” ޝާއިން ބުނެދެއްވަފާނަންތޯ ނަވާ ގެންދިޔަ ހިސާބުން ފެށިގެން ކަންހިނގި ގޮތް؟ އޭގެ ކުރީގައި ކަން ހިނގިގޮތް އަޅުގަނޑުމެންނަށް ވަނީ ޝާއިން ރުޝްދީއަށް ފޮނުވި މެސެޖްގެ ޒަރީޢާއިން މަރަދޫ ފުލުސް އޮފީސް މެދުވެރިކޮށް ލިބިފަ” ޝާއިން ގޮނޑިން ތެދުވުމުން ޣާޒީ ސުވާލު ކުރެއްވެވިއެވެ. ޝާއިން އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ އެރެއަކީ ވަރަށްވެސް ހިތްދަތި ރެއެއް..ގައިގައި އަޅަމުންދިޔަ ވޭނަށް ކެތްކުރަމުން އަޅުގަނޑު އެރޭ ނަވާ ހޯދުމަށް މަސައްކަތް ކުރިން. އެވަގުތު އަޅުގަނޑު ކުއްލިއަކަށް ހަނދާންވީ ނަވާގެ ބޭބެ […]
“ޓްރޫލީ މެޑްލީ ޑީޕްލީ” އަކީ އަހަރެންގެ އަބަދުގެވެސް އެންމެ ރީތި ލަވައެވެ. ރީތި އަބަދުވެސް ރީތި ލަވައެކެވެ. އެ ލަވައެއްގެ ފުރިހަމަކަމަށް ބަދަލެއް ނާންނަ ލަވައެކެވެ. ބޮލުގައި ރިއްސާ ހަދާނެ ގޮތް ހުސްވުމުން އެލަވައެއް އަޑުއަހާލުމުން ބޮލުގައި ރިހުން އެއްކޮށް ފިލައިގެންދާ ލަވައެއްވެސް މެއެވެ. އެހާވެސް ” ލޯބި ” ލަވައެކެވެ. އެލަވައެއް ޕްރޮމޯޓް ކުރުމުގައި ވަރުބައްޔެއް ނުވާ ލަވައެކެވެ. ކުރުކޮށް ފޮނިކޮށް ބުނަނީނަމަ އެވަރުގެ އެއްވެސް ލަވައެއް އަދި އަދަށް ދާންދެންވެސް އެހެން ބަޔަކަށް އުފެއްދިފައެއް […]
ފެށުނީއްސުރެ އަހަރެން އިންތިޒާރު ކުރަމުން އައީ އަހަންނާއި އެކު އުމުރު ހޭދަކުރާނެ ބައިވެރިއަކަށްޓަކައެެވެ. ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ ލޮލުން ކަރުނަތިއްކެއް ވެއްޓިއްޖެ ނަމަ އެ ކަރުނަ ތިކީގެ އަގު ވަޒަން ކޮށް އަހަރެންގެ ހިނިތުންވުމަށް އިސްކަންދޭނެ ބައިވރިއަކަށް ޓަކައެވެ. އަހަންނަކީވެސް ފުރިހަމަ އިންސާނެއް ނޫނެވެ .އެހެނަސް އަހަންނަށް ލިބޭ އަންހެންކުއްޖަކަށް އަހަރެން ވާންވާނީ ދެވަނަ އެއް ނެތްފަދަ ފިރިހެނަކަށެވެ. ލޯބީގެ ނަޒަރުން އަހަރެން ނޫން އެހެން އެއްވެސް މީހަކަށް ބަލާވެސް ނުލާނެއެވެ. އެ ކުއްޖެއްގެ ފިރުމުންތަކުން އަހަންނަށް […]
ތިއީ ކޮންތާކުން އައިސް އުޅޭ ކޮންބައެއް؟” ލަޔާލް ރުޅިވެރިކަމާއެކު އެމީހުންނާއި ސުވާލުކުރިއެވެ. “އަ…އަޅުގަނޑަކީ….ނާ…ނާއިޝް..ދެން ދެން މިހުރީ ތައްޚާނުބޭ..އަޅުގަނޑުމެންނަކީ މަ..މަރަދޫ ބައެއް” ނާއިޝް ބިރުން ހުރެ ވާހަކަ ދެއްކިއެވެ.އޭރު އޭނާގެ މޫނުމަތިން ދާ ތިކިތައް އޮހޮރެއެވެ. ތައްޚާނުބޭގެ ހާލުވެސް އެފަދައެވެ. ” މިމީހުން ހައްޔަރުކޮށްގެން ގެންގޮސް ޖިޕަށްލައި..އެއްބަޔަކު ގޮސް ޒާހިރު ކޮބައިތޯ ބަލާ…ދެން އަހަރެމެން ކަލޭމެންނާއި ބައްދަލު ކުރާނީ ކޯޓުން” ލަޔާލް ދެމީހުންގެ އަތުގައި ބިޑިއަޅުވައި ޖިޕަށްލުމަށް އަމުރު ކުރިއެވެ ލަޔާލް އެތަނުގައި ހުރި އެއްޗެއްސާއެކު އެމީހުން ހައްޔަރުކުރިއެވެ. […]
ފާހާަނަ ކައިރިއަށް ވެއްޓިފައި އޮތް ލައުހާ ފެނިފައި ހައިކަލް ގައިން ހީބިހި ނަގައިގަތެވެ.. ދުވެފައި ގޮސް ލައުހާ ނަގައި ލައުހާއަށް ގޮވަން ފެށުނީ ބޭއިހްތިޔާރުގައެވެ. އެހެނަސް ހައިކަލްގެ ހިތުގަިއވަނީ ބިރުވެރިކަމެއް އުފެދިފައެވެ. ހައިކަލް އަށް މިކުރެވެނީ ރަގަޅު ހީއެއްބާވައެވެ.އެކަން އެހެން ވެއްޖެއްޔާ ލައުހާއަށް ކުރާނެ އަސަރު ހިތަށް އަރާފައި ހައިކަލްގެ ލޯ ކަރުނުން ފުރުނެވެ… ހައިކަލް އަވަސްއަވަހަށް ލައުހާ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ލައުހާ ކާރަށް އަރުވައި ކާރު ސްޓާޓްކޮށްލިއެވެ. ހައިކަލް ކާރުގެ ދުވެލި […]
ހިތަދޫގެ މީހުން ނޫޅޭ ހިސާބުގައި ހުރި ގެގަނޑެކެވެ. ގިނަދުވަސްވެ ބާވެފައި ހުރި ކުރީގެ ގެގަނޑެކެވެ. އެގޭގެ ބޭރުދޮރު ހުރީ ލައްޕާ މަކުނޑި އަޅުވާފައެވެ. ގޭގެ ފާރުތަކުގައާއި ދޮރުތަކުގައި ހުރީ މެކުނުވާތަކެވެ. އެގޭގެ އެތެރޭގައި ހުރި ފަށްޖެހި އެނދުގައި އޮށޯވެލައިގެން ޝާއިން އޮތެވެ. މިރޭވެސް ނަވާ ބޭރަށް ގޮސް އަދި އެނބުރި ނާދެއެވެ. ގަޑިން ވީ އިރެއްވެސް ޝާއިންއަކަށް ނޭގެއެވެ. އިރުކޮޅަކުން އިވުނީ ނަވާ އައިސް ގެއަށް ވަތް އަޑެވެ. ” ހާދަ ލަސްވީ؟ ކޮންތާކުން ތިއައީ؟ ” […]
ޕާޓީ ނިމުމުން ކަރަމްމެން ގެއަށް އައެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އެލީޝާ ބެލީ ލައިގެން ހުރި ބޮޑު ހެދުން ބޭލޭތޯއެވެ. އެހެން ކަމުން ފާހާނާއަށް ވަދެ ފެންވަރާލައިގެން ހެދުން ބަދަލު ކޮށްލާގެން ނުކުތެވެ. އެލީޝާ ނުކުތުމުން ކަރަމްވެސް ފާހާނާއަށް ވަނެވެ. އެލީޝާ ވަރަށް ހާލުން ވެޑިންގްޑުރެސް ފަތްޖަހާލާފައި އަލަމާރިއަށްލާފައި އެނބުރުންތަނާ އޭނާގެ މޫނުގޮސް ޖެހުނީ ކަރަމްގެ ތަނަވަސް މޭމަތީގައެވެ. އެލީޝާ އިސްއުފުލާ ބަލާލިއެވެ. އޭރު ކަރަމްވެސް ހުރީ އެލީޝާއަށް ބަލަހައްޓައިގެންނެވެ. އެލީޝާ އަވަސް އަވަހަށް އެތަނުން ދުރަށް ދިޔުމަށްޓަކާ […]
ޖެހިގެންއައި ބުދަ ވިލޭރެއެވެ. ލަޔާލްއާއި އޭނާގެ ޓީމް ތިބީ އެއަތޮޅު މަރަދޫގައެވެ. އެމީހުން ތިބީ ރުޝްދީގެ ގޭދޮށުގައި ފާރައަށެވެ. ރުޝްދީ އޭނާ ގެންގުޅޭ ބުދު ހިފައިގެން އައިސް ސިޓިން ރޫމުގައި ބޮޑު އަލިފާންގަނޑެއް ޖެހިއެވެ. އަދި އެއަށްފަހު އެތާ އިށީންދެ އިނދެ ކޮންމެވެސް އެއްޗެއް ކިޔަވާފައި އަލިފާންގަނޑަށް ފުމެލިއެވެ. އަދި އިރުކޮޅަކު އެހެން ކަންތައް ކުރުމަށް ފަހު ތެދުވިއެވެ. ” މަސީހް މިރޭމި ކަލޭގެ ރޭ…އަހަރެންގެ ކޮއްކޮއަށް އަނިޔާތަކެއް ދީފަ ކަލެއަށްވަކި ސަލާމަތެއް ނުވެވޭނެ..ކަލެއަށްވެސް ޖެހޭނީ މަރުވާން..” […]
ޒާހިރުއާއި މަސީހު ތިބީ މަސީހުގެ ގޭގެ ސިޓިންރޫމްގައި ކޮންމެވެސް ވާހަކައެއް ދައްކާށެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމާއި ހާސްކަމެވެ. އެމީހުންގެ އެންމެ ގާތް ދެ އެކުވެރިން ކަމުގައިވާ ޝާހުއާއި ނާހިލްގެ ގޮތްނޭގޭ މަރުގެ ސަބަބުން ދެ މީހުންގެ ހިތުގައިވެސް ވަނީ ބިރުވެރިކަން އުފެދިފައެވެ. ނާހިލްގެ މަރަށް ފަހު އެމީހުންގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ދެން އެގޮތަށް މަރާލާނީ އެމީހުންގެ ތެރެއިން ކާކުކަމެއް ނޭގޭތީއެވެ. “އަހަރެން އޭރުވެސް ބުނީމެއްނު އެގޮލާ ދިރިހުއްޓާ ދޫކޮށްލައިގެން ނުވާނޭ..” ރެޑްބުލް ދަޅުން އެތިކޮޅެއް […]