Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން… ( ދެވަނަ ބައި)

izza Level 110 Stories
October 15, 2014 4 Mins Read
5 Comments

ލަޔާލް އިނީ ފުލުސް އޮފީހުގައި އޭނާއަށް ޚާއްސަކުރެވިފައިވާ މޭޒުދޮށުގައެވެ. ހަމައެވަގުތު އޮފިސަރ ރާޝިދު ކޮންމެވެސް ފައިލެއް ހިފައިގެން ލަޔާލް އިން މޭޒުކައިރިއަށް އައިސް ދިއްކޮލިއެވެ. ލަޔާލް އެފައިލް ހުޅުވާލުމަށް ފަހު އޭގައި އޮތް އެއްޗެއް ކިޔާލިއެވެ. އެއީ ޝާހުގެ ޕޯސްޓްމޯޓަމް ރިޕޯޓެވެ. ” މީގައި ބުނާގޮތުން ވިއްޔާ ކަރު އެހާބޮޑަށް ކަޑައިގެން ގޮސްފައި އޮތުމުން މަރުވީ. އެކަމަކު އެކަން ކުރަން ބޭނުންކޮށްފައިވާ ހަތިޔާރެއް މިއިން އެނގޭކަށް ނެތް.” އޭގައި އޮތް އެއްޗެއް ކިޔާލުމަށްފަހު ފައިލް ލައްޕާލައި މޭޒުމަތީ ބާއްވަމުން ލަޔާލް ވާހަކަ ދެއްކިއެވެ. ” ކޮބާ އެއްކަލަ އިސްތަށިކޮޅާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެތަ؟” ކުއްލިއަކަށް އިސްތަށިކޮޅު މަތިން ހަދާންވުމުން ލަޔާލް ރާޝީދުކުރެން އަހާލިއެވެ. ” ލައްބަ. އެއީ އިންސާނެއްގެ އިސްތަށި ނޫންކަމަށް ވަނީ” ރާޝިދު އޭނާއަށް ލިބިފައިވާ މަޢުލޫމާތު ހިއްސާކުރިއެވެ. ” އިންސާނެއްގެ އިސްތައްޓެއް ނޫނޭ؟” ހައިރާންވެފައި އިން ލަޔާލްއަށް ކުރެވުނީ ސުވާލެކެވެ. ” ފަހަރެއްގައި ވެދާނެއްނޫންތޯ އެއީ އިންސާނެއްގެ ކަމެއް ނޫންކަމަށް” އެތަނުގައި އިން އެހެން އޮފިސަރަކު މަޖާވެލާފައި އެމީހުންގެ ވާހަކައިގައި ބައިވެރިވެލިއެވެ. އެހެނަސް އެކަކުވެސް އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
” ހާދިސާ ހިނގަން މެދުވެރި ސަބަބެއް އޮޅުންފިލައިފިތަ؟” ލަޔާލް ރާޝިދުކުރެން އެހިއެވެ.” ނޫން. އެކޮޓަރީގައި ބެހެއްޓެހިފައި ހުރި ފައިސާއާއި އަދި އެނޫންވެސް އަގުބޮޑެތި ސާމާނުތައް އެތަކެތި ހުރި ތަންތަނުގައި ބެހެއްޓިފައި އެބަހުރި. އެއިން އެގެނީ ވައްކަން ކުރުމުގެ މަގުސަދުގައި ކޮއްފައި ހުރިކަމެއް ނޫންކަން” ރާޝިދު މިހާތަނަށް ހޯދިފައި ހުރި ހޯދުންތަކުގެ އަލީގައި ވާހަކަދެއްކިއެވެ. ” އެކަމަކު ޝާހުގެ ކުށުގެ ރެކޯޑް ބެލިއިރު ވައްކަންކުރުމާއި، މާރާމާރީގައި މީގެ ކުރިން ހައްޔަރުކުރެވިފައިވޭ. އެހެންވީމަ އެއީ މިއުޅޭ ނުބައި ގުރޫޕަކުން ރާވައިގެން ކުރި ކަމެއް ކަމަށް ލަފާކުރެވޭ” ރާޝިދު އޭނާއަށް ލަފާކުރެވޭ އެއްޗެއް ބުންޏެވެ.

ޖެހިގެންއައި ހަފްތާގެ ބުދަވިލޭރެއެވެ. ނާހިލްއޮތީ އޭނާގެ ކޮޓަރީގައެވެ. ކޮޓަރިއަކީ ތަނަވަސް ކޮޓަރިއެކެވެ. ޒަމާނީ ފަރުނީޗަރުތައް ކޮޓަރީގައި ބެހެއްޓިފައިވާއިރު އެކޮޓަރީގެ ފާރުގައި ނިވާކަން ކުޑަ އަންހެންކުދިންގެ ފޮޓޯތައް ހަރުކުރެވިފައިވެއެވެ. ގޭމީހުން ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ގޮސްފައިވުމުން މިދުވަސްކޮޅު ގޭގައި އުޅެނީ ނާހިލް އެކަންޏެވެ. ކޮޓަރީގައި އޭނާ އެހެން އޮންނަތާ ވަރަށްގިނައިރު ވެއްޖެއެވެ. ނިދަންއުޅެއުޅެ އެއްގޮތަކަށްވެސް ނުނިދުމުން ތެދުވެ ކޮޓަރިން ނުކުމެގެންގޮސް ސިޓީންރޫމްގައި ހުރި ސޯފައިގައި އިށީނެވެ. ސިޓިންރޫމުގައި ބޮތްކެއް ދިއްދާލާފައި ނެތުމުން މުޅިތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ސޯފާގައި އަތްކާއްތާލުމަށްފަހު ޓީ.ވީގެ ރިމޯޓް އަތުގައި ޖެހުމުން ޓީވީ ހުޅުވާލިއެވެ. ޓީވީ ހުޅުވާލުމާއެކު އޭނާގެ ދެލޯބޮޑުވިއެވެ. މުޅި ހަށިގަނޑު ފިނިވިއެވެ. އޭނާއަށް ފެނުނީ ޓީވީގެ ސްކްރީނުން ފައިބަމުން ދިޔަ ލޭތަކެކެވެ. ހަމައެއާއެކު އިވިގެންދިޔައީ އަންހެންކުއްޖެއްގެ ރުއިމުގެ އަޑެވެ. އޭނާ އަވަސްއަވަހަށް ތެދުވެގޮސް ބޮކިތައް ދިއްލާލިއެވެ. އެތާގައި އިތުރު މީހަކު ނެތެވެ. ނާހިލް ޓީވީއާއި ދިމާއަށް ބަލައިލިއެވެ. ކުރިން ޓީވީގެ ސްކްރީނުން ފެންނަމުން ދިޔަ ލޭތަކެއް މިހާރު ފެންނާކަށް ނެތެވެ. އެހެނަސް އެ އަންހެންކުއްޖާގެ ރުޔުމުގެ އަޑު މެދުނުކެނޑި އިވެމުން ދެއެވެ. ނާހިލް އަވަސްއަވަހަށް ފޯނުގެ އަތްގަނޑު ނަގާ ނަމްބަރަކަށް ގުޅާލިއެވެ.

ލަޔާލްއާއި އޭނާގެ ޓީމްއައިސް މަޑުކޮށްލީ ނާހިލްގެ ގޭގެ ދޮރުމައްޗަށެވެ. ޖިޕް ގޭގެ ދޮރުމައްޗަށް ހުއްޓުމާއެކު ލަޔާލް ފައިބައިގެން ގެއާއި ދިމާއަށް ހިނގައިގަތެވެ. ލަޔާލް އައިސް މަޑުކޮށްލީ ގޭގެ ދޮރުމަތީއެވެ. ދޮރުހުރީ ލައްޕާފައެވެ. އޭނާ ތަޅުގައި ހިފައިލިއެވެ. އެހެނަސް ދޮރު ހުޅީ ތަޅުލައިފައެވެ. އެހެންކަމުން ދޮރުގައި ދެތިންފަހަރަކު އޭނާ ޓަކި ދިނެވެ. އެހެނަސް އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. ” ޒުހުރީ ތަޅުހަލާކުކޮށްލާ!” އެންމެ ފަހުން ލަޔާލް އެންގިއެވެ. ދޮރުގައި ހަރުކޮށްފައިވާ ތަޅުހަލާކޮށްލުމަށްފަހު އެމީހުން އެތެރެއަށް ވަނެވެ. ވަރަށް ހުޝިޔާރުވެ ތިބެގެންނެވެ. ގެއަށްވަތް އެންމެން އެއްފަހަރާހެން ހުއްޓުންއެރީ ފެނުނު ބިރުވެރި މަންޒަރުންނެވެ. ނާހިލްގެ ފުރާނަ ނެތް މަސްގަނޑު އޮތީ ތަޅުންގަނޑު މަތީއެވެ. މުޅި އެހިސާބުގަނޑު ވަނީ ލެއިން ތަތްތެޅިފައެވެ. އޭނާގެ ދެލޮލަށް ވަނީ ލޭއަރާ ދުޅަވެފައެވެ. “މުޅި ގެއާއި ގޯތިތެރެ ބަލާ ފާސްކުރޭ!” ލަޔާލްގެ މިއަމުރާއެކު ޓީމްގެ މެމްބަރުން މުޅި ގެއާއި ގޯތިތެރެ ބަލާ ފާސްކުރަން ފެށިއެވެ. ދެން ފެނުނުނީ ނާހިލްގެ ހަށިގަނޑާ ދިމާއަށް ލަޔާލް ގުދުވެލިތަނެވެ. ” އިސްތަށި؟” ލަޔާލްއަށް ބުނެލެވުނެވެ. ގޭތެރޭގައި ތިބި އެންމެންނަށް އެއްފަހަރާހެން އެދިމާއަށް އާދެވުނެވެ. އެންމެންގެ ހިތުގައިވެސް ވަނީ ސުވާލު އުފެދިފައެވެ. ” ސަރ. ކުނި ވެފައި އޮތް ކަޅު ބުޅަލެއް އެބައޮތް ގޭގެ އެފަރާތުގައި ހުރި ގަސްތަކުގެ ތެރޭގައި” އެތެރެއަށް ވަންނަމުން އޮފިސަރަކު ބުނެލިއެވެ. ލަޔާލް އެ އިސްތަށިކޮޅު ނެގުމަށް އަމުރު ކޮށްފައި ގޭގެ އަނެއްފަރާތަށް ދިޔައެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް އޮތީ ކުނިވެފައި އޮތް ކަޅު ބުޅަލެކެވެ. އެއިން އަރާ ނުބައި ވަހުން އެންމެންވެސް ތިބީ ނޭފަތުގައި އަތްއަޅައިގެންނެވެ.

ލަޔާލް އިނީ އޭނާގެ މޭޒުދޮށުގައި ނާހިލްގެ ކުށުގެ ރެކޯޑް ފައިލް ހިފައިގެންނެވެ. ޝާހުއެކޭ އެއްގޮތަށް އޭނާވެސް ވަނީ އެކިފަހަރުމަތިން މާރާމާރީއާއި ވައްކަމުގެ ތުހުމަތުތަކުގައި ހައްޔަރުކުރެވިފައެވެ. ކުއްލިއަކަށް ލަޔާލްގެ ސަމާލުކަން ހުއްޓުނީ އެތަނުގައި އެހެން އޮފިސަރެއްގެ މޭޒުމަތީ ހުޅުވާފައި ހުރި ރޭޑިއޯއިން ކިޔަމުންދިޔަ ޚަބަރަކަށެވެ. އެގޮތްނޭގޭ ޤަތުލްގެ ޚަބަރު އާންމުވީއެވެ. ” ރަޙުމުކުޑަގޮތަކަށް މަރާލެވިފައިވާ އިތުރު ހަށިގަނޑެއްވަނީ މިއަދު ފެނިފައި. ހަމަ މިފަދަ ގޮތަކަށް މަރާލެވިފައިވާ އިތުރު ހަށިގަނޑެއް ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ފެނިފައި. މިއީ ވަރަށް ރަހުމުކުޑަ މީހެއްގެ އަނިޔާވެރި ޢަމަލްތަކެއްކަން ފާހަގަ ކުރެވޭ. މިކަމާ ގުޅިގެން ރަށުގެ ރައްޔިތުންގެ ހިތްތަކުގައިވަނީ އިންތިހާ ދަރަޖައަށް ބިރުވެރިކަން އުފެދިފައި. އެމީހުންގެ ތެރޭ އުޅެމުން އެދާ ނުރައްކާތެރި ޤާތިލްގެ ސިއްރު ހޯދަން ބޭނުންވެފައި. ނަމަވެސް ފުލުހުން މިކަމާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އަދި ހާމައެއް ނުކުރައްވާ!” އެކަމާ ގުޅިގެން ރޭޑިއޯއިން ފޮނުވި ޚަބަރު އެންމެންވެސް ތިބީ ކަނުލާ އަޑު އަހައިގެންނެވެ. ” އެމީހަކު އެއުޅެނީ މީޑިއާގެ ސަމާލުކަން ހޯދަން ކަމުގައިވަނީނަމަ އޭނަގެ އެމަޤްސަދު އެއޮތީ ހާސިލްވެފަ”. ޚަބަރު ނިމުމާއެކު ލަޔާލް ބުނެލިއެވެ.

މުޅި ރަށުތެރެއަށް ވަނީ ނާމާންކަން ފެތުރިފައެވެ. އިރުއޮއްސުމާއެކުހެން ގެދޮރަށްވަދެ ތަންޑުއަޅުވައިގެން މީހުން ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އިރު އޮއްސުމުން މަގުމަތިންވެސް މިހާރު ފެންނަނީ މަދު މީހެކެވެ. މުޅި ރަށަށް ވެރިވެފައިވަނީ ފަޅުކަމެވެ. އަދި އިތުރަށް ކިތަށް މީހުން މަރާލާނެބާ؟ ދެން އެއަނިޔާވެރި ކަމާ ކުރިމަތިލާން ޖެހޭނީ ކާކަށްބާ؟ އެންމެންގެ ހިތުގައިވެސް އުފެދިފައިވަނީ ޖަވާބު ނޭގޭ މިފަދަ އެތައް ސުވާލުތަކެކެވެ.

އަނެއްކާވެސް ބުދަ ވިލޭރެއެކެވެ. ބުރުހަމަ ހަނދުން ފޮނުވަމުންދާ ރިހި އަލިން މުޅި ފަޒާވަނީ އަލިކޮށްފައެވެ. ނަމަވެސް ރަށުތެރޭގައި ވަނީ ބަޔާން ކުރަން ނޭގޭފަދަ ހަމަހިމޭން ކަމާއި ނާމާންކަމެކެވެ.ހަނދުވަރުގެ ރިހިއަލިން ފެންވަރަން ނުކުމެ އުޅޭ ލޯބިވެރިންގެ ޖޯޑުތައްވެސް މިހާރު މަގެއްގެ މަތިން ފެންނަނީ މަދު ފަހަރަކުއެވެ. ކޮންމެހެން ދާންޖެހޭ ތަނަކަށް ދާން ނޫނީ މީހުން ރޭގަނޑު ބޭރަށް ނުކުމެއެއް ނޫޅެއެވެ.

މަސީހް އޮތީ އޭނާގެ ކޮޓަރީގައި ލެޕްޓޮޕެއް ހިފައިގެން އިނގިރޭސި ފިލްމެއް ބަލާށެވެ. ފިލްމަކީ ބިރުވެރި ފިލްމެއް ކަމުން ދައްކަމުން ދިޔަ މަންޒަރުތަކުގެ ސަބަބުން އޭނާގެ ހިތަށް ވަނީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަދެފައެވެ. ކުއްލިއަކަށް ގޭތެރޭން އިވުނީ ގަދަ އަޑުފައްގަޑެކެވެ. އެއާއެކު މަސީހުއަށް ލިބުނީ ކުއްލި ސިހުމެކެވެ. މިގަނޑީގައި ގޭ މީހަކުވެސް ހޭލައި އުޅޭނެހެންނެއް ހިޔެއް ނުވެއެވެ. ވީއިރު ބޭރުން އެއިވުނީ ކޮން އަޑުފައްގަޑެއް ހެއްޔެވެ؟ މީގެ ކުރިން އެހާ ގަދަ އަޑުފައްގަޑެއް މަސީހު އަހާފައެއް ނުވެއެވެ. އޭނާ ބިރުގަތެވެ. އެހެނަސް އެއިވުނު އަޑަކީ ކޮންއަޑެއްތޯ ބެލުމުގެ ޝައުޤުވެރިކަން އޭނާގެ ހިތުގައި އުފެދުނެވެ. އެހެންކަމުން ލެޕްޓޮފް ބެހެއްޓުމަށްފަހު ސިޓިންރޫމްއަށް ނުކުމެލިއެވެ. އެތަނުން މީހެއްގެ ހިލަމެއް ނުވެއެވެ. އެހެންކަމުން އެއީ އޭނާއަށް ހީވިގޮތެއް ކަމުގައި ނިންމިއެވެ. އެއީ ބަލަން އިން ބިރުވެރި ފިލްމުގެ ސަބަބުން އޭނާގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަމެއް ކަމަށް ނިންމަމުންނެވެ. އޭނާގޮސް ކާކޮޓަރިއަށް ވަދެ އައިސްއަލަމާރިން ފެންފުޅިއެއް ނަގާ އެއިން ފެންފޮދެއް ބޯލިއެވެ. ފުޅީގައި ތުން ޖެހުމާއެކު އަނެއްކާވެސް އެއްކަލަ ގަދަ އަޑުފައްގަޑު އިވުނެވެ. އޭނާގެ ފުރަގަހުން ،އޭނާއާއި ދާދި ކައިރިންނެވެ. ސިއްސައިގެންދިޔަލެއް ބޮޑުކަމުން ފެންކޮށިވެސް އެރިއެވެ. ބިރުންހުރެ މަސީހު ފަސްއެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުންނާކަށް އޭނާއަކަށް ނުކެރުނެވެ. އެހެންކަމުން ފެންފުޅި އައިސްއަލަމާރިއަށް ލައިފައި ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު އެނދަށް އަރާ އޮށޯވެ ނިދައިފިއެވެ.

ލަޔާލް އިނީ އޭނާގެ ކޮޓަރީގައި ފޯނު ހިފައިގެން ގޭމް ކުޅޭށެވެ. ގޭމް ކުޅުމަކީ އަބަދުވެސް ލަޔާލް ވަރަށް ކުރާހިތްވާ ކަމެކެވެ. ވަޒީފާގެ މާހައުލުގައި އޭނާގެ ސިކުނޑިއަށް ލިބޭ ހާސްކަމާއި ވަރުބަލިކަން ފިލުވާލުމަށް އޭނާ ކޮށްއުޅޭކަމަކީ އެއީއެވެ. އަނެއްކާ އަނެއްކޮޅުން މިދުވަސްކޮޅު ވެފައިވަނީ އޭނާގެ ސިނކުޑިއަށް ވަރަށް ބުރަބޮޑު ވެފައިވާ ދުވަސްކޮޅަކަށެވެ. އެ ގޮތްނޭގޭ މަރުގެ ސިއްރު ހޯދުމަށް އެތަށް މަސައްކަތެއް ކުރެވެމުން ދާއިރުވެސް އެކަމުގެ އަސްލާ ހަމައަށް ވާސިލްވެވޭނެ ފަދަ ހެކިތަކެއް ލިބިފައި ނުވުމުންނެވެ. ލަޔާލްގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަމްބަރަކީ އޭނާ ދަންނަ ނަމްބަރެއް ނޫނެވެ. އެހެންނަމަވެސް އޭނާ ފޯނަށް ޖަވާބު ދިނެވެ. ” ހަލޯ މިއީ އައްޑު އަތޮޅު މަރަދޫ ލާންސްކޯޕްރަލް ނާއިމް އިނގޭ ؟” އެކޮޅުން ވާހަކަ ދެއްކީ ނާއިމްއެވެ. ނާއިމް އަކީ ވަޒީފާގެ ގޮތުން ލަޔާލް ދެކެފަރިތަ މޫނެކެވެ. ” ލަޔާލް ތޯޯ މިއުޅޭ ކަންތައްގަޑާ އެންމެ އިސްކޮށް ހަވާލުވެ ތިހުންނަނީ؟” ނާއިމް އަހާލިއެވެ. ” އާން..” ލަޔާލްގެ ޖަވާބު ކުރެވެ. ” މިކޮޅަށް ޖައްސާލަދެންވީނު. ތިކަމާ ގުޅިގެން އަހަރެން ލަޔާލްއާއި ޙިއްސާކުރަން ބޭނުންވާ ވާހަކަތަކެއް އެބަހުރި. ” ނާއިމް ބުންޏެވެ. ލަޔާލް ފޯނު ބޭއްވީ ބައްދަލުވާން އެއްބަސްވެ ބައްދަލުވާނެ ތަނަކާއި ގަޑިއެއް ކަނޑައެޅުމަށްފަހުއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

izza

Level 110 Stories

Other Articles

shifza
Previous

އެ ޞަފްޙާ (ފުރަތަމަބައި)

Next

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 3ވަނަ ބައި)

Next
October 16, 2014

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 3ވަނަ ބައި)

Previews
October 14, 2014

އެ ޞަފްޙާ (ފުރަތަމަބައި)

shifza

5 Comments!

  1. vaahaka ky meeha says:
    October 15, 2014 at 12:08 pm

    Varah reethi adhi dhaa goi.. Hus maru dhw.. Ithuru kameh adhiyeh nei dhw.. Fahub rangalhuvaane kamah belevey..

  2. princess simla sim says:
    October 15, 2014 at 7:53 pm

    vvvvvvvvvvv nice keep it up…………

  3. saeeda says:
    October 15, 2014 at 10:40 pm

    reeti vaane kamah ummeedhu

  4. Naail says:
    February 7, 2015 at 6:56 am

    v salhi dhaa goi……………………………….:) 🙂

  5. ham says:
    December 5, 2015 at 10:28 am

    nice

Comments are closed.

Next Episodeވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 3ވަނަ ބައި)←


All Right Reserved!