“ހހ.. ޕްރޮޕޯސަލް.. ނޯ ސަބްޖެކްޓް.. ވަޓް؟..” ވިކާޝްއަށް އެންމެ ފަހުން ލިބިފައިވާ އީމެއިލްގެ ކުރިން ލިބިފައި އިން އީމެއިލް ފެނުމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސްވެފައިވާ ހިތަކާއިއެކު އޭނާ އެ މެއިލް ހުޅުވާޅީ ޝައުގުވެރިކަމާއިއެކުއެވެ. އެއީ އާލިކްގެ މެއިލްއެކެވެ. މެއިލްކޮށްފައި އިނީ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. “ވިކީ.. ނުފެނިގެން ވަރަށް ހޯދާނެކަން އެނގޭ.. މިވީ ދުވަސްތަކުގަ ލައިފްގެ ހުރިހާ ކަމެއް ހޭންޑްލް ކުރަން އެނގުނު.. އެކަމު ވިޝޫ ނުލިބުން.. ވިޝޫގެ ލޯބިން މަޙްރޫމްވުން.. މަށަކަށް ޓޮލެރޭޓެއް ނުކުރެވުނު.. ވިކީ.. […]
“އައި ނޯވް ޔޫ ޑޯންޓް ލަވް މީ.. ވަރަށް މަސައްކަތް ކޮށްފިން ވިޝޫ އަމިއްލައަށް ލޯބިނުވާ ވާހަކަ ބުނޭތޯ.. ވިޝޫ.. އައި ނޯވ.. އައި ނޯ ޔޫ ލަވް އާލިކް..” ޒައިދު ފެންކަޅިވެފައި ހުރެ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ ވޭނާއި ރިހުމެވެ. އޭނާގެ އެޖުމްލައާއިއެކު ވިޝާ އިތުރަށް ލޯބޮޑުކޮށްލަމުން އެމޫނަށް ބަލާލިއެވެ. އޭރު ވިޝާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. ބާރު ބާރަށް ހިތް ތެޅިގަތްއިރު ބޮޑުކޮށްލާފައިވާ ދެލޯ ފުރެމުން ދިޔައީ ކަރުނައިންނެވެ. ތުނި ތުނި ތުންފަތް ތުރު ތުރު […]
“އައި ލަވް ޔޫ ޓޫ އާލް.. އޭމް ސޮރީ..” ގިސްލުމުގެ ތެރެއިން ވިޝާ އެހެން ބުނެލީ މީހަކަށް އަޑު އިއްވާކަށް ނޫނެވެ. އެހެން ނަމަވެސް އޭނާގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބު ކަމެއް ނޭނގެއެވެ. އެވަގުތު އެހެން ބުނެލި އަޑު އިތުރު މީހަކަށް އިވިއްޖެއެވެ. ވިޝާ އަތިރިމަތީގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެނބުރި ޒާހިރާމެން ގެއަށް ދިއުމުގެ ބަދަލުގައި މިސްރާބު ހުރީ އެމީހުން އުޅޭ ގެއާއި ދިމާއަށެވެ. ލަސް ފިޔަވަޅުތަކެއްގައި ގެއަށް ވަންއިރު ސިޓިންގް ރޫމް ތެރޭގައި ވިކާޝްއާއި […]
“ޔެސް..” ވިޝާ ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އެއާއިއެކު ދުރުގައި އިން އާލިކްއަށް ގައިގެ ހުރިހާ ބާރުތައް ދޫކޮށްލެވުނެވެ. ހިތުގައި ޖެހުނު ވަރުން ލޮލަށް ކަރުނަ ޖަމާވާކަށް ގިނަ އިރެއް ނުނެގިއެވެ. ޝަކުވާގެ ނަޒަރަކުން ލަސްލަހުން ވިޝާގެ މޫނަށް ބަލާލިއިރު އޭނާގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހަމަ ހަގީގަތުގައިވެސް ވިޝާ އޭނާއަށް ގެއްލެނީ ހެއްޔެވެ؟ އެހެން މީހުންގެ “ޔޭ..” ގެ އަޑާއިއެކު ޒައިދުގެ އުފާވެރި ހީނލުމުގެ އަޑު އިވުނު އިރު އާލިކް އިނީ ހުއްޓުން އަރާފައެވެ. […]
“ވިޝޫ.. ވިކީ އެބަ ގޮވާ..” ވިޝާގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން ހުރި ޒައިދުއަށް ސިހުމެއް ލިބުނީ އާލިކްގެ އެއަޑުންނެވެ. ލާނެތް ހިނިތުންވުމަކާއިއެކު އޭނާ ވިޝާގެ އަތުން ދޫކޮށްލުމަށްފަހު ބޯ ކަހާލީ އާލިކްގެ ހިތުގައި އަލިފާން ރޯކުރުވާފައެވެ. އޭރު އެމޫނުމަތީގެ ކުލަވަރު ފެނި ވިޝާހުރީ އެސްފިޔަ ޖަހާލަންވެސް ނުކެރިފައެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް އާލިކް ރުޅި އައިސްފައިވާ މިންވަރު ފެނުނެވެ. އެއާއިއެކު އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ހިނގައިގަތީ ކަމެއް ގޯސްވެދާނެކަމުގެ އިންޒާރު އޭނާގެ ސިކުނޑި ދިނުމުންނެވެ. ވިޝާ ނުކުތުމާއިއެކު […]
“އައި ލަވް ޔޫ ޓޫ އާލް..” ވިޝާގެ ހިތުގައިވާ އެ ކުރު ކުރު އިބާރާތްކޮޅު އޭނާގެ ދުލުން ބޭރުކޮށްލުމަށް އެހިތް ބާރު އަޅަމުން ދިޔައެވެ. ހިނދުކޮޅަކަށް ނަމަވެސް ވިޝާއަށް އޭނާގެ މަގްސަދު ހަނދާން ނެތި ހިތުގެ އެދުން ކުރި އަރައިފިއެވެ. އޭނާގެ ރީތި ތުންފަތް ދެންމެ ދެންމެ ހަރަކާތްކޮށްލަން އުޅޭ ފަދައެވެ. “އާލް އައި…..” ވިޝާގެ ހިތުގެ އެދުންތަކާއި އެއްގޮތަށް އެހެން ބުނެލުމަށް އޭނާގެ ތުންފަތްވެސް ހަރަކާތްކޮށްލިއެވެ. އެހެން ނަމަވެސް އޭނާއަށް ބުނެވުނީ އެހިސާބަށެވެ. އެ މޭޒު […]
“ވިޝޫއަށް މަގޭ ހިތް ލޯބިން ފުރިގެންދޭ.. އޯގާވާން އެދެމޭ.. ލޯބި ދޭން އެދެމޭ.. ފަރުވާދޭން އެދެމޭ.. އެކުގައިވާން އެދެމޭ.. އެދިގެން މިހިތް ރޮނީ.. އެދިގެން މިހިތް ރޮނީ.. ހުންނަން ކަލާ ގާތުގައި ލޯބިން.. އެހާވެސް ލޯބިވޭ.. ” އެ ލޯބި ލޯބި ބަސްކޮޅާއިއެކު އެއަޑުގައިވާ އަސަރަކުން ވިޝާގެ މުޅި ހަށިގަނޑުން ހީބިހި ނެގިގެން ދިޔައެވެ. އާލިކްގެ ފުންފުން ތޫނު ނަޒަރުން އޭނާ ހީވަނީ ވިރިގެން ހިނގައިދާނެ ހެންނެވެ. ލޮލުގައި ގިނވެފައިވާ ކަރުނަތައް ދެންމެ ދެންމެ […]
ހިތައް އެރި އެއްޗަކުން އާލިކް އޭނާގެ ދަބަހާއި އައިނު ސޯފާގައި ބާއްވާލުމަށްފަހު ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. މައްޗަށް އެރުމަށްފަހު ކުޑަކޮށް މަޑުކޮށްލާ އޭނާ ވިސްނާލީ ވިޝާގެ ކޮޓަރިއާއި މެދުއެވެ. ހަމަ އެއާއިއެކު ވިކާޝްގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ބަލާލަމުން އޭނާ ފުންގޮތަކަށް ހިނިތުންވެލިއެވެ. އަވަސް ވެފައިވާ ހިތާއިއެކު ލަސްލަހުން ގޮސް އޭނާ އެކޮޓަރީގެ ތަޅުގައި ހިފާލީ ނުހަނު މަޑުންނެވެ. ދޮރު ތަޅުނުލާ ހުރިކަން ޔަގީންވުމާއިއެކު އަވަސް އަވަހަށް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ނަޒަރު ހިންގާލުމާއިއެކު އެހިތުގައިވާހާ […]
“ލިމްމް.. ވިލް ޔޫ މެރީ މީ؟..” ހަދާނެ ގޮތެއް ނޭނގިފައި އން ލިމްނާއަށް ވިކާޝް ބުނެލި އެއްޗަކުން ލަމުން ދިޔަ ނޭވާވެސް ވަކިހިސާބެއްގައި ތާށިވީފަދައެވެ. ބޮޑުކޮށްލި ލޮލާއި އެއްވަރަށް އަނގަވެސް ހުޅުވާލަމުން އޭނާ ވިކާޝްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެމޫނުގައިވަނީ ހިތްދަމައިގަންނަ ފަދަ ޖާދުވީ ހިނިތުންވުމެކެވެ. ލިމްނާގެ މޫނަށް ވީގޮތް ފެނުމުން މިވަގުތު އޭނާއަށް ވާހަކަ ދައްކަން ފަސޭހަ ނުވާނެކަން އެނގޭތީ ވިކާޝް އިތުރަށް އެއްޗެކޭ ނުބުނެއެވެ. ގެއާއި ހަމައަށް ގެންގޮސްދިނުމަށްފަހު “ޓޭކް ކެއަރ” އޭ ބުނެލަމުން ލިމްނާ […]