
ޝާއިން ދޮރު ހުޅުވާލިއެވެ. ކުއްލިއަކަށް ދޮރުން ކޮޓަރި ތެރެއަށް ދެމިގަތީ ޒާހިރުއާއި އޭނާގެ ގުރޫޕެވެ. ވަތްގޮތަށް ނާހިލް ދޮރުލައްޕާ ތަޅުލިއެވެ. ހަމައެވަގުތު ޝާހު އާއި މަސީހު ޝާއިންގެ އަގަމަތީ އަތްއެޅިއެވެ. އަދި ޒާހިރު ދުވެފައި ގޮސް ނަވާގެ އަގަމަތީ އަތްއެޅިއެވެ. ޝާހުއާއި މަސީހު ވެގެން ޝާއިން ގޮޑިއެއްގައި ބޭންދުމަށްފަހު ފަޔާއި އަތް ބަނދެލިއެވެ. އަދި ޝާއިންގެ އަގަޔަށް ފޮތިގަޑެއް ގަންނަވާ އިތުރު އެހެން ފޮތިގަނޑަކުން އަގަމަތި ބަންދުކޮށްލިއެވެ. އެމީހުން އުޅުނުލެއް ހަލުއިކަމުން އެކަހަލަ ކަންކަން އާންމުކޮށް ކޮށްއުޅޭ ބަޔަކާއި ވައްތަރެވެ. އޭރު ނަވާ ޒާހިރުގެ ކިބައިން ސަލާމަތް ނުވެވިގެން ތެޅިފޮޅެނީއެވެ. ” މީނައަށްވާނެ ދޯ މި ފިލްމު ދައްކާލަން” ނާހިލް ހިނިގަނޑެއް ޖަހާލަމުން ޝާއިންގެ ގައިގައި އެތިފަހަރެއް އަޅައިލިއެވެ. ވީ ތަދުން ޝާއިން ހަޅޭއްލަވައިގަތް ނަމަވެސް އަޑެއް ނުނިކުތެވެ. ދެން ފެނިގެންދިޔައީ ހިތްދަތި މަންޒަރެކެވެ. ހަތަރު ފިރެހެނުން ވެގެން ނަވާގެ ގަޔަށް އަރައިގަތެވެ. އެފަކީރު ސަލާމަތަށް އެދި ތެޅެމުން ދިޔައެވެ. ނަވާގެ އަގަމަތި ވަނީ އަތްއަޅާ ބަންދުކޮށްފައެވެ. އެނިކަމެތި އަންހެއްކުއްޖާ ކިތަންމެ ވަރަކަށްވެސް ތެޅުނެވެ. ރުޔެވެ. އެހެނަސް އެހައިވާނުންގެ ހިތުގައި އެއްވެސް ރަހުމެއްނެތެވެ. އެކަކަށްފަހު އަނެކަކު އެމީހެއްގެ އެދުން ފުއްދަމުން ދިޔައެވެ. އެމަންޒަރު ބަލަން އިން ޝާއިން އިނީ ދެލޯމަރައި ބާރުކޮށްގެންނެވެ. އޭރު އޭނާގެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައެވެ. ނަވާ ވަރުބަލިވީ ކަންނޭގެއެވެ. އޭނާ އެނދުމައްޗަށް ދެމުނެވެ.” ކޮބާ ފިލްމު ރީތިތަ؟”ޝާހު މަލާމާތުގެ ރާގަށް ޝާއިންއާއި ދިމާއަށް ބުނެލިއެވެ. “އަހަރެމެން މިދަނީ ކަލޭގެ ލޯބިވެރިޔާ ގޮވައިގެން. އަދި ފަހުން ފިލްމެއް ކުޅެލަން ލިބޭނީވެސް އޭރުންނެއްނު” ޒާހިރު އައިސް ޝާއިންގެ ކައިރީ ހުއްޓެމުން ބުނެލިއެވެ. އޭރު ނާހިލްއާއި މަސީހު ނަވާގެ ހަށިގަނޑު ނިވާކޮށްގެން އަތްދަނޑި މައްޗަށް ލައިގެން ނިކުންނަން ހިނގައިގަތެވެ. މިހުރިހާ މަންޒަރެއް ހިތްދަތިކަމާއެކު ބަލަން އިން ޝާއިންގެ ހިތް ފަޅައިގެން ދިޔަކަހަލައެވެ. ޒާހިރުއާއި ، ނާހިލް އަދި މަސީހު ނަވާ ނަގައިގަނެގެން ގެންދިޔައެވެ. އެވަގުތު ކޮޓަރީގައި ހުރި ޝާހު ޝާއިންގެ އަނގައާއި އަތް ނޫން ހުރިހާ ތަނެއް މޮހާލިއެވެ. އަދި ޝާއިން ލައިގެން ހުރި ގަމީހުގެ ކަރުވަޅުގައި ހިފާފައި ނަގާ ފާރާ ދިމާއަށް ކޮށްޕާލިއެވެ. ޝާހު ކޮށްޕާލިލެއް ބާރުކަމުން ގޮސް ޝާއިންގެ ބޯ ފާރުގައި ޖެހި އޭނާ ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. ޝާއިން ވެއްޓުމާއެކު ޝާހު ގޮސް ކޮޅުފައިން ޝާއިންގެ ގައިގައި ތަޅަން ފެށިއެވެ. ތަޅާތަޅާ ވަރުބަލިވެގެން އޭނާ އެންމެ ފަހުން ހުއްޓާލިއެވެ. އަދި ޝާއިންގެ އަނގައާއި އަތް މޮހާލުމަށްފަހު ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ދުއްވައިގަތެވެ
ގައިގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން ޝާއިން ރުޔެވެ. ގައިގެ އެތަން މިތަނަށް ތަދުވާވަރުން ކެތްނުވެއެވެ. އެހެނަސް ވަރަށް ހިތްވަރުކޮށްލުމަށްފަހު އޮތްތަނުން ޝާއިން ތެދުވިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ މުށިގަނޑުމަތީ އޮތް ކަރުދާސްކޮޅެކެވެ. ޝާއިން އެކަރުދާސްކޮޅު ނަގައި ހުޅުވާލިއެވެ. އެއީ ތާސް ކުޅެން ތިބިއިރު އެމީހުން “ސްކޯ” ޖަހަން ގެންގުޅުނު ގަނޑުކޮޅެވެ. އޭގައި ހަތަރު ގޮޅިއަކަށް ގޮޅި ބަހައި ކޮންމެ ގޮޅިއެއްގައި އެއިން ކޮންމެ މީހެއްގެ ނަން ލިޔެފައިވެއެވެ. ހަމަ ޔަޤީނުންވެސް އެއީ އެމީހުންގެ ތެރެއިން ކޮންމެވެސް މީހެއްގެ ޖީބުން ވެއްޓުނު ކަރުދާސްކޮޅެކެވެ. ޝާއިންއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެނުބައި ހައިވާނުންގެ ނަންތައް އޭނާއަށް އެނގުމުންނެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްލާފައި އޮތްތަނުން އޭނާ ތެދުވިއެވެ. އަދި ނަވާ ސަލާމަތްކުރުމަށް އެމީހުން ދިޔަ ތަނެއް ހޯދަން ނުކުތެވެ. އޭރު ގަޑިން ދަންވަރު ދެގަޑި ބައިވުމާއި ކައިރިވެދާނެއެވެ. މުޅި ހިސާބުގަނޑަށްވެސް ފެތުރިފައިވަނީ އަނދިރި ކަމެވެ. އެންމެން އަރާމު ނިދީގައި ނިދާފައި ތިބިއިރު ޝާއިން އާއި ނަވާއަށް ކުރިމަތިވެފައި މިވަނީ ކޮންފަދަ ބޮޑު ކަންތައްގަނޑެއް ހެއްޔެވެ؟ އެހިސާބުގަނޑުން މީހަކުވެސް ފެންނާކަށް ނެތެވެ. މަދަދަށް އެދޭނީވެސް ފަހެ ކާކުކައިރީ ހެއްޔެވެ؟ ޝާއިން ހުރީ ހަދާނެގޮތް ހުސްވެފައެވެ. އޭނާއަށް ޕޮލިހަށް ރިޕޯޓް ކުރާކަށް ނުކެރުނެވެ. ފަހަރުގައި އޭނާގެ ބޮލުގައި އެކަންތައް އެޅިދާނެތީއެވެ. އަންހެން ކުއްޖަކު ނުދަންނަ ތަނަކަށް ގެނެސް ބަޔަކާއި ގުޅިގެން ރޭޕް ކުރި މައްސަލައެއްކަމަށް ބަލާ އޭނާވެސް ބެދިދާނެތީއެވެ. ޝާއިން އަޑުން އަޑުލައި ރޯންފެށިއެވެ. އޭނާގެ ލޮލުން ފޭބި ކޮންމެ ކަރުނައަކީ ނަވާއަށްޓަކައި އޭނާގެ ހިތުގައިވާ ލޯބި ރަމްޒުކޮށްދިން ނިޝާނެކެވެ. ހަތަރު އުދަރެސް ފެނުޖެހުނުހެން އޭނާއަށް ހީވިއެވެ. ނަވާ ގޮވައިގެން އެމީހުން ދިޔައީ ކޮންތަނަކަށް ބާވައެވެ.؟ ޝާއިން އުންމީދު ކަނޑައެއް ނުލިއެވެ. ކޮންމެވެސް ގޮތަކުން އޭނާ ނަވާ ހޯދާނެއެވެ
ލަޔާލް އިނީ ނާއިމްގެ ވާހަކަތައް ކަނުލައި އަޑުއަހައިގެންނެވެ. ނަވާއާއި ޝާއިންއަށް އެދިމާވި ހިތްދަތި ހާދިސާ ވެގެން ދިޔައީ ލަޔާލްގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ހާދިސާއަކަށެވެ. ލޯބިން އުޅުނު ދެ ލޯބިވެރިންގެ އުފާވެރިކަން ނިމިދިޔަ އެ ހިތްދަތިގޮތް އަޑުއަހަން އިން ލަޔާލްގެ ހިތުގައި ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ. ” ނާއިމްއަށް ތިހުރިހާ ކަމެއް އެނގުނީ ކިހިނެއް؟ ޝާއިން މައްސަލައާއިގެން ނާއިމްގެ ގާތަށް އައީތަ؟” ލަޔާލް ބޭނުންވީ ނާއިމްއަށް އެކަންކަން އެގުނު ގޮތެއް އޮޅުންފިލުވާށެވެ. ” ނޫން..މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރުޝްދީ” ނާއިމް ބުނެލިއެވެ. ” އެކަންކަން ރުޝްދީއަށް އެގެންވީ ކީއްވެ؟ އޭނައާއި ޝާއިން ބައްދަލުވީތަ؟” ލަޔާލް އޭރުވެސް އިނީ އޮޅުންގަނޑެއްގެ ތެރޭގައެވެ. ” ނޫން ރުޝްދީ އާއި ޝާއިން ބައްދަލެއްނުވޭ” ނާއިމް ކިޔައިދިނެވެ. ” ދެން އެހެންވީއިރު ރުޝްދީއަށް އެމީހުންނަށް ކިޔާނަމާއެކު އެހުރިހާ ވާހަކަތަކެއް ފުލުހުންނަށް ބުނެދެން އެގުނީ ކިހިނެއް؟ ސުވާލަކަށްފަހު ސުވާލެއް ލަޔާލް ކުރަމުން ދިޔައެވެ. ” ހަމަ އެރޭ ޝާއިން ވަނީ އޭނާގެ ފޯނުން ރުޝްދީއަށް މެސެޖް ކޮށްފައި..އަދި އެމެސެޖްގައި އެ ހަތަރު މީހުންގެ ނަންވެސް ލިޔެފައިވޭ..އަހަރެން އެމެސެޖް އޭނާގެ ފޯނުން ދުށިން” ނާއިމް އޮޅުންފިލުވައި ދިނެވެ. ” ދެން އެމައްސަލައަށް ކިހިނެއްވީ؟” ލަޔާލް އިނީ އަދިވެސް އިތުރަށް އޮޅުންފިލުވަން ބޭނުންވެފައެވެ. ” އެމައްސަލައާއި ގުޅިގެން އިންވެސްޓިގޭޝަންތައް ކުރިއަށް ގެންދެވުނު. އެކަމަކު މިވީހައި ތަނަށް ނަވާވެސް އަދި ޝާއިންވެސް ފެނިފައެއް ނުވޭ. އެރޭގެ ފަހުން ޝާއިން މެސެޖް ކުރި ނަމްބަރަކަށްވެސް ނުގުޅޭ. އެނަމްބަރުން އެރޭގެ ފަހުން އެއްވެސް މީހަކާ އެއްވެސް މުއާމަލާތެއް ކޮށްފައެއްނުވޭ.. ޝާއިން ރުޝްދީއަށް ފޮނުވި މެސެޖްގައި އެމީހުންގެ ނަންތައް ބަޔާންކޮށްފައި ވީނަމަވެސް އެއީ ސީދާ ކޮންބައެއްކަން ވަނީ ހޯދައި ނުގަނެވިފަ..އެއީ އެނަން ކިޔާ އެތަށް ބަޔަކު މިސަރަހައްދުގައި އުޅޭތީ…. އެމީހުން އެއީ ކޮންބައެއްކަން އެނގޭނީ ޝާއިންއާއި ނަވާ ފެނުމުން..މިހާ ހިސާބުން މަށަށް ލަފާ ކުރެވެނީ މި ފަހުން މަރުވި ޝާހުއާއި ނާހިލްއަކީ އެބުނި މީހުންގެ ތެރޭގައި ހިމެނޭ މީހުންހެން” ނާއިމް ލަޔާލްއަށް ކިޔައިދެމުން ދިޔައެވެ. ” ދެން އެހެންވީއިރު ޝާއިންއާއި ނަވާ ކޮބައިބާ؟ ޝާހުއާއި ނާހިލްގެ ފަރާތުންވެސް އެއްޗެއް އެނގޭގޮތަކަށް ނޫންވިއްޔަ ކަންކަންދިމާވީ…” ގޮޑީގައި ހަމަޖެހިލަމުން ލަޔާލް ބުންޏެވެ. ” އެއްގޮތަކަށްވެސް ނޭނގޭ ޝާއިންއާއި ނަވާ ވީތަނެއް…އެމީހުން ފިލައިގެން އުޅެނީ ކަމަށްވެސް ވެދާނެ” ނާއިމް އޭނާއަށް ހީވާއެއްޗެއް ބުނެލިއެވެ. “މިހާރު މަށަށް މިވެގެން އުޅޭގޮތް ސާފުވެއްޖެ.” ލަޔާލް އެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށް ބުނެލިއެވެ. ” އެހެންވެ އަހަރެން ލަޔާލްއާއި އެވާހަކަ މިހިއްސާކުރީވެސް.. އަހަރެންނަށްވެސް ހީވަނީ މިއީ ޝާއިން ކުރާ ކަންތައްތަކެއްހެން..މި ގޮތް ނޭގޭ މަރުގެ ފަހަތުގައި ވާ މީހަކީ އެއީހެން..އެކަމަކު ހީވާ ހީވުމަކަށް އަހަރެމެންނަށް ކަންތައްތަކެއް ނުނިންމޭނެ..އަހަރެމެން ހެކި ބޭނުންވޭ.” ނާއިމް އިނީ ޝާއިންއާއި ދޭތެރޭ ޝައްކު އުފެދިފައެވެ. ” އާން..މިކަންތައްގަނޑުގެ ފަހަތުގައި ވަނީ ޝާއިންހެން ހީވަނީ…އެކަމަކު އެކޮޓަރިތަކުގެ ކުޑަދޮރާއި ދޮރުފަތްތައް ލައްޕާ އެތެރެއިން ތަންޑު އަޅުވާފައި ހުންނައިރު ކީއްވެ ޝާއިންއަށް އެކޮޓަރިތަކަށް ވަދެވެންވީ؟” އަދިވެސް ލަޔާލްއަށް އޮޅުން އަރާ ކަންތައްތަކެއް ހުއްޓެވެ. ” ކޮބާ ރުޝްދީ؟ ތިމައްސަލަ ކުރިއަށް ނުގެންދެވުމުން އޭނަ އެކަމާމެދު ބުނަނީ ކީކޭތަ؟” ލަޔާލް ކުއްލިއަކަށް ރުޝްދީގެ މަތިން ހަނދާންވިއެވެ. ” އޭނާ ގުޅާލާފައި އަހާލި ދެތިންފަހަރަކު…އެއްދުވަހަކު އަހަންނާއި ބައްދަލުކުރަންވެސް އައި..ވަރަށް ފާޑަކަށް އޭނާ ހުރީވެސް..އެކަމަކު ކީއްކުރާނީ އަދިވެސް ހެއްކެއް އަތުނުޖެހިގެން މިއުޅެނީ” ނާއިމް އިނީ ރުޝްދީގެ ހާލަށް ހަމްދަރުދީވެފައެވެ.” ދެން ޝާއިންގެ އާއިލާއިން އެކަމާމެދު ބުނަނީ ކީކޭ؟” ލަޔާލް އަހައިލިއެވެ. ” އެމީހުންބުނި ޝާއިންއަކީ މިހާރު ފުރާފުރިހަމަވެފައި ހުރި ޒުވާނެކޭ..އޭނާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައޭ އެހުރީ..އެމީހުންނަށް ހެވޭ ކޮންމެ މީހަކާ އިނދެގެން ކޮންމެ ތަނެއްގައި އުޅުނަސް ” ޝާއިންގެ އާއިލާއިން ވާހަކަ ހުރިގޮތް ނާއިމް ކިޔައިދިނެވެ. ” މަށަށް ހީވަނީ ޝައްކު ކުރެވޭ މީހުންގެ ލިސްޓަށް ރުޝްދީގެ ނަންވެސް އިތުރުކޮށްލަންވީހެން ..ލަޔާލް އިނދެލާފައި ބުނެލިއެވެ. ” އެއީ ކީއްވެ؟ އޭނާ އެމީހުން މަރާނީ ކިހިނެއް؟ އޭނާއަށް އެމީހުންނެއް ނޭގޭނެ” ނާއިމްގެ ޚިޔާލު ތަފާތެވެ. އެހެނަސް ނާއިމްވެސް އެކަމާއި ގުޅިގެން ދެން އިތުރު އެއްޗެއް ނުބުނެވެ. ލަޔާލްއަށް ފެންނަގޮތަކަށް އެކަން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. (ނުނިމޭ
One Comment
Comments are closed.
v salhi