ރޭގަނޑުގެ ވަގުތެވެ. ރަނާއިނީ ސިޓިންރޫމްގައި ޓީވީ ބަލާށެވެ. އިރުކޮޅަކުން ޒިއާން އައިސް ގޮވާލިއެވެ. ރަނާގޮސް ޒިއާންއަށް ވާހަކަދައްކަން ބޭރުޖޯލީގައި މަޑުކޮށްލިއެވެ. ރަނާ ކޮންމެވެސް ވާހަކައެއް އަހާލަންވެގެން ޒިއާންއަށް ގޮވާލިއެވެ. ނަމަވެސް ވާހަކަ އެހުމުގެ ކުރިން ޒިއާން ވާހަކަދައްކަން ފެށިއެވެ. ” ކީއްވެ ޒިއާންބެ ތިކިޔަނީ” “ކިހިނެއްވީ، އަހަރެން އަބަދުވެސް ކިޔަނީ އެހެންނޫންތަ” ޒިއާންގެ ސުވާލަށް ހައިރާންވެފައި ރަނާ ޖަވާބުދިނެވެ. ” އާނ… އެކަމަކު ދެން އެހެން ނުކިޔައްޗެ” ޒިއާން ބުންޏެވެ. ރަނާވެސް ބަސްއަހާ […]
ދެންވެސް ރަނާގެ ހިތަށް ލިބުނީ އިތުރު ވޭނެކެވެ.ހުސެން ވަރަށް ރީތިކޮށް ރަނާދެކެ ލޯބިނުވާ ވާހަކަ ބުންޏެވެ. އަދި ރަނާގެ ލޯތްބަށް ޤަދަރުކުރާ ވާހަކަ ބުނަމުން ލޯބިނުވަންޏާ އުޅޭނީ ކިހިނެއްހޭ ވަރަށް ދެރަވެލާފައި ހުސެން ބުންޏެވެ. އެކަމާ ރަނާ އުފާވެސް ކުރިއެވެ. ތެދަށް ބުނީތީއެވެ. ނަމަވެސް ގްރޭޑް 10 ނިމުމާއި ހަމައަށްވެސް ރަނާ ދުވަސް ގުނަމުން ދިޔައީ މާޔޫސްކަމާއެކީއެވެ. ހުސެންގެ ލޯބި ނުލިބުނީތީ ކޮންމެ ރެއަކާދުވާލު ހިތާހިތުން ރަނާ ރޮމުން ގެންދިޔައެވެ. ކިޔެވުން ނިންމާފައި ރަނާ ރަށަށް ދިޔައީ […]
“އަހަންނަށް މާފުކުރޭ. އަހަރެން މިދުވަސް ފެންނާނެ ކަމަކަށް ނޫން މިގޮތަށް ކަންތައްކުރީ. ހަމަ ހަޤީގަތުގަވެސް މިއަދު އަހަރެން ވަރަށް ބޮޑަށް ދެރަވެއްޖެ. މާފަށް އެދެން ލަސްވެއްޖެކަންވެސް އެނގޭ. އެކަމަކު މިއަދު އަހަންނަށް ކުރެވޭނެ އެހެން ކަމެއްނެތް. އަހަންނަށް މާފު ކުރޭ. ޕްލީސް… “މާފުކުރޭ އަހަންނަށް” ރަނާ އެނދުމަތީގައި އޮވެ ރޮމުން ދިޔައެވެ. އިރުކޮޅަކުން ބޮލުގައި ހިފަހައްޓާލަމުން އެނދުމަތީ އިށީއިނެވެ. އޭރުވެސް ރަނާއަށް ގިސްލެވެއެވެ. ރަނާ ރޮމުން ދިޔަ މަންޒަރު ފެނުނު މީހަކުވެސް ދެރަވާނެކަން ޔަގީނެވެ. އެހާބޮޑަށް ރަނާގެ […]