Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން (5ވަނަ ބައި)

neema Level 1
March 4, 2014 5 Mins Read
1 Comment

ނިހާއަށް ލިބުނު ހިތްދަތިކަމަކުން ލޯފެންކަޅިވިއެވެ. އެއްފަހަރު ތޫމާއަށް އަނެއްފަހަރު ޒިހާންއަށް ބަލާލެވުނީ އަޑުއިވުނު ބަސްގަބޫލު ނުކުރެވިގެންނެވެ. ނަމަވެސް ޒިހާންގެ މޫނުމަތީގައިވާ ހިނިތުންވުން ނިހާގެ ހިތްކަތިލިއެވެ. ދެންމެގަ އިވުނު ބަސްތަކަކީ ތެދުކަން ގަބޫލުކުރަން ނިހާއަށް މަޖުބޫރުވިއެވެ. އަރުހިކި ހިން ދިރުވާލަން އުދަގޫ ވާން ފެށިއެެވެ. ދެންމެގަ މަލެއްފަދައިން ފޮޅިފައިވާ މޫނު މިލާ މޯޅިވިއެވެ. އެންމެން ކާރަށް އަރާ ހަމަޖެހިލިއިރުވެސް ނިހާގެ ހިތަށް ހަމަޖެހުމެއްނުލިބުނެވެ.

“ނިހާ…. ހާދަ ބަސްމަދުވެފަ؟؟؟” އަދީލްއަށް ނިހާގެ ހަމަހިމޭންކަން އިހުސާސްވުމުން ސުވާލުކޮއްލިއެވެ.

“ނޫން…. އެއީ ކަމެއްނުވޭ…” ނިހާ އިސްޖަހާލަމުން ޖަވާބުދިނެވެ. ލޯގަނޑުން ފެންނަމުން ދިޔަ ޒިހާންގެ ސޫރައަށް ބަލާލެވުނީ ހިތަށް ލިބިފައިވާ ވޭނަކުންނެވެ.

ރެސްޓޯރެންޓުގެ ދޮރުމައްޗަށް ކާރުހުއްޓާލުމުން ނިހާގެ ހިތް ތެޅިލިއެވެ.

“ޒިހާންގެ ގާލްފްރެންޑާ ކުރިމަތިލާނެ ހިތްވަރު އަހަރެންގެ އެބަހުރިބާ؟؟؟ ބަހަނާއެއްދައްކާފަ މިތަނަށް ނާދެވުނުނަމަ….  އެއީ ވަރަށް ރީތިކުއްޖެއްބާ؟؟؟ ޒިހާން އޭނަދެކެ ވަރަށް ލޯބިވޭކަންނޭގެ… ” ނިހާގެ ހިތުގައި ހިގަމުންދިޔަ ހައިޖާނުގަޑުގެ ސަބަބުން މޫނުމަތީގެ އުޖާލާކަންވަނީ އުކީ ގެއްލިފައެވެ.

މޭޒުކައިރިއަށް ދެވުމުން ނިހާއެކިދިމާ ދިމާއަށް ނަޒަރުހިންގާލީ ޒިހާންގެ ލޯބިވެރިޔާދެކިލުނަށެވެ. ނަމަވެސް ނިހާމެން ތިބި މޭޒުކައިރީގައި އިން ފިރިހެންކުއްޖެއް ފިޔަވާ އިތުރު މީހަކު ފެންނާކަށް ނެތެވެ. ނިހާއަށް ހައިރާންވެފައި ޒިހާންއަށް ބަލާލެވުނެވެ.

“މިއީ ދޮންތަ ބުނި އަހަރެންގެ ލޯބިވެރިޔާ…..ޒައިން” ނިހާ ބަލަންއިން ގޮތުން ހީލާފަ ޒިހާން ޖަވާބުދިނީ ކައިރީގަ އިން ކުއްޖާގެ ކޮޑުގައި ޖަހާލަމުން ނެވެ.

“ނިހާއަށް އެގޭތަ… މި ދެމީހުން 12އަހަރުން ފެށިގެން އަބަދުއެކީގަ އުޅެނީ…. ދެމީހުންވެސް އަދިވެސް އެތިބެނީ ހުހަށް… އެހެންވީމަ އަހަރެން ޒައިން އަކީ ޒިހާންގެ ގާލްފްރެންޑޭ ކިޔަނީ… ކުރިން ތަންކޮޅެއް ގާލިޝްކޮށް ޒައިން ހުންނާނީ ވެސް….” ތޫމާ ހީހީފަ ކިޔާދިނެވެ.

“އޯ…” ލިބިނު ހިތްހަމަ ޖެހުމުގެ ސަބަބުން ނުހާއަށް ބުނެލެވުނެވެ.

ކާއެއްޗިހިތަށް ގެނެސް މޭޒުމަތީގައި އަތުރަންފެށުމުން އެންމެންވެސް އަވަސްވެގަތީ ކެއުމަށެވެ. ޒިހާން އާއި ނިހާއަށް އިރުއިރު ކޮޅާ އެކަކު އަނިކަކަށް ބަލާލެވެއެވެ. ހުރިހާކަމެއްބަލަން ކައިރީގައި އިން ޒައިން އަށް މާގިނައިރަކު މަޑުން ނީދެވުނެވެ.

“އަހަރުމެން ނިމުނީނު… މިދެމީހުން ހިއެއްނުވޭ އަވަހަކަށް ނިމޭނެހެނެއް…. ” ދެމީހުންގެ ތައްޓަށް އިޝާރާތް ކުރަމުން ޒައިން ބުނެލުމުން ނިހާއަށް އިސްޖަހާލެވުނެވެ.

” ދެން ނުކެވޭނެ…” އިރުކޮޅަކުން ނިހާއަށް ބުނެލެވުނެވެ. ޒިހާންގެ ތޫނު ނަޒަރުން އުދަގޫވެފައި އިނުމުން ނިހާއަށް ނިކެވުނީކަން ޒައިން އަށް އެގުނެވެ.

އަދީލްއާއި ތޫމާއާއި ނިހާ ކާރުގައި ދިޔުމުން ޒިހާން ދިޔައީ ޒައިން އާއެކު ސައިކަލުގައެވެ.

” ނިހާގެ ކެއުން ހަރާބުކޮއްލާފަ ތިއިންނަނީ….. އެފަކީރަށް އެހެން ހަދަން ހެޔޮނުވާނެ އެއްނު…” ސައިކަލު ދުއްވާލުމާއެކު ޒައިން ޒިހާން އާއި ދިމާކުރަން ފެށިއެވެ. ޒައިން އަށް ނިހާގެ ވާހަކަ ކިޔާދީފައިވުމުން ޒައިންގެ އުދަގޫޖެހޭނެކަން ޒިހާންއަށް މާކުރިންވެސް އެގެއެވެ.

“ކީއްވެތަ ދޮންތަމެން ތިއްބަ ދިމާކުރަނީ؟؟؟” ޒައިން ގައިގަ ވިކާލަމުން ޒިހާން ބުނެލިއެވެ.

” ޒީން އަވަހަށް ޕްރޮޕޯސްކުރަން އުޅޭ… ތެޔޮނާށި ކާޅުޖަހައިގަނެފާނެ…. މާދަން އަދީލްބެ ފުރީމަ ވާނެ އެކަން ކުރަން…” ހިނިގަނޑެއްޖަހާލަމުން ޒައިން ބުނެލިއެވެ.

އެތައްއިރެއްވާންދެން ބޭރުގައި އުޅުމަށްފަހު ޒިހާންއަށް ގެއަށް އާދެވުނީ 12ޖެހިފަހުންނެވެ. މާދަން ޗުއްޓީދުވަހެއްކަމުން އެހާއަވަހަށް ނިދާކަށް ޒިހާން ބޭނުމެއްނުވިއެވެ. ބަދިގެއާއި ދިމާއަށް ޒިހާން މިސްރާބުޖެހީ ކޮފީއެއް ހަދާލަން ގަސްތުކޮށްގެނެވެ. ފްރިޖްކައިރީގައި ފެންފުޅިއެއްހިފައިގެން ހުރި ނިހާފެނުމުން ޒިހާންއަށް ހުއްޓެވުނެވެ. އެހެންނޫނީ ލާ އުޅޭ ހެދުންތަކަށް ވުރެ ކުރު ހެދުމެއްލާފައި ހުރުމުން ނިހާ ބަދިގެއަށް އައީ ނިދަންއޮވެފަކަން ދެނެގަންނާކަށް ޒިހާން އަކަށް އުދަގުލެއްނުވިއެވެ. މަޑުމަޑުން ލަވައެއްކިޔަމުން ނިހާ ޖަގައްފެނައަޅަންފެށީ އެތަނުގައި އޭނާގެ ހަރަކާތްތައްބަލަން މީހަކުހުރިކަން ނޭގިއެވެ. ޒިހާންގެ ހިތައްވެރިވި ހިޔާލަކުން އެއްމިޔަކަނުން ހީލަމުން ގޮސްނިހާގެ ފަހަތުގައި ހުއްޓުނެވެ. ޖަގައްފެންއަޅާނިމާލާފަ އެބުރުނު ނިހާ ސިއްސައިގެން ދިޔައީ އޭނަޔާޖެހިފިތިގެން ކަހަލަގޮތަކަށް ހުރި ޒިހާން ފެނުމުން ނެވެ. އަތުންފެންފުޅި ދޫވިއެވެ. އަގައިން އަޑުބޭރުނުވީ ޒިހާން އަވަހައް ނިހާގެ އަގަމަތީ އަތް އެޅުމުން ނެވެ.

“އަހަރެން މީ ގޯސްޓެއްނޫން… ހަޅޭލަވައި ނުގަންނާތި….” ހީލަމުން ނިހާގެ ގައިން ޒިހާން ދޫކޮއްލިއެވެ. ނިހާއަށް ކުރިއަށް ފިޔަވަޅުއަޅަން ނޭގިފައި ޒިހާންއަށް ބަލަން ހުރެވުނީއެވެ.

“އޯ އެމްޖީ…. ނިހާ ހާދަ ލޯތްބޭ… އަދިކިރިޔާ މިހާކައިރިން މި ފެނުނީ…” ނިހާގެ މޫނަށް ބަލަން ހުރެ ޖަޒުބާތުން ފުރިގެންވާ އަޑަކުން ޒިހާން ވާހަކަ ދެއްކިއެވެ. އެފިރިހެން ވަންތައަޑު އިވުމުން ނިހާގެ ގައިގަވާ ހުރިހާ ހޯލިތަށް ކޮޅަށް ޖެހުނެވެ.

” މިހުރިހާ ދުވަސްވީއިރު ކޮންތާކު އުޅުނީ؟؟ ކީއްވެ އެހާލަހުން ތިއައީ؟؟ ” ނިހާގެ އަތުގައި ހިފާލަމުން ޒިހާން އަދިވެސް ނިހާއާ ކައިރިއަށް ޖެހިލިއެވެ. ނިހާގެ އަތް ފިނިކަމުން ހީވަނީ ގަނޑުފެން ކޮޅެއްހެނެވެ. ވެހެންފެށި ވާރޭގެއަޑަށް ނިހާއަށް ހަމަ ދުނިޔެއަށް އާދެވުނެވެ. ތެޅިގަނެފައި ޒިހާން އާ ދުރަށް ޖެހުނެވެ. ބަދިގެއިން ނުކުންނަން އަވަސް އަވަހަށް ހިގައިގަތެވެ. ނަމަވެސް ނިހާގެ ފިޔަވަޅުތަށް ހުއްޓުނީ ޒިހާން ނިހާގެ އަތުގައި ހިފުމުންނެވެ.

ނިހާގެ މޫނުމައްޗައްވެޓިފައިވާ އިސްތަށިކޮޅު ޒިހާން އަތުން ރީތިކޮއްލިއެވެ. ޒިހާން އަތުން މޫނުގައި ބީހުމުން ނިހާއަށް ލޯމަރާލެވުނެވެ. ނިހާގެ ހިތްގައިމު ނޫނަށް ބަލަން ޒިހާން އަށް ހުރެވުނީ ހިނިތުން ވެފައެވެ. ދެއަތުން ނިހާގެ މޫނުގައި ހިފަހައްޓާލަމުން ބޮޑުވާ އިގިލި ނިހާގެތުންފަތުގައިި ހިންގާލީ މަޑުމަޑުންނެވެ. މަޑުމަޑުން ނިހާގެ މޫނާއި ޒިހާން ކައިރުވިއެވެ. އެ ހޫނު ނޭވާތައް ކަދުރާއަށް އެޅުމުން ނިހާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“އޯނޯ….. ޝިޓް…” ދެމީހުންނަށް އެއްފަހަރާ ދުރަށް ދެވުނީ ދޮރުމަތިން އިވުނު އަޑުންނެވެ.

“ޒައިން ؟؟؟ ޔޫ؟؟؟” ޒިހާން އަށް ހައިރާން ކަމާއެކު ސުވާލުކޮށްލެވުނެވެ. ދުވަހަކުވެސް ޒައިން އެގެއަށް މި ގަޑީގައި އައިސްފައި ނުވާތީއެވެ.

“ޔާ… މީ… ” ލާނެއް ހިނިތުންވުމަކާއެކު ޒައިން ބަލާލީ ނިހާގެ މޫނަށެވެ.ލަދުގަނެ ކަންބޮޑުވެފައިވާ ނިހާގެ މޫނުފެނުމުން ޒައިން އަށް އިތުރަށް ހެވުނެވެ.

ނިހާއަވަހަށް ވަގުތުބަލާފައި ސިޑިއާއި ދިމާއަށް ދުއްވައިގަތެވެ.

“އަޅެ މިތަން ތަޅުލައިގެން ތިބިނަމަވެސް ދޯ…” ޒައިން ނިހާއަށް އަޑުއިއްވާލުމަށް ތަންކޮޅެއްބާރަށް ބުނެލިއެވެ.

” ވަޓް ދަ ހެލް އާޔޫ ޑުުއިން؟؟؟ މިގަޑީގަ މިތާގަ؟؟؟ މަގޭ އެއޮފަދަ ރޮމޭންޓިކް ސީން ހަރާބުކޮއްލާފަ…..” ޒައިން ގައިގަ ވިކާލަމުން ޒިހާން ބުނެލިއެވެ.

“އަވަހަށް ނިހާކައިރިއަށް އަންނަން ވެގެން މިވެސް ބާއްވާފަތިއައީ….. މިރޭގަ ނިހާއަށް ގުޅާނަމޭ ބުނީމަ މި އައީ މި ހިފައިގެން….” ޖީބުން ޒިހާން ގެ ފޯނު ނަގަމުން ޒައިން ބުނެލިއެވެ.

ދަންވެފައިވުމުން މާގިނައިރު މަޑުނުކޮށް ޒައިން ދިޔައީއެވެ. ޒިހާންވެސް އޭނަގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. ނިހާގެ ކޮޓަރިއާއި އަރާ ހަމަވުން ޒިހާން ހުއްޓިބޯކަހާލިއެވެ. ނިހާލަދުގަންނާނެ ވަރު އެގުމުން  ޒިހާން އަށް ހެވުނެވެ. އެދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ ނިހާ އޮތެވެ. ނިދިވަނީ ނިހާގެ ލޮލާ އެތައްމޭލެއް ދުރަށް ދަތުރުކޮށްފައެވެ. ޒިހާންގެ ސޫރަ އެހާކައިރިން ފެނުމުން ނިހާއަށް ބުނަން ނޭގޭފަދަ އުފަލެއްލިބިފައެވެ. އެނޭވާގެ އިހުސާސްވުމުން ތުންފަތުގައި ދަތްއަޅާލެވުނެވެ.

ލޮލަށް އެޅުނު އިރުގެ އަލިން ނިހާއަށް ހޭލެވުނެވެ. ލޯ ރަނގަޅަށް ހުޅުވާލުމާއެކު ނިހާއަށް ތެޅިގަނެވުނެވެ. ފަތިސް ގަޑީގައި ތޫމާ ދޮރުގައި ތެޅި ހަދާންވުމުން ނެވެ. “ދޮންބެ ފުރީބާ؟؟؟” ނިހާގެ ހިތުގައި އުފެދުނު ސުވާލުން ފުންމައިގެން ތެދުވިއެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ނިހާ ނިކުތެވެެ.

” ގުޑް މޯނިންގް ސްވީޓްހާރޓް….” ނިހާއަށް ހުއްޓެވުނީ ފަހަތުން އިވުނު ޒިހާން ގެ އަޑުން ނެވެ.

“ސްވީޓްހާރޓް” ނިހާއަށް ހިތާހިތުން ކިޔާލެވުނެވެ. މޯނިންގް އޭބުނެލަމުން ނިހާއަވަހަށް ސިޑިއާއި ދިމާއަށް ދާން ހިގައިގަތީ ޒިހާން އާއި ދިމާއަށް ބަލާވެސް ނުލައެވެ. ޒިހާންގެ ހިތުގައި ރިއްސާލިއެވެ. ރޭގައި ހިގި ކަންތަކުގެ ސަބަބުން ނިހާ ހިތްހަމަ ނުޖެހުނީ ބާއޭ ޒިހާން ގެ ހިތަށް އެރިއެވެ.

” ތޫ…. ސޮރީ…. ރޭގަ ވަރަށް ލަހުން ނިދުނީމަ ހޭނުލެވުނީ….” ސިންކު ކައިރީގައި ހުރި ތޫމާގެ ކައިރިއަށް ހުއްޓެމުން ނިހާ މާފަށް އެދުނެވެ.

“ކީއްތަ ކުރީ ނުނިދާ؟؟؟ ގައިމު 9ނުޖަހަނީސް ކޮޓަރިއަށް ގޮއްސި ނިދަންނޭ ބުނެފަ….” ނިހާއާއި ދިމާއަށް އެބުރެމުން ތޫމާ ކޮށްލި ސުވާލުން ނިހާއަށް ތެޅިގަނެވުނެވެ.

“ދޮންބެ ދަމުން ނުވެސް ބުނޭ އަހަރެން ކޮލެޖައް ދާންޖެހޭ ދުވަހެއްވެސް” ނިހާ މައުލޫ އޮޅުވާލުމުގެ ގޮތުން ބުނެލިއެވެ. ތޫމާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭގުމުންނެވެ.

“އާ… ތިހެންބުނީމަ މި ހަދާންވީ… މާދަމައިން ފެށިގެން ކޮލެޖް އަށް ދާން ޖެހެނީ… އަހަރެންނާ ހުރިހާކަމެއް ހަވާލުކޮށްފަ އަދީލް ދިޔައީ…. ސޯ…. ނިހާ އާއި ޒިހާން އަށް ދާންޖެހެނީ އެއްގަޑިއެއްގަ، އެހެންވީމަ އަހަރެން ބުނާނަން ޒިހާން ކައިރީގަ ކޮންމެދުވަހަކު ނިހާ ގެންގޮސް ގެނެސް ދޭން…. ނިހާ ގެއައް އަންނަންދެން އަހަރެން ދޮންތަމެން ގެއަށް ދާނި…” ތޫމާ ހުރިހާކަމެއް ސާފުކޮށްދިނެވެ.

“9ގަ ދޯ ދާން ޖެހެނީ ކޮލެޖަށް؟؟؟ ” ނިހާއަހާލިއެވެ. ބޮލުގެ އިޝާރާތުން ތޫމާ އާއެކޭ ބުނެލިއެވެ.

ޒިހާންއައިސް ކާމޭޒުކައިރީގައި އިށީނުމުން ނިހާކައިރީގައި ސައި ތައްޔާރުކުރަން ބުނަމުން ތޫމާ ދިޔާއީ ދޮވެފަ ހުރި އެއްޗެހި ހިއްކަން އަޅަންނެވެ. ޒިހާން އަގައިން ނުބުނެ އިންނަންފެށުމުން ނިހާ ޒިހާން އަށް ބަލާލިއެވެ. އެވަގުތު ޒިހާން ވެސް ނިހާއަށް ބަލާލުމުން ހަތަރުކަޅި ހަމަ ވިއެވެ. ޒިހާން ގެ ލޮލުން މާޔޫސް ކަމުގެ ވިދުވަރު ފެނުމުން ނިހާ ހައިރާން ވިއެވެ.

“ޒިހާން؟؟” ނިހާ ސައިހަދާ ނިންމާފަ ޒިހާން ގެ ކުރިމަތީގަ އިން ގޮޑީގަ އިށީދެލިއެވެ.

“ސޮރީ…. ރޭގަ ވީ ކަންތަކާ…” ޒިހާން އިސްއުފުލާލަމުން މާފަށް އެދުނެވެ.

“ކޮންކަމަކާ ސޮރީ؟؟؟ އަހަރެން ރުޅިއައިސްގެނެއް ނޫނޭ ދިޔައީ…” ކޮޑުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅާ ކުޅެމުން ނިހާ ބުނެލިއެވެ. ވަގުތުން ޒިހާންގެ މޫނު އަލިވެގެން ދިޔައެވެ. ޒިހާން ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖެހޭނެކަމުގެ ފެހި ސިގްނަލް އެވަގުތު ހިތް ދިނެވެ.

“ތެންކްސް…” ތޫމާއައުމުން ޒިހާން އިތުރު ވާހަކައެއް ނުދައްކައެވެ. ނަމަވެސް ނިކުމެގެން ދަމުން ނިހާއާއި ދިމާއަށް އެއްލޯމަރާލިއެވެ. ނިހާ ރަކި ހިނިތުން ވުމަކާއެކު އިސްޖަހާލައިގެން އިނެވެ.

“ކީއްވީ މާ ލޯބިކޮށް ތި ހެނީ؟؟؟ ޒިހާން ވިންކް ކުރީ މަތަ؟” ތޫމާގެ ސުވާލުން ނިހާ ސިއްސުވާލިއެވެ. އެމަންޒަރު ތޫމާއަށް ފެނުންކަން އެގުމުން ނިހާ ލަދުން ހަލާކުނުވީ ކިރިޔާއެވެ. ތޫމާއާ ދިމާއަށް ލޯ ބޮޑުކޮއްފަ ބަލަން އިނީ ކުއްވެރިއެއްފަދައިންނެވެ.

” ނިހާ ހީކުރީދޯ ތޫ އަށް ސިއްރުންނޭ ނިހާ ތިއުޅެނީ؟؟؟ އެކަމަކު ތޫ އަށް ހުރިހާކަމެއްވެސް އެގޭ…” ނިހާގެ ކައިރީގައިން ގޮޑީގަ އިށީންނަމުން ތޫމާ ބުނެލިއެވެ.

“ކޮން ހުރިހާކަމެއް؟؟” ނިހާ މަޑުމަޑުން ސުވާލުކޮށްލިއެވެ. މޫނުމަތީގައިވާ ހިތްހަމަ ނުޖެހުމާއެކުވެސް ތޫމާގެ އަޑުގައި ވާ އޯގާތެރިކަން ފާހަގަކުރެވި ނިހާ ހައިރާން ވިއެވެ.

“އައި ނޯ ހީ ލަވްސް ޔޫ… އަހަރެންގެ ކޮއްކޮ އޭ އެއީ…. އޭނައަކަށް ނުކުރެވޭނެ އަހަންނަށް ސިއްރުން އެއްވެސް ކަމެއް..” ތޫމާ ހިނިތުންވެލަމުން ބުނެލިއެވެ.

“ނިހާގެ ހިތުގަ އޮތް އެއްޗެއް އަކަށް ނޭގޭ… އެކަމަކު ޒިހާން ގެ ހިތް ދެވަނަ ފަހަރަށް ހަލާކުވާކަށް ބޭނުމެއްނޫން..” ތޫމާ ނިހާގެ އަތުގައި ހިފާލީ އާދޭހާ އެކުގައެވެ.

ތޫމާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށްފެނި ނިހާގެ ހިތަށް ތަދުވިއެވެ. ޒިހާންގެ މާޒީގައި ކަންތަށް ވެފައިވާ ގޮތެއްބެލުމަށް ޝައުގުވެރިވިއެެވެ. ނަމަވެސް މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުނޫންކަމުން ނިހާ ކެއްކޮއްލިއެވެ. ތޫމާގެ ހިތުގައި އެތަށް ބައިވަރު ސިއްރުތަކެއް ފޮރުވިފައިވާކަން ނިހާއަށް ފާހަގަކުރެވުނީ ކީއްވެކަމެއް ހުދު ނިހާއަށް ވެސް ނޭގެއެވެ. ނިހާ ތޫމާގެ ކިބައިން އެދުނީ ހިތުގައިވާ ހުރިހާ ސިއްރެއް ކިޔާދިނުމަށެވެ.

“އަހަރެންނަށް ކުރިން ފެނުނު ތޫއެއް ނޫން ތީ، އަދި ލޮލަށް ޖަމާވެފައި ތިވާ ކަރުނަ ތިއީ ހަމައެކަނި ޒިހާންގެ ހިތް ހަލާކުވެދާނީ ވާ ކަރުނަ ނޫން ކަންނޭގެ، އެހާއަވަހަށް މީހުންނަށް އިތުބާރު ކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަންވެސް އެގޭ، އެކަމަކު ތިގޮތަށް ހިތުގަ ކަންކަން ފޮރުވުމަކީވެސް ރަނގަޅު ގޮތެއްނޫން ދޯ…. އެކަމުން ވެސް ލިބޭނީ ހިތްދަތިކަން…. ސޯ….. ކިޔާދީބަލަ…” ނިހާ މަންމަޔަކު ފަދައިން ތޫމާއަށް ނަސޭހަތް ދިނެވެެ.

ނިހާއަކީ ތޫމާ އާއި އެއްފަދަ މިޒާޖެއްގެ ކުއްޖެއްކަމުން، ތޫމާގެ އިހުސާސްތަށް ނިހާއަށް ދެނެގަންނަން ފަސޭހަވާނެކަން ތޫމާގަބޫލިު ކުރިއެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ތޫމާ އެދުނީ ކޮޓަރިއަށް އައުމަށެވެ. ނިހާއަށް ހިއްސާކުރަން އުޅޭ ސިއްރުތަކަކީ އަދީލްއަށްވެސް އެގިފައިނުވާނެ ކަންކަމެވެ. އަދި އެއްބައި ސިއްރުތަށް ޒިހާންއަށްވެސް ނޭގޭނެއެވެ. އެދުގައި ހަމަޖެހިލަމުން ތޫމާ ބަލާލީ ކުރިމަތީގައި އިން ނިހާ އާ ދިމާއަށެވެ. އެދެލޮލުން ތޫމާއަށް ފެނުނީ ޝައުގުވެރިކަމެވެ…………………………..

(ނުނިމޭ)……..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

neema

Level 1

Other Articles

Previous

ހަދިޔާ………..

Next

ހިތް ނުރޮއްވާ… (19)

Next
March 4, 2014

ހިތް ނުރޮއްވާ… (19)

Previews
March 3, 2014

ހަދިޔާ………..

One Comment

  1. meesham says:
    March 4, 2014 at 10:11 am

    varah nice. vext part ah wait kuran

Comments are closed.

Next Episodeހިތުގެ ތެޅުން (6ވަނަ ބައި)←


All Right Reserved!