“މިޝަލް.” ރިހާ މަޑުމަޑުން އެ ޒުވާނާގެ ނަން ކިޔާލިއެވެ. ލޯގަނޑުން ރިހާގެ ސޫރައަށް ބަލާލަމުން މިޝަލް ހިނިތުންވެލަމުން ރިހާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ހެޕީ އެނިވާސަރީ ބޭބީ!” އެއާއި އެކު ރިހާގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. “މިޝަލް! ޔޫ އާ ލޭޓް.” އިށީންދެ އިން ގޮނޑިން ތެދުވެ މިޝަލް ކުރިމަތީ ހުއްޓި މިޝަލްގެ އަތުކުރީގައި އޮތް ގަޑި ދައްކާލަމުން ހިނިތުންވުމަކާއި އެކު ރިހާ ބުނެލިއެވެ. “އެންޑް ޔޫ ލުކް ބިއުޓިފުލް.” އެހެން ބުނެ […]
ރެއަކީ ޒީޝާނާއި ނިހާގެ ކައިވެނީގެ ރެއެވެ. ކައިވެނި ކުރުން އޮތީ އެރޭ އެގޭގައި ކަމަށްވެފައި ޤާޒީ ކައިވެނީގެ އަހުދު ފަށަން ތައްޔާރު ވި ތަނާ މާޔާ އެތަނަށް އައިސް ޒީޝާނަށް ވަރަށް ބާރަށް ގޮވާލިއެވެ. ޒީޝާން ބަލާލި އިރު މާޔާ ހުރިހާލު ފެނުމުން ބޮޑުކަމެއް ވެއްޖެކަމުގައި ޒީޝާންގެ ސިކުނޑީގެ ކަނަކުން އިންޒާރު ދިނެވެ. ކައިވެނި ކުރަން މޭޒުދޮށުގައި ތިބި އެންމެނަށް ބަލާލަމުން ޒީޝާން ތެދުވިއެވެ. އެވަގުތު ނިހާ ޒީޝާންގެ އަތުގައި ހިފަހައްޓާލީ ކައިވެނީގެ މޭޒު ދޫކޮށްނުދާށޭ ބުނާފަދަ […]
“ޑޭޑް! އަސްލު ރިހާ ބުނީ ޑޭޑްއަށް މިހާރު ރިހާ ކޮމްޕެނީން ވަކިނުކުރެވޭނޭ… ބިކޮޒް އިޓްސް ނޮޓް ޔުއާސް އެނީމޯ.” ރިހާ އެއްމިޔަކަނުން ހިނިތުންވެލަމުން ބުނެލިއެވެ. “އިޓްސް މައިން. އެއީ މިހާރު އަހަރެންގެ ކޮމްޕެނީއެއް.” ރިހާ ދެންބުނީ ކުޑަ ދުވަސް ކޮޅެއްކުރިން ނަސީރު ލައްވާ ރިހާ ސޮއި ކުރުވި ލިޔުންތަކު ތެރޭގައި ނަސީރުގެ ކޮމްޕެނީ ރިހާގެ އަމިއްލަ ނަން މައްޗަށް ބަދަލުކުރުމަށް ނަސީރުގެ އެއްވެސް އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއްވެސް ވާނެކަމަށާއި ނަސީރު އެ ލިޔުމުގައި ސޮއި ކުރުވި ހިސާބުން […]
“ރިހާއާއި ޒީޝާންގެ ކައިވެނި ހަމަޖެހުމުން މިހެން ބުނަން މަންމަ ދެރަވޭ… އެކަމް، މިވާހަކަ ނުބުނެ ނުހުރެވޭނެ. އެނގޭ ދަރިފުޅު ގާތުން މިއެދެނީ ވަރަށްބޮޑު ކަމަކުކަން… އެނގޭ މި އަރައިގަނެވެނީ ރިހާގެ ހައްޤަކަށްކަން. އެކަމް، ނިހާ ޒީޝާން ދެކެ ވަރަށް ލޯބިވޭ. ނިހާއަށް ޓަކައި ޒީޝާން ދޫކޮށްލަދީ… މަންމައަށްޓަކައި…!” ނަސީމާ އެ އެދުނު ކަމަކުން ރިހާއަށް ބޭއިޙްތިޔާރުގައި ނަސީމާގެ އަތުން ދޫކޮށްލެވުނެވެ. އަދި ދެ ލޯ ބޮޑުވެ އަގައިން ބަހެއް ނުބުނެވި ނަސީމާއަށް ބަލަހައްޓައިން އިނދެވުނީއެވެ. ރިހާއަށް ބަލާލުމަށް […]
ޒީޝާނާއިއެކު ރިހާގެ ޙަޔާތުގައި ލިޔެވެން ފެށީ މުޅިން އާ ބާބެކެވެ. ދުވަސްތައް ފާއިތުވަމުން މާޒީ އާއި އެކުވަމުން ދިޔައިރު، ޒީޝާން ވީ ރިހާގެ ދިރިއުޅުމުން އުނިވެފައިވީ ލޮތްބާއި، އަޅާލުމާއި، އުފާ ރިހާގެ ޙަޔާތަށް ގެނެސްދިން ފަރާތަށެވެ. ކުޑައިރު ކިޔާ އުޅުނު ފެއަރީޓޭލް ވާހަކަތައް ފަދަ ފެއަރީޓޭލް އެއްގަ އުޅެވޭ ފަދަ އިޙްސާސެކެވެ. ޒީޝާނާއި އެކު ވޭތުވަމުން ދިޔަ ކޮންމެ ވަގުތަކީ ރިހާގެ ހިތް އުފަލުން ފުރާލަދޭ ވަގުތުތަކެކެވެ. ރީތި މާބޮނޑިތަކާއި، ޗޮކްލެޓް ފަދަ އެއްޗެތި އެއީ […]
“ދޭ ޑޯންޓް ލަވް މީ! ނެވަރ ޑިޑް… އެން ނެވަރ ވިލް…” ރިހާ އާއި ދިމާއަށް ޒީޝާން އެނބުރުނު އިރު ރިހާ ވެސް ހަށަން ބަދެލައިން ހުރީ ޒީޝާނަށް ބަލާށެވެ. މުޅި މޫނުމަތިން ހިތްދަތިކަން ފާލުވަމުން ދިޔައިރު އެ ދެލޮލުން އޮހޮރެމުން ދިޔައީ ކަރުނައެވެ. ނަމަވެސް ލޮލުން އޮހޮރެމުން ދިޔަ ކަރުނައިގެ އެއްވެސް އަސަރެއް ރިހާއަށް ނުކުރާފަދައެވެ. އެ ކަރުނަތައް ފުހުމުގެ ބަދަލުގައި ރިހާގެ ވާހަކަ ގެންދިޔައީ ކުރިއަށެވެ. މަޑުމަޑުން ޒީޝާންވެސް ރިހާ ގާތަށް ހިނގައިގަތެވެ. “މިއޮއްހާ […]
އުފާވެރިކަމާއިއެކު ކުރިއަށް ދިޔަ ހަފްލާގައި ނިހާމެންގެ އުފަންދުވަހުގެ ކޭކުފަޅަން އެންމެން ތައްޔާރުވެފަ ހޯދީ ރިހާއެވެ. ނަސީރަށް ރިހާ ނެތްކަން އެނގުމުން ކުޑަކޮށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާއަށް ލިބިފަ މިހިރީ ވާ ދަރިއެއްތާއޭ ހިތަށްއެރިއެވެ. ދެފަހަރު ހަމައަށް ވާ ތަނެއްނޭނގެއެވެ. “ޔެސް ޑޭޑް!” ރިހާ ވީތަނެއް އޮޅުން ފިލުވުމަށް ނަސީރު ގުޅުމުން ފޯނުނަގައި ރިހާ ބުނެލިއެވެ. ރިހާ އިނީ ކުރިންވެސް އާދައިގެ މަތިން ރޭގަނޑުގެ ހަމަހިމޭން ވަގުތު އައިސް އިންނަތަނުގައެވެ. އެއީ ރަށުގެ ބަނދަރު ހެދުމަށް […]
…..ރިހާދެކެ ޒީޝާން ލޯބިވާކަން އެނގުނު ފަހުން ރިހާ ވަނީ ޒީޝާނާއި ދުރުވެފައެވެ. ކުރިން އެކުގައި މަސައްކަތްކޮށް ހީ ސަކަރާތްޖެހާ އުޅުނު ނަމަވެސް މިހާރު ރިހާ ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ނޫނީ ނުބުނެއެވެ. މިއަދުވެސް އެތައްފަހަރަކު ރިހާއަށް ގުޅިއްޖެއެވެ. ނަމަވެސް އެއިން އެއްފަހަރުވެސް ފޯނަށް ޖަވާބު ނުދެއެވެ. އެ ދުރުހެލިކަން ޒީޝާނަށް ވީ ކެތްކުރަންދަތި ވޭނަކަށެވެ. އޮފީސް ނިންމާލުމަށްފަހު އައިގޮތަށް ޒީޝާން އޮތީ އެނދުމަތީގައެވެ. ޒީޝާން ހޯދަމުން އައި އޭނާގެ މަންމަ، ސަމީރާ އެކޮޓަރި […]
…..ނިހާ ކޮންމެތާކު ވީނަމަވެސް ނިހާ ހޯދައިގެން ގެނެސް އޭނާގެ މަންމަގެ ހިތުގައި އަޅަމުން ދިޔަ ވޭން ކުޑަކޮށްދިނުމެވެ. އަދި އެއަށްފަހު ރިހާ އެ ގެއާއި އޭނާގެ ޢާއިލާ ދޫކޮށް އަބަދުގެ އަބަދަށް ދިއުމެވެ. އެހެންކަމުން އަޒުމަކާއި އާ ހިތްވަރަކާއެކު ދެލޯ ފުހެލަމުން ރިހާ ތެދުވިއެވެ. ތާޒާ ވެލައިން ނުކުމެ އެންދުގެ އެއްކަނުގައި އިށީނދެލައިން ރިހާ ކޮޓަރީގެ އެކި ތަންތަނަށް ފަރުވާތެރިކަމާއިއެކު ނަޒަރު ހިންގައި ބަލާލާ ގޮތުން ހީވަނީ އެކޮޓަރީގެ ކޮންމެ ތަނެއް، ކޮންމެ ކަނެއް ސިކުނޑީގައި […]