ޖެހިގެން އައި ދުވަހެވެ. އެލީޝާގެ މަންމަ އެލީޝާ ގޮވައިގެން މަންމަމެންގެ ކޮޓަރިއަށް ދިޔައިރު އެ ކޮޓަރީގައި އެލީޝާގެ ބައްޕައާއި ކަރަމްގެ އިތުރުން އޭނާގެ މައިންބަފައިންވެސް ތިއްބެވެ. އެލީޝާމެން އައުމުން ކަރަމް އެލީޝާއަށް ބަލާލިއެވެ. “އަނެއްކާ އަހަރެމެން ރޭގަ ދެއްކި ވާހަކަ ކަރަމް މަންމަމެންގެ ގާތުގައި ބުނީބާ…؟؟؟” އެލީޝާގެ ހިތަށް މިހެން އެރުމުން ނޭނގޭ ބިރުވެރިކަމެއް އެލީޝާގެ ހިތުތެރޭގައި ދުވެލިއެވެ. “ކައިވެންޏާއި ހަމައަށް ދިއުމުގެ ކުރިން އަދި އެއްފަހަރު ބައްޕަމެން ބޭނުން ދަރިފުޅުމެންގެ ޚިޔާލު ހުރި ގޮތެއް ބަލާލަން…” […]
ދެންވެސް ރަނާގެ ހިތަށް ލިބުނީ އިތުރު ވޭނެކެވެ.ހުސެން ވަރަށް ރީތިކޮށް ރަނާދެކެ ލޯބިނުވާ ވާހަކަ ބުންޏެވެ. އަދި ރަނާގެ ލޯތްބަށް ޤަދަރުކުރާ ވާހަކަ ބުނަމުން ލޯބިނުވަންޏާ އުޅޭނީ ކިހިނެއްހޭ ވަރަށް ދެރަވެލާފައި ހުސެން ބުންޏެވެ. އެކަމާ ރަނާ އުފާވެސް ކުރިއެވެ. ތެދަށް ބުނީތީއެވެ. ނަމަވެސް ގްރޭޑް 10 ނިމުމާއި ހަމައަށްވެސް ރަނާ ދުވަސް ގުނަމުން ދިޔައީ މާޔޫސްކަމާއެކީއެވެ. ހުސެންގެ ލޯބި ނުލިބުނީތީ ކޮންމެ ރެއަކާދުވާލު ހިތާހިތުން ރަނާ ރޮމުން ގެންދިޔައެވެ. ކިޔެވުން ނިންމާފައި ރަނާ ރަށަށް ދިޔައީ […]
ޝާއިން ދޮރު ހުޅުވާލިއެވެ. ކުއްލިއަކަށް ދޮރުން ކޮޓަރި ތެރެއަށް ދެމިގަތީ ޒާހިރުއާއި އޭނާގެ ގުރޫޕެވެ. ވަތްގޮތަށް ނާހިލް ދޮރުލައްޕާ ތަޅުލިއެވެ. ހަމައެވަގުތު ޝާހު އާއި މަސީހު ޝާއިންގެ އަގަމަތީ އަތްއެޅިއެވެ. އަދި ޒާހިރު ދުވެފައި ގޮސް ނަވާގެ އަގަމަތީ އަތްއެޅިއެވެ. ޝާހުއާއި މަސީހު ވެގެން ޝާއިން ގޮޑިއެއްގައި ބޭންދުމަށްފަހު ފަޔާއި އަތް ބަނދެލިއެވެ. އަދި ޝާއިންގެ އަގަޔަށް ފޮތިގަޑެއް ގަންނަވާ އިތުރު އެހެން ފޮތިގަނޑަކުން އަގަމަތި ބަންދުކޮށްލިއެވެ. އެމީހުން އުޅުނުލެއް ހަލުއިކަމުން އެކަހަލަ ކަންކަން އާންމުކޮށް ކޮށްއުޅޭ […]
ނަޝާޔާ ގެ ޚިޔާލީ ވާފަށް ކަނޑައިގެން ދިޔައީ ކުޑަ ކުޑަ އާޒް ރޯން ފެށި އަޑަށެވެ. ދުވެފައިކަހަލަ ގޮތަކަށް ކޮޓަރިޔަށް ވަދެ ދަރިފުޅު އުރާލި އެވެ. ނަޝާޔާ އުރާލުމާއެކު އަނެއްކާ ވެސް އަޔާން ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. ނަޝާޔާ ވަށައިގެން ހޯދާލިއެވެ. ޒާހިރެއް ނެތެވެ. މާޒީގެ ސަފްހާ ތަކުގެ ތެރޭގައި ގެނބިގެން ގޮސްފައި އިނދެވުނު ލެއް ބޮޑުކަމުން ޒާހިރު ދިޔަކަން ވެސް ނޭގުނީތާއެވެ. ނަޝާޔާ ބަނޑުގައި ފިރުމާލިއެވެ. ޑޮކްޓަރު މިއަދު އެދިން ޚަބަރަކީ އޭނާ އުންމީދު […]
ބްރޭކްގަޑި ޖެހުނު އިރު ޝާއިން އިނީ ލައިބްރަރީގައި ފޮތެއް ކިޔާ ކަމަށް ހެދިގެންނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ނަވާ އަންނާނެ އިރަކަށެވެ. ނަވާ ކްލާހުން ނުކުމެގެން ލައިބްރަރީއާ ދިމާއަށް މިސްރާބު ޖެހިއެވެ. މަޑުހިގުމެއްގައި ގޮސް ލައިބްރަރީގެ ދޮރުމައްޗަށް އަރާ އޭނާ ފަސްއެނބުރި ބަލައިލީ މީހެއްގެ ހިލަމެއް ވެގެންނެވެ. އެހެނަސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާގޮސް ލައިބްރަރީ ހޯދަން ފެށިއެވެ. އެއީ ވަރަށް ބޮޑު އިމާރާތެއްކަމުން އެތަން ފުރިފައި ވަނީ ފޮތްތައް އަޅާފައި ހުރި ހަރުފަތްތަކާއި ކަބަޑުތަކުންނެވެ. […]
އެލީޝާމެން ބަނދަރު ދޮށަށް ދިޔަތާ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓްތެރޭ ކަރަމްމެން ދަތުރުކުރި ލޯންޗް ކުޅުދުއްފުށީ ބަނދަރަށް ލެފިއެވެ. އެންމެން ލޯންޗުން ފައިބާންފެށިއެވެ. “ދޮންތާ އެހެރަ ފައިބަނީ ކަރަމް….” އެލީޝާގެ ކަންފަތް ދޮށުގައި އަލްޝާ މިހެން ބުނުމުން އެލީޝާ އިސްއުފުލާ ލޯންޗާ ދިމާއަށް ބަލާލިއެވެ. އޭރު ކަރަމް ހަފްސާގެ އަތުގައި ހިފައިގެން އޭނަ ލޯންޗުން ބާލުވަނީއެވެ. ހަފްސާ ފޭބުމުން ކަރަމްވެސް ރަށުތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ކަރަމްއާ އެލީޝާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެލީޝާ އަވަސްއަވަހަށް އިސްޖަހާލިއެވެ. ކަރަމް […]
އައްޑުއަތޮޅު މަރަދޫގެ ކެފޭއެއްގެ ތެރޭގައި ލަޔާލް އިންއިރު އޭނާގެ ކުރިމަތީ އިނީ ނާއިމްއެވެ. ދުރުގައި ހުރި އިތުރު މޭޒެއްގައި ލަޔާލްގެ ޓީމްގެ ދެ މެމްބަރުން ކަމުގައިވާ ޒުހުރީއާއި ރާޝީދު އޮލަވާހަކައެއްގައި ތިއްބެވެ. އޭނާ އައީ އެމީހުންވެސް ގޮވައިގެންނެވެ. ” މީގެ ދުވަސްކޮޅެއް ކުރިން ރިޕޯޓްކުރި ކޭސްއެއް. މަށަށް ހީވަނީ އެކޭސްއާއި ލަޔާލް ތިހަރަކާތްތެރިވާ ކޭސްއާއި ކޮންމެވެސް ވަރެއްގެ ގުޅެމެއް ވާހެން” ނާއިމް ވާހަކައާއިގެން ކުރިއަށް ދިޔައެވެ. އެއަށް ފަހު އޭނާ އެކޭސްއާއި ބެހޭ ވާހަކަ ލަޔާލްއަށް ކިޔައިދޭން […]
ލަޔާލް އިނީ ފުލުސް އޮފީހުގައި އޭނާއަށް ޚާއްސަކުރެވިފައިވާ މޭޒުދޮށުގައެވެ. ހަމައެވަގުތު އޮފިސަރ ރާޝިދު ކޮންމެވެސް ފައިލެއް ހިފައިގެން ލަޔާލް އިން މޭޒުކައިރިއަށް އައިސް ދިއްކޮލިއެވެ. ލަޔާލް އެފައިލް ހުޅުވާލުމަށް ފަހު އޭގައި އޮތް އެއްޗެއް ކިޔާލިއެވެ. އެއީ ޝާހުގެ ޕޯސްޓްމޯޓަމް ރިޕޯޓެވެ. ” މީގައި ބުނާގޮތުން ވިއްޔާ ކަރު އެހާބޮޑަށް ކަޑައިގެން ގޮސްފައި އޮތުމުން މަރުވީ. އެކަމަކު އެކަން ކުރަން ބޭނުންކޮށްފައިވާ ހަތިޔާރެއް މިއިން އެނގޭކަށް ނެތް.” އޭގައި އޮތް އެއްޗެއް ކިޔާލުމަށްފަހު ފައިލް ލައްޕާލައި މޭޒުމަތީ […]
ޖިހާދު އުޅުނީ މަހުން އައިސް ފެންވަރަން ގިފިލީގައެވެ. ކުއްލިއަކަށް ބަދިގެ ތެރެއިން އަޑުފަށްގަނޑެއް އިވިގެން ޖިހާދު ނަގަނަގާ ހުރި ފެންދާނި ދޫކޮށްލުމަށް ފަހު ތުވާލި ގަނޑު އޮޅާލައިގެން އެދިމާލަށް ދުއްވައިގެންފިއެވެ. ފުދޭ ވަރަކަށް ބޮޑު އެފޫޓުގައި ގޭގެ ދޮރުމަތީ އެއް ފަރާތެއްގައި ހަދާފައިވާ ގިފިލީން ބަދިގެއަށް ޖިހާދަށް ދެވުނު އިރު ދެބުޅާ ރަނގަ ރަނގަ ލައިފައި ބަދިގެއިން ނުކުމެގެން ހިނގައްޖެއެވެ. އެތެރެއަށް ވަދެ ބަލައިލިއިރު މިއަދު ބާނައިގެން ގެނައި ދެ ލައްޓިން ކުރެ އެންމެ ބޮޑަށް އޮތް ލައްޓި އޮތީ ބިންމަތީގައެވެ. …. އީނާ!…..އީނާ! … ޖިހާދު […]