“ނިޝްވާ މަންމައަކަށް ވަނިއްޔޯ!” ނަޝާޔާ ބުނެލި ޖުމްލައިން ނިޝްވާ އަށް ހީވީ މުޅި ދުނިޔެ މިލްކު ވީހެންނެވެ. އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހިގެން އައުމުން ހުރިހާ ހިއްސުތަކެއް އުފާ ފާޅުކުރަމުން ދާހެން ހީވާން ފެށިއެވެ. ދެވަނަ ފަހަރަށް ވެސް އެ ޖުމްލަ ތަކުރާރު ކުރުމަށް އެދެވުނީ އެ ބަސްތައް އަހާލާ ހިތުންނެވެ. ޚިޔާލީ ދުނިޔެއަށް ގެބެނމުން ދަނިކޮށް ނަޝާޔާ ނިޝްވާ ސަލާމަތް ކޮށް މި އުފާވެރި ދަނޑިވަޅުގެ ނާޒުކު ކަން އޭނައަށް އަންފަގައިދިނެވެ. […]
“ޑޮކްޓަރ… ޑޮކްޓަރ ހިޒް ހާރޓް ބީޓް އިޒް ސިންކިންގް… ޕްލީޒް ކަމް” އައިސީ ޔޫ އިން ނިކުމެގެން އައި ބިދޭސީ ނަރުސް އެމަޖެންސީ ވޯޑް ތެރޭގައި ހުރި ޑޮކްޓަރަށް ގޮވާލިއެވެ. ޑޮކްޓަރު ވެސް އަވަސް ހިނގުމެއް ގައި އައިސީ ޔޫ އާއި ދިމާލަށް ދިޔައެވެ. އެ މަންޒަރު ބަލަން އޮތް ނިޝްވާ އަށް ހިތުގައި އަތްއަޅާލެވުނެވެ. މަގޭ އަންމަޑޭ އޭ ކިޔާ ހަޅޭއްލަވަމުން ފުންމައިގެން ނިޝްވާ ތެދުވިއެވެ. ކައިރީގައި އިން މަރީނާ ވެސް ދިޔައީ ސިއްސައިގެންނެވެ. […]
މާލޭގެ ހަލަބޮލި މަގުތަކުން އަންމަޑޭ ހިނގަމުން ދިޔައެވެ. އައްޑުއަށް އައުމުގެ ކުރީގައި ހަދިޔާ ގަތުމުގެ ބޭނުމުގައެވެ. އެތައް ދުވަހަކަށް ފަހު ލޯބިވާ އަނބިމީހާ ގާތަށް ދާއިރު ރަނގަޅު ހަދިޔާއެއް ދިނުމަށް އޭނާ ބެނުމެވެ. ނިޝްވާއަކީ ސެންޓަށް މާވަރު ހުންނަ މީހެއް ކަމުން އަންމަޑޭ އެންމެ ފުރަތަމަ ވެސް ވަދެލީ ލެކިއުޓަށެވެ. ބައިގަޑިއެއް ހާއިރަށް ފަހު ފިހާރައިން ނިކުތީ ދެތިން ސެންޓްފުޅި ހިފައިގެންނެވެ. “ހާދަހާ ސާމާނެއް… މުޅި ފިހާރަ ހުސްކޮށްލީ ދޯ…”ހިނިގަނޑެއް ޖަހާލަމުން އާނިމް ދިމާކޮށްލިއެވެ. “އަހަނ.. އާނިމް […]
ޒާހިރު ވެސް ވޮލެޓް ނަގާ ލާރި ދީފައި ސަލާމަތް ވުމަށް އަވަސްވެލިއެވެ. ފަރީލާ އަތަށް ފައިސާނަގާފައި ދިއްކޮއްލީ ހިތާއި ދެކޮޅަށެވެ. އެހެން ގޮތެއް ނެތިގެންނެވެ.ފަރީލާ ހީލާފައި ދިއްކޮއްލި އަތް ފައިސާއަކާއި ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. ފިލާ ހުރި ފާރަވެރިޔާ ލާރި ޖަހައިގަތެވެ. ދެމީހުން ނަށް ވެސް ސިހުން ގެނުވަމުންނެވެ. “ކާކު؟ ގެނޭ ލާރި..” ޒާހިރު ހަޅޭއްލަވައިގަތެވެ. “ޒާހިރު! ” ޒާހިރު ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ނަ ނަ..ނަޝާ! ކީއްކުރަނީ މިތާގަ މިގަޑީގަ… އަނެއްކާ ތީ […]
“ނަޝާ! އަހަރެން މި ދައްކާ ވާހަކަ އަޑުއަހާ ބަލަ! މަށެއް ނަޝާ ނޫން އެހެން މީހަކަ ނީންނަން.. ޚަތިމު ގަ އަތްލާ ހުވާ ވެސް ކޮށްފާނަން… އާދޭސް ކޮށްފަ މިބުނީ އަހަރެންގެ ނުހުންނާނެ އާޒް ފިޔަވާ އިތުރު ދަރިޔެއް ވެސް…” ޒާހިރު ހީވަނީ ބަލިވެފައިން ގުރައެއް ހެންނެވެ. މިހާ ދުވަހު މޭ ފުއްޕާލާފައި ހުންނަ މީހާ އަށް މިއަތު ކިހިނެތް ވީ ބާވައެވެ. ނަޝާޔާ ގެ ހިތަށް އަސަރު ކުރިޔަސް އެކަން ޒާހިރަށް އަންގާކަށް ބޭނުމެއް ނުވިއެވެ. […]
ފުން ޚިޔާލެއް ގައި ހުރި ނިޝްވާ ސިއްސައިގެން މީހެއްގެ ހަޅޭކުގެ އަޑު އިވިގެންނެވެ. ފަހަތަށް އެނބުރިލުމާއެކު އޭނާ ވެސް ދިޔައީ ސިއްސައިގެންނެވެ. އޭރު ޒާހިރު ހުރީ ކަންކަށިމަތީގައި އަތް އަޅައިގެންނެވެ. ނަޝާޔާ އަތުގައި ހުރި ބާރެއްލާފައި ދެވަނަ ފަހަރަށް ވެސް ޖެހިއެވެ. ނިޝްވާއަށް އެސްފިޔަ ޖަހާލެވުނީ ޔަގީން ނުވެގެންނެވެ. ނިޝްވާ އަވަސްއަވަހަށް ދޮރުފަތާއި ނިވާވެލިއެވެ. “ޒާހިރު! ތިއީ ހާދަ ނުބައި މީހެކޭ! ތިއީ ދޮގުވެރިއެއް! ކެހިވެރިއެއް!…..” ނަޝާޔާ ޒާހިރާއި ކުރިމަތިލިއެވެ. “ނަޝާ… އެއީ ދޮގެކޭ!. …ކިތައް ފަހަރު […]
ނަޝާޔާ ގެ ޚިޔާލީ ވާފަށް ކަނޑައިގެން ދިޔައީ ކުޑަ ކުޑަ އާޒް ރޯން ފެށި އަޑަށެވެ. ދުވެފައިކަހަލަ ގޮތަކަށް ކޮޓަރިޔަށް ވަދެ ދަރިފުޅު އުރާލި އެވެ. ނަޝާޔާ އުރާލުމާއެކު އަނެއްކާ ވެސް އަޔާން ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. ނަޝާޔާ ވަށައިގެން ހޯދާލިއެވެ. ޒާހިރެއް ނެތެވެ. މާޒީގެ ސަފްހާ ތަކުގެ ތެރޭގައި ގެނބިގެން ގޮސްފައި އިނދެވުނު ލެއް ބޮޑުކަމުން ޒާހިރު ދިޔަކަން ވެސް ނޭގުނީތާއެވެ. ނަޝާޔާ ބަނޑުގައި ފިރުމާލިއެވެ. ޑޮކްޓަރު މިއަދު އެދިން ޚަބަރަކީ އޭނާ އުންމީދު […]
ދެ ޚިޔާލެއްގައި ހުރެފައި ނިޝްވާ ކުރިޔަށް ހިނގައިގަތެވެ. ދެކޮޅު ބަލާފައި ތަޅުދަނޑި ނަގާ ޖީބަށް ލިއެވެ. ވަށައިގެން ހޯދަމުން ކުރިޔަށް ހިނގަމުން ދިޔައެވެ. އެއީ ހަމަ ޅިޔަނު ބާވައެވެ. ތަޅުދަނޑި އެހެން މީހަކު ވެސް ހަމަ ގެނެސްފާނެތާއެވެ. އެރުވެސް ނިޝްވާމެން ގެ މިސްރާބު ހުރީދޮންވެލި ގަނޑުމަތީގައި ތިބި ޖޯޑަށެވެ. ނިޝްވާމެން ތިބީ ގަހުގެ ނިވަލުގައެވެ. ވަރުބަލި ފިލުވާލަން ގަހެއްގެ ދަށުގައި ދައްސާލަން ތިބީއެވެ. އޭރުވެސް ނިޝްވާ ގެ ލޯ އަމާޒު ވެފައި ވަނީ އެހެން ދިމާލަކަށެވެ. އެއީ […]
ހަލުއި ފިޔަވަޅުތަކެއް ގައި ނަޝާޔާ ހިނގަމުން ދިޔައީ ޒާހިރު ގެ ފިހާރައަށެވެ. އޭނާ އެވަގުތު ހީވަނީ އޮޓޯ ބުދެއް ހެންނެވެ. ނިޝްޥާ އަކާއި ވެސް އަނގައަކުން ނުބުނެއެވެ. ކިޔާނީ ވެސް ފަހެ ކީކޭ ހެއްޔެވެ؟ އެހެނަސް ހިތް ބުނަމުން ދިޔައީ ޒާހިރު އެހެން ނޫޅޭނޭ ކަމަށެވެ. ދެބެއިން ހަލުވި ހިނގުމެއް ގައި އައިސް ފިހާރަ ހުރި ގޯޅި ކަންމަތީގައި މަޑުކޮށްލިއެވެ.ތެދެކެވެ. ފިހާރަދޮށަށް އޮތީ ވެލިލާފައެވެ. އޭރުވެސް ޖޯލިފަތީގައި އަންހެނަކު އިނެވެ. މަގު މެދުގައި ހުރި ޖަނބުރޯލު ގަސްދޮށުގައި […]