“އައި ތިން އައި ގޮޓް ސަމްތިން..” ރާކިން ބުނެލިއެވެ. އެންމެން ރާކިންއާއި ދިމާލަށް ބަލާލިއެވެ. “ވަޓް…” ރާއިދު ބުނެލިއެވެ. ރާކިން ފައިލްތަށް އެންމެންނާއި ކައިރިކޮށްލިއެވެ. “ނަތިން… އިޓް ޖަސްޓް އަ ތިންކިން..” ރާކިން ބުނާކަށް ބޭނުމެއް ނުވިއެވެ. “ސަރ ބުނެބަލަ ތި ތިންކިން އެއް” ނަދީމް ހަށަން ބަދެލަމުން ބުނެލިއެވެ. “ސީ… ” ފައިލްތައް ނަގަމުން އެމީހުންނާއި ކައިރިވެލަމުން ރާކިން އެއްޗެއް ދައްކާލިއެވެ. “މޭ ބީ އިޓިއިޒް ކޯ އިންސިޑެންސް… ބަޓް… ތިންމީހުންގެ ފެމެލީ ބަލާބަލަ… ކޮންމެ […]
ރޭގަނޑުގެ ވަގުތެވެ. އެލީޝާ ފާހާނާއިން ނުކުތްއިރު ކަރަމް ހުރީ ބެލްކަނީގައެވެ. އެލީޝާ ނިންމީ މިގަޑީގައި ކަރަމްގެ ގާތުން މާފަށް އެދުމަށެވެ. އެލީޝާ އެދިމާއަށް ދާންނެގި ފިޔަވަޅަށް ހުއްޓުންއެރީ ދޮރުގައި މީހަކު ޓަކިޖެހުމުންނެވެ. ކަރަމްވެސް ފަސްއެނބުރި ބަލާލިއެވެ. އެލީޝާގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ ކިޔާރާއެވެ. އޭނާގެ މޫނު މަތިން ފެންނަންހުރީ ހާސްކަމެވެ. ކިޔާ ކިހިނެއްވީ…؟؟؟ ކަރަމް އައިސް ކިޔާރާގެ ގާތުގައި އަހާލިއެވެ. “ތިއްތީ…. ދޮންބެދައްތަ ބަނޑުގައިރިއްސާތީ އެބައުޅެ…. ހިނގާބަލަ….” ކަރަމްގެ އަތުގައި ހިފާލަމުން ކިޔާރާ ބުނެލިއެވެ. “އެހެންތަ…؟؟؟ ހިނގާ […]
ކަރަމް އެލީޝާގެ އަތުގައި ހިފައި އޭނާއާ ވީ ދިމާއަށް އަނބުރާލިއެވެ. އެލިޝާ ސިހިފައި ކަރަމްއަށް ބަލާލިއެވެ. މީގެ ކުރިން ނުފެންނަ ސީރިޔަސް ކަމެއް ކަރަމްގެ މޫނުމަތިން އެވަގުތު އެލީޝާއަށް ފެނުނެވެ. “އެލީއަށް ކީއްވެތަ ހީވަނީ އަހަރެން އެކްޓް ޖައްސަނީއޭ… އެލީ ގަބޫލު ކުރިޔަސް ނުކުރިޔަސް އަހަރެން އެލީދެކެ ވަރަސް ލޯބިވޭ….އެހެން ނޫންނަމަ އެލީ ތިވަރަށް އަހަންނަށް ނަފްރަތު ކުރާއިރުވެސް އަހަރެން މިގޮތަށް މަޑަކުން ނުހުރީހެއްނު….އަހަރެން ގަދަކަމުން އެލީއާ ގުޅުން ހިންގާކަށް މަސައްކަތެއް ނުކުރަން…. އެނގޭތަ ކީއްވެގެންކަން…؟؟؟ އެއީ […]
“ސޯ ލެޓްސް ގެޓް ބެކް ޓު ވޯކް” ރާއިދު ބުނެލިއެވެ. “ފަހު ވިކްޓިމްގެ މައުލޫމާތު ލިބިއްޖެ ސަރ” އާހިލްގެ އަޑު އިވިގެންދިޔައެވެ. “ގުޑް.. ކާކު އެއީ” “މުހައްމަދު ނާޝް” ފަހަތުން އިވިގެން ދިޔައީ ފިރިހެނެއްގެ އަޑެކެވެ. އެންމެންނަށް ފަހަތަށް އެބުރި ބަލާލެވުނެވެ. ފަހަތުގައި ހުއްޓިލައިގެން ހުރީ އުމުރުން 25 އަހަރާއި 30 އަހަރާއި ދެމެދުގެ ފިރިހެނެކެވެ. ޕޮލިސް ޔުނީފޯމްގައި ހުއްޓިލައިގެން ހުރި އިރު މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރުތަކެވެ. ވާއަތުގައި ޕޮލިސް ތޮފި އޮތް އިރު […]
“އަޅުގަނޑު ތި ތަޅާފޮޅުމުގެ މެދަށް ލާން މަސައްކަތް ނުކުރޭ… ނޯ ކޮމެންޓް… މިދަނީ ފުރަތަމަ ސީންއަށް…” ލެޕް ލައްޕާލަމުން އާހިލް ތެދުވިއެވެ. އާހިލް އެހެން ބުނެލުމުން ނަދީމް ހީގަތެވެ. އާހިލް އިތުރު އެއްޗެކޭ ނުބުނެ ނިކުތެވެ. ސައިކަލުގައި ނައްޓާލީ ފުރަތަމަ ގެއަށް ދިއުމުގެ ބޭނުމުގައެވެ. އާހިލްއަކީ އާއިލާއެއްގެ ތިބި ތިންމީހުންގެ ތެރެއިން އެންމެ ކުޑަ މީހާއެވެ. އެންމެ ބޮޑީ އާހިލްގެ ދޮންބެ އާކިލްއެވެ. އާކިލް އުޅެނީ ސަރުކާރުގެ މަތީ ވަޒީފާއެއްގައެވެ. ދެން ހުންނަނީ ދޮންތަ އާލާއެވެ. އާލާ […]
މުޅިތަނުގައި ދުވަމުން ދިޔައީ ލޭގެ ކޯރުތަކެވެ. އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ފުލުހުން ދިޔައީ އެއްވެފައި ތިބި މީހުން ދުރައްޖެއްސޭތޯ ބަލަމުންނެވެ. “ހޭ އާހިލް …. ބަލާބަލަ” މަރުވެފައިވާ މީހާ ކައިރީގައި ހުރި ޕޮލިހެއް އާހިލްއަށް ގޮވާލިއެވެ. އާހިލް ކެމެރާ ހިފައިގެން އެކި މަންޒަރުތަށް ފޮޓޯ ނަގަމުން ދިޔައެވެ. “ޔޭސް ސަރ” އާހިލް ކައިރިވެލިއެވެ. “މިތަން ނަގާލައްޗޭ” އަތުން ތަންކޮޅެއް ދައްކާލަމުން އެޕޮލިސް މީހާ ބުނެލިއެވެ. “ކޮބާ މިއަދު ކޮން ކެއުން ގަނޑެއް ކާދުވަހެއް ފަހުދު” އިންވެސްޓިގޭޝަންގެ […]
” އަޅުގަނޑު ދަންނަވަން ތޯ ކަންހިނގިގޮތް؟” އެންމެންނަށް އެއްފަހަރާހެން ބަލައިލެވުނީ ކޯޓުގެ ދޮރުން ވަދެގެން އައި ނަވާއަށެވެ. ފެހި ކުލައިގެ ޓޮޕަކާއި ޖިންސެއް ލައިފައި ހުރި އިރު އޭނާގެ ރީތިކަން އިންތިހާއަށް ހާމަވެއެވެ. އެހެނަސް އެރީތި ދެލޮލުން އޮހޮރެމުންދާ ކަރުނަތައް ކޯތާފަތްޗަށް ބައިބަމުންދާއިރު އޭނާ ހުރީ ބަޔާން ކުރަން ނޭގޭ ފަދަ ފުން ހިތާމައެއްގެ ތެރޭގައިކަން ރަގަޅަށް ދޭހަވެއެވެ. ” ތީ ކޮންބޭފުޅެއްތޯ؟” ޣާޒީ ސުވާލު ކުރެއްވެވިއެވެ. ” ނަވާ” ނަވާ ބުންޏެވެ. ނާއިޝްއާއި ޒާހިރުގެ ފައިދޮށުން […]
ކުޑައިރުކޮޅެއްގެ ތެރޭ ދޮރުހުޅުވީ އެލީޝާމެން ވަރުގެ އަންހެން ކުއްޖެކެވެ. “ކަރަމް…” އެކުއްޖާއަށް ކަރަމް ފެނުމުން ކަރަމްއަށް ގޮވާލުމަށްފަހު ކަރަމްގެ ގައިގާ ބައްދާލިއެވެ. އެލީޝާ ހުރީ ވާނުވާ ނޭގިފައެވެ. “އަނެއްކާ މީ ކާކުބާ…؟؟؟ ފެންނަހާ އަންހެންކުއްޖަކު މީނާގެ ގައިގާ މިވަރަށް މި ބައްދަނީ ކީއްވެގެންބާ… މިވަރުންދަންޏާ މީނާ ފޮނި ނުވިއްޔާ ދެރައެއްނު….” އެލީޝާގެ ހިތަށް އެރިއެއްޗަކުން އޭނާގެ ގާތަށް ހިނި އަންނަގޮތްވިއެވެ. އެކުއްޖާ ކަރަމްއާ ދުރުވެލުމުން ކަރަމް ހީލިއެވެ. “އެލީ… މީ ޒީވާ… އަހަރެންގެ……” “ކަރަމްގެ ގާރލްފުރެންޑް….” ކަރަމްގެ […]
އެލީޝާގެ ފަޔަށް އޮތީ އަކިރިގަނޑެއް ހެރިފައެވެ. ކަރަމް މަޑުމަޑުން އެއަކިރިގަނޑު ނައްޓާލިއެވެ. “އައްދޯއި….” އެލީޝާއަށް މަޑުމަޑުން ބުނެލެވުނެވެ. އެނައްޓާލުމުން އެތަނުން ލޭއަންނަންފެށިއެވެ. މިތަން ފެނުމުން އެލީޝާއަށް ލޯމަރާލެވުނެވެ. ކަރަމް ދެކޮޅުބަލާލީ ލޭ ބަންދުކުރަން އެތާގައި އަޅާނެ އެއްޗެއް ފެނޭތޯއެވެ. އެއްވެސް އެއްޗެއް ނުފެނުމުން އޭނާ ލައިގެން އިން ޓީޝާޓު ބޭލުމަށްފަހު އެތާއައްސާލިއެވެ. އަދި ލުއިފަތެއް ބިންމަތިން ނަގާހެން އެލީޝާ އޭނާގެ ބާރުގަދަ ދެއަތުން އުފުލާލިއެވެ. “އެލީ ދާންވީ މަގު ކިޔާދެއްޗޭ…” މިހެން ބުނެފާ ކަރަމް އެލީޝާ ބުނިގޮތަށް […]