“މަންމާ! ތިރޮށި ކޮޅު ފިހެ ނިމެންވާއިރަށް އައްނާނަން އަޔާއަށް ގޮވާ ހޭލައްވާލާފަ އިނގޭ!” ހަނީފާ ބުނެލިއެވެ. ދަރިފުޅުމިހެން ބުނުމާއެކު އާއެކޭ ބުނުމުގެ ގޮތުން އާބިދާ ބޯޖަހާލިއެވެ. ހަނީފާ ބަދިގެތެރެއިން ނިކުމެގެން ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަތްއިރު އަޔާ ގަދަނިދީގައި އޮތެވެ. އަޔާއޮތީ އުޑުތިލަމަތިންނެވެ. ހަނީފާއަށް އަޔާގެ މޫނު ފެނުމައެކު އަޔާގެ ރީތިކަން ހަނީފާގެ ހިތަށް އުދަގޫކުރަން […]
” އައި ގޮޓް މައި މަމްސް އައިސް..” ކުޑަ ހީނލުމަކާއިއެކު ވިކާޝް ދިން ޖަވާބުން ވިޝާގެ މުޅި ހަށިގަނޑުގައި ތުރުތުރެއް އުފެދިގެން ދިޔައެވެ. ނޭވާ ހިފަހައްޓާލައިގެން އިނދެ ފުުން ނަޒަރަކުން އޭނާ ވިކާޝްއާއި ދިމާއަށް ބަލާލީ އެބުނެލި އެއްޗެއް ޔަގީންކޮށްލުމުގެ ގޮތުންނެވެ. ” އޯކޭ.. ދެން އެންމެން ކާންވީނުން..” ވިޝާ އިތުރު ސުވާލެއް ކޮށްލަން އަނގަ ހުޅުވާލިވަގުތު އާލިކް ވާހަކަ ދެއްކުމުން ވިޝާއަށް އެ ފުރުސަތެއް ނުލިބުނެވެ. ލަސްލަހުން ވިކާޝްގެ މޫނަށް ބަލާލުމަށްފަހު ކާން ތައްޔާރުވެލި ވަގުތު […]
ދޮރުން ނިކުއިން ތާނިޔާގެ ހަރަކާތްތައް ހުއްޓުނީ ދޮރުމަތީ ސައިކަލެއް މަތީއިން މީހަކު ފެނުމުންނެވެ. “ހޭ! ބޭބީ، ތި ބޮޑު އަނގަ ލައްޕަބަލަ.މަގުންދާ މީހުންވެސް ބަލާނެއްނު” ތާނިޔާގެ އަނގަ ތަންމިނަށް ހުޅުވިފައި ހުރިތަން ފެނުމުން މަލާމާތުގެ ރާގަކަށް ދާނިޝް ސަމާސާކޮއްލިއެވެ. އެދެ ލޯބިވެރިން ބައްދަލު ވެއްޖެނަމަ އެއީ އަބަދުވެސް އާދައެވެ. ތާނިޔާއަށް ދާނިޝް ކަމުދާ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. ތާނިޔާ ކޮންމެ މޫޑެއްގައި ހުއްޓަސް އެކަން ހަމައަކަށް އަޅުވާލަން ދާނިޝް ގެންގުޅޭ ކޫލް ސްޓައިލް ތާނިޔާއަށް […]
ދަރިފުޅާއެވެ. ދަރިފުޅުގެ އާއިލާގެ އެންމެންވެސް ވީ އެހެން ރަށެއްގައޭ ބުނަމުން، އޮޅުވާލާ ކޮންމެ ފަހަރަކު މަންމަގެ މާޒީ މިނިކަމެތި ހަށިގަނޑު ފަނާކޮށްލާ ކަހަލައެވެ. ނިކަމެތިކަމާއި އެކަނިވެރިކަމުގައި ދަރިފުޅުގެ ހުރިހާ ކަމެއް ފުރިހަމަކޮށްދެވޭތޯ މަންމަ ނިހާޔަތަށް މަސައްކަތް ކުރީމެވެ. ދަރިފުޅުގެ އުފަން ރަށަކީ މިއީ ނޫންކަމުގައި ބުނަމުން އައި ކަމުގައި ވިޔަސް ހަގީގަތަކީ މިރަށަކީ މަންމަގެވެސް ދަރިފުޅުގެވެސް ރަށްކަމެވެ. ދަރިފުޅުގެ އާއިލާއާއި ބައްޕަވެސް އުޅެނީ ހަމަ މިރަށުގައެވެ. މިފަސްގަނޑުގައެވެ. ތިމާގެމީހުނާއި މަންމަގެ ރަހުމަތްތެރިން ވެސް ހަމަ އުޅޭތަނަކީ މިއީއެވެ. […]
މިހާރަކަށް އައިސް ފަހުދުއަށް ބަދަލްތައް އަންނަކަން ޚުދް އޭނާއަށްވެސް ފާހަގަ ކުރެވެއެވެ. އާމިރު އާއި އެކު ކޮފީއަކަށް ގޮސް އެކަން ޝެއަރ ކުރުމަށް ފަހުދު ބޭނުންވިއެވެ. ” މަށަށްވެސް ވަރަސް ފާހަގަކުރެވޭ ތިކަން… ” އާމިރު ފޯނު މޭޒުމަތީ ބާއްވަމުން ބުނެލިއެވެ. ” އަސްލު މިހާރު މިލިބޭ އެއްޗަކުން ދެކޮޅެއްވެސް ނުޖެހޭ.. ޝާނާއަށް މަހަކު 5000ރުފިޔާ ފޮނުވިޔަސް އޮންނަނީ ދެކޮޅު ނުޖެހިފަ.. އަނެއްކާ ހާރަކަސް ތަރާވީހަކަސް މިޖެހެނީ މާލެއިން ގަނެފަ ފޮނުވަން.. ” ސިނގިރެޓެއް ރޯކޮއްލަމުން ފަހުދު […]
ދަންވަރުގެ ހަމަހިމޭންކަން މާލޭގެ މަގުތަކަށް ވެރިވާންކުރަމުންދާ މަސައްކަތުގެ ހުރަހަކަށް ވަމުންދަނީ ދޭތެރެޔަކުން ދުއްވާފައިދާ ކާރެއް ނުވަތަ ސައިކަލެއްގެ އަޑެވެ.އެހެންނަމަވެސް މަގުމަތިން މީހެއްގެ ހިލަމއެއްވަނީ ވަރަށް މަދުންނެވެ، “ދެން އަހަރެންދަނީ އިނގޭ، މިތާ މިގަޑީގަ ހުއްޓާ މޮމް މެންނަށް ފެނިއްޖާ ދެން ވާނެ ގޮތް އިނގެޔެއްނު” ހެންވޭރު/ހަތިހާގޭގެ ދޮރުމަތީގައި ހުރި ތާނިޔާ އޭނާގެ ލޯބިވެރިޔާ ދާނިޝްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ” އޯކޭ އޯކޭ ބޭބް، ދެން ތިހާ ބިރުނުގަނެބަލަ، މޮމް ނިކުމެފަހާލުމުކެކުރިން އަހަރެން ދާނަމޭ” އަތުން […]
‘ ނޭނގެއިމްލީއަކަށްވެސް…….އިމްލީ މިގޭގެ އުޅޭތާ ވަން އިޔާ ވީއިރުވެސްއެމީހަކު ލޮލަކުން ނުދެކެން…..ސޯފީ ދައްތަ އެކަނި އެކޮޓަރިއަށްވަންނަނީ….” އިމްލީ އެހެން ބުނުމުން ލަޔާލް އަނެއްކާވެސް އެދޮރަށްބަލާލިއެވެ. ނުހިކޭ ކަރުނައެއް މިލޮލަކުން ތި ހަނދާން ނުފިލައޭ މިހިތަކުން މި ހިތްގައިމު ލަވަ އެ ޒުވާނާގެ އަޑުން ކިޔައިލީ ހިތްތައް ކަތިލާފަދަގޮތަކަށެވެ. ބެކް މިއުޒިކަކާ ނުލާވެސް އެ ލަވަ ނުހަނު ހިތްގައިމެވެ.ބަދިގެއަށް އިމްލީ އާއެކު ގޮސް ވަންނަންދެން ލަޔާލްއަށް ފަހަތް ބެލުނުއަދަދެއްވެސް ނޭނގެއެވެ. މަސައްކަތް ކުރަން އުޅޭ އިރުވެސް ލަޔާލްގެސިކުނޑީގަ އެތަކެއް ސުވާލްތަކެއް […]
ރުޅިއައިސް ރަތްވެފައިހުރި ޝާހު ދުވެފައި އައިސް އަސްލަމުގެ ކަރުގައި ހިފާ ފާރަށް ތަރަ ކޮއްލިއެވެ. ” އަހަރެންގެ ލޯބިވެރިޔާގެ އަބުރަށް އަރަން ކަލެޔަށް އޮތީ ކޮން ޙައްޤެއް! ” އަސްލަމް ގަދަކަމުން ކަހަލަ ގޮތަކަށް ތެޅިގަތުމަށްފަހު، ގިރުވާން ރަނގަޅުކޮއްލިއެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. ވެއްޓިފައި އޮތް ނޫރީން މަޑުމަޑުން ތެދުވާތަން ފެނި ޝާހު އަވަސްއަވަހަށް ނޫރީންގާތަށް ދިޔައެވެ. އޭރުވެސް އަސްލަމު ކޮޅަށްޖެހިފައި ހުއްޓެވެ، މޫނުމަތިން ފެންނަނީ ރުޅިވެރިކަމުގެ އަސަރެވެ. ” އަހަރެން ހިއެއް ނުކުރަން ތިއީ […]
“ކީއްވީ؟؟؟؟” ނިހާއަށް ވީގޮތްފެނިފަ ހައިރާންކަމާއެކު ތޫމާއަށް ސުވާލުކޮށްލެވުނެވެ. “ކަމެއްނުވޭ… އަންނާނަން ފެންބޮއެގެން..” ނިހާ ހަމަޖެހޭގޮތް ދައްކަމުން އަވަސްއަވަހައް ކޮޓަރިން ނުކުތެވެ. ނިހާގެ ހިތް އުފަލުން ފުރުނެވެ. ހިތުގައިވާ އެއްޗެއްހާމަ ނުކުރެވުނު ނަމަވެސް ޒިހާންއާ އެއްގެއެއްގަ އުޅުމުގެ ނަސީބުލިބުމުން ނިހާ އުފާވިއެވެ. އާދައިގޮތަކަށް އެދުވަސް ނިމިގެން ދިޔައީއެވެ. ތޫމާއާއި ނިހާގެ މެދުގައިވަނީ ވަރުގަދަ އެކުވެރިކަމެއް އުފެދިފައެވެ. އެހެންކަމުން ގޭގައި އެކަނިވީ ވަގުތުގައި ދެމީހުން އެކުވެގެން ގޭތެރެ ސާފުކޮށް ތަރުތީބު ބަދަލުކޮށްލިއެވެ. ހުރިހާ ކަމެއްނިމުނުއިރު ނިހާވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. […]