ލައުހާގެ ހާލަތު ހައިކަލް އަށް ވިސްނެން ފެށިއެވެ…ކޮންފަދަ ނިކަމެތި ކަމެއް ޖެހިފައިވާ ކުއްޖެއް ހެއްޔެވެ…ހައިކަލް ގެ ހިތުގައި ލައުހާއަށް ޓަކައި ހަމްދަރްދީ އިތުރުވިއެވެ..” ލާއުހާ މިގޭގައި އުޅެންވީނު…ބޭނުން ދުވަހަކަށް އުޅެވިދާނެ..ލައުހާއަށް ކަމަކަށް ދަތިވަންޏާ އަހަރެން ގާތު ބުނަންވީ..ވީއާރ ފްރެންޑްސް ރައިޓް..” ހައިކަލް ސަލާން ކުރުމަށް އަތް ދިއްކޮށްލަމުން ލައުހާއަށް ބަލަން އިނެވެ.. އެއަތުގައި ހިފާނީ ހޭ ނޫނީ ނުހިފާނީހޭ ލައުހާ ހިތަށް އަރަމުން ދިޔައެވެ… ހިފަން ނުހިފަން ހުރެފައިވެސް ލައުހާ މަޑުމަޑުން ހައިކަލްގެ އަތުގައި ހިފިއެވެ…އެނޫން ގޮތެއް […]
ލައުހާގެ މިހަރަކާތުގެ ސަބަބުން ހައިކަލްއަށް ލިބުނީ ކުއްލި ސިހުމެެކެވެ..ޖެހިބުދެން ހެން ހިރިލާން ވެސް ނޭނގިފައި ހައިކަލް އަށް އިނދެވުނެވެ..ހައިކަލްގެ ހިތްބުނާކަހަލައެވެ.. “އަޖައިބެއްފަދަ އަންހެންކުއްޖެކެވެ… މިކުއްޖާއަށް އަހަރެންގެ ނަން އެނގުނީ ކިހިނެތް ހެއްޔެވެ..”ހައިކަލްގެ ހިތް ނުތަނަވަސް ވިއެވެ..ހައިކަލް ލައުހާގެ ކޮނޑުގައި ހިފާ މަޑުމަޑުން ލައުހާ ގަޔާ ދުރުކޮށްލިއެވެ..ކަރުނައިން ފުރިގެންވާ ދެލޮލުން ލައުހާ ހައިކަލް އަށް ބަލަން އިނެވެ..”ކިހިނެތް އަހަރެންގެ ނަން އެނގުނީ…ލައުހާ…ލައުހާ ދޯ ކިޔަނީ…އަހަރެން ދަންނަންތަ..” ލައުހާ އަށް އިނދެވުނީ ހަައިކަލްއަށް ބަަލަހައްޓައިގެންނެވެ..ހައިކަލް އަށް ލައުހާ ނޭނގެން ވީ […]
ލައުހާއަށް ހީވީ ގައިން ވާގި ދޫވާހެންނެވެ..ހިއްސުތަށް މަސައްކަތް ކުރުން ހުއްޓާލިކަހަލައެވެ.ހީވަނީ ލުހުޝާން ދެންމެ ބުނި ޖުމްލަ މެދުކެނޑުމެއްނެތި އަޑުއިވެމުން ދިޔަހެންނެވެ…ލައުހާއަށް ކަންފަތްމަތީ އަތްއަޅާލެވުނީ އިތުރަށް އަޑުއަހާނެ ހިތްވަރެއް ނެތީމަ ކަމަށް ވެސް ވެދާނެއެވެ..އެދެލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތަކަށް ބަލަން ލުހުުޝާން ހުރި އިރު އެއްވެސް ރަހުމެއް ނެތްފަދައެވެ…ކުރިން އެލޮލުން އެންމެ ކަރުނަތިއްކެއްވެސް ފެންނަން ނޭދެޔޭ ބުނާމީހާއަށް މިއަދު އެހިތުގައި އަޅާވޭން އިހްސާސް ނުކުރެވޭކަހަލައެވެ..ފުރަތަމަ ފަހަރަށް އެހިތުގައި ލުހުާންއަށް ޝަކުވާ އުފެދުނީ އެވަގުތުވެ..ވަރަށް ހިތްވަރުކޮށްލާފައި ލުހުުޝާން […]
ބުނާތީ އަހަމެވެ…ލޯބިވުމަކީ ކުށެކެވެ . ހިތްދަތިކަން ތަހަމައްލް ކުރަންޖެހޭ ދަންތޫރައެކެވެ….ލޯބިވުމަކީ ކުށެކޭ ބުނާ މީހުން އެހެން ބުނާ ސަބަބު އަހަންނަށް ވެސް ވިސްނެންފެށީ އަދިކިރިޔާއެވެ…އެހެނަސް ވަކި މިހާރު ކުރެވޭނެ މާބޮޑުކަމެއްނެތެވެ…އަހަންނަށް ކުރިން އެކަން ވިސްނުނު ނަމަ އަދު މިހާލުގައި އުޅެންވެސް ނުޖެހުނީހެވެ…އަހަރެން ތަޤްދީރު ކުއްވެރިއެއް ނުކުރަމެވެ..އަހަރެން އަމިއްލަ ނަފްސުވެސް ކުށްވެރިއއެއް ނުކުރަމެވެ..ދިމާވެފައިވާ އަޑިގަނޑުން ސަލާމަތްވުމަށް ކެތްތެރިކަމާއި އެކު މަސައްކަތްކުރާނަމެވެ…އަހަރެންގެ ހަޔާތުން އަހަންނަށް އަދި އެހެން ފިލާވަޅެއްވެސް ލިބުނެވެ..މައިންބަފައިންގެ ހިތުގައި ޖައްސާ ރޮއްވަ ދަރިއަކަށް ބާއްޖަވެރި ހަޔާތެއް ނުލިބޭނެއޭ […]
ފަހުމީގެ އާއިލާ ތިބީ އެއަރޕޯޓް ތެރޭގައެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ކަރަމް އަންނާނެ ވަގުތަކަށެވެ. އިންތިޒާރަށް ނިމުމެއް އައީ މީހުންތަކުގެ ތެރެއިން އެމީހުންނާ ދިމާއަށް ހިނގާފައި އައި ޒުވާނާ ފެނުމުންނެވެ. އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ކަރަމް އަކީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ޒުވާނެކެވެ. ބަލާބެލުމަށް ބޮޑަށް ވައްތަރީ ބޭރު ޤައުމެއްގެ ފިލްމުސްޓާރަކާއެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑެކެވެ. ތޫނު ދެލޮލެވެ. ސްޓައިލިޝް ހިނގުމެއްގައި ހިނގަމުން އައި އިރު އެކި ދިމަ ދިމާއިން […]
ރެޑްވިލް ގެއަށް ހީވަނީ ބޮޑުޢީދެއް އައިސްގެން އުޅޭހެންނެވެ. މިޔަދަކީ ފަހުމީއާއި ހަފްސާގެ ހަގު ފިރިހެން ދަރިފުޅު ކަރަމް ކިޔަވާނިމިގެން ރާއްޖެ އަންނަ ދުވަހެވެ.ހަފްސާ އާއި އޭނާގެ ދެ ދަނބިދަރިން އަރޫނާ އާއި ރިޝާ ކެއްކުމުގައި އަވަދިނެތި ބަދިގެތެރޭގައި އުޅެމުން ދިޔައިރު ފަހުމީއާއި އޭނާގެ ދޮށީދަރިފުޅު ކައުޝަލް އަދި ދެވަނަ ދަރިފުޅު ކިޔާން ވަރުބަލި ކަމެއްނެތި ކަރަމްގެ ކޮޓަރި ތައްޔާރު ކުރުމުގައި އުޅެމުން ދެއެވެ އެވަގުތު ކަރަމްގެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރިން ބާރު އަޑެއް އިވިގެން […]
މަޑު މަޑު ފިނި ވައިރޯޅި ބީހިލުމާއިއެކު އަހަރެންގެ ލޯ މަރާލީމެވެ. އަހަރެން އިށީދެގެން އިނީ ގޭ ކުރިމަތީގައި އިން ޖޯޔެއްގައެވެ. ދުރުގައި ހުރި ރަތްފިނިފެންމާގަހުގައި ރީނދޫ ކުލައިގެ ކޮކާލެއް ޖައްސަމުން އެބަދެއެވެ. އެ ކޮކާ ފަހަރަކު މަލެއްގައި އިށީންނަމުން، މަލުގެ ފޮނިބޮމުން ގެންދާ މަންޒަރު ދެކެން އަހަރެންނަށް އިދެވުނީ ފުން ޚިޔާލެއްގެ ތެރެއަށް ލޯ ހުޅުވައިގެންނެވެ. އެ ލުއިލުއި ހިނިތުންވެލުމެވެ. އެ ޗޮކްލެޓްކުލައިގެ ބޮޑު ކަޅި އެވެ. އެ ބޮޑެތި ރާޅު ނަގައިފައިވާ އިސްތަށިގަނޑެވެ. […]
ޒީޝާ ފޮތަކަށްފަހު ފޮތެއް ދަބަހަށް އަޅަމުންގެންދިޔައީ ފަރިތަކަމާއެކު، އަވަސް އަވަހަށެވެ. އިސްކޫލައް ދާގަޑި ކައިރިވަމުންދާތީވެސް މެއެވެ. ހޫނުކޮށް ހުރި ކޮފީތަށީގެ މަތީފަށުގައި ދެތިން ފަހަރަކު އެ ފިޔާތޮށި ކުލައިގެ ތުންފަތް ޖައްސާލުމަށްފަހު، އެއް އަތުން ނޫކުލައިގެ ދެފޮތް ބަނޑާލައި ހެޔޮވަރު ކޮށްލިއެވެ. އެނެއް އަތުން ކަޅުކުލައިގެ ގޯޏެއްފަދަ ދަބަސް ނަގައި ކޮނޑުގައި އަޅުވަމުން ހިނގައިގަތެވެ. ހެނދުނު ހެނދުނާ އެހާ ކުރިން ޒީޝާ ގެއިން ނުކުތީ އިސްކޫލަށް ދާންޖެހޭ ފުރަތަމަ ދުވަސްކަމަށް ވުމުންނެއް ނޫނެވެ. ޒީޝާގެ ގޭ […]
ދެ ޚިޔާލެއްގައި ހުރެފައި ނިޝްވާ ކުރިޔަށް ހިނގައިގަތެވެ. ދެކޮޅު ބަލާފައި ތަޅުދަނޑި ނަގާ ޖީބަށް ލިއެވެ. ވަށައިގެން ހޯދަމުން ކުރިޔަށް ހިނގަމުން ދިޔައެވެ. އެއީ ހަމަ ޅިޔަނު ބާވައެވެ. ތަޅުދަނޑި އެހެން މީހަކު ވެސް ހަމަ ގެނެސްފާނެތާއެވެ. އެރުވެސް ނިޝްވާމެން ގެ މިސްރާބު ހުރީދޮންވެލި ގަނޑުމަތީގައި ތިބި ޖޯޑަށެވެ. ނިޝްވާމެން ތިބީ ގަހުގެ ނިވަލުގައެވެ. ވަރުބަލި ފިލުވާލަން ގަހެއްގެ ދަށުގައި ދައްސާލަން ތިބީއެވެ. އޭރުވެސް ނިޝްވާ ގެ ލޯ އަމާޒު ވެފައި ވަނީ އެހެން ދިމާލަކަށެވެ. އެއީ […]