އެ ޞަފްޙާ (ފުރަތަމަބައި)
ޖިހާދު އުޅުނީ މަހުން އައިސް ފެންވަރަން ގިފިލީގައެވެ. ކުއްލިއަކަށް ބަދިގެ ތެރެއިން އަޑުފަށްގަނޑެއް އިވިގެން ޖިހާދު ނަގަނަގާ ހުރި ފެންދާނި ދޫކޮށްލުމަށް ފަހު ތުވާލި ގަނޑު އޮޅާލައިގެން އެދިމާލަށް ދުއްވައިގެންފިއެވެ. ފުދޭ ވަރަކަށް ބޮޑު އެފޫޓުގައި ގޭގެ ދޮރުމަތީ އެއް ފަރާތެއްގައި ހަދާފައިވާ ގިފިލީން ބަދިގެއަށް ޖިހާދަށް ދެވުނު އިރު ދެބުޅާ ރަނގަ ރަނގަ ލައިފައި ބަދިގެއިން ނުކުމެގެން ހިނގައްޖެއެވެ. އެތެރެއަށް ވަދެ ބަލައިލިއިރު މިއަދު ބާނައިގެން ގެނައި ދެ ލައްޓިން ކުރެ އެންމެ ބޮޑަށް އޮތް ލައްޓި އޮތީ ބިންމަތީގައެވެ. …. އީނާ!…..އީނާ! … ޖިހާދު އޭނާގެ 8 އަހަރަށް ދާ އަންހެން ދަރިފުޅު އީނާއަށް ގޮވަމުން ގޭގެ ބިއްދޮށު ފަރާތަށް ނުކުތެވެ. އޭރު އީނާ އިނީ ނިކަގަހެއްގެ ދޮށުގައި އިށީނދެ ލައިގެންނެވެ.
އީނާ އަކީ ޖިހާދަށާއި ސަޢީދާ އަށް ލިބިފައިވާ ހަމަ އެކަނި ދަރިފުޅެވެ. ޖިހާދަކީ ބާ އަތޮޅު އޭދަފުށީ މީހެކެވެ. ސަޢީދާ އަކީ ހދ. ހަނިމާދޫ މީހެކެވެ. ޖިހާދާއި ސަޢީދާގެ ގުޅުމަކީ ސަޢީދާގެ ބައްޕަ ކުރުވި ކަމެކެވެ. ސަޢީދާގެ ބައްޕަ ވަޖީހު ބ. އޭދަފުއްޓަށް ގޮސް އުޅުނު ދުވަސްވަރެއްގައި ޖިހާދުގެ މަސައްކަތް ފެނި އޭނާއަށް ވިސްނުނީ އެއީ ސަޢީދާ ކައިވެނިކުރަން އެންމެ ކަމުދާ މިހާ ކަމަށެވެ. އޭރު ޖިހާދުގެ މައިންބަފައިން ވަނީ ނިޔައު ވެފައެވެ. ވަޖީހު ޖިހާދުގެ ގާތުގައި ، ފުރަތަމަ އެވާހަކަ ދެއްކުމުން ޖިހާދު ހެދީ ދެކޮޅެވެ. ނަމަވެސް އޭރު ޖިހާދާއެކު މަހަށް ދާން އުޅުނު ދެތިން ކުއްޖަކާ އެވާހަކަ ދައްކާލުމުން އެމީހުން ބުނީ” ޖިހާދުގެއެކަނިވެރި ދިރިއުޅުމަށް ބައިވެރިޔަކު ހިޔާރު ކުރަން ވެއްޖެކަމަށާއި ގެދޮރުގެ ފަޅުކަން ފިލުވައި ރަނގަޅު މުސްތަޤުބަލެއް ހޯދަން ވެއްޖެ ކަމަށް” މިހެނެވެ. އަދިވެސް ވަރަށް ގިނަ ނަސޭޙަތް ދިނެވެ.
އޭގެ ދެ ޙަފްތާ ތެރޭގައި ޖިހާދާއި ސަޢީދާގެ ކައިވެނި ކުރެވިއްޖެއެވެ. މި ކުރެވުނު ކައިވެންޏަކީ ސަޢީދާ މާ ރުހިގެން ކުރެވުނު ކައިވެންޏެއް ނޫނެވެ. މީގެ ނަތީޖާ އަކަށް ވީ އެދެމަފިރިންގެ ކައިވެންނަށް އަހަރުވީތަނުން ލިބުނު އަންހެން ދަރިފުޅަށް 1 އަހަރު ނުވަނީސް ޖިހާދުގެ ބޮލަށް ޖަހާފައި ސަޢީދާ އޭނާ ގާތުން ވަރިވެ މާލޭ މީހަކާއި ކައިވެނި ކޮށްގެން މާލެ ދިއުމެވެ. މިކަމަށް ޖިހާދު ކެތްކުރި ނަމަވެސް، ކުޑަ ދަރިފުޅު އީނާއަށް ލިބޭނެ ހިތްދަތި ކަމަށް ޖިހާދު ވަރަށް ވިސްނިއެވެ. ނަމަވެސް އެހެން ކައިވެންޏެއް ކުރާކަށް އޭނާ ގަޞްދެއް ނުކުރެއެވެ. ސަބަބަކީ އިތުރު މީހަކާ ކައިވެނި ކޮށްފިނަމަ އެމީހަކީ އީނާއަށް ދޮން ނިޔަނދުރަކަށް ވެދާނެތީއެވެ. މަންމަ އެއްގެ ލޯބީގެ ފޮނި މީރުކަން ހިތި ހަބަރަށް ވެދާނެތިއެވެ. އީނާގެ ދިރިއުޅުން އެންމެ އެކަށޭނެގޮތަކަށް ބައްޓަން ކުރަން ޖިހާދު އަތުކުރި އޮޅާލިއެވެ. (ނުނިމޭ )ހ
7 Comments!
Comments are closed.

Varah hadi foohi vaahaka eh
Interesting
gud ekam maa kuree
Yes good. .aslu maa kury
thanx all.
ރަނގަޅު
soooo short but nice