ. އައި ވިލް މީޓް ޔޫ އިން ދެއާ” ތާނިޔާ ފޯނުން ވާހަކަ ދެއްކީ ދާނިޝް އާއެވެ.

ގަޑިއަކީ މެންދުރުގެ ވަގުތުކަމުން ފުލެމެންގޯ ރެސްޓޯރެންޓު ތެރެ ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. އެކިއެކި އޮފީސްތަކުގެ މީހުންވެސް މެންދުރުގެ ކެއުމަށް އިންސާފު ކުރަމުންދެއެވެ. އެއްކަނެއްގައި ހުރި މޭޒެއް ކައިރީގައި ތާނިޔާ އާއި ދާނިޝް ތިއްބެވެ.

” ޑޭޑް ނިއު އެބައުޓް އަސް” ތާނިޔާ ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ.

“ސޯ؟” މޫނުމަތިން އެއްވެސް ހައިރާންކަމެއްނުފެނި އާދައިގެ ގޮތަކަށް ދާނިޝް އެހެން ބުނެލުމުން ތާނިޔާގެ ހިތުގައި އިތުރު ސުވާލު ތަކެއް އުފެދުނެވެ.

” ޑޭން ސަޕުރައިޒްއެއް ނުވޭތަ ޑޭޑްއަށް އަހަރުމެންގެ ރިލޭޝަން އިނގުނުވާހަކަ ބުނީމަވެސް. އަދި ޑޭޑް ބުނި އަވަހަށް މެރީ ކުރާށޯ” ތާނިޔާ ބޮލުގައި އަޅުވާލާފައި އޮތް އައިނުނަގާ މޭޒުމަތީ ބާއްވާލަމުން ބުނެލިއެވެ.

” އަހަރެންނަށް އާވާހަކައެއްނުންތީކީ. ޔުއާ ޑޭޑް އޯލްރެޓީ ޓޯކް ޓު މީ އެބައުޓު އިޓް” ދާނިޝް ބުމަ އަރުވާލަމުން ބުނެލިއެވެ.

” ވަޓް؟؟؟؟ ” ތާނިޔާއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. ތާނިޔާއަށް އެހެންބުނެލެވުނުލެއް ބާރުކަމުން ޖެހިގެން ހުރި މޭޒު ތަކުގައިތިބި މީހުންވެސް ތާނިޔާމެނަނާ ދިމާއަށް ބަލަންފެށިއެވެ. އެވަގުތު އަތުގެ އިޝާތާރުން މަޑުމަޑުން ވާހަކަ ދެއްކުމަށް ދާނިޝް އެދުނެވެ. ތާނިޔާ ލަދުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.

” މީގެ ޓޫ ވީކުސް ކުރިން އެއްދުވަހަކު އަހަރެން އޮފީސް ނިންމާފަ ނިކުންތަނާ ތާނީގެ ޑޭޑް އަހަރެން މަޑުކުރުވީ އަދި ކޮފީއަކަށްދާން ބުނީމަ އަހަރެން ދިޔައީ. ބުނީ ރައްޓެއްސްއްގެ ފަރާތުން އަހަރެމެންގެ ގުޅުން އިގިފަޔޯ އޮތީ. ދެން އަވަހަށް މެޜީ ކުރާށޭވެސް ބުނި. އެހެންވެ ފަހުން ފަހުން ތިގޭ ދޮށައް ދާން ޖެހިލުން ނުވީ.އެކަމު ހިތަށް އެރީ އަދި ތާނީ ގާތަކު ނުބުނާނަމޭ އެހެންވެ އެވާހަކަ ނުދެއްކީ” ހިނިތުންވެ އިނދެ ދާނިޝް ކިޔައިދިނެވެ.

” ރިއަލީ، އޯ އޭމް ސޯ ހެޕީ” ދާނިޝްގެ އަތުގައި ބާރަށް ހިފާލަމުން ތާނިޔާ ބުނެލިއެވެ. އެދުވަހު ތާނިޔާ ގެއަށް ދިޔައީ ހަވީރު ވީފަހުންނެވެ. ލިބިފައިވި ހިތްހަމަޖެހުމާއެކު ތާނިޔާ ބޭނުންވީ ދާނިޝްއާއެކު ވަގުތު ހޭދަކޮއްލާށެވެ. ގެއަށް ގޮސް ވަންއިރުވެސް އަނގައިން ރާގެއް ކިޔަމުންދިޔައެވެ.

” ދަރިފުޅު ހާދަ އުފާވެފަ” ވެގެން އުޅޭގޮތް އިނގިހުރެވެސް ނައުމާ ސުވާލުކޮއްލިއެވެ.

” މޮމް، ދެން އިނގެނުން އަހަރެން އުފާވާނެވަރު” ތާނިޔާ ނައުމާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ، ނަމަވެސް ތާނިޔާ އިތުރުއެއްޗެއް ބުނުމުގެ ކުރިން ތާނިޔާގެ ޖީބުގައި އޮތް ފޯނު ރިންގް ވާންފެށިއެވެ. ތާނިޔާ ޖީބުން ފޯނުނަގައި ފަރުވާތެރި ކަމާއެކު ސްކުރީނަށް އަރަމުންދާ ނަންބަރަށް ބަލާލިއެވެ، އެއާއެކު މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. މަންމަގާތު އެބައަންނަމޭ ބުނެ ތާނިޔާ ފޯނު ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އަދި ވަރަށް ފުންނޭވާއެއްލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެއާއެކު އެކޮޅުން ވާހަކަދައްކަން ފެށިއެވެ.

” އަހަރެންނަށް އިނގޭ ތާނީއަށް އަހަރެން އިނގޭނެކަން. އަދި ތިއުޅޭނީ ވަރަށް ހެޕި ލައިފެއްކަންވެސް، އެކަމަކު އަހަރެން މަތިން ހަނދާންނަށްތާލަން އުޅުނުކަންތީ ވަރަށް ދެރަކަމެއް. މިއޮއްހާ ދުވަހު ތިއުޅުނީ އަހަރެންނާ ފިލައިގެންދޯ. އެކަމަކު އެންމެ ފަހުން އަހަރެން މިއޮތި ނަންބަރުވެސް ހޯދާފަ.”

” ކީކޭ ކިޔަންތަ ތިއުޅެނީ؟ ތިކަހަލަ ނޮންސެންސް ވާހަކަ އަޑު އަހާކަށް އަހަރެންނަކަށް ވަގުތެއްނެއް” ވަރަށް ހަރުކަށި ގޮތަކަށް ތާނިޔާ ވާހަކަ ދެއްކިއެވެ.

” އޭ، މާބާރަށް ވާހަކަ ނުދައްކާ، ތާނީއަށް ޖެހޭނީ އަހަރެންނަށް ވަގުތުދޭން އަދި އަހަރެންދައްކާ ވާހަކަތައް ސެންސް ހުރި ވާހަކަތަކަށްވެސް ވާނެ. އަހަރެންބޭނުމިއްޔާ ތާނީ ފަޟީހަތްކޮއްލާ ތި ލައިފް ވެއްޔަށް ހަދާލަފާނަށް އެކަމަކު އެހެންނެއް ނަހަދާނަށް އޭގެ ކުރިން އަހަރެން ބޭނުން ކަމެއް. ތާނީ ކޮއްދޭންވެސް ޖެހޭނެ، އެހެންނޫނީ ތާނީ ލައިފް ވިލް ބި އަ ހެލް. އަހަރެން އަތުގަ އެބަހުރި އެ އެއްޗެހިތައް” ފޯނުން އިވުނު ޖުމުލަޔާއެކު ތާނިޔާ ގައިން ހީބިހި ނެގިގެންދިޔައެވެ. ދެ ލޯ ބޮޑުވިއެވެ. ބޭއިހްތިޔާރުގައި އަނގަމަތީ އަތްއެޅުނެވެ. ދެ ލޯ މަރާ ބާރުކޮށްލެވުނެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

uniquequeen

Level 1

i love to write and make public love to read,,, my acievementsbased on your support

Other Articles

Previous

ކަރުނަ އޭގެ އިންތިހާ…..11 ވަނަބައި

Next

ސިންގާ

Next
March 2, 2014

ސިންގާ

Previews
March 1, 2014

ކަރުނަ އޭގެ އިންތިހާ…..11 ވަނަބައި

8 Comments!

  1. jana says:
    March 6, 2014 at 9:46 am

    V nice vaahaka eh

  2. jana says:
    March 6, 2014 at 11:07 am

    When the next part come

  3. shai says:
    March 12, 2014 at 4:26 pm

    kabaatha nxt part v nice avahah up kohdhyba

  4. zoe says:
    March 19, 2014 at 6:57 pm

    kobaa tha next part…..kyve konme story eh ves half gensdhyfa huhtaalany……esfiya vaaahaka site ge gina story thah ehen hurey…..plxx next part up kohdhybaa……or else mi vaahaka kiyeyne ehen site eh bunedhyba,,,,plxxx

  5. inaa says:
    March 19, 2014 at 6:57 pm

    kobaa tha next part…..kyve konme story eh ves half gensdhyfa huhtaalany……esfiya vaaahaka site ge gina story thah ehen hurey…..plxx next part up kohdhybaa……or else mi vaahaka kiyeyne ehen site eh bunedhyba,,,,plxxx

  6. uniquequeen says:
    March 21, 2014 at 12:01 am

    I don’t know how to bring the other parts sorry guys

  7. inaa says:
    March 23, 2014 at 1:48 pm

    Dhen vaahaka type nukuraany u b***h

  8. jana says:
    March 23, 2014 at 1:48 pm

    Plx aneh bai upload kohba

Comments are closed.



All Right Reserved!