Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ވަަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 4ވަނަ ބައި)

izza Level 110 Stories
October 18, 2014 4 Mins Read
4 Comments

ބްރޭކްގަޑި ޖެހުނު އިރު ޝާއިން އިނީ ލައިބްރަރީގައި ފޮތެއް ކިޔާ ކަމަށް ހެދިގެންނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ނަވާ އަންނާނެ އިރަކަށެވެ. ނަވާ ކްލާހުން ނުކުމެގެން ލައިބްރަރީއާ ދިމާއަށް މިސްރާބު ޖެހިއެވެ. މަޑުހިގުމެއްގައި ގޮސް ލައިބްރަރީގެ ދޮރުމައްޗަށް އަރާ އޭނާ ފަސްއެނބުރި ބަލައިލީ މީހެއްގެ ހިލަމެއް ވެގެންނެވެ. އެހެނަސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާގޮސް ލައިބްރަރީ ހޯދަން ފެށިއެވެ. އެއީ ވަރަށް ބޮޑު އިމާރާތެއްކަމުން އެތަން ފުރިފައި ވަނީ ފޮތްތައް އަޅާފައި ހުރި ހަރުފަތްތަކާއި ކަބަޑުތަކުންނެވެ. ނަވާއަށްމާ ގިނައިރަކު ޝާއިން ހޯދާކަށް ނުޖެހުނެވެ. ލައިބްރަރީގެ ދެކުނުފަރާތު ފާރުކައިރީ މޭޒެއްދަށުގައި ފޮތެއް ހިފައިގެން އިން ޝާއިން ފެނުމުން އޭނާ އެތަނަށް ދިޔައެވެ

ކީއްކުރަން މިތަނަށް އަންނާށޭ ބުނީ؟” ޝާއިން ކައިރީ ހުއްޓިލަމުން ނަވާ އަހާލިއެވެ. ޝާއިން ގޮޑިން ތެދުވެ ނަވާގެ އަތުގައި ހިފާ ގެންގޮސް ފޮތް ކަބަޑެއްގެ ފަހަތަށް ވަނެވެ. ” ދެން އަހަރެމެން ބައްދަލު ކުރާނީ މިތަނުން. ކަންތައްތައް ހަމައަކަށް އެޅިލަންދެން އަހަރެމެން ބޭރުން ބައްދަލު ނުކުރާނީ” ޝާއިން ނަވާއާއި ގާތްވެލަމުން ބުންޏެވެ. ނަވާ ޝާއިންއާއި ދުރަށް ޖެހިލިއެވެ. އެމީހުން ތިބި ކަބަޑުގެ އަނެއް ފަރާތުން މީހެއްގެ ހިލަމެއް ވެގެންނެވެ. ނަވާ ބިރުގަތެވެ. އަނެއްކާ މީހަކު އެމީހުންނަށް ފާރަލަނީ ބާވައެވެ؟. އެހެނަސް އޭނާ އެކަން ޝާއިންއާއި ހިއްސާއެއް ނުކުރެއެވެ. އެއީ އޭނާއަށްހީވި ހީވުމެއްކަމަށް ނިންމްމުންނެވެ

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނަވާގެ ބައްޕަގެ ނިންމުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންކަމުން އެދެކުދިން ބައްދަލު ވަނީ ހަމައެކަނި ސްކޫލް ލައިބްރަރީންނެވެ. މިހާރު އެއީ ނަވާއާއި ޝާއިންގެ ލޯބީގެ މަންޒިލަކަށް ވަނީ ވެފައެވެ. ” ދެން ކިހިނެތް ހަދާނީ؟ ޝާއިންގެ އާއިލާވެސް ޤަބޫލެއްނޫނެއްނު؟ ނަވާއާއި ޝާއިން ތިބީ ކަބަޑެއްގެ ފުރަގަހަށް ވަދެއެވެ. ” އާން…އެމީހުން ބޭނުންވަނީ އަހަރެން ރަށު ކުއްޖަކާއި އިންނަން..އެކަމަކު އަހަރެން އެގޮތެއް ބޭނުމެއް ނޫން. އަހަރެންނަށް ނަވާއާއި ނުލާ ނޫޅެވޭނެ.” ޝާއިން ނަވާގެ ނިތްކުރީގައި ބޮސްދިނެވެ. ނަވާ ޝާއިންގެ ގައިގައި ބައްދާލިއެވެ. ހަމަ އެހިދުކޮޅު ތެރޭ އޭނާ ޝާއިންއާއި ދުރަށް ޖެހެލިއެވެ. ” ކިހިނެތްވީ؟” ޝާއިންއަށް އަހާލެވުނެވެ. ” ކޮންމެވެސް މީހަކު އެބައުޅޭ” ނަވާ ހާސްވެފައި ބުންޏެވެ. ” ކާކު ދެން މިގަޑީގަ އަންނާނީ.؟ ބްރޭކް ގަޑިގަ އެންމެންވެސް ތިބޭނީ ކެންޓީނުގައެއްނު. ” އެހެން ބުނެފައި ޝާއިން  އެމީހުން ތިބި ކަބަޑުގެ އަނެއް ފަރާތް ބަލައިލިއެވެ. އެތަނުގައި ނަވާއާއި ޝާއިންފިޔަވާ އިތުރު މީހަކު ނެތެވެ. ” އެއީ ނަވާއަށް ހީވިގޮތް” ޝާއިން ނަވާގެ އަތުގައި ހިފާލަމުން ބުންޏެވެ. ” ދެން ކިހިނެތް ހަދާނީ؟” ނަވާ އަނެއްކާވެސް އަހާލިއެވެ. އަހަރެންވެސް ތިކަމާ މިވިސްނަނީ. .ދެމީހުން އެކީ ވިސްނާފަ ގޮތެއް ނިންމާނީ ދޯ؟” ޝާއިން ބުނެލިއެވެ

ސްކޫލުން ނިމިގެން އައިސް ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރުމަށް ފަހު ނަވާ ވަނީ އޭނާގެ ކޮޓަރިއަށެވެ. ގޭގައި އަންހެނަކު ނެތުމުން ގޭގެ މަސައްކަތްތައް ކޮށް ހަދަނީ ނަވާ އެކަންޏެވެ. ބޭބެވެސް މީހަކާ އިންނާކަށް ނޫޅެއެވެ. ނަވާ އޭނާގެ ކޮޓަރިއަށް ވަދެ ބޮކި ދިއްލާލިއެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ކުޑަ ދޮރުކައިރިން ހުރަސް ކުރި ހިޔަނި ފެނުމުންނެވެ. އޭނާ ކުޑަދޮރު ކައިރިއަށް ޖެހިލައި ބިއްލޫރިގަނޑުގައި ލޯޖަހައިގެން ބޭރުބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ގަހެއްގެ ގޮތްޕެއްގެ ހިޔަނިކަމަށް ނަވާ ނިންމިއެވެ

ނަވާ އިންތިޒާރު ކުރަމުން ދިޔައީ ޝާއިންގެ ފޯނަކަށެވެ. ގަޑިން ބާރަޖެހިއިރު ޝާއިން ގުޅައިފިއެވެ. ” ކޮބާ ތައްޔާރުތަ؟” ޝާއިން އަހާލިއެވެ. ” އާން..އަހަރެން ދަބަހަށް އެއްޗެހި އަޅައިގެން ހުންނަތާ ކިހާއިރެއް!” ނަވާ ބުނެލިއެވެ. ނަވާއާއި ޝާއިން ނިންމީ ގެއިން ނުކުމެ ފިލުމަށެވެ. ދެއާއިލާވެސް އެމީހުންގެ ގުޅުމަށް ނުރުހުމުން އެނޫންގޮތެއް އެމީހުންނަށް ނެތީއެވެ. ” މިދަނީ ބަލައި. ދޮރުމައްަޗަށް ނުކުމެގެން ހުރޭ” ޝާއިން އެހެން ބުނެފައި ފޯނު ބޭއްވުމުން ނަވާ އަޑެއްބަޑެއް ނުލައްވާ ކޮޓަރިން ނުކުތެވެ. އަދި އެއަށްފަހު އޭނާގެ ބައްޕަ އޮތް ކޮޓަރި ހުޅުވާލާއި ބޯދިއްކޮލިއެވެ. ބައްޕަ އޮތީ ގަދަ ނިދީގައެވެ. ” ބައްޕާ އަހަންނަށް މަޢާފްކުރޭ..އަހަރެން ބައްޕަދެކެވެސް ޝާއިންދެކެވެސް ވަރަށް ލޯބިވޭ..” ނަވާ މަޑުމަޑުން އެހެން ބުނަމުން ދޮރު ލައްޕާލިއެވެ

ނަވާއާއި ޝާއިން ތިބީ ހިތަދޫއަށް ދިޔުމަށްޓަކައި ބަހަށް އަރައިގެންނެވެ. އެމީހުން ތިބި ބަހުގެ ތެރޭގައި މޫނުބުރުގާ އަޅައިގެން އިންމީހަކު އެމީހުންނާއި ދިމާއަށް ވަރަށް ބަލާކަން ނަވާއަށް ފާހަގަކުރެވުނެވެ. އެހެނަސް އެކަމާ އޭނާ އަޅައެއް ނުލައެވެ. ބަސްހުއްޓުމާއެކު ދެމީހުންވެސް ބަހުން ފޭބިއެވެ. މިރަށުގައި ދެމީހުންކުރެ އެކަކުވެސް ދަންނަމީހަކު ނޫޅެއެވެ. އެހެންކަމުން އެމީހުން މިތަނަށް ވަރަށް އާވާނެއެވެ

……..ލާންސްކޯޕްރަލް ނާއިމް ކިޔައިދެމުން ދިޔަ ވާހަކަ މެދުކަނޑާލީ ވެއިޓަރު އައިސް ކާއެއްޗެހި މޭޒުމަތީ ބަހައްޓަން ފެށުމުންނެވެ. ވޭޓަރު ދިޔުމުން އަނެއްކާވެސް އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ

ބަހުން ފައިބައިގެން ދަބަސް ހިފައިގެން ޝާއިން ދިޔައީ ނަވާގެ އަތުގައި ހިފައިގެންނެވެ. ދަންވަރުގެ ވަގުތު ކަމުން މަގުތައްވަނީ ހިމޭންވެފައެވެ. އެމީހުން ހިގަމުން ދިޔަ މަގުގެ އެއްފަރާތެއްގައި މޭޒެއް ބަހައްޓައިގެން ތާސްކުޅެން ނާހިލްއާއި ޝާހުއާއި، މަސީހު އަދި ޒާހިރު ތިއްބެވެ. ކުއްލިއަކަށް ޒާހިރުގެ ނަޒަރު ހުއްޓުނީ މަގުމަތިން ހިނގާފައި އައި ނަވާއާއި ޝާއިންއަށެވެ. ” ކޮންފަދަ ރީތި އަންހެން ކުއްޖެއް” ޒާހިރު ނަވާއާއި ދިމާއަށް ބަލަން އިނދެފައި ބުނެލިއެވެ. ޒާހިރުގެ މިޖުމްލައާއިއެކު ދެންތިބި މީހުންގެ ސަމާލުކަންވެސް ހުއްޓުނީ ނަވާއަށެވެ

އަނެއްކާ މިހާދަންވަރު ފިލައިގެން އަންނަ ޖޯޑެއްބާ؟” ނާހިލް އެދިމާއަށް ބަލަން އިދެފައި ބުނެލިއެވެ. ” މަ ހިތަށްއަރާ އެފިރެހެންސޮރު އެހުރި މަޤާމުގަ މަ ހުރިނަމައޭ” މިފަހަރު ވާހަކަދެއްކީ ޝާހުއެވެ. ޒާހިރު އެންމެންގެ އަތުގައި ހުރި ތާސްގަނޑުތައް އަތުލިއެވެ. ” އޭތް..ހިނގާ ތަންކޮޅެއް މަޖާ ކުޅިވަރެއް ކުޅެން” ޒާހިރު ލަފާދިނެވެ. އެންމެންގެ މޫނުމަތިން ފެނުނީ އުފާވެރިކަމުގެ  ކުލަވަރެކެވެ. ކޮންމެ މީހެއްގެ ތުންފަތަށްވެސް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭރު ނަވާއާއި ޝާއިން އެމީހުން ފަސްދީފައި ދަނީއެވެ. ” އާދޭ މަގޭ ފަހަތުން” ޒާހިރު އޭނާގެ އެކުވެރިންނަށް އެނގިއެވެ. ޝާއިންއާއި ނަވާއަށް ނޭގޭނެހެން ދުރުދުރުން މިމީހުން އެމީހުންގެ ފަހަތު އެހެރަ އަންނަނީއެވެ

މީހެއްގެ ހިލަމެއްވެގެން، ނަވާ ފަސްއެބުރި ބަލައިލިއެވެ. އޭނާއަށް ފެނުނީ އެމީހުންގެ ފަހަތުން އަންނަ ގުރޫޕެވެ. ” ޝާއިން. ތަންކޮޅެއް ބާރަށް ހިނގާބަލަ” ނަވާ ޝާއިންގެ އަތުގައި ހިފައި ދަމައިގަތެވެ.” ޝާއިން..ފަހަތަށް ނުބަލައްޗޭ..މަށަށް ހީވަނީ އެގުރޫޕް އެއަންނަނީ އަހަރެމެން ފަހަތުންހެން” ނަވާ ކުރީބައިގައި ޝާއިންއަށް އެންގިއެވެ. ” ކޮން ގުރޫޕެއްތަ؟” ޝާއިންއަށް އަހާލެވުނެވެ. ” އަހަރެމެން އައި މަގުމަތީ ތާސްކުޅެން ތިބި ގުރޫޕް” ނަވާ އަވަސްއަވަހަށް ބުނެލިއެވެ. ޝާއިންވެސް ހާސްވިއެވެ. މިގަޑީގައި ބޭރުގައި އެގޮތަށް އުޅޭ ގުރޫޕްތަކަކީ ރަގަޅު ބައެއް ނޫނެވެ. އޭނާ ނަވާގެ އަތުގައި ބާރަށް ހިފުމަށްފަހު ދުއްވައިގަތެވެ

ޝާއިންއާއި ނަވާ ކުއްޔަށް ހިފި ކޮޓަރިއަކީ ބޮޑު ކޮޓަރިއެކެވެ. ދެމީހުންވެސް ކޮޓަރިއަށް ވަދެވުމާއެކު އެނދުގައި އޮށޯވެލިއެވެ. ” އަހަރެން ހުރީ ހަދާނެގޮތް ހުސްވެފަ. ވަރަށް ވަރުބަލިވެސް ވެއްޖެ” ނަވާ އޮށޮވެލައިގެން އޮވެ ބުނެލިއެވެ. ” ދެން އެކަމާ ނުވިސްނާ..އަހަރެން މިހުރީނު..އަހަރެން ނަވާއަށް އެއްގޮތެއްވެސް ވިއަކަ ނުދޭނަން.” ޝާއިން ނަވާއާއި ގާތްވެލިއެވެ

ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލާ ހިނިތުންވެލިއެވެ. ޝާއިންގެ އެ އޯގާތެރި ބަސްތަކުން ނަވާގެ ހިތް ފުރުނެވެ. އަދި އޭނާއަށް ނިންމުނު ނިންމުމަކީ ރަގަޅު ނިންމުމެއްކަން އެގުމުން އަމިއްލަ ނަފްސާމެދު ފަޚްރުވެރިވެލިއެވެ. މިހާރު އެދެމެދަށް ވަންނާނެ އެކަކުވެސް ނެތެވެ. ދެމީހުންނަށްވެސް އިހްސާސް ކުރެވެމުންދިޔައީ ލޯބީގެ މީރުކަމެވެ. ކުއްލިއަކަށް ދެމީހުންނަށް ދުރުވެލެވުނީ ދޮރުގައި މީހަކު ޓަކިޖަހާލުމުންނެވެ. ދެމީހުންގެ ހިތަށްވެސް ވެރިވީ ހާސްކަމެވެ. ” ކާކު؟” ޖެހިލުންވެ ހުރެ ޝާއިން ދޮރާ ކައިރިއަށް ޖެހިލައިފައި އަހާލިއެވެ. ” ޕޮލިސް..ތި ދެބޭފުޅުންނާ އަޅުގަނޑުމެން ވާހަކަ ދައްކާލަން ބޭނުން” ބޭރުން ޖަވާބު ލިބުނެވެ. ޕޮލިހުންނަށް އެމީހުން ތިބިތަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ނަވާގެ ބައްޕަ ރިޕޯޓް ކުރީބާއެވެ. ކޮންމެ ގޮތެއް ވިއަސްހެވެ. ޕޮލިހުންނަށް އެދެމީހުން ވަތްކެއް ނުކުރެވޭނެއެވެ. ނަވާ ޝާއިންއާއި އެކު އައީ އަމިއްލަ އިޚްތިޔާރުގައެވެ. އެހެންނޫނަސް ދެމީހުންނަކީ ބާވީސް އަހަރުގެ ޒުވާނުން ކަމުން އާއިލާއާއި ހަވާލެއް ނުކުރާނެވެ

( ނުނިމޭ

Share Article

Follow Me Written By

izza

Level 110 Stories

Other Articles

އެލީޝަ
Previous

އެލީޝާ (6 ވަނަބައި)

Next

ކަފުނަަށް މިހިތް އަދި ނުލާކަން ޔަގީން…11

Next
October 18, 2014

ކަފުނަަށް މިހިތް އަދި ނުލާކަން ޔަގީން…11

Previews
October 17, 2014

އެލީޝާ (6 ވަނަބައި)

އެލީޝަ

4 Comments!

  1. anhena says:
    October 18, 2014 at 3:27 pm

    mi part ah choose koffa in dhenan varah kada..aanmu koh nava kiyaanee firehenun nah..ei navaal noony naveen kahala nameh kuru koh..shaain, maain kahala nan nan ei anhen nan..mivahaka kiyamun dhaairu abadhu heevany shaain akee anhen kujja ey…navaa akee firehen kujja ey..adhi layaal akee ves firihen nameh noon..mulhin ves anhen kudhinnah kiya nameh..mi vahaka kiyan ehen ve varah undhagoo.Please choose the names more carefully next time. Thanks

  2. Khushy says:
    October 18, 2014 at 5:24 pm

    nan thah hama rangalhu. aee dhn liyu theriyaa ge amilla kamehthaaa dhw. anhenaa ge name buneba. eyrun e name beynun koggen ma vaahaka eh kiyaanan 😉

  3. niusha says:
    October 18, 2014 at 6:15 pm

    nooney.. aslu nawaa eii anhen nameh.. :p

  4. izza says:
    October 18, 2014 at 9:54 pm

    Navaa akee anhen nameh…layal akee anhen firehen nameh..shaain akee firihen nameh..thi beyfulhaa shain ge nanves thivanee maain aa gulhuvaaf, like rimming words….thnk u all for ur surpport

Comments are closed.


All Right Reserved!