Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރަނާ (ދެވަނަ ބައި)

rimsha Level 1
October 19, 2014 3 Mins Read
2 Comments

ދެންވެސް ރަނާގެ ހިތަށް ލިބުނީ އިތުރު ވޭނެކެވެ.ހުސެން ވަރަށް ރީތިކޮށް ރަނާދެކެ ލޯބިނުވާ ވާހަކަ ބުންޏެވެ. އަދި ރަނާގެ ލޯތްބަށް ޤަދަރުކުރާ ވާހަކަ ބުނަމުން ލޯބިނުވަންޏާ އުޅޭނީ ކިހިނެއްހޭ ވަރަށް ދެރަވެލާފައި ހުސެން ބުންޏެވެ. އެކަމާ ރަނާ އުފާވެސް ކުރިއެވެ. ތެދަށް ބުނީތީއެވެ. ނަމަވެސް ގްރޭޑް 10 ނިމުމާއި ހަމައަށްވެސް ރަނާ ދުވަސް ގުނަމުން ދިޔައީ މާޔޫސްކަމާއެކީއެވެ. ހުސެންގެ ލޯބި ނުލިބުނީތީ ކޮންމެ ރެއަކާދުވާލު ހިތާހިތުން ރަނާ ރޮމުން ގެންދިޔައެވެ. ކިޔެވުން ނިންމާފައި ރަނާ ރަށަށް ދިޔައީ ހުސެންގެ ލޯބި ހަނދާން ނައްތާލާފައި އުފާވެރި ހަޔާތެއް އުޅެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ.

ނަމަވެސް ކަންތައް ވެގެން ދިޔައީ އެގޮތަކަށް ނޫނެވެ. ރަށަށް ބަދަލުވިފަހުންވެސް ފާއިތުވާ ކޮންމެ ދުވަހަކީ ހުސެންގެ ހަނދާނުގައި ރަނާ ރޮމުން ގެންދިޔަ ދުވަހެކެވެ. އުއްމީދާއެކު އެލޯތްބަށް ދުޢާ ކުރާ ހާލުގައެވެ. އަބަދާއި އަބަދުމެ ރަނާގެ ހިތާހިތުން ކިޔަމުންދިޔައީ އެންމެ އެއްޗެކެވެ.

ފުރަތަމަ ފެނުނު އިރުވެސް ކަލާ، ހީވިޔޭ ހަމަ މިތުރެކޭ

ހުރީމެ ލޯބިން ބަލަލާތޯ، އަހަންނާ ދިމާއަށް ހީލާތޯ

ކުރީމެ އިންތިޒާރު ދުވާލާއިރޭ، ބެލީމެ ފެނޭތޯ ކޮންމެ މަގަކުން

ކަލާ ފެނުމުން ހިތަށްވާގޮތް ކިޔާދެން ހުރީމެ ދިމާވޭތޯ

ވަގުތު ހޭދަވާ ގޮތްމެ ނޭންގޭ، ހިޔާލުތިޔަ އަބަދު ކުރެވޭ

ހީވެޔޭ އެއްދުވަސް ނިމުނަށް އެއް އަހަރު އެނިމުނީއޭ

ހާދަހާ މަސައްކަތެއް ކުރީމެ ތިޔަ ޚިޔާލްތައް ފުހެލަން

ހާދަހާ ދުރަކަށް ދިޔައިމެ ކަލާގެނަން ހިތުން ފުހެލަން

މިހާލުގައި ރަނާ ދުވަސްތައް ގުނަމުން ދަނިކޮށް ދެން އިވުނީ ގަބޫލުކުރަން ދަތި ޚަބަރެކެވެ. ހުސެންގެ ލޯބިވެރިޔާ ހުސެން ދޫކޮށް އެހެން މީހަކާއެކު ދިރި އުޅުމެއް ފެށި ޚަބަރެވެ. ރަނާ ވަރަށް ދެރަވިއެވެ. ހުސެން ދެރަވާނެވަރު ހިތަށް އަރާފައެވެ. އަދި އެކަން އެގޮތަށް ވިޔަސް ހުސެންގެ ލޯބި ރަނާއަށް ނުލިބޭނެކަން އެނގޭތީއެވެ. އެކަން އެނގެނީ މަދުން ނަމަވެސް ހުސެންނާ ވާހަކަ ދެއްކޭއިރު ހުސެންގެ ވާހަކަތަކުންނެވެ.

އަދި ހުސެންނާއި ދުރުވަން މަސައްކަތް ކުރެވުން އެއީ ނަސީބޭ ރަނާގެ ހިތަށް އެރީ ހުސެން ލޯބީގަ ސީރިއަސް ނޫންކަން އެނގުމުންނެވެ. ހުސެން ދެކޭ ގޮތުގައި ލޯތްބަކީ ގަދަކަމުން ވާއެއްޗެކެވެ. ކޮންމެ މީހަކު ދެކެވެސް ލޯބި ވެވިދާނެއެވެ. ރަނާއަށްވެސް އެހެން މީހަކާއެކު ލޯބިން އުޅެވޭނޭ ހުސެން ބުނެއެވެ. އެއީ ގަދަކަމުން ވާއެއްޗެއްނަމަ ހުސެން ރަނާދެކެ ލޯބިނުވާނީ ހުސެން ބޭނުންނުވާތީއޭ ރަނާގެ ހިތުގެއަޑިން ޤަބޫލުކުރިއެވެ. އަދި ހުސެންގެ ލޯބި ހިތުގައި ފޮރުވިއެވެ.

ކުޑަ ދުވަސްކޮޅެއްފަހެވެ. ރަނާ އުފަލުން ގޭގަ ދުވެލަ ދުވެލަ ހުއްޓެވެ. ބައްޕަ އަންނަން ދެނެވެ. އެއަށްވުރެ ބާރަށް ރަނާގެ ހިތް ތެޅެމުން ދެއެވެ. ލިބުނު ފުރުސަތަކުންނެވެ. ސްކޫލުން ގުޅާފައި އޭލެވެލް ކިޔަވަން އައުމަށް ފުރުސަތު ދިނެވެ. ރަނާ ބައްޕައަށް އިންތިޒާރު ކުރަމުން އެދަނީ އެރަށަށް ދިއުމުގެ ހުއްދަ އެހުމަށްޓަކައެވެ.

ނަސީބު ވަރަށް ރަނގަޅެވެ. އަނެއްކާވެސް ހުސެންމެންގެ ރަށަށް ދިއުމަށް ފުރުސަތު ލިބުނީއެވެ. އޭރު ހުސެންވެސް ރަށުގައި އުޅެއެވެ. ދިމާވެސް ވެއެވެ. އެކަމަކު ރަނާ ހުސެންދެކެ ކިތަންމެ ލޯބިވިޔަސް ހުސެންދެކެ ރުޅިއާދެވުނެވެ. ވާނީވެސް އެހެންތާއެވެ. ރަނާ ހުސެންދެކެ ވަނީ ހަގީގީ ލޯތްބެވެ. އެއީ ސަމާސާއަކަށް ކުރާ ކަމެއް ގޮތުގައި ހަދާކަށް ރަނާ ބޭނުމެއް ނޫނެވެ. ރަނާ އަކީ އެހާ ހިތްވަރު ދެރަ ކުއްޖެއް ނޫނެވެ. މީގެ ކުރިންވެސް ރަނާ ހުސެންދެކެ އިންތިހާއަށް ލޯބިވިއެވެ. އޭރުވެސް ކެތްކުރީއެވެ. މިހާރުވެސް އެލޯތްބަކަށް ބަދަލެއް ނާދެއެވެ. ދެންވެސް ރަނާ ކެތްކުރާނެއެވެ. ލޯތްބަކީ ކޯއްޗެއްކަން އަދި ހުސެންނަށް ވިސްނޭނެއެވެ. ރަނާ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ.

ހުސެން ރަނާދެކެ ލޯބިވެއޭ ކިޔާ މިހާރު އެދައްކަމުންދާ ވާހަކަތައް ޤަބޫލު ނުކުރުމަށެވެ. ހުސެންނާ ދުރަށް ދިއުމަށެވެ. ލޯބިނުވާތީކީ ނޫނެވެ. ނަމަވެސް ލޯތްބަށް ޤަދަރުނުކުރާ މީހެއްގެ ލޯބި ބޭނުންނުވާތީއެވެ. ހަގީގަތަށް ބުނަންޏާ ” ލޯބި ” އެއީ ވާއެއްޗެއްކަމަށް ގަބޫލުކުރަން ރަނާ ބޭނުންނުވާތީއެވެ. ތެދެކެވެ. މިހާރު ރަނާ ލޯބި ދެކެ ފޫހިވެއްޖެއެވެ. އެކަމަކު އަދިވެސް ރަނާ ހުސެންދެކެ ވާލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންކަމުން ރަނާއަށް އެލޯބި ހަނދާން ނައްތާލުން ވެގެންދިޔައީ އުނދަގު ކަމަކަށެވެ. ނަމަވެސް ރަނާ ހުސެންގެ ހަނދާންތަކާ ދުރުވަން އުއްމީދާއެކު ކުރަމުން ދިޔަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބުނީ ޒިއާން ރަނާގެ ހަޔާތަށް އައުމުންނެވެ.

  އޭލެވެލް ކިޔެވުމަށްޓަކައި ރަނާ މަޑުކުރީ އެކުވެރި ކްލާސް މޭޓެއްގެ ގޭގައެވެ. އެއީ ޒިއާންގެ ބޭބެމެންގެ ގެއެވެ. އެކަން ރަނާއަށް އެނގުނީ އެކުވެރިޔާ ޒިއާންއަށް ބޭބެ ކިޔާތީއެވެ. އެގެއަށް ރަނާ ދިޔަފަހުން ޒިއާން އެގެއަށް މަދުމަދުން އަންނަން ފެށިއެވެ. އަދި ޒިއާންއާ ރަނާގެ އެކުވެރިކަން އަނެއްކާވެސް އާލާވާންފެށިއެވެ. އޭރު ރަނާވެސް ޒިއާން އަށް ކިޔަނީ ބޭބެއެވެ. އެއީ ރަނާގެ ޒިއާންބެއެވެ. ފަހުންފަހުން ޒިއާން އެގެއަށް އައުން ގިނަވާން ފެށިއެވެ. ދެމީހުން އެކީ ވާހަކަ ދައްކަން ތިބޭ ވަގުތުތައް ގިނަވާން ފެށިއެވެ. ދެއްކޭ ވާހަކަތައްވެސް ސީރިއަސް ވާން ފެށިއެވެ. ޒިއާންއަށް ވާހަކަ ދައްކާލުމަކީ ރަނާއަށްވެސް ލިބޭ ހިތްހަމަޖެހުމަކަށް ވިއެވެ.

ރޭގަނޑުގެ ވަގުތެވެ. ރަނާއިނީ ސިޓިންރޫމްގައި ޓީވީ ބަލާށެވެ.

އިރުކޮޅަކުން ޒިއާން އައިސް ގޮވާލިއެވެ. ރަނާގޮސް ޒިއާންއަށް ވާހަކަދައްކަން ބޭރުޖޯލީގައި މަޑުކޮށްލިއެވެ. ރަނާ ކޮންމެވެސް ވާހަކައެއް އަހާލަންވެގެން ޒިއާންއަށް ގޮވާލިއެވެ. ނަމަވެސް ވާހަކަ އެހުމުގެ ކުރިން ޒިއާން ވާހަކަދައްކަން ފެށިއެވެ.

   ” ކީއްވެ ޒިއާންބެ ތިކިޔަނީ”

   “ކިހިނެއްވީ، އަހަރެން އަބަދުވެސް ކިޔަނީ އެހެންނޫންތަ” ޒިއާންގެ ސުވާލަށް ހައިރާންވެފައި ރަނާ ޖަވާބުދިނެވެ.

   ” އާނ… އެކަމަކު ދެން އެހެން ނުކިޔައްޗެ” ޒިއާން ބުންޏެވެ…………………… ނުނިމޭ!

Share Article

Follow Me Written By

rimsha

Level 1

Other Articles

Previous

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 5ވަނަ ބައި)

އެލީޝަ
Next

އެލީޝާ (7 ވަނަބައި)

Next
އެލީޝަ
October 20, 2014

އެލީޝާ (7 ވަނަބައި)

Previews
October 19, 2014

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 5ވަނަ ބައި)

2 Comments!

  1. Leesh says:
    November 21, 2014 at 12:28 pm

    haadha lahey avas kohbba

  2. min says:
    November 23, 2014 at 7:29 pm

    When r u going to upp the next part? Can’t wait 🙂

Comments are closed.


All Right Reserved!