Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެލީޝަ
ލޯބި

އެލީޝާ (7 ވަނަބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
October 20, 2014 4 Mins Read
11 Comments

ޖެހިގެން އައި ދުވަހެވެ. އެލީޝާގެ މަންމަ އެލީޝާ ގޮވައިގެން މަންމަމެންގެ ކޮޓަރިއަށް ދިޔައިރު އެ ކޮޓަރީގައި އެލީޝާގެ ބައްޕައާއި ކަރަމްގެ އިތުރުން އޭނާގެ މައިންބަފައިންވެސް ތިއްބެވެ. އެލީޝާމެން އައުމުން ކަރަމް އެލީޝާއަށް ބަލާލިއެވެ. “އަނެއްކާ އަހަރެމެން ރޭގަ ދެއްކި ވާހަކަ ކަރަމް މަންމަމެންގެ ގާތުގައި ބުނީބާ…؟؟؟” އެލީޝާގެ ހިތަށް މިހެން އެރުމުން ނޭނގޭ ބިރުވެރިކަމެއް އެލީޝާގެ ހިތުތެރޭގައި ދުވެލިއެވެ. “ކައިވެންޏާއި ހަމައަށް ދިއުމުގެ ކުރިން އަދި އެއްފަހަރު ބައްޕަމެން ބޭނުން ދަރިފުޅުމެންގެ ޚިޔާލު ހުރި ގޮތެއް ބަލާލަން…” ފަހުމީ މިހެން ބުނުމުން އެލީޝާއާއި ކަރަމް އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. “ދަރިފުޅު އެލީއާއި ކައިވެނި ކުރަން ގަބޫލުތަ…؟؟؟”ހަފްސާ ކަރަމްގެ ގާތު އަހާލިއެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ކަރަމްއަށެވެ. ކަރަމް ބަލާލީ އެލީޝާއަށެވެ. އެންމެންވެސް ތިބީ ކަރަމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. “އަޅުގަނޑު ގަބޫލު….” ހިނިތުންވެލަމުން ކަރަމް ބުނެލިއެވެ. ލޮލަށް ޖަމާވަމުން ދިޔަކަރުނަތައް އެހެންމީހުންނަށް ފޮރުވުމަށްޓަކައި އެލީޝާ އިސްޖަހާލިއެވެ. ތުންފަތުގައި ދަތްއަޅައި ކަރުނަތައް އެތެރެއަށް ހިންދާލިއެވެ. އޭނާގެ އެންމެ ފަހުގެ އުންމީދުވެސް ފުލުން ދިޔައީއެވެ. ކަރަމްއާއިމެދު އެލީޝާގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. “އެލީ ދަރިފުޅު ގަބޫލުތަ…؟؟؟” ލައިލާ މިހެން އަހާލުމުން ކަރަމްއަށް ބަލާލެވުނީ އެލީޝާއަށެވެ. އެލީޝާހުރީ އިސްޖަހާލައިގެންނެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު އެލީޝާ “އާނ” އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެލީޝާގެ ޖަވާބާއިއެކު އެންމެންގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ. އެލީޝާ ފިޔަވައެވެ. އެވަގުތު އެލީޝާގެ ހިތުތެރޭގައިވާ ތޫފާނުގެ ހިލަމެއް އެތާތިބި އެހެންމީހުންނަކަށް ނޭނގެއެވެ. އޭނާގެ ހިތްވަނީ ފުނޑުފުނޑުވެފައެވެ. އެކަން ދަންނާނީ ވަކިކާކު ހެއްޔެވެ؟ ކަރަމްވެސް ހުރިހާ ހަގީގަތެއް އެނގޭ އިރުވެސް އޭނާއާ އިންނަން އެއްބަސްވީއެވެ. ކޮންފަދަ އަނިޔާވެރިކަމެއް ހެއްޔެވެ؟ ބޭރުފުށަށް ނުފެނުނު ކަމުގައިވިޔަސް އެލީޝާގެ ހިތް ގިސްލަ ގިސްލާފާ ރޮނީއެވެ. “އެހެންވީމާ ހިނގާ ކައިވެނީގެ ތައްޔާރީތައް ފަށަމާ…” މިހެން ބުނެ ދެފަރާތު މައިންބަފައިން ނުކުތީ ބޭރަށެވެ. “އެލީ މަޑުކޮށްބަ…” ބޭރަށް ދާން ހިނގާގަތް އެލީޝާ މަޑުކޮށްލީ ކަރަމް އެހެން ބުނުމުންނެވެ. “މިހާރު ކިހިނެއްވީ…؟؟ އަދިވެސް ކަރަމްގެ ހިތްފުރޭވަރު ނުވަނީތަ…؟؟؟” އެލީޝާ ކަރަމްއާއި ކުރިމަތިލަމުން ނަފްރަތުގެ ރާގެއްގައި ބުނެލިއެވެ. “ނޫން އެލީ…. އެލީ ތިވިސްނަނީ އަދި ރަނގަޅަކަށް ނޫން… އަހަރެން އެލީއަށް ދެރައެއް ދޭކަށް ނުވިސްނަން….” ގޮނޑިން ތެދުވަމުން ކަރަމް ބުނެލިއެވެ. “ދެރައެއްދޭން ނުވިސްނަންޏާ ކީއްކުރަން އަހަންނާ ކައިވެނި ކުރަން އެއްބަސްވީ…. އަދި އެވެސް ހުރިހާ ހަގީގަތެއް އެނގިހުރެ….” ދެއަތް އުރާލަމުން އެލީޝާ ބުނެލިއެވެ. “ނޭނގެ އަހަންނަކަށްވެސް… އަހަރެންގެ ހިތްބުނިގޮތަށް އަހަރެން ކަންތައް ކުރީ… އެލީއާއިއެކު މިހޭދަ ކުރެވުނު މަދުވަގުތުކޮޅު ތެރޭ އަހަންނަށް އެލީ ވަރަށް ކަމުގޮސްފި…. އަހަންނަށް ހީވަނީ ހަމައެކަނި ކަމުދިޔައީކީ ނޫން ކަންނޭނގެ… އަހަންނަށް އެލީދެކެ ލޯބިވެސް ވެވިއްޖެ ކަންނޭގެ… އަހަރެންގެ ހިތް ބުނަނީ އަހަރެންގެ ހިތުގެ ރާނީ އަކީ އެލީއޭ…..” ދެޖީބަށް އަތްޖަހާލައިގެން ހުރެ ކަރަމް ވާހަކަ ދެއްކިއެވެ. ހަނދާން ކުރާތި…!!!! އަހަރެން ކަލެއާއި ކައިވެނި ކުރިޔަސް އަހަރެންގެ ފަރާތުން ކަލެއަށް އެއްވެސް އުފަލެއް އަރާމެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާތި…!!!! އަހަރެން ކަލެޔަށް ނަފްރަތުކުރަން…..” ކަރަމްއާއި ދިމާއަށް މިހެން ބުނެފާ އެލީޝާ ކޮޓަރިން ނުކުމެގެން ދިޔައެވެ. “މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެން އެލީވެސް އަދި އެލީގެ ލޯބިވެސް ކާމިޔާބު ކުރާނަން…..” އެލީޝާ ނުކުމެގެން ދިޔުމުން ކަރަމް މަޑުމަޑުން ބުނެލިއެވެ.
ޖެހިގެން އައި ދުވަސްތަކުގައި އެލީޝާ ބެލީ ކަރަމްގެ ކުރިމައްޗަށް ނާރާ ވޭތޯއެވެ. ނަމަވެސް އަބަދުވެސް ކޮންމެވެސް އެކެއްގެ ސަބަބުން އޭނާއަށްޖެހެނީ ކަރަމްއާއި ކުރިމަތިލާށެވެ. އެކުގައި ތަންތަނަށް ދިޔުމަށެވެ. ނޫނީ ކޮންމެވެސް އެހެން ކަމަކުއެވެ. ނަމަވެސް އެލީޝާ ކަރަމްއަކަށް އެއްވެސް އަމިއްލަ ވާހަކައެއް ދެއްކުމަށް ފުރުސަތެއް ނުދެއެވެ. އޭނާ ކަރަމްއާއިއެކު އެކަނިވާކޮންމެ ފަހަރަކު އޭނާ އުޅެނީ ތަހާނީ، ތާރާ ނޫނީ އަލްޝާ ފަހަތުލައިގެންނެވެ. ބަހަނާއަކަށް ދައްކަނީ ކޮއްކޮމެންނާ ދުރަށް ދާން ޖެހޭތީ އެމީހުންނާއެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާކަމަށެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ހަފްސާއާއި ލައިލާ އިނީ ސިޓިންގްރޫމްގައި ކޮންމެވެސް ވާހަކައެއްގައެވެ. “މަންމާ ކޮބާ އަލްކޮމެން…؟؟؟” ކޮޓަރިން ނުކުމެގެން އައި އެލީޝާ ލައިލާމެންގާތު އިށީންނަމުން އަހާލިއެވެ. “އަލްކޮމެން ދިޔައީ ކިޔާމެން ގޮވައިގެން ހިނގާލަން…. ދަރިފުޅަށް ނިދިފަ އޮތީމަ ދަރިފުޅަށް ނުގޮވަ އެދިޔައީ….” ލައިލާ މިހެން ބުނިތަނާހެން ކަރަމްވެސް އޭނާގެ ކޮޓަރިން ނުކުމެގެން އައެވެ. “އަހަނ ދަރިފުޅުވެސް އެބައުޅެންތަ ގޭގަ…؟؟؟ މަންމަ ހީކުރީ ދަރިފުޅުވެސް ކިޔާމެންނާއެކު ދިޔައީކަމަށް….؟؟؟” ހަފްސާ ބުނެލިއެވެ. “ވެޑިން ކާޑު ޑިޒައިން ކޮށް ނިންމާލަންވެގެން މަޑުކުރީ….. މަންމާ ހާދަ ބަނޑުހައޭ ނެތްތަ ސައިކޮޅެއް….” ބަނޑުގައި އަތްކާއްތާލަމުން ކަރަމް ބުނެލިއެވެ. ކަރަމް މިހެން ބުނުމުން ހަފްސާއާއި ލައިލާ ހޭންފެށިއެވެ. އެލީޝާ އަނގަޔަށް ގޮތެއް ހަދާލަމުން ޓީވީ ހުޅުވާލިއެވެ. “ދަރިފުޅު ދާންވީނު ކަރަމް އަށް ސައިހަދަން… ދަރިފުޅުވެސް އަދި ސައެއްނުބޮމެއްނު…” ލައިލާ މިހެން ބުނުމުން ހިތާ ދެކޮޅަށް ނަމަވެސް އެލީޝާއަށް ޖެހުނީ ދާށެވެ. އެލީޝާ ކާގެއާއި ދިމާއަށް ހިނގާގަތުމުން އޭނާގެ ފަހަތުން ކަރަމްވެސް ދިޔައެވެ. “އަހަރެން ބޭނުމީ ކޮފީއެއް….” ކާގެއަށް ވަންނަމުން ކަރަމް ބުނެލިއެވެ. އެލީޝާ އަނގައިންވެސް ނުބުނެ ކޮފީހެދުމައިގެން އުޅުނެވެ. “އެލީ އަދިވެސް ރުޅިއައިއްސަތަ….؟؟؟؟؟ ކީއްވެ މާ މަޑުން ތިހުންނަނީ….؟؟؟” ގޮނޑިއެއްގައި އިށީންނަމުން ކަރަމް އަހާލިއެވެ. “ދެން އަހަރެން ވީ ދަތްތައް އިސްތިހާރު ކޮށްގެން ހެވި ދިލިފާ ހުންނަންތަ….؟؟؟ އަހަރެން މާ ބޭނުންވެގެން އުޅޭ ކަމެއްތަ ވާން މިއުޅެނީ…..” އެލީޝާ ފަށްޗަކަށް އަމުނާލިއެވެ. “އައްދޯއި…” އެލީޝާ ކުއްލިއަކަށް އިނގީލީގައި އަތް އަޅައި ހަޅޭލަވައިގަތެވެ. “ކިހިނެއްވީ….؟؟؟” ކަރަމްގޮސް އެލީޝާގެ ގާތުގައި މަޑުކޮށްލިއެވެ. “އަތަށް ހޫނުފެން އެޅުނީ…” އިނގިލީގައި އަތް އަޅައިގެން ހުރެ އެލީޝާ ބުނެލިއެވެ. ކަރަމް އަވަސްއަވަހަށް ފުރިޖުން އައިސްކިއުބެއް ހިފައިގެން އައިސް އެލީޝާގެ އިނގިލީގައި ޖެއްސިއެވެ. އެލީޝާ އުޅުނީ އަތް ދަމައިގަންނާށެވެ. “އެލީ ކުޑަކުދިން އުޅޭހެން ނޫޅޭބަލަ… މިޖެއްސީމައޭ އަވަހަށް ދިލަ ކެނޑޭނީ…..” އެލީޝާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ ކަރަމް ބުނެލިއެވެ. އެލީޝާވެސް ގޮތް ދޫކޮށްގެން ހުރީ ދިލަނަގާވަރުންނެވެ. “އައްދޭ…. ލަވްބާރޑްސް މާފޮޅުވަނީތަ…؟؟؟” މިއަޑަށް ދޮރާ ފުރަގަސްދީގެން ހުރި އެލީޝާއާއި ކަރަމް ދޮރާ ދިމާއަށް ބަލާލިއިރު ކިޔާން ކާގެއަށް ވަދެގެން އަންނަނީއެވެ. “މިއުޅެނީ އެލީގެ އަތަށް ހޫނު ފެން އެޅިގެން…..” ކަރަމް ބުނެލިއެވެ. “ހޫމް… ހޫމް…. ލޯބީގައި ތިކަހަލަ ގޮތްގޮތްވެސް ވާނެ… އަތަށް ހޫނުފެން އެޅޭނެ، ކައްސާލާނެ، ވެއްޓެންދާނެ ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތް…. ބައިވަރު ގޮތްގޮތްވާނެ…..” އެމީހުންނާ ދިމާކޮށްލުމުގެ ގޮތުން ކިޔާން ބުނެލިއެވެ. “މިހާރު އޯކޭ…” އަތް ދަމާގަންނަމުން އެލީޝާ ބުނެލިއެވެ. “އެލީ އަހަންނަށްވެސް ކޮފީއެއް ހަދާލައްޗޭ… އެލީޝާ ކޮފީހަދަން އުޅުމުން ކިޔާން ބުނެލިއެވެ. އަދި ކަރަމް އާއި ދެމީހުން ގޮސް މޭޒުދޮށުގައި އިށީނެވެ.
ޖެހިގެން އައި ދުވަހުގެ ރެއެވެ. މިރެއަކީ އެލީޝާގެ ހުރިހާ އުފާތަކެއް ކަފުންކޮށް ވަޅުލެވޭ ރެއެވެ. އެލީޝާއާއި ކަރަމްގެ ކައިވެނި ކުރެވޭ ރެއެވެ. އެލީޝާއިނީ ޑުރެސިންގް ޓޭބަލް ކުރިމަތީ ހުރި ގޮނޑީގައި އިށީނދެލައިގެންނެވެ. އަރޫނާ އާއި ކިޔާރާ އެލީޝާ ތައްޔާރު ކުރުމުގައި އުޅެމުން ދިޔައެވެ. ތަހާނީމެންވެސް އެކިކަންކަމުގައި އެހީވެދިނުމަށް އެތާގައި ތިއްބެވެ. “ކޮބާ ނިމެއްޖެތަ…؟؟ މިހާރު ކައިވެނި ކޮށްދޭ މީހުންވެސް އައިއްސި…” ކޮޓަރިއަށް ވަދެގެން އައި ލައިލާ ބުނެލިއެވެ. “މި ނިމުނީ…..” އަރޫނާ މިހެން ބުނުމުން އެލީޝާގެ އަތުގައި ހިފައިގެން ލައިލާ ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ދެން ތިބި މީހުންވެސް ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އެންމެން އެދިމާއަށް ބަލާލިއެވެ. ރަތާ ހުދުކުލައިން ޑިޒައިން ކޮށްފައިވާ ވެޑިންޑުރެސްގައި ލުއި މޭކަޕަކާއި އެކު ހުރި އެލީޝާ ވަރަސްވެސް ރީއްޗެވެ. އޭނާގެ ފަށުވި އިސްތަށިގަނޑުވަނީ ކުދިދަތިތަކަކުން ހައްޔަރު ކޮށްލާފައެވެ. އެލީޝާ ފެނުމުން ކަޅިޖަހާނުލާ އެލީޝާއަށް ބަލަހައްޓައިގެން ކަރަމް އިނެވެ. އޭނާއަށް ހޭވެރިކަންވީ ކިޔާން އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ. ކަރަމްވެސް މިރޭ ވަރަށް ރީއްޗެވެ. ހުދު ގަމީހެއްމަތިން ކަޅުވެސްޓެއް ލައިފާ ހުރިއިރު ކަރުގައި ރަތްކުލައިގެ ސްކާފެއް އޮޅާލާފައި ހުއްޓެވެ. އެލީޝާ އައުމުން ކައިވެނީގެ ކަންތައް ފެށުނެވެ. ކަރަމް “އަނބި ގަބޫލުކޮށްފިން..” މިހެން ބުނުމުން އެލީޝާއަށް ދެލޯމަރާލެވުނެވެ. އޭނާގެ ހުރިހާ އުފާތަކެއްގައި ސިއްކަ ޖެހުނީއޭ އޭނާގެ ހިތައް އެރިއެވެ. ކައިވެނިކޮށް ނިމުމުން އެންމެން ދިޔައީ ކައިވެނި ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާތަނަށެވެ. އެތަންވަނީ ރަތާ ހުދުން ޒީނަތްތެރިކޮށްލާފައެވެ. ކައިވެނީގެ ދެމަފިރިން ތިބުމަށް ހަމަޖެހިފައިވާ ތަނުގައި ކަރަމްގެ ދެމަފިރިން މަޑުކޮށްލާގެން ތިއްބެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ޕާޓީއަށް މެހެމާނުން އަންނަން ފެށިއެވެ. ޕާޓީއަށް އަންނަ ކޮންމެ މީހެއްގެ ދުލުންވެސް އަލަތު ދެމަފިރިންނަށް ތައުރީފު ކޮށްލެވެއެވެ. ބައެއް މީހުން ހިތުގެ އަޑީންނެވެ. އަނެއްބަޔަކު ހަސަދަވެރިކަމާއިއެކުއެވެ.
ޕާޓީ ނިމުމުން ކަރަމްމެން ގެއަށް އައެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އެލީޝާ ބެލީ ލައިގެން ހުރި ބޮޑު ހެދުން ބޭލޭތޯއެވެ. އެހެން ކަމުން ފާހާނާއަށް ވަދެ ފެންވަރާލައިގެން ހެދުން ބަދަލު ކޮށްލާގެން ނުކުތެވެ. އެލީޝާ ނުކުތުމުން ކަރަމްވެސް ފާހާނާއަށް ވަނެވެ. އެލީޝާ ވަރަށް ހާލުން ވެޑިންގްޑުރެސް ފަތްޖަހާލާފައި އަލަމާރިއަށްލާފައި އެނބުރުންތަނާ އޭނާގެ މޫނުގޮސް ޖެހުނީ ކަރަމްގެ ތަނަވަސް މޭމަތީގައެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ރަނާ (ދެވަނަ ބައި)

Next

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 6ވަނަ ބައި)

Next
October 21, 2014

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 6ވަނަ ބައި)

Previews
October 19, 2014

ރަނާ (ދެވަނަ ބައި)

11 Comments!

  1. Asik says:
    October 20, 2014 at 1:05 pm

    V reethi

  2. Leesh says:
    October 20, 2014 at 1:30 pm

    varah salhi avahaah up kohlahchey igey

  3. ummi says:
    October 20, 2014 at 1:47 pm

    Wow reethi. .alhe aneh baiii avahah up koh dhehchey. . Waiting waiting waiting 😀

  4. Anonymous says:
    October 20, 2014 at 2:11 pm

    haadha kurey..ekam vv reethi..aneh bai kiyaa hithun hureveny eh noon.. avaha up kodhechey.. 🙂

  5. pinky says:
    October 20, 2014 at 3:52 pm

    V v v reeeeeeeeeethi mi story. Waiting for next part. Avahah up kurahchey. Ehaa ginadhuvahakah inthizaareh nukurevey ne ingey.

  6. eemiyaa says:
    October 20, 2014 at 11:58 pm

    Thanks all.. V avahah aneh bai up kohdheynan in sha allah.. dhn huri baithah dhigukoh genesdheveytho v balaanan.. 🙂

  7. reesh says:
    October 21, 2014 at 11:52 am

    v v v v v nice………waiting 4 the next part

  8. sharaa says:
    October 22, 2014 at 12:02 pm

    heyy!! I wanna give my thought about the picture you hae chosen.. I think it would be better if you change the picture… it’s too low quality and further all its too unclear… so I hope you would take my comment seriously…. 🙂

  9. nyn says:
    October 22, 2014 at 3:31 pm

    vvv rythi avaha update koalachea

  10. iru says:
    October 22, 2014 at 4:31 pm

    Kon irak anehbai libeyvarvanee miyadh libeynetha

  11. eemiyaa says:
    October 23, 2014 at 10:03 am

    Thanks all.. sharaa thanks for ur opinion.. i’ll think abt it…

Comments are closed.

Next Episodeއެލީޝާ (8ވަނަބައި)←


All Right Reserved!