“އެކަމަކު……” އިނާޝް ބުނަން އުޅުން ޖުމްލަ މެދުކަނޑާލީ އެތަނަށް އެލީޝާގެ މަންމަ އާއި ބައްޕަ އައުމުންނެވެ. “ދަރިފުޅާ ދެންމެ ކަރަމްގެ ބައްޕަ ގުޅާފަ ބުނެފި އަންނަ ހަފްތާގަ އެމީހުން މިކޮޅަށް ކައިވެނީގެ ކަންތައް ހަމަޖައްސަން އަންނަ ވާހަކަ….” ބައްޕަގެ މިޖުމްލައާއި އެކު އެލީޝާ ހާސްވިއެވެ. އެހާއަވަހަށް ހުރިހާ ކަމެއް ހަމަޖެހެމުން ދާތީއެވެ. “ހާދަ އަވަހަކަށް ބައްޕާ…” އެލީޝާއަށް ބުނެވުނެވެ. “ބައްޕައަށްވެސް ތަންކޮޅެއް އަވަސް… އެކަމަކު ދެން ލަސް ކުރުމުގެ ބޭނުމެއްވެސް ނެތްތާ…. މިކަހަލަ ކަންތައް އެހާ ލަސްކުރާކަށް […]
“އަހަންނަށް މާފުކުރޭ. އަހަރެން މިދުވަސް ފެންނާނެ ކަމަކަށް ނޫން މިގޮތަށް ކަންތައްކުރީ. ހަމަ ހަޤީގަތުގަވެސް މިއަދު އަހަރެން ވަރަށް ބޮޑަށް ދެރަވެއްޖެ. މާފަށް އެދެން ލަސްވެއްޖެކަންވެސް އެނގޭ. އެކަމަކު މިއަދު އަހަންނަށް ކުރެވޭނެ އެހެން ކަމެއްނެތް. އަހަންނަށް މާފު ކުރޭ. ޕްލީސް… “މާފުކުރޭ އަހަންނަށް” ރަނާ އެނދުމަތީގައި އޮވެ ރޮމުން ދިޔައެވެ. އިރުކޮޅަކުން ބޮލުގައި ހިފަހައްޓާލަމުން އެނދުމަތީ އިށީއިނެވެ. އޭރުވެސް ރަނާއަށް ގިސްލެވެއެވެ. ރަނާ ރޮމުން ދިޔަ މަންޒަރު ފެނުނު މީހަކުވެސް ދެރަވާނެކަން ޔަގީނެވެ. އެހާބޮޑަށް ރަނާގެ […]
ރެއަކީ ކަޅުފޮއި އަނދިރި ރެއެކެވެ. އުޑުމަތި ވަނީ ބޯ ވިއްސާރަ ވިލާތަކުން ބެދިފައެވެ. އިރުއިރުކޮޅުން ކެރީގެ އަސަރު ބިމަށް ފޯރައެވެ. ދަންވަރުގެ ހަމަމަހިމޭން ވަގުތު ކަމުން އެއްވެސް ދިރޭއެއްޗެއްގެ ހިލަމެއް ނުވެއެވެ. އައްޑު އަތޮޅު ހިތަދޫގައި މީހުން ނޫޅޭ ހިސާބު ދުރުގައި ރީތި ގޮތަކަށް ހަދާފައި ހުރި ކުޑަ ކޮޓަރިގަނޑެއް ފާޑު ތަނެކެވެ. އެ ކޮޓަރިގަނޑު ހުރި ހިސާބުގަނޑުގައި ވަނީ ބިޔަ ރުއްގަސްތަކެވެ. ޖެހޭ ގަދަ ވަޔާއެކު އެރުއްގަސްތައް ހީވަނީ ބިމުން ލުހެލަފާނެހެންނެވެ. ކަޅުފޮއި އަނދިރި ވިއްސާރަ […]
އެލީޝާމެން ހަވީރު ހިނގާލާފާ ގެއަށް އައިއިރު އެލީޝާގެ ބައްޕަ އަލްސަން ގޭގެ ސިޓިންގްރޫމްގައި އިނެވެ. ކައިރީގައި މަންމައާއި ބޮޑުދައިތަ އިނެވެ. “ބައްޕާ ކޮންއިރަކު އައީ..؟؟” ބައްޕަ ފެނުމުން އެލީޝާ އަހާލިއެވެ. “ކުޑަ އިރުކޮޅެއްވެއްޖެ… ދަރިފުޅުމެން ނައިސްގެން ބައްޕަ މި އިންނަނީ.. އާދެބަލަ މިތާ އިށީންނަން…” “އަން މި ބަލާލަބަލަ..” އެލީޝާމެން އިށީނުމުން ފޮޓޯގަނޑެއް ދިއްކޮށްލަމުން އަލްސަން ބުނެލިއެވެ. “ބައްޕަ ކޮން އިރަކު ފިލްމުސްޓާރުންގެ ފޮޓޯ ގެންގުޅެންފެށީ…” އެލީޝާއަށް ވުރެ ކުރިން އެ ފޮޓޯގަނޑު ބަލާލަމުން އަލްޝާ އަހާލިއެވެ. […]
” ލައުހާ… ތި ދެލޮލުން ބޭކާރު ގޮތުގައި މި އަގުބޮޑު ޖަވާހިރުތަށް ބޭކާރުކޮށް ނުލާ..” ހައިކަލް ދެންމެބުނި ޖުމްލަ ލައުހާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.. ހަމަ އެޖުމްލައެވެ…މީގެ އަހަރުތަކެއް ކުރިން އަޑުއިވުނު އެބަސްތަކެވެ..ކުރީން ވެސް އެ ބަސްތަކުން ލައުހާގެ ހިތަށް ލުޔެއް ގެނެސްދިނުމަށް މަސައްކަތްކުރީ ހަމަ އެއިންސާނާއެވެ…އަޖައިބެކެވެ..ހަމަ ހަގީގަތުގައިވެސް ހައިކަލް އަށް ލައުހާ ނޭނގޫނީ ބާއެވެ..ނޫނީ ނޭނގޭ ކަމަށްހަދަނީ ބާވައެވެ..ލައުހާ ހިތުގައި އެތަށް ހިޔާލްތަކެއް އެނބުރެމުން ސުވާލުތަށް ގިންވަމުން ދިއައެވެ… ” ލައު… އަހަރެން ވަރަށް އަވަހަށް […]
” ލައުހާ” ހައިކަލް އަށް ބުނެވުނެވެ. “މިތާ މަގު މެދުގަ ކީއްތިކުރަނީ..މޮޔަވީތަ…” ލައުހާގެ ކޮޑުގައި ހިފައި ތަޅުވައިގަތުމުން ލައުހާއަށް ވާނުވާ އެގެންފެށިއެވެ.. ހައިކަލް ގައިގައި ބައްދައިގަތެވެ..ރޮމުން ދިޔައިރު މަޑު ގިސްލުމެއްވެސް ލައުހާގެ ހުއްޓެވެ… ހައިކަލް އަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ…ހައިކަލް ލައުހާ ގަޔާ ދުރުކުރަން މަސައްކަތްކުރިއެވެ..މަގުމައްޗަށް ވެފައި މީހުންގެ ލޯތަށް އަމާޒުވަމުން ދާތީވެސް މެއެވެ..އެހެނަސް ލައުހާ ވެއްޓެއް ދިޔަހެން ހީވެގެން ހައިކަލް ބަލާލިއިރު ލައުހަގެ ވަނީ ދެލޯމެރޮފައެވެ… “ލައުހާ… ލައުހާ..” ހައިކަލް ހާސްވެފައި ލަައުހާއަށް ގޮވަމުން […]
ތާރާ ދޮރު ހުޅުވާ ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ތާރާ ފައިކައިރީގަ ތިއޮތީ މާބޮނޑިއެއް…” އަލްޝާ މިހެން ބުނުމުން ތާރާ ގުދުވެ މާބޮނޑި ނަގާ ދޮރު ލެއްޕިއެވެ. “މީ ޔަގީނުންވެސް އެލީ ދޮންތައަށް އައި ހަދިޔާއެއް..” އެލީޝާ އަތަށް މާބޮނޑި ދެމުން ތާރާ ބުނެލިއެވެ. އެލީޝާ މާބޮނޑީގައި ހިފިއެވެ. “ކާކު ފޮނުވި އެއްޗެއްބާ..؟؟” ” މާބޮނޑިތެރޭގައި އެބައޮތް ކުޑަކަރުދާސްކޮޅެއް…” ތަހާނީ މިހެން ބުނުމުން އެލީޝާ އެ ނޯޓްކޮޅު ނަގާ ކިޔާލިއެވެ. ” ހެޕީ ބާތު ޑޭ […]
ލައުހާގޮސް ޑްރެސިން ޓޭބަލްގެ ވަތްގަނޑު ހުޅުވާލައި ސިޓީ އުރައެއް ނެނގިއެވެ..ލައުހާ އެ ސިޓީ ލުހުޝާންގެ އަތަށް ދިނެވެ… ” ހަދާންވޭތަ އެރޭ އަަހަރެން ލުހުޝާން ކައިރީ ވާހަކައައެއް ބުނަން ބޭނުންވިކަން… ތިއީ އަަހަރެން ބުނަން އުޅުނު ވާހަކަ އަކީ…” ލުހުޝާން އެސިޓީ އުރަ ކެނޑުމަށް ފަހު އޭގައިވާ ލިޔުމަށް ބެލިއެވެ… ކޮންމެވެސް ކަހަލަ ރިޕޯޓެކެވެ..އޭގައި އޮތް އެއްޗެއް ފެނުމުން ލުހުޝާން ގަނޑުވި ކަހަލައެވެ…އެއްފަހަރު ލައުހާގެ މޫނަށް އަނެއް ފަހަރު އެ ރިޕޯޓަށް ބަލަމުން ދިޔައީ މިއީ ހުވަފެނެއް […]
“އެހެންތަ…ހީނުކުރާތި އަހަރެން ތިމަޅީގައި އަލުން ޖެހޭނެކަމަށް…ކުށެއް ނުކުރަމޭ އަދި ކިޔައެއްނު..އިން ދުވަހުން ފެށިގެންވެސްއަހަންނަށް ލައުހާ ހަދަމުން ދިޔައީ ދޮގު…އަހަންނަށް އިނގޭ ލައުހާ އަހަންނާ ކައިވެނީ ކުރީ މަޖްބޫޜުވެގެންކަން…ހެހެހެ…. ލޯބިވެޔޯ…”ލައުހާގެ އަތުގެ މުލަތްދަނޑީގައި ހިފައި ދަމަމުން ގަޮސް ލައުހާ ލުހުޝާންގެ ކޮޓަރިއަށް ވެއްދިއެވެ.. ޑްރެސިން ޓޭބަލް މަތީގައި އޮތް ސިޓީ އުރަނަގައި އޭގައި ހުރި ފޮޓޯތަށް ލައުހާގެ އަތަށް ދިނެވެ…ލުހުޝާން ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ…އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން ދިޔައީ އަތުން ފައިން ގޯހެއް ހަދަން ބޭނުން […]