Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެލީޝަ
ލޯބި

އެލީޝާ (6 ވަނަބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
October 17, 2014 4 Mins Read
13 Comments

އެލީޝާމެން ބަނދަރު ދޮށަށް ދިޔަތާ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓްތެރޭ ކަރަމްމެން ދަތުރުކުރި ލޯންޗް ކުޅުދުއްފުށީ ބަނދަރަށް ލެފިއެވެ. އެންމެން ލޯންޗުން ފައިބާންފެށިއެވެ. “ދޮންތާ އެހެރަ ފައިބަނީ ކަރަމް….” އެލީޝާގެ ކަންފަތް ދޮށުގައި އަލްޝާ މިހެން ބުނުމުން އެލީޝާ އިސްއުފުލާ ލޯންޗާ ދިމާއަށް ބަލާލިއެވެ. އޭރު ކަރަމް ހަފްސާގެ އަތުގައި ހިފައިގެން އޭނަ ލޯންޗުން ބާލުވަނީއެވެ. ހަފްސާ ފޭބުމުން ކަރަމްވެސް ރަށުތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ކަރަމްއާ އެލީޝާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެލީޝާ އަވަސްއަވަހަށް އިސްޖަހާލިއެވެ. ކަރަމް ކިތަންމެހާވެސް ރީއްޗެވެ. ނަމަވެސް އެލީޝާގެ ހިތަށް އެއްވެސް ގޮތެއް ނުވެއެވެ. އޭނާގެ ނަޒަރުގައި ކަރަމްއަކީ އޭނާގެ ހިތުގެ އަނިޔާވެރިޔާއެވެ. އެލީޝާއާއި މިއުވާންގެ ދެމެދަށް އެޅުނު ހުރަހަކީ ކަރަމް ކަމުގައި އެލީޝާ ދެކެއެވެ. “އޭ ރޯމިއޯ… މިތާ އަވިގަނޑުގަ ޖޫލިއެޓް އަށް ބަލަހައްޓައިގެން ހުންނާނީތަ…. ނޫނީ ގެއަށް ދާނީތަ؟؟؟؟ މިހާރު އެޔޮށް އެންމެން ހިނގާގަތީ….” ކަރަމް އެލީޝާއަށް ބަލަހައްޓައިގެން ހުރުމުން ކަރަމްގެ ކޮނޑުގައި ޖަހާލަމުން ލާނެއް ގޮތަކަށް ކިޔާން ބުނެލިއެވެ. “ދެން ތުއްތުވެސް ދައްކާ ވާހަކަދޯ…. ހިނގާ އަވަހަށް ދާން…” މިހެން ބުނެފާ ކަރަމްވެސް ހިނގާގަތެވެ. އެންމެންގެ ފަހަތުގައި ތިބެގެން އެލީޝާމެންވެސް ދިޔައެވެ. ގެއަށް ގޮސް ކައި އަވަދިވެގެން ދެއާއިލާގެ މީހުން އެކަކު އަނެކަކަށް ތައާރަފަވިއެވެ. ހިތާ ދެކޮޅަށް ނަމަވެސް އެލީޝާ އެތާ މަޑުކުރީ ލޯބިވާ މަންމައާއި ބައްޕައަށްޓަކައެވެ.
ހަވީރުގެ ވަގުތެވެ. އެލީޝާމެން އުޅުނީ ހިނގާލަން ދާށެވެ. “ދަރިފުޅާ ދާންވީނު ކަރަމް މެން ގޮވައިގެން ރަށުތެރެ ދައްކާލަން….” އެވަގުތު އެލީޝާގެ މަންމަ ލައިލާ އައިސް ބުނެލިއެވެ. “މަންމާ އެމީހުން ތިބޭނީ ދަތުރު ވަރުބަލިވެފައެއްނު… އެމީހުން ބޭނުން ވާނީ އަރާމު ކޮށްލާކަށްނު….” އެލީޝާ ބަހަނާއެއް ދައްކާލިއެވެ. ” ތީހަމަ ދަރިފުޅަށް ހީވާގޮތް… އެމީހުން އެބަތިބި ރެޑީވެގެން ރަށުތެރެ ބަލާލަން ދާންށޭ ކިޔާފަ… ދަރިފުޅު އެމީހުންނާއެކީ ދިޔާމަ އެމީހުންނާ ގުޅުންވެސް ބަދަހިވާނެއެއްނު….” ދެން ދޭ އެމީހުން ގޮވައިގެން….”
އެލީޝާ ސިޓިންގްރޫމަށް ނުކުތްއިރު ކަރަމްއާއި އޭނާގެ ދެބޭބެއާއި ދެފަހަރިއާއި ކޮއްކޮ ސިޓިންގްރޫމްގައި އިނެވެ. ކަރަމް އެލީޝާއަށް ބަލާލިއެވެ. ރަތްކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ޖީންސެއް ލައިގެން ހުރިއިރު އެލީޝާ ވަރަށް ރީއްޗެވެ. “އަހަރެމެން މިތިބީ އެލީގެ އިންތިޒާރުގަ…. ހިނގާ އަހަރެމެންނަށް ރަށުތެރެ ދައްކާލަން ދާން…” އެލީޝާގެ އަތުގައި ހިފާލަމުން އަރޫނާ ބުނެލިއެވެ. އެލީޝާ ކުޑަ ހިނިތުން ވުމަކާއިއެކު އެމީހުން ގޮވައިގެން ރަށުތެރެ ދައްކާލަން ދިޔުމަށްޓަކާ ނުކުތެވެ.
މަގުމަތީ ހިނގާފައި ދިޔައިރު ރަށުގެ އެކިމީހުންގެ ނަޒަރު އެމީހުންނަށް ހުއްޓެމުން ދިޔައެވެ. މީ ރަށަށް ބީރައްޓެއްސަކު އަރާފިއްޔާ ރަށު މީހުންގެ ހާލަތެވެ. “ހާދަ ސަޅި ބިޓުން އެބަ ފެނެއޭ… އަހަންނަށް ކުރިން މީހަކާ ނުއިނދެވުންނަމަ….” ކިޔާން ބުނެލިއެވެ. “ދެން ދެއަންބަށް އިންނަންވީނު….” ކައުޝަލްވެސް މަޖާވެލާފައި ބުނެލިއެވެ. ކައުޝަލްގެ ޖުމްލައާއި އެކު އެންމެން ހޭން ފެށިއެވެ. “އަހަރެންގެ އަންހެނުން ގަބޫލިއްޔާ އަހަރެން މިހުރީ ހަމަ ތައްޔާރަށް….” “އަހަރެން ދުނިޔޭގަ ހުއްޓަ ތިކަހަލަ ކަމަކަށް އެއްބަހެއް ނުވާނަން…” ރިޝާ އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. “ދެން އަހަރެންވެސް އެކަހަލަ މޮޔަކަމެއް ނުކުރާނެއްނު… އަހަރެން މަޖަލަކަށޭ އެހެން ބުނީ….” ރިޝާގެ އަތުގައި ހިފާލަމުން ކިޔާން ބުނުލިއެވެ. މީ އެކަކު އަނެކަކާ ގުޅޭ އެކުވެރި އާއިލާއެކޭ އެލީޝާގެ ހިތަށް އެރިއެވެ. އެލީޝާއާއި އަރޫނާ އާއި ކިޔާރާ ތިބީ އެންމެ ކުރީގައެވެ. އެމީހުންގެ ފަހަތުގައި ތިބީ ކަރަމް އާއި ކައުޝަލްއެވެ. ރިޝާއާއި ކިޔާން ތިބީ އެންމެ ފަހަތުގައެވެ. ހިނގަމުން ދިޔައިރު އެލީޝާގެ ކޮންމެ ހަރަކާތަށް ކަރަމް ބަލަމުންދާކަމެއް އެލީޝާއަކަށް ނޭނގެއެވެ. ކަރަމްއަށް އެލީޝާވީ ވަރަށް ކަމުދާ ކުއްޖަކަށެވެ. ހިނގަމުން ހިނގަމުން ގޮސް އެލީޝާ މަޑުކޮށްލީ އެރަށު ތުނޑިއަށެވެ. ” މީހާދަ ސަޅި ރަށެކޭ ދޯ އެލީ…. ކިޔާ އަންނާނަން މޫދު ކައިރިއަށް ގޮސްލާފަ…” މިހެން ބުނެފާ ކިޔާރާ ދުއްވާގަތީ މޫދާ ދިމާއަށެވެ. “ކިޔާ ހާދަ މޫދު ދެކެ ލޯބިވެއޭ ދޯ….” ހީލަމުން އަރޫނާ ބުނެލިއެވެ. “އޭނަ އެހުންނަނީ ކަނޑުރަސްގެފާނާއި ނޫނީ ނުއިންނަން ކަންނޭނގެ….” މަޖާވެލާފައި ކިޔާން ބުނެލިއެވެ. ކިޔާން މިހެން ބުނުމުން އެންމެން ހޭން ފެށިއެވެ. ކިޔާން ކަރަމްއަށް ބަލާލިއިރު ކަރަމްހުރީ އެލީޝާއަށް ބަލަހައްޓައިގެންނެވެ. ނަމަވެސް މިކަމެއް އެލީޝާއަކަށް ނޭނގެއެވެ. ކިޔާން ކައުޝަލް ގެ ގައި ކޮށްޓާލަމުން މި މަންޒަރު ދައްކާލިއެވެ. އަރޫނާއާއި ރިޝާވެސް ބަލާލިއެވެ. “އޭ ބޭފުޅާ… ބުނެލައިގެން އުޅެބަލަ…. އޭރުން ތިދެކުދިން ވާހަކަ ދައްކާލަން ވަގުތު ކޮޅެއް ދީފަ އަހަރެމެން ދުރަށް ހިނގައިދާނަމޭ….” ކަރަމްގެ މޫނު މަތީ ފުށްޓަތްކެއް ޖަހާލަމުން ކިޔާން ބުނެލިއެވެ. “ނޫން….” ކަރަމް އަވަސް އަވަހަށް ބުނެލިއެވެ. “ދެން އެލީއާ ދިމާއަށް ބަލަހައްޓައިގެން ތި ހުންނަނީ އޭނަ ލަދުގަންނަވާލަން ކަމަށްތަ….؟؟؟” އަރޫނާވެސް ދިމާ ކޮށްލުމުގެ ގޮތުން ބުނެލިއެވެ. “ކީއްތަވީ…. އަހަރެންގެ ވާން އުޅޭ އަނބިމީހާގެ ގަޔަށް ބެލުމުގެ ހައްގެއް އަހަންނަކަށް ނެތްތަ….؟؟؟؟” ކަރަމްވެސް ދެރަ ނުވާންވެގެން ބުނެލިއެވެ. ކަރަމް މިހެން ބުނުމުން އެލީޝާއަށް ކަރަމްއާއި ދިމާއަށް ބަލާލެވުނެވެ. އޭރު ކަރަމްވެސް އެލީޝާއާ ދިމާއަށް ބަލާލުމަށްފަހު އެއްލޯ މަރާލިއެވެ. ކަރަމް އަކީ ހާދަ ކެރޭ މީހެކޭ އެލީޝާގެ ހިތަށް އެރިއެވެ. “އެލީ އާދެބަލަ….” މޫދުކައިރީ ހުރެފައި ކިޔާރާ ގޮވާލުމުން އެލީޝާ ދާން ހިނގައިގަތެވެ. އެވަގުތު އެތާއޮތް ކަކުންޏެއް ފެނިގެން އެލީޝާ ފަހަތަށް ޖެހިލުމާއެކު ކައްސާލައިގެން ވެއްޓެން ދިޔައެވެ. ކަރަމް ހުށިޔާރުކަމާއިއެކީ އެލީޝާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެވަގުތު ދެމީހުންގެ ނަޒަރު ސީދާވެގެން ދިޔައެވެ. އެގޮތުގައި އިރުކޮޅަކު ދެމީހުންނަށް ތިބެވުނެވެ. “ބުރޯ… އަހަރެމެންވެސް އެބަތިބިން މިތާގަ…” ކިޔާން މިހެން ބުނުމުން ކަރަމް އެލީޝާގެ ގައިން ދޫކޮށްލިއެވެ. އެލީޝާވެސް ގަތްލަދުން އަވަހަށް ކިޔާރާ ގާތަށް ދިޔުމަށް ހިނގާގަތެވެ. އިރުކޮޅަކު އެތާ ތިބުމަށްފަހު އިރުއޮއްސެން ކައިރިވުމުން އެލީޝާމެން ގެޔަށް އައެވެ.
އެލީޝާއާއި އިނާޝް އަދި ތަހާނީ އިނީ އެލީޝާގެ ކޮޓަރީގައެވެ. “އެލީ އަހަރެން ދެންތަ އައިޑިއާއެއް…” އިނާޝް ބުނެލިއެވެ. “ހޫމް ބުނެބަލަ…” “އެލީ މިއުވާންގެ ވާހަކަ ކަރަމްއަށް ކިޔާދެންވީނު… އެލީ އެހެން މީހަކު ދެކެ ލޯބިވާކަން އެނގިޖެއްޔާ ކަރަމް އެލީއާ މެރީކުރަން އިންކާރު ކޮށްފާނެއްނު…” “އެބުނީ ތެދެއް… އޭރުން ނުވާނެއްނު އެލީ ކައިވެންޏަށް ނުގަބޫލުވީ ކަމަކަށް….” އިނާޝްގެ ވާހަކައަށް ތާއީދުކުރަމުން ތަހާނީ ބުނެލިއެވެ. އެވަގުތު ކޮޓަރީގައި މީހަކު ޓަކިޖަހާލުމުން އެލީޝާ ދޮރުހުޅުވާލިއެވެ. “ކަރަމް ބޭނުމޯ ދަރިފުޅާ ވާހަކަ ދައްކާލަން…. އޭނަ އެބައިން އެފަރާތު ޖޯލީގައި…..” ދޮރުމަތީގައި ހުރި އެލީޝާގެ ބައްޕަ އަލްސަން ބުނެލިއެވެ. މިދަނީއޭ ބުނެފާ އެލީޝާ ވަނީ ކޮޓަރިއަށެވެ. “އަހަރެން ދާންވީތަ…؟؟؟” އެލީޝާ އަހާލީ ތަހާނީމެންގާތު ގައެވެ. “ހޫމް ދޭ… ގޮސް އޭނައަށް ހުރިހާ ވާހަކައެއް ކިޔާދީ…” ތަހާނީ ބުނެލިއެވެ. އިނާޝްވެސް ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
އެލީޝާ އެފަރާތު ބޭރަށް ދިޔައިރު ކަރަމް ޖޯލީގައި އިނެވެ. “އެލީ… އާދޭ އިށީންނަން…” އެލީޝާ ފެނުމުން ކަރަމް ބުނެލިއެވެ. އެލީޝާގޮސް ކަރަމްގެގާތު އިށީނެވެ. “އަހަރެން ވަރަށް އުފާވެއްޖެ އެލީއައީމަ….” ކަރަމް ބުނެލިއެވެ. “ކަރަމް…. އަހަރެން ބޭނުން ވާހަކައެއް ބުނަން…” ކަރަމް އިތުރަށް ވާހަކަ ދެއްކުމުގެ ކުރިން އެލީޝާ ބުނެލިއެވެ. “އަވަހަށް ބުނޭ…” އެލީޝާގެ މޫނަށް ބަލާލަމުން ކަރަމް ބުނެލިއެވެ. ހަނދުވަރުގެ އަލީގައި އެލީޝާ ފެންނަލެއް ވަރަށް ހިތްގައިމެވެ. “ކަރަމް…. އަހަރެން އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން…” ސީދާ ކަރަމްގެ ދެލޮލަށް ބަލަން އިނދެ އެލީޝާ ބުނެލިއެވެ. “ކީކޭ…؟؟؟ އަހަންނަކަށް ނުވިސްނުން….” ކަރަމް ހުރީ އެލީޝާ ކިޔާއެއްޗެއް ނަގައިގަންނަން ނޭނގިފައެވެ. “ކަރަމްއާއި އަހަރެންގެ ކައިވެނި ހަމަޖެހުމުގެ ކުރިން އަހަރެން އުޅުނީ އެހެން ކުއްޖަކާ ރައްޓެހިވެގެން…. އަހަރެން އޭނަދެކެ ވަރަށް ލޯބިވެ… އެކަމް ބައްޕަގެ ކުރިމަތީ ކަރަމްގެ ކައިވެންޏަށް ދެކޮޅު ހަދަން ނުކެރިގެން ކަރަމްގެ ކައިވެންޏަށް އަހަރެން އެއްބަސްވީ… އަހަރެން ކަރަމްދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެ… އޭނަ ނޫން އެހެން މީހަކުދެކެ އަހަންނަކަށް ލޯތްބެއް ނުވެސްވެވޭނެ…. އަހަރެން ބޭނުމެއްނޫން ކަރަމް ނޭނގުމެއްގެ ތެރޭގައި ބަހައްޓާކަށް…. އެހެންވެ ހުރިހާ ވާހަކައެއް މިކިޔާދިނީ…. އަހަރެން ހީކުރަން އަހަރެން ބުނަން މިއުޅޭ އެއްޗެއް ކަރަމްއަށް ވިސްނިއްޖެ ކަމަށް” މިހެން ބުނެފައި ކަރަމް އެއްޗެކޭ ނުބުނަނީސް އެލީޝާ ގެޔަށް ވަނެވެ.
ޖެހިގެން އައި ދުވަހެވެ. އެލީޝާގެ މަންމަ އެލީޝާ ގޮވައިގެން މަންމަމެންގެ ކޮޓަރިއަށް ދިޔައިރު އެ ކޮޓަރީގައި އެލީޝާގެ ބައްޕައާއި ކަރަމްގެ އިތުރުން އޭނާގެ މައިންބަފައިންވެސް ތިއްބެވެ. އެލީޝާމެން އައުމުން ކަރަމް އެލީޝާއަށް ބަލާލިއެވެ. “އަނެއްކާ އަހަރެމެން ރޭގަ ދެއްކި ވާހަކަ ކަރަމް މަންމަމެންގެ ގާތުގައި ބުނީބާ…؟؟؟” އެލީޝާގެ ހިތަށް މިހެން އެރުމުން ނޭނގޭ ބިރުވެރިކަމެއް އެލީޝާގެ ހިތުތެރޭގައި ދުވެލިއެވެ. “ކައިވެންޏާއި ހަމައަށް ދިއުމުގެ ކުރިން އަދި އެއްފަހަރު ބައްޕަމެން ބޭނުން ދަރިފުޅުމެންގެ ޚިޔާލު ހުރި ގޮތެއް ބަލާލަން…” ފަހުމީ މިހެން ބުނުމުން އެލީޝާއާއި ކަރަމް އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. “ދަރިފުޅު އެލީއާއި ކައިވެނި ކުރަން ގަބޫލުތަ…؟؟؟”ހަފްސާ ކަރަމްގެ ގާތު އަހާލިއެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ކަރަމްއަށެވެ. ކަރަމް ބަލާލީ އެލީޝާއަށެވެ. އެންމެންވެސް ތިބީ ކަރަމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 3ވަނަ ބައި)

Next

ވަަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 4ވަނަ ބައި)

Next
October 18, 2014

ވަަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 4ވަނަ ބައި)

Previews
October 16, 2014

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 3ވަނަ ބައި)

13 Comments!

  1. look says:
    October 17, 2014 at 12:58 am

    Wow vvvvvv reethi. queriesvejje. Nxt part conirakuntha.

  2. ummi says:
    October 17, 2014 at 1:39 am

    Woww v reethi mi baives.. alhe aneh bai avAhah up koh dhehchey. .. waiting for the next part 😀 ..

  3. pinky says:
    October 17, 2014 at 8:30 am

    V v reethi I love it

  4. roxe says:
    October 17, 2014 at 8:57 am

    say yes karam, say yesss 😀

  5. Khushy says:
    October 17, 2014 at 9:16 am

    aachaa.. reethi ingey.. kobaa tha mihaaru e ulhey “thihandhaaan v maa” haadha update eh nuve ey dhwww

  6. leen says:
    October 17, 2014 at 10:30 am

    karam bunrny noonekey dhw..wow..pls up the nxt prt soon

  7. LooM says:
    October 17, 2014 at 10:38 am

    V salhi mi part ves. 🙂

  8. yoohaa says:
    October 17, 2014 at 12:12 pm

    V nice anehbai avahah beynun

  9. eemiyaa says:
    October 17, 2014 at 1:07 pm

    thanks all for the lovely comments

  10. Eve says:
    October 17, 2014 at 2:10 pm

    I want say yes….love dis story

  11. eemiyaa says:
    October 18, 2014 at 12:11 am

    thanks eve

  12. ifa says:
    October 19, 2014 at 4:50 pm

    vvv reethi story eh mi…love this story… kon irakun nxt prt…pls avahah upkohdhehchey

  13. eemiyaa says:
    October 20, 2014 at 12:49 pm

    thanks ifa

Comments are closed.

Next Episodeއެލީޝާ (7 ވަނަބައި)←


All Right Reserved!