މާދުރަށް ފެތުރިފައިވާ ހުދު ކިރުކޮޅެއް ފަދަ ފުޅާ ތުނޑިއާއި އިންވެގެންވާ ބޮޑު ފަޅާއި އަދި އެ ފަޅާ ގުޅިފައިވާ ގަދަނޫކުލައިގެ ކަނޑުވެސް ހީވަނީ ރަހަޔަކަށް ފަތުރާލެވިފައިވާ ދޫލައެއް ހެންނެވެ. އޮއްސެމުންދާ އިރުގެ ރަން ދޯދިތައް މޫދަށް އެޅެމުން ދިޔައިރު އެމަންޒަރު ބަލަން އަހަރެން އިނީ އާޝޯޚްވެފައެވެ. އަހަރެންނާއި މާދުރުނޫން ހިސާބެއްގައި މިމަންޒަރު ބަލަން ބަލަން އިން އަންހެން ކުއްޖެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެހެނަސް އެއީ ކޮންކުއްޖެއްކަމެއް އަހަރެންނަކަށް ދެނެއެއް ނުގަނެވުނެވެ. މިހިތްގައިމު ވަގުތުގެ އުފާ ކާއިނާތުގައި […]
” އަޅުގަނޑު ދަންނަވަން ތޯ ކަންހިނގިގޮތް؟” އެންމެންނަށް އެއްފަހަރާހެން ބަލައިލެވުނީ ކޯޓުގެ ދޮރުން ވަދެގެން އައި ނަވާއަށެވެ. ފެހި ކުލައިގެ ޓޮޕަކާއި ޖިންސެއް ލައިފައި ހުރި އިރު އޭނާގެ ރީތިކަން އިންތިހާއަށް ހާމަވެއެވެ. އެހެނަސް އެރީތި ދެލޮލުން އޮހޮރެމުންދާ ކަރުނަތައް ކޯތާފަތްޗަށް ބައިބަމުންދާއިރު އޭނާ ހުރީ ބަޔާން ކުރަން ނޭގޭ ފަދަ ފުން ހިތާމައެއްގެ ތެރޭގައިކަން ރަގަޅަށް ދޭހަވެއެވެ. ” ތީ ކޮންބޭފުޅެއްތޯ؟” ޣާޒީ ސުވާލު ކުރެއްވެވިއެވެ. ” ނަވާ” ނަވާ ބުންޏެވެ. ނާއިޝްއާއި ޒާހިރުގެ ފައިދޮށުން […]
” ޝާއިން ބުނެދެއްވަފާނަންތޯ ނަވާ ގެންދިޔަ ހިސާބުން ފެށިގެން ކަންހިނގި ގޮތް؟ އޭގެ ކުރީގައި ކަން ހިނގިގޮތް އަޅުގަނޑުމެންނަށް ވަނީ ޝާއިން ރުޝްދީއަށް ފޮނުވި މެސެޖްގެ ޒަރީޢާއިން މަރަދޫ ފުލުސް އޮފީސް މެދުވެރިކޮށް ލިބިފަ” ޝާއިން ގޮނޑިން ތެދުވުމުން ޣާޒީ ސުވާލު ކުރެއްވެވިއެވެ. ޝާއިން އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ އެރެއަކީ ވަރަށްވެސް ހިތްދަތި ރެއެއް..ގައިގައި އަޅަމުންދިޔަ ވޭނަށް ކެތްކުރަމުން އަޅުގަނޑު އެރޭ ނަވާ ހޯދުމަށް މަސައްކަތް ކުރިން. އެވަގުތު އަޅުގަނޑު ކުއްލިއަކަށް ހަނދާންވީ ނަވާގެ ބޭބެ […]
ތިއީ ކޮންތާކުން އައިސް އުޅޭ ކޮންބައެއް؟” ލަޔާލް ރުޅިވެރިކަމާއެކު އެމީހުންނާއި ސުވާލުކުރިއެވެ. “އަ…އަޅުގަނޑަކީ….ނާ…ނާއިޝް..ދެން ދެން މިހުރީ ތައްޚާނުބޭ..އަޅުގަނޑުމެންނަކީ މަ..މަރަދޫ ބައެއް” ނާއިޝް ބިރުން ހުރެ ވާހަކަ ދެއްކިއެވެ.އޭރު އޭނާގެ މޫނުމަތިން ދާ ތިކިތައް އޮހޮރެއެވެ. ތައްޚާނުބޭގެ ހާލުވެސް އެފަދައެވެ. ” މިމީހުން ހައްޔަރުކޮށްގެން ގެންގޮސް ޖިޕަށްލައި..އެއްބަޔަކު ގޮސް ޒާހިރު ކޮބައިތޯ ބަލާ…ދެން އަހަރެމެން ކަލޭމެންނާއި ބައްދަލު ކުރާނީ ކޯޓުން” ލަޔާލް ދެމީހުންގެ އަތުގައި ބިޑިއަޅުވައި ޖިޕަށްލުމަށް އަމުރު ކުރިއެވެ ލަޔާލް އެތަނުގައި ހުރި އެއްޗެއްސާއެކު އެމީހުން ހައްޔަރުކުރިއެވެ. […]
ހިތަދޫގެ މީހުން ނޫޅޭ ހިސާބުގައި ހުރި ގެގަނޑެކެވެ. ގިނަދުވަސްވެ ބާވެފައި ހުރި ކުރީގެ ގެގަނޑެކެވެ. އެގޭގެ ބޭރުދޮރު ހުރީ ލައްޕާ މަކުނޑި އަޅުވާފައެވެ. ގޭގެ ފާރުތަކުގައާއި ދޮރުތަކުގައި ހުރީ މެކުނުވާތަކެވެ. އެގޭގެ އެތެރޭގައި ހުރި ފަށްޖެހި އެނދުގައި އޮށޯވެލައިގެން ޝާއިން އޮތެވެ. މިރޭވެސް ނަވާ ބޭރަށް ގޮސް އަދި އެނބުރި ނާދެއެވެ. ގަޑިން ވީ އިރެއްވެސް ޝާއިންއަކަށް ނޭގެއެވެ. އިރުކޮޅަކުން އިވުނީ ނަވާ އައިސް ގެއަށް ވަތް އަޑެވެ. ” ހާދަ ލަސްވީ؟ ކޮންތާކުން ތިއައީ؟ ” […]
ޖެހިގެންއައި ބުދަ ވިލޭރެއެވެ. ލަޔާލްއާއި އޭނާގެ ޓީމް ތިބީ އެއަތޮޅު މަރަދޫގައެވެ. އެމީހުން ތިބީ ރުޝްދީގެ ގޭދޮށުގައި ފާރައަށެވެ. ރުޝްދީ އޭނާ ގެންގުޅޭ ބުދު ހިފައިގެން އައިސް ސިޓިން ރޫމުގައި ބޮޑު އަލިފާންގަނޑެއް ޖެހިއެވެ. އަދި އެއަށްފަހު އެތާ އިށީންދެ އިނދެ ކޮންމެވެސް އެއްޗެއް ކިޔަވާފައި އަލިފާންގަނޑަށް ފުމެލިއެވެ. އަދި އިރުކޮޅަކު އެހެން ކަންތައް ކުރުމަށް ފަހު ތެދުވިއެވެ. ” މަސީހް މިރޭމި ކަލޭގެ ރޭ…އަހަރެންގެ ކޮއްކޮއަށް އަނިޔާތަކެއް ދީފަ ކަލެއަށްވަކި ސަލާމަތެއް ނުވެވޭނެ..ކަލެއަށްވެސް ޖެހޭނީ މަރުވާން..” […]
ޒާހިރުއާއި މަސީހު ތިބީ މަސީހުގެ ގޭގެ ސިޓިންރޫމްގައި ކޮންމެވެސް ވާހަކައެއް ދައްކާށެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމާއި ހާސްކަމެވެ. އެމީހުންގެ އެންމެ ގާތް ދެ އެކުވެރިން ކަމުގައިވާ ޝާހުއާއި ނާހިލްގެ ގޮތްނޭގޭ މަރުގެ ސަބަބުން ދެ މީހުންގެ ހިތުގައިވެސް ވަނީ ބިރުވެރިކަން އުފެދިފައެވެ. ނާހިލްގެ މަރަށް ފަހު އެމީހުންގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ދެން އެގޮތަށް މަރާލާނީ އެމީހުންގެ ތެރެއިން ކާކުކަމެއް ނޭގޭތީއެވެ. “އަހަރެން އޭރުވެސް ބުނީމެއްނު އެގޮލާ ދިރިހުއްޓާ ދޫކޮށްލައިގެން ނުވާނޭ..” ރެޑްބުލް ދަޅުން އެތިކޮޅެއް […]
ޝާއިން ދޮރު ހުޅުވާލިއެވެ. ކުއްލިއަކަށް ދޮރުން ކޮޓަރި ތެރެއަށް ދެމިގަތީ ޒާހިރުއާއި އޭނާގެ ގުރޫޕެވެ. ވަތްގޮތަށް ނާހިލް ދޮރުލައްޕާ ތަޅުލިއެވެ. ހަމައެވަގުތު ޝާހު އާއި މަސީހު ޝާއިންގެ އަގަމަތީ އަތްއެޅިއެވެ. އަދި ޒާހިރު ދުވެފައި ގޮސް ނަވާގެ އަގަމަތީ އަތްއެޅިއެވެ. ޝާހުއާއި މަސީހު ވެގެން ޝާއިން ގޮޑިއެއްގައި ބޭންދުމަށްފަހު ފަޔާއި އަތް ބަނދެލިއެވެ. އަދި ޝާއިންގެ އަގަޔަށް ފޮތިގަޑެއް ގަންނަވާ އިތުރު އެހެން ފޮތިގަނޑަކުން އަގަމަތި ބަންދުކޮށްލިއެވެ. އެމީހުން އުޅުނުލެއް ހަލުއިކަމުން އެކަހަލަ ކަންކަން އާންމުކޮށް ކޮށްއުޅޭ […]
ބްރޭކްގަޑި ޖެހުނު އިރު ޝާއިން އިނީ ލައިބްރަރީގައި ފޮތެއް ކިޔާ ކަމަށް ހެދިގެންނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ނަވާ އަންނާނެ އިރަކަށެވެ. ނަވާ ކްލާހުން ނުކުމެގެން ލައިބްރަރީއާ ދިމާއަށް މިސްރާބު ޖެހިއެވެ. މަޑުހިގުމެއްގައި ގޮސް ލައިބްރަރީގެ ދޮރުމައްޗަށް އަރާ އޭނާ ފަސްއެނބުރި ބަލައިލީ މީހެއްގެ ހިލަމެއް ވެގެންނެވެ. އެހެނަސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާގޮސް ލައިބްރަރީ ހޯދަން ފެށިއެވެ. އެއީ ވަރަށް ބޮޑު އިމާރާތެއްކަމުން އެތަން ފުރިފައި ވަނީ ފޮތްތައް އަޅާފައި ހުރި ހަރުފަތްތަކާއި ކަބަޑުތަކުންނެވެ. […]