އައިމަންގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާ އުފާވެރިކަމެވެ. އެތައް ދުވަހަކަށްފަހު ވަޒީފާ ހަމަޖެހުމުން އައިމަން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް އައިމަންގެ ކޮނޑުގައި ބޯ އަޅާލައިގެންއިން އައިމަންގެ ލޯބިވެރިޔާ ރައިނާގެ މޫނުމަތިން އުފާވެރިކަމަށް ވުރެ ބޮޑަށް ފެންނަނީ މާޔޫސްކަމެވެ. އެދެ ލޯބިވެރިން އެކުގައި އުޅޭތާ 2އަހަރު ވެއްޖެއެވެ. “ރާއި! އަހަރެން ޗުއްޓީއެއް ހަމަ ލިބޭއިރަށް ރާއި ގާތަށް އަންނާނަމޭ، އަހަރެން ޖޮބަކަށް މިދަނީވެސް ހަމަ އަހަރެމެންގެ ލައިފަށްޓަކައިއެއްނު” ރައިނާ ދެރަވެފައި އިނުމުން އައިމަން މަސައްކަތް ކުރީ ރައިނާ […]
އޭސީގެ ފިނިކަމުގެ ތެރެއިންވެސް ތާނިޔާގެ ނިއްކުރިމަތިން ދަލުގެ އަސަރު ފެންނަމުން ދިޔައެވެ. ހާސްވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށިއެވެ، ” ދަރިފުޅާ، ދަރިފުޅާ ތާން” ނައުމާ ތާނިޔާ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު 11 ޖެހި އިރުވެސް ތާނިޔާ ކޮޓަރިން ނުނިކުތުމުން ނައުމާ ހުރީ ފިކުރުބޮޑުވެފައިއެވެ. ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ބުރުގާގައި ގޮށެއް ޖަހާލަމުން ތާނިޔާ ނުކުތެވެ. ” ދަރިފުޅު ބަލީތަ؟ ދެލޯ ހާދަ ދުޅައެ” ތާނިޔާގެ ދުޅަވެފައިވާ ދެލޯފެނުމުން ނައުމާގެ ހިތަށް ތަދުވިއެވެ. […]
ފަރީޝާއަކީ ދެބައި އުމުރަށް އަޅާފައިވާ އަންހެނެކެވެ. އެހެންނަމަވެސް އޭނާ އަކީ އެންމެ ފަހުގެ ފެޝަންތަކަށް ލޯބިކުރާ މީހެކެވެ. މިއާ ހިލާފަށް ފަރީޝާގެ ފިރިމީހާ މިހާދު އަކީ އެންމެ އާދައިގެ އެއްޗެއްސަށް ލޯބިކުރާ މަސްވެރިއެކެވެ. ބައެއްފަހަރު ފަރީޝާގެ ހުންނަ ދެއްކުންތެރި ކަމެއްގެ ސަބަބުން މިހާދުގެ ހިތަށްވެސް ސަހަރޯހީވެއެވެ. އާދައިގެމަތިން ކަންނެލި ދަތުރެއް ނިންމާލުމަށްފަހު މިހާދު މާލެ އައިސް ހުރި ދުވަހެކެވެ. ޖެހިގެން އޮތް ދުވަހަކީ ފަރީޝާގެ އުފަންދުވަހެވެ. ފަރީޝާއަކީ ރައްޓެހިންނާއެކު އުފަންދުވަސް ފާހަކަކޮށް އުޅޭ މީހެކެވެ. އެހެންވުމުން ފަރީޝާ […]
ދޮރުން ނިކުއިން ތާނިޔާގެ ހަރަކާތްތައް ހުއްޓުނީ ދޮރުމަތީ ސައިކަލެއް މަތީއިން މީހަކު ފެނުމުންނެވެ. “ހޭ! ބޭބީ، ތި ބޮޑު އަނގަ ލައްޕަބަލަ.މަގުންދާ މީހުންވެސް ބަލާނެއްނު” ތާނިޔާގެ އަނގަ ތަންމިނަށް ހުޅުވިފައި ހުރިތަން ފެނުމުން މަލާމާތުގެ ރާގަކަށް ދާނިޝް ސަމާސާކޮއްލިއެވެ. އެދެ ލޯބިވެރިން ބައްދަލު ވެއްޖެނަމަ އެއީ އަބަދުވެސް އާދައެވެ. ތާނިޔާއަށް ދާނިޝް ކަމުދާ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. ތާނިޔާ ކޮންމެ މޫޑެއްގައި ހުއްޓަސް އެކަން ހަމައަކަށް އަޅުވާލަން ދާނިޝް ގެންގުޅޭ ކޫލް ސްޓައިލް ތާނިޔާއަށް […]
ދަންވަރުގެ ހަމަހިމޭންކަން މާލޭގެ މަގުތަކަށް ވެރިވާންކުރަމުންދާ މަސައްކަތުގެ ހުރަހަކަށް ވަމުންދަނީ ދޭތެރެޔަކުން ދުއްވާފައިދާ ކާރެއް ނުވަތަ ސައިކަލެއްގެ އަޑެވެ.އެހެންނަމަވެސް މަގުމަތިން މީހެއްގެ ހިލަމއެއްވަނީ ވަރަށް މަދުންނެވެ، “ދެން އަހަރެންދަނީ އިނގޭ، މިތާ މިގަޑީގަ ހުއްޓާ މޮމް މެންނަށް ފެނިއްޖާ ދެން ވާނެ ގޮތް އިނގެޔެއްނު” ހެންވޭރު/ހަތިހާގޭގެ ދޮރުމަތީގައި ހުރި ތާނިޔާ އޭނާގެ ލޯބިވެރިޔާ ދާނިޝްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ” އޯކޭ އޯކޭ ބޭބް، ދެން ތިހާ ބިރުނުގަނެބަލަ، މޮމް ނިކުމެފަހާލުމުކެކުރިން އަހަރެން ދާނަމޭ” އަތުން […]